Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 52

Saraa Level 910 Stories100 Comments100 Login500 Comments500 Login
July 9, 2019 9 Mins Read
44 Comments

އެވަގުތު އެމަގަށް މަޑުކޮށްލި ކާރުގައި އިންނެވި މިޙުރާންއަށް އެދެމެދުގައި ހިނގާދިޔަ ކުޑަ ހަނގުރާމަ ކިތަންމެ ރަނގަޅަށްވެސް ފެނިލެއްވިއެވެ. މިޙުރާންގެ މެޔަށް ތަދެއް އަރައިގެންދިޔައެވެ. އެއީ އޭނަ ދުނިޔޭގައި ހުރެގެން ދެކެން ބޭނުންވީ މަންޒަރެއް ނޫނެވެ. އޭނަގެ މަރުހޫމް އެކުވެރިޔާގެ ދަރިފުޅަށް އޭނަގެ ދަރިފުޅު ބަދުބަހެއް ބުނުމަކީވެސް އޭނައަށް ކެތްނުވާވަރުގެ ކަމަކަށް ވާނެއިރު އެފަދަ މަންޒަރެއްދެކެން އެ ބަލި ހިތަށް ކެތްވާނީ ކޮންފަދައަކުން ހެއްޔެވެ؟

މިޙުރާން ކާރުގެ ދޮރު ހުުޅުވާލެއްވުމަށްފަހު ވާރޭ ތެރެއަށް ނިކުމެ ވަޑައިގަތެވެ.

“މަޔާން….” މިޙުރާންއަށް ލޮލުގެ ކޮއެފަދައިން ލޯބިވެލައްވާ ދަރިފުޅަށް ގޮވާލެއްވުނީ ދުވަހަކު ގޮވާނުލެއްވޭހާ ބާރަށް އަޑު ހަރުކަށިކޮށެވެ. އެއަޑަށް މަޔާންއަށް ބައްޕައާއި ދިމާލަށް ބަލާލެވުނީ ސިހިފައެވެ. ހައިރާންކަމުގެ ނަޒަރަކުންނެވެ.

“ހަމަ މިހާރު މައާފަށް އެދޭ…” މިޙުރާން އަމުރުކުރެއްވިއެވެ. އެ މޫނުމަތިން ފުރަތަމަ ފަހަރަށް މަޔާންއަަށް ފެނުނު ރުޅިވެރިކަމުގެ ލިޝާންތަކާއިއެކު މަޔާންގެ ދުލުގައި ތަޅެއް އެޅުވިގެންދިޔައެވެ.

“އެކަމް… ބައްޕާ…” މަޔާން ވާހަކަދައްކަން އުޅުމާއިއެކު މިޙުރާން އަތްއުފުލާލައްވަމުން އެކަން މަނާކޮށްލައްވައިފިއެވެ.

“އިތުރުވާހަކަ ދައްކާކަށްނެތް…. ގޮސް ކާރަށް އަރާ….” މިޙުރާންގެ އަޑުގައިވީ އަމުރުވެރިކަމާއިއެކު ހިތްހަމަނުޖެހިލައްވާފައިހުރެ މަޔާންއަށް ބައްލަވާލެއްވިގޮތުން ބަހެއްބުނުމެއްނެތި ކާރާއި ދިމާލަށް ހިނގައިގަތެވެ. އެއާއިއެކު މިޙުރާންގެ ނަޒަރު ދަތުރުކުރެއްވީ ހިމޭންވެފައި ހުރި ހައިޒަލްއަށެވެ. އެ ޒުވާންކަން ވިދަމުންދާ މޫނުން އެކުވެރިޔާގެ މޫނު ސިފަވެގެންދިޔައިރު އެ ހަށިގަނޑު ގެނެސް އަތުތެރެއަށް ލާން ހިތް އެދުނެވެ. އެކުވެރިޔާގެ އަމާނާތް އެއަތުގެ ތެރޭ ފޮރުވާލަން ހިތް އެދުނެވެ. އެ ސޫރަ އެމީހުން އެކީ ހޭދަކުރި އުފާވެރި މާޒީގެ ހަނދާންތައް އާކޮށްދިންއިރު މިޙުރާންގެ ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ.

“މަޔާންގެ ފަރާތުން އަހަރެން މައާފަށް އެދެން…” މިޙުރާން ބުނެލެއްވިިއިރު ހައިޒަލްގެ މޫނުން ފެށިގެން މުޅި ހަށިގަނޑަށް ފުން ނަޒަރަކުން ބައްލަވާލެއްވިއެވެ. އެއީ ހަމަ އޭނަގެ އެކުވެރިޔާއެވެ. އެކުވެރިޔާގެ ދިރިހުރި ތަސްވީރެވެ. ޅައުމުރުގައި އެމީހުން ދޫކޮށްދިޔައިރު އެ އެކުވެރިޔާ ހުރިގޮތާއި އެއްވެސް ތަފާތެއްނެެތެވެ.

“ބޭބޭ…” މިޙުރާން ކާރާއި ދިމާލަށް ހިނގައިގަތްނެވިއިރު ހައިޒަލް ގޮވާލިއަޑުއިވިފައި ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ހިނދުކޮޅަކަށްނަމަވެސް އެ ލޮލުން ވޭނެއްގެ އަސަރު ފެނިލެއްވިއެވެ. އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން މިއަދުވެސް އެއަޑުން “ރާން އަންކަލްއޭ” ކިޔާފައި ގޮވާލާނެނަމައޭ ހިތަށް އެރުއްވިއެވެ. ނަމަވެސް އެގޮވާލި ގޮތުންވެސް އެދެމެދުގައިވާ ގުޅުން އަންގައިދީފިއެވެ. ހައިޒަލްއަށް ދުރުމީހަކާއި ޢޭނަ ތަފާތެއް ނެތެވެ.

ހައިޒަލް މިޙުރާންގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ހިތަށް އެތަށް ސުވާލުތަކެއް އަރާ ފައިބަމުންދިޔައެވެ. އެއީ އެދުވަހު އޭނައަށް ޒެލްއޭ ކިޔާފައި ގޮވި މީހާއެވެ. އޭނައަށް މިވީހާތަނަށްވެސް ލޯބިން “ހައި” ނޫން ނަމެއް ނުކިޔާއިރު ނުދަންނަ މީހަކު އޭނާއަށް އެނަމުން ގޮވީ ކީއްވެހެއްޔެވެ؟ އެހެންނޫންނަސް އޭނައަކީ އޭނަ ދަންނަ މީހެއްހެން ހީވަނީ ކީއްވެހެއްޔެވެ؟ ގާތްކަމުގެ އިހުސާސެއް ކުރެވެންޖެހޭ ސަަބަބަކީ ކޮބާހެއްުޔެވެ؟

“ބޭބެ އަޅުގަނޑު ދަންނަނީ ކިހިނެތްތޯ؟” ހައިޒަލް ސުވާލުކުރިއިރު މިޙުރާންއަށް އެ މޫނަށް ބައްލަވާލެއްވުނީ ތަފާތު ނަޒަރަކުންނެވެ. ހައިޒަލްގެ ހަނދާނަށް އެއްވެސްކަމެއް ނާންނާނީބާވައޭ ހިތަށް އެރިއެވެ.

“އެދުވަހު އަޅުގަނޑަށް ޒެލްއޭ ކިޔާފައި ގޮވީ ބޭބެއެއްނު… ބުނެދެއްވަބަލަ ޒެލްއަކީ ކާކުކަން؟ އަޅުގަނޑާއި ގުޅުމެއް ހުރިފަރާތެއްނު ޒެލްއަކީ…” ހައިޒަލްގެ ބުމަގާތްވިއެވެ. ޒެލްއަކީ އޭނަކަމަށްހިތް ބުނާއިރު އޭނައަށް އެންމެން ކަމެއް ސިއްރުކުރަމުންދާކަމުގެ އިހުސާސްކުރެވެން ފަށައިފިއެވެ. ހައިޒަލްގެ ސުވާލާއިއެކު މިޙުރާންގެ ނޭވާ ހާސްވެލައްވާގޮތްވިއިރު އެލޮލުން ފެނިލެއްވީ ހިތްދަތިކަމުގެ އަސަރުތަކެވެ. ހައިޒަލް ކޮނޑުގައި ހިފާގަތްގަތީނުން ހުރިހާ ހަނދާނެއް އާކޮށްދެން ހިތްއެދުނެވެ. މިހުރިހާ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް ހަނދާނުގެ ކުޑިފުކެއްވެސް ހައިޒަލްގެ ސިކުނޑިއަށް ނައީ ކީއްވެހެއްޔެވެ؟

“ޒެލްއަކީ އަހަރެންގެ އަތުން ބީވި ފިރިހެން ދަރިފުޅު…” މިޙުރާން ބުނުއްވުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ކާރާއި ދިމާލަށް ހިންގަވައިގަތެވެ. އޭނައަށް ހައިޒަލް އޮޅުމުގެ ސިލްސިލާއަކަށް ފައްތާލެވުނީތީ އެތައް ފަހަރަކު އަމިއްލަ ނަފްސުކުށްވެރިކުރެއްވުނެވެ. އޭނައަށް ހަޤީގަތް ކިޔައިދެވުނުނަމައޭ ހާސްފަހަރު ހިތަށް އެރިއެވެ. ނަމަވެސް އެ ކުއްޖާގެ މައްޗަށް އޭނައަށް އެވަރުގެ ހައްޤެއްނެތެވެ. އެކުވެރިޔާއާއިއެކު އެ ކުއްޖާފުޅުގެ މައްޗަށް އޭނައަށްވާ ހުރިހާ ހައްޤެއްނެތިގެން ދިޔައީއެވެ.

މިޙުރާން ކާރަށް އެރުއްވިގޮތަށް ދެއަތުން މޫނު ފޮރުވާލެއްވިއެވެ. އޭނަގެ ލޯމައްޗަށް މިމަންޒަރު ފެނުމުގެ ކުރިން ފުރާނަގެންދެވިނަމަވެސް މާ ހިތަށް ފަސޭހަވީހެއެވެ. ކަށްވަޅުގައިވާ އެކުވެރިޔާއާއި މެދު ވިސްނިފައި މިޙުރާންގެ ކަރުނަތައް ހުއްޓުވަން ނުކުޅަދާނަވެލައްވާވަރުވިއެވެ.

“ޔާން ދަރިފުޅުގެ ފަރާތުން މިފަދަކަމެއް ފެނިދާނެކަމަށް ބައްޕަ އުއްމީދެއްނުކުރަން… ބައްޕަ ޔާންއަށް ދިން ތަރުބިއްޔަތާއިމެދު ބައްޕަގެ ހިތުގައި ފުރަތަމަ ފަހަރަށް ދަރިފުޅު ޝައްކު އުފައްދައިފި…” މިޙުރާން ވާހަކަދެއްކެވިއިރު އެއަޑުގައިވީ ހިތާމައިން މަޔާން އިސްޖަހާލީ ބައްޕަގެ މޫނަށް ބަލާލާނެހާ ހިތްވަރު ނެތިފައެވެ.

މިޙުރާންގެ ލޮލުން ކަރުނައިގެ އަސަރު ފެނިލެއްވިއެވެ. ހައިޒަލްއަކީ ޔަޒްދާން ފަަދައިން އޭނަގެ ލޭ ހިއްސާނުކުރާ އޭނަގެ އުފަންދަރިފުޅެވެ. އޭނަގެ މަރުހޫމް އެކުވެރިޔާ މިދުނިޔެއަށް ދޫކޮށްފައިދިޔަ ހަމައެކަނި ނިޝާނެވެ. މަޔާންއާއި ހައިޒަލްއަކީ އެންމެ ތުއްތުއިރުންފެށިގެން އެކީގައި ބޮޑުވަމުން އައި ދެކުދިންނެވެ. ދުނިޔެ އެމީހުންގެ ދިރިއުޅުމަށް ގެނައި ލޮޅުމުގެ ސަބަބުން އެދެކުދިން ވަކިވެ، އަލުން އެކުވިއިރު މިހާރު އެތިބީ ދުޝްމަނުންނަށްވާ ހިސާބުގައެވެ. އެކަކު އަނެކަކުގެ ގަޔަށް އަތްލާން ތައްޔާރަށެވެ. އެކުދިންނަށް ހަޤީގަތް އިނގޭނެނަމައެވެ. މިހާރު ހަނދާންނެތަސް މަޔާންގެ އެތަކެއް ރެއެއްގެ ނިދި އެ އެކުވެރިއެއް ނުފެނިގެން ރުޅިވި އެކުވެރިޔަކީ ހައިޒަލްކަން މަޔާންއަށް އިނގޭނެނަމައެވެ

މިޙުރާން ލަގޮނޑިއަށް ކެތްނުލައްވާވަރުވިއެވެ. މަޔާންއާއި ހައިޒަލްގެ ގުޅުން އެފަދަ ފައްތަރަަކަށް ދިޔައީ އެދެމެދުގައި ކޮންކަމެއް ހިނގައިގެން ހެއްޔެވެ؟ އޭނަގެ މަޔާންއަކީ ދުވަހަކު މީހެެެއްގެ ގަޔަށް އަތްއިސްކުރި ކުއްޖެއް ނޫނެވެ. މިއަދު ހައިޒަލްއާއި ތަޅައިފޮޅައިގަންނަން ޖެހުނީ ކީއްވެހެއްޔެވެ؟ އެދެމެދުގައި އޭނައަށް ނޭނގޭ ދެކޮޅުވެރިކަމެއް އޮތީ ހެއްޔެވެ؟ ނޫނީ މަޔާންގެ ތަބީއަތު ހަރާބުވެފައިވާ ވަގުތަކަށް ވާތީ އެގޮތަށް ކަންތައް ކުރެވުނީ ހެއްޔެވެ؟

*** *** *** *** *** ***

މެންދުރުފަހުން އިންވެސްޓިގޭޓްޝަންއަށް ހާޒިރުވި މީހުން ނިކުމެ އިންވެސްޓިގޭޓް ރޫމް ހުސްވުމާއި މަޔާންއާއި އައިޒާން އެރޫމްގެ ގޮނޑިތަކުގައި ޖައްސާލިއެވެ. އެ ރޫމް ފުދޭވަރަކަށް ބޮޑުއިރު ބިއްލޫރިގަނޑެއް ޖަހާ ރޫމްވަނީ ދެބަޔަށް ބައިކޮއްލާފައެވެ. މަޔާންމެން މަޑުކޮށްލައިގެން ތިބި ބައިގައި މޭޒާއި ގޮނޑިތައް ޖަހާލުމަށްފަހު ކޮމްޕިއުޓަރުތައް އަތުރާލައިފައިވާއިރު އަނެއްބައިގައި ތިބޭ މީހުން ދައްކާ ވާހަކަ އަޑުއިވޭގޮތަށް ސްޕީކަރުތައް ބަހައްޓާފައިވެއެވެ. ބިއްލޫރިން ވަކިކޮށްލެވިފައިވާ ބައި ހުސްކޮށް ފެންނަ އިރު އެ ބައިގައި ބަހައްޓާލެވިފައިވަނީ މޭޒަކާއި ގޮނޑިއަކާއެވެ. އެއީ މައްސަލަތަކުގައި ހާޒިރުކުރާ މީހުންނާއި ސުވާލުކުރަން ހާއްސަކޮށްފައިވާ ބައެވެ.

މަޔާން ކޮމްޕިއުޓަރުގެ ގޮނޑި ދެއަތަކަށް އަނބުރާލަ އަނބުރާލައިންއިރު އަތުގައި އޮތް ފައިލްއަށް ނަޒަރު ހިންގަމުންދިޔައެވެ. އޭރު އައިޒާންވެސް ކޮންމެވެސް އެއްޗެކޭ ކިޔަމުންދިޔައެވެ.

“މަޔާންތަ ކޮމްޕިއުޓަރ ހުޅުވީ…” ރޫމްއަށް ވަތް ޒިޔާދު ވާހަކަދެއްކި އަޑުއިވިފައި މަޔާންއާއި އައިޒާން ޒިޔާދުއާއި ދިމާލަށް ބަލާލިއެވެ. އޭރު ޒިޔާދުގެ ދެލޯ ބޮޑުކޮށްލެވިފައިވާތަންފެނި ޒިޔާދުގެ ނަޒަރު ދަތުރުކޮށްފައިވާ ދިމާލަށް މަޔާން ބަލާލިއެވެ. މަޔާންގެ އަތުން ބަޓަންއަށް ފިތިގެން ކޮމްޕިއުޓަރު ހުޅުވިފައިވާއިރު ސްްކްރީން ފުރާލައިފައިވަނީ ފޮޓޯތަކުންނެވެ. އެކި މީސްމީހުންގެ ފޮޓޯތަކެވެ. ގިނައީ ފިރިހެނުންގެ ފޮޓޯތަކެެވެ. އައިޒާން މަޔާންއަށްވުރެ ކުރިން ފޮޓޯތައް އަޅުވަމުން ވަކިވަކީން ފޮޓޯތައް ބަލަންފެށިއެވެ. އެއާއިއެކު އެ މޫނުމަތިން ތަފާތު ކުލަވަރެއް ފެނިލިއެވެ. ގިނަ ފޮޓޯތަކުގައިވަނީ އަނދައިގެންގޮސް ސިފަ ވަކިނުކުރެވޭވަރުވެފައިވާ މޫނުތަކެވެ.

“ކީއްވެ އެހެން އައިޑީއަކުން ތި ފޮޓޯތައް އަޕްލޯޑްކޮށްފައި ހުންނަންވީ… ތިއީ މިތަނުގެ މެއިލްއެއްނޫން…” ޒިޔާދުގެ ނިއްކުރިއަށް ރޫތައް އަރައިގެންދިޔައެވެ. އެމީހުން ތަހްގީގަށް ނަގާފައިވާ ފޮޓޯތަކެއް އެހެން ފަރާތަކަށް ލިބުމުން ޒިޔާދުގެ ހިތުގައި ޝައްކުގެ އޮއެވަރެއް ހިނގާލިއެވެ.

“މިތަނުގައި ބޭނުން ނުކުރާ މެއިލްއަކުން ސައިންއިންވާނީ ކާކު؟ ޔާން ވެއިޓް… ބަލާބަލަ މީ ޔާން ނަގަން އުޅުނު ކޭސްގެ ވިކްޓިމްސްއެެއް ނޫންތަ؟ ސަރ އޭ.އެޗް ފިނޭޝިއަލްގެ ހާދިސާގައި މަރުވި ފަރާތްތަކެއް ނޫންތޯ މިއީ…” އައިޒާންގެ މޫނުމައްްޗަށް ވެރިވި ނުތަނަވަސްކަމުގެ ކުލަވަރާއިއެކު ޒިޔާދުއާއި ވާހަކަދެއްކިއިރު ޒިޔާދު ބޯޖަހާލައިފިއެވެ. އެއާއިއެކު މަޔާން އައިޒާންގެ އަތުން މައުސް އަތުލުމަށްފަހު ފޮޓޯތައް ތިރިއަށް ސްކްރޯލްކުރަންފެށިއެވެ.

“ކާކު އެންމެފަހުން މިތަނަށް ވަނީ…” މަޔާން އަމުރުވެރިގޮތަކަށް ސުވާލުކޮށްލިއިރު އެ ބުމަގޮށްޖެހިފައިވެއެވެ. އެވަގުތު އައިޒާން މަޔާންއާއި ދިމާލަށް ބަލާލަމުން ތުންފަތް ހަރަކާތްކޮށްލިއިރު އައިޒާން ބުނި އެއްޗެއް ވަގުތުން މަޔާންއަށް ނަގައިގަނެވުނެވެ. މަޔާންގެ ރުޅި ކޮންޓްރޯލްނުކުރެވޭފަދަ ވަގުތުކޮޅަކަށްފަހު ގޮނޑިން ތެދުވިގޮތަށް ދޮރާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު މަޔާން ހުއްޓުވަންވެގެން އައިޒާން ގޮވާލިއިރު މަޔާން އެއަޑުއިވޭކަަމަށްވެސް ނުހަދާ ދޮރު ހުޅުވާލައިފައި ބޭރަށް ނިކުތެވެ. އޭނަގެ ރުޅި ކޮޅުންލަމުންދިޔައިރު އަތުން ފައިން ގޯހެއް ހެދިދާނޭހެން ހީވިއެވެ. ރިޔާޒްގެ ނުބައިކަން މުޅި އޮފީހަށް އަންގާ އިއުލާންކުރަން އެހާ ބޭނުންވީ ފަހަރެއް ނާނދެއެވެ. ފަރުދާގެ ފުރަގަހުގައި ހުރެގެން ރިޔާޒު ލައްކަ ކުޅިބައި ރާވައިފިއެވެ.

*** *** *** *** *** ***

ފުސް ބިއްލޫރިން ވަކިކޮށްފައިވާ ކެބިންގެ ކުރިމައްޗަށް ހުއްޓުމުން މަޔާން ކެބިންގެ ދޮރުގައި ޓަކިދިނެވެ. އެތެރެއިން ވަންނާށޭ ބުނުމާއިއެކު މަޔާން ކެތްތެރިކަން ކުޑަވެފައިވާގޮތަކަށް ދޮރު ހުޅުވާލިގޮތަށް ކެބިން ތެރެއަށް ދެމިގަތެވެ. މީހުންނާއި ބައްދަލުކުރަން ހާއްސަކޮށްގެން ކެބިންގެ އެއްފަރާތުގައި ބަަހައްޓާފައިވާ ސޯފާތަކުން ސޯފާއެއްގައި އިން ޗީފް ޕްރޮސިކިއުޓަރ ނިހާލްގެ ނަޒަރު މަޔާންއަށް ހުއްޓުނުއިރު އޭނަގެ ކައިރީ ހަރަކާތްތެރިވަމުންދިޔަ ދެ މުވައްޒަފުން ގާތު ކޮޮންމެވެސް އެއްޗެކޭ ބުނުއްވިއެވެ. އެއާއިއެކު އެދެމުވައްޒަފުން ކެބިންއިން ނިކުންނަން ހިނގައިގަތްއިރު މަޔާންއަށް ބައްލަވާލައްވަމުން ނިހާލް ސޯފާގައި އަތުން ޖަހާލެއްވިއެވެ. އޭރު ނިހާލްގެ ސެކެޓްރީ ތަބަކަށް ލައިގެން ގެނައި ހޫނު ދެކޮފީތަށި ބިއްލޫރި މޭޒުމަތީ ބަހައްޓަމުން ދުރަށްޖެހިލައިފިއެވެ.

“ސަރ މަޔާންްއާއި ބައްދަލުކޮށްލަން ބޭނުންވެފައި ހުއްޓާ ކެބިންއަށް ތިއައީ… ފުރަތަމަ މަޔާން ސަރއާއި ބައްދަލުކުރަން ބޭނުންވި ސަބަބު ސަރއަށް ބުނެދޭންވީނު…” ނިހާލްގެ އަޑުން ފާޅުވީ އޯގާތެރިކަމެވެ. މަޔާން އެ ކެބިންއިން ފެނުމާއިއެކުވެސް މަޔާން އައި ސަބަބާއި އޭނަ މަޔާންއާއި ބައްދަލުކުރަން އުޅޭ ސަބަބަކީ އެއް ސަބަބެއްކަމަށް ނިހާލްގެ ހިތް ބުނެލިއެވެ.

“ސަރ…1998 ވަނަ އަހަރުގެ އޭ.އެޗް.ފިނޭޝިއަލް ކޭސް އަލުން އިންވެސްޓިގޭޓްކުރަން އަޅުގަނޑު ބޭނުންވޭ…” މަޔާން ދެއަތްޖޯޑުކޮށްލަމުން ނިހާލްގެ މޫނަށް ބަލާލިއެވެ.

“މި ކޭސް އަލުން އިންވެސްޓިގޭޓްކުރަންޖެހޭކަމަށް މަޔާންއަށް ހީވާ ސަބަބުތަކަކީ ކޮބާ؟” ނިހާލް އެއްސެވިއިރު މަޔާން ދޭނެ ޖަވާބަކާއިމެދު ޝައުގުވެރިވެފައިވާކަމުގެ ކުލަވަރު އެ މޫނުމަތިން ފާޅުވިއެވެ.

“މިކޭސްގައި ޝައްކު އުފެދޭފަދަ ކަންތައްތަކެއް އެބަހުރި… ގުދުރަތީގޮތުން ހިނގި ހާދިސާއެއް ނަމަވެސް އިހުމާލްވި ފަރާތްތަކެއް ޒިންމާނަގަންޖެހޭނެ ފަރާތްތަކެއްވާނޭކަމަށް އަޅުގަނޑު ގަބޫލުކުުރަނީ… 15 މީހުން މަރުވުމަކީ ކުޑަކަމެއްނޫން… ކުޑަކޮށްވެސް ޝައްކުއުފުދޭފަދަ ކަމެއް ފެންމަތިވާނަމަ އޭގެ އެންމެ ފުނަށް ފީނަން އަޅުގަނޑުމެން އެބަޖެހޭ…” މަޔާންގެ ޖަވާބު އިވިލައްވާފައި ނިހާލް ހިނިތުންވެލެއްވިއެވެ.

“އަލުން މައްސަލައެއް އިންވެސްޓިގޭޓްކުރުމުގެ މާނަ މަޔާންއަށްވެސް އިނގޭނެ… އޭގެ މާނައަކީ ކުރީގެ އިންވެސްޓިގޭޝަންގައި ކޮންމެވެސް ކަމެއް ގޯސްކޮށް ދިޔައީއޭ…. ވީއިރު ކޯޓު މަރުހަލާ ނިމޭނީ ހަމައެކަނި ކުށްވެރިން ހޯދިގެންނެއްނޫން… އިހުމާލްވި މީހުންނަށް އަދަބުވެސް ލިބިގެން… މިހެން ކިޔާލިޔަސް މިހުންނަނީ ވަރަށްބޮޑެތި ކަންތައް… ގިނަފަހަރު އަލުން ކޭސްތައް ހުޅުވުމަކީ ގިނަ ގޮށްޖެހުންތަކެއް ދިމާވާނޭ ކަމެއް….” ނިހާލްގެ މޫނުން ސީރިޔަސްކަން ފެނިލެއްވިއެވެ.

“މި ކޭސްއަކީ މިހާތަނަށްވެސް މިތާގައި މަސައްކަތްކުރި ޕްރޮސިކިއުޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކޭސްއެއް… ނަމަވެސް އެ މީހުން ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ނެރެވިފައެއްނުވޭ… ސަރ މަޔާންގެ ޕޮޓެންޝިއަލްއާއިމެދު ޝައްކުކުރަނީކީ ނޫން… މަޔާންއަށްވެސް އިނގޭނެ މަޔާންގެ ބައްޕައަކީ މިތާގައި މަސައްކަތްކުރެއްވި ޕްރޮސިކިއުޓަރެއްކަން… މިއީ މިޙުރާން ސަރގެ ޕްރޮފެޝަންގައި ކުރިމަތިލި އެންމެ އުނދަގޫ ކޭސް… ފަސްއަހަރުވަންދެން މިޙުރާން ސަރ މިކޭސްގައި އެކިގޮތްގޮތުން މަސައްކަތްކުރެއްވި… ނަމަވެސް ކާމިޔާބެއްނުވި… ނަތީޖާއަކަށްވީ އެންމެ މަތީ މަޤާމްގައި ހުންނަވާފައި ސަރގެ ޕްރޮފެޝަންއާއި މުޅިއުމުރަށް ސަރ އަލްވަދާއު ކިޔުން…” ނިހާލް ވާހަކަދައްކަވަމުންދިޔައިރު މަޔާން އެ މޫނަށް ނަޒަރު ހުއްޓާލައްވައިގެން އިންނެވީ މޫނުމަތީގެ ކުލަވަރު ދިރާސާކުރާފަދަ ގޮތަކަށެވެ.

“އަޅުގަނޑު ޔަގީންކަންދެން މިކޭސް އަޅުގަނޑާއި ހަވާލުކޮށްފިނަމަ އަޅުގަނޑުގެ ފުލް ޕޮޓެންޝިއަލް ދައްކާނޭކަމަށް….” މަޔާންގެ އަޑުގައިވީ ސާބިތުކަމެވެ.

“ސަރ އެފަރާތެއްގެ މަސައްކަތާއިމެދު ވަރަށް ހިތްހަމަޖެހޭ ފަރާތެއް މަޔާންއަކީ… މިހާތަނަށްވެސް މަޔާން ވަރަށް ގިނަ މައްސަލަތަކެއް ކާމިޔާބުކަމާއިއެކު ނިންމައިފި… ސަރ ޖެހިލުމެއްނުވޭ މިފަދަ ކޭސްއެއް މަޔާންގެ އަތްމައްޗަށް ދޫކޮށްލާކަށް… މިއީ ކުރީގެ ކޭސްއަކަށްވެފައި ވަރަށް ބޮޑު ކޭސްއަކަށްވާތީ ސަރ މަޔާންއަށް ޗެލެންޖްއެއް ހަވާލުކުރާނަން… ދެ މަސްތެރޭ މިމައްސަލަ އެއްކޮށް ނުނިމުނަސް ޝައްކުކުރެވޭފަރާތްތައް މަޔާންއަށް ޔަގީންވާ ދަރަޖަައަކަށް ހޯދިއްޖެނަމަ ބަލާ މީ މަޔާންގެ ކޭސްއެއްކަމަށް… އޭރުން ޔޫއާރ ވެލްކަމް ޓު ގޯ އެ ހެޑް…” ނިހާލް ހިނިތުންވެލައްވަމުން މަޔާންއާއި ސަލާމްކޮށްލަން އަތްދިއްކޮށްލެއްވިއެވެ. އެ މޫނުމަތިން ފާޅުވީ މަޔާންއަށް އޭނަ އިތުބާރުކުރާކަމުގެ ކުލަތަކެވެ. މަޔާންއަށް އެކަން ކުރެވޭނޭކަމުގެ ޔަގީންކަން ނިހާލްއަށް އޮތެވެ.

“ތެންކް ޔޫ ސަރ… އިންޝާ ﷲ އަޅުގަނޑު ތިކަން ހާސިލްކުރާނަން… އަޅުގަނޑުގެ ބެލުމުގެ ދަށުން މިކޭސް ކުރިއަށް ގެންދެވޭނޭ ފުރުސަތު ހޯދާނަން…” މަޔާންގެ އަޑުގައިވީ ފޯރިއާއިއެކު އެ މޫނު ވިދައިގަތްހެން ހީވިއެވެ.

“ވެލް… އައި ލުކް ފޯރވާރޑް ޓު…” ނިހާލް ހިނިތުންވެލައްވަމުން ބުނެލެއްވިއެވެ. މަޔާންގެ މަސައްކަތް ދެކުމަށް ނިހާލް ކެތްތެރިކަން ކުޑަވެލައްވާގޮތްވެލެއްވިއެވެ. މަޔާންއަކީ އެ ކުއްޖެއްގެ މަސައްކަތާއިމެދު އޭނަ އެންމެ ހިތްހަމަ ޖެހޭ އަދި އެންމެ އިތުބާރުކުރެވޭ ފަރާތެވެ. މަޔާންގެ ހުންނަ މިޖާޒަކުން މިޙުރާންގެ ހަރުދަނާ ޝަހްސިއްޔަތު ރަމްޒުކޮށްދިނުމަކީ ނިހާލްއަށް މަޔާންއާއިމެދު ގާތްކޮށް ދެކެވޭ ސަބަބެވެ.

ކެބިންއިން ނިކުމެފައި މަޔާން ވައިގެތެރެއަށް ގޮށްމުށުގެ ހަމަލާއެއް ދޫކޮށްލިއެވެ. އޭނަގެ މޫނުމަތިން ހިތްހަމަޖެހުމުގެ ލިސާންތައް ފާޅުވިއެވެ. އޭނަގެ އަމާޒަށް ވާސިލްވުމަށް ފުރަތަމަ ފިޔަވަޅު ނެގުނީއެވެ.

*** *** *** *** *** ***

ޝަލީންގެ ބަަނޑަށް ތިންމަސްވީއިރު ދޭތެރެއަކުން ބަނޑުގައި ރިއްސާފަދަ ގޮތެއްވާންއުޅެއެވެ. ހޮނޑުލެވޭވަރުން ތެދުވެ އުޅުން ޝަލީންއަށް ދަތިކަމަކަށްވެފައިވެއެވެ. ކިރިޔާ ވަހެއް ޖެހިލިޔަސް އޮކާ ދަމަ ދަމާ ޝަލީން ހަލާކުވާވަރުވެއެވެ. އަދި ރޭގަނޑަށް ވާ އުނދަގޫތައް ވަކީން ބޮޑެވެ. ގިނަފަހަރު ލޮލަށް ބަރުވެގެންގޮސް ލޯ ހުޅުވާލެނެހާ ވަރު ނުހުރެއެެވެ. ޝަލީން ޔަގީންކުރަނީ ދުވަސްކޮޅަކުން އެކަންތައް ރަގަޅުވެދާނެކަމަށެވެ. ވަރުބަލިވެ ހޮނޑުލެވި ދަރިފުޅަށްޓަކައި އެތަށް އުފަލަކުން މަހުރޫމްވެ ހުންނައިރުވެސް ޝަލީންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނުވެއެވެ. ދަރިފުޅާއިމެދު އެ ހިތުގައި އުފެދިފައިވަނީ އެއަށްވުރެ ފުން ލޯތްބެކެވެ. މިހާރުއްސުރެ ދަރިފުޅާއިހެދި ޝަލީން ހުންނަނީ މާވަރެކެވެ. އޭނަގެ ހުސްވަގުތުތައް ދަރިފުޅަށް އެކި ވާހަކަތައް ކިޔައިދިނުމަށް ހުސްކޮށްލައެވެ.

ޝަލީން ދެރަވަނީ މަޔާންއަށް އޭނަ ބަލިވެއިންކަން އަންގައިދީފައިކުރި މެސެޖަށް މަޔާންގެ ފަރާތުން އަދިވެސް ޖަވާބެއްނުލިބޭތީއެވެ. ފޯނަށް ގުޅިޔަސް އަބަދުހެން ލިބެނީ ފޯން ނިއްވާލައިފައި އޮންނަކަމުގެ މެސެޖެވެ. ނުވިތާކަށް މަޔާން ޝޯޝަލް މީޓިއާއިންވެސް އޭނަ ބްލޮކްކޮށްލާފައެވެ. އެވަރުންވެސް ޝަލީންއަށް ތަކުރާރުކޮށް މެސެޖްކުރެވުނުވަރެއް ނޭނގުނެވެ. މިދުވަސްކޮޅު ޝަލީން ޑިއުޓީއަށް ދިޔުން މަދުކޮށްލާފައިވުމާއިއެކު މަޔާންއާއި ދިމާވުމުގެ ފުރުސަތުތައް ހަނިވެފައިވެއެވެ. ދަރިފުޅަށްޓަކައި ހިތާމަނުކުރަން ޝަލީން އަމިއްލަ ނަފްސަށް ހުވާކޮށްގެން ހުރިނަމަވެސް، އޭނަގެ ދެކެ މަޔާން ކުރާ ނަފްރަތުގެ ސަބަބުން އަމިއްލަ ލެއިން ވިންދުޖަހަމުންދާ ދަރިފުޅުވެސް މަޔާންއަށް މުހިންމުނުވީކަމަށް ހިތްބުނާކޮންމެ ފަހަރަކު ޝަލީން ކަރުނައޮއްސަން ޖެހެއެވެ. މަޔާން އޭނަ ހީކުރިވަރަށްވުރެވެސް ހިތްހަރެވެ. އޭނަގެ މެސެޖް ކިޔައިލައިގެންވެސް އެ ހިތަށް ގުޑުމެއް ނައެވެ. އެ ހިތުގައި ވަޅުޖަހަމުންދާ ލޯބި ދަރިފުޅަށްޓަކައިވެސް ހޭލައެއް ނުގަތެވެ.

*** *** *** *** *** ***

މެންދުރުގެ ހޫނުން ދުނިޔެއަށް ފިއްސަމުން ދިޔަވަގުތު އޭސީގެ ފިނިކަން ހިފަމުންދިޔަ ކެބިންގެ ތެރޭގައި ހައިޒަލް ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އޮތްއިރު ހުއްޓުމެއްނެތި ތަނަވަސް ނިއްކުރިމަތީގައި އަތުގެ އިނގިލިތައް ހިންގަމުންދިޔައެވެ. އެ ބޮލުގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން އޭނަގެ ސިކުނޑިއަށް ހަމަޖެހިލާނޭ ފުރުސަތެއް ނުލިބެއެވެ. ނައިނާއާއި އޭނައަށް ތަކުރާރުކޮށް މިދުވަސްކޮޅު ލޯމަތިން ފެންނަމުންދާ މަންޒަރުތައް އޭނަގެ ސިކުނޑި ނުތަނަވަސްކުރުވާ ބަޔަކަށްވެފައިވެއެވެ. އަބަދާއި އަބަދު އެކަމާއިމެދު ވިސްނޭއިރު އޭނަގެ ބޮލުން ރިހުން ވަކިނުވެއެވެ. ލޯމަތިން ތަމްސީލުވާ ކަޅާއި ހުދުގެ ތަސްވީރުތަކުން އޭނަ އެހެން ދުނިޔެއަކަށް ގެންދާއިރު އޭނަގެ ހޭވެރިކަން ނެތޭ ވަރުވެެއެވެ. އޭނައަށް ފެންނަ ހުވަފެންތަކުން ބަރުދާސްތުކުރަން ޖެހޭ ވޭނުން ލިބޭވޭނަށްވުރެ އެވަގުތު އޭނައަށް ލިބޭ ވޭންތައް ހާސްވެދިނިވިއެވެ. އޭނާގެ ސިކުނޑިވެސް އޭނައަށް ކޮންމެވެސް ހަނދާންކޮށްދީގެން ހިތަށް އިތުރުވޭނެއް ދޭން އުޅޭހެން ހީވެއެވެ.

ކެބިންގެ ދޮރު ހުޅުވާލެވުނު އަޑަށް ހައިޒަލްގެ މެރިފައިވާ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. ކެބިންއަށް ވަދެގެން އައި ނައިނާ ހައިޒަލްގެ މޭޒާއި ގާތްވަމުން އައިރު ހައިޒަލްއަށް ނައިނާގެ މޫނާއި ކަޅިވަކިކޮށްލުމެއްނެތި ބަލަހައްޓައިގެން އޮވެވުނީއެވެ. އެ އޮމާން މޫނުގައި އިނގިލި ހިންގާލަން އެވަގުތު ހައިޒަލްގެ ހިތް އެދުނެވެ. އޭނަގެ އަތުތެރޭ ނައިނާ މުޅި ދުނިޔެއަށް ފޮރުވާލުމަށް ހިތް އެދި ގޮވިއެވެ. ނަމަވެސް އެއީ ފުރިހަމަވުމެއް ނެތް އެދުންތަކެއް ކަމަށް އަމިއްލަ ހިތްވެސް އޭނައަށް ބުނެދިން އިރު ހައިޒަލް މާޔޫސީ ގޮތަކަށް ލޯމަރާލިއެވެ.

އިރުކޮޅެއްވަންދެން ހައިޒަލްގެ ފުރިހަމަ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ނައިނާ ފަސްދީ ކުރިއަށް ހިނގައިގަތެވެ. ކުރިއަށް އަޅާލި ދެތިން ފިޔަވަޅާއިއެކު ނައިނާގެ ހަށިގަނޑުގެ ހަރަކާތްތައް ހުއްޓުނު ފަދައެވެ. ހައިޒަލްގެ ދެއަތް ނައިނާގެ ބަނޑުގައި ވަށާލެވިގެންދިޔައިރު އެ ހޫނުނޭވާތައް ނައިނާގެ ކޮނޑަށް އެޅެންފެށިއިރު ނައިނާ ވަގުތުން ގަނޑުވިއެވެ. ހައިޒަލް ނޫން ލަފްޒެއް ދުލުން ބޭރު ނުކުރެވުނުއިރު ހައިޒަލްއާއި ދުރަށްދާން ނައިނާ ނުކުޅެދުނެވެ. ހިނދުކޮޅަކަށް އޭނަގެ ހިތްވެސް އޭނައަށް ކެހިދީ މަގާމުން ކަސިޔާރުވެގެންދިޔައީއެވެ.

އިރުކޮޅެއްވަންދެން ހައިޒަލްގެ ފުރިހަމަ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ނައިނާ ފަސްދީ ކުރިއަށް ހިނގައިގަތެވެ. ކުރިއަށް އަޅާލި ދެތިން ފިޔަވަޅާއިއެކު ނައިނާގެ ހަށިގަނޑުގެ ހަރަކާތްތައް ހުއްޓުނު ފަދައެވެ. ހައިޒަލްގެ ދެއަތް ނައިނާގެ ބަނޑުގައި ވަށާލެވިގެންދިޔައިރު އެ ހޫނުނޭވާތައް ނައިނާގެ ކޮނޑަށް އެޅެންފެށިއިރު ނައިނާ ވަގުތުން ގަނޑުވިއެވެ. ހައިޒަލް ނޫން ލަފްޒެއް ދުލުން ބޭރު ނުކުރެވުނުއިރު ހައިޒަލްއާއި ދުރަށްދާން ނައިނާ ނުކުޅެދުނެވެ. ހިނދުކޮޅަކަށް އޭނަގެ ހިތްވެސް އޭނައަށް ކެހިދީ މަގާމުން ކަސިޔާރުވެގެންދިޔައީއެވެ.

“ގިވްމީ ފައިވް މިނެޓްސް…” ހައިޒަލް މޫނު ނައިނާގެ ބުރަކަށީގައި ޖައްސާލިއިރު ނައިނާގެ ބަނޑުގައި ވަށާލެވިފައިވާ ދެއަތަށް ބާރުކޮށްލިއެވެ. ނައިނާ ހައިޒަލްގެ އަތްމަތީ އަތްބާއްވާލަން އަތްއުފުލާލައިފައިވެސް ހައިޒަލްއާއި ދިމާލަށް އެނބުރިލިގޮތަށް އެމޭގެ ތެރޭ ބޮޑިވެލިއެވެ.

“ހައި… އަދިވެސް ހައިއަށް ހުވަފެންތައް ފެންނަނީތަ؟” ނައިނާ އިސްއުފުލާލަމުން ހައިޒަލްގެ މޫނަށް ބަލާލިއެވެ. އެ ދެލިކޮޅެއްފަދަ ދެލޮލުން ހުރިހާ އިހުސާސްއެއް ހާމައަށްވާއިރުވެސް ދެނެގަންނަން ނައިނާ ނުކުޅެދުނެވެ. ހައިޒަލްގެ ކަނޑެއްހާ ފުން ދެލޮލުން ހައިޒަލްގެ އިޙުސާސްތައް ދެނެގަތުމަކީ ނައިނާއަށް މިވީހާތަނަށްވެސް ކުރެވިފައިވާކަމެއްނޫނެވެ. ނައިނާ ހައިޒަލްގެ ބައިމަތީގައި ދެއަތް އަޅުވާލިއެވެ. އޭނަ ހައިޒަލްއަށް އެހީވާން ހައިޒަލްގެ ގާތުގައި ހުންނަން ކިތަންމެހާވެސް ބޭނުންވެއެވެ. ނަމަވެސް އޭނަގެ އަތުން އެ ހައްގު އަތުލީ ހައިޒަލްއެވެ.

“އައިމް ގޮއިން ތްރޫ އެ ލޮޓް….” ހައިޒަލް އެއްވެސް އަސަރެއްނެތި ކިރިޔާ އަޑުއިވޭވަރަށް ބުނެލިއިރު އެ ޖުމްލަތަކުން އޭނަ ތަހައްމަލުކުރާ ވޭންތައް ބުނެއެއްނުދެވޭނެއެވެ. އޭނަގެ ތެޅިފޮޅެމުންދާ ހިތަށް މިދުވަސްކޮޅު ހަމަޖެހުމެއް ނުލިބެއެވެ. ސިކުނޑީގައި ތާއަބަދު ރިހުމެއް އުފެދިފައިވާ ހުންނައިރު ނާރުތައް ފަޅަފަޅައިގެންދާހާ ވަރުވެއެވެ. ދުވާލާއި ރޭގަނޑުވެސް އޭނަގެ ނަފްސަށް ހަމަޖެހުމެއް ލިބުމެއް ނެތެވެ. އޭނަގެ ދުވަސްވީ ހުވަފެންތައް އެހެން ސިފައެއްގައި އޭނައާއި ބައްދަލުކުރަންފެށީއެވެ. ގިނަފަހަރު އޭނާއަށް ދެބަދޭތެރޭ އޮވެވޭހެން ހީވާއިރު ލޯކުރިމަތިން ފެންނަ ކަޅާއި ހުދުގެ މަންޒަރަކީ ހަގީގަތެއްހެން ހީވާ ފަހަރު ފަހަރުވެސް އާދެއެވެ.

“މިކްޔާލް ހޯދަންޏާ ބުނެލާތި އަހަރެން ވީ ޕެންޓްހައުސްގައޭ…” ހައިޒަލް ނައިނާ އޭނައާއި ދުރުކޮށްލަމުން ނައިނާއާއި ދުރަށް ޖެހިލައިފިއެވެ. ނައިނާގެ މޫނު ހައިޒަލްގެ ހަށިގަނޑުން ނެއްޓުމާއިއެކު ނައިނާއަށް އިހުސާސްކުރެވުނީ ފަޅުކަމެވެ. މުޅިއުމުރު ހައިޒަލްގެ އަތުތެރޭ އެގޮތުގައި ހުރެވޭނޭ ނަމައޭ ހިތަށް އެރިއެވެ. އުމުރުދުވަހު އެގޮތަށް ހުންނަންޖެހުނަސް ނައިނާ ފޫއްސެއްނުވާނެއެވެ. އަދިވެސް ހައިޒަލްއަކީ އޭނަގެ ހިތުގެ ވިންދާއި ގުޅިފައިވާ ލޯތްބެވެ. ނަފްރަތާއި ހިތާމަ އެ ލޯތްބަށް އުނިކަމެއް ގެނައީކީ ނޫނެވެ. ހައިޒަލްއާއި ވަކިވީއިރު ހަނދާނަކަށް ރިހުންތަކެއް ދޫކޮށްލައިފައި ދިޔަސް އެ ރިހުންތަކާއިއެކު އަދިވެސް އެދެވެނީ ހައިޒަލްއަށެވެ.

*** *** *** *** *** ***

އެތައް ކުޝަންތަކެއް ޖައްސާލެވިފައިވާ އެނދުގެ ހެޑްބޯރޑްގައި ބުރަކަށިލައްކޮށްލައިގެން ބޯ އުފުލާލައިގެން ހައިޒަލް އޮތްއިރު ނަޒަރު ހުއްޓާލެވިފައިވަނީ ފިޔަ ނޭގޭވަރަށް ބުރު އެނބުރެމުންދާ ފަންކާއަށެވެ. ފަންކާ އޭގެ މަސައްކަތް އެންމެ ފުރިހަމަގޮތުގައި އަދާކުރަމުންދާއިރުވެސް ހައިޒަލްގެ މޫނުމަތިން ދާތިކިތައް ހިލެމުންދިޔަގޮތުން ފިނީގެ އަސަރެއްވެސް ނުކުރާފަދައެވެ. ކޮޓަރީގެ ދޮރުހުޅުވެގެންދިޔުމާއިއެކު ހައިޒަލް ކުޑަކޮށް ބޯއަނބުރާލަމުން ދޮރާއި ދިމާލަށް ބަލާލިއިރު މިކްޔާލް ކޮޓަރިއަށް ވަނީއެވެ.

“ހައި… އޯކޭތަ… ކިހިނެތްވީއޭ… ނައިނާ ބުނީމަ އަހަރެން މިއައީ… ޝީ ވޯޒް ސޯ ވޮރިޑް އެބައުޓް ޔޫ…” މިކްޔާލް ހައިޒަލްއާއި ކައިރިއަށް އަންނަމުން ހައިޒަލްއަށް ވާހަކަދެއްކުމުގެ ފުރުސަތުދިނުމެއްނެތި ހުރިހާ ސުވާލެއް އޮއްސާލައިފިއެވެ.

“ކަމެއްނުވޭ….” ހައިޒަލްގެ ޖަވާބު އިވިފައި މިކްޔާލްއަށް ހިތްހަމަނުޖެހިފައި ބޯހޫރާލެވުނެވެ. ހައިޒަލްގެ ދުލުން ހަގީގަތް އަޑުއިވުމަކީ ނުވާނޭކަމެއްކަން މިކްޔާލްއަށް އޭރުވެސް އިނގެއެވެ. ޔޫއެސްގައި ކިޔަވަން އުޅުނުއިރުއްސުރެ ދެޒުވާނުންނަކީ ގާތްރަހުމަތްތެރިންނަށްވެސް ހައިޒަލް މިވީހާތަނަށްވެސް އޭނަގެ ސިއްރުތައް މިކްޔާލްއާއި ހިއްސާކޮށްފައެއްނުވެއެވެ.

“ޒޭވްއަށް ގުޅަންވީނު…” މިކްޔާލް އަހާލިއެވެ. ޒިވާންއަކީ ޑޮކްޓަރަކަށްވާތީ ހައިޒަލްގެ ސިއްރުތައް ކޮންމެވެސް ގޮތަކުން ދުލުން ބޭރުކުރެވިދާނެއެވެ. މިދުވަސްކޮޅު ހައިޒަލްއަށް އަންނަމުންދާ ބަދަލުތައް އެންމެ ގާތުން ދެކޭމީހަކީ އޭނައެވެ. ހައިޒަލް ކިތަންމެ ސިއްރުކުރަން އުޅުނަސް ހައިޒަލްގެ ތަބީއަތު މިދުވަސްކޮޅު ރަނގަޅުނޫންކަން މިކްޔާލްއަށް އިނގެއެވެ. ހައިޒަލްއަށް މި ބަދަލެއް އައީ ސައިޓްއަށް ހޭނެތިގެންވެއްޓުނު ދުވަހުގެ ފަހުންނެވެ.

“ނޯ…. ނިދާލަނިކޮށް ރަނގަޅުވެދާނެ… މިކް ކޮމްޕްގައި ސޭވްކޮށްފައި އިން ޑޮކިއުމެންޓް އައްމާރު ސަރއަށް މެއިލްކޮށްލައްޗޭ… ދެން ރަފްހާން ގެންނާނެ ހޮޓެލްގެ ލިޔުންތައް އެއާއި ހަވާލުވެލާތި…” ހައިޒަލް ބުނަން ބޭނުންވީ ވާހަކަތައް ބުނުމަށްފަހު މިކްޔާލްއަށް ވާހަކަދެއްކުމުގެ ފުރުސަތުނުދޭންވެގެން އަނެއް ފަރާތަށް އެނބުރިލިގޮތަށް ލޯމަރާލައިފިއެވެ. ހައިޒަލް ވާހަކަދައްކަން ބޭނުންވާކަށް ނަގައިގަނެވުުނު މިކްޔާލް ހައިޒަލްއަށް އަރާމްކުރުމުގެ ފުރުސަތުދެމުން ކޮޓަރިން ބޭރަށް ނިކުތެވެ. ޕެންޓް ހައުސްއިން ނިކުތްގޮތަށް މިކްޔާލް ޒިވާންއާއި ގުޅާލިއިރު އެދެމެދުގައި ކޮންމެވެސް ވާހަކައެއް ދެކެވުނެވެ.

*** *** *** *** *** ***

މެންދުރުގެ ބްރޭކްވަގުތު ޝަލީން މާބްލް ހޮސްޕިޓަލުންއިން ނިކުމެގެންއައީ ޑޮކްޓަރ މުސްކާން ދިން ލިޔުންތައް ފައިލްއަށް އަޅަމުންނެވެ. ޝަލީން އިސްޖަހާލައިގެން އައިސް އެންޓްރެންސްއާއި އަރާހަމަވިވަގުތު އެންޓްރެންސްއިން ވަދެގެން އައި ޒުވާނެއްގެ ގައިގައި ޖެހިފައި ޝަލީން އަރިއަޅާލިއެވެ. އެ ޒުވާނާ ހުށިޔާރުވެ ޝަލީންގެ ހަށިގަނޑުގައި ހިފަހައްޓާލިއިރު ޝަލީންގެ އަތުން ފައިލް ދޫވެ ފައިލްގާވާހާ ސާމާނެއް ބިންމަތީގައި ވިހުރުނެވެ.

“އާރޔޫ އޯކޭ…” މަޔާން އެެއަންހެންކުއްޖާ ވެއްޓުނަނުދޭންވެގެން އެ ކުއްޖާގެ އުނަގަނޑުގައި ހިފާލައިގެން ހުރެފައި އިސްއުފުލާ ބަލާލަމުން ބުނެލިއެވެ. އޭނަގެ ނޭވާ އިހުސާސްވާހާ ކައިރިން ޝަލީންގެ މޫނު ފެނުމާއިއެކު ކަރަންޓް ޝޮކްއެއް ޖެހުނުފަދައިން މަޔާން އަވަހަށް ޝަލީންއާއި ދުރުވެލައިފިއެވެ. ހިނދުކޮޅަކަށް އެ މޫނުމަތިން ފެނިލި އޯގާވެރިކަން ރުޅިވެރިކަމަށް ބަދަލުވެގެންދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ މޫނުމަތި ވަގުތުން ރުޅިން ފިހިގެންދިޔަގޮތުން މަޔާންގެ އެ ސިފައަކީ ޝަލީންއަށް ހާއްސަ ސިފައެއްހެން ހީވެއެވެ.

ޝަލީން ހިންދިރުވާލިއިރު މަޔާންއިން ނެއްޓިގެން އައި ނަޒަރު މާބްލްމަތީ ކިރެމުންދިޔަ ކަރުދާސްގަނޑަށް ހުއްޓުނެވެ. އޭނަ މަޔާންއަށް އަންގައިދޭން މަސައްކަތްކުރާ ހަގީގަތް އެއޮތީ މަޔާންގެ ލޯކުރިމަތީގައި ފެންނާށެވެ. މަޔާންއަށްވެސް އެވަގުތުކޮޅު އެ ރިޕޯޓްއާއި ދިމާލަށް ބަލާލެވުނުއިރު އޭނަގެ ހިތުގެ ހިނގުންވެސް ހުއްޓި ސިކުނޑީގެ ލޭ ދައުރުވުންވެސް މަޑުޖެހިލިހެން ހީވިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

އަހަރެންގެ ޑައިރީ 2

Next

ބުނެދޭށޭ ރުހެމޭ 53

Next
July 9, 2019

ބުނެދޭށޭ ރުހެމޭ 53

Previews
July 9, 2019

އަހަރެންގެ ޑައިރީ 2

44 Comments!

  1. Ayesha says:
    July 9, 2019 at 8:14 pm

    Yeyy first dho mee.. hehe hama bala bala meenee.. ❤ kiyaalaafa comment kohlaaanan inge

    1. Ayesha says:
      July 9, 2019 at 8:45 pm

      Alheyyy varah reeethi.. ❤❤? haadha curious kohlaafa ey thi nimmaalee.. 🙁 kihinehbaa dho Mayaan react kuraanee..
      Dhiraa haadha rangalhey, mireyge 2 vana bayah eagerly waiting hama..

    2. dhiraa wish says:
      July 9, 2019 at 8:59 pm

      thnks dear.. lets c dww

  2. dhiraa wish says:
    July 9, 2019 at 8:14 pm

    vaahaka up kurun lasvikamahtakaai kiyuntheringe faraathun dhira maafah edhen.. ummeedhu kuran mi baives kamudhaane kamah.. mirey adhi eh part up kohladheynan.. kudakoh inthizaaru kohlahjjey..

    1. My says:
      July 9, 2019 at 8:35 pm

      Nice story

    2. dhiraa wish says:
      July 9, 2019 at 9:04 pm

      thnks

    3. fan says:
      July 9, 2019 at 9:22 pm

      mirey kn iraku?

    4. dhiraa wish says:
      July 9, 2019 at 9:24 pm

      knmx irakun dww be patient dear

    5. MaYaAn says:
      July 9, 2019 at 9:33 pm

      Waiting for the nxt part..!

    6. dhiraa wish says:
      July 9, 2019 at 10:15 pm

      insha allah will upload soon

  3. jiji says:
    July 9, 2019 at 8:15 pm

    ❤❤❤Yey me first dhw

    1. jiji says:
      July 9, 2019 at 8:15 pm

      Oops second dhw..Kiyaafa comment eh kohlaanan?

    2. dhiraa wish says:
      July 9, 2019 at 9:01 pm

      hehehehehdhn mifaharu second ti libunee… waiting for a cmnt

  4. malsamalkkomal says:
    July 9, 2019 at 8:15 pm

    Yeah..Mee first dhw..Kiyaa laara comment eh koalaanan…??

    1. dhiraa wish says:
      July 9, 2019 at 9:07 pm

      yeah

  5. Neem says:
    July 9, 2019 at 8:25 pm

    Mee third dhw… yeyeeeeyey♥️♥️♥️♥️????

    1. dhiraa wish says:
      July 9, 2019 at 9:00 pm

      thnks

  6. Jijji says:
    July 9, 2019 at 8:41 pm

    Dhen kudakoh foohi mibai, adhi heevey kuruhenves, kuda Koh ibaaraathuge massala ves ebahuri, kuree ge part thakaa thafaathu, mi bunee fashuvikamaa sifakurunthah kuree part thakaa hilaafah mi part ga nethey, ????????

    1. Dhonthi says:
      July 9, 2019 at 8:43 pm

      Shehenaax in shehey ah badhalvaan kuda dhuvaskolheh nagaane dho

    2. Naaani says:
      July 9, 2019 at 8:49 pm

      Maybe baeh sentences thah maa dhigu veema ibaaraai odd ee.. i noticed that too.. ekamu dhen rangalhu vaane dho dhiraa.. mistakess in learn kuraanee dho.. ❤

    3. jiji says:
      July 9, 2019 at 9:02 pm

      Hey thigothah I ge name use nukohba dhw…Plc dont do this…
      Nd evec adhi writer dissapoint kohfa??

    4. dhiraa wish says:
      July 9, 2019 at 9:03 pm

      thnks everyone… yeah mistakes in dassvaanee.. thnks for the advice… iw ill try to improve

  7. Neem says:
    July 9, 2019 at 8:44 pm

    Haadha reehchey mi partvxx♥️♥️♥️???thanks dhiraaaaa

    1. dhiraa wish says:
      July 9, 2019 at 9:05 pm

      thnks

  8. Haizal's says:
    July 9, 2019 at 8:59 pm

    Vrh reethi mi bay vx masha allah?????
    Ehn meehaku nukurias i really appriciate your hard work ????
    Keep it up????????
    Insha Allah huri haa kameh v rangalhu vaane????????❣?

    1. dhiraa wish says:
      July 9, 2019 at 9:06 pm

      thnks haizal

  9. Positive thoughts says:
    July 9, 2019 at 9:16 pm

    Masha Allah ❤️
    Mysterious ingey ? avahah up koh dhehche next part plxxxxxxxxx ☹️

    1. dhiraa wish says:
      July 9, 2019 at 9:27 pm

      thnks dear. be patient dear

  10. Xyz says:
    July 9, 2019 at 9:17 pm

    Mi bai ves varah varah furihama. Waiting for next part

    1. dhiraa wish says:
      July 9, 2019 at 9:28 pm

      thnks

  11. Aish says:
    July 9, 2019 at 9:21 pm

    Haizal aa nainage baithah ginakihlaba dhiraaa, so in love with this story.

    1. dhiraa wish says:
      July 9, 2019 at 9:29 pm

      be patient dear. hingaa balamaa dww

  12. shikko says:
    July 9, 2019 at 9:27 pm

    Haadha salhi hisaabakunney nimmaaly..I’m v vv curious.. yaan ah fennanetha?????

    1. dhiraa wish says:
      July 9, 2019 at 9:29 pm

      thnks

  13. jiji says:
    July 9, 2019 at 9:28 pm

    Woah???..alhey vv rythi ingey mi part vec❤❤❤….Im so curious???….alheyy ehpart upkohdheynamey???…thnx a lot darlz…Ly sis

    1. dhiraa wish says:
      July 9, 2019 at 9:30 pm

      thnks

  14. Choppi says:
    July 9, 2019 at 9:54 pm

    Even though I don’t comment but I used to read every part of this story. Plx dhiraa wish at least haizal ah hadhaan kohdhen v eh nun eynage past or else nainaa ah hageegai haama kohdheyn v eh nun. Anyway story is interesting.

    1. dhiraa wish says:
      July 9, 2019 at 10:14 pm

      thnks dear.. hingaa balamaa dww vaagotheh

  15. Sifam says:
    July 9, 2019 at 9:55 pm

    Varah reethi ingey mibaives. Waiting for the next part

    1. dhiraa wish says:
      July 9, 2019 at 10:14 pm

      thnks

  16. Koba says:
    July 9, 2019 at 10:34 pm

    Anehpart up kuraanamey bunegen inthizaaruga , kihaaireh vaanebaa

    1. dhiraa wish says:
      July 9, 2019 at 10:44 pm

      dear mihaaru up kohlaifin

  17. anaa says:
    July 9, 2019 at 10:35 pm

    woww.. love this part too.. when next part ??

    1. dhiraa wish says:
      July 9, 2019 at 10:45 pm

      thankss dear.. mihaaru up kohlaafa ihnaanee

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 53←


All Right Reserved!