Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެން….4

Reekko Level 1
June 7, 2019 2 Mins Read
1 Comment

ކޮލެޖު ގޭޓުން ވަދެވުމާއެކު އެންމެ ފުރަތަމަ ވެސް ޖެހުނީ އަހޫ ކުރި މައްޗައްށެވެ. ވާހަކައެއް ދައްކަން ބޭނުން ކަމަށް ބުނުމައްފަހު އަހަރެން ދިޔައީ ލައިބްރަރީ އަށްށެވެ. އޭރު އަހޫ އަހަރެންގެ ފަހަތުން އާދެއެވެ. އަހޫ އައިސް އަހަންނާ އެއްވަރު ކުރުމުން އެންމެ މީހުން މަދު ހިސާބެއްގައި ހުރި މޭޒެއްގައި އަހަރެމެން ދެމީހުން އިށީނީމެވެ. އެހާ ހިސާބުން ވާހަކަ ކުރިޔަށް ދިޔައެވެ. ވާހަކަ ދައްކަން ފެށީ އަހަންނެވެ.

މިއަދާ ހަމަޔަށް އަހަރެންގެ ހަޔާތުގައި ވީ ހުރިހާ ކަމެށް އަހަރެން އަހޫ އަށް ކިޔާދިނީމެވެ. އަދި ވެގެން ވަންޏާ މާފުކުރުމަށް އެދި މާފަށް ވެސް އެދުނީމެވެ. އޭރު އަހަންނަށް ހަމަ ރަންގަނޅަށް ވެސް ރޮވުނެވެ. އަހޫ އިނީ އަގައިން ބަސް ހުއްޓިފައެވެ. އަހޫ ހުރީ އަހަރެން ދެކެ އިންތިހާއަށް ރުޅިވެސް އައިސްފައެވެ. އޭނާ ބުނީ ކުރިން އެވާހަކަތައް ކިޔާދިންނަމަ މާރަގަނޅު ވީސް ކަމުގައެވެ. އޭރުން ވެސް ހަމަ ދެމީހުން އެކުގައި އުޅެވޭނެ ކަމުގައެވެ. ދެން އޭނާ އަހަންނާ އެކީ އުޅެން ބޭނުން ނުވާކަމަށް ބުނެ ދިޔައީ ކުލާހައްށެވެ. އަހަރެން ވެސް ރުއިން ހުއްޓާލުމައްފަހު ދިޔައީއެވެ.

ގެއަށް އާދެވުނުއިރު އަހަރެން ބޮލުގައި ވަރަށް ރިއްސައެވެ. ނަމަވެސް ރޭގަނޑުގެ ކެއުން އަދި ތައްޔާރު ކުރަންޖެހެއެވެ. ކޮޓަރިއަށް ވަދެ ތާޒާވެލައިގެން ގޭގައި ލައި އުޅޭކަހަލަ ހެދުމެއް ލައިގެން އަހަރެން ބަދިގެޔަށް ވަނީމެވެ. ބަދިގެ ކަބަޑު މަތީގައި ނޯޓެއް ހަރުކޮއްގައި ހުއްޓެވެ. އޭގައި ވަނީ މިރެޔަށް ނޫޑުލިސް ހަދަން ބުނެފައެވެ. ގޭގައި ނޫޑުލިސް ނެތުމުގެ ސަބަބުން އަހަންނަށް ޖެހުނީ ބާޒާރަށް ދާށެވެ. އަދި ޒުލްފައްތައާ ދިމާލާއް ކުދި ކިޔުނެވެ.”ޒުލްފައްތައައް ވެސް ނުކެރޭނޭ ބާޒާރައް ގޮސްފަ އަންނައިރު ގެޔަށް ބޭނުންވާ އެއްޗެއް ގެންނާކަށް. އެކަމު ދެއިރު ދެދަޅަޔަށް އެތަނަށް ދާންޖެހޭނެ ކޮންމެހެން ހަދާފައިވެސް. އެހެން ނޫނީ އޭނާ ކާފިރު ވޭވިއްޔާ.”

އަގަޔަށް ވައްތަރެއް ޖައްސާލުމަށް ފަހު އަހަރެން ބާޒާރަށް ދިޔައީ ފޫހިކަމާއެކުގައެވެ. ވެފައިހުރި ވަރުބައްޔަށް އެއްލެމުން ކަހަލަ ގޮތަކަށް އަހަރެން ހިގަމުން އައި އަހަރެން ކުއްލިޔަކަށް ފައި ފުރަޅާލިއެވެ. ވެއްޓި ދާނެތީ ދެލޯވެސް މަރާލެވުނެވެ. ނަމަވެސް މީހަކު އައިސް އަހަރެންގެ ހަށިގަނޑު ގައި ހިފެހެއްޓި ކަމުގެ އިހުސާސް ބުމާއެކު އެއްލޯ ހުޅުވާލާ ބަލާލީމެވެ. ނުދަންނަ މީހެކެވެ. ވައްތާރީ ޔޫރަޕް ކުއްޖަކާއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އެރީތިކަމަށް ތަޢުރީފު ނުކުރާ އެންމެ އިންސާނަކު ވެސް އެ ހިސާބުގައި އެވަގުތުނެތެވެ.

އަހަރެން ތެދަށް ބެހެއްޓުމަށްފަހު އޭނާ ދާން ހިގައިގަތެވެ. އެވަގުތު އަހަރެން އޭނައަށް ޝުކުރު އަދާކުރީމެވެ. ނަމަވެސް އޭނާގެ މޫނު މަތިން އެއް ވެސް އަޘަރެއް ފާޅެއްނުވެއެވެ. ފަހެ މިއީ އަޖައިބެއް ކަހަލަމީހެއް ނޫންހޭ އަހަރެން ގެ ހިތައްއެރިއެވެ.

ހަމަގައިމުވެސް އެއީ މުއްސަދި މީހެއްކަން އަހަންނަށް އިގުނީ ލައިފައި ހުރި އެއްޗެހިންނާއި އަޅައިފައި ހުރި އައިނުންނެވެ. އަދި މީގެ އިތުރުން އަރައެގެން ދިޔަ އަމިއްލަ ކާރުންވެސް މިކަމަށް ހެކިދެއެވެ.

ދެންއަހަރެން ބެލީ އަވަސް ވީގޮތުން ގެޔަށް ދެވޭތޯއެވެ. ގެޔަށް ދެވުމާއެކު ބައި ގަޑިއިރެއް ހާއިރު ފަހުން އަހަރެން އަހަރެންގެ މަސައްކަތް ކޮއްނިންމާލާ ކޮޓަރިޔައް ވަދެ ތާޒާ ވެލައިގެން ނިދަން ޖައްސާލީމެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reekko

Level 1

I am a girl who loves to write stories ?????? I would like to get more opinions from readers.. ??????

Other Articles

Previous

ނާއިންސާފް 7

Next

ުލޯބީ ގައި ދީވާނާ….

Next
June 7, 2019

ުލޯބީ ގައި ދީވާނާ….

Previews
June 6, 2019

ނާއިންސާފް 7

One Comment

  1. Pis says:
    June 23, 2019 at 3:13 pm

    Thankolheh Dhigukoh Gennan Vejje Ennu Dhw?

Comments are closed.

Next Episodeއަހަރެން….1←


All Right Reserved!