Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (ބާވީސްވަނަބައި)

InaaSh Level 210 Stories100 Comments
June 19, 2019 5 Mins Read
17 Comments

ޝާޔަން ފުންނޭވާތަކެއް ލަމުން ދިޔައިރުގައި މުޅިމީހާ ތެޅެމުންދިޔައެވެ. ނައިލް ހާސްވެފައި ޝާޔަންއަށް ގޮވަމުން ދިޔައިރުގައި ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ.
”ޝާޔަން…..ނޫން……ނޫން…..ޝާޔަން….”
ނައިލް ހާސްވިވަރުން ހަދާނެ ގޮތެއްވެސް ނޭންގުނެވެ. ނައިލްއަށް ޝާޔަން އެތަނަށް ދޫކޮށްލައިފައި މީހެއްގެ އެހީއަށް އެދެން ދެވޭކަށްވެސް ނެތެވެ. ނައިލްގެ ފޯނު ޖީބުގައި އޮތްނަމަވެސް އެވެސް ނެގޭކަށް ނެތެވެ. ނައިލްގެ އަތް ޝާޔަންގެ ބަނޑުމަތިން ނަގައިފިނަމަ މާ ގިނައިން ލޭބޭރު ވާނެހެން ނައިލްއަށް ހީވާތީވެ އަތް ނަގާގަށްވެސް ނުކެރުނެވެ. ނައިލް ގޮތްހުސްވެފައިވާ ހާލު ޝާޔަންއާއި ދިމާއަށް ބަލައިލިއެވެ. ކުށްލިއަކަށް ނައިލް އިންދިމާއަށް އަލިވެގެން ދިއުމުން ނައިލް ބަލާލިއިރުގައި ޕޮލިހުންގެ ޖިޕެއް އައިސް އެދިމާގައި މަޑުކޮށްލަނީއެވެ. މި މަންޒަރުފެނި ނައިލްއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ޕޮލިހުންގެ ޖިޕުން ފެއިބި ދެ ޕޮލިހުންވެސް އަވަސްވެގަތީ ޒަހަމްވެފައިވާ ދެމީހުނަށް އެހީވުމަށެވެ. އެންބިއުލާންސްއަށް ގުޅުމުގެ ބަދަލުގައި ޕޮލިހުންގެ ޖިޕުގައި އާރަވްއާއި ޝާޔަންވެސް ހޮސްޕިޓަލަށް ގެންދެވުނީ ވަގުތު ބޭކާރު ކޮށްފިނަމަ އެދެމީހުންގެ ފުރާނައަށް ގެއްލުންވެދާނެތީވެއެވެ. ހޮސްޕިޓަލަށް ގެންދެވުނު ގޮތަށް ދެމީހުންވެސް އަވަސް ފަރުވާދޭބަޔަށް ވެއްދީ ހާލު ސީރިއަސްކަމުންނެވެ. ނައިލް އަވަސް ފަރުވާދޭބައިގެ ކައިރީގައި ހިނގާލަ ހިނގާލަ ހުރީ ހާސްވެފައިހުރެއެވެ. އޭރުވެސް ނައިލްއަށް ދުއާ ކުރެވެމުން ދިޔައީ އާރަވް އަދި ޝާޔަންއަށް ވެސް އަވަސް ޝިފާއެއް ދެއްވާތޯއެވެ. ޕޮލިހުންގެ ދެ އޮފިސަރަކު އައިސް ނައިލްގާތުގައި މަޑުކޮށްލީ ނައިލް އެތާގައި ހުއްޓައެވެ. ނައިލް ހުސްގަޔާ ހުރުމުން ޕޮލިހުން ދިން ޖެކެޓެއް ލައިގެން ނައިލް ހުރި އިރުގައި ތިރިން ލައިގެންހުރި ސްކިނީގައިވެސް ހުރީ ހުސް ލެއެވެ. ދެއަތުގައިވެސް ހިކިފައި ލޭތަށް ހުރިއިރުގައި ނައިލް އެސާފު ކުރާކަށް ނޫޅުނެވެ. ޕޮލިހުން ނައިލްގެ ފަރާތުން އާރަވް އަދި ޝާޔަންގެ އާއިލާ މީހުންގެ ނަންބަރު ހޯދައިގެން އެމީހުންނަށް ގުޅާ އެހަބަރު ދިނެވެ. އަދި އެއަށް ފަހު ނައިލް ގޮވައިގެން ދިޔައީ ނައިލްގެ ބަޔާން ނެގުމަށްޓަކައެވެ. ޕޮލިހުންގެ އެފޯނު ކޯލުވެގެން ދިޔައީ ޝާޔަން އަދި އާރަވްގެ އާއިލާއަށްވެސް ލިބިގެން ދިޔަ ކުށްލި ސިހުމަކަށެވެ. އާރަވްގެ އާއިލާ އޭރުގައި ތިބީ ރާއްޖޭން ބޭރުގައި ކަމުން އެމީހުންވެސް އަވަސްވެގަތީ ވީހާވެސް އަވަހަށް ރާއްޖެ އާދެވޭތޯއެވެ. ނައިލްގެ ބަޔާން ނެގުމަށްފަހު ދޫކޮށްލީ އިތުރު ތަހްގީގު ކުރިއަށް ގެންދިއުމަށްޓަކައެވެ. ނައިލް ދޫކޮށްލެވުނީ މިވަގުތު ނައިލްއާއި ހިލާފަށް އެއްވެސް ހެއްކެއް ނެތުމާއިއެކުވެސް މެއެވެ. ނަމަވެސް ނައިލްއަށް ރަށުން ބޭރަށް ދިއުން މަނާކުރެވުނީ ތަހްގީގު ނިމެންދެނެވެ. ރިޔާޒްގެ އާއިލާއާއި އަނިލްގެ އާއިލާ ހޮސްޕިޓަލަށް އައިސް ވަނީ ދާދި އެކުއެކީގައެވެ. އަނިލްއަށް ފުރަތަވެސް ނައިލްއާއި ދިމާއަށް ދުއްވައިގަނެވުނީ ނައިލް އިން ހާލު ފެނިފައެވެ.
”ދަރިފުޅާ….ކިހިނެއް ވެގެންތަ މިއުޅެނީ؟….”
އަނިލް އަހައިލީ ނައިލްގެ ކޮޑުމަތީގައި އަތްބާއްވައިލަމުންނެވެ. ބައްޕަގެ އަޑު އިވި ނައިލްއަށް ވަގުތުން އިންތަނުން ތެދުވެވުނެވެ. ނައިލް ބަލާކަށް ނުހުރެ އަނިލްގެ ގައި ބައްދާލީ ވެފައި ވާ ދެރައިން ކެއްނުވީމައެވެ. ނައިލްއަކީ ބޮޑު ފިރިހެނެއް ނަމަވެސް އަޑުން އަޑުނަގައި ރޮއިގަނެވުނީ އިތުރަށް ކެއްނުކުރެވިގެންނެވެ. ނައިލް އެގޮތަށް ރޯތަންފެނި ނިޝާ އަދި ނާއިރާއަށްވެސް ރޮވުނެވެ. އަނިލްވެސް ހުރީ ލޯބިވާ ދަރިފުޅު ހުރި ހާލުފެނި ފެންކަޅިވެފައެވެ. ނައިލް ގާތުގައި ހިތްވަރުކުރުމަށް އެދި އަނިލް ނަސޭހަތްދެމުން ދިޔައެވެ. ޝާއިންވެސް ހުރީ ނައިލްގެ ހާލު ފެނި ވަރަށް ދެރަވެފައެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް ޝާއިންހުރީ ޝާޔަންގެ ހާލަތާއި މެދު ދެރަވެ ކަންބޮޑުވެފައެވެ. ރިޔާޒްވެސް ފެންކަޅިވެފައިވާއިރު ޝާޒިޔާ ރޮމުންދިޔައެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ޝާޔަންއަށް ފަރުވާދެމުން ދިޔަ ޑޮކްޓަރ އެތަނުން ނިކުންނާނެ އިރަކަށެވެ. ނައިލް ކުޑަކޮށް ހަމައަކަށް އެޅުމުން އަނިލް ޝާޔަންއަށް ވީގޮތް ކިޔާދިނުމަށް އެދުނެވެ. އެއީ އެތާގައި ތިބި އެންމެންވެސް އަހަން ބޭނުންވެފައި ތިބި ސުވާލެއް ކަމުން އެންމެންގެ ސަމާލުކަން ގޮސް ނައިލްއަށް ހުއްޓުނެވެ. ނައިލް ފުންނޭވާއެއް ބޭރުކޮށްލަމުން ފުރަތަމަ ކިޔާދިނީ އާރަވްއާއި ތާރާގެ ވާހަކައެވެ. އެއަށްފަހު ނައިލް މިރޭ ހިނގާއެދިޔަ ހާދިސާ ކިޔާދޭން ފެށިއިރުގައިވެސް ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ނައިލް ހުރިހާ ވާހަކައެއް ކިޔާދެމުން ދިޔައިރުގައި އެންމެންވެސް ތިބީ ކަނުލާ އަޑުއަހާށެވެ. ނައިލް އެވާހަކަތައް ކިޔާދީ ނިމުނު އިރުގައި އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިތާމައިގެ ކުލަވަރެވެ.
”އަހަންނަށް މާފް ކުރޭ…..މިހުރިހާ ކަމެއްވެސް މިވީ ހަމަ އަހަރެންގެ ސަބަބުން…..އަހަރެން ޝާޔަންއާ ދުރުގަ ހުރިނަމަ މިހެން ނުވީސް…..އާރަވް އެހެން ކަންތައް ނުކުރީސް……އަހަންނަށް އިނގޭ އަހަރެންމީ މާފް ހައްގު ވާ ވަރުގެ މީހެއް ނޫންކަންވެސް…..މިހާރު ތި އެންމެންވެސް އަހަރެން ދެކެ ރުޅިއައިސް ފޫހި ވާނެކަން އަހަންނަށް އިނގޭ…..އަހަރެންމީ ކުށްވެރިއަކީ…..އަހަންނަށް މާފް ކުރޭ…….”
ނައިލް ރިޔާޒްމެނާއި ދިމާއަށް އެބުރިލަމުން މާފަށް އެދެމުން ދިޔައި ޝާޔަންއަށް އެހެން އެވީ ނައިލްގެ ސަބަބުން ކަން ނައިލްވެސް ގަބޫލުކުރާތީއެވެ. ރިޔާޒްމެން ނުބުނި ނަމަވެސް ތިބޭނީ ނައިލް ދެކެ ރުޅިއައިސް ފޫހި ވެފަކަން ނައިލްއަށް އިނގެއެވެ. ނައިލް އިސްޖަހައިލައިގެން ހުރީ ރިޔާޒްމެންނާއި ހަތަރުކަޅި ހަމަކުރަންވެސް ނުކެރިފައެވެ.
”ނޫނޭ ނައިލް…..އަދި ތިހީވަނީ މުޅިން ރަގަނޅަކަށް ނޫން……ނައިލް ނުޖެހޭނެ މާފަށް އެދޭކަށް…..ނައިލް ތިހެން ވިސްނިއަސް ވެސް އަހަރެން ނުދެކެން އެގޮތަކަށް…..މީ ނައިލްގެ ސަބަބުން ވީ ކަމެއް ނޫން…..އިންޝާ ﷲ ޝާޔަން ވަރަށް އަވަހަށް ރަގަނޅުވާނެ…..ނައިލް އަމިއްލަ ނަފްސް ކުށްވެރި ނުކުރޭ……އެކަން އެހެންއެވީ އެގޮތަށް ވާން މާކުރިން ލިޔެވިފަ އޮތީމަ……”
ރިޔާޒް އައިސް ނައިލްއަށް ވިސްނައިދޭން ފެށިއެވެ. އެންމެ ގާތް އެކުވެރިޔާގެ ރަގަނޅުކަމާއި ހިތްހެޔޮކަން އެވަގުތުކޮޅުންވެސް އަނިލް ފާހަގަކުރިއެވެ. ރިޔާޒްގެ ވާހަކައަށް އެހެން އެންމެންވެސް ތާއީދުކުރިއެވެ. ޝާޒިޔާވެސް ނައިލް ކުށްވެރިއެއް ނުކުރެއެވެ. މަންމައާއި ބައްޕަ ދެކޭގޮތް އިނގި ޝާއިން ވަރަށް ހިތްހަމަ ޖެހުނެވެ. މިހާރު އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ޑޮކްޓަރ އަންނާނެ އިރަކަށެވެ. ގަޑި އިރުތަކަކަށް ފަހު ޑޮކްޓަރ ނުކުމެގެން އަންނަތަން ފެނުމުން އެންމެން އެކީގައި ކަހަލަގެ ގޮތަކަށް އެދިމާާއަށް ހިނގައިގަތީ އަވަސްވެފައިވާ ހިތްތަކަކާއި އެކީގައެވެ.
”ހައު އިޒް ޝީ؟….”
އެންމެންވެސް ނޭވާ ހިފަހައްޓައިލައިގެން ތިބީ ޑޮކްޓަރ ދޭނެ ޖަވާބެއް ނޭންގޭތީއެވެ.
”އޮޕަރޭޝަންއަށްފަހު މިހާރު ނުރައްކަލުން ސަލާމަތްވެފަ އޮތީ……ގިނައަދަދަކަށް ހަށިގަނޑުން ލޭ ބޭރުވެފަ ވަނީ…..އެހެންވެ ލޭވެސް އަޅަންޖެހުނު…..ކުރިއަށް އޮތް ސާޅީސްއަށްގަނޑި އިރަށް އޮބްސަވޭޝަންގަ ބާއްވަން ޖެހޭނީ…..ހޭ އަރާނެ ވަކި އިރެއް ނޭންގެ ޔަގީނުން ބުނާކަށް…..ޕޭޝެންޓް ހީލްވަން ޓައިމް ނަގާނެ…..”
އެންމެނަށް ވެސް މާތް ﷲ އަށް ހަމްދް އެޅުނީ ޝާޔަންގެ ފުރާނަ ސަލާމަތް ކުރެއްވީތީ އެކަމާ ހިތްހަމަ ޖެހިފައި ތިބެއެވެ.
”އާރަވް ރަގަނޅު ތަ؟….”
ނައިލް އަވަސް ވެފައިވާ ހިތަކާއި އެކު އަހައިލިއެވެ.
”ނައު ހީ އިޒް ފައިން…..ނުރައްކަލުން ބޭރު ވެފަ އޮތީ…..ވަޅި ހަށިގަނޑުން ވަކި ނުކޮށް އޮތުމުން އެހާ ގިނަ ލޭބޭރެއްވެސް ނުވޭ…..ހީ ވިލްބީ އަވޭކް ސޫން……ވަޅި ޖެހިފަ އިންދިމާއިން އެއްވެސް އޯގަންއަކަށް ގެއްލުމެއް ލިބިފައެއްވެސް ނެތް…..”
”ތެންކިޔޫ ސޯ މަޗް ޑޮކްޓަރ……”
ޝާޔަން އައިސިޔޫގައި އޮތް އިރުގައި އާރަވް ވާރޑްއަށް ބަދަލު ކުރެވުނެވެ. އެންމެނަށް އެކީގައި އައިސީޔޫއަށް ނުވަދެވޭތީވެ ފަހަރަކު މީހަކު ޝާޔަން ދެކިލަން އެތަނަށް ވަނެވެ. ނައިލް ވަނީ އެންމެ ފަހުންނެވެ. ނައިލް މަޑުމަޑުން ހިނގާލައިފައި ގޮސް ޝާޔަން އޮތްއެނދު ކައިރީގައި މަޑުކޮށްލިއެވެ. ނައިލްގެ ދެލޯ ފެންކަޅިވެގެން ދިޔައީ ޝާޔަން އޮތް ހާލުފެނިފައެވެ.
”އަމް ސޯ ސޮރީ ޝާޔަން……”
ޝާޔަންގެ އަތުގައި ހިފައިލަމުން ނައިލް ބުނެލިއެވެ. ޝާޔަން ގާތުގައި ވަގުތުކޮޅެއް ހޭދަ ކޮށްލުމަށް ފަހުގައި ނައިލް ދިޔައީ އަނިލްގެ އެދުމަށް ފެންވަރާލާށެވެ. ނައިލް ފެންވެރިގޮތަށް އެއްޗެއް ބޮއިލައިގެން އަނެއްކާވެސް ދިޔައީ ހޮސްޕިޓަލަށެވެ. ނައިލް ގޮސް އާރަވް ބާއްވައިފައި އޮތް އެނދު ކައިރިގައި އިން ގޮޑިއެއްގައި އިށީންދެލައިގެން އިނީ އާރަވް ހޭއަރާނެ އިރެއްގެ އިންތިޒާރުގައެވެ. ނައިލް އެހެން އިނދެފައި ދޭތެރެ ދޭތެރެއިން ޝާޔަންގެ ހަބަރުވެސް ބަލާލައެވެ. އާރަވް ހޭއެރީ ސައުވިސް ގަނޑިއިރުވެސް ހޭދަވެގެން ދިޔަފަހުންނެވެ. އެވަގުތު ނައިލްހުރީ ގޭގައި ކަމުން އެހަބަރު ލިބޭއިރަށް ނައިލް އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. ނައިލް ގޮސް ވަތްއިރުގައި ޕޮލިހުންގެ ދެމީހަކު އާރަވްގެ ބަޔާން ނެގުމަށްފަހު އެތަނުން ނިކުންނަނީއެވެ. ނައިލް ގޮސް އާރަވް ކައިރީގައި މަޑުކޮށްލިއެވެ.
”އާރަވް…..ކިހިނެއް؟…”
ނައިލް އައިސް އާރަވް އޮތް އެނދު ކައިރީގައި މަޑުކޮށްލަމުން ބުނެލިއެވެ.
”ހެހެހެ…..ކޮބާ ޝާޔަން؟…..މަރުވީތަ؟…..”
އާރަވް އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ ބަލަން އޮވެފައި ބުނެލީ ނުލަފާ ހިނިތުންވުމަކާއި އެކުގައެވެ. އާރަވްގެ ވާހަކަ ހުރި ގޮތުން ނައިލް ދެރަވީ އަދިވެސް އާރަވްގެ ވިސްނުމަށް އެއްވެސް ބަދަލެއް ނާންނާތީއެވެ.
”އާރަވް…..ތި ދެން ކޮން ކަމެއް……މިހާރު އާރަވް ބޭނުން ކަންތައްވެސް ވެއްޖެ އެއްނު…..ލެޓް އިޓް ގޯ ނައު…..އާރަވް ބަދަލު ހިފިއަސް ތާރާ އެބުރިއެއް ނާންނާނެ…..ވެދިޔަ ކަންތައްތައް ހަދާން ނައްތާލާފަ އާފެށުމަކުން ފަށަން ހިނގާ…..އަހަރެންގެ ހިތުގައި އާރަވްއަށް އެއްވެސް ބުރަކަމެއް ނެތް….”
ނައިލް ވާހަކަ ދެއްކީ މާޔޫސް ވެފައިހުރެއެވެ. ނައިލް އުންމީދުކުރީ އާރަވްއަށް ނައިލްގެ ވާހަކަ ތަކުން ކޮންމެވެސް އަސަރެއް ކުރޭތޯއެވެ. އެންމެ ގާތް އެކުވެރިޔާ މިގޮތަށް ދިރިއުޅުން ހަލާކު ކޮށްލާ ތަންދެކޭކަށް ނައިލް ބޭނުމެއްނޫނެވެ.
”ހެހެހެ…..ނައިލް މިހާރު މާ ލަސް ވެއްޖެ……ކޮބާހޭ ޝާޔަން؟….ވާހަކަ ބަދަލުނުކޮށް ބުނަބާ….ކިއްވެތަ ޝާޔަންގެ ވާހަކަ ނުދައްކަން ތިއުޅެނީ؟….ދެރަވޭ ދޯއެބަ ޝާޔަންގެ ނަން ކިޔާލިއަސްވެސް……މިހާރު ނައިލްއަށް އިހްސާސްވާނެ އޭރުގަ އަހަންނަށް އިހްސާސް ވިގޮތަށް…..ހެހެހެ…..”
ނައިލްގެ ވާހަކަ ތަކުން އާރަވްއަށް އެއްވެސް އަސަރެއްނުކުރިއެވެ. ނައިލް އިސްޖަހައިލީ އާރަވްގެ ވާހަކަ ހުރިގޮތުންނެވެ.
”ނޫނޭ އާރަވް…..ޝާޔަން ދުނިޔޭގަ އެބޮތް…..އިންޝާ ﷲ ޝާޔަންއަށް އެއްވެސް ކަމެއްނުވާނެ…..މިފަހަރު އާރަވްއަށް ތިކަން ކާމިޔާބު ވާގޮތެއް ނުވި…..”
ނައިލްވެސް އާރަވްއަށް ދޫ ނުކުރަންވެގެން ބުނެލިއެވެ. ދެން ކިތަންމެ ވަރަކަށް ވިސްނައިދިނަސް އާރަވްއަށް ނުވިސްނޭނެކަން ނައިލްއަށް މިހާރު އިނގިއްޖެއެވެ.
”ކީކޭ؟….ކޮބާ ޝާޔަން؟…”
އާރަވްގެ މޫނު ވަގުތުން ބަނަވެގެން ދިޔައީ ނައިލްގެ ވާހަކަ އަޑުއިވިފައެވެ.
”އާން ޝާޔަން މަރެއްނުވޭ…….އަލްހަމްދްލިﷲ……”
ނައިލް އަނެއްކާވެސް ތަކުރާރު ކޮށްލިއެވެ. އާރަވްގެ މޫނުމަތިން މިހާރު ފެންނަން ހުރީ ރުޅިވެރިކަމެވެ.
”ނޫން…..ނުޥާނެ ތިހެނެއް…..އަހަރެން އޭނަ މަރާލާނަން….ނައިލްވެސް މަރާލާނަން…….އެކަކުވެސް ސަލާމަތެއް ނުވާނެ…..ނައިލް ތިހެން ހުއްޓަކަ ނުދޭނަން…..”
މިހެން ބުނެ ހަޅޭއްލަވައި ގަންނަމުން އާރަވް ގަޔަށް ގުޅާފައި ހުރި އެއްޗެއްސައް ސަމާލުކަމެއް ނުދީ އާރަވް އެދުން ތެދުވީ ނައިލްއާ ދިމާއަށް ދިއުމަށެވެ. އާރަވް ދެލޯ ބޮޑުކޮށްލަމުން ނައިލްއާއި ދިމާއަށް ކުށްލިއަކަށް އައި އިރުގައި އަތުން އައިވީ ކަށި ނެއްޓި ލެއި އަންނަމުން ދިޔައެވެ. އާރަވްއަށް ބަޑަށް ލިބިފައިވާ ޒަހަމްއިންވެސް އެއްވެސް ތަދެއް އިހްސާސް ނުވާކަހަލައެވެ. ނައިލްއަށް ލިބުނު ސިހުމުގައި ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ. އެވަގުތު އެތާގައި ހުރި ނަރުސް ކުއްޖާއަށް ވެސް އާރަވް ހިފެހެއްޓޭ ގޮތް ނުވުމުން އިތުރު މީހުންނަށް ގުޅާ އެތަނަށް ގެނައެވެ. އޭރުވެސް އާރަވް ހަޅޭއްލަވަމުން ގެންދިޔައެވެ. ނައިލް ހުރީ އާރަވްއާއި ކައިރިވެލަން ވެސް ނުކެރިފައެވެ. ޑޮކްޓަރ އައިސް އާރަވްއަށް ނިދާ އިންޖެކްޝަނެއް ދިނީ އިތުރަށް ކޮންޓްރޯލް ނުވުމުންނެވެ. ނައިލް ވާރޑުން ބެރުގައި ހުރި ގޮޑިއެއްގައި އިށީންދެލައިގެން އިނީ ޑޮކްޓަރ އަންނަންދެނެވެ. ނައިލް އިސްޖަހައިލައިގެން ބޮލުގެ އިސްތަށިގަނޑަށް އަތް މަހައިލައިގެން އިންގޮތުން ފެންނަ ކޮންމެ މީހަކުވެސް ދެރަވާނެކަން ގައިމެވެ. އިރުކޮޅެއް އެގޮތުގައި ހޭދަވެގެން ދިޔަފަހުން ޑޮކްޓަރ އަންނަތަން ފެނުނެވެ.
”އާރަވް ކިހިނެއް؟….”
ނައިލް ހާސްވެފައި އަހައިލިއެވެ.
”ރަގަނޅެއްނޫން…..އާރަވްއަށް މިހާރު އެއްވެސް އެއްޗެއް ނުވިސްނޭ ހިސާބަށް ގޮއްސަ ހުރީ……އަބަދު ޝާޔަން މަރާލަން ނޫން އެހެން އެއްޗެކޭ ނުކިޔާ…..މިތަނުން ދެން އިތުރު ފަރުވާއެއް ދެވޭނެ ހެނެއް ހީއެއްނުވޭ….މިހާރުވެސް ނިދާ އިންޖެކްޝަނެއް ޖަހާފަ ވީ….އެހެންނޫންނަމަ ޕޭޝެންޓް އަމިއްލަ ހަށިގަނޑަށްވެސް އަނިޔާދޭން ފަށާ…..”
ޑޮކްޓަރ ނައިލްއަށް ހުރިހާވާހަކައެއް ކިޔާދިނެވެ. އެވާހަކަތައް އަޑުއިވި ނައިލް ވަރަށް ދެރަވިއެވެ. ނަމަވެސް ދެން އިތުރަށް ވަކި ނައިލްއަށް ވެސް ކުރެވޭނެ ކަމެއް ނެތެވެ. ނައިލްދެން ދިޔައީ ޝާޔަން ކޮބާތޯ ބަލާލާށެވެ. ދަމުން އަނިލްއަށް ގުޅާ އާރަވްގެ ހާލަތު ކިޔާދިނީ ނިކަން ދެރަވެފައި ހުރެއެވެ. ޝާޔަން ހޭއެރީ ދެދުވަސް ފާއިތުވި ފަހުންނެވެ. ޑޮކްޓަރ ޝާޔަން ބެއްލެވުމަށްފަހު އިތުރު އެއްވެސް ކަމެއް ނެތްކަމަށާއި ދެދުވަސްތެރޭގައި ގެއަށް ދުކޮށްލާނެ ކަމަށް ބުނުމުން އެންމެންވެސް ވަރަށް ހިތްހަމަ ޖެހުނެވެ. ޝާޔަންއާއި ބައްދަލުކުރަން އެންމެ ފަހުންވަނީ ނައިލްއެވެ. ނައިލް މަޑުހިނގުމެއްގައި ގޮސް ޝާޔަން އޮތް އެނދުކައިރީގައި މަޑުކޮށްލިއެވެ.
”ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

އަސްލާން 7

Next

އަހަރޭން….3

Next
June 19, 2019

އަހަރޭން….3

Previews
June 19, 2019

އަސްލާން 7

17 Comments!

  1. Ibsha says:
    June 19, 2019 at 11:57 am

    Varah last up vaaleh…ekam varah reethi

    1. InaaSh says:
      June 20, 2019 at 3:16 pm

      Sorry hama up koh nulewuny… midhuwaskolhuge gothun.. ?anw jazakillah khairan

    2. InaaSh says:
      June 20, 2019 at 3:16 pm

      Jazakillah khairan ?

  2. jiji says:
    June 19, 2019 at 12:35 pm

    Alhe haadha dhuvaheh kohlaafa ey sis thi up kury..But ok ingey..Um mi part vec v v rythi ingey…Al’hamdhullilah shaayan Mareham nuvey dhw naseebakun..InaaSh dear avahah up kohdheeba …Can’t wait to c wat’s gonna be happen next…So curious to knw..hihi..Lysm sissy????????????❤❤❤?????????

    1. InaaSh says:
      June 20, 2019 at 3:18 pm

      Jazakillah khairan ? hama up kohnulewuny igay busy wegen ?

  3. AMAAN says:
    June 19, 2019 at 1:05 pm

    Vv rythi miparr ves …….next part dhigukohla dhehchey……cant wait to read next part…. next part avahah up kohladhyba

    1. InaaSh says:
      June 20, 2019 at 3:15 pm

      Jazakillah khairan ?

  4. Drax says:
    June 19, 2019 at 1:49 pm

    Nice ????
    Curiously waiting for next part

    1. InaaSh says:
      June 20, 2019 at 3:15 pm

      Jazakillah khairan ?

  5. Nice says:
    June 19, 2019 at 2:15 pm

    Thankolheh avahah up kohdhybala plx…furathamakolhu nulaahiku avas…dhen mihaaru dhen ehaalassvany kyve

    1. InaaSh says:
      June 20, 2019 at 3:13 pm

      Sorry hama busy kamun nuwy.. ?

  6. Kudoo says:
    June 19, 2019 at 9:31 pm

    Vaahaka up kuraaleh varah las… Anehkaa varah kuru….. Thankolheh dhigukoh genes dhyfa thankolheh avas kohla dhyba…. Vaahaka varah rythi masha allah

    1. InaaSh says:
      June 20, 2019 at 3:13 pm

      I am so sorry for being late… and jazakillah khairan ?

  7. ??Doll¥?? says:
    June 19, 2019 at 11:00 pm

    Masha Allah….. Vrh ves Reethi vaahaka eh……. Can’t wait to see what’s gonna happen Dear…… ❤️❤️when next part dear….. ❤️❤️❤️

    1. InaaSh says:
      June 20, 2019 at 3:12 pm

      Jazakillah khairan ? insha allah will upload tomorrow

  8. InaaSh says:
    June 20, 2019 at 3:11 pm

    I am so sorry guys for being late… insha allah next part i will upload tomorrow…

  9. Yoo shi-jin oppa says:
    June 20, 2019 at 9:07 pm

    ??
    ??? Nail
    ? Waiting for next part

Comments are closed.

Next Episodeމާޒީ (ފަހުބައި)←


All Right Reserved!