ނާއިންސާފް 8
އިވެންފެށި އަޑުން، ބާލީސް ނަގައި، ކަންފަތުގައި އަޅާލީމެވެ. ފަޔަރ އެލަރމްގެ އަޑުން މުޅި ހޮޓަލް އެއްއަޑުވެފައިވީއިރު، ގުޑިލަންވެސް ބޭނުންނުވެފައި މަ އޮތީއެވެ. ކަމެއްވެއްޖިއްޔާ ބެލްކަނީ މަ ރެސްކިއު ކުރަން އަންނާނެ ނޫންހެއްޔެވެ. ޓެރަހުގައި ސްވިމިން ޕޫލެއް އޮއްވާ، ބޮޑުހަރަދުކޮށްގެން، ތިރީގައިވެސް ޕޫލެއް ހެދީ، ސަބަބެއްނެތިއެއް ނޫނެވެ.
އެލަރމް އަޑަށް ވުރެ ބާރަށް މީހަކު ދޮރުގައި ތަޅައިގަތް އަޑު އިވެންފެށިއެވެ. ތެދުވަން ބޭނުން ނުވެފައި ހުރެމެ، އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. އެވަރަށް ބުނުމުންވެސް، ސެކިއުރިޓީ އަހަރެން ބުނި ބަހެއް ނޭހިތާއެވެ.
ދޮރުހުޅުވުމާއި އެކު، އެތެރެއަށް ދެމިގަތް ތިންމީހުންވެސް، ކޮޓަރިއޮތްގޮތް ފެނިފައި، އައިސްފައި ހުރި ރުޅި ހައިރާންކަމަށް ބަދަލުކޮށްލިއެވެ. އިސްތަށްޓެއް ވެއްޓިފައި އޮތަސްފިޔަވަޅެއް ނާޅާ މާޒިންގެ ކޮޓަރިއަށް ނަގޫރޯޅިއެއް އައިސްފައި އޮތުމުން އެހެން ނުވާންވީ ސަބަބެއްވެސް ނުއޮންނާނެއެވެ.
“މީ ކޮންކަމެއް. ފޮށިގަނޑު އެއްކޮށް މިއޮތީ އުކާލާފަ. ބްރޯ ކީތްވެފަ ތިހިރީ؟” ރުކާން އައިގޮތަށް އައިސް، ގަނޑުތައްނަގައި ތަރުތީބު ކުރަންފެށިއެވެ. މުރާލި ކުދިން އަދިވެސް ދުނިޔޭގަ އުޅޭތާއެވެ. މަ ހީކުރީ، އޭގެ ހުރިހާ ކުދިން ވޯލްޑްވާ ޒަމާނުގައި މަރުވީކަމަށެވެ.
ކުދިކިޔަމުން ނަމަވެސް، ޒަރީރް ސަރ، އޭނާ ގެނައި ޕެންޑްރައިވް، ޓީވީއާ ގުޅާލިއެވެ. ހައިރާން ވާންޖެހުނީ އެމީހުން ކޮށްފައިވާ މަސައްކަތް ފެނިފައެވެ. އެ ހަތަރު މީހުން ވެގެން، ވަނީ ރީޝާ ވީ ތަން ހޯދާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ މެޕުގައި ހަތަރު ގެއެއް މާކު ކޮށްފައިވީއިރު، އެތަނުން ގެއެއްގައި ރީޝާވާނެ ކަމަށް އެމީހުން ޔަޤީންކަމާއި އެކު ބުންޏެވެ. އެވަރަށް ހެކި ލިބިފައިވުމުންނެވެ. އޭގެ އިތުރުން، އެކަމާއި ގުޅޭގޮތުން ދެމީހަކު ހައްޔަރު ކުރި ޚަބަރުވެސް ލިބުނެވެ.
“ގަޑިން…. ކިހާއިރެއް؟” ޔަޤީންނުވެ ހުރެ މަ އަހާލީމެވެ. މުޅި ދުވަހު ޑިޔުޓީގައި އެމީހުން ހޯދާނީ އެ ނޫންކަން މަށަށްވެސް އެނގޭތީއެވެ.
“އެއްގަޑި ބައިވީ” ޖިހާން ފާޑަކަށް މަށަށް ބަލަން ހުރެފާ ބުނެލިއެވެ.
“މަ ނިދީވެސް، ދެގަޑި ބައިވި ފަހުން. މިހާރު ގަޑިއިރެއް ފަހަތަށް ދިޔައީ؟ އެންމެ ފަހުން ޓައިމް ޓްރެވެލް ކުރުމުގެ ނަސީބުވެސް މަށަށް ލިބުނީ ދޯ” އެ ޖަވާބަކީ ސާފު ދޮގުކަން އެނގުހުރެ މަ ބުނީމެވެ. ސެކިޔުރިޓީ އެތެރެއަށް ވަނަނުދިނުމުން ހޮޓެލްގެ ފަޔަރ އެލަރމް ޖައްސާލަން ކެރުނު ބަޔަކަށް ދޮގުހަދަން ނުކެރެންވީ ކީއްވެހެއްޔެވެ.
“ކައެ ތިހިރީ ހަމައިގަތަ؟ އަހަރުމެން ދުވަހަކުވެސް މީޓިން އެއް ބޭއްވިންތަ ދުވާލު ގަޑީގަ” އަހަރެން އުޅެމުން ދިޔަ ގޮތުން ފާޑަކަށް ހިނިއައިސްފައި ހުރެ ޒަރީރް ސަރ އެހެން ބުނުމުން މަ ދިޔަގޮތަށް ގޮސް ބެލްކަނީ ހުޅުވީމެވެ. ދޮގެއްވެސް ނޫނެވެ. ރޭގަނޑެވެ!
އެހެން ފަހަރު ތަކާއި ޚިލާފަށް، ކަންކަން ވެސް ހުރީ ވަރަށް ރަނގަޅަށް ޕްލޭން ކުރެވިފައެވެ. އަހަރެންނަށް ޖެހުނީ، ރުކާން އާއި އެކު އެއްގެއަށް ދާށެވެ. ބޭނުންވާނެ ހުރިހާ އެއްޗެއް ޒަރީރް ސަރ އާއި ޖިހާން ހޯދައިދިނެވެ. ހުރިހާ އެއްޗެކޭ ބުންޏަސް، ބިޑިތަކަކާއި ޕޮކެޓެވަޅިއެކެވެ.
ޕްލޭން ކުރެވިފައިވާގޮތަށް، އަހަރެން ރުކާން އާއި އެކު ގަލޮޅަށް ދިޔައީ ދެގަޑި ފަނަރަވެފައި ހުއްޓައެވެ. ދުރުގައި ސައިކަލު ޕަރކްކޮށްފައި، އަހަރެމެން މަޑުމަޑުން އެގެޔާއިދިމާއަށް ދިޔައީމެވެ.
ތިން ފްލޯރއަށް ހަދާފައި ހުރި އިރު، މަތިން އިތުރަށް ހަދަން ފަށާފައި ހުއްޓެވެ. އެތެރެއަށް ވަނުމާއި އެކު، ސިމެންތި ވަސްގަނޑު ދުވަންފެށިއެވެ. ނޭފަތުގައި އަތް އަޅާލައިގެން، މަޑުމަޑުން ސިޑިއާއި ދިމާއަށް ދިޔައީމެވެ. ކޮޓަރިތަށް ހަދާފައި ހުރި ނަމަވެސް، ދޮރު ހަރުކޮށްފައި ނެތުމުން، އަހަރެމެން ވަރަށް ބަލައިގެން އުޅެން މަސައްކަތް ކުރީމެވެ.
ދެވަނަ ފްލޯއިން ބަޔަކު ވާހަކަ ދައްކާ އަޑުއިވެމުން ދިޔައެވެ. ކޮން ބައެއްތޯ އެނގުމުގެ ޝައުގުވެރިކަން އޮތް ވަރަށް ނުތަނަވަސް ވެސް ވިއެވެ. ރުކާންގެ ކުރީގައި އަހަރެން ހުރިއިރު، އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. މީގެ ކުރިން އަހަރެން މުޅިންވެސް ކޮށްފައި ވާނީ، އެއްޗެހި ހެކް ކުރުންފަދަ ކަންކަމެވެ. ބޭރުގައި މާ ބޮޑުމަސައްކަތެއް ނުކުރަމެވެ.
“ޒިން” ނެގި ފޔަވަޅު ހުއްޓުނީ ފަހަތުން ރުކާން ގޮވާލި އަޑަށެވެ. ސީރިޔަސް ކަމާއިއެކު، ބަލައިލިއިރު، ރުކާން އިޝާރާތް ކުރަނީ އޭނާގެ ފޯނަށެވެ. އަހަރެން އޭގައި އޮތް އެއްޗެއް ކިޔާލީމެވެ.
“އޮހ…. ހިނގާ ދާން.” މަ އެހެން ބުނުމަށްފަހު، އައިކޮޅަށް ހިނގައިގަތީމެވެ. ޖިހާން ބުނީ، އަފްޒަލްއަށް ރީޝާ ހުރިތަން އެނގިފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އައިސް ދިނުމަށެވެ. ބަޔަކު މީހުން ސިއްރުން ކުރަނީ ކީއްތޯ ބަލަން ކިތަންމެ ބޭނުންވެފައި ހުރި ނަމަވެސް، އަހަރެން، އެއީ ކޮންބައެއްތޯ ނުބަލާ ދިޔައީ، ވަގުތުގެ ގޮތުންނެވެ. ނަމަވެސް އެމީހުން ދައްކަމުން ދިޔަ ވާހަކައިން ތަންކޮޅެއް މަށަށް އިވުނެވެ.
“އަލީނާ އަށް ހުކުމް ކުރެވޭތޯ ބަލާބަލަ… ކައެމެން އުޅެފިއްޔާ ވާނެ. އެއިރުން ހާދަ ބައިވަރު…”
………….
“ރީޝާ ވީ، ދެވަނަ ފްލޯގެ އެހެރަ ކޮޓަރީގަ.. ކޮޓަރީގަ މިވަގުތު ދެމީހުން އެބަ ތިބި. ބޭރުގަވެސް ދެމީހުން އެބަތިބި.” ގޮތަކަށް ފިލައިގެން ތިބި ޖިހާން އާއި އަފްޒަލް ކައިރިއަށް ދިއުމުން ޖިހާން ފައްޗަކަށް ދަމާލިއެވެ. ބައްޕަގެ ބެސްޓީއެއް ކަމަކު، އަފްޒަލަ އަކީ އަހަރެންނާއި މާ ގާތް މީހެއް ނޫނެވެ.
“ޕްލޭން އަކީ…. ތިން މީހުން އެތެރެއަށް ވަންނާނީ، ޒަރީރްސަރ އާއެކު، އަނެއް ކުއްޖާ، ކުޑަދޮރުން ވަންނާނީ” ބެލްކަނީ ނެތް އެ ކޮޓަރީގައި ހުރި ބިއްލޫރި ކުޑަދޮރު ދައްކާލަމުން އަފްޒަލް ކިޔައިދިނެވެ. އަހަރެމެން ނިންމީ، ރުކާން ބަހައްޓާފައި އަހަރެމެން ތިން މީހުން ވަންނާށެވެ. ރުކާންއަށް ލިބިފައިވާ ޓްރެއިނިން އަހަރެމެންނަށް ވުރެ ކުޑަވާނެތީ އާއި، ބައެއް ކަންކަން ކުރަން ފަސްޖެހި ފަސޭހައިން ބިރުގަންނަ ގޮތެއް ރުކާން ހުންނާތީއެވެ.
ސްޕައި އެއްގެ ގޮތުގައި ބާރަވަރަކަށް އަހަރު ހޭދަކޮށްފައި ވުމުން، އަފްޒަލް ވަރަށް ފަރިތައެވެ. ޖިހާންވެސް ޕޮލިސްގައި އުޅޭތީ ކަންކަން ވަރަށް ރަނގަޅަށް ދަނެއެވެ. މިބުނީ އަހަރެން ދަށީއެކޭ ނޫނެވެ. ކަމެއް ވެއްޖިޔާ ބޮޑުވަރު ވާނީ އަހަރެންނަށޭއެވެ.
އަފްޒަލް ކުރީގައި ބަހައްޓާފައި،އަހަރެން ޖިހާން އާއި އެއް ހަމައެއްގައި އުޅުނީމެވެ. އަހަރެމެން ފޮނުވި ބަގިން ޑިވައިސްގެ އެހީގައި، ބޭރުގައި ތިބި ދެމީހުން، ތިބީ ސިޑިއާއި ފުދޭވަރަކަށް ދުރުގާކަން އެނގުމުން އަހަރެމެން ސިޑިން އަރަން ދިޔައީމެވެ.
ޕޮލިސް ކާރެއް އައިސް އެތަނަށް ޕާކުކޮށްލީ އެވަގުތުއެވެ. އެއަޑު އިވި، ބޭރުގައި ތިބި ދެމީހުން ސިޑިއާއި ދިމާއަށް އައެވެ. އެއިރު އަހަރެމެންނަށް ތިބެވުނީ، ދެވަނަ ފްލޯރ އަށް އެރޭ ނޭރޭ ހިސާބުގައެވެ. ދެބައި މީހުންނަށްވެސް ލިބުނީ ސިހުން ނަމަވެސް، ކުއްލި ހަރަކާތާއި އެކު، އަފްޒަލް، އެތަނުން އެކަކު ބިމަށް ވައްޓާލިއެވެ. ތަޖުރިބާއަކީ ކިހާ ފައިދާކުރުވަނިވި ކަމެއްކަން އެވަގުތު ދޭހަވާހާވެއެވެ.
އެމީހާ ވެއްޓުނު ނަމަވެސް، އަލުން ތެދުވެ، އަފްޒަލް އާއި ދިމާކުރުމުން، ދެން ހުރި މީހާ އައީ އަހަރެންނާއި ދިމާކުރާށެވެ. ޖިހާން، ތަންކޮޅެއް ހިކިކޮށް ހުންނާތީ، ގޮތެއް ހެދުން މުހިންމުވާނީ އަހަރެންނަށްހެން ހީވެގެން ކަންނޭންގެއެވެ. ކައިކައިފައި ޖިމަށް ދެވުނީތީ ލިބުން ބޮޑު ގެއްލުމެއްތާއެވެ.
ފުރަތަމަ އަހަރެންނަށް ވެސް އުޅެވުނީ، ބައިބަލާ ކުޅެން އުޅޭހެންނެވެ. ނަމަވެސް، ދަސްކުރި އެއްޗެއްގެ ބޭނުން ހިފަން މަސައްކަތްކުރީމެވެ. ދަސްކުރި އުކުޅެއްގެ ބޭނުންކޮށްގެން، އަހަރެން، އެމީހާ، ސިޑިމައްޗަށް ވައްޓާލީމެވެ. ތަދަކާއި ތަދެކެވެ. ހުރިހާ ޙާލަތެއްގައި ހަމްދަރުދީއެއް ނުވެވޭނެއެވެ.
ފަހަތުގައި ހުރި ޖިހާން، ފަރިތަކަމާއިއެކު އެމީހާގެ އަތުގައި ބިޑި އަޅުވާލިއެވެ. ޓްރެއިނިން ގައި އުޅުން އިރު، ޒަރީރް ސަރ، އަހަރެމެން ލަސްކަމުން އެއްޗެހި ކިޔާލާގޮތުން، ރޮއްވާލާއިރު، ނަތީޖާ ފެންނަލެއް ރަނގަޅެވެ.
ހިންދެމިލެވުމުން، އަހަރެން ތިރި ބަލައިލީމެވެ. އެއިރު އިތުރު ބަޔަކުވެސް އުޅޭ އިރު، ޕޮލިހުންގެ ދެތިން މީހުންވެސް އުޅެއެވެ. މީހަކު މައްޗަށް އަރަން އައީ، އަހަރެން ބަލާލި ވަގުތުއެވެ. ފުރަގަސްދީގެން ހުރި ޖިހާންއަށް އިޝާރާތެއް ނުވެވެނީސް، އެމީހާ، ޖިހާންގެ ގައިގައި ހިފައި ފަހަތަށް ދަމައިގަތެވެ.
ބަރުމިން ނުވަދިހަޔަށް އެރިޔަސް، ނުވިސްނާ ހުއްޓާ، އެހެން ހެދުމުން ވެއްޓޭނެތާއެވެ.
ޖިހާންއަށް އެހީވުމަށް، އެމީހާއަށް ހަމަލާއެއް ދޭން އުޅުންވަގުތު، މަތިން އައި މީހަކު، އަހަރެންގެ ބުރަކަށީގައި، ކޮންމެވެސް އެއްޗަކުން، ވަރަށް ބާރަށް ޖެހިއެވެ. ވީތަދަށްވުރެ މަ ބިރު ގަތީ ގޮވި އަޑުންނެވެ. ދަނގަޑު ބުރިއެއް ކަންނޭންގެއެވެ. ނޭމަރ އަށް ވީވަރޔ ނުވެއްޖިއްޔާ ރަނގަޅެވެ. ތަދު އިހުސާސްވީ ވެސް އިރުކޮޅެއް ފަހުންނެވެ.
މިޒަމާނު ބަހުން ބުނާނަމަ، ބިންދައިގެން ދާވަރަށް ތަދުވިޔެވެ. ނަމަވެސް، އުޅެވެނީ، ‘ބެޓްލްފީލްޑް’ ގައި ކަމުން، އަހަރެން އެނބުރި އެމީހާއަށް ހަމަލާ ދިނީމެވެ. އެހާ ފަސޭހައިން އެކަންވީ، އަހަރެންގެ ފަރާތުން އެހާ އަވަސް ހަމަލާއެއް ލިބިދާނެކަމަށް ނުވިސްނާ ހުރީމަ ކަންނޭންގެއެވެ. ކޮއްޕާލި ބާރުމިނުގައި ގޮސް، އޮމާންނުކޮށް ހުރި ފާރުގައި ޖެހި ކޮނޑުންފެށިގެން، އަތުކުރިޔާއި ހިސާބަށް އަތް މަށައިގެން ދިޔައެވެ.
އަހަރެން އެނބުރިލީ ޖިހާންއަށް އެހީވާށެވެ. ނަމަވެސް އެއިރު އަފްޒަލް އާއި ދެމީހުން ވެގެން އެމީހާގެ އަތުގައި ބިޑި އަޅުވައިފިއެވެ. އަފްޒަލް އަށް ލިބިފައި ހުރި އަނިޔާތައް ބޮޑުކަމުން، އަހަރެމެން ދެމީހުން، ކޮޓަރިޔަށް ދާން ދޫކޮށްލާފައި، އަހަރެން ކޮއްޕާލި މީހާ ކައިރިޔަށް ދިޔައެވެ. އަފްޒަލްގެ އަރިކަށްޓަށް މީހަކު ވަޅި ހެރުމުން، ހޯސްލައިފައި ލޭ އަންނަމުންވެސް ދިޔައެވެ.
ކޮޓަރީގައި ހުންނާނީ އެންމެ މީހެއްކަން އެނގި ތިބެ، މއަހަރެންނާއި ޖިހާން ދޮރު ހުޅުވާލީމެވެ.
“އެންމެ ފިޔަވަޅެއް ކުރިއަށް އެޅިޔަސް.” ފާރުގައި ލައްވެގެން އިން އަންހެން ކުއްޖާގެ ކަރުގައި ވަޅިއެއް ޖައްސާލައިގެން ހުރި އިރު، އަނެއް އަތުން ކުޑަވަރެއްގެ ފިސްތޯލެއް ހިފައިގެން ހުރި ޝިމާލް ފެނުމުން މަށަށް ހުއްޓެވުނެވެ. ޝިމާލް އަކީ، ޝަޔާންގެ ބޭންޑުގެ ރެޕަރގެ އިތުރުން، މިޔުޒިކް ގެ ކަންތައް ހަމަޖައްސާ މީހާވެސްމެއެވެ. ޝޯއަށް ނުގޮސް އޭނަ ކުރި ކަމަކީ މީ ހެއްޔެވެ؟ އަދި އެކަން ފޫބައްދަން އަހަރެން ދާން ޖެހިއްޖެއެވެ. ނިދަން އޮވެވުން ނަމަވެސް ކީތްހެއްޔެވެ.
“މަ ހަތިޔާރު އަތުލާނަން، ކައެ އެޓޭކް ކުރޭ” އަނގަ ނުހުޅުވާ، އަހަރެން މަޑުމަޑުން ބުނެލީ ހަމައެކަނި، ޖިހާންއަށް އިވޭނެ ވަރަށެވެ.
ދެއަތް މައްޗަށް އުފުލާލަމުން، އަހަރެން ކުރިއަށް ފިޔަވަޅެއް ނެގީމެވެ. އެއިރު ރީޝާގެ ކަރުން ލޭ އަންނަމުން ދިޔައެވެ. ރީޝާ މަށަށް ރަނގަޅަށް ފެނުނީ އެވަގުތެވެ.
ވީ ހަމްދަރުދީއާއި އެއްވަރަށް އަހަރެން ލަދުވެސް ގަތެވެ. އޭނާގެ ހެދުމުގެ ބޮޑުބައެއް، ނެތް އިރު، އޮތްބައިވެސް ވަނީ ލެޔާއި ތަތްތެޅި، ގަޔާއި ވަކިނުވާވަރު ވެފައެވެ.
އާނއެކެވެ. އިންސާނުން، އުފަލަށްޓަކާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އިންސާނިއްޔަތޭ ކިޔާބައި މަދުވުމުން ވާނީ އެހެން ނޫންހެއްޔެވެ؟
ކުއްލި ހަރަކާތާއި އެކު، އަހަރެން، ފިސްތޯލު އޮތް އަތުގައި ވަރަށް ބާރަށް ޖެހީމެވެ. ޝިމާލް ހުރީ ވަރަށް ވިސްނައިގެން ކަމުންނާއި، އަހަރެންނަށް ހުރެވުންލެއް ދުރުކަމުން، މާ ބޮޑު ކަމެއް ނުވިއެވެ. ހަމައެކަނި، ފިސްތޯލު ވެއްޓުން ކަމެވެ. މޮޅުކަމަކީ، އޭގައި ވަޒަނެއްހާ މިންވަރުވެސް ނެތެވެ.
އަނެއްކޮޅުން، ވަގުތުން، ޝިމާލް އަހަރެންނަށް ވަޅިން ހަމަލާ ދިނެވެ. އޭނަ ޓަރގެޓް ކުރީ ކޮންތަނެއްކަމެއް ނޭންގެއެވެ. ވަޅިއަމާޒުވީ، ބައިސެޕްސް އާއެވެ. މީނަ، މަ ދުވާލު ދެދަޅައަށް ޖިމަށް ގޮސްގެން، ދުޅަހެޔޮ ހަށިގަނޑެއް ހޯދާފައި ހުރީތީ ހަސަދަވެރިވަނީހެއްޔެވެ. ނޫނީ، އޭނަޔަށް ޝޯއަށް ނާދެވުނު ތަންކޮޅު ކަވަރ ކޮށްދޭން ގިޓާކުޅެލަ ދިނީމާ ދެން ދުވަހަކުވެސް ނުކުޅެވޭ ވަރު ކޮށްލަންބޭނުން ވީކަންނޭންގެއެވެ. މިޔަ ބޮޑު އެވަޅި ކޮށިކަމުން ތަދުވިލެއް އެތައް ގުނަޔަކަށް ބޮޑެވެ.
އަހަރެން ހީކުރީ ޖިހާން އައިސް، ޝިމާލްއަށް ހަމަލާ ދޭނެ ކަމަށެވެ. ފިސްތޯލް ނެތް އިރު، ހަމައެކަނި އޮތް ވަޅިވެސް އޮތީ އަހަރެންނާއި ދިމާލުގައެވެ. އެތާ ޝިމާލް ނޫން މީހަކު ހުރީކީވެސް ނޫނެވެ. އެހެނަސް، ޖިހާން ހުރި ތަނުގައި ދެލޯ ބޮޑުކޮށްގެން ހުރީއެވެ.
ޖިހާންއަށް ޝިމާލް ފެންނަނީ، ޝިއުނާގެ ސިފައިގަ ހެއްޔެވެ؟ އަހަރެން ދެފަހަރަކު ޖިހާންއަށް ގޮވާލުމުންވެސް، ޖިހާން ހުރިތާ ހުރީއެވެ. ދެވަނަ ފަހަރަށް ހަމަލާއެއް އެރާފާނެހެން ހީވުމުން، ވޭނަކާއި ވޭނެއް ދޫކޮށްލާފައި، ފައިން، ހަމަލާއެއް ދިނީ، ދިނުން އެންމެ އެކަށީގެން ވާ ތަނަށެވެ. ގައިގައި މާގިނަ ވަރު ނެތުމުން، ޖެހުނުލެއް މަޑީއެވެ.
ޝިމާލް ކުޑަކޮށް ތިރިވި ވަގުތު، އަނެއްކާވެސް އަހަރެން، އޭނައަށް ހަމަލާ ދިނީމެވެ. އެފަހަރުވެސް ފައިންނެވެ. ޕޮކެޓް ވަޅި އޮތްކަން ހަނދާން ހުރި ނަމަވެސް، އެ ބޭނުން ކުރާކަށް އަހަރެންނަކަށް ނުކެރުނެވެ. އިންސާނަކަށް ވުމާއި އެކު، ޝިމާލް އަކީ އަހަރެން ދަންނަ، ދެކެފަރިތަ މީހެއް ކަމުންނެވެ. ނަމަވެސް، މަށަށް ބޮޑު އަނިޔާއެއް ދޭންވެސް، ޝިމާލް ފަސް ނުޖެހުނެވެ.
ހިތްވަރު ކޮށްފައި، އަހަރެން، އަތް ނަގައި ހަމަލާއެއް ދެވޭތޯ އުޅުނީމެވެ. ކިތަންމެ ކުރަން ބޭނުން ނުވި ކަމެއްނަމަވެސް، އިތުރަށް އެއަށްވުރެ ރަހުމްހުރި ގޮތެއް ހިތަށް ނައުމުން، ދިގުކޮށްފައި ހުރި ނިޔަފަތިތަށް ޝިމާލްގެ ލޮލަށް ހަރާލީމެވެ. ވެމްޕަޔަރ ޑައިރީސްގައި އެލައިޖަރ މެން ހަދާލާ ގޮތަށެވެ. ނަމަވެސް، ބަލަން ހުންނަ މީހާއަށް ވާގޮތްވެސް ވީ އަހަރެންނަށެވެ.
ޖީބުގައި އޮތް އެއްޗެއްގެ މަތިން ހަނދާންވީ އެވަގުތެވެ. ބަޔަލޮޖީ ގަޑިއެއްގައި، ލެބަށްގޮސް، ރަޔާންއާއި، އިތުރު ދެކުއްޖަކު ވެގެން ވަގަށްނެގި ކުޑަ ބޭސްފުޅިއެކެވެ. އައިންސްޓައިންއެކޭ ތަފާތެއް ނެތް ގޮތަކަށް ހުރި، ގައިޑު، ބުނި ގޮތުގައި، އޭތިން، މީހަކު ހޭނައްތާލަން ނަގާނީ ބައި މިނިޓެކެވެ. އެމީހާ ކެނޑީ ފޮންޏެއްތޯ ޓެސްޓް ކުރުމަށް ނެގި އެތި، ފަހުން ދޭގޮތަށް ފޮރުވަން ދިނީ އަހަރެންގެ އަތަށެވެ. ކޮޓަރި ތަރުތީބު ކުރިއިރު އެ ފެނުމުން، ޖީބަށް ލީއެވެ.
އޭގެން ގޮތެއް ވާނެކަން ޔަޤީންނުވިނަމަވެސް، ކުޑަކުޑަ އެ ޕްލާސްޓިކް ކޮތަޅުނަގައި، ޝިމާލްގެ ނޭފަތް ކައިރިއަށް ފަޅާލީމެވެ. އަހަރެންގެ އަތުގައި ހޭކުނު ތަންތަނުން، މަޑު ދިލައެއް ނެގިއެވެ. އޭގެ ވަސް މުޅި ތަނުގައި ހިފާލިއެވެ. އަހަރެމެން ދެމީހުންވެސް ކޮށިއެރިއެވެ. ނަމަވެސް ވަރަށް އަވަހަށް އޭގެ އަސަރު ޝިމާލަށް ކުރިއެވެ. އަހަރެން އަވަސްވެގަތީ، ރީޝާކައިރިއަށް ދިޔުމަށެވެ. އޭގެ ކުރިން، އެއްލައިލާފައި އޮތް، ޝޯލް ނަގައި ރީޝާގެ ގައިގެ ބޮޑުބައެއް ނިވާކޮށްލީމެވެ.
ބަޔަކު މައްޗަށް އައީ، އަހަރެން، ރީޝާ، ކޮއްޅަށް ނެގޭތޯ އުޅެނިކޮށެވެ. ބާރުއަޑާއި އެކު، އިހުސާސްވީ، ފަލަމަސްގަނޑަށް އެރި ވޭނެވެ. ދެން މުޅިތަން ކަޅުވިކަން ހަނދާންހުއްޓެވެ. އެއިރުވެސް، މުޅިތާ ހިފާލާފައި ވަނީ އެ ބޭހެއްގެ ވަހެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




Yeye me first dhw..mi part vec vv rythi inge..keep it up sis…<3 <3 <3
??✨
Yeye me first dhw..mi part vec vv rythi inge..keep it up sis…<3 <3 <3
??✨
Congra And Thanks jiji 🙂 <3
Alheyy mi story haadha reehche?? I like this?seriously mi vaahaka varah reethi, Masha Allah ❤❤❤❤ nd varah interesting, I love Zin,??????❤ Zin ge character varah lwbi????? when is next part? Avahah up kohdhehche,???? waiting waiting waiting. Lotsss of luv from me
Hehe thankssvarah bodahh. ?❤️❤️? Varah avahah up kohdheynan Insha Allah
Sis mi part is also interesting
Keep it up
Curiously waiting for next part as well as to know about een
??❤️?
Aahh thankss DD. Alhe drax bro like vanyy een dheketha when everybody loves zin. Hehe drax hama unique iyy dhww ????❤️??
Drax noonankas i vs v like vey een dheke…zin a iin a set kohdhen vaane ingey monsta stry threyge…hehe….and didnt like ibaanaa….i had a bad feeling about her emme furathama nan ivun faharu vs ….anhenunah hama anhenun engeniii thoacche….lol….anyways stry vvv salhi….and een ge vaahaka avahah genes dhiiba monsta v curios eyna ge truth untold dhenegannan ???? btw e thaathibi polihun anekka xin arrest kuriitha….and who is afeef….buniimeh nu rukan ge dad.eyyy…..
Ahahaha thankss. Yhh afeef aki rukaange dad. Hehe next episode kiyaalyma ingeyne xin ahh vaa goii. Een ge character ga stubborn gothehh huryma, monsta hykury readers ehaa like nuvaane kamahh. ????❤️ Een ge story ves genesdheynan Insha Allah varah avahah
Mashah hiivanii een miihaku meriii hen… alhe maazin kameh vs dhera eh nuun ….e miihun een ge vaahaka dhakkaa iru kudakoh kanfayy baanaaalaafa dhw dhaan vaaniii…..curios to know about whats with een ….kuruah oyy baithakuga een aa maxin ge scene thah genesdhecche. ….miah vuren gianain….luv this stry??
Hehe Thankss… yep Een aa Maaxin ge bai adhives ginakohlaanan Insha Allah.. Noonuga hurefa Kaafah aisdhinymaves emyhun maaxin laskamun rulhi aisfa thiby… so ithurah madukohlinama Rukaan goss kommes ehchekeyy kiyaanehhnu…. N Maaxin hama gamaary… ahaha Een aslu fudheyvarakah innocent ves vaane Maaxin kiyaahenn… but yhh varah bodu kameii vefa onnaany …… Wait for itt….. And really Thankss 🙂 <3
hua ma heehee hanaa vany… miah vureh story kiyaafa heefa huri dhuvaheh naadhey… shahaadheh majaa story eh…. i rlly wanna be ur friend… can we… i rlly love ur stories… v trie kuran konmme story akah cmmnt kuran.. but nueh dhey… v udhagulun vany….but i trie… hope this comment will also deliver amaan amoaan koh… thoofaan naara…v salhi story..
Hehe Thankss. Cute lips ge story vess varah reethi. ??? and yeah of course we can be friends ??❤️ Hehe thanks againn
alheyyy… emme last ah dhw comment mi kureveny… busy kamun… kiriy ami vagutheh v… but vhk kyn… i ah vx hyvany een hen yuuha ah e hedhi gotheh hedhii… i love u zin… this is my fav stry now… love it… keep it up sis… n good luck! maadhan schl vx fesheny dhw! luv yuh!
Hehe. E okay vaane. So Een is a bad character??? ?❤️? You’ll gind that out soon. Yhh maadhamaa schl feshey ??. Up kureveylehh lasvedhaane ehn vyma