Skip to content
އެސްފިޔަ

ނާއިންސާފް 7

ކޮޓަރީގައި އޮއްވާ، ސްޓާފެއް އައިސް، މީހަކު އަހަރެން ހޯދަން އައިސް ހުރި ވާހަކަ ބުންޏެވެ. އަހަރެން ހޯދަން ގެއަށް އައިސް، ކޮޓަރިއަށް ނުވަންނާނީ ކާކުތޯ ވިސްނަމުން ނިކުތް އިރު، ސޯފާގައި އިށީންދެލައިގެން، ދެ އަންހެން ކުދިން ތިއްބެވެ.

އެކަކަކީ ކާކު ކަމެއް ނޭންގެއެވެ. ނަމަވެސް އަނެއް ކުއްޖާ އަކީ…. އެއީ ކާކު ހެއްޔެވެ؟ ވަރަށް ދަންނަ ވައްތަރެއް ޖަހައެވެ. މަ ފެނުމުން އޭނަ ކޮއްޅަށް ތެދުވެލިއެވެ. އަދި ނުހަނު ރީތި ހިނިތުންވުމެއް ދިނެވެ.

މަޑުމުށި ބުޅި އިސްތަށިގަނޑެކެވެ. ވަށް މޫނުން ފާހަގަ ކޮށްލެވެނީ، ނޫ ދެލޮލެވެ. ގަދަ ރަތް ލިޕްސްޓިކުން ތުންފަތް، ފުރިހަމަ ކޮށްލަދީފައި ވީއިރު، ލާފައި ހުރީ، ބްރޭންޑެޑް އަންނައުނެވެ. ކުރުނަމަވެސް، އެހަށިގަނޑު، ހަޑިއެކޭ ނުބުނެވޭނެއެވެ.

“އިބާނާ؟” އައިސްފާހުރި ބަދަލު ތަކާއިއެކުވެސް، މަށަށް، ކާކު ކަން އެނގޭ ވަރު ވިއެވެ.

“ނުވެސް އެނގުނު ދޯ… އިނގޭ ޒިން އަށް ނޭންގޭނެކަންވެސް. ޒިންވެސް ހާދަ ތަފާތޭ. މިހާރު މާ ހޮޓު ވައްތަރު ޖަހަނީ.” ފެންނަލެއް ތަފާތަކަސް، އިބާނާގެ ސަކަ މިޒާޖަށް ކުޑަވެސް ބަދަލެއްނާދެއެވެ.

“މަ މީ އަބަދުވެސް ހޮޓު މީހެއްނު.” މަޖަލުގައި ބައިވެރިވެލަމުން މަ ފޮނިވެލީމެވެ. ނޫނެކެވެ. މަމީ އަބަދުވެސް ފޮނި މީހަކީމެވެ.

އެކި ވާހަކައިގައި އިރުކޮޅަކު ތިބުމަށް ފަހު، އިބާނާ އާއި އިމްޝާ، ގެއަށް ދާން ދިޔައެވެ. މަވެސް އެމީހުންނާއި އެއްކޮށް ލިފްޓަށް އެރީމެވެ.

“ޒިން….. ހަމަ ފޯރއެވަރ އެކަނި އުޅެންތަ ތި ނިންމަނީ؟” ދަމުން ފަސް އެނބުރި ބަލާލަމުން އިބާނާ ބުނެލިއެވެ.

“ސޯލްމޭޓާ ދިމާ ނުވަނީ އަދިވެސް.” އަބަދުވެސް ދޭ، އެންމެ ފަސޭހަ ޖަވާބު މަ ދިނީމެވެ. ދިމާނުވަންޏާ ބުނެވޭނީ ދިމާނުވާ ވާހަކައެއްނޫންހެއްޔެވެ.

“ފަހަރެއްގަ އެކުވެރިން ލިސްޓުގަ ގެއްލިފަވެސް ސޯލްމޭޓް ހުރެފާނެއްނު؟” މާނަ ފުން ބަސްތަކެއް ދޫކޮށްލަމުން، ބާރަށް ހިނގާފައި އިބާނާ ދިޔައެވެ. އެނބުރި ބަލައިވެސް ނުލިއެވެ. ލަދުން ކަންނޭންގެއެވެ.

ވިސްނަން ޖެހޭ ކަންކަން ތޮއްޖެހިފައި ވަނިކޮށް އަނެއްކާވެސް އިބާނާ އިތުރު އެ ކޮށްލީ އެހެން ކަމެކެވެ. ހުރިހާ އެންމެންވެސް އަހަރެންނަށް ޖެއްސުން ކުރާ ހިތްވަނީ ކަންނޭންގެއެވެ. މާޒީގައި މީހުނަށް ޖެއްސުން ކުރެވިފައި ހުރި ވަރުން ވާންޖެހޭނީވެސް މިހެނެވެ.

އިބާނާ އެބުނީ ތެދެއް ކަމުގައިވެސް ވެދާނެއެވެ. އަހަރެންގެ އެކުވެރިންގެ ލިސްޓުގައި އަންހެން ކުދިން މަދެއް ނޫނެވެ. އެއިން ކުއްޖެއްގެ ފައިގައި އަޅައިގަނެފައި ވެއްޓުނަސް އެއީ ކާކުކަން ރެޔަކާނުލާ ކުދިންވެް އުޅޭނެ ކަން ޔަގީނެވެ.

ނަމަވެސް، އިބާނާ އަހަރެންނާއި މެދު ދެކެނީ އެހެން ހެއްޔެވެ؟ މައްސަލައެއް  ނެތެވެ. ލޯބިވުމުގެ ޙައްޤު ކޮންމެ މީހަކަސް އޮންނާނެއެވެ. އެކަމަކު ދެން ކިހާ ޖޯކު ހެއްޔެވެ؟

މަގޭ ހިތާއި މެދު ވިސްނާނަމަ، އިބާނާ ހަޑި އެކޭ ހަމަ ޔަގީނުންވެސް ނުބުނެވޭނެއެވެ. ހުންނަނީވެސް އަހަރެންގެ މިޒާޖެވެ. މީހުންނަށް ޖެއްސުން ކުރާ ސަކަ ގޮތެވެ. މަތީ ސަނަދަކާއި އެކު އޯލެވެލް ނިންމުމަށް ފަހު އަރޓްސް ކިޔަވަމުން ދާއިރު، އޭނަގެ ހުވަފެންތައް ވެސް ރީއްޗެވެ.

ނަމަވެސް، ހިތްދެވެނީ އެހެން ކުއްޖަކަށޭ ހީވަނީ ކީއްވެހެއްޔެވެ؟ އަނެއްކޮޅުން ފިސިކްސް މިސް، ލައިކް ޕޯލްސް ވާނީ ރިޕެލްއޭ ބުންޏެވެ. އޭގެ މާނައަކީ އެއްކަހަލަ ދެ މީހުންނަށް އެއްކޮށް ނޫޅެވޭނެޔޭ ކަމަސް ވެދާނެއެވެ.

ވިސްނޭ ޢުމުރަށް އެޅި ފަހުން، އެކުވެރިންގެ ތެރެއިން އެފަދަ އިޝާރާތެއް އެ ކުރީ، އިބާނާއެވެ. ނަމަވެސް، ހިތް ހަޤީގަތުގައި ހަމަޖެހެނީ ދަންވަރުއެވެ. އެއީ ވާހަކަ ދެއްކޭ މީހާގެ ސަބަބުން ކަމެއް ނުވަތަ، ގަޑީގެ ސަބަބުން ކަމެއްވެސް ނޭންގެއެވެ. ނަމަވެސް، ލޮއިތްބާއި ބެހޭގޮތުން ވިސްނާލާ ކޮންމެ ފަހަރަކުވެސް ހިތަށް އަންނަނީ، މާޒީއެވެ. މާޒީގައި ކަންތައް ވެގެން ދިޔަ ގޮތެވެ.

އިތުރަށް ވިސްނަން އޮންނަން ބޭނުން ނުވާތީ، ކިޔަވާ މޭޒު ދޮށުގައި އަހަރެން ޖައްސާލީމެވެ. އަދި ފޮތެއް ނަގައިގެން މައުލޫމާތު ނޯޓު ކުރަން ފެށީމެވެ. ލޮއިތްބާއި ބެހޭ ގޮތުންނޭ ހީނުކުރައްޗެވެ. ކުޑަކޮށް ގަމާރަކަސް އަހަރެން އަދި އެވަރަކަށް މޮޔައެއް ނުވެއެވެ.

ރީޝާ އެންމެ ފަހުން ފެނިފައިވަނީ، އެރޭ އެކްސްޓްރާ ކުލާހުންނެވެ. މަށަށް މައުލޫމާތުތައް ލިބިފައި ނުވުމުން، އެންމެ ލަސްވެގެންވެސް، ދިހައެއްޖަހާއިރު، ކިލާސް ނިމޭނެކަމެއް ބެލީމެވެ. ރީޝާ ނެތްކަން ފާހަގަ ވީ، ޢީދުދުވަހު ހެނދުނު ހައެއް ޖަހާއިރަށް ޝައިލާމެންގެއަށް އަންނަން ބުނި މީހާ ނައުމުންނެވެ. މާނައަކީ ރީޝާ ގެއްލުނީ އެރޭ ދިހަޔަކާއި، ހަޔަކާއި ދޭތެރޭގެ ވަގުތެއްގައި ކަމެވެ.

އެކަމެއް ކުރިބަޔަކު، ފަތިހު އެކަން ކޮށްފާނެހެން ހީނުވާތީ، ހައެއް ކަނޑާލާފައި ތިންގަޑި ބައި ޖެހީމެވެ. އޭގެ ތެރެއިންވެސް އެކަހަލަ ކަމެއް ބަޔަކު ކުރާނީ، ކަރަންޓު ދިޔަ ގަޑީގައި ކަމަށް ބެލީމެވެ. އެކަންހިނގީ އިންޖީނުގޭ ސްޓާފުންގެ ސަބަބުންކަމަށް ބުނެފައި ވީނަމަވެސް، ހަމަ ޕްލޭން ކޮށްގެންވެސް އެފަދަ ކަމެއް ކޮށްފާނެއެވެ. ބައެއް މީހުންގެ ނުފޫޒު ހީވެސް ނުކުރާވަރަށް ގަދަ އިރު، ދިވެހިންނަކީ، ރުފިޔަލަށް ވެއްޖިއްޔާ، އަގުހެޔޮކޮށްވެސް ވިކޭ ބަޔެކެވެ. މަވެސް ދިވެއްސަކަށް ވީތީ، އެންމެންނެކޭ ނުބުނާނަމެވެ.

އެއްގަޑި ބަޔާއި ދެޔަކާއި ދެމެދު، އެކަމެއް ހިނގިކަން އެނގުނަސް، އޭގެން އިތުރަށް ވިސްނާނެ އެއްޗެއް ނޭންގުނެވެ. ޕޮލިހުން ބުނާ ގޮތުން، ދެކޭސް ވެސް ވަނީ ގުޅިފައެވެ. އެހެންކަމުން، ގިނަ، ހޮޓެލްތަކެއް ވަނީ ފާސްކޮށްފައެވެ.

ދެން މަ ވިސްނިކަމަކީ މީ މާލެކަމެވެ. މިކަހަލަ ތަނެއްގައި ހޮޓެލްއަކަށް ކުއްޖާ ގެންދިޔުމަށް ވުރެ، ހަދަންފަށާފައި ހުރި ގެޔަކަށް ގެންދަން ފަސޭހަ ވާނެނޫންހެއްޔެވެ؟ ވީ އެގޮތަށް ކަމަށް ބަލާފައި، މަ ރުކާންއަށާއި، ޖިހާންއަށް މެސެޖު ކުރީމެވެ. މަސައްކަތް ކުރުން ހުއްޓާލައިފާވާ ބައެއްގެތަށް ފާސްކުރާށެވެ.

ރިޕްލައި އަކަށް ނުބަލާ މަ، ނިކުތީމެވެ. މަސައްކަތްފަށަންކަމަށެވެ. މާފަންނުގައި ހުރި ދެތިންތަނަކަށް މަ ވަދެލީމެވެ. އެއްވެސް ކުރިއެރުމެއް ލިބޭ ގޮތެއް ނުވެއެވެ.

ވަން އެކަހަލަ ގެއެކެވެ. ތިންވަނަ ފްލޯގައި ހުރި ކޮޓަރިއަކުން ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެން މަ ބޯދިއްކޮށްލީމެވެ. ފެނުނު މަންޟަރުން މަގޭ ދެލޯ އަތަށް އައިފަދައެވެ. ފާރުގައި ލައްވެގެން އެހުރީ ދެވަނަ އެހެން ކުއްޖެއްނޫނެވެ. މަށާއި ފުރަގަހަށް ވާގޮތަށް ފިރިހެން ކުއްޖާ ހުރިއިރު، ފިލޭތޯވެސް މަ މަސައްކަތެއް ނުކުރެވުނެވެ. ލިބުނު ސިހުމުގެ ބޮޑުކަމުންނެވެ.

ހުރިހާ ފރިހެނުންވެސް އެއްގޮތޭ، އަންހެންކުދިން ބުނެއުޅެއެވެ. ނަމަވެސް އަހަރންގެ ޙަޔާތުގައި ކަން ހިނގީ އޭގެ އިދިކޮޅަށެވެ. ގާތް އެކުވެރިކަމެއް ބޭއްވުނު، ދެ އަންހެންކުދިންވެސް، ކަންތައް އެކުރީ އެއްގޮތަކަށެވެ.

އިބާނާއަށް މަ ފެނުމާއި އެކު، ކައިރިގައި ހުރި ކުއްޖާ، ކޮއްޕާލިއެވެ. އޭނާ އަހަރެންނާއި ދިމާއަށް އެނބުރުމާއި އެކު މަށަށް އިތުރު ހައިރާންކަމެއް ލިވުނެވެ.

އުމާމް އާއި ދިމާއަށް ބަލަން އިތުރަށް މަ ނުހުންނަމެވެ. ތިހިރީ، ފަޔަރ ކޮށްފައޭ މަށަށް ބުނެވުނީވެސް، ބޭއިޚްތިޔާރުގައެވެ. ބާރަށް ހިނގާފައި، އެތަނުން ނިކުންނަން ދިޔައިރު، ބޮލުގައި ބޮޑު ހުޅުގަނޑެއް އުޅޭހެން ހީވިއެވެ. އުމާމްއަކީ، އަހަރެންގެ ހޮޓަލުގެ ވެއިޓަރެކެވެ. ހެނދުނު، އިބާނާ އައުމުން މަށަށް ގޮވީވެސް އޭނައެވެ. އަނެއްކޮޅުން ނުސީދާކޮށް އިބާނާ، ހެނދުނު ބުނީ ލޯބިވެޔޭޔޯއެވެ.

މަ އޭނަ ވަޒީފާއިން ކަނޑާލުމުން އެވަރު ތަންކޮޅެއް ބޮޑޭ ހީވެދާނެއެވެ. އެކަމަކު އެއީ މުޅިން ކުށްހީއެއްކަމަށް ޤަބޫލުކުރާށެވެ. އިބާނާއާއި ދިމާއަށް އެކައްޗެކޭވެސް ނުބުނެ މަ އައީވެސް އެމީހުން ތިބިގޮތުންނެވެ.  އެހެންނޫންނަމަ ދެވަނަ ފަހަރަށް މާޒިން އޭ ގޮވާލަން ނުކެރޭވަރު ކޮށްލެވުނީހެވެ. މަ، ރުކާންއާއި ޖިހާންގެ އިތުރުން، އަފްޒަލް ނޫނީ ޒަރީރް ސަރ ގޮވައިގެން މަސައްކަތް ފެށިނަމަ، ކޯޓުގައި އެމީހުންނަށް ޙުކުމެއްވެސް ގެނެވުނީހެވެ.

ކުރިން މިފަދަ ކަމެއް ދިމާވި ފަހަރު ވީގޮތަށް މަ ‘ކަޑަ’ އެއްނުވެއެވެ. ދެރައެއްވެސް ނުވިއެވެ. އާދެވުނީ ރުޅިއެވެ. އަހަރެންނަށް މި ގެންގުޅެވެނީ ހުސް ގޮތެއް ފޮތެއް ނެތް ތާކުންތާކު ނުޖެހޭ އެކުވެރިންހެއްޔެވެ

ފާޑަކަށް ކޮންޓްރޯލުންވެސް ނެއްޓިއެވެ. އެކަން ސައިކަލު ދުއަވާލިތަން ފެނުނު މީހަކަށް އެނގޭނެއެވެ. ސްޕީޑު އަށްޑިހައަށް ނާރާކަމެއްވެސް ނޭންގެއެވެ. ދުއްވެނީ މާލޭގަކަންވެސް މަ ރަނގަޅަށް ހަނދާން ނެތީއެވެ. ސައިކަލު ކޮންޓްރޯލް ކުރެވުނު އިރު، ހުރެވުނީ ވަރަށްދުރު ހިސާބަކަށް ދެވިފައެވެ. ކުތުބުޚާނާ ކައިރިކަން އެނގުމުން އަހަރެން، ވަރަށް ބާރަށް ހިނގާފައި ދިޔައީމެވެ. މަގޭ ހަރަކާތްތައް ބަލަން ހުރި މީހަކު، މަ ހުރީ އަމަލުވެފައޭވެސް ބުނެފާނެއެވެ.

ލައިބްރަރީއަށް ވަދެވުނު އިރު، އަހަރެންނަށް މާނޭވާ ލެވެއެވެ. ވިސްނަން ޖެހިފައި ހުރި ކަންކަން ފުނިޖެހިފައި ހުރިއިރު އެއްދުވަހާވެސް އިތުރުމިވަނީ އެތައްކަމެކެވެ.

ކޭސް ނުނިމިއްޖިއްޔާ ޒަރީރް ސަރ އާއި އަފްޒަލް، ރަނގަޅަށް މަ ކުޑަކޮށްލާނެއެވެ. ބޭނުންނުވިޔަސް، ވިސްނުމުން ދުރުނުވެވޭ ތިން އަންހެން ކުދިންވެސް އެބައުޅެއެވެ. މާޒީގައި އެލީޒާއަށް ވީގޮތާއި މެދު ވިސްނުމުން ދުރުނުވެވިގެން އުޅެނިކޮށް އިބާނާ އެކުރި ކަމަކާއި މެދު، ބޯ މުޅިން ހަލާކެވެ. ހަމައެކަނި، މި ދިރިއުޅުމެއް ނޫނެވެ. ބައްޕަގެ، ގެސްޓްހައުސް ވިޔަފާރީގެ މަސައްކަތުގައިވެސް، މަ އުޅެން ޖެހޭއިރު، އޭލެވެލް އިމްތިހާނުގެ މަތިންވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ.

ފޮތް ހަރުގަނޑު ކައިރީ ހުރި އީންއާއި ދިމާއަށް ބާރަށް ހިނގާފައި މަށަށް ދެވުނެވެ. އައިސްފައި ހުރި ރުޅިން މަ، އީން ކޮއްޕާލީމެވެ. ފާރުގައި ޖެހިފައި ތަދުވެސް ވާނެއެވެ. މެންދުރުގެ އެގަޑީގައި، އެތަން ބަލާނެ މީހަކު ނެތްކަންވެސް، ނަސީބެވެ.

“މާޒިން، މޮޔަވީތަ؟” މަޑުމަޑުން، އެހެނަސް، ވަރަށް ނުރުހިފައި، އީން ބުންޏެވެ. އެއްވެސް ސަބަބެއްވެސް ނެތި އެފަދަ ގޮތަކަށް ކަންތައްކުރުމުން، އީން ހުރީ ފުދޭ ވަރަކަށް ސިހިފައެވެ.

“ކުރީރޭ މަ އެހި ސުވާލުގެ ޖަވާބު ނުދެންޏާ، އީންއަށް މަގޭ އަތުން އަނިޔާއެއްވެސް ވެދާނެ.” ހަރަކާތާއި އެއްވަރުގެ ހަރުކަށިކަމަކާއި އެކު، އެހެން ބުނެވުނު އިރު، އަހަރެންނަށް ހުރެވުނީ، އީން އާއި، ޖެހޭނުޖެހޭ ހިސާބު ކައިރީގައެވެ.

“މާޒިން އަށް ކީއްތަ، މަ ކޮންމެ ގޮތަކަށް އުޅުނަސް. އެއީ މާޒިން އާއި ބެހޭނެ ކަމެއް، އަދި ބެހެވޭނެ ކަމެއްވެސް ނޫން.” ރައްދުގައި އީން ވާހަކަދެއްކީ، ހަރުކަށިކޮށް ނަމަވެސް، އެ އަޑުގައި ވަނީ މައުސޫމް ކަމެވެ. އަބަދެކޭވެސް އެއްގޮތަށެވެ.

“މާޒިން.” ފަހަތުން ބާރަށް މީހަކު ގޮވާލި އަޑަށް، ހަމަހޭވެރި ކަމަށް އާދެވުނެވެ. މި ކުރެވުނީ ކީތްހެއްޔެވެ. ކިތަންމެ ރުޅިއަޔަސް، އީންގެ ގައިގައި އަތްލުމުގެ ޙައްޤެއް މަށަކަށް ނުލިބޭނެއެވެ. އަނެއްކޮޅުން، އަދި މިއީ ވަރުގަދަ ބޮޑީގާރޑެއްވެސް ހޯދައިފައި ހުރި ކުއްޖެކެވެ.

“ކިހިނެއް ވެގެންތަ ތި އުޅެނީ. މައެ ކޮއްކޮއާ ނުބެހޭތި.” އައި ގޮތަށް އައިސް، ލުވައިޒް، މަ ކޮއްޕާލިއެވެ. ހަރުގަނޑުގައި ޖެހުނުލެއް ބާރުކަމުން، ފޮތްތަކެއް ތިރިއަށް ވެރުނުވެސްމެއެވެ. ތަދުވެސް ވިއެވެ. ކޮނޑުހުޅުގައި، ހިފާއްޓައިގެން، އަހަރެން އެތަނުން ނިކުންނަން ދިޔައީމެވެ. އެއިރު ލައިބްރަރީގައި ތިބިހާ ބަޔަކު އަހަރެމެންނާ ދިމާއަށް ބަލަމުންދިޔައެވެ. ރިއަލް ވޯރލްޑް، ހޮލީވުޑް މަންޟަރެއް ކުޅެލީމާ، ބަލާނެތާއެވެ. އެހެނަސް ފަރުވާލެއް ނެތެވެ.

ބުނާނެ އެކުވެރިއެއް އެވަގުތު ނެތް ނަމަވެސް، އަންނަ ރުޅި އެހެން މީހުންނަށް ބޭލޭ ނަމަ، މުސްތަގުބަލުގައި، ވަރަށް ދެރަ ގޮތްގޮތް ވާނެކަން އަހަރެންނަށް ވެސް ވިސްނުނެވެ. އައި ރުޅި އަންނަން ޖެހޭނީ އިބާނާދެކެއެވެ. ނަމަވެސް، އަނިޔާ ލިބުނީ އީންއަށެވެ. އެކަމުގެ ސަބަބުން އިތުރަށް ބޯހާސްވިއެވެ. ލުވެއިޒްވެސް ކޮންމެ ފަދަ އެއްޗެކޭވެސް ހީކޮށްފާނެއެވެ.

“ރުކާންއަކަސް ޖިހާންއަކަސް، މަންމައަކަސް، މި ފްލޯރއަށް އާދެވިގެން ނުވާނެ. އެއްވެސް މީހަކު މަށާއި ހިސާބަށް ނާދެވޭގޮތަށް ހަދާފަ ބަހައްޓާ” ފުރަތަމަ ފަހަރަށް ސެކިއުރިޓީގައި ތިބި މީހުނަށް އަމުރު ކުރަމުން، އަހަރެން ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުޖެހީމެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ، އެނދުމަތީ ބަހައްޓާފައި ހުރި ފޮށިގަނޑެކެވެ. ކިތަންމެ މުހިންމު އެއްޗަކަސް، ބެހެއްޓި މީހަކަށް އެއަށް ވުރެ ރަނގަޅުތަނެއްގައި އެ ބެހެއްޓުނީހެވެ.

އައިސްފައިހުރި ރުޅި އަދިވެސް މަޑުނުވާތީ، އެފޮށިގަނޑު ހޫރާލީމެވެ. ހުރިހާ ގަނޑަކާއިއެކު، އޭގައި ހުރިއްޔާ ހުރި އެއްޗެއް، މުޅިތަނަށް ފެތުރުނެވެ. އެކަމާއި ކުޑަކޮށްވެސް، އަޅާނުލާ މަ އެނދަށް ވެއްޓިގަތީ، ނިދާލެވޭތޯއެވެ.

……………….

އިވެންފެށި އަޑުން، ބާލީސް ނަގައި، ކަންފަތުގައި އަޅާލީމެވެ. ފަޔަރ އެލަރމްގެ އަޑުން މުޅި ހޮޓަލް އެއްއަޑުވެފައިވީއިރު، ގުޑިލަންވެސް ބޭނުންނުވެފައި މަ އޮތީއެވެ. ކަމެއްވެއްޖިއްޔާ ބެލްކަނީ މަ ރެސްކިއު ކުރަން އަންނާނެ ނޫންހެއްޔެވެ. ޓެރަހުގައި ސްވިމިން ޕޫލެއް އޮއްވާ، ބޮޑުހަރަދުކޮށްގެން، ތިރީގައިވެސް ޕޫލެއް ހެދީ، ސަބަބެއްނެތިއެއް ނޫނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (19)

  1. jiji

    Yey me first dhw…will comment after reading..In Sha Allah??

    1. Monsta
      jiji

      Hehe congra n thanks

  2. Jungkook

    Yeyy me sec dhw Varah reethi mi bai hehe???

    1. Monsta
      Jungkook

      Aww thanks and congra

  3. Kud@@

    Mi part ves vrh salhi.. keep it up ?

    1. Monsta
      Kud@@

      Thankss kudaa. ??

  4. Drax

    Story is more than awesome sis .keep it up. Can’t wait to see what happens next. Curiously waiting to know about een ge story. Love this part. ??????❤

    1. Monsta
      Drax

      hehe… Thankss Drax bro <3 Sorry ekam een ge story ehaa avahakah naannnane
      😉 😛

  5. aaliya

    ahthe… mee huriha kameh varihama meeheh dhw… btw story is perfect as always… luv yuh!

    1. Monsta
      aaliya

      Haha thankss. Yhh maaxin us always like I don’t care

    2. Monsta
      aaliya

      Haha thankss. Yhh maaxin is always like I don’t care

  6. jiji

    Maazin heyo dhw kohme gotheh vec???….hehe…btw mi part vec vv rythi ingey..whn next…avahah upkohba ingey..
    Luw yuh sis??????✨✨✨✨?????

    1. Monsta
      jiji

      Yupp. Thankss

  7. ?

    Next part up vefa oboii so kiaalaafa ebai ga comment eh kollaanan…..stry is awsome lil sis

    1. Monsta
      ?

      Ahaha Thanksss

  8. sasookey

    can you give me zin ge number lol// set me up with him

    1. Monsta
      sasookey

      Maaxin varah molhahh een ge number hoadhaalaane. Sasookey ves jeheyny ehen hadhann dhaskohlann. Kuriahh huri episodes kiyaalyma ingeyne b??Maaxin kudakoh gamaarakas sikundiehh vess hureyey ??. Xin gee number: 960 7…… baaky baii jeheyny guess kurann ???

  9. yellow storm

    oh naseebehnu dho dhiraagu number eh kan/// I ah free kon gulheynu

    1. Monsta
      yellow storm

      Hehe lol

Comments are closed.