ރޭދެބައިވާން ހުރީ ހަމައެންމެ ވިއްސަކަށް މިނެޓެެވެ. ނަމަވެސް ވަގުތާއިމެދު ފަރުވާލެއްނެތި, ރޭގަނޑުގެ އަރާމު ނިދިން އެއްކިބާވެހުރެ, ދާނިޝް ވިސްނަމުންދިޔައީ ރީޝާއާއި ދޭތެރޭގައެވެ. ރީޝާއާއި އިޒްހާރުގެ ގުޅުން ދާނިޝްގެ ހިތަށް އަނިޔާދެމުންް ދިއައީ ބަޔާންކުރަން ދަތި މިންވަރަކަށެވެ. އެ ހިތުގެ ހާލު ރީޝާއަށް އިއްވައިދޭން ދާނިޝްގެ ޒަމީރު އެދި ގޮވަމުންދިއެވެ. އެންމެފަހު ސިކުންތާއި ހަމައަށްވެސް އެ ނިކަމެތި ހިތުގެ ފަސާނާ ރީޝާއަށް އިއްވައިދޭން ބޭނުންވެފައިވާކަން ދާނިޝްގެ ހިނިތުންވުުމެއްނެތް މޫނުމަތިން އިންތިހާއަށް ހާމަވާން ހުއްޓެވެ. ކުރެވުނު ކުށްތަކަށް އަދިވެސް ރީޝާ ގާތުގައި މަޢާފަަށް އެދި އާދޭސްކުރަން ބޭނުންވެފައިވާކަން މާޔޫސްވެފައިވާ އެ މޫނުމަތިން ދޭހަވާން ހުއްޓެވެ.

ހިތަށްކޮށްފައިވާ ހިތި އަސަރުގެ ސަބަބުން ބަރުވެފައިވާ ލޯ މަޑުމަޑުން މަރާލައިފައި ލޮލުގައި ޖަމާވެފައި ހުރި ކަރުނަތަކަށް އޮހިގަންނަން ފުރުސަތެއް ދިނުމަށްފަހު ދާނިޝް ލޯ ހުޅުވާލިިއެވެ. އެގޮތުގައި ކުޑައިރުކޮޅަކު ހިމޭނުން ހުރުމަށްފަހު, އެ މޫނު ތެތްމާލި ކަރުނަތަށް ފުހެލުމަށްފަހު, އަވަސް ފިޔަވަޅު ތަކަކާއިއެކު ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އުއްމީދު ކުޑަވެފައިވާ ދާނިޝްގެ ހިތަށް އޭނާގެ ސިކުނޑި ކުއްލިއަކަށް ސަވާރުވި ކަހަލައެވެ. އެންމެފަހު ފަހަރަށް ނަމަވެސް ރީޝާއާއި ބައްދަލުކުރަން ދާނިޝްގެ ހިތް އެދި ގޮވަންފެށިއެވެ. ހަށީގައި ފުރާނަ ހުރީތީ ރީޝާގެ ލޯބި ދެވަނަ ފަހަރަށް ހާސިލް ކުރެވޭތޯ އަދިވެސް މަސައްކަތް ކުރާނަމޭ އޭނާގެ ހިތް ބުނެލިއެވެ. ކޮންމެފަދަ ޤުރުބާނީއެއް ވެގެންވެސް ރީޝާގެ ފަރާތުން މަޢާފު ލިބޭތޯ އަދިވެސް މަސައްކަތް ކުރާނަމޭ ދާނިޝްގެ ހިތަށްއެރިއެވެ.

އެނދުގައި އޮށޯވެލައިގެންއޮވެ ނިދާލެވޭތޯ ރީޝާ ކުރަމުންއައި މަސައްކަތް ނާކާމިޔާބު ވުމުން އެނދުން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލުމަށްފަހު ބޭރަށް ނަޒަރު ހިންގާލިއެވެ. އާދައިގެ ވަރަކަށް ޖެހެމުންއައި ވައިރޯޅީީގެ އަސަރު އިހްސާސް ކުރެވުނަސް ރީޝާގެ ހިތަކަށް ފިނި ކަމެއް ނުލިބުނެެވެ. އެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. ކައިވެނީީގެ ވަގުތު ކުޑަތަންވަަމުން އައި ވަރަކަށް ހިތަށް ނުތަނަވަސްކަން ވެރިވަމުން އަންނާާތީ ރީޝާ ކަންބޮޑުވާގޮތްވިއެވެ. އެއީ ކީއްވެބާއޭ އޭނާގެ ހިތަށް އަރަމުންދިއެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް ވާން އުޅޭކަހަލަ އިހްސާސެއް ކުރެވޭއިރު އެއީ ކޮންކަމެއްބާއޭ އޭނާގެ ހިތަށް ކިތަންމެ ފަހަރަކު އަރައެވެ. އެކިކަހަލަ ވަސްވާސްތަކުންް ހިތާާއި ސިކުނޑި ފުރިފައިވިިޔަސް އެކަން އެހެންމީހަކަށް އެނގޭކަށް ރީޝާ ބޭނުމެއްނުުވެއެވެ. އެކަމުގެ ކުޑަމިންވަރެެއްވެސް އިޒްހާރުއާާއި ވެސް ހިއްސާކުރަން ރީޝާ ޖެހިލުންވިއެވެ.

ފިކުރުތަކާއި ޚިޔާލުތަކުން ސިކުނޑި ބަރުވެގެންދިއަ ވަގުތު ބޭއިޚުތިޔާރުގައި ރީޝާއަށް އޭނާގެ ބޮލުގައި ހިފަހައްޓާާލެވުނެވެ. ހަމައެވަގުތު މޭޒުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށުމުން އިތުރަށް ރީޝާގެ ބޮލުގައި ރިއްސާލި ކަހަލައެވެ. އިސާހިތަކު މޫނުމަތީީގެ ކުލަވަރު އިތުރަށް ގޯސްވެގެންދިއެވެ. އަޅާނުލާ ހުރެވޭތޯ ރީޝާ މަސައްކަތްކުރި ނަމަވެސް މެދު ނުކެނޑި ފޯނު ރިންގުވަމުން ދާތީ ގުޅަމުން އެދާ މީހަކަށް ޖަވާބު ދިނުމަށް, ނުރުހުމާއިއެކު ގޮސް ފޯނު ނަގައި ކަންފަތުގައި ޖައްސާލުުމަށްފަހު ވާހަކަ ދައްކަންފެށިއެވެ. “އަދިވެސް ނުބުނެވޭ ވާހަކައެއް އޮތީތަ..؟ ނޫނީީ ދާނިޝް ތިގޮތަށް ކަންތައް ތިކުރަނީ މަށަށް ޖެއްސުން ކުރަންތަ؟” ސިކުނޑި ހައިޖާނުވެފައިވީ އެވަގުތު ދާނިޝް ގުޅުމުން ގަސްތަކާއި ނުލައި ރީޝާއަށް ރުޅި އިސްކުރެވުނެވެ. ރީޝާގެ އަޑުގައި ހަރުކަށިކަން އެކުލެވިފައިވުުމުން ދާނިޝްގެ ހިތަށް އަސަރުކުރުވިއެވެ. އެހެނަސް އެކަމަށް ފަރުވާލެއްނެތި ދާނިޝް އޭނާގެ މަޤްޞަދު ހާމަކޮށްލިއެވެ. “ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ރީޝާއާއި ބައްދަލު ކޮށްލަން ބޭނުން…އެންމެ ފަހުފަހަރަށް ނަމަވެސް…” އާދޭހުގެ ރާގަކަށް, ރީޝާއާއި ބައްދަލުކުރަންް ބޭނުންވާކަމަށް ދާނިޝް ބުނެލިއެވެ. “މިހާރު އަހަރެެމެން ދެމީހުން ބައްދަލު ކުރުމުގެ އެއްވެސް މާނައެއްނެތް…އެއްވެސް ބޭނުމެއްނެތް…ތި ޚިޔާލު ދޫކޮށްލާ…!” އެތަކެއް ސަބަބުތަކަކާއިއެކު އެދެމެދުގައި އުފެދިފައިވާ ދުރުމިންް ރީޝާ ދާނިޝްއަށް ހަނދާން ކޮށްދިނެވެ. ބަދަލުވެގެންދިއަ ހާލަތާއިއެކު ހީނަރުވެފައިވާ އެ ގުޅުން ދެން އިތުރަށް އާބާދު ނުވާނެކަމަށްބުނެ ދާނިޝްއާއި ބައްދަލު ކުރެވެން ނެތްކަމަށް ހަރުއަޑުން ރީޝާ ބުނެލިއެވެ. އެހެނަސް އެ އަޑުގައި ދާނިޝްގެ ޢަޒުމް ގުޑުވާލާނެފަދަ ވަރުގަދަ ކަމެއް ނެތްކަހަލައެވެ. “އާދޭސްކޮށްފަ ބުނަން…ހަމައެހެންމެ ފަހަރަކު..ކުޑަ ވަގުތުކޮޅަކަށް…” ރީޝާގެ ފަރާތުން ލިބޭނެ ޖަވާބު ދާނިޝްއަށް ވިސްނިފައިވިއެވެ. އެހާ ފަސޭހައިން ރީޝާ އެއްބަސް ނުވާނެކަން ޔަޤީން ކުރެވޭހާލުގައި ރީޝާއާއި ބައްދަލު ނުވާހާހިނދަކު އާދޭސްކުރުުން ހުއްޓައި ނުލާނަމޭ އޭނާގެ ހިތުގައި އޮތެވެ. ޙަޤީޤަތް އެނގިހުރެވެސް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ބައްދަލު ކޮށްލުމަށް އެދި ރީޝާ ގާތުގައި ދާނިޝް އާދޭސްކުރަން ފެށިއެވެ. ނަމަވެސް ރީޝާގެ ރުހުން އެކަމުގައި ދާނިޝްއަށް ލިބުން ވީ ނާދިރުކަމަކަށެވެ.

އިތުރަށް ދާނިޝްއާއި ވާހަކަ ދެއްކުުމުގެ ބޭނުމެއްނެތޭޭ ރީޝާ އޭނާގެ އަމިއްލަ ނަފްސަށް ބުނެލަމުން ފޯނު ނިއްވާލާފައި މޭޒުމަތީގައި ބާއްވާލިިއެވެ. އެވަގުތު ވިދުވަރެއް ކޮޓަރިތެރެެއަށް ފޭދިގެން ދިއަކަން ރީޝާއަށް ފާހަގަކޮށްލެެވުނެވެ. އެއާއިއެކު އިވިގެންދިޔައީ ދެ ވިލާގަނޑުު ޖެހި އޮހިގަންނަން ތައްޔާރު ވަމުންދާ ވާރޭޭގެ ޚަބަރު ފަަތުރާލިއަޑެވެ. ކުއްލިއަކަށް އިވިގެންދިއަ ވަރުގަދަ ގުގުރީގެ އަޑާއިއެކު ސިއްސައިގެންގޮސް ރީޝާއަށް ބަލާލެވުނީ ހުޅުވާފައިހުރި ކުޑަދޮރާއި ދިމާއަށެވެ. އިސާހިތަކު ވައި ބާރުވެގެންދިއަ ކަމުގެ ހެކިތައް ކުޑަދޮރުން ފެންނާން ހުއްޓެވެ. އެހެންކަމުން އަވަސްއަވަހަށް ގޮސް ބާރުވަޔާއިއެކު ލެކުވެން ފެށި ކުޑަދޮރު ލައްޕާލަަން މަސައްކަތްކޮށްލި ވަގުތު ރީޝާގެ ލޮލުގައި ދާނިޝް އަޅައިގަތެވެ. އެއިރު ދާނިޝްގެ ނަޒަރުވެސް ހުއްޓިފައިހުރީ ރީޝާއަށެެވެ. ހައިރާންވެފައި އިރުކޮޅަކު ދާނިޝްއަށް ބަލަހައްޓައިގެން ރީޝާއަށް ހުރެވުނެެވެ. ދާދި ކުޑައިރުކޮޅެެއް ކުރިންް ރީޝާއަށް ދާނިޝް ގުޅި އިރުވެސް ދާނިޝް އެހުރީ ރީޝާއާއި ބައްދަލުކުރަން އެގޭދޮށަށް އައިސްކަން ރީޝާއަށް ވިސްނުނެވެ.

ލަސްތަކެއްނުވެ ވާރޭގެ ބަރު ތިކިތައް ދާނިޝްގެ މޫނަށް އޮހެންފެށީީ ރީޝާގެ ލޯކުރިމަތީގައެވެ. ހުޅުވިފައިވާ ކުޑަދޮރުގެެ އެހީގައި ރީޝާގެ މޫނުު ތެތްމަމުންދިއަ ވާރޭޭގެ އިހްސާސް ކުރެވުުމާއިއެކު ކުޑަދޮރުު ލައްޕާލުމަށްފަހު ފަރުދާ ދަމާލިއެވެ. މޫނުގައި ހުރި ފެންތިކި ތަކަށް ފަރުވާލެއްނެތި ރީޝާއަށް ވިސްނެންފެށުނީ ދާނިޝްއާއި ދޭތެރޭގައެވެ. ބޯކޮށް ވެހެމުންއައި ވާރޭ ތެރޭގައި އެގޮތަށް ދާނިޝް ހުންނާކަަށް ރީޝާގެ ހިތެެއް ނޭދުނެވެ. އެގޮތުގައި ކިތަންމެ އިރަކު ދާނިޝް ހުރެފާނެއޭ ރީޝާގެ ހިތް ބުނާާކަހަލައެވެ. ނިއްވާލައިފައި މޭޒުމަތީގައި ބާއްވާލި ފޯނު ނަގައި ހުޅުވާލުމަށްފަހު ދާނިޝްއަށް ގުޅޭތޯ ރީޝާ މަސައްކަތް ކޮށްލިއެވެ. ނަމަވެސް އެކަންވީ ބޭކާރު ކަމަކަށެވެ. އެތައް ފަހަރަކު ގުޅުމުންވެސް ދާނިޝްގެ އަޑު ރީޝާގެ ކަންފަތުގައި ޖެހޭގޮތެއް ނުވިއެވެ. އެކަން ނާކާމިޔާބު ވުމުން ނުރުހުމާާއިއެކު އެނދުމައްޗަށް ފޯނު އެއްލާލައިފައި ކުޑަދޮރާއި ދިމާއަށް ބަލާލިއެވެ.

ދެވަނަ ފަހަރަށް ގޮސް ފަރުދާ ކަހާލާާފައި ކުޑަދޮރު ހުޅުވާލުމަށްފަހު ބޭރަށް ރީޝާ ނަޒަރު ހިންގާލިިއެވެ. އެވަގުތު ރީޝާގެ ލޮލުގައި އަޅައިގަތީ އޭނާ ޝައްކުކުރި ކަހަކަ މަންޒަރެކެވެ. ބޯކޮށް ވެހެމުންއައި ވާރޭތެރޭގައި އެއިންފިޔަވަޅު މަތީ ގުޑިވެސް ނުލައި ދާނިޝް ހުއްޓެވެ. ތެމިފޯވެެގެން ތުރުތުރު އަޅަމުންދިއަ ހާލުގައިވެސް ދާނިޝް އޭނާގެ މަޤްޞަދު ހާސިލް ކުރަން ބޭނުންވެފައިވާ މިންވަރު ރީޝާ ދެނެގަތެވެެ. ދާނިޝްގެ ހާލަތާއިމެދު ފިކުރުކުރަން ބޭނުންނުވިއަސް ރީޝާގެ ސިކުނޑި ސުވާލުތަކުން ފުރާލިއެވެ. ދާނިޝްއާއި ބައްދަލު ކުރަންވީބާއޭ ނުވަތަ އެހާލަށް ދާނިޝް ދޫކޮށްލަންވީބާއޭ އޭނާގެ ހިތަށް އަރަމުންދިއެވެ. ހަދަންވީ ގޮތް ރީޝާގެ ވިސްނުމަށް އައުުން ދަތިވެފައިވިއެވެ. ސަބަބުތަކަކާއި އެކުގައި ނަމަވެސް ދެ ޚިޔާލެއްގައި ހުރުން ރީޝާއަށް މަޖުބޫރުވިއެވެ. އެހެނަސް އެއީ އެކަމުގެ ޙައްލު ނޫންކަންް ރީޝާ އަމިއްލައަށް ވިސްނާލިއެވެެ.

ދުނިޔެ ކަޅުކޮށް ގަދަ އަޑުފައްގަނޑާއިއެކު އޮހެމުންއައި ވާރޭގެ ކެރިތައް ދާނިޝްގެ ހަށިގަނޑަަށް ދެމުންދިއަ ހަމަލާތަކަށް ކުއްލިއަކަށް ހުއްޓުމެއްއައެވެ. އެހާލުގައި ދާނިޝްވާތަން ބަލަންހުންނަން ރީޝާގެ ހިތަށް ފަސޭހަކަމަކަށް ނުވުމުން, ކުޑައެއްގެ އެހީ ލިބިގަންނަމުން ގެއިން ނިކުމެ ވާރޭން ރީޝާގެ ހަށިގަނޑު ސަލާމަތް ކޮށްލި އެކުޑައިން ދާނިޝްގެ ހަށިގަނޑު ފޮރުވާލިއެވެ. ވާރޭއިން ތެމިފޯވެ މުޅިހަށިގަނޑު ފިނިވެފައި ވިޔަސް ދާނިޝްގެ ވިރެމުންދިއަަ ހިތަށް ފިނިކަމެއް ލިބިގެންދިއައީ އެވަގުތުގައެވެ. ރީޝާއާއި ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ އެތައް ވާހަކައެއް ބުނަން ދާނިޝް ބޭނުންވިއެވެ. ނަމަވެސް ތުރުތުރު އަޅާހުރި އޭނާގެ ފިނި ހަށިގަނޑު އެކަމަށް ހުރަސްއެޅިއެވެ. ކުޑަ ހިނދުކޮޅަަކު ދާނިޝްއާއި ނަޒަރު ބައްދަލުކޮށްގެން ހުރުމަށްފަހު, ދާނިޝްގެ އަތުގައި ހިފާލަަމުން ގޭތެރެއަށް ވަންނަން ރީޝާ ހިނގައިގަތެވެ.

“އަހަރެން ބުނީމެއްނު ބައްދަލު ކުރެވޭކަށް ނެތޭ…ދެންކީއްވެތަ ދާނިޝް ތިގޮތަށް ކަންތައް ތިކުރަނީ…؟ ދާނިޝްއަށް ކީއްވެތަ ނުވިސްނިގެން ތިއުޅެނީ…؟ ކިތައްފަހަރު ބުނާނީ އަހަރެންގެ ނިންމުމެއް ދެން ބަދަލެއް ނުވާނެއޭ…” ގޭތެރެއަށް ވަދެ ކުރިއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ރީޝާގެ ޝަކުވާތައް ދާނިޝްއަށް އަމާޒުވާން ފެށިއެވެ. ނުރުހިފައިވާ ނަޒަރަކުން ދާނިޝްއަށް ބަލަންހުރެ ޝަކުވާތައް އުފުލިއިރު ރީޝާގެ އަޑުގައި ބަރުކަން ހުއްޓެވެ. ދާނިޝްގެ އެ ޢަމަލު ބަލައިގަންނަން ރީޝާއަށް އުނދަގޫވިއެވެ. “އަހަންނަށް ތިވަރުގެ ބޮޑު ޝަޒާއެއް ނުދީ…އަހަންްނަކަށް ދެން ކެތެއް ނުވާނެ…ރީޝާއާއި ނުލައި އަހަންނަކަށް ދިރިއެއް ނޫޅެވޭނެ…” ރީޝާގެ ލޯތްބާއި އޯޤާތެރިކަމުން މަޙްރޫމުވުމުން ޒަޚަމުވެފައިވާ ހިތުގެ ތެޅިފޮޅުންތައް ކަރުނަޔާއިއެކު ދާނިޝް ހާމަކޮށްލިއެވެ. ރީޝާގެ ލޯތްބަށް އަދިވެސް ދާނިޝްގެ ހިތް އެދެމުންދާވަރު ދާނިޝްގެ އަސަރުން ފުރިގެންވީ ޖުމްލަތަކުން ދޭހަވާން ހުއްޓެވެ. “އާދޭސްކޮށްފަ ބުނަން…އަހަންނަށް ތިހެން ނުހަދާ…އަހަރެންގެެ ހިތަށް އަނިޔާ ނުދީ…!” ބީވެގެންދިއަ ލޯތްބަށް އެދި އާދޭހާއިއެކު ސަލާންޖަހާ ހާލުގައި ދާނިޝް މަޑުމަޑުން ރީޝާގެ މޫނުގައިި ހިފާލިއެވެ. ދާނިޝްގެ ފިނިި ދެއަތުގެ ޝިކާރައަކަށް މޫނު ވެގެންދިއަ ވަގުތު މަޑުމަޑުން ރީޝާއަށް ދާނިޝްގެ އަތުގައި ހިފާލެވުނެވެ. ހަމައެހިނދުކޮޅު ތެރޭގައި ދާނިޝްގެ އަތް ދުރުކޮށްލަންް ރީޝާ ގަސްތުކޮށްލިއެވެެ. ނަމަވެސް ރީޝާގެ ޚިޔާލު ބަދަލުވެގެންދިއެވެ. ތެމިފައިވާ ދާނިޝްގެ މޫނު އިތުރަށް ތެތްމަމުންދިއަަ ކަރުނަތައް ރީޝާގެ ހިތާާއި ސިކުނޑިއަށް ބާރުފޯރުވާލި ކަހަލައެވެ. އެމަންޒަރު ރީޝާގެ ހިތަށް ތަދުކޮޮށްލިއެވެ. ކުޑަ ހިނދުކޮޅަަކަށް ނަމަވެސް މާޒީގެ ހިތި ދުވަސްތައް ރީޝާގެ ހަނދާނުން ކައްސާލައިގެންދިއެވެ. ދާނިޝްގެ ފަރާތުން ލިބުނު ވޭނާއި އުދާސްތައް ހަނދާނުން ފޮހެވިގެން ދިއެވެ. އެ އުދާސްތަކުގެ ސަބަބުން ދާނިޝްއަށްޓަކައި އެ ހިތުގައި އުފެދުނު ނުރުހުމާާއި ރުޅިވެރިކަން ނެތިގެންދިއެވެ. އިތުރަށް ދާނިޝްގެ ހިތުގައި ޖައްސައި ރޮއްވާލަން ރީޝާއަށް އުނދަގޫވިކަހަލައެވެެ. ތެމިފޯވަަމުންްއައި ދާނިޝްގެ ލޮލަށް ބަލަހައްޓައިގެން ހުރިއިރު ރީޝާގެ ލޯވެސްވަނީ ތެމިފައެވެެ. ވަގުތާއި ހާލަތު ބަދަލުވެގެންދިއަ އުސޫލުން ދާނިޝްގެ ހިތްވެސް ބަދަލުވެގެންދިއައީީ މީހަކު ހީވެސް ނުކުރާ މިންވަރަށެެވެ. އެހެނަސް ދުނިޔޭގެ ކަންކަން އަބަދު އެއްގޮތެއްގައި, އެއް އުސޫލެއްގެ މަތިންް ހިނގަމުން ނުދާފަދައިން ނަފުރަތުން ފުރުުނު ދާނިޝްގެ ހިތް ބަދަލުވެފައިވާކަން ރީޝާއަށް ސިއްރުވެފައި ނުވާއިރު, އެވަގުތު ދާނިޝްގެ ލޮލުން ހާމަވާން ހުރީ އޭގެ ކުރިން ދުވަހަކުވެސް އެ ލޮލުން ފެނިފައިނުވާފަދަ އަސަރުތަކެެއްކަން ރީޝާއަށް އިހްސާސް ކުރެވުނެވެ. ދާނިޝްގެ ހިތުގައި އަދިވެސް ރީޝާއަށްޓަކައި އިންތިހާއަށް ލޯބި އުފެދިފައިވާކަން ކަރުނައިން ފުރިގެންވީ ދާނިޝްގެ ދެލޮލުން ރީޝާއަށް ހާމަވާން ހުއްޓެވެ. ކުދިކުދިވެފައިވާ ދާނިޝްގެ ހިތުގެ ވޭނީއަޑަަށް ގަސްތަކާއިނުލައި ރީޝާއަށް އިޖާބަދެވުނެވެ. އިސާހިތަކު ވެރިވެގެންދިއަ ހަމަހިމޭންކަން ދާނިޝްއަށް ރީޝާގެ ފަރާތުން މަޢާފު ލިިބިގެންދިއަކަމުގެ އިހްސާސް ކުރެވުނެވެ. އެހިނދު މަޑުމަޑުން ދާނިޝް އޭނާގެ މޫނު ރީޝާގެ މޫނާއި ކައިރި ކޮށްލިއެވެ. ދާނިޝްގެ އެ ހަރަކާތާއިއެކު ބޭއިޚުތިޔާރުގައި ރީޝާއަށް ލޯމަރާލެވުނެވެ. ދާނިޝްގެ އެ ޢަމަލާއި އެއްވެސް ދެކޮޅުހެދުމެއް ނެތި އެކަމަށް ރީޝާއަށްވެސް މަރުޙަބާ ކިޔާލެެވުނެވެ.

ފާއިތުވީ ދެތިން މިނެޓެެވެ. ކުއްލިއަކަށް ރީޝާގެ ސިކުނޑިއަށް ވެރިވި ޚިޔާލުުތައް, އެ ޖަޒުބާތީ ވަގުތުކޮޅަަށް ނިމުމެއް ގެނުވިއެވެ. ހިތް ބަލިކަށި ވެގެންދިއަ އެވަގުތުކޮޅު ކަންތައް ކުރެވުނީ ރަނގަޅަަށް ނޫންކަން ރީޝާއަށް ވިސްނާލެވުނީ އިޒްހާރު މަތިން ކުއްލިއަކަށް ހަނދާންް ވުމުންނެވެ. އެ ދެމީހުންގެ ކައިވެންޏަށް ވަގުުތު ކުޑަތަންވެފައިވާއިރު އެފަދަބޮޑު ދެރައެއް އިޒްހާރުއަށް ދިިނުމަށް ރީޝާގެ ވިސްނުމުގައި ނެތުމުން, އަވަސްއަވަހަށް ދާނިޝްއާއި ދުރަށް ޖެހިލުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ދުވެފައި ކަހަލަ ގޮތަކަށް ސިޑިންްއަރަމުން ދިއައިރު ދާނިޝްގެ އާދޭހުގެ އަޑު ރީޝާގެ ކަންފަތުގައި ޖެހިގެންދިއެވެެ. ނަމަވެސް އެ އަޑަަށް އިޖާބަދިނުމެއްނެތި ރީޝާ ކޮޓަރިއަށް ވަދެ ތަޅުލީ ދާނިޝްގެ އާދޭހުގެ އަޑު އިވިއިވި ހުރި ހާލުގައެވެ. ބާާކީވެ ނިކަމެތިވެފައިވާ އިންސާނެއް ފަދައިން ދާނިޝްއަށް ޖެހުނީ ވާރޭގެ ބޯކެރިތަކުުގެ ތެރެއިން ސަލާމަތް ނުވެވޭހާލު, ހުސްއަތާއި އެނބުރި ގެއަށް އަންނާށެވެެ.

ޖެހިގެންއައި ދުވަހު ރީޝާއަށް އިރުއިރުކޮޅާއި އެރޭގެ ހަނދާންތައް އުނދަގޫ ކުރަމުންދިއެވެ. ދާނިޝްއާއިއެކު ހޭދަކުރެވުނު އެ ވަގުތުކޮޅުގެ އެއްވެސް މިންވަރެއް އިިތުރު މީހަކަށް އެނގިދާނެތީ ރީޝާ ޖެހިލުންވިއެވެ. ޚާއްސަކޮށް އިޒްހާރުއަށް އެނގިދާނެތީ ވަކިން ކަންބޮޑުވެެ ހާސްވާގޮތްވިއެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއިއެކު އިޒްހާރުއާއިއެކު ދިރިއުޅެން ރީޝާ ނިންމި ނިންމުން ވަޔަށް ބުރައިގެެން ގޮސްފައިވާކަން އަމިއްލައަށް ޤަބޫލުކޮށްލިއެވެ. ދުވަހަކުވެސް އިޒްހާރުއާއި ވަކިނުވާނެކަމަަށް ބުނެެ ރީޝާ ވީ ވަޢުދުތައް ހިތުން ނުފޮހެވޭއިރު ދާނިޝްގެ އެންމެ ބީހުމަކުން ހިތް ކަސިޔާރު ވެގެންދިއައީ ކީއްވެބާއޭ ރީޝާގެ ހިތަށް އަރަމުންދިޔައިރު އެހެންނުވިނަމައޭ އޭނާގެ ހިތަށް އަރަނީ މަދުފަހަރަކު ނޫނެވެ. އެހެނަަސް އެއީ ގަސްތުގައި ކުރެވުނު ކަމެއް ނޫންކަން ހިތަށް އަރުވާލާފައި އެ ކުށުން ބަރީއަވާާން ރީޝާ އަމިއްލައަށް ވަކާލާތުކޮށްލައެވެ. ރީޝާދެކެ އިޒްހާރު އިންތިހާއަށް ލޯބިވާކަން އެނގޭހާލު އިޒްހާރުއަށް ގަސްތުގައި ދެރައެއްދޭން ހިތަށްވެސް ގެންނަން ބޭނުންނުވާކަން މިލާމޯޅިވެެފައިވާ ރީޝާގެ މޫނުމަތިން ވެސް ދޭހަވާން ހުއްޓެވެ. އެހެނަސް…އެވަގުތުވެސް ވަނީ މާޒީީގެ ސަފުހާތަކުން ޖާގަ ހޯދާފައެވެ.

އެންމެން އިންތިޒާރު ކޮށްގެން ތިބި ވަގުތު އައިސް ޖެހުނީ އެސްފިޔައެއް ޖަހާލިހާ އަވަހަށޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ގޭތެރޭގެ ހާލަތު ބަދަލުވެފައިވިއެވެ. ހިނިތުންވުމާއި އުފާވެރިކަމުުގެ ފޮނި މީރުވަސް ފެތުރިފައިވާާއިރު, އެންމެންނަށް ވެސް ގަޑިއަށް ބަލާލެވެނީ މަދުފަހަރަަކު ނޫނެވެ. ކޮންމެ މީހަކުވެސްް އިންތިޒާރު ކުރަމުން ދިއައީ ރީޝާ އަންނާނެ ވަގުތަކަށެވެ. ކައިވެނީގެ ހުރިހާ ތައްޔާރީއެއް ނިމި މޭޒުދޮށުގައިި އެއްވެތިބި މީހުންގެ އިތުރުން ކެތްމަދުވެފައިވާ ހާލުގައި އިޒްހާރުވެސް ރީޝާގެ އިންތިޒާރުގައި އިނެވެ. ރީޝާގެ ސޫރަ ފެންނާނެ އިރަކަށް އިޒްހާރުގެ ހިތް އެދެމުންދާތާ ކިތަންމެހާވެސް އިރެކެވެ.

ދާނެ ވަކި މިސްރާބެއްނެތި އާދައިގެ ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ދިޔައިރު ދާނިޝްގެ ހިތާއި ސިކުނޑި ޝަކުވާތަކުންް ފުރިފައިވިއެވެ. ލޯބީގެ ދާސްތާގައި ކުރިމަތިލާން ޖެހިފައިވާ ހިތްދަތިކަމާއި އެކަނިވެރިކަން ދާނިޝްގެ މޭ ފިއްސަމުންދިއެވެ. އޭގެ ދިލަ ކަރުނައިގެ ސިފައިގައިި ދާނިޝްގެ ލޮލުން ހާމަވާން ހުއްޓެވެ. ގަސްތަކާއި ނުލައި އޮހެމުންދިއަ ކަރުނައާއިއެކު ސައިކަލް ދުއްވަމުން ދިޔައިރު ހިތުގައި އަޅަމުންދިޔަ ވޭނާއިއެކު ދާނިޝްގެ ދުލުން ބޭރުވަމުން ދިޔައީ ރީޝާގެ ނަމެވެ. އަބަދަށްޓަކައި ރީޝާ ދާނިޝްގެ ހަޔާތުން ވަކިވީކަމުގެ އިހްސާސް ފުރަތަމަ ފަހަރަށް ނަމަވެސް ދާނިޝްއަށް ކުރެވުނެވެ. ވޭނާއި އުދާސް އެކުލެވިފައި ވިޔަސް ދާނިޝްގެ ނަފްސު އެ ޙަޤީޤަތާާއިި ކުރިމަތިލިއެވެ. އެހެނަސް އެކަން ބަރުދާސްތު ކުރާާނެ ހިތްވަރެއް އޭނާގެ ހަށިގަނޑުގައި ނުވާފަދައެވެ.

ވަށައިގެންވާ ހަލަބޮލި މާޙައުލުގެ އެއްވެސް ހިލަމެއް ދާނިޝްއަކަށް އިހްސާސެެއް ނުކުރެވެއެވެ. ހިތިކަރުނައިން ފުސްވެފައިވާ ދާނިޝްގެ ލޮލަށް އެ ހަލަބޮލި މާޙައުލުގެ މަންޒަރުތައް ޣައިބުވެފައި ވާކަހަލައެވެ. ބޭއިޚުތިޔާރުގައި ދާނިޝްއަށް އޭނާގެ ސައިކަލުގެ ދުވެލި ބާރުކޮށްލެވުނެވެ. އެއާއިއެކު ކުއްލިއަކަށް އިވިގެންދިޔައީ ދާނިޝްގެ ވޭނީއާހްގެ އަޑެވެ. ވޭނުން ފުރިގެންވީ އެއަޑާއި މަންޒަރު ދުށް މީހުންގެ ހަޅޭކުގެެ އަޑު އެކުވެގެންދިއަަ ވަގުތު ބިރުވެރިކަންް މުޅިތަނުގައި ފެތުރިގެންދިއެވެ. ނޭނގި ހުއްޓައި ސައިކަލުގެ ދުވެލި ބާރުކޮށްލެވުމާއިއެކު ދާނިޝްގެ ކުރިމަތިން ދުއްވައިފައިދިއަ ކާރެއްގައި ޖެހި ވިއްސައިގެންގޮސް ބިންމައްޗަށް ދާނިޝް ވެއްޓުނެވެ. ލަސްތަކެއްނުވެ ލޭގެ ކޯރެއް ބިންމަތީގައި ހެދިގެންދިއެވެ. ދާނިޝްގެ ހަށިގަނޑު ޒަޚަމްވެެ އެ ހަށިގަނޑު ލެއިން ތެމި ފޯވެގެންދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

ހުރިހާކަމެއް ނިމުމުން އިންތިޒާރުގައިތިބި އެންމެންގެ އިންތިޒާރަަށް ނިމުމެއް ގެނެސްދިނުމަށް ރީޝާ އަވަސްވެގަތެވެ. ޝިފްނާއާއި އިނާޔާގެ އެހީގައި ހިތްހަމަޖެހޭ ވަރަށް ރީތިވެވުމުން ކޮޓަރިން ނިކުންނަން ރީޝާ ހިނގައިގަތެވެ. ޝިފްނާއާއި އިނާޔާ ވެސް ރީޝާއާއިއެކު ހިނގައިގަތެވެ. އޭގެ ކުރިން ދެމީހުންވެސް ރީޝާއަށް ތަޢުރީފުކޮށްލިއެވެ. ދެމީހުންނަށް ވެސް ހިނިތުންވުުމާާއިއެކު ރީޝާ ޝުކުރު އަދާކޮޮށްލިއެވެ. ތިންމީހުން އެކީގައި ކޮޓަރިން ނިކުންނަން އުޅުނު ވަގުތު ކުއްލިއަކަށް ޝިފްނާގެ ފޯނު ރިންގުވާން ފެށުމުން ޝިފްނާ މަޑުކޮށްލިއެވެ. ގުޅަމުންދަނީ އަޒީލްކަން އެނގުމުން ލަސްނުކޮށް ފޯނުނަގައި ހަލޯއޭ ބުނެ ވީކީއްހޭ ޝިފްނާ އަހާލިއެވެ. އަޒީލްގެ އަޑު ޝިފްނާގެ ކަންފަތުގައި ޖެހުމާއިއެކު ޝިފްނާއަށް ޝޮކެއްލިބުނުު ކަހަލައެވެ. ނޫނެކޭ ބުނަމުން ޝިފްނާ އަޒީލްގެ ޖުމްލަތައް ހުއްޓުވިއެވެ. އެއަޑު އަހާނެ ހިތްވަރެއް ޝިފްނާގެ ގައިގައި ނެތްފަދައެވެ. ޝިފްނާއަށް ހައިރާންކަން ގެނުވި އެ ފޯނުކޯލަަށް ރީޝާއާާއި އިނާޔާވެސް ސަމާލުވިއެވެ. ކޮޓަރިން ނިކުންނަން އުޅުުނު ވަގުތު އައި އެ ފޯނުކޯލުން ޝިފްނާ ރޮއްވާލި ސަބަބު ނޭނގޭހާލުގައި ހައިރާންވެފައި ދެމީހުންވެސް ޝިފްނާއަށް ނަޒަރު ހުއްޓައިލައިގެން ތިއްބެވެ. މަޑުމަޑުން ފޯނު ކަންފަތާއި ދުރުކޮށްލަަމުން ރީޝާއަށް ޝިފްނާ ބަލާލިއެވެ. ފެންކަޅިވެެފައިވާ ޝިފްނާގެ ލޯޯ ފެނުމުން ރީޝާގެ ހިތުުގެ ތެޅުން ބާރުވެގެންދިއެވެ. ސުވާލުތަކުން ސިކުނޑި ފުރިގެންދިއަަ އެވަގުތު ޝިފްނާ އަނގައިން ނުބުނެ ހުރުމުން ހާސްވާގޮތްވިއެވެ. އެހެނަސް…ތެޅިތެޅިއޮތްް ހިތަކާއިއެކު ވީކީއްހޭ ރީޝާ އަހާލިއެވެ. ޖަވާބުގައި އިވުނީ ޝިފްނާގެ ރުއިމުގެ އަޑެވެ. އެއާއިއެކު ރީޝާގެ ހާސްކަން އިތުރުވެގެންދިއެވެ. ރީޝާގެ އިތުރުން އިނާޔާވެސް ކަންބޮޑުވާގޮތްވިިއެވެ. ވީގޮތް އޮޅުން ފިލުވަން އިނާޔާ ޝިފްނާގެ ކައިރިއަށް ޖެހިލާފައި ސުވާލު ކުރަންފެށިއެވެ. “ކާކު ކީކޭ ބުނީ؟ އަނެއްކާ މީހަކަަށް ކަމެއްވީތަ..؟ އަޒީލްއަށް ކަމެއްވީތަ..؟” ޝިފްނާގެ ކޮނޑުގައި ހިފާލަމުން އިނާޔާ އަހާލިއެވެ. ޝިފްނާގެ ޖަވާބުގައިވީ ދާނިޝްގެ ނަމެވެ. ގިސްލެވެެމުންދިއަ ހާލުގައި ރީޝާއަށް ބަލާލަމުން ދާނިޝްގެ ހާލަތު ޝިފްނާ ބަޔާންކޮށްދިިނެވެ. ޝިފްނާގެ ދުލުން ބޭރުވި ޖުމްލަތައް ރީޝާއަށް ތޫނު ހަތިޔާރެއްގެ ހަމަލާތަކެއް ފަދައެވެ. ލޮލުން އޮހިގަތް ކަރުނަޔާއިއެކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރީޝާގެ ރުއިމުގެ އަޑު މުޅިތަނުގައި ފެތުރިިގެންދިއެވެ. ކިތަންމެ ވަރަކަށް ދެކޮޅުހެދިިއަސް އަދިވެސް ރީޝާ ދާނިޝްދެކެ ލޯބިވާކަން އެ ކުޑަކުޑަ ވަގުތުކޮޅުންވެސް ޝިފްނާއާއި އިނާޔާއަށް ޔަޤީން ކުރެވުނެވެ. ދާނިޝްގެ ފަރާތުން ލިބުނު ނަފުރަތުންވެސް ރީޝާގެ ހިތް ބަދަލުވެފައި ނުވާކަން ހާމަވާން ހުއްޓެވެ. ދާނިޝްގެ ހާލަތު އެނގިގެން ދިއުމާއިއެކު ރީޝާގެ ހިތް ބޭޒާރުވިިއެވެ. އެހިތުގައި ދާނިޝްއަށްޓަކައި ސިއްރުކޮށްފައިވާ ލޯބި އެ ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި ހާމަވެގެންދިއެވެ.

ދާނިޝްގެ ނަން ދުލުގައި ވާހާލުގައިި ކޮޓަރިން ނިކުމެ އަވަސް ފިޔަވަޅު ތަކެއްގައި ސިޑިންފައިބަން އުޅުނު ވަގުތު ފައި އަރިއަޅާލުމާއިއެކު މުށިތައް މައްޗަށް ރީޝާ ވެއްޓިގެން ދިޔައީ ގޭތެރޭގަައި އެއްވެތިބި އެންމެންގެ ލޯކުރިމަތީގައެވެ. ހައިރާންވެފައި ރީޝާއަށް ބަލަން ތިއްބައި ކުއްލިއަކަށް ރީޝާ ސިޑިން ވެއްޓުމުން ރީޝާއާއި ދިމާއަށް އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ދުއްވައިގަތެވެ. އެހިނދު ރީޝާގެ މޫނުމަތި ފަޅައިގެން ގޮސް ލޭތައް އޮހިގަތީ އެ އެންމެންގެ ކުރިމަތީގައެވެ. ރީޝާގެ މަންމަ އާއި ބައްޕަގެ ކުރިމަތީގައެވެ. އިޒްހާރު އާއި އޭނާގެ ޢާއިލާގެ ކުރިމަތީގައެވެ. އުފަލުން ފުރިގެންވީ ހުރިހާ މޫނުތަކެއް މިލާ މޯޅިވެ ލޮލުން ކަރުނަ ހިލިގެންދިއެވެ. ބަސްހުއްޓި, ލޯމެރިފައިވާާ ރީޝާގެ ހަށިގަނޑު ފެނުމާއިއެކު ޝިފްނާއާއި އިނާޔާއަށް ވެސް ޒުލޭޚާ ފަދައިން ބާރަަށް ރޮވެންފެެށުނެވެެ. ކަރުނައިން ލޯތައް ތެތްމާލިި އެ މަންޒަރު ފެންނަފަށުގައި ހަނާޝްވެސް ހުއްޓެވެ. ހަނާޝްގެ ޅަ ސިކުނޑިއަށް ފެންނަމުން ދިއަ މަންޒަރުގެ ހަޤީގަތެެއް ނުވިސްނުނެެވެ. އެހެނަސް…ފެތުރިގެންދިއަ ރުއިމުގެ އަޑުން ހަނާޝްގެ ހިތުގައިވެސް ބިރުވެރިކަން އުފެދިފައިވާކަން ހާާމަވާން ހުއްޓެވެ.

 

 

70

8 Comments

 1. Ibsha

  June 18, 2019 at 6:03 pm

  ?❤??varah reethi ⚘❤??

  • hattey

   June 20, 2019 at 8:46 pm

   thank you..

 2. Anonymous

  June 18, 2019 at 6:15 pm

  Varah nice ekamaku maa las upload kuraaleh but storry is amazing as usual ??

  • hattey

   June 20, 2019 at 9:53 pm

   thank you for taking time to read my story..next part avasvaane…In Sha Allah..

 3. Lia

  June 18, 2019 at 7:32 pm

  Mee mahaku 1 faharu up kuraa vaahaka ehtha

  • You know garunu

   June 19, 2019 at 10:10 am

   Mahaku thr..garunaku ehfaharu mi up e kurany….mivarun story nuliyey ???

  • hattey

   June 20, 2019 at 10:00 pm

   Oh..?

  • hattey

   June 20, 2019 at 10:06 pm

   Thoahcheh..?

Comments are closed.