ނައުޝީންއާ ނަދާ ދިޔައީ ޕާސްތާ ކައްކާނެ އެއްޗެހި ގަންނާށެވެ. އެންމެން ވެގެން ކައްކާ ނިމުނު އިރު ނުވައެއް ޖެހީއެވެ. އަޔާޒް އައިސްދާނެތީ ކަންބޮޑު ވި ނަމަވެސް ނަދާއަށް ހަމަޖެހިލެވުނީ ރޭގަނޑު ބޭރަށް ދާ ރެއެއްގައި އަޔާޒް ދާނީ އާތިފްމެން ގެޔަށް ކަން އެނގޭތީއެވެ. އެ ގެޔަށް ދާ ރެއަކު އަޔާޒް އަންނާނީ އެގާރަ ޖަހާ ކަންހާ އިރުއެވެ. އެހެން ކަމުން އެރޭ އަޔާޒް އަވަހަށް އަންނާނެ ކަމަކަށް ނަދާ ހިއެއް ނުކުރެއެވެ. އަޔާޒް އައުމުގެ ކުރިން، ދިހައެއް […]
“ސުބްހާނައްﷲ،… ކޮންފަދަ ނުބައި ބައެއް… އެއީ ހަމަ އިންސާނުންތަ…. ކޮންބައެއްކަމެއް ނޭނގޭތަ؟” އެ އަންހެންކުއްޖާގެ ވާހަކަތަކަށް އަޑުއިވިފައި އާނިޔާގެ ތުންފަތްމަތީ ޝަހާދަތް އިނގިލި ޖައްސާލެވުނެވެ. މާތް ރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ހުރުމަތްތެރިކުރައްވާ މާތްކުރައްވާފައި އިންސާނަކަށް ހަމަ އެފަދަ ދަށު ދަރަޖައަކަށް ވެއްޓިގަންނަން ކެރިދާނެހެއްޔެވެ؟ “ދެން ނުރޮއެ ހުއްޓާލާ… މާތްﷲ އެމީހަކު ކުރިކަމެއްގެ ޝަޒާ އެމީހަކަށް ދެއްވާނެ.. ހީނުކުރައްޗޭ ތިއީ އެކަނިވެރިއެކޭ… އަހަރެންވެސް މިހުރީނު… އެނުބައި މަޅިން ސަލާމަތްވީ ފަހުން މާމޮޅުގޮތެއް ވާން އޮތިމައޭ ހީކޮށް ﷲއަށް ވަކީލްކުރޭ…. […]
އެހެން އިންނަތާން އެތަށް އިރެއްފަހުން މާފިނި ބޮޑުވާތީވެ އެލީނާ ފެންވަރާއިގެން ނިދަން އޮށޯތޮވެ. އަރާމު މަޑު ތަންމަތީގައި ބުރަކަށި ޖެހުމާއެކު މާ އިރުތަކެއްނުވެ ނިދީގެ ފޮނި މީރުކަމުގެ ތެރެއަށް އެލީނާ ގެނބުނެވެ. ގިނައިރު ރުއިމުގެ ސަބަބުން ހަށިގަނޑު ލޮޑުވެފއިވާތީ އަަވަހަށް ނިދުނީއެވެ. އެހެން ނޫންނަމަ އެލީނާ ފަކީރު މުޅި ރޭ ވޭތު ކުރިހީ އޭނާގެ ވިއްސިވިހާލި ވެފައިވާ ހަޔާތާ މެދު ވިސްނާ ފިކުރު ކުރުމުގައި އެވެ. **** **** **** **** ޢަނެއް ދުވަހު އިރުއޮއްސި ހައެއް […]
ދެތިން ދުވަސްތެރޭގައި އަޒްހަދްގެ ހާލު ރަނގަޅުވިއެވެ. ހަމްޒާއާ ސުނައިނާ ކޮންމެ ދުވަހަކު އަޒްހަދްއާ އެކީ ވަގުތު ހޭދަކުރެއެވެ. އެދެކުދިންގެ އިތުރަށް ރާނިޔާއާ އަޒްހަދްގެ ގުޅުންވެސް ވަނީ ރަނގަޅުވެފައެވެ. އެކުދިންނެކޭ އެއްފަދައިން އަޒްހަދްއަށްގެ ހާލު ދެރަވިކަމުގެ ޚަބަރު ލިބުމާއެކު ރާނިޔާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އެތައް ފަހަރަކު އަޒްހަދްގެ ކިބައިން މާފަށް އެދުނެވެ. ދެން ދުވަހަކުވެސް އޭނާ ދޫކޮށްފައި ނުދާނެކަމަށް އެތައް ފަހަރަކު ވައުދުވިއެވެ. ހަމްޒާއާ ސުނައިނާއަކީ އޭނާގެ އަމިއްލަ ކުދިން ގޮތުގައި ރާނިޔާ ދެކުނެވެ. އަންޖަލް ހުންނަނީ […]
“ޔަޒް….އީން.. ބަލަ އީން..” އަހަރެން ބައްތިރީސް ދަތާއެކު ދައްކާލީމެވެ. ކުރިންވެސް އެ މޫނުން ފެނުން ކުލައެވެ. “ޔޫ ނީޑް މެޑިކަލް އެސިސްޓެނސް…” ރިފާޝާ ހުންނަނީ ޒާތީގޮތުން އަހަރެންނާއި ޖައްސާލާފައެވެ. ނޫނީ އެއީ އަހަރެންނަށް ހީވާ ގޮތްހެއްޔެވެ؟ އަޔާޒްވެސް އަޅާ ނުލާ ދިޔައީއެވެ. އަހަރެން ފޯނު ބަލައިލީ ދެނެވެ. އެވީ ކިހިނެއް ހެއްޔެވެ. މިހާރަކު ނެތެވެ. އިނީ އެއްކަލަ އެއްޗެވެ. ނޮޓް އެވޭލެބަލް އޯއެވެ. އެކަމަކު އަހަރެން އެ ދެކުނީމެވެ. އަހަރެން އަހަރެންގެ އީން ދެކުނީމެވެ. ކެމެރާ ރޯލް […]
އަހަރެންވެސް މީ އިންސާނެކޭ.. ބާކީ ކޮށް ނުލާ… ސިފައަކަށް ބަދަލެއް އަޔަސް އެއީ ގުދުރަތްތެރިކަން ކަން ވިސްނާށޭ…. ބާކީ ކޮށްނުލާ…. އިންސާފާ އެއްގޮތަށް ހުރިހާ ކަމެއް ކުރާށޭ… ބާކީ ކޮށްނުލާ… ހިތުގައި ރަހުމު އުފައްދާށޭ… ބާކީ ކޮށް ނުލާ….. ދެރަވޭ ކުރުމުން ބާކީ… ބާކީ ކޮށް ނުލާ…… މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ. އެހެން ކަމުން މިސްޓޭކުސް ހުރެދާނެވެ. މި ވާހަކައިގެ މެއިން ވާހަކައަކީ ”ދެރަވޭ ކުރުމުން ބާކީ…. ބާކީ ކޮށްނުލާ”
އޭގެ އެނެއް ދުވަހު އީނާޝް ތައްޔާތުވަމުން ދިޔައީ އެގެއިން ނިކުތުމަށެވެ. އެދުވަހަކީ ބަންދު ދުވަހަކަށް ވުމުން ސޮބާހު މާލޭގައި ނެތުމުން އިނާޝްއަށް އެގެއިން ނުކުތުން ވީ ވަރަށް ފަސޭހަ ކަމަކަށެވެ. އަދި އީނާޝްގެ ނަސީބު ރަނގަޅުކަމުން އެދުވަހަކީ ނަބާހުއަށް ވެސް ސުކޫލްގެ ކަމަކު ދާން ޖެހުނި ދުވަހެކެވެ. އެއްޗެހިތައް ދަބަހަށް އަޅައިގެން ނުކުތް އީނާޝްއަށް ހުއްޓެން މަޖުބޫރު ވީ ކުރިމަތިން ފެންނަން ތިބި މީހުންގެ ސަބަބުންނެވެ. ހުދު ކުލައިގެ ގަމީހަކާއި އެކު ކަޅު ކުލައިގެ ފަޓްލޫނުގައި ހުރި […]
ނާހިލް ކިއާރާއަށް ގޮވުމުން އެ ޒުވާނާ ފަސް އެންބުރި ކިއާރާއާއި ވީ ދިމާ ބަލާލިއެވެ. ކުރިމަތިން ކިއާރާއަށް ފެނިގެން ދިޔަ ސޫރައިގެ ސަބަބުން ކިއާރާ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ކިއާރާގެ މޫނުމަތިން ލަދުވެތިކަން ފެންނަމުން ދިޔައެވެ. ކިއާރާފެނި އެ ޒުވާނާގެ ތުންފަތައް ހިނިތުންވުމެއް ވެރިވެގެން ދިޔައިރު ފެހި ކުލައިގެ ކަޅިއެއް ލިބިފައިވި ދެލޮލުގެ ތޫނު ނަޒަރު ކިއާރާއަށް އަމާޒުވެފައި ވިއެވެ. އެ ޒުވާނާގެ ނަޒަރު ކިއާރާއަށް ހުއްޓިފައި ހުރުމުން ކިއާރާއަށް އުނދަގޫވާގޮތެއް ވިއެވެ. ” އާދެބަލަ […]
“އޭ އަލްހާން… އެޗް ހައިޒަލް… ނޯރ އެހާ ކުރިން ކޮމްޕެނީ އުފެދުނުއިރު މަށެއް ނުވެސް ހުންނާނެ… އޭ އަކީ ބައްޕައަށް އިން ލެޓަރ… ދެން އެޗް ކާކަށްބާ؟” ހައިޒަލް ވިސްނާލިއެވެ. އޭނަގެ އާއިލާގައި އެޗްއަކުރަކުން ނަންކިޔޭ މީހަކު ގައިމުވެސް ނުހުރެއެވެ. މާމައާއި ކާފަގެ ނަން ފެށެނީ އެމް އަކުރަކުންނެވެ. އޭނައަށް ނޭނގޭ އާއިލީ މެންބަރަކު ހުރީހެއްޔެވެ؟ “ސަރ ތިހޯއްދަވަނީ މިފައިލްތޯ…” އެ ވަގުތު މުވައްޒަފު ވާހަކަ އަޑުއިވިފައި ހައިޒަލް ގަތަމުންދިޔަ ހިޔާލުގެ ވާފަށް ބުރިވެގެންދިޔައިރު އަޑު އައި […]