Skip to content
އެސްފިޔަ

ލޯތްބެއްގެ ފެށުން 3

” ދަރިފުޅާ. ޒައިކް…..” ޒައިކް އަށް ކިހިނެއްވީހޭ އަހާލެވުނީ ދެމީހުންނަށް އެއްފަހަރާ އެހާ ބާރުމިނުގައެވެ. ބައްޕަ ބުނަން އުޅޭއެއްޗެއް ނޭނގިގެން ޝިފާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަނެއްކާ ޒައިކް ކައިވެންޏަށް ނައިސް ފިލީބާއެވެ.

” ރޫބީ އާ ދިމާވެގެން ބުނި، ޒައިކް ހުރީ އެއާޕޯރޓް ގަ ކަމަށް. ބައްޕަމެން މިދަނީ އެއާ ޕޯޓަށް ދާން. ދަރިފުޅު ތައްޔާރުވާން އުޅެންވީނު ޕާޓީއަށް. މިހާރު މެންދުރުވީ، ހަތަރެއް ޖަހަންވާއިރަށް ތައްޔާރުވެ ނިމިގެން ހުންނަން ވާނީ ” ބައްޕަ އަވަސްކަމާއިއެކު ވާހަކަ ދައްކާ ނިއްމާލާފައި ހިނގައްޖެއެވެ.

ނަތާ އަހަރެންގެ ކޮލުގައި ދެފަރާތުން ހިފަހައްޓާލަމުން ހާސްނުވުމަށް ބުންޏެވެ. މޭގައި އަތްއަޅާލީ ހިތުގެ ހިނގުން އަވަސްވެފައި ހުރުމުންނެވެ. ފުން ނޭވާއެއް ލުމަށްފަހު އަލަމާރިކައިރިއަށް ގޮސް ވެޑިން ޑްރެސް ގައި އަތް ހާކާލެވުނެވެ. ހުދު ކުލައިން ޖަރީކުރެވިފައިވާ ހެދުން ވަރަށް ހިތްހަމަޖެހެއެވެ. މިހެދުމުގައި އަހަރެން ހުންނާނެ ގޮތް ސިފަވުމުން ތިރީތުންފަތުގައި ދަތް އަޅާލެވުނީ ލަދުންނެވެ. ދެން ވިސްނުމަށް އައި ކަންތައް ހިތަށް އެރުމުން ކުރަމުން ދިޔަ ހިޔާލްތަކުން ނުކުމެވުނެވެ. ޒައިކް ހުންނާނީ ކިހިނެއްބާއެވެ؟ ވަރަށް ދިގުވާނެބާ. ނޫނީ އިސްކޮޅުން ކުރުނަމަ ހައިހީލްސް އަށް އެރުމުގެ ބޭނުމެއް ނެތެވެ.

” އޭ ދެން މިހާރު ވާވަރަށް ތިހެދުމަށް ބެލިއްޖެ. މިތާހުރެގެން ވާހަކަ ދައްކާތާ ކޮންއިރެއް. އަޑެއް ނީވޭނެ މިހާރު. ޒައިކްއާ ދޭތެރޭ ވިސްނުން ނޫން ކަމެއް ނުކުރޭ، ތިހެން އުޅެނިކޮށް ޒައިކް ދެކެ ލޯބި ވެވިއްޖިއްޔާ ރަނގަޅު ” ނަތާ ހުއްޓުމެއް ނެތި ވާހަކަ ދެއްކިއެވެ. އެއްމެ ފަހުން ބުނި ޖުމްލަ އަޑުއިވުމުން ނަތާ އާ ދިމާއަށް ލޯއަޅާލަމުން ފާހާނާއަށް ވަނީ ތައްޔާރުވުމަށެވެ.

މޭކަޕް ކޮށްދޭ ކުދިން އައިސް މޭކަޕް ކޮށްދޭން ހުރިއިރި އަހަރެން ހުރީ ނަތާއަށް ބަލަހައްޓައިގެނެވެ. ނަތާ ހުރީ ވަރަށް ދެރަވެފައިކަން އިނގުނެވެ. އެހެނަސް އަހަރެން ކިތަންމެ ދުރުގަ އުޅެންޖެހުނަސް ދުވަހަކުވެސް އެންމެ ގާތް އެކުވެރިޔާއާ ގުޅުމެއް ނުކެނޑޭނެއެވެ.

އެއާޕޯޓަށް ދިޔަގޮތަށް ބައްޕަ އެއް ނާދެއެވެ. އެކަމާ ވަރަށް ހާސްވެއެވެ. ޒައިކް ގޮވައިގެން އެމީހުން އައީ މިބަޔަށް ކަމަށްވާނަމަ ނުކުންނަގަޑީ ފެނިދާނެތީ ހިތްއަވަސް ވިއެވެ.

ހުރިހާކަމަކުން ވިސްނުން ދޫކޮށްލުމަށްފަހު، ލޯހުޅުވާލީ މޭކަޕްކޮށް ނިމުނު ވާހަކަ ބުނުމުންނެވެ. ފުރިހަމަ އިސްކޮޅު ފެންނަން ހުރި ލޯގަނޑުން އަމިއްލަ ސޫރަޔަށް ބަލާލީމެވެ. ގަބޫލުނުކުރެވިގެން އަދި އެއްފަހަރު ލޯމަރާލުމަށްފަހު އަލުން ލޯ ހުޅުވާލީ އަދިވެސް މިއުޅެވެމުން ދަނީ ހުވަފެނެއްގެ ތެރޭގައި ކަމަށް ހީކުރެވުމުންނެވެ.

މީގެ ކުރިން ދުވަހަކުވެސް މިހާ ރީއްޗެއް ނުވަމެވެ. މޭކަޕް ކޮށްފަ ހުރިލެއްވެސް މޮޅު ވެފަ ރީތީއެވެ. އެކުދިންނަށް ޝުކުރު އަދާކުރުމުން ނުކުމެގެން ދިޔައިރުވެސް ލޯގަނޑަށް ބަލާލެވުނެވެ. ހުދުކުލައިން ވެޑިން ހުރިއިރު ކުދިކުދި މިނާތަކަކާއެކު، ކުދި ފިނިފެންމާތަކެއް މުޅި ހެދުމުގައި ޑިޒައިން ކުރެވިފައިި ވެއެވެ. އަތްދިގުކޮށް ހުރިހެދުމުގެ ، ކޮނޑުން ފެށިގެން އަތާހަމައަށް ވަނީ ހުދުލޭސް ފޮތިންނެވެ. އަތުގެ ކުރީގައި ފިނިފެންމާ ވެޔޮގަނޑުތަކެއްގެ ޑިޒައިންކުރެވިފައިވީއިރު، ކަރުގައި ވަނީ މަންމަގެ ހަނދާނެއް ކަމުގައިވާ ވަރަށް އަގުހުރި ރޫބީ ފަށެކެވެ. މުޅިފަށް ޑިޒައިން ކޮށްފައިވަނީ ހުދުކުލައިންނެވެ. ގަޔަށް ފިޓްކޮށް ހެދުން ހުރިއިރު، ތިރިއަށް ވަނީ ހިމަވެފައެވެ. ބޮޑު ފަސްބައެއް ނެތުމުން ވަރަށް ފަސޭހައެވެ. މަޑު ރަންކުލައަކަށް ދާ އިސްތަށިގަނޑު ވަރަށް ރީއްޗެވެ. ބޭނުންވާ ގޮތަށް ބޮލުގެ އިސްތަށި ގަނޑު ބޭއްވީ ވަރަށް ސިމްޕަލް ކޮށެވެ. އަރައިގެން ހުރި ހައިހީލްސްގެ އަރިމަތީގައި ހެދުމުގައިވާކަހަލަ ވެޔޮގަނޑެއް ހުއްޓެވެ.

” ވާއު. ޝިފާ އައި ކާންޓް ބިލީވް …އައިކާންޓް ބިލީވް…ވަރަށް ފުރިހަމަ.ޔަގީން ޒައިކް އަށް ފެނިއްޖެއްޔާ މޮޔަވާނެ. ޝިފާއާ ދިމާއަށް ނޫނީ ބަލާވެސް ނުލާނެ ” ޒައިކް އާ ގުޅުވައިގެން ދެއްކި ވާހަކަ އަޑުއިވުމުން ހިތަށް ގޮތެއް ވިއެވެ.

ކޮޓަރިއަށް ބައްޕަ ވަންތަން ފެނުމުން، އެނބުރިލުމަށްފަހު ބައްޕައާ ދިމާއަށް ބަލާލީމެވެ. ހުދުކުލައިގެ ކޯޓުފަޓުލޫނުގައި ބައްޕަ ހުރި އިރު ވަރަށް ރީއްޗެވެ. ބައްޕަގެ ނަޒަރު ހުރީ މިދިމާއަށްކަމުން ހިނގައިގަނެވުނީ ބައްޕަ ކައިރިއަށް ދިއުމަށެވެ.

” ސްވީޓްހާޓް ވަރަށް ރީތި. އަހަރެންގެ ކުޑަދަރިފުޅު ބޮޑުވެ ދިރިއުޅުމަކަށް ފަށަން ތައްޔާރުވާއިރުވެސް، ބައްޕަ މިހުންނީ ކޮންގްރާ ވެސް ނުކިޔާ. ދަރިފުޅުގެ މަންމަ މިދުވަސް ދެކެން ދުނިޔޭގައި ހުރިނަމަ ވަރަށް އުފާވާނެ” ބައްޕަ ގެ ބަސްތަކުން ލޮލުން ކަރުނަ ހިލުނެވެ. މަންމަގެ ހަނދާން އާވީ ހިތްދަތި ކަމާއެކުއެވެ. މިއަދު މަންމަ ހުރިނަމަ އަހަރެންގެ ހުރިހާކަމަކާވެސް އެހީވާންހުރީހެވެ. ކެއްތެރި ވެވުނީ މަންމަ އަށް ހެޔޮރަޙްމަތް ލެއްވުން އެދި ދުއާ ކުރަމުންނެވެ.

” އޯކޭ މިހާރު ފުދިއްޖެ ، ނުވާނެ ރޮއިގެނެއް، މޭކަޕް ހަޑިވެދާނެ. ބޭބެވެސް ވަރަށް ރީތި، އަޅުގަނޑުގެ މައިންބަފައިން ނިޔާވުމުން އެހީތެރިވެދިނީމަ ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގެ. މިހާހިސާބަށް އާދެވިފައި މިހުރީ ބޭބެގެ ސަބަބުން. މިއަދު ޝިފާވެސް އަހަރެމެންނާ ވަކިވާތީ ވަރަށް ދެރަވޭ. އެކަމަކު ކޮންމެ އަންހެން ކުއްޖަކަށްވެސް މިދުވަސް އަންނާނެ. ފިރިމީހާ އާއިއެކު، އާއިލާ ދޫކޮށްލުމަށްފަހު ދާންޖެހޭ ދުވަހަކީ ވަރަށް ދެރަވާނެ ދުވަހެއް” ނަތާގެ ވާހަކަ ތަކުގައިވެސް ވަނީ ހިތާމައެވެ. ޝިފާ އާއި ދިމާއަށް ބަލާލަމުން، އަމިއްލަ ބައެްޕަކަމަށް ދެކިގެން އުޅުނު އިލްހާމް އަށް ޝުކުރުގެ ލޮލަކުން ބަލާލިއެވެ.

ވާހަކައިގަ ތިއްބާ ގަޑި ހިނގައިފިކަން އެނގުނީ ތިންމީހުންގެ މޫނުމަތިންވެސް ހާސްކަން ފެނުމުންނެވެ. ކިޔާފައިވާ ގަޑިޖެހިއްޖެއެވެ. ކާރަށް އެރުމަށްޓަކާ ގޭން ނުކުންނަން ފެށުމުން ޒައިކްމެން ކޮބާތޯ އަހާލެވުނީ ހޯދަންބޭނުންވި ޖަވާބު ގެ ބޭނުމުގައެވެ. އެކަމް ބައްޕަގެ ފަރާތުން ޖަވާބެއް ނައެވެ. ކާރުދުއްވާލުމުން ނަތާ ބަލާލުމަށްފަހު ނިތް އެއްލިއެވެ.

” ޒައިކް މެން ވާނީ މިހާރު ގޮސް. ޒައިކް އެއާޕޯޓުން އައިސް ދިޔައީ އޭނަ ހިފާފަ ހުރި ގެސްޓްހައުސްއަށް ” ބައްޕަގެ ވާހަކަ މާދިގެއް ނުވިއެވެ. ގަޑިއަށް ނުދެވިދާނެތީ ހާސްވެފައި ހުރިވަރު މޫނުމަތިންވެސް ފެނެއެވެ. ޒައިކް ވަކިން ތަނަކަށް ދާނީ ރޮމެންޓިކްކޮށް ފަސްޓްނައިޓް ހޭދަކުރަންކަމަށް ސިއްރުން ނަތާބުނުމުން ނަތާދެކެ ރުޅިއަންނަކަމަށް ހެދެމުން، ލޯހަނިކޮށްލެވުނީ ލަދުވެތިކަން ފޮރުވުމަށެވެ.

ކާރުން ފައިބަމުން މުޅި ތަނަށް ނަޒަރު ހިންގާލެވުނީ ތަންތައްޔާރުކުރި މީހުންގެ މޮޅުކަން ހިތައްއަރަމުންނެވެ. މުޅި ހޯލްތެރެވަނީ ވަނީ ހުދާއި ކަޅުން ރީތިކުރެވިފައެވެ. ޒައިކް މަންމަމެން އަންނަތަންފެނުމުން ނަތާގެ އަތަށް ފިތާލެވުނީ ޒައިކް ފެންނަވަގުތު ޖެހުނީކަމަށް ހިތަށް އަރައިގެނެވެ. އެންމެން އައިސް ތައުރީފްކުރުމުން ޝިފާހުރީ ވަރަށް ލަދުންނެވެ. ލޯ ހިންގާ ލެވުނީ ވަށައިގެންވާ އާއިލާ އާއި ރައްޓެހިންގެ ތެރެއިން ޒައިކް ފެނޭތޯއެވެ. އެއްގޮތަކަށް ޑްރެސް ކޯޑު ލައިގެން ތިބުމުން ޒައިކް އަކީ ކޮބާ ކަމެއް ފާހަގަކުރާކަށް ނޭނގުނެވެ.

ކައިވެނި ކުރާ މޭޒުގައި ޒައިކް ހުރިވާހަކަ ބުނީ ޔަމާންއެވެ. ނޭނގޭ ބާރުމިނެއްގައި ހިތްތެޅެމުން ދިޔައީ އޮބިނޯންނަވަރަށެވެ. ޒައިކްގެ މަންމަ އަހަރެން އަތުގައި ހިފައިގެންގޮސް ހާއްސަކުރެވިފައިވާ ގޮނޑީގައި ބެހެއްޓުމުން އިސްއުފުލާލަން ނުކެރުނެވެ.މޭޒުމަތިން ފެންނަން ހުރީވެސް ރީތި ދޮން ދެއަތެވެ. ޒައިކް ލައިގެން ހުރީ ކަޅުކުލައިގެ ކޯޓެއްކަން އެނގުނީ އަތަށް ބަލާލުމުންނެވެ.

“އަނބި ގަބޫލުކޮށްފިން” ޒައިކްގެ އަޑުން ހުވަފެނަކުން ހޭލެވުނުކަހަލަ އިހުސާސެއް ކުރެވުނެވެ. މިހާރުމީ އެހެންމިހެއްގެ ހައްގެއްކަން ހިތަށް އެރުމުން ނޭވާހިފަހައްޓާލަން ޖެހުނެވެ. އިސްއުފުލާލަން ޖެހުނީ ޒައިކުގެ މަންމަ ކުޑަކުޑަ މަހުމާ ފޮއްޓެއް މޭޒުމަތީ ބެހެއްޓުމުންނެވެ. ހާސްކަމާއެކު މޫނު އަނބުރާލަމުން ޒައިކް އާ ދިމާއަށް ނަޒަރު ހިންގާލީމެވެ. ޒައިކްގެ މޫނު އެއްފަޅިން ފެންނަން ހުރިއިރު ނޭވާލާންވެސް ހަނދާނެއް ނެތެވެ. މަހުމާ ފޮށި މަތި ހުޅުވާލުމުން ހުދު ކުލައިން ދަޅަ އަޅާ ރީތި ދެ އަނގޮޓި އޮތެވެ. މޭތެޅޭ ގޮތްވީ އަހަރެންނަށް ހާއްސަ ކުރެވިފައިވާ އަނގޮޓި ނެގުމަށްފަހު އަހަންނާ ވީ ފަރާތައް ޒައިކް މޫނު އަނބުރާލުމުންނެވެ.

މިހާތަނަށް ފެނުނު އެއްމެ ހޭނޑްސަމް ، މީހަކީ ޒައިކް ކަން ހިތައް އަންގައިދިނެވެ. ބޮލުގެ އިސްތަށި ގަނޑު ރަންކުލައަކުން ހުރިއިރު، ވަރަށް ރީތިގޮތަކަށް ފުނާއަޅާލާފަ ހުރިކަން އެނގުނެވެ. މޫނުގެ ބައްޓަން ފުރިހަމަކަމުން އެސްފިޔަ ޖަހާލަން ނޭނގިފައި ހުރެވުނުކަން ރޭކާލީ އެ ފިނިއަތުން އަހަރެންގެ އަތުގައި ހިފުމުންނެވެ. އަތުގައި ކަރަންޓް އޮއިވަރެއް ދެމުނުކަހަލައެވެ. ދެމީހުންގެ ނަޒަރު ދިމާވުމުން އެހެންދިމާއަކަށް ބަލާލުމަށް ހިތް ދެކޮޅުހަދަމުން ދިޔަކަން އިހުސާސް ވިއެވެ. އުފާވެރިކަމުން މުޅި ނަފްސު ބަނދެވުނީ އަތުގައި އަޅުވާލަދިން ރީތި އަނގޮޓިއަށް ބަލާލަމުންނެވެ. ތުރުތުރު އަޅަމުން ދިޔަ އަތް މަޑުމަޑުން ޒައިކްގެ އަނގޮޓިއާ ހަމައަށް ގެންދަން މަސައްކަތް ކުރީމެވެ. އެހެނަސް ހައިރާންކަން ވެރިވީ ޒައިކް އަހަރެންގެ އަތުހައި ހިފާ ހުއްޓުވުމުންނެވެ. ކަންބޮޑުވުމާއިއެކު ޒައިކްއާ މޫނު ދިމާކޮށްލީމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. Dhonthee

    Alheyyy belle???Haadha molhey dhw readers surprise kuru an….. Dhenme site vaiyy thanun fenijje viyya???Ehennoonas mi part hama vvvv reethi ingey….. Awwwn eyoiy wedding dress eiy????Dhonthi beynun ekahala dress eiy laan… Hehe… Aslu dhonthi mi bunee mi vaahakaige sifakurumuge furihamakamuge vaahaka ingey… Hurihaa manzareiyves vvv reethi oh sifavey ingey??????????❤️Belle…. You are really talented…. I like it… Thigothuga kuriah dhey ingey?❤️?????❤️???????????Love you so much Belle????????????????????❤️❤️????????????❣️❣️??????

    1. Belle
      Dhonthee

      Thanks Dhonthee, dhonthi ah ekahala wedding eh levidhaane ingey, dream will come true one day. luv you so much.

  2. jiji

    Me first dhw..btw mi part vec v v rythi ingey..Ekm mi bai amilla nazaruga iny kyhvebaa..Anyways ok..Waiting fr the next part…Lysm <3 <3 <3

    1. jiji
      jiji

      Oops second

    2. Belle
      jiji

      Thank you jiji, dhen faharakun first kiyaalaathi, love you

    3. jiji
      jiji

      Hehe..first ah kymey..Comment kuran gina iru v??

  3. Afoo

    Vrhh lwbii.. Curious for the next part..

  4. drax

    Haha??? very interesting and love it ?
    Curiously waiting for next part
    Keep up the good work ?

    1. Belle
      drax

      Thanks you drax , just keep reading ok ,

  5. Ibsha

    Varah reethi

    1. Belle
      Ibsha

      Thanks Ibsha,

  6. Pinky

    V salhi v romantic Koh vaahaka kuriah dhany. Unmeedh kuran kuriah annan oi episode miah vure romantic vaane kamah?

    1. Belle
      Pinky

      Thanks Pinky

  7. Shine

    Wow vrh reethi story eh.. maashaa allah…♥️♥️? waiting 4 bext part

  8. Shine

    Next*?

Comments are closed.