ބުނާށެ ލޯބި ނުވަނީހޭ….44
ފަތިސް ނަމާދުން ފޭބިގޮތަށް ރީހާންމެން ދިޔައީ ފުޓުބޯޅަ ދަނޑަށެވެ. ޢީދު ބަންދާ ދިމާކޮށް އެރަށުގައި ކުޅޭ ފުޓުބޯޅަ މުބާރާތް ކުޅުމަށްޓަކައި ރަށު ކައުންސިލުން ވަނީ ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން މާއިޒްއާއި ގޯލް ކީޕަރު އަކްމަލް އެރަށަށް ގެނައިސްފައެވެ. ހަތެއް ޖަހާއިރު ފެށޭ މެޗު ކުޅުމުގެ ކުރިން ސަޕޯޓަރުންނާ މާއިޒްއާ އަކްމަލް ބައްދަލުކުރުން އޮތެވެ. ގިނަ އަދަދެއްގެ ފުރާވަރު ފިރިހެން ކުދިން މާއިޒްއާއި އަކްމަލްގެ ނަންޖަހާފައި ހުރި ޖާޒީ ލައިގެން ދަނޑަަށް ގޮސް ތިއްބެވެ. މާއިޒްއާއި އަކްމަލްއާއި އެކީ ނަފްސީ ނަގަން ސަފު ހަދާފައި ތިއްބެވެ. ޒުވާން އަންހެން ކުދިންވެސް މަދެއް ނޫނެވެ. ހެނދުނުގެ އެއޮށްފަދަ ވަގުތުގައިވެސް މޫނުގައި ކުލަ އުނގުޅައިގެން ގޮސް ތިއްބެވެ. ތުއިވެފައި އެއްބައި ކުދިން އުޅުނުއިރު ހީވަނީ އެހެން ފަދަކަމެއްހެންނެވެ.
ޔާޒް އުރައިގެން ނަވްޔާ ތަންކޮޅެއް ދުރުގައި ހުއްޓެވެ. އިޝްމާ ހުރީ އަލައިކާ ގޮވައިގެން ނަވްޔާ ގާތު ގޮނޑިއެއްގައި އިށީންދެލައިގެންނެވެ. އިޝްމާއާއި ނަވްޔާ ތިބީ އަންހެން ކުދިން އުޅޭ ވައްތަރުން ފޫހިވެފައެވެ.
އެތެރެއަށް ވަދެގެން އައި ހަމްޒާ ފެނުމުން އިޝްމާ ނަވްޔާގައި ކޮށްޓާލާފައި ހަމްޒާ ދެއްކިއެވެ. “ނާޔާ އެހެރީ އެއްކަލަ ބޯއި” . އިޝްމާއާ ނަވްޔާ ކުޑަދެކުދިން ގޮވައިގެން ހަމްޒާމެންނާ ދިމާއަށް ހިނގައިގަތެވެ.
“އައްސަލާމް އަލައިކުމް” ނަވްޔާ ގޮސް ހަމްޒާއަށް ސަލާން ގޮވާލުމާއެކު ހަމްޒާ ބަލާލިއެވެ. ކާކުކަން ނޭންގިގެން ބަލާފަދަ ގޮތަކަށް ހަމްޒާ ބަލަން އިނުމުން ނަވްޔާ އޭނައަކީ ކާކުކަން ބުނެދިނެވެ. “އޯއޯ. ތީ މާއިޒްގެ ވައިފް ނަވްޔާ ދޯ. އައި އޭމް ރީހާން. މާއިޒްގެ ވަރަށް ބޮޑު ފޭނެއް. އަބަދުވެސް ބޭނުންވި މާއިޒްއާ ދިމާވަން” ހަމްޒާގެ ބަދަލުގައި ވާހަކަ ދެއްކީ ރީހާންއެވެ. ހުއްޓާނުލާ މާއިޒްއަށް ތައުރީފު ކުރަމުން ދިޔައެވެ. ޔާޒް ފެނުމާއެކު މާއިޒްގެ ދަރިފުޅުހެއްޔޭ އަހާފައި ނަވްޔާގެ ހުއްދަ ހޯދައިގެން ޔާޒް އުރިއެވެ. ރީހާން އުފަލުން ގޮސް ހީވަނީ އެހެން ފަދަކަމެއް ހެންނެވެ. ހަމްޒާއާ ވިޝާހްއަށް ބެލުމެއްނެތި ދުވެފައި ގޮސް ފޮޓޯ ނަގާ ސަފަށް އެރިއެވެ. ވިޝާހްއާ ހަމްޒާ މަތިން ރީހާން ހަނދާންވެސް ނެތެވެ. ރީހާން އުޅުނު ގޮތުން މަޖާވެގެން ނަވްޔާއާ އިޝްމާއަށް ހެވުނެވެ.
ނަވްޔާއަށް ވިޝާހް އެހެން ތާކުންވެސް ދަންނަހެން ހީވިއެވެ. “ހެހެ ދަންނަހެން ހީވެގެންތަ މާވަރަކަށް ތި ބަލަނީ؟ ވީ ވާރ ނެއިބާރަސް ކުޑައިރުގަ” ވިޝާހް އެހެން ބުނުމާއެކު ނަވްޔާ ހަނދާންވިއެވެ. ނަވްޔާމެން ކުޑައިރު އުޅުނު ގޭގެ ތިރީ ހުންނަ އެޕާޓްމެންގައި އުޅުނީ ވިޝާހްމެންނެވެ. ރައުފާއާ ވިޝާހްގެ މަންމައާއި ވަރަށް އެކުވެރިވެސް ވާނެއެވެ. ބައެއް ދުވަސްދުވަހު އަކްމަލްއާ އެއްކޮށް ކުޅެން ވިޝާހް އެގެއަށްވެސް އާދެއެވެ. އަކްމަލްވެސް ވިޝާހްމެން ގެއަށް ގޮސް ހަދައެވެ. އެހެނަސް ގެބަދަލުވި ފަހުން މަގެއްމަތިންވެސް ވިޝާހްމެންނަކާ ދިމައެެއް ނުވެއެވެ.
އަކްމަލްއަށް ވިޝާހް ފެނުމާއެކު ވަކިކުރަން އެނގުނެވެ. ވިޝާހް ގައިގައި ބައްދާލުމަށްފަހު ސަލާން ކޮށްފައި އިޝްމާއާ އަލައިކާ ތައާރަފުކޮށްދިނެވެ. އަދި ކައިވެނި ޕާޓީއަށްނުކިޔުނީތީވެ އެކަމަށް މާފަށްވެސް އެދުނެވެ. ރީހާންއަށް މާއިޒްއާ އެއްކޮށް ނަފްސީއެއް ނެގުމުން ހީވީ ދުނިޔެ ރަންވިހެންނެވެ. އެފޮޓޯ އިންސްޓަގްރާމަށާ ފޭސްބުކަށްލިއެވެ.
ރައިހާނާއާ އަންޖަލް އެނދުން ހިއްލާލީވެސް ހަވީރުވީ ފަހުންނެވެ. ދެކުދިން ކުޑަކޮށް ރީތިވެގެން ތިރިއަށް ދިޔައިރު ސިޓިންރޫމް ތެރޭގައި ފުދޭވަރަކަށް އަޑުގަދައެވެ. ލިއާއާ ޝިވަންގެ އިތުރުން ކުޑަ އެހެން ދެކުދިންވެސް އުޅުނެވެ. ސޯފާގައި އިށީންދެލައިގެން ތިބި ނަވްޔާއާ އިޝްމާ ފެނުމުން އަންޖަލްގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ރައިހާނާ އަތުގައި ހިފައި ދަމަމުން ނަވްޔާމެން ގާތަށް ދިޔައެވެ. “ހެއި. އޯ މައި ގޯޑް. އާ ޔޫ އަކްމަލް؟” އިޝްމާ ގާތު އިށީންދެލައިގެން ިއިން އަކްމަލް ފެނުމާއެކު އަންޖަލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަކްމަލް ބޯޖަހާލުމާއެކު ކުޑަކޮށް ހަޅޭއްލަވައިގަތެވެ.
އަކްމަލްމެން އެމީހުން ތިބޭ ގެސްޓް ހައުސްއަށް ދިޔައީ އެރޭ ދިހައެެއްވެސް ޖަހާ ބޮޑުވިފަހުންނެވެ. އަލައިކާއާ ޔާޒްވެސް ނުހަނު މަޖާވެފައި ޝިވަންއާ ލިއާއާއެއްކޮށް ކުޅުނެވެ.
އަންޖަލްއާ ރައިހާނާއަށް ނިދާގަޑި ވަނީ އޮޅިފައެވެ. ދުވާލު ނިދާފައި ރޭގަނޑު ތިބެނީ ހޭލައެވެ. ހަމްޒާމެން އެންމެ ނިދީމައިވެސް އަންޖަލްއާ ރައިހާނާ ސީރީޒް ބަލަން ހޭލާ ތިއްބެވެ. ދަންވަރު ދޭއްޖެހިއިރުވެސް ނިދީގެ ކަންފުޅެއްވެސް ރައިހާނާއާ އަންޖަލްގެ ނެތެވެ. މަޖާ ސީރީޒްއެއް ބަލާތީވެ ދެކުދިން ތިބީ ހީހީ ހަލާކުޗާން ކައިރިވެފައެވެ. ރައިހާނާގެ ލޮލުން ފެންވެސް އައިސައް ހުއްޓެވެ.
ދަންވަރު ތިނެއް ޖަހަނިކޮށް އަންޖަލްގެ ފޯނު ރިންގްވާން ފެށިއެވެ. އެއޮށްފަދަ ގަޑީ ގުޅާނީވެސް ކާކުބާއޭ ހިތަށް އެރިއެވެ. ބަލަން އިން ސީރީޒް ޕޯސް ކޮށްލުމަށްފަހު ފޯނުނަގާ ސްޕީކަރަށް ލިއެވެ. އަންޖަލްއެކޭ އެއްފަދައިން ރައިހާނާވެސް އިނީ ކަންބޮޑުވެފައެވެ. އަންޖަލް ހަލޯއޭ ބުނުމާއެކު އެކޮޅުން ވާހަކަ ދެއްކި މީހާ ދިން ޚަބަރަކުން އަންޖަލް ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އަތްތުރުތުރު އަޅާ ފޯނު އަތުން ދޫވިއެވެ. މުޅި ކުއްޖާ ދާހިއްލާ ފޯވިއެވެ. ހިތުތެރޭގައި އުފެދުނު ރިހުމުން ހިތްފަޅައިގެން ދާން އުޅޭހެން ހީވިއެވެ. އެހެނަސް ހަރަކާތެއްކޮށްލަންވެސް ނޭންގިފައި އަންޖަލްއަށް އިނދެވުނެވެ. ރައިހާނާގެ ދެލޯބޮޑުވެފައި ހުރިއުރު މޫނު މަތިން ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. އަންޖަލްގެ ފޯނު ނަގާ އެނދުމަތީ ބޭއްވުމަށްފަހު ދެތިން ފަހަރު އަންޖަލްއަަށް ގޮވިއެވެ.
އަންޖަލް ރޮއެގަނެފައި ރައިހާނާ ގައިގައި ބައްދާގަތް މަންޒަރު ފެނުނު ކޮންމެ މީހެއްގެވެސް ހިތްފަޅައިގެން ދާނެކަން ޔަގީނެވެ. އަންޖަލް ރޯންފެށުމާއެކު ރައިހާނާގެ ދެލޯވެސް ކަރުނުން ތެމުމެނެވެ. އަންޖަލް ބާރުބާރަށް ރޮމުން ދިޔައެވެ.
ގަދަ ނިދީގައި އޮތް ހަމްޒާއަށް ހޭލެވުނީ އަންޖަލް ރުއިމުގެ އަޑުކަންފަތުގައި ޖެހުމުންނެވެ. އަންޖަލްގެ އަޑުަކަން ޔަގީންވުމާއެކު ހަރުގަނޑުގައި އަޅުވާފައި އޮތް އޭނާގެ ޓީޝާޓު ގަޔަށް މޮހާލައިގެން ކޮޓަރިން ނުކުތެވެ. ރައިހާނާ ކޮޓަރީ ތަލުގައި ހިފިއިރު ހުރީ ތަޅުލާފައެވެ. “ރައިހާނާ. އަންކޯ. ދޮރު ހުޅުވަބަ” ހަމްޒާ ބާރަށް ދޮރުގައި ތަޅާގަތެވެ. އޭރުވެސް ހުއްޓުމެއް ނެތި އަންޖަލް ރުއިމުގެ އަޑު ކޮޓަރިތެރެއިން އިވެއެވެ. އަންޖަލްގެ ވޭނީ ރުއިމުގެ އަޑު އަހާކަށް ހަމްޒާއަކަށް ކުޅަދާނައެއް ނުވިއެވެ.
އަންޖަލް ބައްދައިގެންއިންލެއް ބާރުކަމުން ރައިހާނާއަށް ދޮރު ހުޅާވަކަށް ނުދެވުނެވެ. އަންޖަލް ދުރުކޮށްފައި ދާކަށް ރައިހާނާއަކަށް ނުކެރުނެވެ. ހަމްޒާގެ އަޑު އަންޖަލްއަށް އިވޭހެނެއް ހިޔެއްްނުވެއެވެ. ދޮރު ނުހުޅުވަނީސް ހަމްޒާ ތެޅުން ހުއްޓައެއް ނުލާނެކަން ރައިހާނާއަށް އިނގެއެވެ. މަޑު މަޑުން އަންޖަލް ދުރުކޮށްފައި ބުރުގާ އަޅައިގެން ކޮޓަރީގެ ދޮރުހުޅުވިއެވެ.
ރައިހާނާ ދޮރުހުވުމާއެކު ވައިސޫރިއެއްހެން ހަމްޒާ ގޮސް އަންޖަލް ގާތު އެނދުގައި އިށީނެވެ. އަދި ނުހަނު ލޯބިން އަންޖަލް ރޮނީ ކީއްވެތޯ އެހިއެވެ. ހަމްޒާގެ އޯގާވެރިކަން ފެނި އަންޖަލްގެ ހިތުގައި މާބޮޑަށް ޖެހުނެވެ. ވީގޮތް ހަމްޒާ ގާތު ބުނަން އުޅުނެއް ކަމަކު ރޮވޭ ވަރުން ބުނެވޭވަރެއް ނުވިއެވެ. ހަމްޒާ އޭނާގެ ދެއަތުގެ ހިމާޔަށް ލޯބިވާ ކޮއްކޮއަަށް ދިނެވެ. އަންޖަލް ރޯވަރުން އޭނާގެ ދެލޯވެސް ފެންކަޅިވިއެވެ. “ބައް..ޕަ” އަންޖަލް އުނދަގުލުން ނަމަވެސް ބައްޕައޭ ބުނެލިއެވެ. ހަމްޒާއަށް ހީވީ އޭނާ ލައިލައި ހުރި ނޭވާވެސް ތާށިވެދާނެހެންނެވެ. ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ބައްޕައަށް ދެރަގޮތެއް ވެދާނެތީ ހިތުގައި ރިއްސާލިއެވެ. ޔަގީނުންވެސް އަންޖަލް އެވަރަށް ރޯނީ ބަައްޕައަށް ކަމެއް ވެގެންކަން ހަމްޒާއަށް އެނގެއެވެ. ހިތާހިތުން ބައްޕަ ސަލާމަތްކަން މަތީ ވުމަަށް ދުޢާ ކުރެވުނެވެ. “ބައްޕައަށް ކިހިނެއްވީ؟” ހަމްޒާއަށް ބައްޕަ ކިއުންވީ އުނދަގޫ ކަމަކަށެވެ. އެހެންނަމަވެސް ހިއްވަރުކޮށްފައި އަހާލިއެވެ. “ހާޓް އެޓޭކެއް ޖެހިގެން އެބައޮތް އައިސީޔޫގަ ވަރަށް ސީރިއަސް” އަންޖަލްގެ ބަދަލުގައި ޖަވާބު ދިނީ ރައިހާނާއެވެ. ހަމްޒާއަށް ހީވީ އޭނާގެ މޭގައި މީހަކު ބާރަށް ހިފައި ޗިސްޗިސްކޮަށްލިހެންނެވެ. މޭގައި ބުނެދޭން ނޭންގޭ ރިހުމެއް އުފެދުނެވެ. މަންމަ ފަދައިން ބައްޕަ ވަކިވެ ގޮސްދާނެތީ ހިތްބިރުގަތެވެ. ލޮލުން ކަރުނަތައް އޮހިގަތެވެ.
ރައިހާނާގެ ހިތް ހީވަނީ ފަޅައިގެން ގޮސް ދާނެހެންނެވެ. އެންމެ ގާތް އެކުވެރިޔާއާ ލޯބިވެރިޔާ ކަރުނަ އަޅާ ރޯތަން ބަލަން އޭނާގެ ނާޒުކު ހިތަށް ކުޅަދާނައެއް ނޫނެވެ. އަންޖަލް އެހާ ހިތުގައި ޖެހިގެން މީގެ ކުރިން ދުވަހަކު ރުއިތަނެއް އޭނާއެެއް ނުދެކެއެވެ. ރައިހާނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފެހެއްޓުން ވީ އުނދަގޫ ކަމަކަށެވެ. އަންޖަލްއާ ހަމްޒާއަށް އެކަނި ވަގުތު ކޮޅެއް ދީފައި ރައިހާނާ ތިރިއަށް ދިޔައެވެ. އަންޖަލްއާ ހަމްޒާއެކޭ އެއްފަދައިން ސުނައިނާއަށްވެސް އަޒްހަދްގެ ހާލު އެނގެން ޖެހޭނެކަން ހިތަށް އެރުމާއެކު ސުނައިނާ ކޮޓަރީގައި މަޑުމަޑުން ޓަކި ޖެހިއެވެ. ދެތިން ފަހަރު ޓަކިޖެހިތަނުން ދޮރު ހުޅުވީ މިރާޝްއެވެ. އޭނާގެ ލޮލުގައި ނިދީގެ އަސަރު ހުއްޓެވެ. ރައިހާނާ އެދުނީ ސުނައިނާއަށް ގޮވައި ދިނުމަށެވެ. މިރާޝް މަޑުކޮށްލާށޭ ކިޔާފައި ސުނައިނާއަށް ގޮވައިގެން ގެނައެވެ.
ރައިހާނާގެ ފަރާތުން ބައްޕަ އައިސީޔޫގައި ހާލު ދެރަވެގެން ބާއްވާފައި އޮތްކަން އެނގުމާއެކު ސުނައިނާއަަށްވެސް ކުޑަވަރެއްގެ ޝޮކެއް ޖެހުނެވެ. ހުރި ފިޔަވަޅުމަތީގައި ހަރަކާތެއް ގެންނަަންވެސް ނޭންގިފައި ހުއްޓެވެ. އަނގަމަތީ އަތްއަޅައިގެން އިނދެ ރޮވެން ފެށުނެވެ. މިރާޝް ނުހިފެހެއްޓިނަމަ ބިންމައްޗަށް ވެއްޓުނީހެވެ.
ވަގުތުން ޓިކެޓް ނަގައިގެން ހަމްޒާއާ ސުނައިނާ އަދި އަންޖަލް މާލެ ދިޔައެވެ. މިރާޝް މަޑުކުރީ އަނެއް ދުވަހު ހެނދުނު ލިއާ ގޮވައިގެން ދާށެވެ. އަވަހަށް ދާން ވެގެން އަންޖަލް ދިޔައީ ރީހާން ގާތުވެސް ނުބުނެއެވެ. ރީހާން ހެނދުނު ހޭލުމުން ރައިހާނާ ވީގޮތް ކިޔާދިނެވެ. ރީހާން ބޭނުންވީ ވަގުތުން އަންޖަލް ގާތަށް ދާށެވެ. އެންމެންވެސް ދަތުރު ކުރުކޮށްފައި އެދުވަހު މެންދުރު ފްލައިޓުން މާލެ ދިޔައެވެ.
ރީހާންއާ ރައިހާނާ ވިޝާހްމެންނާ ރަށުން ގެނައި ސާމާނުތައް ހަވާލުކޮށްފައި ދިޔައީ ހޮސްޕިޓަލަށެވެ. ރީހާންއަށް އަންޖަލްގެ ރަތްވެފައވި މޫނާ ރޮއެރޮއެ ދުޅަވެފައި ހުރި ލޯ ފެނުމުން ހީވީ ހިތަށް ހަންޖަރެއް ހަރާލިހެންނެވެ. ދުވެފައި ގޮސް އަންޖަލް އޭނާގެ މޭތެރޭގައި ފޮރުވާލިއެވެ.
ރައިހާނާ ގޮސް ހަމްޒާއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. އަންޖަލްއެކޭ އެއްފަދައިން ހަމްޒާގެ މޫނުވެސް ވަނީ ރަތްވެފައެވެ. އިސްތަށިގަނޑުވެސް އޮތީ އެއްވެސް ތަރުތީބެއް ނެތި ހާވާލާފައެވެ. ރައިހާނާ ގޮސް ހަމްޒާ ގާތު އިށީނުމާއެކު ހަމްޒާ ރައިހާނާގެ ކޮނޑުގައި ބޯއަޅާލިއެވެ. ހަމްޒާގެ ކަރުނައިން ރައިހާނާގެ ކޮނޑު ތެމެމުން ދިޔައެވެ. ހަމްޒާއަށް ހިއްވަރު ދިނުމުގެ ގޮތުން ބުނާނެ އެންމެ ބަހެއްވެސް ރައިހާނާ ދުލަކަށް ނައެވެ. މަޑުމަޑުން ހަމްޒާގެ އިސްތަށިގަނޑުގައި ރައިހާނާ ފިރުމަމުން ދިޔައެވެ.
ޑޮކްޓަރު އައިސް އަޒްހަދްގެ ހާލު ކުރިއަށްވުރެ ރަނގަޅު ވެއްޖެކަމާއި ޕްރައިވެޓް ރޫމަކަށް ބަދަލު ކުރެވޭނެ ވާހަކަ ބުނުމުން އެންމެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ހަމްޒާ މޫނު ރީތިކޮށްލުމަށްފަހު ކޮޓަރިއެއް ހޯދުމަށް ދިޔައެވެ.
އަޒްހަދް ކޮޓަރިއަށް ބަދަލުކުރިތާ ގަޑިއެއްހާއިރު ފަހުން ލޯހުޅުވާލިއެވެ. މަޑުމަޑުން އެސްފިޔަތަށް ހުޅުވާލިއިރު އޭނާ ގާތުގައި އިށީންދެލައިގެން އިން ހަމްޒާ ލޮލުގައި އަޅައިގަތެވެ. އަޒްހަދަށް ފުރަތަމަ ގަބޫލުކުރަންވެސް ދަތިވިއެވެ. އަޒްހަދް އަނެއްކާވެސް ލޯމަރާފައި ލޯ ހުޅުވާލިއެވެ. އޭރުވެސް ހަމްޒާ އެތާ އިނެވެ.
“ބައްޕާ” ހަމްޒާއަށް އަޒްހަދް ހަރަކާތް ކުރާތަން ފެނުމާއެކު ގޮވާލިއެވެ. އަޒްހަދް ހިތަށް ލިބުނު ހަމަޖެހުން އެވަގުތު ބުނެދޭންވެސް ނޭންގުނެވެ. އެއަޑުން ބައްޕާއޭ ކިޔާ ގޮވާލާނެ ދުވަހަކަށް އިންތިޒާރު ކުރާތާ ކޮންދުވަހެއް ހެއްޔެވެ؟ އަނެއް ފަރާތުން ސުނައިނާ އައިސް އޭނާއަށް ގޮވާލުމުން ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބިނުހެންނެވެ. އުފަލުން ގޮސް އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އަންޖަލް އަތުން އަޒްހަދްގެ ކަރުނަ ފުހެދިނެވެ. އެވަގުތު އަޒްހަދް ކުރަމުން ދިޔަ އިހްސާސް ބުނެދޭނެ ގޮތެއްވެސް އަޒްހަދްއަކަށް ނޭންގުނެވެ. ހަމްޒާއާ ސުނައިނާ އޭނާއަށް ބައްޕަގެ ނަމުން އޭނާ ބަލިވުމުން މުޚާތަބު ކުރާނެކަން އެނގުނުނަމަ ގަސްތުގައި ނަމަވެސް އޭނާ ބަލިވީހެވެ. އެހާވެސް އެކުދިން އޭނާއަށް ގޮވާ އަޑުއަހަން ވަނީ ބޭނުންވެފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.






Salam. Here’s 44th part of bunaashey loabi nuvanyhey. Hurihaa kudhinnah ves kamudhaane kamah ummedhu kuran. Next part In Sha Allah next Thursday ge kurin
Yey me first dhw varah salhi vaane hn hyvany kiyaalaafa comment kohlaanan
Masha allah varah reethi mi part ves… and when is next can’t wait to read next part
Navyaa kairee ismaa innanee hunaaneekeenoon
Vvv reethi ekam kury
First
Wow??????❤❤❤…Vv rythi Mi part vec…Next part dhigukohlahchey??????..Im sooo curious to read next…. Lysm?????????
Vvv reethi mi part ves??Ishmaa menge bai leema adhi ithuravves reethi ingey?????? Dhen oiy part ves reethi vaane kamau ummeedhukuran…. LOVE you kiyara???
Mashaa allah vaahaka varah reethi?. Ekamaku kudakoh kuru dho??..
?????so heart touching….
????? Hama rangalha vas rovijeh…. Masha Allah…. Varah reethi…..
maasha allah v v reethi ☺???
Yayyyyyy me 3rd dhogey… Hehehe????….. Waiting For the next part…. Luv u ?kiya….
3rd??? ?????????
KIYAA MIHAARU V FARUVAA KUDHA KOH LIYAKANN FAAHAGA KUREVEY
Wow ???kiyaa mi part ves varah reethi ???????
Abadhu kaikaigen film balaafa nidhun. Dhanvaru 3 jahaa iru ves nunidhaa film belun. Haveeru ve iru ossey iruves nidhun noon kameh nuvey. Mi dhen vahaka tha? Dhen abadhu konme meehaku angayah konmes vahthareh jassa vahaka meega onnany
??Woahhh
❣️??Bestest
??can’t wait for the next part
Varah reethi
story nimeykah noolheytha, raasthaa 2 kiyan beynun vegen mi ulheny