Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 41

Saraa Level 910 Stories100 Comments100 Login500 Comments500 Login
June 18, 2019 10 Mins Read
49 Comments

ޝާދީން ލޮބީ ކުރިމަތިން އަޅާލައިފައި ގޮސް މަތީ ފަންގިފިލާތަކަށް އަރަން ހާއްސަކޮށްފައިވާ ލިފްޓު ކުރިމަތީ ހުއްޓެމުން ބަޓަނަށް ފިތާލިއެވެ. އިރުކޮޅެއްފަހުން ލިފްޓު ހުޅުވިގެންދިޔައިރު ޝާދީން ފޯނާއި ކުޅެން ހުރެފައި އިސްއުުފުލާ ބަލާލިއިރު ފެނުނު ސޫރައަކުން ހިނދުކޮޅަކަށް މީހާ ހުއްޓުން އަރާގޮތްވިއެވެ. މީހާ ގަނޑުވިފަދަ އިހުސާސްއެއްވީއިރު އިރުކޮޅެއްވަންދެން ޝާދީންއަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. މާޒީގެ ހިތިކަން މީހާ ވަށާލިއިރު ޝާދީންގެ ލޮލުން ވޭނެއްގެ އަސަރު ފާޅުވާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ހަތަރުއަހަރުވަންދެން އޭނަ ސިއްރު ކުރި ރިހުންތައް ލޮލުން ފާޅުވެގެންދިޔައިރު ޝާދީން އިސްޖަހާލީ އެ އިހުސާސްތައް އެހެން މީހަކަށް އިނގެން ބޭނުންނުވާތީ އެވެ.

“ނާރަނީތަ؟” ލިފްޓްތެރޭ ހުރި ޒުވާނާ ވާހަކަދެއްކި އަޑަށް މާޒީގެ ފުންކަނޑުގައި އޮޔާދެމެދުންދިޔަ ޝާދީން ހިޔާލުތަކުން ބޭރުވިއިރު އެ ޒުވާނާއި ދިމާލަށް ބަލާލިއެވެ. އޭރު އެ ޒުވާނާ ހުރީ ލިފްޓް ލެއްޕިދާނެއަތީ ބަޓަނަށް ފިއްތާލައިގެންނެވެ. ޝާދީން އަމިއްލަ އިހުސާސްތައް ފޮރުވާލަމުން އަމިއްލަ ނަފްސު އަމިއްލަ ބާރުގެ ދަށަށް ގެންނަމުން ލިފްޓަށް އެރިއެވެ.

“ހައި… އާފްޓަރ އެ ލޯންގް ޓައިމް ޝާދީން… ހައުޒް ޔޫ…” ޔަޒްދާން ވާހަކަދެއްކިއަޑަށް ޝާދީން އެނބުރިބަލާލިއިރު ޔަޒްދާން ހުރީ ނުހަނު ބޮޑަށް ހިނިތުންވެލައިގެންނެވެ. އެއްކޮލަށް އަޑިކޮޅު އަޅުވައިލައިގެން ހިނިތުންވެލައިގެން ހުރިއިރު ޝާދީން ކިތަންމެ ވަރަކަށްވެސް މާޒީ ހަނދާންވިއެވެ. ޝާދީންއަށް އެލޮލުން ބަލާލާ ނަޒަރު ތަފާތުވެފައިވިޔަސް އަދިވެސް އެއީ އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން ޝާދީން ދީވާނާކުރުވިއިރު ރީތި ހިނިތުންވުމެވެ. އެ ހިނިތުންވުމަށް މިއަދުވެސް ޝާދީން ގަންބާލިއިރު ޔަޒްދާންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ އެސޫރަ ދަސްކުރަން ބޭނުންވެފައިވާފަދަ ގޮތަކަށެވެ. ފުރާވަރުގެ ފަހު ދުވަސްތައް އޭނައާއިއެކު ގުނި ޒުވާނާއަށް ހަތަރު އަހަރުތެރޭ އައީ ހާދަ ބޮޑު ބަދަލެކެވެ. އެ ފިރިހެންވަންތަކަމާއި ރީތިކަން އިތުރަށް ފުރިހަމަވީހެން ހީވިއެވެ. އެ ރީތިކަމުން ޖާދޫގައި މިއަދުވެސް ޝާދީން ޖެހިގެންދިޔައިރު ހިތަށް ތަދުވީ ޔަޒްދާންއަކީ މިއަދު އެހެން މީހެއްގެ ހައްގެއްކަން ހަނދާންވެފައެވެ. ޝާދީންގެ ލޯތެމޭގޮތްވިއިރު އަވަސް އަވަހަށް ދުރުބަލާލިއެވެ.

“ފައިން… ޔަޒްދާން ކިހިނެތް؟ އެންގޭޖްކުރިވާހަކަ އަޑުއެހިން… ކޮންގްރެޓްސް…” ޝާދީން ވާހަކަދެއްކިއިރު އަޑުކުރެހިގެންދިޔައެވެ.

“ރަނގަޅު… ޝާދީން މެރީއެއްނުކުރަންތަ؟ މިހާދުވަސްވެގެންދާއިރު ހަޒްބެންޑެއް ނެތަސް ފިއާންސޭއެއް ހުންނާނެކަންނޭނގެ…” ޔަޒްދާން އޮޅުންފިލުވަންވެގެން ސުވާލުކުރިިއިރު އެ ސުވާލުގެ ޖަވާބަކަށް ޝާދީން ނޫނެކޭ ބުނާނަމައޭ އެތައްފަހަރަކު ހިތަށް އެރިއެވެ. އެ ނޫން ޖަވާބެއް އަޑުއަހާކަށް ގައިމުވެސް އޭނަގެ ހިތަކަށް ކެތެއްނުވާނެއެވެ.

“މީހުން ބުނޭ ފުރާވަރު އުމުރުގައި ވާލޯބި ހިތުންފުހެލުމަކީ ފަސޭހަކަމެކޭ… އެކަމަކު އަހަންނަކަށް އެކަމެއް ނުވި… އެތައް އަހަރެއްވީއިރުވެސް އަދިވެސް އިންތިޒާރުކުރެވެނީ އެ ލޯތްބަށް… އަހަންނާއިއެކު އެ ލޯބި ހިއްސާކުރި ފަރާތަށް އެއީ ހާއްސަ ލޯތްބަކަށް ހާއްސަ ހަނދާނަކަށްނުވިޔަސް އަހަރެންނަށް އެދުވަސްތައް ވަރަށް ހާއްސަ… އެހެންވެގެންނެއްނު އެތައް އަހަރެންވެގެންދިޔައިރުވެސް އެހެން މީހެއްދެކެ ލޯބި ނުވެވުނީ… އަހަރެންގެ ހިތާއި އެލޯބި ވަތްކެއްނުވި… ވެދާނެ ފިރިހެނުން މޫވްއޮންކުރާހާ ފަސޭހައިން އަންހެނުންނަށް މޫވްއޮން ނުކުރެވެނީ ކަމަށްވެސް….” ޝާދީންގެ ބަސްތަކުގެ މާނަފުންއިރު އެއިން ކޮންމެ ބަހެއް ނިސްބަތްވީ ޔަޒްދާންއަށްކަން ދެނެގަންނާކަށް ޔަޒްދާނަކަށް އުނދަގުލެއްނުވިއެވެ. އެބަސްތަކުން ޔަޒްދާން އިސްޖަހާލަން މަޖުބޫރުކުރުވިއިރު އިތުރަށް ބުނާނޭ އެއްޗެއްވެސް ނޭނގިފަައި ހުރެވުނީއެވެ. ލިފްޓު ހުއްޓުމާއިއެކު ޝާދީންގެ ފިޔަވަޅުތަކުގެ އަޑު މަޑުމަޑުން ދުރުވަމުންގޮސް އެއްކޮށް ކެނޑިގެންދިޔުމާއިއެކު ޔަޒްދާން އިސްއުފުލާ ބަލާލިއެވެ. އޭރު އެރީތިލޮލަށް ކަރުނަތައް ގިނަވެ ގަނެފައިވެއެވެ. ހިނދުކޮޅަކަށްނަމަވެސް އެލޮލުން ޔަޒްދާން ސިއްރުކުރަމުންދާ ހިތާމަައާއި ވޭންތަކުގެ އަސަރެއް ފެނިލިއެވެ.

ލޮލުން ފައިބަމުންދިޔަ ކަރުނަތައް ހުއްޓުވަން ބޭނުންވެފައި ހުރިކަހަލަގޮތަކަށް ޝާދީން ނޭވާ އެތެރެއަށް ދަމާލަމުން އަތުން ލޯ ފުހެލައިފިއެވެ. ހަތަރު އަހަރުފަހުން ޔަޒްދާން ފެނުމުން އެ ހިތަށް އަސަރުކުރީ އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިންނެވެ. އެކަމުންވެސް ހާމަވީ މިވީ ހަތަރު އަހަރުގެ ތެރޭގައި އެހިތުން ޔަޒްދާންއަށް ދެވިފައިވާ މަގާމަށް ކުޑަ ފަޑުކަމެއްވެސް ނާންނަކަމެވެ. އަދިވެސް އެ ހިތް ޔަޒްދާންއަށް އެދޭކަމެވެ. ހަތަރު އަހަރުފަހުން އަނިޔާވެރި ލޯބިވެރިޔާ ލޮލުގެ ކުރިމައްޗަށް އައިގޮތަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހަތަރުއަހަރުވަންދެން އޭނަ ކުރި ހިތްވަރު ބޭކާރު އެއްޗަކަށް ހަދާލައިފިއެވެ.

މިއަދު ދެރަވެގެން ޝާދީން ރޯންވީ ކީއްވެގެން ހެއްޔެވެ؟ ޔަޒްދާންއަކީ އޭނަގެ ކަރުނަތައް ހައްގު ވާވަރަށްވުރެ ބޮޑު އަނިޔާވެރިއެކެވެ. އޭނަ ޔަޒްދާންއަށް ލޯބިން ހަދިޔާކުރި ހިތްހަލާކުކޮށްލުމަށްފަހު ޔަޒްދާން އޭނަ ދޫކޮށްލައިފައި ދިޔައީ އެކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަކޮށްދީފައެވެ.

*** *** *** *** *** ***

އިރުއޮއްސިގެންދިޔައީ އުޑުމަތިން އަލިފާންކުލަ ޖައްސަމުން އެކުލައިން ހުދު ވިލާތައް ފަވަމުންނެވެ. އުޑުމަތި މިވަގުތު ފެންނަމުންދަނީ ރަތާއި އޮރެންޖް ކުލައިގެ ހިމޭން ދޫލައެއްފަދައިންނެވެ. އިރުއޮއްސި ވަގުތުތަކެއް ފާއިތުވެގެންދިޔައިރު ރަތްވިލާތަކުން ސާލު އެޅިފައިވާ އުޑަށް ނަޒަރު ހުއްޓާލައިގެން ހައިޒަލް ހުރީ އެއްފަރާތަށް ކަހާލެވިފައިވާ ބެލްކަނީ ދޮރަށް ލެގިލައިގެންނެވެ. މަޑުމަޑުން ދުނިޔެ އަނދިރިކަމަށް ގެނބެމުން ކެބިންތެރޭ އަނދިރިކަން ރަސްކަންކުރަންފެށިއިރުވެސް ބޮކިތައް ދިއްލާލަކަށްވެސް ހައިޒަލް ނޫޅުނެވެ. މިއަނދިރިކަމާއި ކަޅުކަން އޭނަގެ ހަޔާތާއި ވަރަށް ގުޅެއެވެ. ނައިނާއާއިނުލާ އޭނަގެ ހަޔާތުގައި ރަސްކަންކުރާނީ އަނދިރިކަމެވެ.

ހައިޒަލް އެގޮތުގައި ހުއްޓާ ކޮންމެވެސް މީހަކު ކެބިންތެރެއަށް ވަދެ ދޮރުލައްޕާލައިފިއެވެ. އެއާއިއެކު ޝާދީންގެ އަޑު ކަންފަތުގައި ޖެހުނެވެ.

“ހައި…” އަނދިރީގައި ހައިޒަލް ހުރިކަން ޔަގީންކުރަމުން ޝާދީން ކެބިންގެ ލައިޓްތައް ދިއްލައިލައިފިއެވެ. އެއާއިއެކު ހައިޒަލްގެ ލޮލަށް އުނދަގޫވެގެން ކަހަލަގޮތަކަށް ކުޑަކޮށް ލޯހަނިކޮށްލައިފިއެވެ.

“ހައި… ކިހިނެތްވެގެންތަ މިއުޅެނީ… ދޮންތަ ގާތު ބުނެބަލަ… ކީއްވެ ޝަލީންއާއި މެރީކުރަން ތިއުޅެނީ… ބައްޕަ މަޖުބޫރުކުރެއްވީތަ؟” ޝާދީން ހައިޒަލްއާއި ގާތަށް ނަގަންފެށި ފިޔަވަޅުތަކާއިއެކު އޮޅުންފިލުންބޭނުންވެފައި ހުރެ އެއްފަހަރާ ހުރިހާ ސުވާލެއްކޮށްލިއެވެ. އެއާއިއެކު ހައިޒަލްއަށް ހިމޭނުންހުރެފައި ޝާދީންއަށް ބަލާލީ ހިތި ނަޒަރަކުންނެވެ. ބައްޕަ އޭނައަށް މަޖުބޫރުކުރި ހިތިގޮތް ދޮންތައަށް ހިޔާލުވެސް ނުކުރެވޭނެއެވެ. އެހާ އިހާނެތިގޮތަކަށް ބަފައަކު ދަރިއަކަށް ކަމަކަށް މަޖުބޫރުކޮށްފާނޭކަމަށް ހައިޒަލް ގަބޫލެއްނުކުރެއެވެ.

“ވާހަކަދައްކަބަލަ ހައި… ދޮންތަ ގާތު ބުނެބަލަ… ބައްޕަ މަޖުބޫރުކުރެއްވިޔަސް… ނޯރ މެޓަރ ވަޓް… ދޮންތަ ހުންނާނީ ހައިއާއި އެކީގައޭ…” ހައިޒަލްގެ ހިމޭންކަމުން އުނދަގޫވި ޝާދިން ހައިޒަލްގެ އަތުގައި ހިފަހައްޓާލަމުން ވާހަކަދެއްކިއެވެ. އެވަރުންވެސް ހައިޒަލް ޝާދީންއަށް ޖަވާބެއްދޭކަށް ހިޔާލެއްނުކުރިއެވެ. ޝާދީންގެ ވާހަކަތަކަށް ސަމާލުކަންދިނުމެއްނެތި ބޭރުން ފެންނަ މަންޒަރަށް ނަޒަރުހުއްޓާލައިގެން ހުރީ ވާހަކަ ނުދައްކަން ހުވާކޮށްގެން ހީވިއެވެ.

“ހައިޒަލް ވަޓްސް ރޯންގް ވިތް ޔޫ… ދޮންތަ އެބަ ވާހަކަދައްކަމޭ… ބުނެބަލަ ނައިނާދެކެ ލޯބިވޭ ކިޔާފައި ޝަލީންއާއި މެރީކުރަން ތިއުޅެނީ ކީއްވެހޭ؟” ހައިޒަލްގެ ހިމޭންކަމުން ޝާދީންގެ ކެތްތެރިކަން ކޮޅުންލާގޮތްވިއިރު ވާހަކަދެއްކުނީ ރުޅިވެރިގޮތަކަށެވެ.

“ދޮންތާ… ޕްލީޒް…” އެ ޖުމްލަތަކުން ހައިޒަލް ހަނދާންނައްތާލަން ބޭނުންވާ ދުވަސްތަކަށް ހަނދާންވެގެންދިޔައިރު ހައިޒަލް އަތްމުށްކަވާލަމުން ޝާދީންއާއި ކުރިމަތިލިއެވެ. އޭރު އެ ލޮލުގައި ކަރުނަތިކިތައް ވިދަމުންދިޔައެވެ.

“އަހަންނަކީ ކުޑަކުއްޖެއްނޫނޭ… އަހަރެން ނިންމުމެއްނިންމާނީ އެކަމުގައި އެކަށީގެންވާ ސަބަބެއް އޮވެގެނޭ…. އެކަމާއިމެދުގައި ދޮންތަގެ ހިތުގައި ސުވާލުއުފެދެން ޖެހޭތަ؟” ހައިޒަލްގެ ހިތުގައި އުފެދިގަތް ވޭނީ އިހުސާސްތަށް ސިއްރުކުރަމުން ޝާދީންއާއި ވާހަކަދެއްކުނީ ދުވަހަކު ނުދައްކާހާ އަޑުހަރުކޮށެވެ.

“ދޮންތަ ބުނެފިންތަ އެހެނެއްނޫނޭ… ހައިގެ ދުލުންދޯ ދޮންތަ ކައިރީ ނައިނާދެކެ ލޯބިވެޔޭވެސް ބުނީ… ދެން ކުއްލިއަކަށް ޝަލީންއާއި މެރީކުރަން އުޅޭއިރު ދޮންތަގެ ހިތުގައި ސުވާލު ނުއުފެދޭނެތަ؟ ހައިއަކީ ބޭނުންކަމެއް ހާސިލްކުރާނޭ ޒުވާނެއް… މިފަހަރު ކިހިނެތްވީ؟ ހައި ދޮންތައަށް ކަމެއް ސިއްރުކުރަނީތަ؟” ޝާދީންގެ ތޫނު ނަޒަރު ހައިޒަލްގެ މޫނަށް ދަތުރުކުރިއިރު ހައިޒަލް އަވަހަށް ދުރުބަލާލީ އޭނަގެ ދެލޮލުންވެސް ދޮންތަ ހުރިހާކަމެއް ނަގައިގަންނާނޭކަން ޔަގީންވާތީއެވެ. ބައްޕަގެ ރަހުމްކުޑައަމަލުތަކުގެ ހިލަމެއްވެސް ދޮންތައަށްވާކަށް ހައިޒަލް ނޭނދެއެވެ.

“ދެން ލޯބި ހާސިލްކުރާށޭ ކިޔާފައި އަހަރެންވީ އަންހެންކުއްޖަކަށްޓަކައި ބައްޕަގެ މޫނުގައި ކޮޅުފައިން ޖަހަންތަ؟ އަހަންނަށް މަންމައެއްގެ ލޯބި ލިބުނީކީނޫން… ބައްޕަގެ އަމުރާއި ހިލާފުވެގެން ބައްޕަގެ ލޯބިން މަހުރޫމްވެ ބައްޕަގެ ފަރާތުންވެސް އަހަންނަށް ރުޅިވެރިކަން ލިބެންތަ ދޮންތަ ބޭނުންވަނީ؟” ހައިޒަލްގެ ޖުމްލައާއިއެކު ޝާދީންއަށް ދެފަރާތަކަށް ބޯހޫރާލެވުނެވެ. އޭރު އެ ޖުމްލަތަކުން ޝާދީންއަށް ލިބުނު ޝޮކް ހުރީ އެ މޫނުމަތިން ހާމަވާށެވެ. ދުވަހެއްގެކޮޅުންވެސް ހައިޒަލް އޭނައާއި ދިމާލަށް އެފަދަ ބަސްތަކެއް ބުނެފާނެކަމަކަށް ޝާދީން ހިޔެއްނުކުރެއެވެ.

“ހައިޒަލް…” ހައިޒަލްގެ ރަހުމްކުޑަ ޖުމްލަތަކުން ޝާދީންގެ ލޮލުން ކަރުނަ ނީރާލިއެވެ.

“ދޮންތާ އަހަރެންނަކީ މިހާރު ކުޑަކުއްޖެއްނޫނޭ… އަހަރެންގެ ނިންމުންތަކަށް ދޮންތަ ބާރުފޯރުވާ ގޮތް ކިޔަންޖެހޭ ދުވަސް މާޒީގެ ތެރެއަށްގޮސް ގެއްލިއްޖެ… އަހަރެން މިކައިވެނި ކުރަން މިއުޅެނީ ރުހުމުގައި… ނައިނާއަށް އަަހަރެން ލެބިގެންދިޔަ ސަބަބަކީ ނައިނާގެ އޯގާތެރިކަން… ވީއިރު ޝަލީންގެ އޯގާތެރިކަމާއިއެކު އަހަންނަށް ޝަލީންދެކެ ލޯބިނުވެވޭނޭ ސަބަބަކީ ކޮބާ؟” ހައިޒަލް ޝާދީންގެ މޫނަށް ނަޒަރު ހުއްޓާލިއިރު ޝާދީން ހައިޒަލްގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އެ މޫނުމައްޗަށް އަރާފައިބަމުންދިޔަ ކުލަވަރުން އެކަނިވެސް ހައިޒަލް ދެއްކި ވާހަކަތައް ގަބޫލުނުކުރެވިފައި ހުރިކަން ހައިޒަލްއަށް އިނގުނެވެ. އޭނަގެ ހިތްވެސް އެވާހަކަތައް ދޮގުކުރަމުން ތެދުފާޅުކުރުމަށް އޭނާއަށް މަޖުބޫރުކުރަނީއެވެ. އަމިއްލަ ނަފްސަށްވެސް އޮޅުވައިލައިގެން އޭނަ އުޅޭނީ ކިހާ ދުވަހަކު ހެއްޔެވެ؟

“ދޮންތަ އަހަރެންގެ ކަންތަކާއި އިންޓަފެއަރނުކޮށް ދުރުގައި ހުރެފާނަންތަ؟ ޕްލީޒް….” އެއީ ހައިޒަލް ޝާދީންއާއި ދިމާލަށް ދުވަހަކު ބުނަން ބޭނުންވި ލަފްޒުތަކެއްނޫނެވެ. ނަމަވެސް ދޮންތަ ހިމޭނުން ބެހެއްޓުމަށްޓަކައި އޭނައަށް އެ ނޫންގޮޮތެއް ނެތެވެ. މަންމައާއި ބައްޕަގެ ނަފްރަތު ދޮންތައަށް އަމާޒުވާކަށް އޭނަ ނޭނދެއެވެ. އޭނަގެ ސަބަބުން ބައްފައާއި ދެކޮޅަށް ދޮންތަ ތެދުވެއްޖެނަމަ މަންމަގެ ނުރުހުން ދޮންތައަށް އަމާޒުނުވުމަކީ ނުވެނުދާނޭކަމެވެ.

“މިއަދާއި ހަމަޔަށްވެސް ދޮންތަ ހީކުރީ ހައިގެ ދިިރިއުޅުމަކީ ދޮންތަގެެވެސް ދިރިއުޅުންކަމަށް… ހައިވެސް އެހެން ދެކޭނޭކަމަށް ހީކުރިން… އެކަަމަކު އެއީ ދޮންތައަށް ކުރެވުނު ކުށްހީއެއްކަން ހައި ސާބިތުކޮށްދީފި… ތެންކްސް ހައި… ހައިގެ ދިރިއުޅުމުގައި ދޮންތަގެ މަޤާމަކީ ކޮބައިކަން ބުނެދިނީތީ… ހައި ބެހެއްޓި ހިސާބެއްގައި ދޮންތަ ހުންނާނަން…” ޝާދީން އިރުކޮޅެއްވަންދެން ހައިޒަލްގެ މޫނަށް ނަޒަރުހުއްޓާލައިގެން ހުރުމަށްފަހު ދުރަށް ހިނގައިގަތެވެ. އޭރު އެލޮލުން ނީރާލީ ކަރުނަތައް ރޮނގަކަށް ކޯތާފަތްމަތީ ދެމެމުންދިޔައެވެ. ކޮއްކޮގެ ދެކެ ވާލޯތްބާއިއެކު ކޮއްކޮގެ ދުލުން އެފަދަ ބަސްތަކެއް އިވުމުން ހިތަށް ކެތްނުވާވަރުވެއްޖެއެވެ. ކޮއްކޮގެ މައްޗަށް އޭނައަށް އެއްވެސް ހައްގެއްނެތްކަން ހާމަވެގެންދިޔައިރު ޝާދީންއަށް އިހުސާސްކުރެވުނީ ދުވަހަކު އިހުސާސްނުކުރެވޭހާ ދުރުކަމެވެ. އެންމެންގެ ހަޔާތުން އޭނަ ބާކީކުރިޔަސް ހައިޒަލް އެހެން ނުހަދާނެކަމަށް ޝާދީން ޔަގީންކުރިއެވެ. އެކަމަކު ހައިޒަލްވެސް ތަފާތެއްނުވިއެވެ.

ހައިޒަލް ދޮރުފަތުގައި މޫނު ޖައްސާލައިގެން ހުރެ ކިތަންމެ ވަރަކަށްވެސް ކަރުނައޮހުރުވިއެެވެ. އެ ޖުމްލަތަކުން ދޮންތަގެ ހިތަށް ކުރި އަސަރު ހަމަލޮލަށް ފެނުނުއިރު ދޮންތައަށް ހަގީގަތް އަންގައިނުދެވޭހާ ހިނދަކު އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އޭނަގެ ނަފްސު ބަލިކަށިކޮށްލަމުންދާ ކުށްވެރިކަމުގެ އިހުސާސްތަކުން މިންޖެއްނުވެވޭނެއެވެ. އޭނަގެ ސަބަބުން އަދި ކިތައް މީހުންގެ ހިތް ހަލާކުވެގެން ދާނެބާވައެވެ؟

*** *** *** *** *** ***

މެންދުުރުގެ ހޫނުއަވިން ދުނިޔެ ފިއްސަމުންދިޔައިރު ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ވަންނަމުންދިޔަ އަލިކަމުން މުޅި ތަން އަލިވެފައިވާއިރު ލޮލަށް އުނދަގޫވާހާވެެއެވެ. މޭޒުމަތީގައި އަތުރާލެވިފައިވާ ފައިލްތައް އެއްކުރުމުގެ މަސައްކަތުގައި ޝަލީން ހުރިއިރު ދޭތެރެއަކުން ހިޔާލަކަށް ގެއްލެމުންދިޔައެވެ. އެހެންހުރެފައި ދޭތެރެއަކުން ކްލިނިކްތެރެއަށް ނަޒަރު ހިންގަމުންދިޔައީ އެތަނުގެ ކޮންމެ ސިފައެއް އުމުރަށް ހިތުގައި ބިންވަޅުނެގޭވަރަށް ދަސްކުރަން ބޭނުންވެފައިހުރެހެން ހީވިއެވެ. އޭނަގެ ދުވަސްވީ ހުވަފެނާއި އަލްވަދާއު ކިޔަންޖެހޭއިރު ޝަލީންގެ ލޮލުން ފެންނަމުންދިޔައީ ހުސްކަމެވެ. އިތުރަށް އެލޮލުން އޮހޮރުވާނޭ ކަރުނައެއް ނެތް ފަދައެވެ.

“ސިސް…” ނައިނާގެ އަޑުއިވުމާއިއެކު ޝަލީން ކުރަންހުރި މަސައްކަތް މަޑުޖައްސާލަމުން އަޑުއައި ދިިމާލަށް ބަލާލީ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުންނެވެ. އަބަދާއި އަބަދު އުޖާލާކަން ފެންނަ މޫނު މިއަދު މިލާފައިވާއިރު ނައިނާއަށް އެކަން ފާހަގަނުކުރެވުނީ ހިތާމައިގެ ސަބަބުން އެއްވެސްކަމެއް ނަގައިނުގަނެވޭނޭފަދަ ހާލަތެއްގައި ހުރީމަހެން ހީވިއެވެ.

“ސިސްއާއި މީޓްކުރަންވެގެން ވަރަށް ގިނައިން ކްލިނިކްއަށް އައިން… އެކަމް ދިމައެއްނުވި…” ނައިނާ ވާހަކަދެއްކިއެވެ.

“މިދިޔަ ވީކްގައި ހޮސްޕިޓަލްގައި ބިޒީވީމަ ކްލިނިކްއަކަށް ނާންނަން…” ޝަލީން ހިތިގޮތަކަށް ހިނިތުންވެލިއެވެ. މިދިޔަ ދުވަސްތަކުގެ ތެރޭ އޭނަ ތަހައްމަލުކުރި ވޭނުގެ ރިހުންގަދަކަން އެހެން މީހަކަށް ކިޔައިދެވިދާނެ ހެއްޔެވެ؟

“ކީއްތިކުރަނީ… އެއްޗެހި ޕެކްކުރަނީ ކީއްވެ؟” ޝަލީން ކުރަން ހުރި މަސައްކަތް ނައިނާގެ ލޮލުގައި އަޅައިގަތުމާއިއެކު ހައިރާންވެފައިހުރެ ސުވާލުކުރިއެވެ.

“ކްލިނިކް ބަންދުކުރަންކަމަށް… މިދުވަސްކޮޅު ހޮސްޕިޓަލްގައި ބިޒީވީމަ ކްލިނިކްއަށް އަންނަން ޓައިމްއެއްވެސްނުވޭ… އަނެއްކާ ބައްޕަވެސް ބޭނުންވެލައްވާ މިތަން ސްޓޮކްރޫމްއަކަށްނަގަން…” ޝަލީންއަށް ނައިނާގެ ގާތުގައި ތެދު ބުނާހާ ހިތްވަރެއްނުލިބުނެވެ. ހަގީގަތަކީ ބައްޕަ އޭނައަށް މަޖުބޫރުކުރުވައިގެން މިނިންމުން ނިންމިކަމެވެ. ނަމަވެސް ޝަލީން އެކަމާއިދެކޮޅަށް ކުރާނީ ކީއްހެއްޔެވެ؟ އޭނައަށް ޖެހިފައިވަނީ ހިމޭނުންހުރެ ބައްޕަގެ އެންގެވުންތަކަށް ބޯލަނބާށެވެ.

“އަޅެ… ދެން ސިސްއާއި ދިމާވެސް ނުވާނީތަ؟” ނައިނާ ދެރަވިއެވެ.

“ނޫނޭ ނައި ގުޅާލައިކޮންމެފަހަރަކުވެސް ސިސް ހުންނާނަމޭ… އެބައަންނަން އިނގޭ…” ޝަލީން ގާތްގޮތަކަށް ނައިނާގެ ކޮލުގައި ހިފާލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަދެގެންދިޔައެވެ.

ކުޑައިރުކޮޅެއްފަހުން ޝަލީން ނިކުމެގެން އައިރު އަތުގައި ސިޓީއުރައެއް އޮތެެވެ. ނައިނާއާއި އަރާހަމަވަމުން ޝަލީން ނައިނާގެ ބަލާލީ ވާހަކައެއް ބުނަން ބޭނުންވެފައިހުރިފަދަ ނަޒަރަކުންނެވެ. އެ މޫނުމަތިން ފެންނަމުންދިޔަ އަަސަރުތަކާއިއެކުކަމަކާއި އުނދަގޫވެފައި ހުރިހެން ހީވިއެވެ.

“ނައިނާ… އައިމް ގެޓިން މެރިޑް… ސޮރީ މިހާލަހުން ބުނެވުނީތީ… ވަރަށް ކުއްލިގޮތަކަށް…” ޝަލީން ވާހަކަދެއްކިއިރު އެއަޑުގައި އުފާވެރިކަމުގެ ޖޯޝެއްނެތެވެ. ކައިވެނި ކުރަން އުޅޭ އަންހެންކުއްޖެއްގެ މޫނުމަތިން ފެންނާނެ އެއްވެސް އަސަރެއް އެ މޫނަކުން ނުފެނުނެވެ. އެ ޖުމްލައާއިއެކު ކުޑަހަޅޭކަކާއިއެކު ނައިނާ ފުންމާލަމުން ޝަލީންގެ ގައިގައި ބައްދާލިއެވެ. ޝަލީންވެސް ހިތާމަތައް ފޮރުވާލަމުން ކުޑަކޮށް ހިނިތުންވެލިއެވެ.

“ވާވް… ކޮންގްރެޓްސް ސިސް… ސިސް މެރީކުރަނީ މަޔާން ސަރއާތަ؟…” ނައިނާގެ ސުވާލާއިއެކު ޝަލީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދާކަށް މިނެޓެއްވެސް ނުނެގިއެވެ. ލޮލުގެ ތެރޭ ހައްޔަރުވެފައިވާ ކަރުނަތައް ދަނޑިވަޅުބަލާފައި ލޮލުގެ ތެރެއަށް ގިނަވެގަތްއިރު ޝަލީން އިސްޖަހާލިއެވެ.

“ޕާޓީއަށް އައިމަ އިނގޭނެއެއްނު… އިންޓޮރޮޑިއުސްކޮށްދޭނަން އިނގޭ…” ޝަލީން ކަރުނަތައް ހިންދާލަމުން އިސްއުފުލާލަމުން ނައިނާގެ އަތުގެ ތެރެއަށް ދައުވަތު ކާޑު ލައްވައިދިނެވެ.

ޝަލީން އިތުރަށް އެވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ. ނައިނާއާއި އެހެން ވާހަކައެއް ދައްކަމުން މަސައްކަތްކުރިއަށް ގެންދިޔައިރު ނައިނާވެސް ބައިވެރިވިއެވެ.

*** *** *** *** *** ***

މެންދުރު މޫސުމް ގޯސްވީގޮތަށް ދޭތެރެއަކުން ބޯކޮށް ވާރޭ ވެހިގަނެއެވެ. ދޭތެރެއަކުން ޖަހާލާ ގުގުރީގެ އަޑުގަދަކަމުން ހިތްތަށް ސިހިގެންދާވަރުވެއެވެ. ވިދާލާ ވިދުވަރާއިއެކު މުޅި ފަޒާ އަލިވެގެންދެއެވެ.

ހައިޒަލް ވާރޭވެހޭ މަންޒަރު ބަލަން ކެބިންގެ ފަރުދާތައް ކަހާލައިގެން ހުރިއިރު ނައިނާގެ ކެބިންއާއި ދިމާލަށް އިރުއިރުކޮޅުން ނަޒަރު ދަތުރުކުރިއެވެ. ބިއްލޫރި ފަރުދާއެއްގެ ފަހަތުގައި އިން ނައިނާގެ ހަރަކާތްތަކަށް ސަމާލުކަންދެވެމުންދިޔައީ އަމިއްލަ އިޙްތިޔާރަކާއިނުލައެވެ. ނައިނާގެ މޫނުމަތިން މިއަދު ފެންނަނީ ތަފާތު އަސަރެކެވެ. ފިނިފެންމާކުލަ ފާއްދާލައިފައިވާ މޫނުގެ ކުލަ ފަޑުވަމުންގޮސް މޫނު ހުދުކަފަކޮޅެއްހެން ހީވެއެވެ. ތުންފަތުގައި ކުލަ ފަޑުވެފައިވާއިރު ލޮލުގެ ކައިރީ ކަޅު ދާއިރާއެއް ހެދިފައިވެއެވެ. ބޮލުގައި ހިފަހައްޓާލައިގެން ލޯމަރާލައިގެން އިންގޮތުން ވޭނެއްގައި އުޅެމުންދަނީހެން ހީވެއެވެ. ނައިނާގެ ހާލު ރަނގަޅުނޫންކަމަށް ހައިޒަލް ހިތް ތަކުރާރުކޮށް ބުނަމުންދިޔަ ސަބަބެއް ނޭނގުނެވެ.

ހައިޒަލް އިރުކޮޅެއްވާންދެން ނައިނާގެ ހަރަކާތްތައް ދެކެން ހުރެފައި ބިއްލޫރި ބިތާއި ދުރުވެލިއެވެ. އެވަގުތު ޒިޔާން ކެބިންއަށް ވަދެގެން އައިރު ހައިޒަލް ކިތަންމެ ބޭނުންނުވިޔަސް ނައިނާއާއި ނަޒަރު ވަކިކޮށްލަމުން ޒިޔާންއަށް ސަމާލުކަން ދޭން ޖެހުނެވެ. އިރުކޮޅެއްވަންދެން ހައިޒަލްއާއި މަޝްވަރާކުރަން ހުރެފައި ޒިޔާން ނިކުމެގެންދިޔުމާއިއެކު ހައިޒަލްގެ ނަޒަރު ވަގުތުން ނައިނާގެ ކެބިންއާއި ދިމާލަށް ދަތުރުކުރިއެވެ ހުސްކޮށް އޮތް ނައިނާގެ ކެބިން ފެނިފައި ހައިޒަލް ހައިރާންވާގޮތްވީއިރު ވަގުތުން ކެބިންއިން ނިކުތެވެ. އެހާ އަވަހަށް ނައިނާ އެދިޔައީ ކޮންތާކަށްހެއްޔެވެ؟ ހައިޒަލް ހުސްކޮށް އޮތް ކެބިންގެ ތެރެއަށް ވަދެގެން ގޮސް ނައިނާގެ މޭޒު ކައިރީ ހުއްޓުނެވެ. އެވަގުތު ހައިޒަލްގެ ލޮލުގައި ނައިނާގެ މޭޒުމަތީ ވަޔާއިއެކު ދެފަރާތަކަށް ކިރެމުންދިޔަ ކަރުދާސްގަނޑު އަޅައިގަތްއިރު އެ ކަރުދާސްގަނޑު އަތަށް ނެގިއެވެ. އޭފޯ ސައިޒް ގަނޑެއް ފުރެންދެން ރަތްކުލައިގެ ދެލިން ނައިނާ އިނގިރޭސި އަކުރުތަކުން ބަސްތަކެއް ލިޔެފައިވާއިރު ބައެއް ތަންތަންކޮޅު ފަވާފައިވެއެވެ.

“ލަވިން ޔޫ އިޒް ސަޗް އެ ޕެއިންފުލް ތިންގް…” ނައިނާގެ ރީތި އަތުލިޔުމުން ލިޔެފައިވާ ބަސްކޮޅު ކިޔާލިއިރު ހައިޒަލްގެ މެއަށް ބާރުވެގެން އައިފަދަ އިހުސާސްއެއްކުރެވުނެވެ. ނޭނގިހުއްޓާ އޭނަގެ ލޮލުން ވެއްޓުނު ކަރުނަތިކި ކަރުދާސްގަނޑުގެ ތެރެއަށް ފޭދިގެންދިޔައިރު ހައިޒަލް ލޮލުގައި އިނގިލި ޖައްސާލަމުން ކަރުދާސްގަނޑު ފަތްޖަހާލުމަށްފަހު ޖީބުގެ ތެރެއަށް ކޮއްޕާލިއެވެ. އެއާއިއެކު ހަލުވި ހިނގުމެއްގައި ގޮސް ކެބިންއިން ނިކުތްއިރު ޝެނާ ކެބިންގެ ދޮރާއި އަރާހަމަވީއެވެ. ހައިޒަލް ކެބިންތެރެއިން ފެނިގެން ނައިނާ ހޯދަނީކަން ނަގައިގަނެވިގެން ނައިނާ ގެއަށް ދިޔަކަން ޝެނާ ބުނެދިނެވެ.

ހައިޒަލް ވަގުތުން ނައިނާގެ ފޯނަށް ގުޅަމުންގޮސް ލިފްޓްއަށް އެރިއެވެ.

*** *** *** *** *** ***

ބާރުވަޔާއިއެކު ވިއްސަމުންދިޔަ ވާރޭގެ ތިކިތަކުން ފަޒާ ފުސްކުރަމުންދިޔައިރު މަގުތައްމަތީ ވަނީ ފާޅުކަމެވެ. ވާރޭގެ ތިކިތައް ބިންމަތީ ޖެހިފައި ފަރާތްފަރާތަށް ބުރުއްސަމުންދިޔައިރު އެއަޑަކަށް އިވެމުންދަނީ ގަސްތަކުގައި ވައި އަޅުވަމުންދާ އަޑެވެ. ބޯކޮށް ވެހެމުންދާވާރޭގެ ސަބަބުން މަންޒަރު ސާފުކޮށް ފެންނަވަރެއްވެސް ނުވެއެވެ. މިވަގުތުވެސް އަޅިފުސްކުލައިގެ ވިލާތައް އުޑުމައްޗަށް އެއްވަމުންދިޔަގޮތުން މިއިން އިރަކު ވާރޭ ނުހުއްޓާނެހެން ހީވެއެވެ.

މަގުމަތީ ދުވަމުންދިިޔަ ފެނުގެ ކޯރުތެރޭ ނައިނާ ހިނގާފައި ދިޔައިރު ދެއަތްވަނީ މެޔާލައި ބޮޑިކޮށްލެވިފައެވެ. ވާރޭގެ ތިކިތައް ފަސްއިސްގަނޑުގެ ތެރެއިން ލާފައި އައިސް މޫނުމަތީ ދެމެމުންދިޔައިރު ހީކަރުވައިގެންގޮސް ނައިނާގެ ދަތްދޮޅިއަށްދާންދެން ތުރުތުރުއަޅައެވެ. ފިނިފިނި ފެންތިކިތައް އެއްވެސް ހުރަހަކާއިނުލާ އައިސް އިސްތަށިގަނޑާއި ކުޅެމުން އިސްތަށިގަނޑުގެ ތެރެއަށް ވަދެގެންދާއިރު ބޮލުގައި ގަނޑުފެން އަޅާލުމުން ކުރެވޭފަދަ ތޫނުތަދެއް އިހުސާސްކުރެވިގެންދާއިރު މޭގައި ޖައްސާލެވިފައިވާ ދެއަތަށް ބާރުވަމުންދިޔައެވެ. އެ ދޮންމޫނު ހުދުވަމުންދިޔައިރު ހުން ގަދަވެެގެންގޮސް މުޅި ހަށިގަނޑު ފިހެމުންދިޔައެވެ. ފިންޏަށް ބަލިވެގެން ހަށިގަނޑު ރޫރޫއަޅަމުންދިޔައިރު ކޮންމެ ފިޔަވަޅެއްވެސް ނައިނާ ނަގަމުންދިޔައީ އުނދަގޫކަމާއިއެކުގައެވެ.

ވާރޭގެ ސަބަބުން ތޮށްޖެހެމުންދިޔަ ހަލަބޮލިމަގުގައި ހައިޒަލް ފަރިތަކަމާއިއެކު ކާރު ދުއްވަމުންދިޔައިރު ހުއްޓުމެއްނެތި ނައިނާގެ ފޯނަށް ގުޅަމުންދިޔައެވެ. ފޯނު ރިންގްވެފައި ވަކި ހިސާބަކުން ކެނޑޭތީ ހައިޒަލް އިނީ ނުތަނަވަސްވާގޮތްވެފައެވެ. ހައިޒަލް ކަންފަތުގައި ފޯނު ޖައްސާލައިގެން އިނދެ ވެހެމުންދިޔަ ބޯވާރޭގެ ތެރޭ ކާރު ދުއްވާފައި އައިސް ތަންކޮޅެއް ވެހިކަލްތައް މަދު މަގަކަށް އެޅިއެވެ. އެވަގުތު ހައިޒަލް ވާރެއިން ފުސްވަމުންދިޔަ ބިއްލޫރިގަނޑު ބަލާލިއިރު ފެނުނު މަންޒަރާއިއެކު ކަންފަތުގައި ޖައްސާލެވިފައިވާ ފޯނު ތިރިވެގެންދިޔައިރު ވެހެމުންދިޔަ ވާރޭއަށް ފަރުވާލެއްނެތި ކާރުގެ ދޮރުފަތް ހުޅުވާލަމުން ބޭރަށް ނިކުތެވެ. އެއާއިއެކު ވަޔާއިއެކު ބުރުއްސައިގެން އައި އެތައްހާސް ފެންތިކިތަކުން ހައިޒަލް ތެމިފޯވެގެންދިޔައިރު ވާރޭތެރޭގައި ދުވެލައިފައި ގޮސް ނައިނާއާއި އަރާހަމަކުރަމުން ނައިނާގެ ކުރިމައްޗަށް ހުއްޓުނެވެ.

އެވަގުތު ނައިނާ އިސްއުފުލާ ބަލާލިއިރު ދެޒުވާނުންގެ ހަތަރުކަޅި ހަމަވެގެންދިޔައިރު ދެޒުވާނުންގެ ލޮލުންވެސް ފެނިގެންދިޔައީ އެއްގޮތް އަސަރުތަކެކެވެ. ދެޒުވާނުންގެ ނަޒަރު ސީދާވެގެންދިޔަވަގުތުކޮޅު ނައިނާގެ ލޮލުން ދެމެމުންދިޔަ ކަރުނަ ތިކިތައް ވާރޭ ތެރޭގައިވެސް ހައިޒަލްއަކަށް ވަންހަނާއެއްނުވިއެވެ. އެ ކަރުނުން ފުރެމުންދިޔަ ދެލޮލާއި، ރަތްވެފައިވާ ރީތި ލޮލާއި މޫނު ފެނުމުން ހައިޒަލްގެ ހިތަށް ތަދުވިވަރުން އެސްފިޔަތައް ތެމޭގޮތްވިއެވެ. ހުރިހާ ހިތާމަތަކެއް ނައިނާގެ ލޮލަށް އެކުވެ އެ މޫނު ހިތާމައިގެ ތަސްވީރަކަށް ހަދާލައިފައިވާއިރު އެދެލޮލުން ނާއުއްމީދާއި މާޔޫސްކަން ނޫން އެއްޗެއް ނުފެނެއެވެ. އެދެލޮލުގައި އަބަދާއި އަބަދު ނަށަނަށާ ހުންނަ އުފާވެރި ހައިޒަލްއާއިއެކު ނައިނާއާއި ވަކިވެގެންދިޔައީހެންހީވެއެވެ.

ނައިނާ ތުންފަތުގައި ދަތްއަޅާލައިގެން ވޭނީ ނަޒަރަކުން ހައިޒަލްއަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން ހުއްޓެވެ. ވާރޭގެ ތިކިތައް އެރީތި އޮމާން މޫނަށް ބޮސްދީފައިދާއިރު އެ ރީތި އެސްފިޔަތަކާއި ފަންއިސްތަށިގަނޑުގައި ފެންތިކިތައް ވިދަމުންދާއިރު ބަލާފޫހިނުވާހާ ރީއްޗެވެ. ވާރެއާ ތެމިލައިގެން ތުނި ގަމީހުގެ ތެރެއިން އެރީތި ހަށިގަނޑު އިސްތިހާރުކޮށްލައިގެން ހުރިއިރު ނައިނާގެ ހިތްމަތީ ފައިއަޅާ ބާރުކޮށްލިހެން ހީވިއެވެ. އޭނަގެ ހައްގެއްނޫންކަން އަމިއްލަ ނަފްސުވެސް ހަނދާންކޮށްދިންއިރު ނައިނާ ހައިޒަލްއާއި ނަޒަރުވަކިކޮށްލަމުން ދުރަށް ހިނގައިގަތެވެ. ނައިނާއަށް ކުރިއަށް އަޅާލެވުނީ އެންމެ ފިޔަވަޅެކެވެ. ހަށިގަނޑުގެ ވަރުދޫވެގެން ނައިނާ ފަހަތަށް ވެއްޓެން ދިޔައިރު ހައިޒަލްއަށް ނައިނާގެ ހަށިގަނޑުގައި ހިފަހައްޓާލެވުނީ ކިރިޔާ ކަހަލަ ގޮތަކަށެވެ. ހައިޒަލްގެ އަތުތެރެއަށް ވަރުދޫވެފައިވާ ހަށިގަނޑު ދެމުނުއިރު ހައިޒަލް ނައިނާގެ މޫނުގައި އަތްޖައްސާލިއެެވެ. ނައިނާގެ ހަށިގަނޑުގައިވާ ފިނިކަމުގެ ތެރެއިންވެސް ހޫނުކަން އިހުސާސްވެފައި ހައިޒަލްގެ އަތްވަގުތުން ދުރުކޮށްލެވުނުއިރު ނައިނާގެ މޫނަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އަމިއްލަ ހަށިގަނޑާއިމެދު ނައިނާ ފަރުވާނުބެހެއްޓީތީ ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެއެވެ.

*** *** *** *** *** ***

ހ.ޑައިމެންޑްވޭލީގެ ކުރިމައްޗަށް ކާރު ހުއްޓާލިއިރު ހައިޒަލް ކުރީގެ ސީޓުން ފައިބާ ފަހަތުން ސީޓްގެ ދޮރުފަތް ހުޅުވާލިއެވެ. އެއާއިއެކު ސީޓްމަތީގައި އޮތް ނައިނާ އަތްދަނޑިމައްޗަށް ލަމުން ކާރު ލޮކްކޮށްލުމަށްފަހު ޑައިމެންޑްވޭލީއަށް ވަންނަން ހިނގައިގަތެވެ. ނައިނާގެ މޫނު ހައިޒަލްގެ މޭގައި ޖެހިފައިވާއިރު ހައިޒަލްގެ މެޔާއި ދިމާލުން ހޫނުކަން އިހުސާސްވަމުންދިޔައެވެ.

ހައިޒަލް ނައިނާގެ އަތްދަބަހުން ނެގި ތަޅުދަނޑިން އެޕާރޓްމެންޓްގެ ދޮރުހުޅުވާލަމުން ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ހުދުކުލައިގެ ބެޑްޝީޓްއަކުން ފޮރުވާލެވިފައިވާ އެނދުގައި މަޑުމަޑުން ނައިނާ ބާއްވާލުމަށްފަހު ހައިޒަލް އެނދުގެ އެއްފަރާތެއްގައި އިށީދެލިއެވެ. އިރުކޮޅެއްވަންދެން މިލާފައިވާ އެމޫނަށް ނަޒަރުހުއްޓާލައިގެން ހައިޒަލްއަށް އިނދެވުނީ އެ މޫނުމަތީގެ ކުލަވަރު ދިރާސާކުރާފަދަގޮތަކަށެވެ. އެ މޫނުމަތީގައިވާ ހިތްދަތިކޮށްލާފަދަ އަސަރުތައް ދެގުނަވެފައިވާއިރު މުޅި ދުނިޔެއަށްވެސް ސިއްރުން ހައިޒަލް ތަހައްމަލްކުރާ ވޭންތަކާއި ކުރާ ހިތާމަތައް އެ މޫނުންވެސްވީ ހާމައަށެވެ.

“ވައި އާރޔޫ ސަފަރިން… ބިކޯޒް އޮފް މީ؟ އަހަރެންހާ މޮޔަމީހެއްނުވާނެ… ނައިނާދެކެ ލޯބިނުވާކަމަށް ދައުވާކުރުމަށްފަހުވެސް ނައިނާ ތިހެން ފެނުމުން އަހަރެންގެ ހިތަށް އުނދަގޫވޭ…. ނައިނާގެ ލޮލުން ކަރުނަ އޮހުރުވާކަން ބޭނުމެއްނުވޭ… އެކަމަކު އަހަރެންގެ ގާތުގައި ނައިނާ ބަހައްޓާކަށްވެސް ނޭނދެވޭ… އަހަންނަށްޓަކައި ކަރުނަނުއޮހުރުވާ… އަހަރެންނަށް ނައިނާ ޑިޒާވްއެއްނުވޭ… ނައިނާގެ ކަރުނަތައް ހުއްޓުވައިދޭނެހާ ހިތްވަރެއް އަހަރެންގެ ނެތް.. އަހަންނަށް މައާފުކުރޭ… ނައިނާއަށް ކުލަނުޖެހޭ ހުވަފެނެއް ދެއްކުނީތީ… ވައުދު ނުހިފެހެއްޓުނީތީ… ނައިނާދެކެ ލޯބިވެވުނީތީ…” ހައިޒަލް ވޭނީގޮތަކަށް ލޯމަރާލިއިރު ވޭނީ އާހްއެއްގެ އަޑު އަރުތެރެއިން ބޭރުވިއެވެ. އެއާއިއެކު އިރުކޮޅެއްވަންދެން ނައިނާގެ މޫނަށް ނަޒަރުހުއްޓާލައިގެން އިނުމަށްފަހު ހައިޒަލް އެނދުން ތެދުވެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އޭރު އެލޮލުން ކަރުނައިގެ އަސަރު ފެންނަން ނެތަސް ހިތްހަލާކުވެފައިވާވަރު އެ ރީތި މޫނަށް ބަލާލެވޭ ކޮންމެ މީހަކަށް ފެންނާނެއެވެ. ހިތްހަލާކުވެ އެތިކޮޅުތަކަކަށްވަމުންދާފަދަ ދިލަ އިހުސާސެއްކުރެވެމުންދިޔައިރު ހައިޒަލް އެހިތާމަތައް ފޮރުވާކަށް ނޫޅުނެވެ. ނޫނީ އެހާ ހިތްވަރު ހަށިގަނޑުގައި ނެތީއެވެ.

*** *** *** *** *** ***

ހައިޒަލްއާއި ޝަލީންގެ ކައިވެންޏަށް ބްލޫސްގެ އެންމެ ހައިބަތު ބޮޑު ހޮޓެލް ބްލޫސް މާބެލް ހޮޓެލް ވަނީ ނުހަނު ބޮޑަށް ޒީނަތްތެެރިކުރެވިފައެވެ. މާބްލްގެ ބޮޑު ހޯލްގައި ހުދުކުލައާއި މެރޫންކުލައިގެ ފޮތިތައް ދަމާލެވިފައިވާއިރު ހޯލްގެ އެއްކޮޅުން އަނެއްކޮޅަށްވާގޮތަށް ރަތްދޫލައެއް ފަތުރާލެވިފައިވެއެވެ. ގޮނޑިތަކާއި މޭޒުތަކުގައިވާ ނެޕްކިންތަކަށްދާންދެން ވަނީ އެދެކުލައިގައެވެ. ކޮންމެ މޭޒެއްގައި ވިރެމުންދާ އުއްބައްތީއެއް ބަހައްޓާލެވިފައިވާއިރު އޭގެ ރަންއަލިން މުޅިން ހޯލްތެރެ ހުޅުދާންވެފައިވެއެވެ. ދިގު ސްޓޭންޑްތަކުގައި ޖަހާލެވިފައިވާ އުއްބައްތިތަަކުގެ ހުޅުކޮޅުތައް ދެފަރާތަށް ހެލެމުންދިޔައިރު މާހައުލު ހުވަފެނީކަމަށް ދައްކައެވެ.
އަށެއްޖެހުމާއެކު މިޔުޒިކް ބޭންޑެއްގެ ހިތްގައިމު މިޔުޒިކްގެ އަޑުން ފަޒާ ވިރުވަންފެށިއެވެ.
ޕާޓިއަށް އަންނަ މެހެމާނުންނާއި ބައްދަލުކުރަން ކައިވެނިކުރެވުނު ޖޯޑު ހޯލްގެ އެއްފަރާތެއްގައި މަޑުކޮށްލައިގެން ތިއްބެވެ. ގިނަ އަދަދެއްގެ ލޭސްފޮއްޗާއި މާ ބޭނުންކޮށްގެން ޖަރީކުރެވިފައިވާ ބެކްޑްރޮޕްގެ ކުރިމަތީ ހައިޒަލްއާއި ޝަލީން ހުއްޓިލައިގެން ތިބިއިރު ކެމެރާތަކުގެ ގަދައަލި ދެޒުވާނުންގެ މޫނަށް އެޅެމުން ދިޔައެވެ. ދެމަފިރިންގެ ރީތިކަމުން ވަންނަ މެހުމާނުން ބަލާލަނީ ތައުރީފުގެ ނަޒަރަކުންނެވެ.

ޝަލީން ހުދުކުލައިގެ ދިގު ވެޑިން ޓްރެސްގައި ހުރިއިރު ހެދުމުގައި ބޭނުންކުރެވިފައިވާ ޖަވާހިރުތަކާއިއެކު ތަރިއެއްފަދައިން ބަބުޅަމުންދިޔައެވެ. ހައިޒަލްވެސް ކަޅުކުލައިގެ ކޯޓްއާއި ފަޓުލޫނުގައި ހުރިއިރު ފުރިހަމަކަމުގެ އިންތިހާއެވެ. ދެޒުވާނުން އެންމެ ރީތި ހިނިތުންވުމާއިއެކު ޕާޓީއަށް އަންނަމުންދިޔަ މެހެމާނުންނާއި ސަލާމަތްކުރަމުންދިޔައީ ހިތުގައި ހިނގަމުންދާ ހައިޖާނުގަނޑު ފޮރުވަމުންނެވެ. ހައިޒަލް ވެސް ހުރިހާ ހިތާމަތައް ހިތުގައި ރައްކާކޮށްގެން ހިތްކަތިލާފަދަ ހިނިތުންވުމެއްގައި ހުރިއިރު ހިތާހިތުން ކިތަންމެ ވަރަކަށްވެސް ކަރުނަ އެޅިއެވެ.

“މާޝާ ﷲ ޝަލީ ހާދަ ލޯތްބޭ މިރޭ… ކޮންގްރާ ދެކުދިންނަށް….” ޝަޔަމްއާއިއެކީ ހޯލްއަށް ވަދެގެން އައި ލައިޝާ ޝަލީންއާއި އަރާހަމަވަމުން ޝަލީންގެ ގައިގައި ބައްދާލިއެވެ. ޝަޔަމްވެސް ޝަލީންގެ ކޮލުގައި ހިފާލިއިރު ޝަލީން މަޖުބޫރުވެފައިހުރިކަހަލަގޮތަކަށް ހިނިތުންވެލިއެވެ. ނަމަވެސް ޝަލީން ފޮރުވަމުންދިޔަ ހިތާމައާއި އުދާސްތައް ޝަޔަމްއަށް ކިތަންމެ ރަނގަޅަކަށްވެސް އެ މޫނުމަތިން ފެނުނެވެ. ޝަޔަމް ހައިޒަލްއާއި ސަލާމްކޮށްލަމުން ފިނިގޮތަކަށް މަރުހަބާކިއެވެ.

*** *** *** *** *** ***

އަލްހާންއާއި އިޝާރުގެ ޒަމާންވީ އެކުވެރިކަން އާއިލީ ގުޅުމަކަށް ބަދަލުވުމުގެ އުފާފާޅުކުރުމުގައިި ދެއެކުވެރިން ތިބިއިރު ކުދީންގެ މޫނުން އެންމެން ފަހަރަކުވެސް ނަޒަރުނުނެއްޓުނެވެ. އެންމެ ރީތި ހިނިތުންވުންތަކުގައި ތިބިއިރު ކައިވެނިކުރެވޭ ޖޯޑަށްވުރެ ދެއެކުވެރިންނަށް ލިބިފައިވާ އުފާވެރިކަން ބޮޑުހެން ހީވެއެވެ.

“އިޝާރު މަޑުމަޑުން އަލްހާންގެ އެކުވެރިކަމުގެ ގުޅުން އާއިލީ ގުޅުމަށް ބަދަލުކޮށްލީތަ؟ އަހަރެން ހަސަދަވެރިވެއްޖެ އިނގޭ…” އަލްހާންއާއި އިޝާރު ވާހަކަައެއްގައި ތިއްބާ އައްމާރުގެ އަޑު އިވުނީ ދާދި ގާތުންނެވެ.

“އައްމާރު… ހަަސަދަވެރިވާންވީ ކީއްވެތަ؟ އެކަމަކުގެ ސަބަބުން އަހަރެން އައްމާރު ދުރުކޮށްލާނެއޭ ހީވަނީތަ؟” އަލްހާން އައްމާރުއާއި ކޮނޑާއި ކޮނޑު ޖައްސާ ސަލާމަތްކުރަމުން އައްމާރުއަށް ބަލާލީ ޝުކުރުންފުރިގެންވީ ނަޒަރަކުންނެވެ. އޭނަ މިއަދު ހުރި މަގާމަށް އައުމަށް އަމަލީގޮތުން އެންމެ ބޮޑަށް އެހީތެރިވި މީހަކީ އައްމާރެވެ.

“އައްމާރު ހާސްނުވޭ… އަހަރެންގެ ކުދިން ހުސްވިޔަސް އަލްހާންގެ ނުހަނު ރީތި އަންހެން ކުއްޖަކު އެބަހުރި… ބޭނުމިއްޔާ ދަރިއަކަށް ހަދައިގެން ހަމަ ގެންދަންވީ…” އިޝާރުގެ ޖުމްލައާއިއެކު އަލްހާން ހީނގަންނަމުން އިޝާރުގެ ބުރަކަށީގައި ބޮޑިއެއް އެޅިއެވެ. އެއާއިއެކު ލުއިގޮތަކަށް ތިން އެކުވެރިންގެ ހުނުމުގެ އަޑު އިވުނެވެ.

*** *** *** *** *** ***

އިޔާނާ އެއްފަރާތެއްގައި ޝަލީންގެ ހަަރަކާތްތަކަށް ދެކެން ހުރިއިރު އެ ރީތިމޫނުގައިވާ އަސަރުތައް އިޔާނާއަށްވެސް ފާހަގަކުރެވުނެވެ. ދަރިފުޅުގެ ދިރިއުޅުން އިޝާރު ބޭނުންވާފަދަގޮތަކަށް ބައްޓަންކޮށްގެން ޝަލީންއަށް އުފަލެއްލިބިދާނެބާވައޭ ހިތަށްއެރިއެވެ. ޝަލީން ގަދަކަމުން ހިނިތުންވެލައިގެން ހުރިއިރު އެލޮލުގައިވާ ރިހުން މިރޭ އިޔާނާއަށް ކިތަންމެ ރަނގަޅަކަށްވެސް އިހުސާސްކުރެވިއްޖެއެވެ. އިޔާނާގެ ލޮލުން ކަރުނައައެވެ. ދަރިފުޅަށްޓަކައި އެ ހިތް ހަމްދަރުދީއާއި ކުލުނުން ފުރުނެވެ.

*** *** *** *** *** ***

ޕާޓީ ފެށިގެން ކުރިއަށް ދިޔަވަރަކަށް ހަލަބޮލިކަން އިތުރުވިއެވެ. އެންމެންގެ ހުނުންތަކާއި ވާހަކަތަކުން މާހައުލުގައި ހިފާލައިފައިވާ އުދާސްކަމުގެ މައްޗަށް އުފާވެރިކަން ގަދަވެގަތެވެ. މިކްޔާލް ޝަލީންއާއި ސަލާމްކުރުމަށްފަހު ހައިޒަލްއާއި ވާހަކަދައްކަން މަޑުކޮށްލިއެވެ. ހައިޒަލް ކަންތައްކުރިގޮތުން މިކްޔާލް އަދިވެސް ހިތްހަމަނުޖެހިފައި ހުއްޓަސް އެކަން ދައްކާކަށް ނޫޅުނެވެ. ހިނިތުންވެލައިގެން ހުރެ ވާހަކަދައްކަމުންދިޔައިރު ހައިޒަލްއަށް އުނދަގޫވީ އެންމެ ގާތްއެކުވެރިޔާއަށްވެސް އޮޅުވާލެވޭކަން އިހުސާސްވެފައެވެ.

ހައިޒަލް މިކްޔާލްއާއި ވާހަކައެއްދައްކަން ހުރެފައި އެއްފަރާތަކަށް ބަލާލެވުމާއިއެކު ހިތުގެ ތެޅުމާއި ނޭވާވެސް އިރުކޮޅަކަށް ހުއްޓުނުފަދަ އިހުސާސްއެެއް ކުރެވެނެވެ. މެހެމާނުންނަށް ވަންނަން ހާއްސަކޮށްފައިވާ ދޮރުން ނައިނާ ވަދެގެން އައިރު ހައިޒަލްއަށް ގަނޑުވެފައި އިރުކޮޅެއްވާންދެން ހުރެވުނީ ލޮލަށް ފެންނަމުންދިޔަ މަންޒަރު ގަބޫލުނުކުރެވިފައެވެ. ނައިނާ މިތަނަށް އަންނަންޖެހޭ ސަބަބު ނަަގައިނުގަނެވިފައިހުރެ އަލްހާންގެ މޫނަށް ބަލާލީ ޝަކުވާގެ ނަަޒަރަކުންނެވެ. ޕާޓީއިން ނައިނާ ފެނުން ގުޅުވާލެވުނީ ބައްޕައާއިއެވެ.

ދޮރުން އެތެރެވިގޮތަށް ހައިޒަލް ފެނިގެން ލިބުނު ޝޮކްގެ ބޮޑުކަމުން ނައިނާ ހުއްޓުން އަރާފައި ހުރިއިރު ބޮޑުކޮށްލެވިފައިވާ ދެލޯ އަމާޒުވެފައިވަނީ ހައިޒަލްއަށެވެ. އެ މޫނުމައްޗަށް އެތަށް ސުވާލުތަކެއް އަރާފައިބަމުންދިޔައިރު ހައިޒަލްގެ މޫނަށް ބަލަހައްޓައިގެން ހުރީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. އެވަގުތު ޝަލީންއަށް ނައިނާ ފެނިގެން އަތުން ކައިިރިއަށް އައުމަށް އިޝާރާތްކޮށްލުމާއިއެކު ނައިނާ ގަނޑުވެފައިހުރެވެސް މަޑުމަޑުން ކުރިއަށް ފިޔަވަޅުތައް އަޅަންފެށިއެވެ. އޭރުވެސް ނައިނާގެ ނަޒަރު ހައިޒަލްގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް ނުނެއްޓެއެވެ.

“ނައިނާ… މީޓް މައި ހަޒްބެންޑް ހައިޒަލް…” ޝަލީން އެއްވެސް އަސަރެއްނެތި ބުނެލި ޖުމްލަތަކާއިއެކު ނައިނާގެ ކަންފަތްދޮށުގައި ބޮމެއް ގޮއްވާލެވުނުފަދައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (28

Next

އިޝްނާ(ޓްރެއިލާ)

Next
June 18, 2019

އިޝްނާ(ޓްރެއިލާ)

Previews
June 18, 2019

ލޯބި ވީމޭ ސިއްރު ސިއްރުން (28

49 Comments!

  1. dhiraa wish says:
    June 18, 2019 at 7:08 pm

    readers miothy 41 vana part up kurevifa.. kuree part kuruveema varah dhigu koh up mikohlee… and baeh kudhin mi part kiyaafa varah dissapoint vaane… im sorry for that… ekm mee hama story plankohffa in goih… feel free to comment… next part on thursday night… keep waiting

  2. drax says:
    June 18, 2019 at 7:11 pm

    Nice ????
    Curiously waiting

    1. dhiraa wish says:
      June 18, 2019 at 9:40 pm

      thankss dear

  3. Kalhu handi says:
    June 18, 2019 at 7:50 pm

    Omg ?❤️

    1. dhiraa wish says:
      June 18, 2019 at 9:41 pm

      thankss dear

  4. Hassaan says:
    June 18, 2019 at 7:54 pm

    What a shock?????

    1. dhiraa wish says:
      June 20, 2019 at 8:26 pm

      hehehe

    2. dhiraa wish says:
      June 20, 2019 at 8:52 pm

      ???

  5. Hahaa says:
    June 18, 2019 at 8:30 pm

    Hiyeh nuveyy sikuntheh vss v hnn n reethi

    1. dhiraa wish says:
      June 18, 2019 at 9:42 pm

      thankss dear..

  6. Moba says:
    June 18, 2019 at 8:51 pm

    Shaleen v ma dhefiri huhdha v dhaw…kykey dhn bunaany..
    Story eh viyas hama jehey gotha genes dhy bala…shaleen aky mayaan ge halaal anbi myha..dhen kihine haizal ge wife akah v …mee raaje ey writer

    1. dhiraa wish says:
      June 18, 2019 at 9:46 pm

      moba… i definitely didnt mean that way… shaleen and mayaan ge kaivenikurikan saabithu kohnudhevuneenama eyna haizal aai marry kuran jehunee… and mi story ge eves part aku dhira bunefa eh noanaane e marriage ragalhuvaane ekey eh… ahnan huri baithakuga detail koh eba adhi ahnaane… dhiraa ah ves ingey mee raahjekan… and egothah writers ah maana negenyaa im really sorry..

  7. Moba says:
    June 18, 2019 at 10:06 pm

    Saabithu koh nudhevunas shaleen an ingey dhaw eyna eiki mayaan wife kan..adhi readers ah ves..may b i m wrong..but this marriage is not acceptable

    1. dhiraa wish says:
      June 20, 2019 at 8:25 pm

      thankss for the compliment… keep waiting for the upcoming parts to know more about this…

    2. positive says:
      June 21, 2019 at 8:45 pm

      hey dudu haada heeveyey j vaahen… or jahsaalaafatrr thihunanee auther aa… btw hajam nuvanya donkeyo ari eh kaalabala… dnt mind ingey.. just hama bunelee duvahaku positive koh kamanaa visnihen heenuvaathee

  8. jiji says:
    June 18, 2019 at 10:26 pm

    Alhe…kihineh thi hedhy dhiraa..I’m so curious❤❤❤????????????????????????….Alhe next Thursday ga dhw..Will b waiting fr the next ..luw yuh dhiroo??????

    1. dhiraa wish says:
      June 20, 2019 at 10:14 pm

      thankss dear.. alhaan beynunvaa goih hedhynu… eyna ah kuda ufaa kolheh dheynvaane ehnu dho

    2. dhiraa wish says:
      June 20, 2019 at 10:40 pm

      thnkx

  9. Noor says:
    June 18, 2019 at 10:30 pm

    Dhuniyeyge edhumaahedhi buhdhi goasvefa huri bafayaku gabooleh nukuraane dho anga madun bungnakas

    1. Noor says:
      June 18, 2019 at 10:34 pm

      *Anga bahun bungnakas

    2. dhiraa wish says:
      June 20, 2019 at 10:41 pm

      dww

  10. Noor says:
    June 18, 2019 at 10:35 pm

    *Anga bahun bungnakas

    1. dhiraa wish says:
      June 20, 2019 at 8:29 pm

      ishaar’s ego is way too big… and shaleen didnt have any proof to show that she’s married… rather than her wordss… thankss for the comment dear

  11. amna says:
    June 18, 2019 at 11:27 pm

    Dhiraa pls dont do this alheyyy
    Hai and naina gulhuvaba plss ???

    1. dhiraa wish says:
      June 20, 2019 at 8:31 pm

      don’t be sad dear… edhekudhin gulhen hurihyaa ekan vaane… dhiraa mihuree haige aih mahchah ekan dhookoh laigen… hingaa dho hai hadhaa gotheh balamaa

  12. Usha says:
    June 18, 2019 at 11:37 pm

    Mi part ves varah salhi..
    Mi vaahakaiga kithah part in’naane??
    Nimen kairi vehje baa??

    1. dhiraa wish says:
      June 20, 2019 at 8:33 pm

      thankss dear… nimen adhi episodes kolheh ulheyne… liyamundhaa vaahaka akah vaathee seedhaa adhadheh bunan varah undhagoo

  13. Maaha says:
    June 18, 2019 at 11:55 pm

    Aslu ves. Shaleen aki Mayaan ge wife. So haizal akaa merry eh nukurevyne. Varah disappointing ?. Mayaan haadha dheravaane. And shaleen 2 Firin ?.

    1. dhiraa wish says:
      June 20, 2019 at 8:34 pm

      thankss for the compliment.. keep waiting for the upcoming parts to know more

  14. Zar@ says:
    June 19, 2019 at 6:33 am

    Nice ingey… Keep it up…

    1. dhiraa wish says:
      June 20, 2019 at 8:35 pm

      thanksss dear

  15. malu says:
    June 19, 2019 at 8:53 am

    dhiraa whn next part .v interesting cant wait to read.u dont need to think about wat others say cox majority of the readers get ur point.i love it.

    1. dhiraa wish says:
      June 20, 2019 at 8:37 pm

      thankss dear for being so supportive… your words encourage me alot.. love you too

  16. shaihaa says:
    June 19, 2019 at 1:26 pm

    alheyyy…mayaan kobaatha??shaleen dhookolaafa kn thaakutha vii….nainaa aah kihaa hurt vaane…

    1. dhiraa wish says:
      June 20, 2019 at 8:38 pm

      mayaan nufenigen dhiraa ves miulheny… hingaa dho nai kanthah kuraa gotheh balamaaa

  17. Shine says:
    June 19, 2019 at 3:18 pm

    Alhe marry kuritha???noo..alhe dhn nainaa ah vaani kihineh dhw?? Mi part vx vrh vrh vrh reethi maashaa allah…avahah up kh dhechey..waiting..

    1. dhiraa wish says:
      June 20, 2019 at 8:40 pm

      yeah.. dhen alhaan evaru kuranyaa jeheny kuranthaa dho… dhen mihaaru dhiraa mijehenee varah nubai meehakah vegen naina rohvan… hehehe… thankss dear… mihaaru up kohlaafa ihnaanee

  18. flower says:
    June 20, 2019 at 2:08 pm

    Yazdhan and shaadheen
    Haizal and naina
    Mayaan and shaleen
    Husves dad men gabool nuvaa relation ships dhw miulheny.. alhe dhira kihineih thi hedhy.. nai ge hiyy halaaku kohleenu.. sis aai vihya marry thi kuruvee… alhaan and ishaar mee ehfothakun kiyavaigen ulhey dhemeehun tha? Haadha foohiveyey mi dhemeehun dheke.. edhun bodu viyas bodu varu dho.. dhiraa vaane ingey mihurihaa couples eh gulhuvan.. im eagerly waiting for tonight.. love you dhiraa

    1. dhiraa wish says:
      June 20, 2019 at 8:44 pm

      hurihaa kudhin rahtehi mivanee bahpa men gabool nuvaane kudhin naa vihya… dhen dhira mi meehun gulhuvanves hadhaanee kihineih… nai dho.. hingaa dho naina ah vaagotheh balamaa… dhiraa ah heevanee alhaan hen ishaar ah kiyavidhenee hehehe… couples ah vaagotheh balamaa… mihaaru upkohlaafa ihnaanee

  19. Shifla says:
    June 20, 2019 at 3:29 pm

    V reethi mi part ves… ❤?

    1. dhiraa wish says:
      June 20, 2019 at 8:44 pm

      thankss dear

  20. Dheh says:
    June 20, 2019 at 6:13 pm

    Alhey kobaatha nextpart.. negetive comments vx libeyne.. eyge maanaky stry liyun huhtaalumeh noon dhwh

    1. dhiraa wish says:
      June 20, 2019 at 8:47 pm

      upkohlaifin… story huhtaaleekee nooney dear… mirey up kohlanvegen huree.. mihaaru part 42 kiyaaleveyne

  21. naina says:
    June 20, 2019 at 10:49 pm

    OMG sis n hai… what a suprise….. hai thnks for the supreze.. BTW cngra…..anehhka sis aa thi marry kuranee foohi filuvaalan trr… she is v special for me… dnt even thing to hurt her…. u can hurt me not but my sis…

    1. haizal says:
      June 20, 2019 at 11:04 pm

      is that all you can say after i sacrificed my everthing for you.. you wont know how much my heart aches… its still longing for you

    2. dhiraa wish says:
      June 20, 2019 at 11:06 pm

      WHT A MISUNDERSTANDING

  22. Aff says:
    June 22, 2019 at 7:36 pm

    Kova part 42???

    1. dhiraa wish says:
      June 22, 2019 at 10:47 pm

      i hope u have found42 ep… if not click the auther name under the pic of stry.. u will c the eps

  23. anaa says:
    July 23, 2019 at 3:07 pm

    part 42 eh nethehnu

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 42←


All Right Reserved!