މަގޭ ހިތްދެން ނުތަޅުވާށޭ 1
އިރު އޮއްސެން ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް ވެހެންފެށި ވާރޭ ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ބޯވަމުންނެވެ. އެއްބަޔަކު ބޭރަށް ނުނިކުމެވި ތިބި އިރު، އަނެއްބަޔަކު، ގަދަވަޔާއެކު ވެެހެމުންދާ ބޯ ވާރޭއިން ސަލާމަތްވުމަށް މަގުމަތީގައި ކޮޅު ކޮޅު މައްޗަށް ދުވަމުންދިޔައެެވެ. ފިހާރައިގެ ތެރޭގައި އާއި އަސްކަނިތަށް ދޮށުގައި ވާރޭއިން ހިޔާވުމަށް ތިބި މީހުންވެސް މަދެކޭ ބުނެވޭކަށް ނެތެވެ. މަގުމަތީގައި ދުއްވާ އެއްޗެހިވެސް އޭގެ މަންޒިލަށް ދަތުރު ކުރަމުންދަނީ ވާރޭ އިތުރަށް ބޯ ނުކުރަނީސް އޭގެ މަންޒިލަށް ވާސިލް ވެވޭތޯއެވެ.
މާލޭގެ ބައެއް ސަރަހައްދު ތަކަކީ ވާރޭ ވެހުމާއެކު ފެންބޮޑުވާ ސަރަހައްދު ތަކަށް ވުމުން، އަމިއްލަ މުދަލާ ގެދޮރު ސަލާމަތް ކުރުމަށްޓަކައި އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރަމުންދާ މީހުންވެސް އެ ސަރަހައްދުތަކުން ފެންނަމުން ދެއެވެ.
ރޭގަނޑު ދިހައެއް ޖަަހަން ކައިރި ވީ އިރުވެސް ވާރޭ ހުއްޓާލާނެކަމުގެ ޔަގީންކަން ނެތުމާއެކު ގިނަމީހުން ބޭރަށް ދިއުމުގެ ހިޔާލް ދޫކޮއްލާ ފިނި ރޭގެ އަރާމުގައި ނިދަން އޮށޯތެެވެ.
ވެހެމުންދާ ބޯ ވާރޭގެ ސަބަބުން މީހުން މަގުމައްޗަށް ނުނިކުތުމުން މުޅި މަަގުމަތި ފެންނަމުންދަނީ ވަރަށް އަމާންކޮށެވެ. އެގާރަ ޖެހުމާއެކު ފިހާރަތަށް ބަންދުކުރުމަށްފަހު އެމީހުންވެސް ގެއަށް ގޮސް، މަގުމަތި މުޅިން ހުސްވެ މާލެ އެއްކޮއް ފެންނަމުންދަނީ އަމާން ތަނެއްގެ ގޮތުގައެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ މުޅި މާލެ ނިދާފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
މެންދަމުން އަލިވެ ހަތަރެއް ޖަަހަން ކައިރިވަނީއެެވެ. މިހާރު ވަނީ ވެހެމުންދާ ބޯ ވާރޭ ތުނިކޮއްލާފައެވެ. އެހެން ނަމަވެސް ފަނިކެރި ދިޔައީ ޖަހަމުންނެވެ. މުޅި ޖައްވުގައި ހިފާފައިވާ ފިނި ކަމުގައި އެންމެންވެސް ދިޔައީ އެކަމުގެ ފައިދާ ނަގަމުންނެވެ. މިއޮއްފަަދަ ފިނި ރޭ ނުނިދާ ނުހުންނާނެ މީހަކު ހުރެދާނެ ބާއޭ ހިތަށް އަރައެވެ. އެހެންނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ދުނިޔެ ދައުރުވާ ފަދައިން މީހާގެ ހާލަތު އެއީ ބަދަލުވަމުންދާ އެެއްޗެއްކަމެވެ. މިހާލަތުގައި އެކި މީހުން ތަހައްމަލް ކުރަމުންދާނީ އެކި ކަންތަށްކަން އެެއީވެސް ދުނިޔެ ގަބޫލުކުރާ ހަގީގަތެކެވެ.
ޖަަހަމުންދާ ފަނި ކެރީގެ ތެރެއިން ފުރޭނިގެން އިވެމުންދަނީ އަނިޔާ ލިބެމުންދާ އަންހެންކުއްޖެއްގެ މަޑު ގިސްލުމުގެ އަޑެވެ. އަޑު އިވިއްޖެ މީހެއްގެ ހިތް ހަލާކުވާ ފަދަ ވޭން އެކުއްޖާގެ ގިސްލުމުގައިވެއެވެ. ސުވާލަކީ އެއީ ކާކު ބާއެވެ؟ އެކުއްޖާގެ އެ ގިސްލުމުގެ ފަހަތުގައިވަނީ ކޮން ކަމެއް ބާއެވެ؟ އެކުއްޖާގެ މަންމަ އާއި ބައްޕަ އަދި އާއިލާ މީހުން ކޮބާ ބާއެވެ؟ ހައްތާވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ.
ކުއްލިއަކަށް ހުޅުވުނު ކޮޓަރީގެ ބޮޑު ދޮރާ ދިމާލަށް، ކަކުލުގައި ބޯ އަޅާލަައިގެން އޮތް މަލަކާ ބަލާލީ އުއްމީދު ގެއްލިފައިވާ މީހެއްފަދައިންނެވެ. އެ ވަދެގެން އައި އަންހެން މީހާގެ މޫނު ފެނުމާއެކު މަލަކާއަށް ހިންދިރުވާލެވުނެވެ. އެމީހާ ބަލާކަށް ނުހުރެ އެ ބާރުމިނުގައި އައިސް މަލަކާގެ އިސްތަށިގަނޑު އަތަށް އޮޅާލާ ލަތްކެއް ޖަހާލިއެވެ. މަލަކާއަށް އަޑުން އަޑު ނަގާ ރޮއެގަނެވުނެވެ. އަދި އެމީހާގެ އަތް ނައްޓުވާލެވޭތީ ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެމީހާގެ ބާރު މާ ގަދައެވެ.
” ކޮން ރުއިމެއް ރޯކަށް، ކަލޭ ހީކުރީ ކަލޭ ރޮއެ އަޑު މި ހަތަރު ފާރުން ބޭރަށް އިވޭނެ ކަމަށްތަ، އަހަރެން މީ މޮޔައެއް ނޫނޭ، ކިތަށްމެ ބާރަށް ރުޔަސް، ހަޅޭލެވިޔަސް ސަލާމަތްކުރަން އެކަކުވެސް ނާންނާނެ” އެމީހާގެ އަޑުގައިވަނީ ނުރައްކާތެރިކަމާ ގަދަ ފަދަ އިންޒާރެވެ. މިއޮއްފަދަ ގަޑީގައި އަންހެން ކުއްޖަކަށް އެވަރު ކުރަނީ ކާކު ބާއެވެ. އެމީހާ އެވަރު އެ ކުރަނީ މަލަކާގެ ކޮން ކުށެއް އޮވެގެން ބާއެވެ.އަނެއްކާ މީ މަލަކާގެ ކާކު ބާއެވެ.
” ޕްޕްޕްލީޒް، ތިހެން ނަހަދާ، މަ..މަލްގެ ކުށަކީ ކޮބާ؟ މަލަކާއަށް އަޅަ އަޅައިގަންނަމުން ބުނެވުނެވެ. އެމީހާގެ ރުޅި އިތުރަށް ގަދަވުން ނޫން ކަމެއް ނުވިއެވެ. އައި ރުޅީގައި މަލަކާގެ އަނގަމަތީގައި ހިފާ ފިއްތާލިއެވެ. ފިއްތާލިލެއް ބާރުކަމުން މަލަކާގެ އަނގައިގަ ލޭ ރަހަ ލައިގެން ދިޔައެވެ.
” ކުށަކީ ކޮބާހޭ، ކަލެއަކަށް ނޭނގޭތަ ކަލޭގެ ކުށަކީ ކޮބާކަމެއް؟ކަލޭގެ ކުށަކީ މިރޭ މަށަށް ލިބެން އޮތް ފައިސާ ކަލޭގެ ސަބަބުން ގެއްލުން، މިއޮއްފަަދަ ވިއްސާރައިގައި ހަކީމް އެއައީ ހާދަ އުންމީދަކާ އެކީގައޭ، އެކަމް ކަލޭގެ ސަބަބުން ދިހަ ހާސް ރުފިޔާ އެއްފަހަރާ އެ ގެއްލުނީ، އަހަރެން ބުނީމެއްނު ކަލޭ މި ދުނިޔެއަށް އުފަން ކުރީވެސް މި ބޭނުމުގައޭ، ކަލެޔާ އިންނާނެ މީހަކުވެސް ނުވާނެ، އެހެންވީމަ ކަލޭ ޖެހޭނީ އުމުރު ދުވަހު އެހެންމީހުންގެ ހިތް އުފާ ކޮއްދެން މިތާ ހުންނަން” ރަހްމެއްނެތް ނަފްރަތުން ފުރިގެންވާ ކޮންމެ ލަފްޒަކުން މަލަކާގެ ހިތް ދިޔައީ ކަފާ ކުދި ކުރަމުންނެވެ. އެހެންނަމަވެސް މިއަދު މަލަކާއަށް ހެދޭނެ އެއްވެސް ގަދައެއް ނެތެވެ.
މީ ކޮންފަދަ ނުބައި މީހެއް ހެއްޔެެވެ؟ ފައިސާގެ ދަހިވެތި ކަމުގައި މީހުން ލައްވާ އެވަރުގެ ކަމެއް ކުރުވާ މީހަކީ ހާދަހަ ނުބައި މީހެކެވެ. މީހުން ބުނާތީ އަޑު އިވެއެވެ. އަންހެނެއްގެ އިހްސާސް އެންމެ ރަނގަޅަށް އެނގޭނީ ހަމަ އަންހެނަކަށެވެ. އެހެންނަމަވެސް މި
މީހާއަށް އިހްސާސް ނުވާ ކަހަލައެވެ. މަލަކާއަކީވެސް މަންމަ އާއި ބައްޕަގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަން އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެވެ.. ނަމަވެސް ހިތާމައަކީ އެ ދޭން ވާ ރައްކާތެރި ކަމުގެ ބަދަލުގައި އެމީހާ އެދަނީ މަލަކާ ދިރިއުޅުން އަނދާ އަޅިއަށް ހަދަމުންނެވެ. އާނ އެކެވެ. އެ ރަހްމަތްނެތް އިންސާނަކީ މަލަކާ މި ދުނިޔެއަށް އުފަންކުރި އޭނާގެ މަންމަ މާރިޔާއެވެ. މިފަދަ ނުބައި އިންސާނަކަށް ދަރިއަކާއި މަޔަކާ ދޭތެރޭ އޮންނަ ގުދުރަތީ ގުޅުން އިހްސާސް ނުވުމަކީ މާރިޔާގެ ނުބައިކަމެވެ.
މާރިޔާ އަތުގައި ހުރި ބާރެއްލައި މަލަކާ އެނދުމައްޗަށް ކޮއްޕާލުމަށްފަހު ނުކުމެގެން ދިޔައެވެ. މަލަކާ ވެއްޓުނު ގޮތަށް އެއްވެސް ހަރަކާތެއް ނުގެނެސް ބާލީހުގައި މޫނު ފޮރުވާލިއެވެ.
“މީ ކޮންފަދަ ދުނިޔެއެއް، އަހަރެންގެ ތަގްދީރުގައި ލިޔެވިފައިވާ ގޮތަކީ މީތަ، އަހަރެން މި އަނދަވަޅުން ސަލާމަތް ކޮއްދޭނީ ކާކު، އަހަރެންގެ އެކަކުވެސް ނެތް،އެކަކު ވެސް ނެތް” މަލަކާ ބާލީހުގައި މޫނު ފޮރުވައިގެން އޮވެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. އެގޮތުގައި މަލަކާއަށް އެތަށް އިރަކު އޮވެވުނެވެ. މަލަކާއަށް އެހެން އޮވެ ނިދުނު އިރެއްވެސް ނޭނގުނެވެ.
ސިއްސައިގެން ގޮސް މަލަކާއަށް ހޭލެވުނީ އޭނާގެ މޫނުގައި މީހަކު ބީހިލި ކަމުގެ އިހްސާސް ކުރެވިގެންނެވެ. މުޅި ކޮޓަރިތެރެ އަށް އަވަސް ނަޒަރެއް ހިންގާލިއެވެ. އެހެންނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ކުއްލިއަކަށް މަލަކާގެ ލޮލުގައި އަޅައިގަތީ ފާރުގައި ހަރުކޮއްފާ ހުރި ގަޑިއެވެ. ގަޑި ފެނުމާއެކު މަލަކާގެ ދެލޯ ބޮޑު ވެގެންދިޔައެވެ. ފުންމައިގެން ތެދުވެ ފާހާނާއާ ދިމާލަށް ހިނގައިގަތެވެ. އެހެންނަމަވެސް ގައިގަ އަޅަމުންދާ ވޭނުން އެންމެ ފިޔަވަޅެއްވެސް ކުރިއަށް އެޅުންވީ ބޮޑުކަމަކަށެވެ. އެހެންނަމަވެސް މާރިޔާ ހޭލަން ވާއިރަށް ކައި އެއްޗެއް ނެތިއްޖެނަމަ ކޮއްލާނެ ވަރު ހިތަށް އަރާ ނެތް ހިތްވަރުލައި ފައި ކާތަމުން ފާހާނައަށް ވަނެވެ.
ގައިގަ ހުރި އަންނައުނުތަށް ވަކި ކޮއްލުމަށްފަހު މަލަކާ ފެން މާ ގަނޑު ދޮށަށް ވަދެ މާ ގަނޑު ދޫކޮއްލިއެވެ. އިސާހިތަކު މަލަކާގެ އަނގައިން ވޭނީ އާހް އެެއްގެ އަޑު ނުކުތެވެ. އެ ފެނުގެ ފިނިން އަރާމް ލިބުމުގެ ބަދަލުގައި މަލަކާގެ މުޅި ހަށިގަނޑުން ދިޔައީ ދިލަ ނަގަމުންނެވެ. އެއީ މަލަކާއަަށް އެކި މީސްމީހުންގެ ފަރާތުން މަލަކާގެ ހަށިގަނޑަށް ލިބެމުންދާ އަނިޔާއެވެ.
ާއިތުރަށް ކެތް ނުވުމުން ގައިގަ ތުވާލި އޮޅާލާ ލޯ ގަނޑުން އަމިއްލަ މީހާގެ ސޫރަ ބަލާލިއެވެ. ކަރު ދޮށާއި ކޮނޑުމަތީގައި ހުރި ވަކިތަށްފެނި މަލަކާއަށް ދެލޯ މަރާލެވުނެވެ. އިސާހިތަކު މަލަކާގެ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ.
މަލަކާ ހިތާމަކޮށް ކޮށް މަލަކާއަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. މޫނުމަތިން ފެންނަމުންދަނީ ކުލަ އޮއްސިފައިވާތަނެވެ. ދެލޯ ކައިރި ކަޅުވެ މޫނުމަތި ވަނީ ހިނދިފައެވެ. މީގެ އެއް އަހަރުކުރީގަ މަލަކާ ހުރި ސިފަޔާ އެތަށް ހާސްބައި ތަފާތެވެ.
“ބައްޕާ، ކީއްވެ މަލް ގޮވައިގެން ނުދިޔައީ، މަންމަ ވަރަށް ގޯސް، ބައްޕަ ދިޔަ ދުވަހުންފެށިގެން ބައްޕަގެ މަލް މިއުޅެނީ ވަރަށް ހާލުގަ، ބައްޕާ، މަލްއަކަށް ދެން ނުވާނެ ކެތެއް،މަލްގެ ގައިގަ ވޭން ނާޅާ އެންމެ ތަންކޮޅެއްވެސް ނެތް، މަލްގެ ނަފްސު ކަތިލަމުން ދާއިރު މަންމަ ހުންނަނީ ހެވިފަ، ރުފިޔާ ގުނަން، މަލް ކުރާ އެއްވެސް އާދޭހެއްގެ އަޑެއް ނާހަ، މަލް މިކަމުން ސަލާމަތް ކޮއްދޭނީ ކާކު،ބައްޕަ ތިހުރީ މާ ދުރުގަ، ދުވަހަކުވެސް ނާދެވޭނެ ހިސާބެއްގަ، މަލް ދިރިހުންނަންވީ ކާކަށްޓަކައި،ބައްޕާ،މަލް ގެންދޭ” މަލަކާ ލޯ ގަނޑު ކުރިމަތީ ހުރެ އަމިއްލަ އުދާސްތަކާއި ހިތުގައި ފޮރުވިފައިވާ ޝަކުވާތަށް ބޭރުކުރީ ގިސްލާ ރޮމުންނެވެ.
އިސާހިތަކު މަލަކާއަށް މަލަކާގެ ބައްޕަގެ ހަޔާތުގެ އެންމެ ފަހު ދުވަސް ލޯ ކުރިމަތީ ސިފަ ވަމުންދިޔައެވެ.
ނުނިމޭ
17 Comments!
Comments are closed.




Warah reethi waane hen eba heewey mi waahaka … waiting for the next part
Wait kuraathi ingey dear?
Me first dhw…will comment after reading ingey Sh@_n@ ??
Oops second…heheh
Kiyaalaafa comment kohlaathi ingey jiji??
Ma Sha Allah..Feshun rythi inge..But maa kury…plc next part dhigukohlahchey miahvure…whn next???????
Thank jiji, next part dhigukohlaanan☺️
mi stryge feshun rynge hiy eky dhevihjey a haadha vahtharey…
Ehnth,ekm Shana e story nuvess kiyan,amihla own story eh Hama mee
oh that’s ok… than kolheh vahtharu v ma bunely… vrh reethi feshun… e stryga vx aaliyage mom aaliya lahva e kahala kan kan gadha kamun kuruvaane… dhn bahpa vx neiy… ehnve ehgoiy gotheh hurey
vrh reethi stry.. vhka ehkoh nimedhen genesdhehchey shana.. ??????????????????❤❤❤❤❤❤❤❤❤❤????????????????????????????????????????????????❣❣❣❣❣❣❣❣❣❣?????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you dear,insha Allah story nimendhen genesdheynan
Reethi feshumeh..Thankolheh dhigu kohli nama dhw…Heevey vrh reethi vaane hen..❤
Thanks dear ikleel, next part dhigukohlaanan ingey☺️
Shana kon age eh school ga ulheny kuhjehthr
Taff ingey….. V loabi…. Kyp up the gud wrk????
Shana sis… kyhve tha ehvex story eh upload nukuranyy