Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 5

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
June 17, 2019 9 Mins Read
8 Comments

“މިގޭގަ… ޝާމިލްއާ… ޝާމިލްއާ ހުދާ އެކީގަ އުޅޭ ތަން ބަލަން ހުންނާކަށް ބޭނުމެއް ނޫން…” ސިއްރުން ކަހަލަ ގޮތަކަށް ނިހާލް އެންމެ ފަހުން ބުންޏެވެ.

“ކީކޭ ތިބުނީ؟ ހުދާއާ ޝާމިލް އެކީ…” ލަތީފްއަށް ކޮންމެވެސް ވަރަކަށް ވިސްނުނެވެ.

“ހުދާ ބޭނުން ވެގެންނެއް ނޫން ޝާމިލްއާ އިންނަނީކީ، އޭނަ މަންމަ މަޖުބޫރު ކޮށްގެން… ދައްތަ ބުނެގެން ޝާމިލްއާ ހުދާގެ ކައިވެނި އެ ކުރުވަނީ… ހުދާ އަހަންނާ ކައިވެނި ކުރަން ބޭނުން ވާހަކަ ބުނީމަ ހުދާ މަންމަ ގަބޫލެއް ނުވި… ހުދާ ގޮތް ދޫނުކުރަން އުޅުނީމަ ބުނީ… އާއިލާ ދޫކޮށްލާފައޭ އަހަންނާ ކައިވެނި ކުރެވޭނީ… އަހަރެން ބޭނުމެއް ނޫން ހުދާ އާއިލާ ދޫކޮށްލާފަ އަހަންނާ އިންނާކަށް… އެހެންވެ އަހަރެން ބުނީ މަންމަ ބުނާ ގޮތަށް ހަދާށޭ، ޝާމިލްއާ އިންނާށޭ… އެކަމަކު އަހަންނަކަށް ނުހުރެވޭނެ މިގެއަކު ދެނެއް…” ވެގެން އުޅޭ ގޮތް ނިހާލް ވީހާވެސް ކުރުކޮށް ކިޔާދިނެވެ.

“ޝާމިލްއަށް އެނގޭތަ؟” ލަތީފް އަހާލިއެވެ.

“އަހަންނާ ހުދާގެ ގުޅުމެއް ނޭނގޭނެ… ނޫނީ ދައްތް ބުނެފިއްޔާ އެނގިދާނެ މިހާރު” ނިހާލް ޖަވާބު ދިނެވެ.

“ދައްތައަށް އެނގޭތަ؟” ލަތީފްއަށް އަހާލެވުނެވެ.

“ކުރިއަކުން ނޭނގޭނެ، އެކަމަކު ހުދާ މަންމަ ކައިރީ އަހަރެންގެ ވާހަކަ ބުނި އިރު ދައްތަ އިން އެގޭގަ، އެ ދުވަހު އެނގޭނެ” ނިހާލް އިސް އުފުލާ ބައްޕައަށް ބަލާލިއެވެ.

“ކީއްވެ ކުރިން ބައްޕަ ކައިރީ ނުބުނީ؟” ލަތީފް ސުވާލު ކޮށްލިއެވެ.

“ބައްޕައަކަށް ނީވޭނެ އަހަރުމެން ދައްކާ ވާހަކައެއް… މަންމަ ކުރި އާދޭހެއްވެސް ބައްޕައަކަށް އަޑެއް ނީވުނެއްނު؟” ނިހާލް ބުނެލިއެވެ.

ލަތީފްގެ މޭގައި މީހަކު ޖަހާލި ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. ނިހާލްގެ މޫނަށް ބަލަން އިދެފައި ލަތީފް އިސް ޖަހާލިއެވެ.

“އެހެން ނޫނަސް ބައްޕައަށް ކޮން ކަމެއް ކޮށްދެވޭނީ؟ ހުދާގެ މަންމަ ބޭނުން ނުވީ އަހަރެންނާ ހުދާ އިންނަން… ދައްތަގެ ދަރިއަކާ ހުދާ އިންނަން ގަބޫލު…” ނިހާލް ބުންޏެވެ.

“ހުދާ ނިހާލްއާ އިންނަން ގަބޫލު ނުވިޔަސް ހުދާ ޝާމިލްއާ އިންނަން މަޖުބޫރެއް ނުކުރެވޭނެއެއްނު؟” ލަތީފް ބުންޏެވެ.

“ނޫން، މިހާރު މި ހިސާބަށް ކަންތައް ގޮއްސަ އޮއްވާ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން… ދައްތަގެ އެއް ދަރިއަކަށް ހުދާގެ ސަބަބުން ރަނގަޅު ގޮތެއް ވެއްޖެއްޔާވެސް ރަނގަޅެއްނު؟ ހުދާވެސް އެއްބަސް އެވީ އޭނަގެ މަންމަގެ އެދުމެއް ވީމަ، ދެން އަޅާނުލިއްޔާ ކަންނޭނގެ އެންމެ ރަނގަޅު ވާނީ… ވަރަށް މަސައްކަތުން ހުދާ އެއްބަސް ކުރުވީ… ބޭނުމެއް ނޫން އެންމެ ފަހު ވަގުތު ހުދާއާ ހުދާގެ މަންމަގެ މެދުގަ މައްސަލައެއް ޖެހޭކަށް… އަދި ބައްޕައާ ދައްތަގެ މެދުގަވެސް ދެބަސްވުމެއް ހިނގާފާނެ ކަމެއް ކުރާކަށްވެސް ބޭނުމެއް ނޫން… ބައްޕަ އެހީމަ މި ބުނީވެސް، ވަރަށް އެދެން މި ކަންތައް ބައްޕައަށް އެނގޭ ކަން ދައްތައަށާ ޝާމިލްއަށް ސިއްރު ކޮށްދިނުން. މިހާރު އަހަރެން ބޭނުން ވަނީ ދާން” ނިހާލް ތެދުވެގެން ކޮޓަރިން ނިކުތެވެ.

ލަތީފް ނިހާލް ހުއްޓުވާކަށް ނޫޅެއެވެ. އެރޭގެ ކައިވެނި ކުރިއަށް ދާނަމަ އެންމެ ރަނގަޅު ގޮތަކީ ނިހާލް ދިޔުމެވެ. އެ ދަރިފުޅުގެ ހިތަށް އިތުރު އަނިޔާއެއް ނުވާނީ އެ ގޮތުންނެވެ.

ދެ އަތުން މޫނު ފޮހެލަމުން ލަތީފްވެސް ކޮޓަރިން ނިކުތެވެ.

ހުދާއާ ޝާމިލްގެ ކައިވެނި ކުރެވުނީ ޝާމިލްއާ ޒުލްފާ ބޭނުން ވި ފަދައިން ވަރަށް ކުލަގަދަ ކޮށެވެ. ޒުލްފާގެ އިތުރުން ޝާމިލްވެސް ބޭނުން ވީ ވަރަށް ކުލަގަދަ ހަފްލާއެއް ބޭއްވުމަށެވެ. އެހެން ކަމުން ޕާޓީގެ ހުރިހާ ކަމެއް ވެސް ރޭވުނީ ވީހާވެސް ފުރިހަމަކޮށެވެ.

ނާޒިޔާގެ އާއިލާއަށް ދައުވަތު ދިނުމުގެ އިތުރުން، ލަތީފް ގުޅާފައިވެސް ޕާޓީގައި ބައިވެރި ވުމަށް އެދިފައި ވާތީ ނާޒިޔާގެ އާއިލާ ޕާޓީއަށް ދިޔައެވެ. ނިހާލް އެގެއިން އައި ސަބަބު ނާޒިޔާއަށް ކިޔައިދިނީ ޕާޓީއަށް ދިއުމަށް ނިހާލް ދެކޮޅު ހެދުމުން އެކަމާ ސުވާލު ކުރަން ފެށުމުންނެވެ. އެކަން އެނގުނު ފަހުން އެ ޕާޓީއަށް ދާ ހިތް ނުވި ނަމަވެސް ލަތީފް އެދިފައި ވުމުން ނުގޮސް ހުންނާކަށް ނާޒިޔާއަކަށް ނުކެރުނެވެ.

ކައިވެންޏަށް ފަހު ޝާމިލްގެ އުޅުން ބަދަލު ވެ، ހަރުދަނާ މީހަކަށް ވާން މަސައްކަތް ކުރާނެ ކަމަށް ހުދާ އުންމީދު ކުރި ނަމަވެސް އެ ދުވަހެއް ހުދާއަކަށް ނުފެނުނެވެ. ކައިވެންޏަށް މަހެއް ވީ ތަނާ ޝާމިލް ވަޒީފާއަކަށް ދާން ފެށި ނަމަވެސް ތިން މަސް ދުވަހު އެ ވަޒީފާގައި ދެމިއެއް ނުހުރެވުނެވެ. ދެން ދިޔައީ ދުވާލު ނިދުމުގައި، އަދި ރޭގަނޑު ހޭލާ، ގެއިން ބޭރުގައި އުޅުނު ހަމަހެއްހާ ދުވަހެވެ. އެއްވެސް ޝަކުވާއެއް ނުކޮށް ހުދާ ކެތް ކުރަމުން ދިޔައެވެ. އެތައް ފަހަރަކު ޝާމިލްއަށް ނަސޭހަތް ދީ، ވިސްނައިދެވޭތޯ ހުދާ މަސައްކަތް ކުރިއެވެ. މަސްތުވާ ތަކެއްޗާއި ދުރުވޭތޯ އެތައް އާދޭހެއް ކުރިއެވެ. ނަމަވެސް ހުދާ ކުރާ އާދޭހަކުން، ދޭ ނަސޭހަތަކުން ޝާމިލްއަކަށް އެއްވެސް އަސަރެއް ނުކުރެއެވެ.

ޝާމިލް ހުދާއަށް ގޯހެއް ނޫނެވެ. އަބަދުވެސް ލޯބިވާ ކަމަށް ބުނެއެވެ. ގޭގައި އުޅޭ ވަގުތެއް ވިއްޔާ ހުދާ ކައިރިން ދުރަށް ނުދެއެވެ. ހުދާ ހިތްހަމަ ނުޖެހިފައި ހުރިހެން ހީވެއްޖެ ނަމަ ރުއްސަން އެކިއެކި ކަންތައް ކުރެއެވެ. ހުދާ ދޭ ނަސޭހަތް އަޑު އަހައެވެ. ނަމަވެސް އެއަށް އަމަލު ކުރާކަށް ނޫޅެއެވެ. ވަޒީފާއަށް ދާނެ ކަމަށް ބުނެއެވެ. އުޅުން އިސްލާހު ކުރާނަމޭ ބުނެއެވެ. ނަމަވެސް އެކަމެއް ޝާމިލްއަކަށް ނުވެއެވެ.

ކައިވެންޏަށް ހަތްމަސް ވީ ތަނާ ހުދާ ބަލިވެ އިނެވެ. ދެންވެސް ޝާމިލްގެ އުޅުމަށް ބަދަލެއް ނާދެއެވެ. ދުވަހެއް ދުވަހަކަށް ހުދާ ދިރިއުޅުން މަތިން ފޫހި ވާން ފެށިއެވެ. ވިހަން ކައިރީ ވީ ވަރަކަށް ހުދާ ވިސްނާލެއް ގިނަވެ އެ ކަމުގެ އަސަރު ފެންނަން ފެށިއެވެ. ކާ ހިތް ނުވެ ބަލި ވާން ފެށިއެވެ. ޒުލްފާ އެކި ގޮތް ގޮތުން ހުދާއަށް ކާން ދީ ހަދަން އުޅެއެވެ. ނަމަވެސް ޒުލްފާގެ ބަހެއް ހުދާ ނާހައެވެ.

މަދު ވެގެން މަހަކު އެއް ފަހަރު ނިހާލް އެ ގެޔަށް އާދެއެވެ. ހުދާ ފެނުމުން ހުދާގެ ހާލު ނިހާލްއަށް ސިއްރެއް ނުވެއެވެ. ނަމަވެސް ނިހާލް އެއްވެސް އެއްޗެއް ނުބުނެއެވެ. ފެންނަ ކަންތައްތައް ނުފެންނަ ކަމަށް ހަދައިގެން އެގޭގައި ގަޑިއެއް ހާއިރު މަޑުކޮށްލާފައި ދަނީއެވެ. ބައެއް ފަހަރު ހުދާއާ ނިހާލް ވާހަކަ ދައްކައެވެ. ނަމަވެސް ދުރުދުރުން ދަންނަ ދެ މީހަކު ވާހަކަ ދައްކާލާ ހެންނެވެ.

ދުވަސް ނުފުރެނީސް އިމަޖެންސީ ސިޒޭރިއަންއެއް ހަދަން ޖެހުނީ ހުދާ ކުއްލިއަކަށް ވަރަށް ބަލި ވުމުންނެވެ. ލޭ މަދު ވަފައި ވާތީ ލޭ އަޅަން ޖެހުމުން ހުދާއަށް ލޭ ހަދިޔާ ކުރީ ނިހާލްއެވެ.

ހުދާއާ ޝާމިލްއަށް ލިބުނީ އަންހެން ކުއްޖެކެވެ. އަޒްކާ ލިބުނު ފަހުންވެސް ޝާމިލްގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. ކުރިއަށް ވުރެން ވީ ގޯހެވެ. ހުދާއަށް ކަންކަމުގައި ރުޅި އިސް ކުރެވެން ފެށީ އަޒްކާގެ ކަންތައްތަކަށް ބޭނުންވާ ފައިސާ ހޯދަން ޝާމިލް މަންމަ ކައިރީ ބުނާތީއެވެ. ވިހެއުމަށް ވަހު ހުދާ ވަޒީފާ ދޫކޮށްލީ އަޒްކާ ކައިރީގައި ހުންނަން ބޭނުން ވެގެންނެވެ. ޒުލްފާއާ ލަތީފްވެސް އެގޮތަށް އެދުމުންނެވެ.

އަޒްކާ ވިހޭ ފަހުން ހުދާއާ ޝާމިލްގެ މެދުގައި ޒުވާބު ކުރެވެން ފެށުނެވެ. ކޮންމެ ދުވަހެއް ފެށެނީވެސް، އަދި ނިމެނީވެސް ޒުވާބަކުންނެވެ. ޝާމިލްގެ އުޅުމާ މެދު ހިތް ހަމަ ނުޖެހި ހުދާ އެއްޗެހި ބުނަން ފެށި ފަހުން ހުދާއާ މެދު ޝާމިލް ކަންތައް ކުރަމުން އައި ގޮތް ބަދަލު ވިއެވެ. ގިނަ ދުވަހެއް ނުވެ ޝާމިލް ހުދާއަށް އަނިޔާ ކުރަން ފެށިއެވެ.

ޝާމިލް ފުރަތަމަ ފަހަރަށް ހުދާ ގައިގައި ޖެހި ދުވަހު ހުދާ ގެޔަށް ގޮސް ހުރިހާ އެއްޗެއް ސާޖިދާއަށް ކިޔައިދިނެވެ. މަންމަގެ ފަރާތުން އެހީއާ އެއްބާރުލުން ލިބޭނެ ކަމަށެވެ. ނަމަވެސް ސާޖިދާގެ ވާހަކަ ހުރީ ހުދާ ހީކުރި ގޮތަކަށް ނޫނެވެ.

“ޝާމިލް ވަޒީފާއަކަށް ނުގޮސްގެން ހުދާ ކޮން ޝަކުވާއެއްތަ ކުރަންވީ؟ އޭނަ ވަޒީފާއަށް ނުދިޔަކަސް ހުދާއަށާ އަޒްކާއަށް އެއްވެސް ކަމެއް ނުވެފަ ތިބެން ޖެހޭތަ؟ ޒުލްފާ އެ ހުންނަނީ ކޮންމެ ކަމެއްވެސް އުފަލުން ކޮށްދޭން، ލަތީފްވެސް އަޒްކާއަށް ބޭނުން ވާނެހެން ހީވާ ކަމެއް ވިއްޔާ ކޮށްދޭ، ހުދާގެ އެކައުންޓަށް ޒުލްފާ ކޮންމެ މަހަކުވެސް ލާރި ޖަމާކޮށްދޭ… އަހަރެން އެބަ ކޮށްދެން. ދެން ކީއްކުރަން ހުދާ ޝާމިލްއާ ޒުވާބު ކުރަންވީ؟ ތިހެން ކަމަކާ ނުލާ ޝަކުވާކޮށް ޒުވާބު ކުރަން އުޅެންޏާ އޭނަވެސް ރުޅި އަންނާނެއެއްނު؟ ހިސާބަށް ވުރެ ގަދައަށް ރުޅި އެރުވީމަ އޭނައަށް އެ އަނިޔާ ކުރެވުނީ، ދެންވެސް ހުދާ ވިސްނަން ވެއްޖެއެއްނު؟ ކުރިއަކުން އޭނަ ނުކުރެއެއްނު އަނިޔާއެއް؟ ހުދާ ދެން މާ ކަންތައް ބޮޑު ކުރަނީ ވިއްޔަ…” ސާޖިދާ ދެއްކި ވާހަކަ އަޑު އަހަން ހުދާއަށް އިނދެވުނީ ޔަގީން ނުކުރެވިފައެވެ.

އެދުވަހުގެ ފަހުން އެއްވެސް ޝަކުވާ އަކައިގެން ސާޖިދާ ކައިރިއަކަށް ހުދާ ނުދެއެވެ. އަޒްކާ ގޮވައިގެން ގެޔަށް ދިޔުންވެސް މުޅިން ހުއްޓާލިއެވެ. ހުދާ ޝާމިލްއާ ކައިވެނި ކުރި ފަހުން ނަދާއާ ރިދާ މަދުމަދުން ހުދާ ކައިރިއަށް ދެއެވެ. އަޒްކާ ވިހައިގެން އުޅުނު އިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ދެ ކުދިން އަޒްކާ ކައިރިއަށް ދެއެވެ.

އަޒްކާގެ އުމުރުން ދޮޅު އަހަރުގައި ހުދާ ދެވަނަ ފަހަރަށް ބަލިވެ އިނެވެ. އެ ކައިވެންޏަށް އިތުރު ކުއްޖަކު ހޯދަން ބޭނުން ނުވި ނަމަވެސް ހުދާ ހިތް ހަމަ ޖައްސާލީ ދެވަނަ ދަރިއަކު ލިބެން އުޅޭ ކަން އެނގުމުން ފަހަރެއްގައި ޝާމިލްއަށް ބަދަލެއް އައިސްދާނެއޭ ހިތަށް އަރުވާލަމުންނެވެ. ނަމަވެސް އެހެންނެއް ނުވިއެވެ. ކަންތައް ވީ ހައްތަހާ ގޯހެވެ. ޒުވާބު ކުރުން ވީ ގިނައެވެ. އަނިޔާ ކުރުން ވީ އިތުރެވެ.

ޝާމިލް ހުދާއަށް އަނިޔާ ކުރާ ކަން ފުރަތަމަ އެނގުނީ ލަތީފްއަށެވެ. ޝާމިލްއަށް ވިސްނައިދިނުމަށް ލަތީފް ބުނީ ޒުލްފާ ކައިރީގައެވެ. ޒުލްފާ ޝާމިލް ގާތު އެ ވާހަކަ ދެއްކުމުންވެސް ޝާމިލް ރުޅި އައީ ހުދާ ދެކެއެވެ. އެހެން މީހުން ކައިރީ ދެމަފިރިންގެ ވާހަކަ ދައްކަނީއޭ ބުނެ ހުދާ ކުށްވެރިކޮށް އެއްޗެހި ކިއެވެ. އެންމެ ފަހުން އައި ރުޅީގައި ޝާމިލް ހުދާ ގައިގައި ޖެހުމާއެކު ވެއްޓުނު ގޮތުން ބަނޑަށް ހަ މަހުގައި ހުދާގެ ދަރިފުޅު އުފަން ނުވަނީސް ދުނިޔެއާ ވަކިވީއެވެ.

އެ ދުވަހުގެ ފަހުން، އެއްވެސް ހާލެއްގައި ހުދާއަށް އަނިޔާ ކޮށްގެން ނުވާނެ ކަމަށް ޝާމިލްއަށް ލަތީފް އެންގިއެވެ. ފުރަތަމަ ފަހަރަށް ޒުލްފާއާ ލަތީފްގެ މެދުގައި ހޫނު ޒުވާބެއް ހިނގީ އެ ދުވަހުއެވެ. ޒުލްފާ ޝާމިލްގެ ދިފާއުގައި ވާހަކަ ދެއްކުމުން، ޒުލްފާގެ ދެ ކުދިންގެ އުޅުމުގެ ވާހަކައިން ފެށިގެން ގޮސް އެ ދެ ދަރިންވެސް ހަލާކުވެ މަގު ގެއްލިފައި ވަނީވެސް ޒުލްފާގެ ސަބަބުން ކަމުގައި ލަތީފް ބުންޏެވެ. އަދި ލަތީފްއާ ލަތީފްގެ ދެ ދަރިން ދުރުވީ ވެސް ހަމަ ޒުލްފާއާ ހެދި ކަމުގައިވެސް ބުންޏެވެ. އަމިއްލަ ދެ ދަރިންނަށް ނުބަލާ ވަރަށް ޒުލްފާގެ ކުދިންނަށް ލަތީފް ބެލިން ކަމުގައި ބުނެ، ޒުލްފާގެ ސަބަބުން ނިހާލްގެ ހިތް ހަލާކު ވެފައިވާ ވާހަކަވެސް ލަތީފް ބުނެލިއެވެ. ލަތީފް ކީ އެއްވެސް އެއްޗެއްގެ ޖަވާބެއް އެ ދުވަހު ޒުލްފާއަކަށް ނުދެވުނެވެ. އަމިއްލަ ކުށް އިހުސާސް ވެ ލަތީފްގެ ކުދިންނާ މެދު ކަންތައް ކުރެވުނު ގޮތާމެދު ޒުލްފާ ދެރަ ވިއެވެ.

ހޮސްޕިޓަލުގައި އޮވެ ސާޖިދާ ގާތު ރޮއެފައި ހުދާ އާދޭސް ކުރީ އެ ކައިވެނިން ހުދާ ސަލާމަތް ކޮށްދިނުން އެދިއެވެ. ނަމަވެސް އެ ދުވަހުވެސް ސާޖިދާ ވާހަކަ ދެއްކީ ހުދާއާ ދެކޮޅަށެވެ.

ކޮންމެ ހާލެއްގައި އުޅެން ޖެހުނު ނަމަވެސް މަންމަގެ އެހީއަށް ދެން ދުވަހަކުވެސް ނޭދޭނަން ކަމަށް އަމިއްލަ ނަފްސަށް ހުދާ ވަޢުދު ވީ އެ ދުވަހުއެވެ.

ދެމަފިރިންގެ މެދުގައި ހިނގާ އެއްވެސް ކަމެއް ނިހާލްއަށް ނާންގާ ވޭތޯ ހުދާ އަބަދުވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެ ހާދިސާ ދިމާ ވުމުން ނިހާލް ހުދާއަށް ގޮވާލަން ހޮސްޕިޓަލަށް ދިޔަ ދުވަހު ހުރިހާ ވާހަކައެއް ހުދާ ނިހާލްއަށް ކިޔާދިނެވެ. އަޒްކާ ލިބުނު ފަހުން، ހުދާއާ ޝާމިލްގެ މެދުގައި މައްސަލަ ޖެހޭކަން ނިހާލްއަށް ސިއްރު ވެފައެއް ނެތެވެ. އަޒްކާ ވިހޭ ފަހުން ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް އެ ގެޔަށް ދާ ނިހާލްއަށް ފެންނަ މަންޒަރުތަކުން އެކަން ނިހާލްއަށް ވަނީ އެނގިފައެވެ. އެފަދަ ދުވަސްތައް އެކުގައިހެން ނިހާލް ހޭދަ ކުރަނީ އަޒްކާއާ އެކީގައެވެ. ހުދާއާ މެދު ޝާމިލް ކަންތައް ކުރަމުން އަންނަ ގޮތް ނިހާލްއަށް އެނގުނީ އެ ދުވަހު ހުދާ ހުރިހާ އެއްޗެއް ކިޔާދިނުމުންނެވެ.

ޝާމިލްގެ ފަރާތުން ހުދާއަށް ލިބެމުންދާ ހިތްދަތިކަމާ އަނިޔާ އެނގުމުން ނިހާލްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭރު ޝާމިލްއާ ކައިވެނި ކުރުމަށް ހުދާއަށް ބާރު އެޅި އިރު ހުދާ ވޭތު ކުރާނީ އެފަދަ ދިރިއުޅުމެއް ކަމަކަށް ނިހާލް ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. އެތައް ދުވަހެއް ވަންދެން، ހުދާގެ ފަރާތުން ނޫނެކޭ ބުނެ ޖަވާބު ލިބުމަށް ފަހުގައިވެސް ހުދާގެ ލޯތްބަށް އެދި އާދޭސް ކުރަމުން ދުވި ޝާމިލްއާ އެކު ލޯބިން ނޫން ނަމަވެސް ހުދާ އުޅޭނީ ހަމަ ޖެހޭ ދިރިއުޅުމެއް ކަމަށް ނިހާލްއަށް އުންމީދު ކުރެވުނެވެ. ުދާގެ ލޯތްބަށް އެދި އާދޭސް ކުރަމުން ދުވި ޝާމިލްއާ އ

“އަހަރެން ބުނީމެއްނު އަހަރެން އަބަދުވެސް ހުދާއަށް އިންތިޒާރު ކުރާނަމޭ… އަދިވެސް އެހެން މިހިރީ… ހުދާ ކޮންމެ ގޮތަކަށް އަހަރެން ކައިރިއަށް އަޔަސް އަހަރެން ހުދާ ގަބޫލު ކުރާނަން… ހުދާގެ އުފަލަށް ވުރެ އެހެން ކަމެއް އަހަންނަށް މުހިންމެއް ނޫން…” ނިހާލް ބުނެލިއެވެ.

“އަހަރެންގެ އުފާ ނިހާލްއަށް ތިހާ މުހިންމު ވީ ނަމަ އެ ދުވަހު އަހަރެން ކައިރީ ޝާމިލްއާ އިންނާށެކޭ ނިހާލް ނުބުނާނެ… ނިހާލްއާ ހެދި ނޫން ނަމަ އަހަރެން މި ދިރިއުޅުން އުޅޭކަށް ނުޖެހުނީސް…” ހިތަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހުދާއަށް ހުރިހާ ކަމެއް އެޅުވުނީ ނިހާލްގެ ބޮލުގައެވެ.

“ގަބޫލު ކުރަން ތި ކަން… އެކަމަކު އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން ހުދާ އުޅެން ޖެހޭނީ މިހެން ކަމަކަށް… މީ އަހަރެންގެ ކުށް… އައިމް ސޮރީ…” ނިހާލް މާފަށް އެދުނީ ހުދާއަށް ލިބުނު ކޮންމެ އަނިޔާއަކީ ނުސީދާ ގޮތުން ނަމަވެސް ނިހާލްގެ ސަބަބުން ލިބުނު އަނިޔާ ކަމަށް ގަބޫލު ކޮށްގެންނެވެ.

“ބޭނުމެއް ނޫން މާފު ކުރާކަށް… މަންމައަށް ވުރެ ބޮޑަށް އަހަންނަށް މަޖުބޫރު ކުރީ ނިހާލް… ނުކުރާނަން މާފެއް…” ހުދާ ނިހާލްއާ ދުރަށް މޫނު އަނބުރާލީ ނިހާލްގެ މޫނުވެސް ދެކެން ބޭނުމެއް ނޫނޭ ބުނާ ފަދައިންނެވެ.

ހުދާ ޝާމިލްއާ އެކު ގެޔަށް ދިޔައެވެ. ނަމަވެސް ދެން ޝާމިލްގެ ދަރިއަކަށް ބަލިވެ އިންނަން ބޭނުން ނުވާތީ، އޮފީހުގައި އުޅުނު އިރުގެ ރައްޓެއްސެއްގެ އެހީގައި، ޝާމިލްއަށް ސިއްރުން އެކަމަށް ހައްލު ހޯދިއެވެ.

އޭގެ ފަހުންވެސް ކުރިއެކޭ އެއްގޮތަށް ނިހާލް އަޒްކާ ގާތަށް އާދެއެވެ. މުޅި ދުވާލު އެކީ ގޭގައި ހޭދަ ކުރާ ޝާމިލްއާއެކު އަޒްކާ އުޅޭ ވަގުތަށް ވުރެ، ހަފްތާއަކު އެންމެ ދުވަހެއްގެ ދެތިން ގަޑިއިރު އެ ގޭގައި ހޭދަ ކުރާ ނިހާލްއާ އެކު އަޒްކާ ހޭދަ ކުރާ ވަގުތު ގިނަވާނެއެވެ. ޝާމިލްއަކީ އަޒްކާގެ ބައްޕަ ނަމަވެސް އަޒްކާއާ މެދު ބައްޕައެއް ފަދައިން އަމަލު ކުރަނީ ނިހާލްއެވެ. އެ މަންޒަރު ފެނުމުން ނިހާލްއާ އަޒްކާ ދުރުކުރަން ހިތަށް އެރި ނަމަވެސް ހުދާ އެހެން ނުހަދަނީ އަޒްކާއަށް ޓަކައެވެ. ޝާމިލްގެ ފަރާތުން ނުލިބޭ ލޯބި އަޒްކާއަށް ނިހާލްގެ ފަރާތުން ލިބޭތީއެވެ.

ނިހާލް ދެކެ އަދިވެސް ލޯބި ވީ ނަމަވެސް އެ ހިތްދަތި ދިރިއުޅުން ހުދާއަށް އުޅެން ޖެއްސީ ނިހާލް ކަމުގައި ވާތީ ހުދާ ނިހާލްއަށް މާފެއް ނުކުރެއެވެ. އެ ދުވަހުގެ ފަހުން ނިހާލް ހުދާ ކައިރިން މާފަކަށް ނުވެސް އެދެއެވެ. އެފަދަ ވާހަކައެއް ހުދާއަކާ ނުދައްކައެވެ.

ހުދާ ޝާމިލްއާ އެކު އެ ގޮތުގައި އުޅެމުން ދިޔައީ އެއްވެސް ޝަކުވާއެއް ނުކޮށެވެ. ލަތީފްގެ އިންޒާރަށް ފަހު ޝާމިލް ހުދާއަށް އަނިޔާއެއް ނުކުރެއެވެ. ދެ މީހުންގެ މެދުގައި މާ ގިނަ ވާހަކައެއް ނުދެކެވެއެވެ. ޒުވާބު ކުރަން ނުޖެހެނީ ޝާމިލް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ހުދާ އެއްވެސް އެއްޗެއް ނުބުނާތީއެވެ.

ހުދާ އަދި އަޒްކާގެ އެއްވެސް ހަރަދެއް ޝާމިލް ނުކުރެއެވެ. އެކަންތައް ކޮށްދެނީ ޒުލްފާއެވެ. ވީ ގޮތެއް ނޭނގުނު ނަމަވެސް ދަރިފުޅު ނިޔާވި ދުވަހުން ފެށިގެން ޒުލްފާގެ މިޒާޖު ވަރަށް ބޮޑަށް ބަދަލު ވެފައި ވާކަން ހުދާއަށް ފާހަގަ ކުރެވުނެވެ. ކުރިން ޝާމިލްއާ ހުދާގެ މެދުގައި ޖެހޭ މައްސަލަތަކުގައި ޒުލްފާ ހުންނަނީ ޝާމިލްއާ އެއްކޮޅަށެވެ. ނަމަވެސް ފަހުން ޝާމިލް ހުދާއާ މެދު ގޯސްކޮށް ކަންތައް ކުރާކަން ފާހަގަ ވާ ކޮންމެ ފަހަރަކު ޒުލްފާ ޝާމިލްއަށް އެއްޗެހި ކިޔައެވެ. ހުދާއާ އެއްކޮޅަށް ވާހަކަ ދައްކައެވެ.

ކައިވެންޏަށް ހަތަރު އަހަރު ވީ އިރު އެ ދިރިއުޅުމަށް ތަބާ ވެގެން އުޅެމުން ދިޔަ ހުދާއަށް އިތުރަށް ކެތް ނުވީ، ޝާމިލް މަސްތުގެ ދުނިޔޭގައި ހުރެ ހުދާއަށް ދުވަހަކުވެސް މާފު ނުކުރެވޭނެ ފަދަ ކަމެއް ކުރުމުންނެވެ.

އަޒްކާ ވިހޭ ފަހުން ނަދާއާ ރިދާ ކުރިއަށް ވުރެ ގިނައިން އެ ގެއަށް އައިސް އުޅެއެވެ. ނަދާއަކީ ގެއިން ބޭރަށް ނިކުންނަ ހިތް ނުވާ ކުއްޖަކަށް ވާތީ ނަދާ އަންނަނީ ރިދާއަށް ވުރެވެސް މަދުންނެވެ.

އެ ދުވަހު ނަދާ އެ ގެޔަށް ދިޔައީ، ހުދާ ކޮންމެހެންވެސް ގަންނަން ޖެހޭ އެއްޗެއް ގަންނަން ދާން ޖެހިގެން، ޝާމިލް ރަށުގައި ނެތުމާއެކު ޒުލްފާއާ ލަތީފްވެސް ގޭގައި ނެތުމުން ހުދާ ގުޅާފައި ބުނުމުން އަޒްކާ ގާތު މަޑުކޮށްލާށެވެ. ރިދާއާ ދެ ކުދިން އައި ނަމަވެސް ރިދާ ދިޔައީ ހުދާއާ އެކުއެވެ. ފަހެއްވެސް ޖެހި ފަހުން ރިދާ ގޮވައިގެން ހުދާ ނިކުތީ އިރު އޮއްސެން ވާ އިރަށް އާދެވޭތޯ ބަލާނެ ކަމަށް ބުނެފައެވެ. ނަމަވެސް ހައެއް ޖަހަން އުޅެނިކޮށް ހުދާ ގުޅާފައި އޮފީސް ކުދިންތަކަކާ ދިމާ ވެގެން ތަންކޮޅެއް ލަސްވެދާނެ ކަމަށް ނަދާ ގާތު ބުންޏެވެ.

ޓީވީ ބަލަން އިންދާ އަޒްކާއަށް ނިދުމުން އަޒްކާ ކުޑަ އެނދަށް ލާފައި ނަދާ އެނދުގައި އިށީނީ ޓީވީ އިން ކައްކާ ޕްރޮގްރާމްއަކަށް ލައިގެންނެވެ. ނަމަވެސް ގިނަ އިރެއް ނުވެ ނަދާ އާފުރެން ފެށީ ކުރީރޭ ވާހަކަ ކިޔަން މާލަސް ވަންދެން ހޭލާ އޮތުމުންނެވެ. އެނދުގައި ދިގަށް ނަދާ އޮށޯވެލީ ނިދާކަށް ނޫނެވެ. ނަމަވެސް އެހެން އޮއްވާ ނަދާއަށް ނިދުނީއެވެ.

ދެ ދުވަސް ކުރިން ރިސޯޓަކަށް ދިޔަ ޝާމިލް އައިސް ގެޔަށް ވަން އިރު، އިރު އޮއްސި އަނދިރި ވާން ފަށައިފިއެވެ. އޭރު ޝާމިލް ހުރީ ހަމައަކު ނޫނެވެ.

އަނދިރި ވެފައިވާ ކޮޓަރިއަށް ވަދެފައި އިރުކޮޅަކު ދޮރުމަތީ ހުއްޓި ހުރެ ޝާމިލް އެނދާ ދިމާއަށް ބަލާލިއެވެ. އެތެރެއަށް ވަދެފައި ކުޑަ އެނދު ބަލާލި އިރު އަޒްކާ ނިދާފައި އޮތުމުން ހީލާފައި އެނދާ ދިމާއަށް ދާން ފެށީ ލައިގެން ހުރި ޓީޝާރޓް ބާލާފައި ޖީންސްގެ ގޮށްތައް ނައްޓަމުންނެވެ.

ނަދާއަށް ހޭލެވުނީ ފުރަގަހުން މީހަކު ނަދާ ގައިގައި ބައްދާލުމުންނެވެ. ދުރަށް ޖެހިލަން ވާ އިރަށް އެމީހަކު ނަދާ ގައިގައި ހިފާ އަނބުރާލުމާއެކު ނަދާގެ ގައިމައްޗަށް އެރިއެވެ.

“ޝާމިލް…!” ކޮޓަރީގައި ހުރި ފަނޑު އަލީގައި ޝާމިލްގެ މޫނު ފެނުމުން ނަދާއަށް ބުނެވުނެވެ. އެއާއެކު ޝާމިލްގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލަން ނަދާ އުޅުނެވެ. ނަމަވެސް އެއަށް ވުރެން އަވަހަށް ނަދާގެ ދެ އަތުގައި ހިފާ މައްޗަށް ނަގަމުން ޝާމިލް ނަދާގެ ތުންފަތުގައި ބޮސްދިނެވެ.

ބިރުން ގޮސް ހަދާނެ ގޮތެއް ނޭނގިފައި އޮތް ނަދާ ޝާމިލްގެ ތުންފަތުގައި ދަތް އެޅިއެވެ.

“ކިހިނެއްތަ ތި އުޅެނީ؟” ފާޑަކަށް ހިނި އައިސްފައި ޝާމިލް އަހާލިއެވެ. އަދި އެއް އަތުން ނަދާގެ ދެއަތް ހިފަހައްޓާފައި އަނެއް އަތުން ތުންފަތުގައި ހުރި ލޭ ފޮހެލިއެވެ.

“ދުރަށް ދޭބަލަ، މަމީ ހުދާއެއް—” ނަދާއަށް ބުނެވުނީ އެވަރަށެވެ. ބިރުން ގޮސް ބާރަށް ރޮއެގަނެވުނީ ނަދާ ލައިގެން ހުރި ގަމީހުގެ ގޮށްފަތީގައި ހިފާ ޝާމިލް ދަމައިގަތް ގޮތަށް ގަމީހުގެ ގޮށްތައް ބުރައިގެން ދިޔުމާއެކު މޭމަތި ހާމަ ވެގެން ދިޔުމުންނެވެ.

“ކީއްވެތަ ތި ރޮނީ؟ ކިތައް ދުވަސް ވެއްޖެތަ މިހާރު…؟” ޝާމިލް ހުރީ މަސްތުގައިކަން ނަދާއަށް ޔަގީން ވުމާއެކު ހައްތަހާ ބޮޑަށް ބިރު ގަތެވެ.

“ދޮންތާ…! ދޮންތާ……!” ނަދާ އަޑުގެ ނެތް ތަނަށް ހަޅޭ ލަވަން ފެށިއެވެ. އެ އަޑަށް އަޒްކާއަށް ހޭލެވިގެން ރޯން ފެށިއެވެ.

ހުދާމެންނާ އަޔާޒްއާ ދިމާވީ ގޭ ދޮރުމަތިންނެވެ. ނަދާމެން ގޭގައި ނެތްކަން އެނގުމުން ދާން ނިކުތް އަޔާޒްއަށް ހުދާ ގޮވާލާފައި ނަދާ ވީ ހުދާމެން ގޭގައި ކަމަށް ބުނެ ގެޔަށް ވަދެލުމަށް ދައުވަތު ދިނުމުން އަޔާޒް ހުދާމެންނާއެކު އައެވެ. ރިދާ ދިޔައީ ގެޔަށެވެ. އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމާއެކު ނަދާ ދޮންތާއޭ ގޮވާ ރޯއަޑާއެކު އަޒްކާގެ ރުއިމުގެ އަޑު އިވުމުން އެކަކު އަނެކަކަށް ބަލާލާފައި އަޔާޒްއަށް ވުރެ ކުރިން ހުދާ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ތަޅު ލާފައި ހުރި ދޮރު، ތަޅުދަނޑިން ހުޅުވާލިއިރު ވެރިވެފައި އޮތް އަނދިރިކަން ނައްތާލުމަށް ހުދާ ފާރުގައި އަތް ޖައްސާ ބޮކި ދިއްލާލިއެވެ. އެއާއެކު ފެނުނު މަންޒަރުން ހުދާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ކޮޓަރި އަލިވުމުންވެސް ޝާމިލްއަކަށް ހަބަރެއް ނުވިއެވެ. ކޮޓަރީގެ ދޮރު ހުޅުވުނު ކަންވެސް ޝާމިލްއަކަށް ނޭނގުނެވެ.

“ދޮންތާ…” އަނެއްކާވެސް ނަދާގެ ރުއިމުގެ އަޑު އިވުމުން ތަންކޮޅެއް ފަހަތުގައި ހުރި އަޔާޒް ކުރިއަށް ޖެހިލާ ކޮޓަރިއަށް ބަލާލިއެވެ. ނަދާގެ ގައިމަތީ، ނަދާގެ މޭމަތީ މޫނުޖައްސައިގެން އޮތް ޝާމިލް ފެނުމުން އަޔާޒްއަށް ބަލާކަށް ނުހުރެވުނެވެ. އެތެރެއަށް ވަދެ ޝާމިލްގެ އަތުގައި ހިފާ ދަމައިގަތް ގޮތަށް ފާރާ ދިމާއަށް ކޮއްޕާލިއެވެ.

ބިރުން ގޮސް ވާހަކަވެސް ނުދެއްކިފައި އޮތް ނަދާ ވެއްޓެމުން ކަހަލަ ގޮތަކަށް އެނދުން ފައިބައިގެން ގޮސް އަޔާޒް ގައިގައި ބައްދައިގަތީ ބާރަށް ރޮމުންނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނާއިންސާފް 15

Next

ލޯތްބެއްގެ ފެށުން 1

Next
June 17, 2019

ލޯތްބެއްގެ ފެށުން 1

Previews
June 16, 2019

ނާއިންސާފް 15

8 Comments!

  1. Mar Sha Marsha says:
    June 17, 2019 at 1:13 pm

    Hi, hope u like this part too, part 6 will be uploaded on Thursday. Thnq ?

  2. jiji says:
    June 17, 2019 at 1:24 pm

    Me first…mi part vec v v rythi ingey…I’mean so curious..hehe…waiting fr the next part…
    ❤❤❤??????♥♥♥????????✌✌??

    1. jiji says:
      June 17, 2019 at 1:25 pm

      **I’m

  3. Ameera says:
    June 17, 2019 at 1:29 pm

    Goahe nun. Hama salhi. Keep it up marsha

  4. liyaa says:
    June 17, 2019 at 1:31 pm

    nice keep it up ☺???

  5. Hau says:
    June 17, 2019 at 3:45 pm

    Dhatha liyaa knme vaahaka eh vess hama varah salhi …. keep it up dhathaa ♥️♥️

  6. Ibsha says:
    June 17, 2019 at 5:40 pm

    ?❤varah varah reethi ?❤

  7. Mar Sha Marsha says:
    June 20, 2019 at 8:00 pm

    Thnq all, part 6 now uploaded, ?

Comments are closed.

Next Episodeކުށަކާ ނުލާ 6←


All Right Reserved!