Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ….39

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 17, 2019 3 Mins Read
58 Comments

ލިއާއަށް ޝިވަން ދައްކަމުން އަންޖަލް އެކުއްޖާ ގޮވައިގެން ޝިވަން ގާތަށް ގެންދިޔައީ ރައިހާނާއާ ހަމްޒާ އެކަނި ކުރަންށެވެ.
ރައިހާނާ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ހަމްޒާގެ ތޫނު ނަޒަރުން އޭނާގެ ހިތް ކަތިލާހެން ހީވިއެވެ. އަތްފައި ފިނިވެ ނޭވާ އަވަސްވާން ފެށިއެވެ. އަންޖަލް ގަސްތުގައި އޭނާއާ ހަމްޒާ އެކަނިކޮށްފައި ދިއުމުން އަންޖަލްއާ ދިމާއަށް ހިތާހިތުން ކުދި ކިޔުނެވެ.
ހަމްޒާވެސް ހިތުން އަންޖަލްއަށް އެއްޗިހި ކިޔެވެ. ރައިހާނާއާ އެގޮތަށް ކުރިމަތިލާން އޭނާ އާދި ތައްޔާރު ނޫންކަން އެނގިހުރެ އެކަނި ބައިތިއްބާފައި ދިއުމުންނެވެ. ރައިހާނާ އިން ގޮތުން އެއްޗެކޭ ބުނާކަށް ހަމްޒާއަކަށް ނުކެރުނެވެ.

ޝިވަންއާ ލިއާ ޕާޓީގައި އުޅުނު ކުޑަ ކުދިންނާއެކީ ކުޅެން ދޫކޮށްލާފައި ބޭތިއްބިއެވެ. އެކުދިން މުޅިތާ ދުވަމުން ގެންދިޔައެވެ. ލޯބިލޯބި ކުދިންންނަށް ބަލާލި ކޮންމެ މީހެއްގެ ހިތަށްވެސް ފިނިކަން ލިބެމުން ދިޔައެވެ.
ތަށްޓަކަށް ކާއެއްޗިހި އަޅައިގެން އަންޖަލް މޭޒެއް ދޮށުގައި އިށީނެވެ. އޭނާ އިށީނީ ޝިވަން އަދި ލިއާވެސް ފެންނާނެ ގޮތަށެވެ. އެތަނުގައި އިން އިރު ނިކްހާތްއާ ވިޝާހްވެސް އަންޖަލްއަށް ފެނެއެވެ. ނިކްހާތްގެ މަންމައާ ބައްޕަ އިރުއިރު ކޮޅަކާ ގޮސް ނިކްހާތްއާ ވިޝާހް ގާތު އެއްޗެކޭ ބުނެލައެވެ. ދެތިން ބުރު ނިކްހާތްމެންނަށް ފެންވެސް ގެންގޮަސްދީފިއެވެ. ނިކްހާތްގެ މަންމައާ ބައްޕަ އަތު ގުޅުވައިގެން ތިބެ އެދެމީހުންގެ ލޯބިވާ އަންހެން ދަރިފުޅުގެ އުފަލުގައި ބައިވެރިވަމުން ދިޔައެވެ. އަންޖަލް ހިނިތުންވެލައިގެން އެ މަންޒަރު ބަލަން އިނެވެ. އެއީ އޭނާވެސް ދެކެން ބޭނުންވާ ދުވަހެކެވެ. އެންމެ ކުޑަދުވަހުންސުރެއްވެސް އަންޖަލް އޭނާގެ ވެޑިން ޕްލޭން ކުރަމުން ދިޔައެވެ. ލާނެ ހެދުމާ ޕާޓީ ބާއްވާނެ ކުލަޔާ އެއްޗިހިވެސް ކުޑައިރު ވަނީ ހޯދާފައެވެ. އޭރު ހަމައެކަމިމަދުވީ އޭނާގެ ބައިވެރިޔާއެވެ. މިއަދު އޭނާގެ ހަޔާތަށް އެވަނީ ބައިވެރިއަކުވެސް އައިސްފައެވެ. އެހެނަަސް މަންމައާ ބައްޕަގެ ލޯބިން އެވަނީ މަހްރޫމްވެފައެވެ. އުމުރުން ކިތަންމެ ދޮށިވެފައިވިއަސް މަންމައާ ބައްޕަގެ ވަކިވުމުން އޭނާއަަށް ވަނީ ނުހަނު އަސަރުކޮށްފައެވެ. މީހުންނެ ތެރޭ އުޅޭއިރު ކިތަންމެ އުފަލުން އުޅުނަސް އަންޖަލްގެ ހިތުގައިވަނީ ރެނދުލާފައެވެ. ބޭބެއަކާ ދައްތައެއްގެ ލޯބި ލިބުނެއް ކަމަކު މަންމައާ ބައްޕަގެ ލޮތްބައް އޭނާ ވަނީ ފެންބޮވައިގަންފައެވެ. އޭނާގެ ކައިވެނި އޮންނަ ދުވަހު މަންމައާ ބައްޕަ އަތުގުޅުވައިގެން އޭނާއަށް މަރްހަބާ ކިޔަން އަންޖަލް ބޭނުމެވެ. އަމިއްލަ ހާލާމެދު ދެރަވެ އަންޖަލްގެ ދެލޯ ފެންކަޅިވިއެވެ. “އަންކޮ” އަންޖަލްއާ ޖެހިގެން އިން ހުސްގޮނޑީގައި އިށީންނަމުން ރައިހާނާ އަންޖަލްއަށް ގޮވާލިއެވެ. އަންޖަލް ލޯތެރޭގައި ގިނަވެފައި ހުރި ކަރުނަތައް ރައިހާނާއަށް ފެންނަމުންދިޔައެވެ. އަންޖަލް އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ. “ކީއްކުރަން ތިއައީ؟ ދެމީހުން އެކަނި ބައިތިއްބައިފައި އައިމަވެސް. ޔޫ ޝުޑް ބީ ވިތް ހިމް” އަންޖަލް ހަމައަކަށް އެޅެން މަސައްކަތްކުރިއެވެ. “ފޯނެއް އައިސްގެން ބޭރަށް ނުކުތީ. އަންކޮ ކީއްވީތަ ރީހާން ކަމެއް ކުރީތަ؟” ރީހާން ފެންނަން ނެތުމުން ރައިހާނާއަށް ހީވީ އަންޖަލްއާ ރީހާން މައްސަލައެެއް ޖެހުނީކަމަށެވެ. ރީހާންގެ ސަބަބުން އަންޖަލް ރޯކަށް ރައިހާނާއަށް އެއް ނޭދެއެވެ. އަންޖަލް މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. ރައިހާނާ ފާޑަކަށް ބަލަން ފެށުމުން ވީގޮތް ނުބުނެ ސަލާމަތް ނުވާނެކަން އަންޖަލްއަށް އެނގުނެވެ. ތުންފަތުގައި ދަތް އަޅާލުމަށްފަހު ވީގޮތް ކިޔާދިނެވެ. ލޮލުން ކަރުނަ ފޭބިއެއް ކަމަކު އަންޖަލް އަޅައެއް ނުލައެވެ. އަންޖަލްއަށް ހިއްވަރު ދިނުމުގެ ގޮތުން ބުނާނެ ބަހެއް ރައިހާނާގެ ދުލަކަށް ނައެވެ. އަންޖަލް އެތަހައްމަލު ކުރާވޭން އަންދާޒާކޮށްލަންވެސް ރައިހާނާއަކަށް ނޭންގެއެވެ. “ކާފަމެން ދެކެ ވަރަށް ފޫހިވޭ. އެމީހުންގެ ސަބަބުން ކިތަށް ދިރިއުޅުން ހަލާކުވީ. ހިތަށް އަރާ އަސްލުވީ ގޮތް ދޮންތައަށް ކިޔާދޭންވެސް އެކަމަކު ބައްޕަ އޮތީ ވައުދުކުރުވާފަ އެއްވެސް މީހެއް ގާތު ނުބުނަން. އަންކަލްވެސް މިހާ ދުވަސްވީއިރު މީހަކާ ނީންދެ އެހުންނަނީ ކާފަމެންނާ ހެދި” ބައްޕަ ފަރާތު ކާފައާ ދޭތެރޭ ހިތުގައި އޮތް ނަފްރަތް އަންޖަލް ބޭރުކޮށްލިއެވެ. އޭނާގެ ބައްޕައަށް ހެދިގޮތުން އަންޖަލް ކާފަ ދެކެ ނުހަނު ރުޅިއާދެއެވެ. އެދުވަހުން ފެށިގެން ކާފައާ އަނގައިންވެސް ބުނަނީ ބުނަން ޖެހިއްޖެޔާމުން އެކަންޏެވެ.
އަންޖަލްމެން ތިބި މޭޒު ފަހަތުގައި އައިސް ހުއްޓުނު ހަމްޒާއަށް އަންޖަލް އެންމެ ފަހުން ބުނި ވާހަކަ އަޑުއިވުނެވެ. އޭނާގެ ބައްޕަ އަންޖަލް ގާތުން ސިއްރުކޮށްދޭން އެދުނު ސިއްރަކީ ކޮބައިކަން އެނގެން ބޭނުންވިއެވެ. އަންޖަލްގެ އަޑު ކުރަކިވެފައި ހުރުމުން ރޮއެފައިކަން އެނގެއެވެ. އެވަގުތު އަންޖަލްއާ ސުވާލުކޮށްގެން އެއްވެސް ޖަވާބެއް ނުލިބޭނަކަން އެނގޭތީވެ އަޑުއިވުނުކަމަށްވެސް ނުހަދައި އައިކޮޅަށް އެނބުރިދިޔައެެވެ.

ޒިވާން ފަހަތުން އަންނަކަން އެނގުހުރެވެސް ލީމް ނޭންގޭކަމަށް ހެދުނެވެ. ޒިވާން އަންނާތީ އޭނާ ހުރީ ހިސާބަކަށް ހަމަޖެހިފައެވެ. ރުޅިއަންނަން މަސައްކަތްކުރިނަމަވެސް ރުޅިއެއް ނާދެވުނެވެ. ގެއާ ހިސާބަށް ދެވުނުއިރުވެސް ޒިވާން ވާހަކަ ދައްކަން ނޫޅުނީތީވެސް ރުޅިއާދެވުނެވެ. ގެއަށްވަނުމުގެ ކުރިން ލޮލުގެ ހިމަކޮޅުން ޒިވާން ހުރިތޯ ބަލާލިއެވެ. އެތާ މީހެއް ހުރިކަމުގެ އެއްވެސް ހިލަމެއް ނެތެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު ލީމް ގޭތެރެއަށްވަނެވެ.

ލީމްމެންގެއާ ޖެހިގެން އިން ގޯޅިގަނޑު ތެރޭ ފިލާއިން ޒިވާންގެ ތުން ފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ލީމް ސަލާމަތުން ގެއަށްލެވުމުން ސިކުނޑިން ބޮޑު ބުރައެއް ފިލައިދިޔަހެން ހީވިއެވެ. ލީމް އޭނާގެ ލޮތްބައް އިއުތިރާފުކުރުވަން ކުރަންވީ ކީއްކަން ޒިވާންއަށް މިރޭ އެނގިއްޖެއެވެ.
މެހެމާނުން ގޮސް ނިމުނުއިރު އެގާރަގަޑި ބައިވަނީއެވެ. އާއިލާ މީހުންނާއި އެންމެގާތް އެކުވެރިިން ފިޔަވާ އެކަކުވެސް ނެތެވެ. ކިތަންމެ ލަސްވެފައި ހުރިނަމަވެސް ފޮޓޯ ނުނަގާ ދާކަށް އެކަކުވެސް އެއްބަހެއް ނުވިއެވެ. އާއިލާ މީހުންނާ އެކުވެރިންނާ އެކީ ވަކިން ވިޝާހްއާ ނިކްހާތް ފޮޓޯނެގިއެވެ. “އަންޖަލް އެންޑް ރީހާން ވީއާ ވެއިޓިން” އެންމެން އެކީ ފޮޓޯ ނަގާ ނިންމާފައި އާއިލާ މީހުން ކާންދިއަ ގަޑީ ވިޝާހް ރީހާންއާ އަންޖަލްއާ ދިމާކުރިއެވެ. އަންޖަލްގެ މޫނު ރަތްވެގެން ދިޔައިރު ރީހާން ރަކިވެގެން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ދެމީހުން ކުރެ އެކަކަށްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. “އަސްލު ރީހާންގެ ވެޑިން އޮންނަންވާނީ ދައްތަގެ ވެޑިންއަށް ފަހުއެއްނު ދޯ” ލާނެއް ގޮތަކަށް ހީލަމުން ރައިހާނާ ރުޅިއަރުވާލަންވެގެން ހަމްޒާ ބުންޏެވެ. އޭނާއާ ދިމާއަށް ދެލޯ އަޅާފައި ރައިހާނާ ދަތްކުނޑިވިކާލި ގޮތުން ހަމްޒާއަށް ހެވުނެވެ. “ސޮރީ ނޮޓް އިންޓްރެސެޓެޑް” އައި ރުޅީގައި ރައިހާނާ އިން ގޮނޑިން ތެދުވެ ބޭރަށް ނިކުންނަށް ހިނގައިގަތެވެ. “ވިޝާހް ނިކް. އޯލް ދި ބެސްޓް. ރީއްކޯ ލެޓްސް ގޯ ހޯމް. ބާއި އަންޖަލް” ވަކިހިސާބަކަށް ގޮއްސައި ރައިހާނާ ފަހަތަށް އެނބުރުނެވެ. ވިޝާހްއާ ވަދާއުގެ ސަލާން ކޮށްފައި ރީހާންވެސް ދާން ހިނގައިގަތެވެ. “އަންކޮ ހިނގާ ދާން” ވިޝާހްއާ ނިކްހާތްއަށް ވަދާއުގެ ސަލާންކޮށްފައި ހަމްޒާއާ އަންޖަލްވެސް ނުކުތެވެ.

“ވާހަކައެއް އަހާލަންތަ؟” ގެއަށްގޮސް ވަދެފައި ހަމްޒާ އަންޖަލް ގާތު އެހިއެވެ. ކިތަންމެ ލަސްވެފައި ވީނަމަވެސް ހަގީގަތް އޮޅުން ފިލުވަން ހަމްޒާ ބޭނުންވިއެވެ. އަންޖަލް ބޯޖަހާލިއެވެ. ހަމްޒާ ކުރަން އުޅޭ ސުވާލުގެ ބޮޑުކަމެއް އަންޖަލްއަކަށް ނޭންގެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވަފާތެރި ކެހިވެރިޔާ…2

Next

ލޯބި ވީމޭ ސިއްރު ސިއްރުން (28

Next
June 18, 2019

ލޯބި ވީމޭ ސިއްރު ސިއްރުން (28

Previews
June 17, 2019

ވަފާތެރި ކެހިވެރިޔާ…2

58 Comments!

  1. Kiyara says:
    June 17, 2019 at 7:22 pm

    Slm readers. Varah bodah maafah edhen mihaa kurukoh up kurevunyma. Mirey update kohdheynamey bunefa othyma liyevifa oii varah mi kury. I am sooo sorry to disappoint readers. Next part Friday ga In Sha Allah

    1. Anonymous says:
      June 18, 2019 at 9:07 pm

      Kiya lwbs next part digu kihlahchey..luv yah sis kiyaa thy aslu kon umuruge kuhnehthr schoolga ulhey kuhjethr..and hurihaa xomments ah rply eh dehchey.and just how many anonymous are there;?;stry fab…jiji sorry

    2. Kiyara says:
      June 21, 2019 at 12:17 pm

      Thanks Anonymous. Mihaaru ihnnane next part up kohllafa. I am 17y or lets say18. Skl secret eh gothah bavvama dhw

  2. jiji says:
    June 17, 2019 at 7:24 pm

    First dhw..kiyaafa comment kohlaanan…
    Inthizaaru ge kohkoh huhta kiyaalan mi libuny..hehe❤❤❤??

  3. ??? says:
    June 17, 2019 at 7:25 pm

    Alhey vaahaka nerunii dw

    1. Kiyara says:
      June 21, 2019 at 12:18 pm

      Yess dear

  4. Aki says:
    June 17, 2019 at 7:26 pm

    inthizaaru ge nimun aee… vaahaka kiyaa hithun hurevenee Kee noon

    1. Kiyara says:
      June 21, 2019 at 12:19 pm

      ???

  5. AMAAN says:
    June 17, 2019 at 7:28 pm

    Mifaharu haadha kurey… ekamves vvv rythi mi part ves… dhen part eh dhigukoh genesdhehchey❤❤❤

  6. Ibsha says:
    June 17, 2019 at 7:29 pm

    V kuru. But varah reethi

    1. Kiyara says:
      June 21, 2019 at 12:20 pm

      Thanks dear. Dhen in bai dhuguvaane

  7. ??? says:
    June 17, 2019 at 7:38 pm

    Alhey haadha kurey ehaa kurukoh nerunu iru dhenn Inn baii than kolheh avahah nereba plxplx vaahaka vvvv rythi ???

    1. Kiyara says:
      June 21, 2019 at 12:21 pm

      Thanks dear. Dhen in bai mihaaru ihnnane miah vureh dhigukoh up kohfaa

  8. Jungkook says:
    June 17, 2019 at 7:55 pm

    Alhey Varah reethi mi bai vess ????inthizaarah nimumeh aii thx Varah bodah Friday ge kurin up kodheveytho balahchey kiyaa sis

    1. Anonymous says:
      June 17, 2019 at 11:54 pm

      Jungkook u ah dhivehi engeytha?

    2. Asluves says:
      June 18, 2019 at 12:31 pm

      Hehehe ????

    3. Jungkook says:
      June 18, 2019 at 12:45 pm

      Ya I know dhen thi buni dhivehi igen nujeheyney tha LOL ????

    4. Zar@ says:
      June 19, 2019 at 10:13 pm

      Hahahahaaa ???

    5. Kiyara says:
      June 21, 2019 at 12:22 pm

      Thanks dear. Mihaari ihnnan up kohllafa

  9. jiji says:
    June 17, 2019 at 8:11 pm

    Iss ok kiyaa???❤❤❤??????????????❤❤❤???????????????❤❤❤???..next part dhigukohlaathi ingey..btw mi part vec vv rythi ingey???????????????????????????????????????❤❤❤..now this became my most fav story…hehe..kiyaa um friday ge kurin up eh nukureveyne thr..I’m so curious..luw yuhh???????????????❤❤❤??????

    1. Kiyara says:
      June 21, 2019 at 12:23 pm

      Thanks dear. Mihaaru ihnnane up kohffa.

  10. Shaazleen says:
    June 17, 2019 at 8:36 pm

    V reethi mi part vx ekm haadha kureyy mi part BTW curiouslyy waiting for next part❤❤??vv reethi ❤❤

    1. Kiyara says:
      June 21, 2019 at 12:24 pm

      Thanks dear. Mihaaru ihnnane up kohffa.

  11. Kiyara ge fan eh says:
    June 17, 2019 at 8:45 pm

    V reethi ekam varah kuru but it’s okay I’m still happy for you wishing all the best for you luv you♥️♥️

    1. Kiyara says:
      June 21, 2019 at 12:24 pm

      Thanks dear. Mihaaru ihnnane up kohffa.

  12. Dhonthee says:
    June 17, 2019 at 9:55 pm

    Oh my dear kiara❤️❤️❤️❤️no need to worry dear❤️❤️part thah kuruvun eiy evves massalaeiynoon?????konmegotheiy viyas part thah eba up kodhdhemennu dhw???????so it’s ok???Anyways mi part ves vvvv reethi ingey kiyara❤️❤️❤️???take care kiyara????love you so much ????❤️❤️❤️❤️?????????❣️❣️❣️?????????

    1. Kiyara says:
      June 21, 2019 at 12:25 pm

      Thanks dear. Varah ufaavehjje understand vyma

  13. Sweet girl says:
    June 17, 2019 at 10:12 pm

    Reethi

    1. Kiyara says:
      June 21, 2019 at 12:25 pm

      Thanks dear.

  14. Shafa says:
    June 17, 2019 at 10:46 pm

    Mihaaru liyuntheriyaa faruvaakuda kuraathy mivaahaka ah foohi vaan fashaifi
    Aslu Ehen vaakah beynumeh noon. Ekam vany. Em sorry ?

    1. Kiyara says:
      June 21, 2019 at 12:27 pm

      Thanks dear. Alhugandah amilla ahves gabool kurevey thikan. Kuriah huri bai thah foohi nuvaane gothah dhigukoh genesdheveytho masakkai kuraanan.

  15. Dhee says:
    June 18, 2019 at 12:32 am

    Alhey Haadha kurey?bt vv reethi

    1. Kiyara says:
      June 21, 2019 at 12:27 pm

      Thanks dear.

  16. Mariyanbu? says:
    June 18, 2019 at 12:54 am

    Thisss?❤️
    I loabs yuh much kiyara??
    Yuh r the best laav✨??
    Waiting for the next part??
    Raihaana n hamzaa gulhuvahchey plxx?✨
    Reehaan n anjal vx gulhuvahchey Ingey??
    Muchh laav frm meh dear❤️??

    1. Kiyara says:
      June 21, 2019 at 12:28 pm

      Thanks dear.

  17. Zanjabeel says:
    June 18, 2019 at 6:29 am

    Thihaa kurukoh liyan yaa Friday las

    1. Kiyara says:
      June 21, 2019 at 12:29 pm

      Varah dhigukoh ihnnane 40th vana part up kohffa mihaaru

  18. Yyyy says:
    June 18, 2019 at 7:58 am

    Kiyaaaa…. Mi part ves hama V Obi…. Waiting for next part ???but part V. Kuru

    1. Kiyara says:
      June 21, 2019 at 12:29 pm

      Thanks dear.

  19. shoe says:
    June 18, 2019 at 11:35 am

    Kiyaa mihaaru mulhinhen fake hadhany. Asluves v bodah careless kollaifi

    1. Kiyara says:
      June 21, 2019 at 12:31 pm

      Thanks dear. Alhugandah ves thikan gabool kurevey kuriah huri bai thah kiyuntherin hiyhama jehey gothah genesdheyn masakkai kuraanan

  20. Shua says:
    June 18, 2019 at 2:52 pm

    Dsnt matter whether the part is tooo short or long… actually v should b thankful to kiya cuz she is uploading the story punctually… btw this part was dazzling as usual?

    1. Kiyara says:
      June 21, 2019 at 12:31 pm

      Thanks dear. Varah ufaavehjje understand vyma

  21. alvi says:
    June 18, 2019 at 3:51 pm

    ekam haadha kurey. mivaru vyma dhen bodu varumee

    1. Kiyara says:
      June 21, 2019 at 12:32 pm

      Thanks dear. Next part ihnnane fudheyvarakah dhigukoh up kohffa

  22. Mai says:
    June 19, 2019 at 7:09 pm

    Haadha lahey up kohdheyleh mihaaru v foohi vaan fashafi ma lahun up kurathi…. Ekamu vxx mi vhk v reethi…

    1. Kiyara says:
      June 21, 2019 at 12:33 pm

      Thanks dear. Kuriah huri bai thah dhigukoh adhi avahah up kureveytho try kuraanan

  23. ??? says:
    June 19, 2019 at 10:53 pm

    Alhey kiyaa vaahaka aa baeh nerebala plxplx

    1. Kiyara says:
      June 21, 2019 at 12:34 pm

      Thanks dear. Mihaaru ihnnane aa baeh up kohllafa

  24. alvi says:
    June 20, 2019 at 3:21 pm

    mihaaru mivaahaka kiyaa liyany v faruvaa kudakoh. kurin v dhigukoh avas avahah up kuraane. mihaaru hama hithah erigotheh. dhen anekka aneh part kuraa dhuvahakun eha kurukoh up koffa mibunany kury part ge comment thah kymey . kyh kurantha alhe reply nukuranya kiii vaahaka bunany. hama gaimu ves ma vrah dhera vey magey comments ah reply nukuriyya. vaki vaki myhun vaki vaki comments kurny alhe reply ves beynun vaathy dhw ??? very disappointed ??????????????????????????????????

    1. Kiyara says:
      June 21, 2019 at 12:36 pm

      I am soo sorry to disappoint you dear. Ekam kanthah huhnna gothun kuryhaa time eh mihaaraku nulibey. Comments thakah reply nukurevenyves ehenve. Varah dheravehjje alvi disappoint vyma. In Sha Allah kuriah huri part thakuge comments thakah regular koh reply kureveytho varah try kuraanan.

  25. Kim Seokjin ? says:
    June 20, 2019 at 6:43 pm

    Varah Varah reethi mi part Masha Allah ?????????
    Waiting waiting curiously for the next part ???????????????????????

    1. Kiyara says:
      June 21, 2019 at 12:37 pm

      Thanks dear. Up kohlla fa ihnnany mihaaru

  26. jiji says:
    June 21, 2019 at 5:46 am

    Kiyaa…Does anything happened to yuh my dear???…bxy aa vec let us knw inge???…hoping fr the best inge…waiting????

    1. Kiyara says:
      June 21, 2019 at 12:38 pm

      Dear. Mihaaru ihnanne up kohffa

  27. Twinkle says:
    June 21, 2019 at 6:44 am

    Varah habeys vaahaka eh I love it ??????

    1. Kiyara says:
      June 21, 2019 at 12:39 pm

      Thanks dear

    2. Aish says:
      August 4, 2020 at 5:30 pm

      Heyyyyyyy twikaloooo

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ…..40←


All Right Reserved!