Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދުޝްމަން – 7

Rainoppa Level 210 Stories100 Comments
July 13, 2019 3 Mins Read
22 Comments

އިސްޖަހައިލައިގެން މާއިން ދިޔަ ގޮތުންް ލާނެތް ހިނިތުންވުމެއް އަހަރެންގެ މޫނަށް ފާޅުވިއެވެ.

ދޯނިން ފޭބިއިރު މުސްކުޅިވަރެއްގެ ފިރިހެނަކާއި އަންހެނެއް ހުރިހާ އެންމެންގެ އިސްތިގުބާލަށް ތިއްބެވެ. ކޮންމެ ކުއްޖަކަށް ކުރުނބަލެއް ދެމުން ހޫނު މަރުހަބާއެއް ކިއެވެ. އަސްލަމް ސަރގެ ފަރާތުން އިނގުނު ގޮތުގައި އެއީ މިރަށް ބަލަހައްޓާ ދެމަފިރިންނެވެ. ރަށް އެހާ ބޮޑެއް ނޫނެވެ. ނަމަވެސް އެއީ ޤުދުރަތުގެ ރީތި މިސާލެކެވެ. ވިދުވަރެއް ހުރި ހުދު ވެއްޔެވެ. ބިއްލޫރިއަށްވުރެ ސާފު މޫދެކެވެ. ބިޔަ ގަސްތަކާއި ދޫނި ސޫފާސޫއްޕެވެ.
މާއިންގެ މޫނުގެ ކުލަވަރުވެސް ރަށުގެ ރީތިކަމުން ހަމައަކަށް އެޅުނެވެ. އަހަރެންވެސް ވަށައިގެން ނަޒަރު ހިންގަމުން ގޮސް އަސްލަމް ސަރ ކިޔަމުން ދިޔަ އެއްޗަކަށް ސަމާލުކަން ދިނީމެވެ.
“ހުރިހާ ކުދިންނަށް ވާވަރަށް މީގަ ޓެންޓު ހުންނާނެ. ކޮންމެ ދެކުއްޖަކަށް އެކަތި. ފިރިހެން ކުދިން އަންހެން ކުދިން ވަކިން އިނގޭ.”
ވެލިގަނޑުގައި އެއްކޮށްފައި ހުރި ޓެންޓުތައް ފަހަރަކު ކުއްޖެއް ނަގަން ފެށިއެވެ. މާއިން ދަތްޕިލަ އަތަށް ލައިގެން ޓެންޓެއް ހިފައިގެން އަހަރެން ކައިރިއަށް އައިސް ހުއްޓުނެވެ.
“މާ އުފާވެފަ ތި ހުންނަނީ ތި ޖަހަން އިނގޭތަ؟” މަޖާވެފައި އަަހަރެން މާއިން ކައިރި އަހާލީމެވެ.
“ނޫން. އެކަމު ތީނައަށް އިނގެއެއްނު” އެއްލޯ މަރަމުން ފޮނި ވައްތަރެއް މާއިން ޖައްސާލިއެވެ.
މާއިންއާއި އަހަރެން ކިތަންމެ މައްސަލައެއް ޖެހުނަސް ޖެހިނގެން އަންނަ ދުވަހު އެކަން ހަނދާންނެތޭނެއެވެ. ރައްޓެހިންނަށް ވުރެ ބޮޑަށް އަހަރެން މާއިން ދެކެނީ އެއްބަނޑު މީހެއް ގޮތަށެވެ. މާއިންގެ ހިޔާލު ވެސް ހުރީ އެގޮތައް ކަން ޔަޤީނެވެ.
ޓެންޓު ޖަހަމުން ދިޔައިރު އަންހެން ކުދިން ތިބީ ފިރިހެން ކުދިންނަށް ވުރެ ތަންކޮޅެއް ދުރުގައެވެ.
ޓެންޓުތައް ޖަހަމުން ގެންދިޔަ ސަރަހައްދުގެ މެދުގައި އަލިފާންގަނޑެއް ރޯކުރުމުގެ މަސައްކަތް އަސްލަމް ސަރ އާއި ދިޔާނާ މިސް ކުރަމުން ގެންދިޔައެވެ. އަހަރެން ނަޒަރު އިރުއިރުކޮޅާ އަމާޒުވީ ފަރިތަކަމާއި އެކީ ޓެންޓު ޖަހަމުން ދިޔަ ޝާޔާއަށެވެ. އެހެން އަންހެން ކުދިން ދޮން ވެލިގަނޑުގައި އިށީދެ ތިބިއިރު ޝާޔާ ދިޔައީ އަވަދިނެތި ޓެންޓު ޖެހުމުގައެވެ. ފައިނާން ވެސް އެހީ ވެދެވޭތޯ އުޅުނެވެ. ޝާޔާގެ ހުނަރުވެރިކަމާއި މެދު ތަޢުރީފު ހިތާހިތުން ކުރެވުނެއެވެ.
“އޭ! އަމިއްލައަށް ހެނީތަ؟ ނޫނީ ރަނާ ފެނުނީމަ ޑޭޑުރީމް ކުރެވެނީ ތަ؟”
މާއިން އަހަރެންގެ އަތުގައި ވިކާލަމުން ސަމާސާކޮށްލިއެވެ. މާއިންއަށް ޖަވާބެއް ނުދީ ޓެންޓު ޖަހާ ނިންމާފައި ޝާޔާއަށް އެހީވާން އަހަރެން އަވަސްވެލީމެވެ. އޭރު މަންޒަރު ބަލަން އިން ރަނާގެ މޫނުގައި ހުރި ރުޅިވެރިކަމެއް އަހަރެންނަކަށް ނުފެނެއެވެ.

ޝާޔާ ހައިރާންވިއެއް ކަމަކު އަހަރެންގެ އެހީ އޭނާ ގަބޫލުކުރީ އުފަލާއެކީގައެވެ. ޓެންޓު ޖަހަމުން ދިޔައިރު ޝާޔާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. އެހެން އަންހެން ކުދިން ހީ ސަމާސާ ކުރަމުން ގެންދިޔައިރު ޝާޔާ ބަލާބެލުމަށް ހީވަނީ ފުން ވިސްނުމެއްގެ ތެރޭގައި ހުރި ހެނެވެ. މާއިން ޝާޔާއާއި ވާހަކަ ދެއްކޭތޯ ލައްކަ މަސައްކަތެއް ކުރިއެވެ. ހުރިހާ ކަމެއް ދިޔައީ ފެނަށެވެ. ބަލާނުލިތާ މާއިން އެތާ ހުރި މީހަކަށް ވެސް ނެހެދިއެވެ.
ޓެންޓު ޖަހާ ނިމުމުން ހުރިހާ އެންމެން މޫދަށް އެރެންވެއްޖެއެވެ. މޫދަށް އެރުމަކީ އަހަރެން އެއްއިރެއްގައި ވެސް ކުރާހިތްވާ ކަމެއް ނޫނެވެ. ލޮނުގެ ރަހަ ކަމުނުދާތީއެވެ. އަވީގެ ދިލަ ހޫނުގެ ސަބަބުން ހަންގަނޑު އަނދާލެއް އަވަސްވީމައެވެ. އަހަރެންގެ ހިޔާލު ބަދަލުވީ މި ރަށުގެ މޫދުގެ ހިތްގައިމު ކަމުންނެވެ. ސާފު ކަމުންނެވެ. އިރުގެ ދަޅަ ލޮނުގަނޑަށް އެޅޭއިރު އަހަރެންނަށް ދަޢުވަތު ދޭ ކަހަލައެވެ. ސިކުނޑިން ކިތަންމެ އިންޒާރެއް ދިނަސް ހިތް އެދުނީ މޫދަށް އެރިލާށެވެ.
އިސްތަށިގަނޑު ނިއުޅުވާލަމުން މޫދަށް ހެވިފައި ފޭބި ޝާޔާ ފެނިފައި އަހަރެންގެ ހިތް އަވަސްވިއެވެ. އޭނާގެ ފަހަތުން ރަނާވެސް އައީ ހެމުންނެވެ. ރަނާގެ ހަންގަނޑަށް އެޅުނު އަވިން ކެރަމަލް ކުލައިން އޭނާ ދިއްލުނެވެ. ޝާޔާއާއި ރަނާ ދިޔައީ އެކަކު އަނެކަކަށް ފެންޖެހުމުގައި އަވަދިނެތިއެވެ. ފައިނާން ވަރަށް ސީރިޔަސްކޮށް މުޅި ފަޅު ކުޑަކޮށްފައި ފަތަނީއެވެ. އޭނާގެ ފަހަތުން މިޔަރެއް ހެން މާއިންވެސް ފަތަމުން ގެންދިޔައެވެ. ފައިނާންއާއި އެއްވަރު ކުރުމުގެ ނިޔަތުގައެވެ. ފައިނާންއަކީ ޤައުމީ ޓީމަށްވެސް ހޮވި މޮޅު ފެތުންތެރިއެކެވެ. މާއިންއަކީ އަންހެކުދިންނަށް ފޮނިދެއްކެން ފަތާ މީހެކެވެ. އަހަރެންނަކީ ފަތަން އިނގޭ ވެސް މީހެއް ނޫނެވެ.
އުނަގަނޑާއި ހިސާބަށް ފެން އެރިތަނާ ހުރި ފިޔަވަޅު މައްޗަށް ގަނޑުވިއެވެ. ކުލަ ގޮއްސަހުރި ފިލްމެއް ފެންނަ ފަދައިން އަހަރެެންގެ ސިކުނޑި ހިސާރުކޮށްލީ ދުރު ހަނދާނަކުންނެވެ. އެއީ ހިނގި ކަމެއް ކަން ނުވަތަ ހުވަފަނެއްކަން ޔަގީނެއް ނުވިއެވެ. ހަނދާންވީ ހަނދުގެ އަލިކަމުގެ ދޫލައެއް އެޅިފައިވި ދޮން ފަސްގަނޑެވެ. ފަޒާގައި ހިފާފައި ހުރި ލޮނު ވަހެވެ. ކަށި މުގުރޭ އަޑާއި ލޭގެ ވަހެވެ. އަހަރެން ހުރީ މޫދާވީ ކޮޅުގައެވެ. އަތުން ވެއްޓޭ ލޭ ތިއްކަކުން ހުދު ވެލިގަނޑުގެ ރީތިކަން ގެއްލުވާލިއެވެ. ފަހަތުން އިވެނީ ކަށި މުގުރާ އަޑެވެ. މީހަކު އަވަދިނެތި މަސް ހަފާ އަޑެވެ. ކާނެ ވަރަކަށް ކައިފައި އަހަރެންނާއި ދިމާލަށް ކަށިތައް އުކަމުން ގެންދިޔައެވެ. ދިގު ފައި ކަށިގަނޑެކެވެ. އެ ކަށި ނެގުމަށްފަހު ބޮޑު ގޯންޏަކަށް އަހަރެން ލީ ވަރަށް ފަރިތަކޮށެވެ.
“ރައްޔާން. ވަޓްސް ރޯންގް؟”
ފެނުގެ އަޑިން ލައިގެން ހުރި ސޯޓުމަތިން ފިރުމާލަމުން ރަނާ ވަރަށް ލޯބި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
ހެނދުނުގެ ވަގުތުގައި އެހާ ހޫނުގަދައެއް ނޫނެވެ. ނަމަވެސް ފިންޏެކޭ ވެސް ނުބުނެވޭނެއެވެ. އެ ހޫނުގައި އަަހަރެން ހުރީ ފިނިވެފައެވެ. ހަށިގަނޑުގައި ހިގަމުން ދިޔަ ލޭ ގަނޑުވި ކަހަލައެވެ. ދެލޯ ބޮޑުވެފައި އަނގަ ހުޅުވައިގެން ހުރެވުނު އިރެއް ނޭނގުނެއެވެ.
ދިޔާނާ މިސްއާއި އަސްލަމް ސަރ ނެތް ވަގުތެކެވެ. ރަށް ބަލަހައްޓާ ދެމަފިިރިންނާއި އެއްކޮށް އޮލަ ވާހަކައެއްގައި ރަށުގެ މެދުގައި ކޮށާފައި އޮތް މަގުން އެމީހުން ދިޔައީ އެ ދެމަފިރިންގެ ގެޔަށެވެ.
ޓީޗަރުން ނެތް ވަގުތުގެ ބޭނުން ހިފީ ރަނާއެވެ. އަހަރެންގެ އުނަގަނޑުގައި އަތް އޮޅާލަމުން ތުންފަތް އޫކޮށްލިއެވެ.
“ދެން ރައްޔާން!! ކިހިނެތް ވީތަ؟ ވާހަކަ ނުދައްކަނީ؟”
ރަނާ އަހަރެން ތަޅުވަމުން ދިޔައެވެ. ހަށިގަނޑުގައި ވަރު ދޫވެފައި ހަދާނެ ގޮތެއް ހަދަން ދެން އަހަންނަށް ހުރެވުނީ ގޯންޏަށް އެޅި ކަށިގަނޑާއި މެދު ވިސްނާށެވެ. އެއީ އިންސާނެއްގެ ފައި ކަށިގަނޑުކަން އަހަރެންނަށް ޔަޤީންވިއެވެ. ބަޔޮލޮޖީ ފިލާވަޅުގައި ހިއުމަން އެނެޓޮމީ ކިޔެވީ ވަރަށް ގަޔާވެ ހުރެއެވެ. ވީމާ އިންސާނެއްގެ ކަށިގަނޑު ހުންނަ ގޮތް ވަރަށް ރަނގަޅަށް ވެސް އަހަރެންނަށް އިނގެއެވެ. ސުވާލަކީ އެއީ ކާކު ހެއްޔެވެ؟ އެ ހަންޑި އޭނާ ކާލީ ހެއްޔެވެ؟ މުޅަ މަސް ކަނީ ކޮންކަހަލަ ހަންޑިއެއް ހެއްޔެވެ؟
“ރަނާ.. ޕުލީސް.”
ރަނާގެ އަތް ނައްޓުވާލަމުން އަހަރެން ހިނގައިގަތީ އެއްގަމަށެވެ. ސިކުނޑިއަށް ވެފައި ހުރި ވަރުބަލިކަން ފިލުވާލާށެވެ. ރަނާގެ މިލާވެފައި ހުރި މޫނު ފެނުމުން ވެސް ކުރަން ޖެހޭ ވަރަށް އަސަރެއް ނުކުރިއެވެ. ދެރަވިއެވެ. ހިތަށް ތަދުވިއެވެ. ނަމަވެސް މިއީ އަދި ރަނގަޅު ވަގުތެއް ނޫނެވެ.
ވެލިގަނޑުގައި ޖައްސާލަމުން ޝާޔާއަށް ނަޒަރު އަމާޒު ކޮށްލީމެވެ. އޭނާ ފަރިތަކަމާއި އެއްކޮށް ފައިނާންއާއި އެއްވަރަށް ފަތަމުން ގެންދިޔައެވެ. ހީވަނީ ފެނު ޕަރީއެއް ހެނެވެ. ހިތުގައި މިހާރު ފުނި ޖެހުމުން ދިޔަ ސުވާލުތައް ބަންޑުން ކޮށްލަން އަހަރެން ހުރީ ވަރަށް ބޭނުންވެފައެވެ. ޝާޔާއާއި އެއްކޮށް އެކަހެރި ވެލާނެ ދަނޑިވަޅަކަށް އަހަރެން ހުރީ ބަލަބަލައެވެ.
“ދޮގު ހަދަން އަހަރުމެން ވަރު ބައެއް ނޯންނާނެ.”
އަހަރެން ކައިރީގައި އިށީނީ ދިޔާނާ މިސްއެވެ. ހިނިތުންވަމުން ދިޔާނާ މިސްގެ ލޮލުގެ ކަޅިއަށް އެރި ރަން ކުލައިން އެއީ ދިޔާނާ މިސް ނޫންކަން އަހަރެންނަށް ޔަޤީންވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rainoppa

Level 210 Stories100 Comments

I'm a girl who likes writing all sorts of stories. Especially horror. 22 years old and writing relieves stress mostly. Feel free to comment and vote. :)

Other Articles

Previous

އަހަރެން އެނބުރި އަންނާނަން! (16 ވަނަ ބައި – ފަހުބައި)

Next

ބުނާށެ ލޯބި ނުވަނީހޭ….44

Next
July 13, 2019

ބުނާށެ ލޯބި ނުވަނީހޭ….44

Previews
July 13, 2019

އަހަރެން އެނބުރި އަންނާނަން! (16 ވަނަ ބައި – ފަހުބައި)

22 Comments!

  1. ?mariyam ? says:
    July 13, 2019 at 8:05 am

    varah salhi . when next part . mihaaru keh madhu vefa mihiry reethikamun . than kolheh dhigu kohlahchey . ?????????????

    1. Rainoppa says:
      July 13, 2019 at 1:44 pm

      thank you, mariyam

  2. jiji says:
    July 13, 2019 at 8:39 am

    Wow…V v rythi mi part vec…Whn next..Plc avahah upkurahchey??❤

    1. Rainoppa says:
      July 13, 2019 at 1:45 pm

      yes, very soon

  3. Zaan says:
    July 13, 2019 at 5:31 pm

    Mulha Mas kaany kandu fureytha in
    Varah salhi. Curious vefa mi hiree
    Next part mi ah vure dhigu kohlahchey

    1. Rainoppa says:
      July 14, 2019 at 3:15 pm

      ehn the? That’s good to know 😀
      Next part varah avahah

  4. Fariyaal says:
    July 14, 2019 at 9:57 am

    Salhi dhn varah.
    I like all the characters..

    1. Rainoppa says:
      July 14, 2019 at 3:15 pm

      I do not like all of them but thank you. 🙂

  5. Ash says:
    July 14, 2019 at 12:36 pm

    OMG IT IS VERY BEAUTIFUL
    when is the next part

    1. Rainoppa says:
      July 14, 2019 at 3:18 pm

      Shukuriyya!
      Varah avahah… mihaar process ga

  6. Zee says:
    July 14, 2019 at 1:10 pm

    Wow !! Mi part ves vv salhi wait for a next part ???

    1. Rainoppa says:
      July 14, 2019 at 3:18 pm

      Thanks, Zee

  7. Ash says:
    July 14, 2019 at 7:33 pm

    I am also waiting for the next part ??????

  8. Ash says:
    July 14, 2019 at 7:35 pm

    Mi part ves vvv salhi next part othi kon irakun?

    1. Rainoppa says:
      July 14, 2019 at 10:35 pm

      Next part will be a bit long, I don’t know what date but inshallah before Thursday this week 🙂

  9. Ash says:
    July 15, 2019 at 6:29 am

    Thank you rainoppa

  10. Ash says:
    July 15, 2019 at 6:30 am

    Thiya kuraa hivarah ??

    1. Rainoppa says:
      July 15, 2019 at 3:21 pm

      Thanks for the support, Ash

  11. The Alpha says:
    July 15, 2019 at 1:30 pm

    I love this story.

  12. Ash says:
    July 17, 2019 at 9:25 am

    Your welcome ??

  13. mia says:
    July 17, 2019 at 10:14 am

    Rainoppa adhives up nuvanytha

    1. Rainoppa says:
      July 17, 2019 at 11:01 am

      No, it is uploaded now 🙂
      Thanks for commenting

Comments are closed.

Next Episodeދުޝްމަން – 8←


All Right Reserved!