އަސްލާން 5
“ހީކުރީ ދެން ދުވަހަކުވެސް ނުގޮވާނެކަމަށް.” އަސްލާން މަޑުމަޑުން ކިޔައިލިއެވެ. އަސްލާން ދުރަށް ޖެހިލުމުން އެނދުގައި އިށީންދެފައި އަހަރެން ވީ ގޮތް ކިޔައިދިނީމެެވެ. ހުރިހާއިރު އަހަރެންގެ އިނގިލިތަކު ދޭތެރެއަށް އިނގިލިތައް މަހާލައި، އަތްތިލައިގައި ހިފައްޓައިގެން އިން އަސްލާން ހީވީ ދުވަހަކުވެސް ދޫކޮށްނުލަން ގަސްތުކޮށްގެން އިންހެނެވެ.
*******************************
“ލުއާ! ލުއާ!” ވަރަށް ބާރަށް ހިލްމީ ގޮވަންފެށުމުން އަހަރެން އޯތްއޭ ބުނެ ޖަވާބުދިނީމެވެ. “ކޮބާހޭ މުސްތަފާ؟ އޭނަ މިތަނަށް ގެންނާށޭ ހަމަ މިހާރު!” ހިލްމީ ހަމަ އެ ބާރުމިނުގައި ބުންޏެވެ.
“ކޮން މުސްތަފާއެއްތަ؟” މޮޔަގޮވަނީކަން އިނގޭއިރުވެސް އަހަރެން ވާހަކަ ގުޅުވައިލީ ހަމަޖައްސައިލެވޭނެ ގޮތެއް ހޯދޭތޯއެވެ.
“ކޮބާތަ އެ މުސްތަފާ؟ އަހަރެންގެ ސްޓޭޖަށް ކުޅުޖަހާފަ ހީނުކުރާތި ސަލާމަތުން ދިރިއުޅުވޭނެއޭ! މަރާލާނަން!” ދެން ހިލްމީ ވާހަކަދެއްކީ ތަންކޮޅެއް މަޑުން، އަމިއްލަ ނަފްސާއެވެ.
“އާނ ދޫނުކުރާތި އޭނަ.” އެ ކީ މުސްތަފާއަކީ ކާކުކަމެއް، ހަގީގަތުގައި ދިރިއުޅޭ މީހެއްކަމެއް ނޫންކަމެއްވެސް ފަހުމެއް ނެތި އަހަރެން ބައިވެރިވެލީމެވެ. އަވަހަށް އެކަމުން ބެޗޭތޯއެވެ. އޭގެ ފަހުން އަހަރެން ބޭނުންވި ގޮތަށް ހިލްމީގެ އަޑު ކެނޑުނެވެ.
ނަރުސްކުއްޖާއާއި އެކީ ގޮސް ރޫބީގެ އޮފީހަށް ވަތްއިރު ރޫބީ އިނީ ހަފްތާއަކު އެއްފަހަރުގެ ބައްދަލުވުމަށް ތައްޔާރަށެވެ. ކައުންސެލިންގ އޭ ކިޔައި ރީތި ނަމެއް ދިން ނަމަވެސް، ހިތުގައިވާ އެއްޗެހި މީހަކާ ހިއްސާކޮށްލައިގެން ފަސޭހަވާނެހާ ލުއި ބައްޔެއް ނޫންކަން އަހަންނަށްވެސް ވަނީ އެހާ ދުވަސް ވީއިރު ވިސްނިފައެވެ. ހާލުއަހުވާލުން ފެށުމަށްފަހު އާދައިގެމަތިން ރޫބީ އެހީ ހަފްތާގެ ތެރޭގައި ހިނގި ކަންތައް ކިޔައިދިނުމަށެވެ. އެ ކޮޓަރީގައި ހިނގާނެ މާ ބޮޑުކަމެއް އޮންނާނެކަމަށްބާއޭ އޭރު އަހަރެންގެ ހިތަށްއަރައެވެ.
ހިލްމީއާއި ދޭތެރެއަކުން އަނގަތަޅާ ވާހަކަ ކިޔައިދިނީމެވެ. އޭނާ ދައްކާ ތާކުންތާކުން ނުޖެހޭ ހުރިހާ ވާހަކައެއް އަލިފުން ޔާއަށެވެ. އަލަށް ގެނައި ދަތް އުނގުޅާ ބޭހުގެ އާވި ގަދަކަމުން ކަމުނުދާ ވާހަކަވެސް ދޭތެރެއަކަށް ވައްޓައިލީ، ނުސީދާކޮށް، ކުރީގެ ބޭހަށް ބަދަލުކޮށްދިނުމަށް އެދުމަށެވެ. ހުރިހާ ވާހަކައެއް ކިޔައިދިންއިރުވެސް އަސްލާންއާއި ބެހޭ ވާހަކައެއް ދުލުކުރިއަށްވެސް ނުނެރެމެވެ. ބޭރަށް ދާ ވާހަކަ އެނގިއްޖިއްޔާ ދެން ބައިންދާނީ ސައުއްވީސް ގަޑިއިރު ބެލުމުގެދަށުގަ ނޫންކަމެއްވެސް ނޭންގެވިއްޔާއެވެ. އެންމެ ފުރަތަމަ އެ ވާހަކަ ގަބޫލެއްވެސް ނުކުރާނެއެވެ. ތަންކޮޅެއް ކުރީ މީޓިންގއެއްގައި ރޫބީ ކުއްލިއަކަށް، އަސްލާންއަކީ ކާކުހޭ އެހުމުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ޔަގީނުންވިއްޔާ ހަމައިން ނެއްޓި ގަޑިއެއްގައި އަސްލާންގެ ނަންގަނެވުނީއެވެ. އަވަހަށް ނޭންގޭކަމަށް ހެދީމެވެ. ރޫބީ އިތުރަކަށް އެކަމާއި ބެހޭ ގޮތުން އެއްޗެކޭ ނުބުންޏެވެ.
“އެބައޮތް ވަރަށް އުފާވެރި ހަބަރެއް.” ރޫބީ ބުންޏެވެ. ދަތް އުނގުޅާ ބޭހަށް ފަހު މެނޫވެސް އެންމެ ފަހުން ބަދަލުކުރަނީ ކަމަށް އުންމީދުކުރެވި ވަރަށް އުފާވިއެވެ.
“ލުއާގެ ބައްޔަށް ބޭހަކާއި، ތެރެޕީއެއް ހެދޭނެގޮތް މިކޮޅުން ހަމަޖެހިއްޖެ.” ރޫބީގެ ހަބަރުން އަހަންނަށް އިރުކޮޅަކު މަޑުޖެހެވުނެވެ. އަނެއްކާވެސް ބޭކާރު ކައުންސެލިންތަކަކާއި ނިދާ ބޭސްތަކެއް ކަމަށޭ ވާނީ ހިތް ބުންޏެވެ.
“އެއްކޮށް ރަނގަޅުވުމުގެ އުންމީދު ވަރަށް ބޮޑު.” އެންމެ ފުރަތަމަ ބައްދަލުވި ދުވަހުގެ ހިނިތުންވުމަށްފަހު ރޫބީގެ ހިނިތުންވުން އަހަންނަށް ފެނުނީ އަލަށެވެ. އަބަދުމެ އަސަރެއްނެތި ހަރު މިޒާޖެއްގައި ހުންނަ ރޫބީ، ހިތުގެ އަޑިންހެން ހީވާ ހިނިތުންވުމެއް ދައްކައިލުމުން އުންމީދުގެ ހުޅުކޮޅެއް ރޯވެއްޖެއެވެ.
“މަންމަޔާ ބައްޕަ ގެއަށް ނާންނަތާ މިހާރު ތިން ދުވަސް ވެއްޖެ. ކޮންތާކުތަ އެ އުޅެނީ އަޅެފަހެ؟ ޔަގީނޭ ދެ މީހުން އެއްކޮށެއްވެސް ނޫންކަން. ދެން ގެއަށް އާދެވޭ ދުވަހަކުން ދެ މީހުން އެކަކު އަނެކަކަށް އެއްޗެހި ކިޔާނެ، ދުވަަހަކު ގެއަކަށް ނުވަދެއޭ ކިޔާފަ. އަމިއްލަ މީހާވެސް ބޭރުގަ އުޅެއުޅެފަ. ވަރަށް ހެއްވާ ބައެއް.” ކުޑަ ބުޅަލެއްހެން ބިންމަތީ ފުރޮޅެމުން އަސްލާން ކުސްތެޅިއެވެ. އޭނާގެ ކުސްތެޅުންވެސް އަހަރެން އަޑުއަހާހިތްވެއެވެ.
“މި ހިލްމީއެއްގެ ކަންތައް ވަރަށް ބޮޑުވެއްޖެއޭ އިނގޭތަ.” ވައި އަޑުން އަހަރެންވެސް ފެށީމެވެ. “ލަވަކިޔާ ވަރުން ބޮލަށް ތުރާ. ތިމަންނަަކީ ކޮންމެވެސް ތަނެއްގެ ވަރަށް މޮޅު ލަވަކިޔާ މީހެކޯ.” އަހަރެން ބުނީމެވެ.
“އޭނަ ލަވަކިޔާ އަޑު އަހާހިތްވެއްޖެ ތިހެން ބުނީމަ.” އަސްލާން ބުންޏެވެ.
“ރަނގަޅުވާނީ އަޑު ނީވުނީއާ. ހީވަނީ މަރަށް ތެޅޭ ކުކުޅެއް ރޯހެން.” އަހަރެން ބުނީމެވެ.
“ހާލެއްގެ ބަދަލުގަ ކުކުޅެއް ގޮވާއަޑަށް ދޯ ކޮންމެ ދުވަހަކު ހޭލެވެނީ.” އަސްލާން ހެމުން ހެމުން ބުންޏެވެ.
ދެން ދޭ ނިދަން. އަނެއްކާ މަންމަ ނޫނީ ބައްޕަ އަންނައިރު އަސްލާންވެސް ގޭގަ ނެތިއްޔާ މައްސަލަޖައްސަފާނެ.” އަސްލާން އަނގަ ބޮޑުކޮށްލާފައި އާފުރުމުން, އަހަރެން ބުނީމެވެ.
“އާނ، ގެ ތަޅުވެސް ނުލާ ހުންނަނީ. ދަނީ އިނގޭ.” އަސްލާން ބުންޏެވެ.
“އޭތް! އަދި ވަރަށް މުހިއްމު ވާހަކައެއް ބުނަން ހަނދާން ނެތިފައޭ މި އިނީ.”
“ކޮން ވާހަކައެއް؟” އަސްލާން އެއްސެވެ.
“އަހަރެންގެ ބަލި… ފަރުވާކުރެވޭ ގޮތްވެއްޖެއޯ…” އަހަރެން ބޮޑު ހަބަރު ފަޅައިލީމެވެ. ފުންމައިގެން ތެދުވި އަސްލާންގެ މޫނުމަތީ ކުލަވަރު ވަގުތުން ބަދަލުވެއްޖެއެވެ. ހައިރާންކަމަކަށެވެ.
“އެއްކޮށް ރަނގަޅުވެސް ވެދާނެއޯ.” އަސްލާން އިނީ އަދިވެސް ގަބޫލު ކުރަން ދަތިވެފައި ކަހަލަ ގޮތަކަށެވެ. “އަހަންނަށް އެންމެ ފަހުން މިތަނުން ނުކުމެވޭނެއޭ އޭރަށް.” އަހަރެން ވަރަށް އުފާވެފައި ބުނީމެވެ. އަސްލާން އިނީ އަދިވެސް ފާޑެއްގެ ގަބެއްއަރާފައެވެ.
“އަސްލާން އުފަލެއް ނުވޭތަ؟” އަސްލާން އެކަމާއި ބެހޭގޮތުން އެއްޗެއް ނުބުނުމުން ހިސާބަކަށް މާޔޫސްވެފައި އަހަރެން އަހައިލީމެވެ.
“ނޫން. އުފާވޭ.” އަސްލާންގެ ތުންފަތަށް ވެރިކުރުވީ މަސްނޫއީ ހިނިތުންވުމެކެވެ. އެއީ ލިބުނު ހައިރާންކަމުން އުފާވާން ހަނދާންނެތިގެންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ. އެ ހިނިތުންވުމުގެ އަޑީގައި އޭނާ ފޮރުވައިލި ނުތަނަވަސްކަން އަހަރެން އަޅައިނުލައި ދޫކޮށްލީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.





Lovely me first dhw ????
Thnx ya ur first?
Hey jinni❤️❤️❤️ comment nukurevunas mi vaahaka kiyan ingey hama baraabara??????mee vvv reethi vaahaka eiy…. Dhn mi vaahakaige cover pic dhonthi au vv reethi????????so jinni❤️❤️❤️ufaaveri dhuvasthakakau edhen ingey… Dhn dhonthi balaanan dhn oiy parts thakuga comment eiy kolleveythoa ingey dear❤️❤️❤️❤️❤️lots of loves from me???????
Thnx a lot dhonthee lots of luv frm me too
Mi idea is very unique I love it??????
When is next part
Curiously waiting
Thnx drax Nxt prt iraadhakureviyya miadhu kommes irakun ingey
Wow varah reethi
Thnx ibsha
Jinni❤❤❤…mi part vv rythi ingey..dhn in bai vec kiyaafa comment eh kohlaaanan?????????????????????❤❤❤??????lysm