Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަފާތެރި މަވީމޭ ލޯބިން.. 6

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
June 16, 2019 5 Mins Read
21 Comments

ލިބިފައިވާ ހިތް ހަމަޖެހުމާއިއެކު ހިނިތުންވުމާއެކު ޝިޔާޒް ފޯންކޯލް ކުރުކޮށްލީ އޭނާގެ މަންމަ ރާމިޒާ ސައިބޯން އައުމަށް އެނދުމުންނެވެ. އޭރު ޝިޔާޒްއަށް އާދަޔާހިލާފް ހިތްހަމަ ޖެހުމެއް ލިބިފައިވާ ފަދައެވެ.

ގޭތެރޭގައި ކުރާނެ އިތުރު ކަމެއް ނެތުމާއެކު ފޫހިވެފައި އިން ކަމްލާ ބޭރަށް ނަޒަރުހުއްޓާލައިގެން ހިޔާލީ ދުނިޔެއެއްގައި ވަނިކޮށް ފާތުންއައިސް ގޮވާލިއެވެ. “ދަރިފުޅޭ ހިނގާބަލަ ބޭރަށްގޮސްލަން.. މިހާރު އެހެރަގެން އަސުރުވާންވެސް ގާތްވަނީ.. ބައްޕަވެސް އެބައޮތް ނިދިފަ..” “ހިނގާ..” ބޭރަށް ނިކުމެލަން ބޭނުންވެފައި ހުރި ކަމްލާއަށް އަވަސް އަވަހަށް ބުނެލެވުނެވެ. “މަންމަ ބޭނުން ދަިފުޅުގޮވައިގެން ވަރަށްމުހިއްމު ތަނަކަށް ގޮސްލަން..” މަންމައޭ ބުނެވުމާއެކު ކަމްލާ ބަލާލިގޮތުން ފާތުން ހުއްޓުން އެރުމާއެކު ‘ދައްތަ’ އޭ ބުނެލީ ކުރހިފައިވާ އަޑަކުންނެވެ. “ނޫން ހަމަ މަންމަ.. މިއަދު އަޅުގަނޑުގެ މަންމަގެ މަގާމުގަ ހުންނެވި މީހަކީތީ.. ވީއިރު ދައްތައެއް ނުކިޔާނަން..” ފާތުން އަށް ވީގޮތް ފެނުމާއެކު ކަމްލާ ފާތުންގެ އަތުގަ ހިފާލަމުން ލޯތްބާއެކު ބުނެލިއެވެ. ފާތުން ދެލޮލުން އެވަގުތު އުފާވެރިކަމުގެ ކަރުނަ ނީރާލީއިރު ދުރުގައި މަންޒަރު ބަލަންހުރި ހާމިދު ﷲގެ ކިބަފުޅަށް ޙަމްދުކުރިއެވެ.

*******

ލީޝް ޝިޔާޒްއާއި ބައްދަލުކުރީ ޕިއްޒާހަޓް އިން ނެވެ. މެންދުރު ކެއުމަށްފަހު ދެމީހުން އެކީގައި ކައިވެނީގެ ހެދުން މިންޖެހުމަށް ދިޔައެވެ. ލާމިއު އަކީ ކައިވެނީގެ ހެދުންތަކާއި އެއިރެއްގެ ފެޝަނާއި ގުޅުވާލައޮގރން ތަފާތު ހެދުންތަށް ފެހުމުގެ ހިނަރުހުރި މަޝްހޫރު މީހެއްކަން ޝިޔާޒްވެސް ވަނީ އަޑުއަހާފައެވެ. ވުމާއެކު ލީޝްއަށް އިތުބާރުކޮށް އެގެއަށް ގޮސް ދެމީހުންގެވެސް މިންނެގުމަށްފަހު ހެދުން ފަހާނޭ ޑިޒައިނެއް ކަނޑައެޅުމަށް ލާމިއުގެ ގޭގައި މަޑުކޮށްލިއެވެ.

ފަހަރަކު ގަނޑެއް އެއްލަމުންދިޔައިރު ތަފާތު އެކޮވައްތަރުގެ ރީތި ޑިޒައިންތަކުގެ ހެދުންތަށް ފެންނަމުންދިޔައެވެ. އެތަނުންވެސް ޝިޔާޒްއަށް ކަމިދާހޮތްވީ އަތްދިގުކޮށް ކަރާއި ހަމައަށް އެއްކޮށް ގުޅިވާލެވިފައިވާ ނިވާކަން ކުޑަ ސާދާ ހެދުމެކެވެ. “ރީތި ދޯ..” ދައްކާލަމުން ޝިޔާޒް އެހެން ބުނުމާއެކު ލީޝްގެ މޫނު ބަނަވެގެން ދިޔައެވެ.

“ޝިޔާޒް ތިއުޅެނީ އަހަރެން މޫނުބުރުގާ އަޅުވަންކަމަށްތަ؟ މަށަކަށް އެއްވެސް ރީއްޗެއްނޫން.. ހުއް.. މާދެން ދީންވެރިވެފަ އަހަރެން ގެ ޑްރީމް ހެދުން ފަހާނީ އަހަރެން ބޭނުންގޮތަކަށް..” ރުޅިއައިސް ރަތްވިނަމަވެސް އެކަން މޫނުމަތިން ދައްކާނުލާހުރެ ލީޝް ހިތާހިތާ ކިޔާލިއެވެ.

“މިހެދުން އަދި މާރީތި ބަލާބަ ދޫނި..” ނިވާކަންކުޑަ ހެދުމެއް ދައްކާލަމުން ލީޝް ތުއިވެލާފައި ޝިޔާޒްގެ ހަށިގަނޑުގައި ހިފާލުމާއެކު ކުއްލިއަކަށް ޝިޔާޒް ދުރަށްޖެހިލީ ނަޖިހަކު ޖެހިގެން މީހަކު ދުރަށްދާ ބީދައިންނެވެ. ގަތްލަދާއެކު ލީޝްއަށް ބަލާލެވުނީ ލާމިއުއާއި ދިމާއަށެވެ. ކާކުގެ ނަސީބެއްކަމެއް ނޭންގެއެވެ. އެވަގުތު ލާމިއުއިނީ ފޯނެއްގައި އަނެއްފަރާތަށް އެނބުރިގެންނެވެ.

“އެޝާނީގައިގަ އޮޅުލައިގެން އެއަރޕޯޓް ތެރޭގައި އުޅުން އިރު ހީނުވޭ ކަމެއްހެންވެސް.. އަހަރެން ގައިގަ ޖެހިލާއިރަށް ދުރަށްތިދަނީ.. ހުރެބަލަ އޭނަ އަށް ހަމަނޭވާލިޔެކަ ނުދޭނަން މަށަށްވެގެން ވަންޏާ..” ހިތުގައިވީހާ ޝަކުވާއެއް ދެންވެސް ލީޝްއަކަށް ދުލާއި ހަމަޔަށް ގެންނާކަށް ނުކެރުނެވެ. ހިތްހަމަ ނުޖެހުމާއެކު ފޯނަށް ބަލާލުމުން ސިހިފައި ކުއްލިއަކަށް ގެއަށް ދާންވެއްޖެ ކަމުގައި ލީޝްބުނެލިއެވެ. އޭރު ގަޑިން ތިނެއްޖަހަން ވަނީ ވަރަށް ގާތްވެފައެވެ. އެއީ ލީޝްގެ ބޭސްކާންޖެހޭވަގުތެވެ. ވުމާއއކު ފަރުވާކުޑަނުކޮށް އެކަން ކޮންމެހެންވެސް އޭނާ ކުރަންޖެހެއެވެ. އެހެންނޫނީ ދެން ދަރިން ލިބުމުންވެސް މަހްރޫމް ވެދާނެކަމަށް ޑޮކްޓަރުވަނީ އިރުޝާދު ދީފައެވެ.

************

ކުޑަގޮތަކަށް ތައްޔާރުވެލައިގެން ނިކުތް ކަމްލާފެނުމާއެކު ފާތުން އަވަހަށް ހިގާށޭ ބުނެ ތަޅުދަނޑި ހިފައިގެން ނިކުތެވެ.

“ކާރުގަތަ ނޫނީ ސައިކަލުގަތަ؟” ގަރާޖްގެ ދޮރު ހުޅުވާލުމާއެކު ފާތުން ކަމްލާ ކައިރީގައި އަހާލިއެވެ. “ކާރުގަ..” ކަމްލާ ހިނިތުންވުމެއް ރައްދު ކޮށްލަމުން ބުނެލުމާއެކު ކާރު ނެރެފައި ކަމްލާ ގޮވައިގެން ފާތުން ދަތުރުފެށިއެވެ.

އަމީނީ މަގުން އައިސް ބިލަބޮންގް ސްކޫލް ކައިރިން ލަނބާލުމާއެކު ޖެހިގެން ހުރި ގައުމީ ޔުނިވަރސިޓީގެ އިމާރާތް ފެނުމުން ކަމްލާގެ ލޮލުން ފެނުނު ވިދުވަރު ފާތުންގެ ތުންފަތުގައިވި ހިނިތުންވުން ފުންކިރުވިއެވެ. ކާރު ޕަރކް ކޮށްލުމާއެކު ޔުނިވަރސިޓީގެ މައިގޭޓުން ވަދެ ކަމްލާގޮވައިގެން ފާތުންގޮސް މަޑުކޮށްލީ ސްޓޫޑެންޓް ސަރވިސްގެ ކޮށިގަނޑު ކައިރީގައެވެ. މެއި ޖޫން އިންޓޭކް އަށް ހުޅުވާލެވިފައި ވުމާއެކު ދާދިފަސޭހައިން ކުރިއަށް ފަށަންހުރި ކޯސްތަކުގެ މައުލޫމާތު ފޮތް ކަމްލާއަށް ލިބޭގޮތްވިއެވެ. ޔުނިވަރސިޓީން އިން ފާތުން އާއި އެކުގައި ކަމްލާ ނިކުތީ ފުރިހަމަ ހިނިތުން ވުމާއެކުގައި ފޮތާއި ފޯމްވެސް ހިފައިގެންނެވެ.

ފާތުންގެ ދެން މިސްރާބަކަށްވީ މަޖީދީމަގުގެ ފިހާރަތަކެވެ. ތަފާތު އެކި ޑިޒައިންތަކުގެ ހެދުމާއި ޖީންސް އަދި އަންހެންކުދިންނަށް ހާއްސަ އަންނައުނުތަކުން ކޮތަޅުތަށް ފުރިފައިވީއިރު ކަމްލާއިނީ ބުނާނެ ބަހެއްވެސް ނޭންގިފައެވެ. ފާތުންއަކީ އުމުރުން އަދި ސާޅީސް އަހަރުގެ މީހަކަސް ހެދުމާއި ޒަމާނީ ތަކެތިގަތުގައި ދެވަނައެއް ނެތް ފަރާތެއްކަން އެކުޑަވަގުތު ކޮޅުގެ ތެރޭގައި ކަމްލާއަށް ޔަގީންވިއެވެ. އެވަރުންވެސް ފާތުން އަދި ހުއްޓާލީކީ ނޫނޭވެ. ބާޓާ އަށް ގޮސް ތިން ސްޓައިލްގެ ބޫޓާއި ހަތަރު ސްޓައިލެއްގެ ފައިވާންވެސް ކަމްލާއަށް ގަނެދިނެވެ. އަސުރުވާން ކުޑަ ހިނދުކޮޅަކަށް ވެފައި ވުމާއެކު އަވަހަށް ފާތުން ކަމްލާ ގޮވައިގެން ގެއަށް މިސްރާބުޖެހީ ހިތްހަމަޖެހިފައި ހުރެއެވެ.

********

ގެއަށް އައިސް ވަން ލީޝް އަށް ސޯފާގައި އިން އޭނާގެ ބައްޕަ ޖާބިރުވެސް ފެނުން ކަމަކަށް ނުވިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ކޮޓަރިއަށް ވަދެފައި ދޮރުޖެހިއިރު އެހާ އަދަބުކުޑަކޮށް ކަންތަށް ކުރުމުން ޖާބިރުގެ މޫނުމަތީގައި ރޫތަށް ގިނަވެގެން ދިޔައެވެ.

“މިފަހަރު ބޭރަށް ކުރިދަތުރަށް ފަހު އަހަރެމެންގެ ދަރިފުޅުގެ އުޅުމަށް ހާދަ ބޮޑު ބަދަލުތަކެއް އައިސްފިއޭ.. ބަލާބަލަ އެހެރަ ކުއްޖެ.. ކުރިން ކިހާރީތިތަ ހުރިލެއް.. މިހާރު ހީވާނީ އަމިއްލަ ބާލީހަކަށް ބަންޑާރަ ކަފަ ލައްވާލާފަ ހުރިހެން.. ކޯއްޗެއްތަ އެވަރަކަށް އެކަނީ އަބަދު ބޭރުން.. ޖިމަށްވެސް މިހާރު ނުދޭ. ކޮންމެ ދުވަހަކު އަހަރެން އެކަނި މިއުޅެނީ. އަނެއްކާ މިފަހަރު ބޭރަށް ދިއުމުގެ ކުރިން ހުރީ ނިކަން ކަންބޮޑުވެފަ. އާމިރާ ވާނު އޭނަ އުޅޭ ނޫޅޭގޮތް ރަނގަޅަށް ބަލަން.. ރާއްޖެއިން ބޭރަށް ދެން ވަކިން ފޮނުވައިގެން ނުވާނެ.. އެއީ އަންހެން ދަރިއެއްކަން ހަނދާންކުރަންޖެހޭނެ.. އަނެއްކާ މިހާރު ހަނީފްގެ އޮފީހުގެ މީހުނާއެކުވެސް ލީޝް އަހަންނަށް ވަރަށް ފެނޭ.. އެވަރަށް ކީމަވެސް އަނެއްކާ އެކުޅިގަނޑު ފެށީތަ.؟” ހަނީފްއަކީ އެއްއިރެއްގައި ވިޔަފާރީގެ ކޮންޕެޓިޝަން އޮތް މީހަކަސް ޖާބިރުއަށް ހިންދެމިލެވުމާއެކު އެހެން މީހެއްގެ ވިޔަފާރިއާއި ކުޅެން އޭނާ މިހާރު ޝައުގުވެރިކަން ނެތުމާއެކު ސުވާލުކޮށްލިއެވެ.

“ނޫން އެހެން ނެއްނޫން.. އަހަރެން ދެން ލީޝްގެ ހުރިހާ ކަމެއް ރަނގަޅަށް ބަލާނަން.. ” ފިރިމީހާއަށް ސިއްރުން ކުޅެމުންދާ ކުޅިގަނޑު ފަޅާއަރާފާނެތީ މަތިއޮއްބާލަން ހިނިތުން ވެލަމުން  އާމިރާ ޖަވާބު ދިނެވެ. ވަރުބަލިވެފައި ހުރުމާއެކުގައި ޖާބިރު އަރާމުކޮށްލަން ދަނީކަމުގައި ބުނެ ތެދުވުމުން އާމިރާ ކުދިކިޔާލިއެވެ.

“ހުއް ހަނީފް ކަލޭހީކުރީތަ އަހަރެންގެ ފިރިމީހާ ހުއްޓާލިޔަސް އަހަރެންގެ އަޒުމެއްނުގުޑާނެ.. އަހަންނާ އިންނަން އެއްބަސްނުވި ނުވުން އެއީ ކުރެވުނު އެންމެ ބޮޑު ކުއްކަމުގަ ދެކެލާ..” އާމިރާގެ ހިތުގެ ތެރޭގައި އުތުރިގަތް ޖަޒުބާތު ތަކާއެކު ހިތާ ހިތާ ކިޔާލިއެވެ.

***********

ދުވަސްތަށް މާޒީއާއި އެކުވަމުންގޮސް މަހެއްހާ ދުވަހުގެ ތެރޭގައި ފާތުންއާއި ކަމްލާގެ ދެމެދުވަނީ ވަރަށްވެސް ގާތް ގުޅުމެއް އުފެދިފައެވެ. އަދި ހަމަ އެހެންމެ ނަޝާވެސް އެއީ އަމިއްލަ ދަރިއަކު ފަދައިން ކަމްލާއާއި ތަފާތު ކުރިމެއްނެތި ފާތުން ހުރިހާ ކަމެއްވެސް ކޮށްދެއެވެ.

ނަޝާ އޮންލައިކޮށް އެޕްލައިކުރި ޤައުމީ ޔުނިވަރ ސިޓީގެ އެޗް.އާރު ކޯސް ލިބުމާއެކު މާލެއައިތާ އަދިވީ ދެހަފްތާއެއްހާ ދުވަހެވެ. އެއީ ކަމްލާއަށް ވެސް އޭނާ އެޕްލައިކުރި ނަރސިންގ ކޯސްވެސް ލިބުނު ދުވަހަށް ވެފައި ދެކުދިން އެކީ އެއް ޔުނިވަރސިޓީ އަކުން ކިޔަވަން ލިބުމުން، ދެކުދިންވެސް ތިބީ ނުހަނު އުފަލުންނެވެ. ފާތުން އާއި ނާހިދާ އޭނާގެ ދަރިފުޅު ހަވާލުކުރީ ހަފްތާއެއްހާދުވަހު މަޑުކޮށްފައި ރަށަށްދަމުން ނަމަވެސް ހިތްހަމަޖެހުން ލިބުނީ ފާތުންގެ ހިތްހެޔޮކަމާއި ހުންނަމިޒާޖުގެ ގޮތުން ކުދިންދެކެ ލޯބިވާވަރު ހާމަވުމުންނެވެ.

ޔުނިވަރސިޓީގެ ކޯސްތަކުގެ އޮރިއެންޓޭޝަން އޮތީ އޭގެ ހަފްތާއެއް ފަހުންނެވެ. ކަމްލާއާއި ނަޝާ ދެކޯހެއްނަމަވެސް ދާންޖެހުނީ އެއްގަޑިއެއްގައި ކަމުން ދެކުދިން އެކީގައި ނިކުތީ ފާތުންއާއި އެކުގައި ޔުނިވަރސިޓީއަށް ދާށެވެ. ” ޑްރައިވަރު މިއަދު ޗުއްޓީނެގީ އަސްލު މަންމަ ދެކުދިން ގޮވައިގެން ދާނޭ ފުރުސަތު ލިބޭންވެގެން..” ކަމްލާއަށް ބަލާލަމުން ފާތުން ހިނިތުންވުމާއެކު ބުނެލިއެވެ.

ހާމިދު ކަމްލާ ގޮވައިގެން މާލެ ބަދަލުވުމާއެކު، ފާތުންގެ ކުންފުނީގެ މަސައްކަތްތައް ބެލެހެއްޓުމާ ހަވާލުވުމާއެކު ފާތުންގެ މުޅިދުވަސްހެން ހޭދަކުރަނީ ކަމްލާއާއި އެކުގައެވެ. ނަޝާއައުމާއެކު ދެކުދީން ގޮވައިގެން އެކި ކަންކަމުގައި މަޝްއޫލުވެ އުޅޭއިރު ވަގުތު ދާގޮތްވެސް ފާތުންއަށް ނޭންގެއެވެ.

ބާރުނޫން ނަމަވެސް މެދުމިންގަނޑަކަށް ކާރުގެ ދުވެލި ބަހައްޓައިގެން ކަމްލާމެން ގޮވައިގެން ފާތުން ގަޑިއަށް ޔުނިވަރސިޓީއަށް އައެވެ. ދެކުދިންވެސް އޮރިއެންޓޭޝަން އޮތް އޮޑިޓޭރިއަމްއަށް ވަނުމުން ކާރާއި ދިމާއަށް މިސްރާބުޖެހި ފާތުން ހުއްޓުނީ ފަހަތުން މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ.

“މީހަމަ ފާތުންތަ؟ ކިހިނެއް.. ކިހިނެއްތަ؟ ހާދަހާ ތަދު ބޭހެކޭދޯ މީ މިހާރު.. މިތާ ކީއްތަ ތިކުރަނީ.؟” ހިނިތުންވެފައި ސަލާމަށް އަތް ދިއްކޮށްލަމުން ހަނީފް ވާހަކަ ދެއްކިއެވެ. “އެބުނާހެން އަހަރެން ހަމަ ރަނގަޅު އަލްހަމްދުﷲ.. ކިހިނެއްތަ ހަނީފް؟ ކޮބާރަމީ؟ ދެދަރިން ލިބިގެން މިއުޅެނީ އެހެންވެ މިހާރު ރަމީ ކައިރިއަށްވެސް ގޮސްނުލެވޭތާ ވަރަށް ދުވަސްވެއްޖެ.” ސަލާމުގެ ރައްދުދެމުން ހަނީފްއާއި އެކުއެކީހެން ބޭރަށް ނިކުންނަން ދަމުން ފާތުން ވާހަކަދެއްކިއެވެ.

“ދެކުދިންނޭ..؟” “ހޫމް ހާމިދުގެ ދަރިފުޅާ އޭނާގެ އެންމެގާތް އެކުވެރިޔާވެސް ދެހަފްތާއެއްކުރިން އަތުވެއްޖެ އެމަންޖެވެސް ކިޔަވަން އެޕްލައިކުރި ކޯސްލިބުނީމަ.. މާޝާﷲ އަހުލާޤް ރަނގަޅު ހެޔޮލަފާ ދެކުދިން އެއީ.. މިހާރު އަހަރެންގެ ކަމަކީ އެދެކުދިންނާއެކު ގިނަވަގުތު ހޭދަކުރުން.. ކޮބާތަ ޝާނީ އަންނަ ހަބަރުލިބުން.. މިހާރު އައީތަ؟” ހަނީފްގެ ހިތުގައިވި ސުވާލުގެ ޖަވާބުދެމުން ހަނީފްއާއި ފާތުން ސުވާލުކޮށްލީ ކާރާއި ހަމަޔަށް އާދެވުމާއެކުގައެވެ.

“ޝާނީވެސް އަތުވެއްޖެ. ރަމީވެސް ވަރަށް ދައްކާ ފާތުންގެ ވާހަކަ ހިނގާބަލަ ގެއަށް ވަދެލާންދަމާ. އަހަރެން ޑްރައިވަރަށް ނުގުޅާވާނެ އޭރުން.. އަނެއްކާ ޝާނީވެސް އެހި އިހަށްދުވަހު ފާތުން ދައްތަ ކީއްވެހޭ މިހާރު ނާންނަނީ މާލޭގަ ނެތީހޭވެސް..” “އެހެންތަ ހިނގާ ދަމާ.. ހާމިދުވެސް ވަނީ އޮފީސްކަމެއްގަ ރާއްޖެއިން ބޭރުގަ ގެއަށްދިޔަސް މިވަގުތު ވަރަށް އެކަނިވާނެ. އެކުދިން ނިމުނީމަ ގުޅަންދެން ތިޔަގެއަށްވެސް ވަދެލެވޭނެތާ..” ޑްރައިވަރު ޝީޓަށް ހަނީފްއަށް އިޝާރާތް ކޮށްލަމުން ފާތުން ގޮސް ފަހަތުޝީޓަށް އެރިއެވެ.

************

“ހެއި ހިނގާބަލަ އަހަންނާއެކު ބޭރަށްގޮސްލަން.. ކީއްވެތަ މީޓް ނުކުރަނީ..” ހަނީފްގެ ކުންފުނި ކްރިސްޓަލް ވަރލްޑްގެ މެނޭޖްމަންޓްގައި މަސައްކަތްކުރާ ވިޝާލްއަށް ގުޅައިގެން ލީޝް ވާހަކަދައްކަމުން ދިޔައެވެ. ވިދިވިދިގެން ތިންދުވަހު އުޅެގެންވެސް ވިޝާލް ލީޝްއާއި ބައްދަލު ކުރާގޮތް ނުވުމުން އޭނާ އެކަމާ ޝަކުވާކުރަނީއެވެ.

” ހަގީގަތުގަ ބުނަންޏާ ތީކާކުކަމެއް އަހަންނަކަށް ނޭންގެ.. ކިޔަނީ ލީޝްއޭ ބުންޏަކަށް ނޭންގޭނެދޯ.. އަދިބުނަން އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ ތިޔަހެން އޮފީސްގަޑީގަ ގުޅަންޏާ.. އަހަންނަށް ވަރަށް ރަނގަޅު ތިޔަކުއްޖާ އަހަންނަށް އުނދަގު ނުކުރީޔާ..” އެކޮޅުން ދޭނޭ ޖަވާބަކަށްވެސް ނުބަލާ ވިޝާލް ފޯނުކަނޑާލިއެވެ. އެހެން މީހުނާ ހިލާފަށް ވިޝާލްއަކީ ވަކި ގިއުގަނޑެއްގެ ތެރޭގައި ހިފަހައްޓާ މީހަކަށް ވުމާއެކު ލީޝްއަށް އެފުރުސަތުނުދީ އޭނާ އަމިއްލަޔަށް އެކަމުން މަނާވެގަތެވެ. މިވަގުތު އޭނާ އިނީވެސް ބޭބެއާއި އެކުގައި ނަމަވެސް އޮފީސް ގަޑިއަށް ވުމުން ބޮސް ވާނީ ބޮހަށް ކަމުގައި ވިޝާލް ދަނެއެވެ.

“އެއީކާކު.؟” ކައިރީގައި އިން ހަނީފް ވިޝާލް އާއި ސުވާލުކޮށްލިއެވެ. ހަނީފް ފާތުން ގެއަށްލާފައި ކުއްލިއަކަށް އޮފީހަށް އައީ ވިޝާލްގުޅާފައި އައިސްދިނުމަށް އެދުމުންނެވެ. ވިޝާލްއަކީ އެއްބަނޑު ދައްތައެއްގެ ދަރިއަކަށް ވެފައި ހަރުދަނާ ޒުވާނަކަށް ވުމުން ހަނީފް އަބަދުވެސް ވިޝާލްއަށް ވަރަށް އިތުބާރު ކުރެއެވެ.

“ނޭންގެ މިދެތިން ދުވަހު ބޮލަށް އުނދަގޫވަރަށް އެބަގުޅާ..ކޮންމެވެސް ލީޝް އެކޯ.. ނޭންގެ ކާކުކަމެއް އޭނާއަށް އަހަރެންގެ ނަންބަރުދިނީ..” ހަނީފްއާއި ވިޝާލް ތިބީ އޮފީސް ކެންޓީނުގައި ކަމުން އެވަގުތު ކެންޓީންތެރޭގައި ހަރަކާތްތެރިވި ނިޔާޒްއަށް އެމީހުންދެއްކި ވާހަކަ ރީއްޗަށް އަޑުއިވުނެވެ.

********

“ހިނގާބަލަ ނުކަންޔާ އެއްޗެއްބޯލަން..” ގޭގެ ބޮޑުކޮޓަރީގައި ވާހަކައިހަ އިން ރަމީޒާ ފާތުން އަށް ބުނެލިއެވެ. އެވަގުތު ޝާނީވެސް އެކަމާ އެއްބަސްވެ ފާތުން ޖަވާބެއްނުދެނީސް ގޭގެ ހާދިމަކަށް ފިނިބުއިމެއް ގެނެސްދިނުމަށް އެދުނެވެ. “ފާތުން ދައްތާ ކޮންއިރަކުތަ ދައްތަގެ ރޯމިއޯ އާއި އޭނާގެ ދަރިފުޅުދެން މިގެއަށް ގެނެސްދޭނީ..؟” ލާނެތް ގޮތަކަށް ޝާނީ އެހެން އަހާލީ ފާތުން ގައިގަ ބައްދާލަމުންނެވެ. އެއީ އެންމެ ކުރިންސުރެވެސް ޝާނީގެ އާދައެވެ. ފާތުން ދައްތައަކީ އޭނާގެ ދެވަނަ މަންމަ ފަދައެވެ. ކޮންމެ ވާހަކައެއްވެސް ޖެހިލުމެއްނެތި ހިއްސާކުރާއިރު  އަހާނޭވެސް މެއެވެ.

” ހެހެ.. ދަރިފުޅާ ދޮންބެއަށް އަދި އެމީހުން ނުވެސް ފެނޭދޯ.. ފާތުން ދައްތަ ބުނެފިއޭ މިރޭ ހާމިދުބޭ އައިމަ މާދަމާގެ މެންދުރުކެއުމަށް އެމީހުންގޮވައިގެން އަންނާނަމޭ..” ރާމިޒާ ހިނިތުން ވުމާއެކުނހާދިމް މީހާ ގެނައި ފިނިބުއިން ހުރި ޓްރޭގައި ހިފާލަމުން ޝާނީއަށް ޖަވާބުދިނެވެ. އެވަގުތު ގެއަށް ވަދެގެން އައި ޝިޔާޒްއަށް އެތާންގައި ދެކެވުނު ވާހަކަ އަޑުއިވުމާއެކު އެދިމާ ބަލާލުމުން މާލެއައި ދުވަހުގެ ހަނދާނެއް ސިކުނޑީގައި އެނބުރިލިއެވެ.

“އެދުވަހު ފާތުން ދައްތަ ހެވިފައި އެތާންގަ ހުރި.. ކާކުބަލާބާ އެދިޔައީ.. ފާތުންދައްތަ އިނީ ހާމިދު..” ހިތުގައި އެނބުރެމުން ދިޔަ ވާހަކަތަކާއެކު އެދުވަހު ލާންޗްގައި ހިނގާދިޔަ ކަންކަން ޝިޔާޒްގެ ހަނދާނަށް އައެވެ. އެއާއެކު އޭނާގެ ދުލުން ކަމްލާގެ ނަން ކިޔާލެވުނީ ބޭއިޙްތިޔާރުގައެވެ.

ނުނިމޭ

 

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ކޮފީ

Next

ބުނެދޭށޭ ރުހެމޭ 40

Next
June 16, 2019

ބުނެދޭށޭ ރުހެމޭ 40

Previews
June 16, 2019

ކޮފީ

21 Comments!

  1. jiji says:
    June 16, 2019 at 1:09 pm

    Yesh…jiji first dhw layaa..will comment after reading ingey??❤❤❤❤??????

    1. Anonymous says:
      June 16, 2019 at 4:59 pm

      Jiji gandu comment kobaa

    2. Zar@ says:
      June 16, 2019 at 6:30 pm

      Yahh dhw… Kobaa tha..

    3. Mish says:
      June 16, 2019 at 6:58 pm

      Nukiyenee kan neynge

    4. Mish says:
      June 16, 2019 at 7:11 pm

      Dhw.. Jiji… ??????????

    5. jiji says:
      June 17, 2019 at 7:23 pm

      Comment kohlaifiimey guyss..ma bxy kamun las v..hehe????

  2. ?? ???????? says:
    June 16, 2019 at 1:09 pm

    Me first

  3. Shamm❤ says:
    June 16, 2019 at 1:37 pm

    Yey me second ? varah reethi ….varah interesting hama suberb ekamu ebn varah alhaagayy mistakeh eh…

  4. Zar@ says:
    June 16, 2019 at 6:27 pm

    Vvvvv reethi mi part ves ingey.. Mashaa Allah… Waiting for the next part… Keep it up…..

  5. Zar@ says:
    June 16, 2019 at 6:28 pm

    Vvvvv reethi mi part ves ingey.. Marshaa Allah… Waiting for the next part… Keep it up…..

  6. Cherrie says:
    June 16, 2019 at 6:29 pm

    Very nice….. Keep it up..

  7. Pinky shifoo says:
    June 16, 2019 at 8:33 pm

    He’llo Layaa ❤️❤️❤️… Mi part vx v v v reethi ❤️❤️❤️?????????????????????… Dhn kihineh baa vaanee dhw… Heheh… Curiously waiting for the next part ???… Lots of love Layaa ❤️❤️❤️????????????????????????…

  8. Ibsha says:
    June 17, 2019 at 8:41 am

    Wow varah reethi varah reethi ❤❤❤❤??????????⚘?????☘????❤❤❤❤❤❤❤❤❤❤❤❤❤❤❤❤????varah reethi

  9. Ibsha says:
    June 17, 2019 at 8:48 am

    Shiyaaz dhehki hedhumugaa sifathah kiyaafa hury varah nivaakan bodukoh. Ekam bunefa iny varah nivaakan kudakamah…adhi eperegurafuga varah kuhgina….hama bunely..asl Ibsha varah nukuraakameh faadukiyumaky

  10. jiji says:
    June 17, 2019 at 7:22 pm

    Layaa❤❤❤???….Alhe mi part vec vv lwbi ingey….um ibsha furathama bunelaafa ein kanthah rangalhu kohlaathi ingey?????????…dhn kihineh baa dhw vaany..I’m sooo curious…waiting fr the next..Loz of luw loabigandaaa❤❤❤???

  11. Me says:
    June 17, 2019 at 8:35 pm

    Varah kuh Gina. Imlaakuh, liyeninmaalaafa upload kurumugekurin kiyaalun varah muhinmu
    Dhen faharakun Mika mah samaaluvaanekamah unmeedhukuran

  12. nuz says:
    June 17, 2019 at 11:00 pm

    layaa kobaatha bunedheyshe ruhemay storyge emehbai aley v kiyaahithun mihury plx up kohladhyba

    1. nuz says:
      June 17, 2019 at 11:02 pm

      *bunedhaynhey*

  13. nuz says:
    June 17, 2019 at 11:02 pm

    *bunedhaynhey*

  14. Ryn says:
    June 18, 2019 at 9:04 am

    …….. …. Mi pat vexx varah furihama
    Keap it up ???

  15. jiji says:
    June 22, 2019 at 12:53 pm

    Layaa…kobaathr story???….Adhivec up nuvey…v dhera vefa myny…Atleast v goiy buneba ingey..eyrun wait kuran engeyny vec????

Comments are closed.


All Right Reserved!