ބުނާށެ ލޯބި ނުވަނީހޭ….42
ހެނދުނު ވާރޭ އޮއްސައިގަތް ގޮތަށް މެންދުރު ވީއިރުވެސް ހުއްޓާނުލައެވެ. ވާރޭ ބޯކަމުން ގެއިން ނިކުމެވޭ ވަރެއް ނޫނެވެ. ހެނދުނު ހޭލި ގޮތަށް ބޭރަށް ނުދެވިގެން ލިއާ ބޮޑާހޭކިއެވެ. ޝިވަންއާ ޒޯޔާއާއެކީ ކުޅެން ބޭނުންވެގެންވެ. އެންމެ ފަހުން މިރާޝް ހުސާންއަށް ގުޅިއެވެ. ހުސާން ކާރުގައި ބަލާ އައުމުން މިރާޝްއާ ސުނައިނާ ލިއާ ގޮވައިގެން ސަރްވާމެންގެއަށް ދިޔައެވެ.
ރައިހާނާ ކަންނެއް ގޮތަކަށް ލޯހުޅުވަމުން ގަޑި ބަލާލިއެވެ. ގަޑިން ބާރަ ޖަހައި ބޮޑުވެފައި ހުރިތަން ފެނުމުން ފުންމައިގެން ތެދުވެވުނެވެ. އޭރު އަންޖަލް ހަމަ ގަދަ ނިދީގައި އޮތެވެ. ރައިހާނާ ފޯނު ނަގާ މެސެޖެއް އިންތޯ ބަލާލިއެވެ. މެސެޖެއް ނެތުމުން އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހު އެނދުމައްޗަށް ފޯނު އެއްލާލިއެވެ.
ރައިހާނާ ފެންވަރައިގެން ނުކުތް އިރު އަންޖަލް ތެދުވެ އެނދުގައި އިށީންދެގެން އިނެވެ. އިސްތަށިގަނޑު އެއްވެސް ތަރުތީބެއް ނެތް ގޮތަށް ހޭވިފައި ހުރިއިރު ދެލޯ ހުޅުވައިގެން ހުރީ ގަދަކަމުންނެވެ. “އަންކޯ ތިދެލޯ ރީއްޗަށް ހުޅުވަބަ” ރައިހާނާ ގޮސް އަންޖަލް ތަޅުވާލިއެވެ. “އާގްއަގް ސާބަސް ރައި. ބޮލަށްވެސް އެނބުރުން އަރައިފި” އަންޖަލް ގޮސް ފާޚާނައަށް ވަނުމުން އެތެރެއިން ރައިހާނާ ރީތިވެގެން ކޮޓަރިން ނުކުތެވެ.
ޕީއެސްއިން ފީފާ ކުޅެން ތިބި ތިން ފިރިހެނުން ދޭތެރެއަކުން ހަޅޭއްލަވައިގަނެއެވެ. ރީހާންއާ ހަމްޒާ މެޗު ކުޅެމުން ދިޔައިރު ވިޝާހް ހުރީ ބަލާށެވެ. ނިކްހާތްވެސް ސޯފާގައި އެތިން މީހުން ޖަހާ ސަކަރާތް ބަލަން އިނެވެ. “ސުބުހާނަﷲ. އަހަރުންގެ ކަންފަތް ފަޅާލަން ތިއުޅެނީ؟” އަޑު ގަދަކަމުން ރައިހާނާ ހުރީ ދެކަންފަތް މަތީ އަތް އަޅައިގެންނެވެ. ވާރޭވެހޭ އަޑާ ޕީއެސްގެ އަޑާ އެއްވަރަށް ފިރިހެން ވެރިންގެ އަޑުވެސް ގަދައެވެ. ރައިހާނާ ބުނި އެއްޗަކަށް އެއިން އެކަކުވެސް އަޅައެެއް ނުލިއެވެ. ރައިހާނާވެސް ދެކޮނޑު އަރުވާލަމުން ގޮސް ނިކްހާތް ގާތު ސޯފާގައި އިށީނެވެ. “ހެއި ނިކް ލިއާ ކޮބާ؟” ލިއާގެ އަޑެއް ބަޑެއްނީވޭތީ ރައިހާނާ އަހާލިއެވެ. ސުނައިނާއާ މިރާޝް ލިއާ ގޮވައިގެން ސަރްވާމެން ގެއަށް ގޮސްފިކަމަށް ފޯނުގައި ލިޔެފައި ނިކްހާތް ރައިހާނާއަށް ދެއްކިއެވެ. ރައިހާނާ އެހެންހެއްޔޭ ބުނުމުން ބޯޖަހާލިއެވެ. ނިކްހާތް ލޮލުން ރައިހާނާއަށް ހަމްޒާ ދެއްކިއެވެ. ވާހަކަ ނުދެއްކުނެއް ކަމަކު ނިކްހާތް ރައިހާނާއާ ދިމާކޮށްލިއެވެ. ރައިހާނާ ލަދުން އިސްޖަހާލިއެވެ.
ތިން އަންހެން ކުދިން ވެގެން މެންދުރަށް ނޫޑުލްސް ކެއްކިއެވެ. ވަޅޯ މަސް އަޅައިގެން ކުޅި ކޮށެވެ. “ރީއްކޮއަށް ނުވެސްކެވޭނެ މިހާ ކުޅިކޮށް” ކައްކާ ނިންމާފައި ނޫޑުލީސްގެ ރަހަ ރައިހާނާ ބެލިއެވެ. ކުޅުވެގެން ގޮސް މުޅި ކުއްޖާ ރަތްވިއެވެ. ލޮލުންނާ ނޭފާތުން ފެންވެސް ފޭބިއެވެ. “ރީހާންއަކަށް ނޫން ނުކެވޭނީ. ރައިއަށް. ބަލާބަލަ މުޅި މޫނަށްވެފަ ހުރިގޮތް” ރައިހާނާއަށް ވެފައި ހުރި ގޮތް ފެނި އަންޖަލް ބުންޏެވެ.
ކައިގެން ހަ ޒުވާނުން ގޯތިތެރެއަށް ނުކުތީ ވާރެާ ތެމޭށެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ތެރޭގައި ތިން އަންހެން ކުދިން ކުޑަކުދިން ފަދައިން ދުވެފައި އުޅުނެވެ. ބޯޅައެއް ހިފައިގެން ތިން ފިރިހެނުންވެސް ބޯޅަކުޅުނެވެ. އެމީހުންނެކޭ އެންމެ ކުޑަކުދިންނެކޭވެސް ތަފާތެއް ނެތެވެ.
ހަވީރު އަތަށް އެޅިއިރު ވާރޭ ތުނި ކޮށްލިއެވެ. ހަޒުވާނުން ފެންވަރައިގެން ސިޓިން ރޫމްގައި ޖައްސާލީ ފިލްމެއް ބަލާށެވެ. ރީހާން ހާޑު ގެނަސް ޓީވީއާ ގުޅާލިއެވެ. ފިލްމުގެ މެދަކާ ހިސާބަށް ދިޔަތަނުން އެކަކު ނޭފަތް ދަމާއަޑުއިވުނެވެ. އެންމެ ބަލާލިއިރު ގިސްލަ ގިސްލާފައި ރައިހާނާ ރޮނީއެވެ. ލޯފުހެމުން ނޭފަތް ދަމަމުން އަޑު ބޭރު ނުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ފިލްމެއް ބަލާފައި ރައިހާނާ ރޯންފެށުމުން ހަމްޒާ މޫނަށް ގޮތެއް ހަދާލެވުނެވެ. ވިޝާހްއާ ރީހާން ފެށީ ހޭށެވެ. “އެއްކަލަ ދޮންތި. ކަމެއް ނުވިއަސް ފިލްމެއް ބަލާފިއްޔާ ރޯންޖެހޭނެ” ރީހާން މަޖާވެފައި ރައިހާނާއާ ދިމާކުރިއެވެ. ރައިހާނާ ތުން ދަމާލަމުން ރީހާން ކޮނޑަށް އަތުގެ ހަމަލާއެއް ދިނެވެ.
ޢީދު ވިލޭރޭ ރަށުގައި ފޯރި ނަގަމަުން ދިޔައެވެ. ހެނދުނަށް ސައި ތައްޔާރުކުރަން އިރުއޮއްސުނީންސުރެ ގޭގޭގައި ހޭދިކާ ހަދަމުން ދިޔައެވެ. މަގު މައްޗަށް ނިކުތުމުން ގޭގެއިން ތަފާތު ވައްތަރުގެ ކާ އެއްޗިހި ތައްޔާރު ކުރާ ވަސްދުވައެވެ.
ރައުލާމެންގޭ ގޯތިތެރޭ އެންމެން ތިބި ހެނދުނު ސަޔަށް ތައްޔާރު ކުރާ ހެދިކާ ހަދަންށެވެ. ބޮޑު ގުރޫޕެއް އެއްވެގެން މަސަައްކަތް ކުރަމުން މަޖާ ނަގަމުން ދިޔައެވެ. ރައިހާނާއާ އަންޖަލް އަދި ނިކްހާތް އެއް ފަރާތެއްގައި ގުޅަ މަސްގަނޑު މޮޑެން ތިއްބެވެ. އިރުކޮޅަކުން ރީހާން ވިޝާހް އަދި ހަމްޒާވެސް އެތަނަށް އައެވެ. “މަ މިހާރު މި ޖެހެނީ ކުޑަކުދިންނާއެކީ އުޅެން ވިއްޔާ. ޝިމާންއަކަށް ވަގުތެއް ވާކަމަކަށް ނުވޭ ވިއްޔާ” ހަމްޒާ އިށީން ގޮތަށް ޝަކުވާކުރިއެވެ. ޝިމާން ރަށަށް އައި ފަހުން މުޅިންވެސް އުޅެނީ ޝިވަން ގޮވައިގެންނެވެ. “ކުޑަކުދިންދެކެ ލޯބިވީމަ ވާނީ އެހެނެއްނު!” ހަމްޒާއަށް އެއްލޯ މަރާލަމުން އަންޖަލް ދިމާ ކުރިއެވެ. ހަމްޒާ ރަކިވެގެން އަނގަޔަށް ގޮތެއް ހަދާލިއެވެ. ރައިހާނާ ލަދުން އިސް ޖަހާލިއިރު މުޅި މޫނަށް ޖަންބުކުލައެރިއެވެ. “ދޮގެއްވެސް ނޫން ތީކީ” ހަމްޒާ އިސްތަށިގަނޑު ތެރެއަށް އޭނާގެ އަތް މަހާލިއެވެ. ރައިހާނާ އަނގައިން ބަހެއް ބޭރުނުކޮށް މަސައްކަތް ކުރަމުން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.






Salaam. Enme furathama ves beynumy hurihaa kudhinge kibain maafah edhen. Vaahaka nugen dhy ehaa lasvikamatakai. Adhi ehaa dhuvaskoffa up kuriiruga ehaa kurukoh liyunyma. In Sha Allah kuriah huri baithah dhiguvefa bunaa dhuvahah up kureveytho alhugandu varah masakkai kuraanan. Dhen bvaahakaige baaky gaigandakah ihnnany 5 varakah episode. Next part friday ge kurin up kureveytho varah masaikkai kuraanan. Adhives kiyuntheringe kibain nihaayathah maafah edhen.
when nxt part up kuraany????….
Yuh said story up nukureveny wifi slow kamunney.. Wifi nethas story liyeveyne kanneynge fahun up kuranves..bunaa dhuvahah dhuvahakuves up kurevey kamakah nuvey.. And dhoguves hadhayey adhi eba ???
Yuh said story up nukureveny wifi slow kamunney.. Wifi nethas story liyeveyne kanneynge fahun up kuranves..bunaa dhuvahah dhuvahakuves up kurevey kamakah nuvey.. And dhoguves hadhayey adhi eba ???
Mihaa dhogu hadhaa writer akaa adhi dhimaa nuvey.. V innocent velaafa ulheyny knmes faharaku bunaane dhn rangalhu kuraanamey..
Lies lies lies
mi site ga bunaa dhuvahakah vaahaka update kuramun aii eh liyuntheriaky kiyaara..hama enme dhuvahaku buni date ah up nukurevuney kiyaa jeheytha dhoguvriakah hadhan…thihaa kehtherikan kuda meehun rangalhu vaany vaahaka nukiyyaa…
Me first dhw….. It’s ok kiyaa knme meehakah ves ehn vedhaane kameh dhimaa vaany bubefaeh noon I understand….. Mi part ves nice ekam thankolheh kury dhw unmeedhu kuran dhn in part dhigukohla dheyne kamah….?
Ohhh after a long time story kiyaalan libunee oww??varah reethi story
Ehaa dhuvaskohffa upload kuri iru vx ehaa kuru
Vvv rythi mi part ves.. cant wait to read next part….next part dhigu kohla dhehchey??????
First dhw?
It’s ok kiyaa this episode is awesome keep it up n I hope next episode will be long lots of love my regards to u
Realy disapointed..
Story liyany gaimu wifi akun nei noon dhaw..moh huriha dhuvas v iru kuda thankolhe liyefa sory ey…?
Kiyaa…ehaa gina dhuvac kohfa vec up kohdhinyma thnx enge…Btw kiyaafa comment eh kohlaaanan❤?
Kiyaa❤❤❤..Mi bai vec v v rythi???..Btw lasviyac e massala eh nooney..Ehnvec vaanehnu dhw???…Alhey mioh lwbi story vec nimn dhw miulhen???…Nd Im curiously waiting fr da next…Lysm sisssy??????
Haaaah…. Keiytherikamaaeku inthizaarukurumuge natheejaa varahves foni… Kiyara❤️❤️❤️ Mi part ves vvv loabi ingey… V loabi E 6 zuvaanun ulhey goiy… ???? Kiyara avahah next part up kolladhechchey ingey… And it’s OK kiyara.. Ehaa lasviyas… I can understand your situation ???? Have a nice day
V reethi????
Dhogu hadhaa myhun dheke V foohivey
Kaaku tha??
kaakutha dhogu hadhany mithaaga??buni dhuvahu nukurevunas eyny vaahaka genesdhyfa..lassveema maafah ves edhifa..lassvi sababuves bunedhyfa..
Kn irakun next part up kurany Kiyaara?
ވާހަކަ ވަރަށް ރީތި ކޮންއިރަކުންތަ ވާހަކައިގެ އަނެއް ބައި ގެނެސް ދެނީ ހާދަ އިންތިޒާރު ކުރެވިއްޖޭ މިހާރު
Wow… Varah reethi…. Can wait to see the next part ????
Ekuveriya
Realy??
Enme dhuvahe tho v vaahaka genes nudhy
Support kurias nubai kantbaka ehbaarulun nudhy
.egative coments balai nuganenya vaahaka nuliyan v
❤️❤️❤️❤️❤️love it like always
Azkaaa…Rulhythr jiji aa????..Btw kiyaa!!…Thankolheh up koh dhehchey up kurevengnaamu?…
Wanna read next part soon…Ehnve
NICE… WOW
???Wowww
???yuh r the best