Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 16

Belle Level 310 Stories100 Comments100 Login500 Login
July 10, 2019 6 Mins Read
54 Comments

 

” ބޮސް، ޔުއާރ ވައިފް އިޒް ގޮއިން ވިތް ޔަމާން ” ޒައިކު ފޯނު ނެގުމުން ލިބުނު ޙަބަރަކުން ހުރެވުނީ މީޓިންއެއްގައި ކަމެއްވެސް ހަނދާނެއް ނުވިއެވެ. ކޮޅަށް ތެދުވަމުން ވާހަކަ ދެއްކި އިރު އަޑުވެސް ދަނީ ތުރުތުރު ލަމުންނެވެ. ވަށައިގެންހުރި އެންމެނަށް ނަޒަރު ހިންގާލިއިރު އެންމެން ހައިރާންވެގެން ބަލަން ހުއްޓެވެ. އެ ކާރަށް ފޮލޯ ކުރުމަށް ބުނެ މީޓިން ކުރުކޮށްލަމުން ނުކުތީ ކާރަށް އެރުމަށެވެ. އޭރު އެދެ ލޮލުން ދެރައާއި އެއްވަރަށް ނުރައްކާތެރި ދަރަޖަ އަކަށް ހިތްހަމަ ނުޖެހުން ފެނުނެވެ.

 

 

” އައި ވިލް ކިލް ޔޫ ޔަމާން. އައި ވޯންޓް މައި ވައިފް ބެކް. އެންޑް އައި ޑޯންޓް ވޯންޓް ޝީ ހެޓްސް މީ ” ޒައިކް އަމިއްލަ ނަފްސާ އެތައް ވާހަކަ ތަކެއް ދައްކަމުން ކުރިއަށް ދިޔައެވެ.

 

 

********

 

 

ޝިފާ އޮފީހަށް އަންނަން ވާއިރަށް ޔަމާން ވަނީ އޭނަގެ ކެބިންގައި އިތުރު މޭޒަކާ އެއްޗެހި ބަހައްޓާ ވަރަށް ރީތި ކޮށްލައިފައެވެ. ހިތުގައި ޝިފާއަށް އިތުރު މަގާމެއް ދެވުނު ކަހަލައެވެ. މިހާރަނގަޅު އަންހެން ކުއްޖަކު ލިބުމުންވެސް ޒައިކް އަށް އުޅެން ނޭގުމުން ، ޒައިކް އަތުން ޝިފާ ބީވާ ދުވަހަކުން ހަމަ ގައިމުވެސް އޭނަ ޝިފާއަށް އެހީތެރިވާނެއެވެ. އެހީތެރި ވެވޭނީ ކޮންމާނައެއްގައި ކަމެއް ނޭގުނު ނަމަވެސް، އޭނަވެސް ހަޔާތުގެ ބައިވެރިއަކަށް ބޭނުން ވަނީ ޝިފާ ކަހަލަ ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. އެކަހަލަ ކުދިން މި އެމެރިކާއިން ހަމަގައިމުވެސް ނުލިބޭނެއެވެ.

 

 

 

” މީ ވަރަށް މުހިންމު ޕްރޮޖެކްޓެއް އިނގޭ. ފިފްޓީ މިލިއަން ޑޮލާރ ގެ ޕްރޮޖެކްޓެއް. ޝިފާ ވާނެ މިއަށް ޕްރެޒެންޓޭޝަން ހަދަން ހެލްޕް ވާން. ވަރަށް ނާރވަސް ވޭ ގޯސްކޮށް އެންމެ ކަމެއްވެސް ކުރެވިދާނެތީ ” ޕްރޮޖެކްޓާ ބެހޭ ގިނަ މައުލޫމާތު ތަކެއް ދީ ، ޕީ.އޭ އަކު ކުރާނެ ކަންކަން ކިޔައިދިނުމަށްފަހު ކޮފީ ތައްޓެއް ހިފައިގެން ގޮނޑީގައި ޖައްސާލީ ޝިފާ ދައްކާ ވާހަކަ އަޑުއަހާލުމަށެވެ. ފުރަތަމަ ދުވަސްކަމުން މާގިނައިން މަސައްކަތް ޖައްސާކަށް ބޭނުމެއް ނޫނެވެ. މަޑުމަޑުން މަސައްކަތައް ހޭނޭނެއެވެ.

 

 

 

” އިނގޭތަ އިއްޔެ ބައްޕަ ގުޅި. ބުނި މިކޮޅަށް އަންނަވާހަކަ. އަދި އެންމެ އުފާވީ އެހެން މަންމަ އަކު ބައްޕަ ދިރިއުޅުމަށް ގެނަޔަސް އޯކޭ ހޭ އެހީމަ. އުފަލުން ރޮވުނު. އެހެން އެކަނި ވެރިކޮށް އުޅޭތާ ހާދަ ގިނަ ދުވަހެއް ވެއްޖެއޭ. މަންމަ މަރުވި ފަހުން އަދި ކިރިޔާ އެހެން މަންމަ އެއްގެ ވާހަކަ އެ ދެއްކީ ވެސް ” ލޯ ފެންކަޅިވެ ހުރެ ޝިފާ ލޯ ފުހެލިއެވެ. އޭނާގެ ހަޔާތުގެ ވާހަކަ ހިއްސާ ކުރާނެ ފަރާތެއް ލިބުމުންނެވެ. ނަތާ ކައިރީގަ ހުރިނަމަ މިހެން އެކަނިވެރިކޮށް އުޅޭކަށް ނުޖެހޭނެއެވެ. ޒައިކު އަކީ އޭނާ ދައްކާ ވާހަކަ އަޑުއަހާނެ ގާތް ފަރާތެއް ނޫނެވެ.

 

 

 

ޔަމާން ވަރަށް ހިތްވަރު ދިނެވެ. ދެރަ ނުވުމަށް އެދި ވާހަކަ ދެއްކިއެވެ. މަންމަ އަށް ފުރިހަމައަށް މަރުޙަބާ ކިއުމަށް އެދުނެވެ. ޔަމާންގެ ވާހަކަތަކުން އިތުރު ހިތްވަރެއް ޝިފާއަށް ލިބިގެން ދިޔަކަހަލައެވެ. އޭނައަށް މީހެއްގެ ޙިޔާލު ބޭނުން ވެފަ ހުންނަ ތާ ކިހާ ޒަމާނެއް ހެއްޔެވެ. ނަތާ ކިޔެވުމުގެ ކަންތައް ހުރި ގޮތުން މިވީ ހަތަރު މަސްތެރޭ އާދެވޭ ކަހަލަ ގޮތެއް ނުވެއެވެ. އެހެން ނޫންނަމަ އޭނަގެ ވާހަކަ ތަކަށް ޙިޔާލު ހޯދަން އެހެން މީހަކު ކައިރީ ނަހާނެއެވެ. ކުއްލި އަކަށް ރީޙާން މަތިން ހަނދާން ވިއެވެ. ރީޙާން މިހާރު އެހެން ކުއްޖަކާ ރައްޓެހި ވެއްޖެ ބާއެވެ. އަދި ކައިވެނި ކޮށްގެން މިކޮޅަށް އައި ފަހުން ރީޙާންގެ ޙަބަރެއް ނުވެއެވެ. ދެރަވެސް ވިއެވެ. އެހާ ރަނގަޅު އެކުވެރިއަކު ދުރު ކޮށްލެވުމުންނެވެ. އޭނަ ހިތުގައި ކޮންމެ އެއްޗެއް އޮތަސް އެކަން ފާޅު ނުކުރާ ހިނދަކު ނޭގޭ ކަމަށް ހެދިގެން އުޅެވިދާނެ ނޫންހެއްޔެވެ. އެކުވެރި ކަމާއެކު ވާހަކަ ދައްކާލުމަކުން މައްސަލައަކީ ކޮބާ ހެއްޔެވެ. ފަހުން ރީޙާންގެ ޙަބަރެއް ބަލާލުމަށް ނިންމިއެވެ.

 

 

 

“އެކަމު ބުނަން، ބައްޕަ އަށް މީގެން އެއްވެސް ކަމެއް އިނގޭކަށް ބޭނުމެއް ނޫން. އޭރުން ހަމަ ވަގުތުން ގެންދާނެ. މިތާ ހުއްޓަކަ ނުދޭނެ. ކޮންމެ ގޮތެއްވިއަސް އަދި ޒައިކް ހިތުން މަގާމެއް ލިބޭނެ ކަމަށް މިބަލަނީ. އެކަމަށް ވަރަށް ހިތްވަރު ކުރަންޖެހޭނެ. ކިހާދުވަހަކު އިންތިޒާރުގަ ހުންނަން ޖެހޭނެބާއޭ ހިތައްއަރާ. އޭނަ ކިތަންމެ ރުޅިއަންނަން ބޭނުން ވިއަސް ދޫ ނުކޮށްލާ ހިނދަކު މިތާ އޭނަ ކައިރީ އުޅެން ބޭނުމީ ” އިތުރަށް ޔަމާންގެ މޫނަށް ބަލާލީ ސުވާލެއް ކޮށްލުމުގެ ބޭނުމުގައެވެ. އަހަން ނާހަން ހުރެފަވެސް ހިތުގައިވާ އެއްޗެއް ބޭރުކޮށްލުމަކުން ގޯހެއް ނެއްކަމަށް އަމިއްލަ ވިސްނުމަށް އައެވެ. ދެން އިތުރަށް އެއްޗެއް އަހާނެ މީހަކު ވެސް ހުރީކީ ނޫން ވިއްޔާއެވެ. ހަގީގަތް ހޯދަން ބޭނުންނަމަ، ހިތައް ކުޑަނަމަވެސް ހަމަޖެހުމެއް ހޯދަން ބޭނުންނަމަ މި ސުވާލުގެ ޖަވާބު ބޭނުން ވާނެކަމަށް ޝިފާ ހީކުރިއެވެ.

 

 

 

” ސުވާލެއް ކޮށްލަންތަ؟ ” ޔަމާން ހިނިތުން ވުމަކާއެކު ބޯ ޖަހާލިއެވެ.

 

 

 

” ލިވީ އަކީ ކާކުތަ؟ ” ޝިފާ ކުރި ސުވާލަކުން ޔަމާން ބޯން ހުރި ކޮފީ ތަށި ނުވެއްޓުނީ ކިރިޔާއެވެ. ކޮށި އެރީ އެހެނަކުން ނޫނެވެ. އުނދަގޫ ގޮތަކަށް ކެއްސަމުން ދިޔައެވެ. ޝިފާ ވަރަށް ހާސްވުމާއެކު ތައްޓަކަށް ފެން އަޅަމުން ޔަމާން އަށް ދިއްކޮށްލިއެވެ. އިރުކޮޅެއް ވުމާއެކު މޭގައި އަތް ފިރުމާލަމުން ޔަމާން ހަމަޔަކަށް އެޅުނެވެ. އަދި ދޭނެ ޖަވާބަކާމެދު ވިސްނާލިއެވެ. ކޮންމެ ގޮތެއް ވިއަސް ޝިފާ އަނދިރީގަ ބަހައްޓާކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަމަކު ހަގީގަތް ފާޅުކުރުމުގެ ބާރެއް އޭނަ އަތަކު ނެތެވެ. ޒައިކް މިކައިވެންޏާ ގަބޫލުވި ސަބަބުވެސް ބުނެވޭކަށް ނެތެވެ. އޭނަގެ ސަބަބުން އެދެމީހުން ވަކިވާކަށް ޔަމާން ބޭނުމެއް ނޫނެވެ. އޭރުން ހަމަ ގައިމުވެސް މަންމަ އާއި ބައްޕަ ވާނެ ދެރަ އޭނައަކަށް އޮޅިފައެއް ނުވެއެވެ.

 

 

 

ވާހަކަ ދައްކަން ދޫ ހަރަކާތް ކޮށްލުމާއެކު މޭޒުމަތީ ހުރި ފޯނު ރިންގު ވާން ފަށައިފިއެވެ. މިވަގުތަށް އެންމެ ރަނގަޅު  ގޮތް ކަމުގައި ޔަމާން ނިންމިއެވެ. އެކޮޅުން އިވުނު ވާހަކަ އަކުން ޔަމާންގެ ދެލޯ ބޮޑުކޮށްލެވުނެވެ. ފޯނުގެ އައްގަނޑަށް ބާރުކޮށްލެވުނެވެ. އެކޮޅުން ދެއްކި ވާހަކަ އަކަށް އެއްބަސް ވެލަމުން ފޯނު ބާއްވާލިއެވެ. އަދި ޝިފާ އަށް ބަލާލީ ދެން ކަންތައް ކުރަންވީ ގޮތެއް ހިތައް ނޭރުމުންނެވެ. ފައިލެއް ދެމުން މަސައްކަތައް އެނބުރި ދިއުމަށް ބުނެލިއެވެ.

 

 

 

މިވަގުތު އިތުރަށް ވާހަކަ ނުދައްކާ ޝިފާވެސް ފައިލު ހިފައިގެން ހިނގައިގަތީ އޭނަގެ މޭޒު ކައިރިއަށް ދިއުމަށެވެ. އެކަމަކު ޔަމާން ގެ ފުށުން ޖަވާބެއް ނުލިބުމުން އިތުރަށް ހިތުގައި ސުވާލު އުފެދުނެވެ. ކޮންމެވެސް ގޮތަކުން އަދި ލިވީ އަކީ ކާކުކަން ހޯދުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ. ލިވީގެ ވާހަކަ އެހުމުން ޔަމާންގެ މޫނުމައްޗައް އެރި ކުލަވަރުން ހަގީގަތުގައިވެސް ގޯހެއް އެބައުޅޭކަން ވިސްނުނެވެ.

 

 

 

މަސައްކަތަށް ގެއްލިފައި ހުއްޓާ ދޮރާ ދިމާއަށް ބަލާލެވުނީ ވަރަށް ބާރަށް މީހަކު ދޮރު ހުޅުވާލުމުންނެވެ. ކުއްލިއަކަށް ކޮޅައް ތެދުވެވުނީ ފެނުނު މަންޒަރު ގަބޫލު ނުކުރެވިގެންނެވެ. ޒައިކް ދެލޮލުންވެސް އައިއްސަ ހުރި ރުޅި އަންދާޒާ ކޮށްލެވުނެވެ. ދިޔަ ގޮތައް ގޮސް ޔަމާންގެ ގަމީހުގައި ހިފުމަށްފަހު ކޮޅައް ނެގިއެވެ. އަދި އަތުގެ އެންމެ ބާރު މިނުގައި މޫނުމަތީ ޖެހުމާއެކު ޔަމާންގެ، ތުންފަތް ފަޅައިގެންގޮސް ލޭ އަންނަން ފެށިއެވެ. އެވަރުންވެސް ރުޅި މައިތިރިވީކަމަކަށް ނުވެއެވެ.

 

 

 

” ބުނީމެއްނު މަގޭ ވައިފް އާ ދުރުން އުޅޭށޭ. ތިހާ އަންހެނަކަށް ބޭނުން ވެގެން އުޅެންޏަ ބައްޕަ ކައިރީ ބުނެބަލަ އަންހެނަކު ހޯދަ ދޭށޭ. ” އިތުރަށް އަތުން ގޯހެއް ހެދި ދާނެތީ ދެ ޖީބައް އަތްޖަހާލީ އެދެލޮލުން ޔަމާން ފިއްސާލާފަދަ ނަޒަރެއް ދެމުންނެވެ. އެހެނަސް ޔަމާންގެ ތުންފަތުން ފެނުނު ހިނިތުން ވުން ފެނުމުން ނިވެމުން ދިޔަ އަލިފާނަށް ދަރު އެޅުނު ފަދައެވެ. އަނެއްކާ ޔަމާން ގައިގަ ޖެހުމަށް އަތް މަޅާލުމާއެކު ސިހުނީ ޝިފާ އެދެއަތުގަ ހިފެހެއްޓުމުންނެވެ. މިތަނަށް ވަންއިރު އޭނައަކަށް ޝިފާއެއް ނުފެނުނެވެ. ދެލޯ ބޮޑުކޮށްލެވުނީ ލައިގެން ހުރި އެއްޗިހި ފެނިފައެވެ. އޮފީހަކަށް ދާން އަންހެން ކުއްޖަކު ލާން އެންމެ ކަމުދާ ކަހަލަ ހެދުމެކެވެ. ކަކުލާ ހަމައަށް އަރާ ސްކާޓަކާއެކު ބެގީ ޖަހައިފައިވާ އަތް ދިގު މަތިކޮޅެކެވެ. އަތް ދިގު ނަމަވެސް ފޮތީގެ ތުނިކަމުން ހަށިގަނޑު ގެ ދޮންކަން އެންމެ ރީތިކޮށް ފާޅުވާން ހުއްޓެވެ. ހިތުގައިވީ ހުރިހާ އިހުސާސެއް އެއްފަހަރާ ހިނގައިގަން ކަހަލައެވެ. ހިތުގައިވީ ހުރިހާ ރުޅިވެރިކަމެއް އެއްފަހަރާ ފިލައިގެން ދިޔައެވެ. ޝިފާ އޭނައަށް މިހަދާ ޖާދުލެއްގެ ނަންވެސް ހިތަކަށް ނާރައެވެ. އިނގޭހާވެސް އެއްޗަކީ ޝިފާ ފެނުމުން އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތޭކަމެވެ. އެ ސޫރައަށް ބަލަން ބޭނުންވާ ކަމެވެ. އެ އިޙުސާސް ކުރަން ހަށިގަނޑު ބާރުއަޅާ ކަމެވެ.

 

 

 

” ކިހިނެއްތަ ވަނީ ޒައިކް އަށް. މީހުންގެ ގަޔަށް ބޮލަށް ނޭރިއްޔަކާ ފިރިހެނަކަށް ނުވާނީތަ!. އަހަރެން މީ އުޅޭ މީހެއްކަމެއް، ޒައިކް ގެ ކާކުކަމެއް ހަނދާން ހުންނަ ހެނެއް ހިޔެއް ނުވޭ. ބޭނުން ވީމަ ރީތިކޮށް ވާހަކަ ދައްކާފަ ބޭނުން ނުވީމަ ދުރުން އުޅެން ޒައިކް ހިތުގަ އޮތީ ” ހަށަން ބަންނަމުން ޖެހިލުން ނުވާ ބެލުމަކުން ޒައިކް އާ ދިމާއަށް ބަލާލިއެވެ.

 

 

 

” ޝިފް . ވައި އާރ ޔޫ ޑުއިން ދިސް ” އެހާ އަވަހަށް ޒައިކްގެ މޫޑް ބަދަލް ވުމުން ޝިފާވެސް ހައިރާންވިއެވެ. އެކަމަކު އޭނަ އެކުރި ކަމަކުން ރީތިކޮށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.

 

 

 

” ޒައިކްގެ މަސައްކަތަކީ އަބަދު އޮފީސް. އޮފީސް. އެހެން ކަމެއް ނެއް. އަހަރެންނާ މެދު ވިސްނާކަށް ވަގުތެއް ނުވޭ. އަބަދު ގޭގަ ކަމެއް ނެތިފަ ހުންނަން ވީމަ ފޫހިވާނެކަންވެސް ތި ސިކުޑިއަކަށް ނުވިސްނޭ. އަހަރެން މިހެން ބުނީމަ ޔަމާން ބުނި ޕީއޭ އެއް ނެގެން ވާއިރަށް އަންނާށޭ އޭނައާއެކީ މަސްއްކަތް ކުރަން. އެކަމް އޭނަ ދޯ މި ގޯސްވީ ” ޒައިކް ނިއްކުރީގަ އަތްޖައްސާލަމުން ފަހަތަށް ވާގޮތަށް ޝިފާގެ އަތުން އަޅުވާލިއެވެ. އެއަތުގަ ހިފާލަމުން ޒައިކުގެ އަތުން ފިރުމާލީ ޝިފާ ރުޅިއައިއްސަ ހުރުމުންނެވެ. އެކުޑަ ބީހިލުމުންވެސް ޒައިކުއަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް އިޙުސާސް ވިއެވެ.

 

 

 

” ސޮރީ . އެކަމު އޭނަޔާ އެކީ މަސައްކަތް ކުރުމުގެ ހުއްދައެއް ނުދެވޭނެ. ހިނގާ އަހަންނާއެކު އޮފީހަށް. އަހަރެންގެ ޕީއޭ ހުއްޓަސް ޝިފް އަށް މަސައްކަތް ކުރެވޭނެ އޭނަގެ މަތިން. ޕްލީޒް ” ނުދާން ބޯހޫރާލި ނަމަވެސް ޒައިކް ގޮތް ދޫ ނުކުރާނެކަން އެނގުމުން އެންމެ ފަހުން ބޯ ޖަހާލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ. ދަބަސް ހިފައިގެން ޒައިކް އާއެކު ހިނގައި ގަތުމަށްފަހު މަޑުކުރުމަށް ބުނުމަށްފަހު ޔަމާން ކައިރި އަށް ދެވުނީ ކަމެއް ހަނދާން ވެގެނެވެ.

 

 

 

” ސޮރީ އިނގޭ. ވަރަށް ތަދު ވޭތަ؟ ” ރުމާލެއް ޔަމާންގެ އަތައް ދެމުން މާފަށް އެދުނީ ޒައިކް ކަންތައް ކުރި ގޮތުންނެވެ. ހިނިތުން ވެލަމުން މައްސަލައެއް ނޫންކަމަށް ޔަމާން ބުނެލިއެވެ. އަދި އެއްލޯ މަރާލީ އެމީހުންގެ މަސައްކަތް ކާމިޔާބު ވި ވާހަކަ ސިއްރުން ބުނެލަމުންނެވެ. ދެވަނަ ފަހަރަށް ޒައިކް އައިސް ޝިފާ އަތުގަ ހިފަމުން އެތަނުން ނުކުމެވޭތޯ ހިނގައި ގަތެވެ.

 

 

 

ކާރުގައި ހުރި އިރު ޝިފާ ހުރީ ލޯގަނޑާ ވީ ފަރާތަށް ޖެހިގެންނެވެ. ބޭރު ބަލަން ހުރި އިރު ވިސްނާ ކަމެއް ޒައިކް އަކަށް ނޭނގުނެވެ. އެ މަޑުމައިތިރިކަން ޒައިކް އަށް އުނދަގޫ ކުރަމުން ދިޔައެވެ. އެއްޗެކޭ ބުނަން ބޭނުން ވިނަމަވެސް އެ ޙިޔާލު އެއްފަރާތް ކޮއްލީ އިތުރަށް ޝިފާ ރުޅިއައިއްސާނެތީއެވެ. އެކަހަލަ ހެދުމެއްގައި ޝިފާ ފެނުމުން އެރީތިކަން އިތުރުވާހެން ޒައިކް އަށް ހީވެއެވެ.

 

 

 

އެދޮން ހަށިގަނޑާ، ލައިގެން ހުރި ހެދުމުގެ ކުލަ ވަރަށް ގުޅެއެވެ. ހިއްސުތަކަށް ވާންވެލިހެން ހީވެ، ޝިފާގެ ފައިމަތީ އަތް ބާއްވާލީ ކެއްކުރަން އުނދަގޫ ވުމުންނެވެ. މިވަގުތު ތިބެވުނީ މަގުމަތީ ކާރުގައިކަންވެސް ޒައިކު ހަނދާން ހުރިހެނެއް ހިޔެއް ނުވެއެވެ.  މަޑުމަޑުން އިނގިލި ތަކުން މަޑު މިއުޒިކަކަށް ރާގު އަޅުވާލަމުން މައްޗަށް ގެންދިޔައެވެ. އުނަގަނޑާ ހަމައިން އަތުގެ އިނގިލިތައް  މަޑުޖައްސާލުމަށްފަހު، ބަނޑާހަމައަށް އަތް ހަރަކާތް ކުރިއެވެ. ޝިފާއަށް އަންނަ ބަދަލުތައް ބަލަން އޭނާގެ ދެލޯ ސީދާ ކޮއްލިއެވެ. ސިހިފައި ޝިފާ ބަލާލިގޮތުންވެސް ކަންބޮޑުވިކަން އެނގުނެވެ. އެމައުސޫމުކަން ފެނުމުން ޒައިކުއަށް ކެއްކުރުމަކީ އުނދަގޫ ކަމަކަށް ވިއެވެ.

 

 

 

” ވާހަކަ ނުދައްކަން ނިންމައި ގެންތަ ތިހުރީ؟. ކީއްވެ ކުރިން ފޫހިވާ ވާހަކަ ނުބުނީ ގޭގަ އެކަނި އުޅޭއިރު ” ވެދިޔަ ކަންތަކުން މާފައް އެދުމުގެ ބަދަލުގަ ޒައިކް ވާހަކަ ދައްކަން ފެށުމުން ޝިފާ ދެރަވިއެއްކަމަކު އެކަން ނުދައްކާ ހިނިތުން ވެލީ ޒައިކްގެ އެ ކުޑަ ބީހުމުންވެސް ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެލުމުންނެވެ. ކިތަންމެ ރުޅިއައިސްގެން އެއްޗިހި ކިޔާފައިވެސް، ލޯބިން އެންމެ ބަހެއް ބުނެލިނަމަވެސް އެހުރިހާ ހިތާމައެއް ފިލައެވެ. ހިތު ލޯބީގެ ބާރު މިހާ ގަދަވާނެ ކަމަކަށް ޝިފާއަށް ހީކުރެވިފައިވެސް ނެތެވެ.

 

 

 

” ޒައިކް އަށް އަޑު އަހާނެ ވަގުތެއް ވި ނަމަތާ؟” ޒައިކް މޫނަށް ބަލާލަމުން ޝިފާ ގެ ދެލޯ އިތުރަށް ވިދާލީ އެދެލޮލުން ފެނުނު ކުލައަކުންނެވެ. މާގިނަ އިރަކު ބަލަހައްޓައިގެން ހުރުމުގެ ޙިޔާލެއް ޒައިކް ހުރި ހެނެއް ހިޔެއް ނުވެއެވެ. ހުރިހާ ކާރެއް ހުއްޓުނީ މަގު ހިނގާ މީހުން ނަށް ވަގުތު ޖެހުމުންނެވެ. ހުންގާނުން އަތް ދޫކޮށްލަމުން ޝިފާ އުނަގަނޑުގައި ހިފާ ގާތަށް ދަމާލީ ކެއްތެރިކަން ކުޑަވެފައި ހުރި މީހަކު ފަދައިންނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ލޯބި ނުވެވުނު ނަމަ

Next

މަގޭ ދަރިފުޅާ 2 (ފަހުބައި)

Next
July 10, 2019

މަގޭ ދަރިފުޅާ 2 (ފަހުބައި)

Previews
July 10, 2019

ލޯބި ނުވެވުނު ނަމަ

54 Comments!

  1. Dhonthy says:
    July 11, 2019 at 1:35 am

    Belle❤️❤️❤️ vvvv reethi mi part ves….. Curious kollaifi viyya…. Hehe… Avah next part up kolladhechchey ????it’s really nice ❤️❤️ Good night Belle… Sweet dreams

    1. Belle says:
      July 11, 2019 at 9:38 am

      Thanks Dhonthy, miss you bodukoh dhonthy

  2. Ibsha says:
    July 11, 2019 at 4:23 am

    Varah varah reethi

    1. Belle says:
      July 11, 2019 at 9:38 am

      Thanks Ibsha

  3. drax says:
    July 11, 2019 at 5:49 am

    Mi part ves so so reethi
    This story is getting more and more interesting ??
    Curiously waiting for next part
    Love this story

    1. Belle says:
      July 11, 2019 at 9:38 am

      Thanks drax

  4. Rifa says:
    July 11, 2019 at 8:30 am

    Alhey. Mi story haadha reechey. Esfiya in varah gina vaahaka kiyan try kurin. First episode in ves hiy jehuni mi vaahaka kiyan. 11july ge part up kohllaane time eh bunedheeba

    1. Belle says:
      July 11, 2019 at 9:39 am

      hehe Thanks Rifa, miadhuge part up kuran miulheny now

  5. Noor says:
    July 11, 2019 at 8:47 am

    Kaaruga huri iru ey liefa ineema kudakoh odd kaaruga thibi iru noonee kaaruga in iru dho ranglhu gothakee ? anyways vaahaka varah reethi ekamaku adhi kiriyaa mi comment cohlee Hurihaa baithah kiyaalaafa hama varah interesting kuriyahdhaa goeh ves varah reethi keep it up dear waiting for the next part???

    1. Belle says:
      July 11, 2019 at 9:41 am

      Thanks Noor, next time i will try kohlaanna

  6. Yashoo says:
    July 11, 2019 at 9:08 am

    Varah varah Reethi..Maa sha Allah.Kong irakun Next part up kurani..

    1. Belle says:
      July 11, 2019 at 9:40 am

      hehe ThanksYashoo,,,,,next part up kohlan miulheny now

  7. Yashoo says:
    July 11, 2019 at 9:08 am

    Varah varah Reethi..Maa sha Allah.Kon irakun Next part up kurani..

    1. Belle says:
      July 11, 2019 at 9:40 am

      Thanks

  8. Belle says:
    July 11, 2019 at 9:43 am

    Thanks all readers , your all support is my happiness, hoping this support will continue till the end.

  9. Buttey girl says:
    July 11, 2019 at 10:09 am

    This is v v v v very nice part Belleville thank you for writing

    This kind of nice story I am waiting for 17th part ❤️❤️❤️❤️❤️❤️❤️??????????????????????????????????????

    1. Belle says:
      July 11, 2019 at 2:01 pm

      Thanks Buttey girl. 17 vana part up koffin adhi pending hury

  10. Mart says:
    July 11, 2019 at 10:09 am

    Vvvv nice ❤️?❤️❤️?

    1. Belle says:
      July 11, 2019 at 2:00 pm

      Thanks Mart

  11. Pinky says:
    July 11, 2019 at 10:20 am

    V v v loabi v salhi vaahaka. Miadhu new part Up load kuraathi ingey

    1. Belle says:
      July 11, 2019 at 2:00 pm

      Thanks Pinky, mihaar 17 vana part up koffin adhi pending ga huryy

  12. Yaana says:
    July 11, 2019 at 11:00 am

    Waiting for next part ???. Mi part ves varah reethi.

    1. Belle says:
      July 11, 2019 at 1:59 pm

      Thanks Yaana

  13. shuha says:
    July 11, 2019 at 12:20 pm

    vvvv reethi mi part ves <3 ekm thankolheh kuree 🙁 when next part ?

    1. Belle says:
      July 11, 2019 at 1:59 pm

      Thanks Shuha, next part v dhigu vaane. next part mihaar up koffin adhi pending ga hury. miadhu site in fenna varu vaane

  14. Fan of u says:
    July 11, 2019 at 1:23 pm

    Masha Allah Nice story mi story varah thafaathu ehen story thakah vuren keep it up kon iarkun next part update kurany avahah update Kohlahchey ingey

  15. Ishh says:
    July 11, 2019 at 2:14 pm

    Its very nice ♥️ I love it

    1. Belle says:
      July 11, 2019 at 11:20 pm

      Thanks Ishh ????

  16. naxu says:
    July 11, 2019 at 2:18 pm

    wooow, beautiful, next part kiyaa hithun nuhurevey.

    1. Belle says:
      July 11, 2019 at 11:21 pm

      Thanks Naxu

  17. miru says:
    July 11, 2019 at 2:20 pm

    vaahaka eh kiyaafa adhi alah mi comment eh kohlany, my mihaar esfiya site ga liya enmme reethi eh vaahaka, kuriah oh bai kiyaahithun nunidheeyne, nukeveyne, fenvess nuvereyene, hehe

    1. Belle says:
      July 11, 2019 at 11:21 pm

      Thanks miru ????

  18. Sshau says:
    July 11, 2019 at 6:24 pm

    vrh rythi mi part vs….Hehe actually they both really love each other dhw…keep it up Belle!!! Your story is GREAT!

  19. Rifa says:
    July 11, 2019 at 9:26 pm

    Alhey .. haadha lahey pending gaa huri ehchis up vaaleh. ??

    1. Belle says:
      July 11, 2019 at 11:23 pm

      Ooh rifa anekka dhemme edit ah gossa up koffin pending ga hunnaathy ????

  20. cto says:
    July 11, 2019 at 10:18 pm

    varan salhi vaahakaeym next part avas kuraach

  21. Jungkook says:
    July 11, 2019 at 10:30 pm

    Alhey adhi vess pending ga tha huree ???

    1. Belle says:
      July 11, 2019 at 11:24 pm

      Yes jungkook ???

  22. zaaa says:
    July 11, 2019 at 11:09 pm

    miothi vaa pending eh dho.

    1. Belle says:
      July 11, 2019 at 11:25 pm

      Yaah zaaa ???

  23. Mal? says:
    July 12, 2019 at 8:58 am

    Adhi vas pending ga tha huri ?? can’t wait to read next part ??

  24. Shaako❤️ says:
    July 12, 2019 at 9:20 am

    Thee varu gadha pending ehnu dhw ??

  25. Zaaa says:
    July 12, 2019 at 12:57 pm

    Mihaaru 24 hours vanee pending ga hunnathaa ?

    1. Shaako❤️ says:
      July 12, 2019 at 2:33 pm

      Dhw E pending akun naaraane dhen dhuvahakuves ??

    2. Zaaa says:
      July 12, 2019 at 2:36 pm

      ????

  26. Shine says:
    July 12, 2019 at 2:06 pm

    Alhe haadha lahey dhw ..varegge pending eh.??..kiyaa hithun mihaaru hureveneekeenun..???

  27. Marry says:
    July 12, 2019 at 2:42 pm

    Ehen hurihaa vaahaka eh update vaairu mi vaahaka ekanitha pending ga innanee?

    1. Shaako❤️ says:
      July 12, 2019 at 3:02 pm

      Dhw kihaa dherakameh??

  28. Mary says:
    July 12, 2019 at 2:48 pm

    Aaaekey dhw… Kihaadhera kameh????

    1. Niru says:
      July 12, 2019 at 2:59 pm

      Mary suvaalu koffa, Martha javaab dheefa vess ehury ???????

  29. rifa says:
    July 12, 2019 at 4:04 pm

    dhen haadha dhera ey.. 1 day viyyaa mi weee.. iruiru kolhaa mi balani mi page ah

  30. Anonymous says:
    July 12, 2019 at 6:16 pm

    Admin proof read kuran pending ah dhany
    Writer ge level mathi v ma nudhane pending akah
    People need to understand that a human handles this site ?‍♀️

  31. Jumkko says:
    July 12, 2019 at 7:04 pm

    Dhn haadha lahey uo vaaleh????

  32. haako says:
    July 22, 2019 at 10:28 pm

    Please the next part up kolathecjey avaha . Can’t wait to read

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 17←


All Right Reserved!