Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ….43

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 11, 2019 8 Mins Read
35 Comments

ހެދިކާ ހަދަން ތިބެފައި ރައިހާނާމެންނަށް ގެއަށް ދެވުނުއިރު ބާރަ ޖަހާފިއެވެ. ގެއަށް ގޮސް ޢީދު ނަމާދަށް ދާން ލާނެ ހެދުން އިސްތިރިކޮށްފައި ނިދިއިރު ތިނެއް ޖަހާނީއެވެ. އަނެއްކޮޅުން ހަތަރު ގަޑިބައިވިއިރު ހޭލިއެވެ.
އަންޖަލް ފެންވަރައިގެން ނުކުތުމުން ރައިހާނާ ވަނެވެ. ދެކުދިން އެކީގައި ފަތިސް ނަމާދުކޮށްގެން ޢީދު ނަމާދަށް ދާން ތައްޔާރުވިއެވެ.
މަޑު ނޫކުލައިގެ ފައިތިލައާ ހަމައަށް އަރާ ހެދުމުގައި އަންޖަލް ވަރަށް ރީއްޗެވެ. ހެދުމުގެ އަތު ކުރި ފުޅާކޮށްފައި ގަދަނޫކުލައިގެ ރޭނދާގަނޑެއް އަޅާފައި ހުއްޓެވެ. ބަނޑާ ދިމާއިން ބަންދެއް ހަރުކޮށްފައި ބަންދުގެ އަރިމަތީގައި ނޫކުލައިގެ ކުދި ކުދި މާ ހަރުކޮށްފައި ހުއްޓެވެ. ހެދުމާ ގުޅުވާފައި ޝިފޯން ފޮތީގެ ގަދަ ނޫކުލައިގެ ޝޯލެއް ރީތި ގޮތަކަށް އަންޖަލް ބޮލުގައި އޮޅާލިއެވެ.
ރައިހާނާ ލީ ފަސްބަޔަށް ފުޅާކޮށްފައި ހުރި ކަނޑު ނޫކުލައިގެ ހެދުމެކެވެ. ހެދުމުގެ މަތީބައި ކުޑަ ޓޮޕްކޮޅެއްހެން ފަހާފައި ހުރީ އުނގަނޑާ ހިސާބުން ގުޅުވާފައެވެ. ގުޅުވާފައި ހުރި ހިސާބުގައި ކުދި ކުދި ރޫ ރީތި ވަރަކަށް ނަގާފައި ހުއްޓެވެ. ފިޔާތޮށި ކުލައިގެ ޝޯލްތެރެއިން ރައިހާނާގެ ދޮން މޫނު ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އެއްވެސް މޭކަޕެއް ނުކޮށް ހުރުމުން ހަގީގީ ރީތިކަން ފެންނަން ހުއްޓެވެ.

ހަމްޒާ ތައްޔާރު ވެގެން ތިރިއަށް ފޭބިއިރު ރީހާންއާ ވިޝާހްގެ އިތުރުން މިރާޝް ސިޓިން ރޫމްގައި ތިއްބެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާ އައިސް ބްލޫ ޖިންސެއްގައި ރީހާން ފެންނަލެއް ވަރަށް ފިރިހެން ވަންތައެވެ. ގަމީހުގެ އަތް އޮޅަބޮއްޓާ ހަމައަށް އޮޅާފައި އޮތުމުން ރީހާންގެ ބާރުގަދަ މުލައްދަނޑި ފެންނަމުން ދިޔައެވެ. “ވިޝާހް ހީވަނީ ހިތާމައެއް ލައިގަނެގެން އުޅޭހެން” ހުސް ކަޅު ކުލައިގެ ގަމީހަކާ ކަޅު ސްކިނީއެއް ލައިގެން ވިޝާހް ހުރުމުން ހަމްޒާ ދިމާކޮށްލިއެވެ. އެއް މިޔައަކުން ހިނިތުންވެލާފައި ވިޝާހް އެއްޗެކޭ ބުނަން އުޅެނިކޮށް ސިޓިން ރޫމަށް އައި ނިކްހާތް ފެނިފައި ހުއްޓުން އެރިއެވެ. ކަޅު ލުކައިގެ އަބާޔާގައި ނިކްހާތް ހީވަނީ އަރަބި މޮޑެލްއެއް ހެންނެވެ. ކަޅު ކުލައިގެ ޝޯލް އަރަބި ސްޓައިލަކަށް އަޅާފައި ހުރިއިރު ކޮށްފައި ހުރީ އަރަބި މޭކަޕެކެވެ. ވިޝާހްގެ ތޫނު ނަޒަރު ނިކްހާތްއަށް އަމާޒު ވުމާއެކު ލަދުން އިސްޖަހާލިއެވެ. ވިޝާހްއަށް ބޭއިޚްތިޔާރުގައި ނިކްހާތް ގާތަށް ދެވުނެވެ. އެތާ އެހެން ބަޔަކު ތިބިކަންވެސް އޭނާ ހަނދާން ނެތުނެވެ. ސީދާ ނިކްހާތްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ނިކާހްތްގެ ކަނާއަތް ތިލަ ނަގާ ބޮސްދިނެވެ. ނިކްހާތް ހީވީ ލަދުން ގޮސް ވިރިދާނެހެންނެވެ. “އެހެމް އެހެމް” ރީހާން ކަރުކެހިލުމާއެކު ވިޝާހްއަށް ހަމަ ބިމަށް އާދެވުނެވެ. ރަކިވީ ވަރުން ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލެވުނެވެ. ނިކްހާތް ލަދުން އިސްއުފުލާލަންވެސް ނުކެރުނެވެ.

ސިޑިން ފައިބަމުން އައި ރައިހާނާ ފެނި ހަމްޒާގެ ނަޒަރު ރައިހާނާއަށް ހުއްޓުނެވެ. އޭރު ރައިހާނާގެ ނަޒަރުވެސް ހުރީ ހަމްޒާއަށް ހުއްޓިފައެވެ. ދެޒުވާނުންގެ ހަތަރު ކަޅި ބައްދަލުވީހިނދު ނޭންގެ އޮއެވަރެއް ދެހިތުގައިވެސް ހިނގާލިއެވެ. ރައިހާނާ ރީތި ހިނިތުންވުމެއް ހަމްޒާއަށް ހަދިޔާ ކުރިއެވެ. އެއަށްވުރެ ފުރިހަމަ ހިނިތުންވުމެއް ބަދަލުގައި ހަމްޒާ ހަދިޔާކުރިއެވެ. އިިއްތިފާގުން ނަމަވެސް ދެޒުވާނުންނަށް ތިބެވުނީ އެއްކުލައިން ހެދުން އަޅައިގެންނެވެ. ހަމްޒާ ހުރީ ގަދަ ނޫކުލައިގެ އަތްދިގު ގަމީހަކާ ކަޅު ކުލައިގެ ސްކިނީއެއް ލައިގެންނެވެ. އަބަދުވެސް ހުންނަ ގޮތަށް ގަމީހުގެ އަތް ހުރީ ކުޑަ ހުޅަށްވުރެ ތަންކޮޅެއް މައްޗަށް އަރުވާފައެވެ. އަތުގައި ކަޅު ކުލައޮގެ ބޮޑު ގަޑި އަޅާފައި އޮތެވެ. އިސްތަށިގަނޑު އެއް ފަރާތަކަށް ހިއްލާފައި ހުރިއިރު ތުނބުޅި ހުރީ ރީތިވަރަކަށް ތުނިކޮށްފައެވެ.
ހަމްޒާ ލަސް ފިޔަވަޅު ތަކެއްގައި ގޮސް ސިޑި ކައިރީގައި މަޑު ކޮށްލިއެވެ. ރައިހާނާއާ އަންޖަލް ސިޑީގެ އެންމެ ފަހު ހަރުފަތަށް އެރުމާއެކު އޭނާގެ އަތް ދިއްކޮށްލިއެވެ. ހަމްޒާ އަތް ދިއްކުރުމާއެކު ރައިހާނާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ފަހަރަކު މީހަކަށް ނަޒަރެއް ދީފައި ހަމްޒާއަށް އޭނާގެ ނަޒަރު ހުއްޓާލިއެވެ. އޭރު ފިރިހެންވަންތަ ހިނިތުންވުމެއްގައި ހަމްޒާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ވަރަށް ލަދުން ހުރެފައި ރައިހާނާ އޭނާގެ އަތް ހަމްޒާގެ އަތުތެރެއަށް ލިއެވެ. އެއާއެކު ހަމްޒާ އެއަތުގައި ހިފައި ބާރުކޮށްލިއެވެ.

ސުނައިނާ ކޮޓާރީގެ ދޮރު ހުޅުވުމާއެކު ދުވެފައި ލިއާ ނުކުތެވެ. ނަމާދަށް ދާތީވެ ލިއާ ކަޅު ހެދުމަކާ ކަޅު ބުރުގާއެއް އަޅުވާފާއި ހުއްޓެވެ. އެންމެ ފުރަތަމަވެސް ލިއާ ދިޔަގޮތަށް ގޮސް ރައިހާނާ ގައިގައި ބައްދާލިއެވެ. “ޢީދު މުބާރިކް ރައިދައްތީ” ރައިހާނާ ލިއާ އުރާލުމާއެކު ލޯބިލޯބި ތުއްތުއަޑުން ޢީދުގެ ތަހުނިޔާކިއެވެ. ރައިހާނާ ވެސް ލިއާއަށް ޢީދުގެ ތާހުނިޔާ ކިޔާފައި ލިއާގެ ކޮލަށް ދޮނެއް ދިނެވެ. “ދޮންބެއަށް ޢީދު މުބާރިކް ނުކިޔަނީތަ؟” ހަމްޒާ އަތް ދިއްކޮށްލުމާއެކު ހަމްޒާ އަތުތެރެއަށް ވެއްޓިގަތެވެ. ލިއާ އައުމާއެކު އެންމެން އުޅުނީ ލިއާއާ ވެގެންނެވެ. ކޮންމެ މީހަކުވެސް ހުރީ އެކުއްޖާ އުރާލާހިތުންނެވެ.

ސުނައިނާ ތައްޔާރުވެގެން ނިކުތުމާއެކު އެންމެން އެކީ ރަށުގެ ބޯޅަ ދަނޑަށް ދާން ހިނގައިގަތެވެ. އޭރު ބައި ބަޔަށް މީހުން ޢީދު ނަމާދަށްދެއެވެ. ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މަގުމަތިން ފެންނަ ކޮންމެ މީހަކުވެސް ޢީދު ސަލާން ގޮވާލައެވެ. ބޯޅަ ދަނޑާ ހަމައަށް ދެވެން ދެންވެސް ލިއާގެ އަނގަ ހުއްޓާނުލައެވެ. ކޮށްލާ މޮޅެތި ސުވާލުތަކުން ރައިހާނާމެން ތިބެނީ ހީހީ ހަލާކުވާން ކައިރިވެފައެވެ.

ޢީދު ނަމާދު ކުރުމަށްޓަކައި ރަށުގެ ބޯޅަ ދަނޑު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ވާރޭ ވެހިދާނެކަމަށް ބަލާފައި ދަނޑު އެކީހެން އޮތީ ހިޔާކޮށްފައެވެ. ދަނޑު ފުދޭވަރަކަށް ބޮޑުވުމާއެކު ރަށުގެ ހުރިހާ ރައްޔިތުންނަށް އެތަނުގައި ނަމާދު ކުރެވޭނެއެވެ.

ޢީދު ނަމާދުކޮށް ނިމުނު ގޮތަށް ރައިހާނާމެން ދިޔައީ ސަރްވާމެންގެއަށް ސައި ބޯށެވެ. ގޭގެ ގޯތިތެރޭގައި ސައިހަދާފައި ހުއްޓެވެ. އެކި ބާވަތްތަކުގެ ހެދިކާގެ އިތުރަށް ދެވައްތަރުގެ މަސްހުންނާ ރޮށި ހުއްޓެވެ. ޢީދު ނަމާދުން ލިބުނު ހަދިޔާތަށް ހިފައިގެން ކުދި ގުރޫޕް ސިޓިން ރޫމްގައި ތިއްބެވެ. ރައިހާނާވެސް ތަށްޓަކަށް ފުރާ ހެދިކާ އަޅައިގެން ސިޓިން ރޫމްގަ އިން ސޯފާގައި ގޮސް އިށީނެވެ. ގޯތިތެރޭގައި މާގިނަ ފިރިހެނުން ތިބުމުން އޭނާ އެތެރެއަށް ވަނީއެވެ. ލިއާމެން އުޅޭގޮތް ބަލަމުން ހިނިތުންވެފައި އިނދެ ރައިހާނާ ކަމުން ދިޔައެވެ. “ކިތަށް ކުދިންތަ ރައިހާނާ ބޭނުމީ؟” ހަމްޒާ އައިސް ރައިހާނާ ގާތު އިށީންނަމުން ކުރި ސުވާލުން ރައިހާނާ ކުށި އަރާގަތެވެ. ހަމްޒާ އޭނާ ހިފައިގެން އައި ފެންތަށި އަވަހަށް ރައިހާނާއަށް ދިނެވެ. ފެންފޮދު ބޯލުމާއެކު ރައިހާނާ ހަމައަކަށް އެޅުނެވެ. “އައްދެ. ކިހިނެއް ތި ހެދީ؟” ހަމްޒާ ލާނެއް ގޮތަކަށް ހީލިއެވެ. “ކިހިނެއްވާނީ ދިހަ ކުދިން؟” ރައިހާނާ ވިސްނަން އިނދެފައި ބުނެލިއެވެ. ހަމްޒާ އަނގަޔަށް ފާޑެއްގެ ގޮތެެއް ހަދާފައި ހިނިގަނޑެއް ޖަހާލިއެވެ.
ރައިހާނާ ސައި ބޮއެ ނިމިގެން ބޭރަށް ނުކުތްއިރު އަންޖަލް އަދި ނިކްހާތްވެސް ފެންނާކަަށް ނެތެވެ. ނަދާ ގާތު އަހާލުމުން އެކުދިން ހިނގާލަން ގޮއްސި ކަމަަށް ބުންޏެވެ. ގޭތެރެއަށް ވަދެފައި ހަމްޒާ ކޮބައިތޯޯ ބަލާލިއިރު ހަމްޒާވެސް ގޮއްސިއެވެ. އޭނާ ނުލާ އެންމެން ބޭރަށް ދިއުމުން ހިތާހިތުން ކުދި ކިޔާލިއެވެ. ވަރުބަލިވެފައި ހުރުމާއެކު ރައިހާނާ ބޭނުންވީ ނިދާލާށެވެ. ސަރްވާ ގާތު ބުނެފައި ގެއަަށް ދާން އޭނާ ނުކުތެވެ.
ރައިހާނާ ގެއާ ހަމަވިއިރު ގޯތިތެރެއިން ހަޅޭއްލަވާ އަޑުއިވުނެވެ. ރައިހާނާ ހަލުވި ހިނގުމެއްގައި އަވަހަށް ގޮސް ގޭދޮރާށި ހުޅުވާލިއެވެ. އޭރު އަތުގައި ރަތްކުލަ އުނގުޅައިގެން ރީހާން އަންޖަލް ފަހަތުން ކުލަ އުނގުޅަން ދުވަނީއެވެ. ރައިހާނާ ފެނުމާއެކު ރީހާންގެ މިސްރާބު އޭނާއާ ދިމާއަށް ބަދަލުވިއެވެ. “ރީއްކޮ ނޯ. ނުވާނެ ކުލަ އުނގުޅައިގެން ޢީދު ހެދުމާއެކީ މީނީ” ރައިހާނާ ބާރަކަށް ހަޅޭއްލަވައި ގަތެވެ. އެހެނަސް ރީހާން ހުއްޓާކަށް ނޫޅުނުވެ. ރައިހާނާ ބަލާކަށް ނުހުރެ ހެދުމުގެ ފަސްބައި އަތަށް ނަގައިގެން އަރައިގެން ހުރި ބޫޓުވެސް ދޫކޮށްފައި ގެއިން ބޭރަށް ދުއްވައިގަތެވެ. ރީހާންވެސް ދުވުން ބާރުކޮށްލިއެވެ. ރައިހާނާއަށް ދެވެނީ ކޮންތާކަށް ކަމެއްވެސް ނޭންގުނެވެ. ހުއްޓާ ނުލާ ފަނަރަ މިނެޓު ވަންދެން ރައިހާނާ ދުވުނެވެ. މުޅި ކުއްޖާ އެކީ ދާހިއްލާ ފޯވިއެވެ. ނޭވާ ކުރުވެ މައި ނޭވާ ލާންފެށިއެވެ. ވަރުބަލިވެގެން ގޮސް އެންމެފަހުން ރައިހާނާ ދުވުން ހުއްޓާލިއެވެ. އޭރު ހެވި ދިލިފައި ރީހާން އޭނާއާ އަރާ ހަމަކުރަނީއެވެ. ރީހާން އައި ގޮތަށް އައިސް ރައިހާނާގެ މޫނުގައި ކުލަ އުނގުޅާލިއެވެ. “ޝޯލްގެ އެންމެ ކުލަކޮޅެއް ހޭކިފަ އިނަަސް އައި ވޮންޓް ސެޕްއާ ޔޫ” މައިނޭވާލެވޭ ވަރުން ރައިހާނާއަށް އެހެން ބުނެވުނީވެސް ވަރަށް އުނދަގުލުންނެވެ. “ދޮންތި ނުދުވުނުނަމަ އަސްލު ނުވެސް އުނގުޅާނަން. ރީއްކޮ އޭރު އުޅުނީކީ ދޮންތި ގައިގައި އުނގުޅާކަށެއްވެސް ނޫން. ޒާން ގައިގައި އުނގުޅަން. އެކަމު ވާނުވާ ބަލާވެސް ނުލާ ހަޅޭއްލަވައި ގަނެފަ ދޮންތި ދުއްވައިގަތީމަ ދޮންތި ފަހަތުން މިއައީ. ޔޫ އާ ސޯ ސްޓުޕިޑް” ރައިހާނާ ގާތަށް އައި އަމަށަކު ރުޅިއެއްނޫނެވެ. ރީހާންއާ ދިމާއަށް ލޯ އަޅާލަމުން ރީހާން އަތުގައި ތަޅައިގަތެވެ.

އަންޖަލް މުޅި ގައިގައި ކުލަ އުނގުޅައިގެން ކުޑަކުއްޖެއް ފަދައިން ގޯތިތެރޭގައި ދުވެދުވެފައި އުޅުނެވެ. ހަމްޒާ ގަޔަށް ފެނާ ކުލަ ޖެހިއެވެ. ހަމްޒާވެސް ކުޑަކުއްޖެއް ފަދައިން އަންޖަލް ގަޔަށް ފެނާ ކުލަ ޖެހިއެވެ. ދެބެއިންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. “މި ދުވަހަށް އިންތިޒާރު ކުރާތާ ހާދަ ދުވަހެއް ވެއްޖޭ. ތީ އަންކޮގެ ދޮންބެކަން އެނގުނު ދުވަހުން ފެށިގެންގެ އަބަދުވެސް އުއްމީދު ކުރެވެމުން ދިޔައީ މިދުވަހަށް. އައި އޯލްވޭޒް ވޯންޓެޑް އަ ބްރަދާރ” އަންޖަލްގެ ލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. ހަމްޒާ އައިސް އަންޖަލް ގައިގައި ބައްދާލިއެވެ. “ހެއި. ނުރޮއެބަ. މީ ރޯގަޑިއެއް ނޫނޭ. މިކަހަލަ ދުވަސް ދުވަހު ނުއެއް ރޯނެއްނު. ޝްޝްޝް” ހަމްޒާ ނިކަން ލޯބިން ބުނެލިއެވެ.

ރީހާން ދުވަމުން އައިސް ގެއަށްވަނެވެ. އަންޖަލް އަވަހަށް ދެލޯ ފުހެލަމުން ހަމްޒާއާ ދުރަށްޖެހިލިއެވެ. ރީހާންގެ ފަހަތުން ތުންދަމާފައި ވަން ރައިހާނާ ފެނި އަންޖަލްއާ ހަމްޒާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. މުޅި މޫނުގައި ކުލަ އުނގުޅާފައި ހުރުމުން ރައިހާނާ އިނީ ވަރަށް މަޖާކޮށެވެ. ރީހާން ހެމުން ދިޔަ ގޮތަށް ގޮސް ހަމްޒާއާ އަތާއަތް ޖަހާލިއެވެ. ހަމްޒާވެސް އޭނާއަށް މަލާމަތްކޮށްފައި ހުނުމުން ރައިހާނާ އިތުރަށް ރުޅިގަދަވިއެވެ. ދަތްކުނޑި ވިކާލާފައި ތުންދަމައިގެން އިނދެ ބާރަށް ހިނގާފައި ގޮސް ގެއަށް ވަނެވެ.

ނަސީބަކުން ޝޯލްގައި ކުލައެއް ނޫހެކެއެވެ. ރައިހާނާ ފެންވަރައިގެން ރީއްޗަށް މޫނު ދޮވުނު ނަމަވެސް މޫނުގައި ކުލައިގެ އަސަރު ހުއްޓެވެ. ލޯގަނޑު ކުރިމަތީ އެތައްއިރަކު މޫނަށް ބަލަން އިނެވެ. ވަރުބަލިވެފައި ހުރުމާއެކު ރައިހާނާ ނިދަން އޮށޯތެވެ. އެނދުގައި ޖެހުމާއެކު ރައިހާނާއަށް ނިދުނެވެ.
ދިހައެއް ޖެހުމާއެކު އަންޖަލް މައްޗަށް އެރިއެވެ. ވަރުބަލި ވެފައި ހުރިވަރުން ފެންވަރަންދާނެހާ ހިއްވަރުވެސް ނެތެވެ. އެހެނަސް ހައްވަރުކޮށްލާފައި އަންޖަލް ފެންވަރައިގެން ނުކުތެވެ. އޭރު ރައިހާނާ އޮތީ ގަދަނިދީގައެވެ.

މެންދުރު ނަމާދުން އައިސް ނިދި ގޮތަށް ހަމްޒާއަށް ހޭލެވުނީ އިރުއޮއްސި ހައެއް ޖަހަން އުޅެނިކޮށެވެ. އެއީވެސް އަންޖަލް އައިސް ގޮވުމުންނެވެ. ކަންނެއް ކަމާއެކު ތެދުވެގެން ގޮސް ފާޚާނައަށް ވަނެވެ. ވުޟޫކޮށްގެން އައިސް ހަމްޒާ ބެލީ މަޣްރިބަށް ގޮވުމުގެ ކުރިން އަސްރު ނަމާދުކުރެވޭތޯއެވެ. މަޣްރިބަށް ގޮވުމުން ގޭގަލާ ނަމާދުކޮށްގެން ހަމްޒާ ކޮޓަރިން ނުކުތީ ބަނޑުހައިވެގެންނެވެ. މެންދުރު ނުކައި ނިދުމުން އޭނާ ބަނޑުން އަޑުކިޔައެވެ. ހަމްޒާ ތިރިއަށް ދިޔައިރު ކާގެއިން ތަށިތަށް ތަޅުވާ އަޑު އިވުނެވެ.

ނިދާ ހޭލި ގޮތަށް ނަމާދުކޮށް ހަދައިގެން ރައިހާނާ ތިރިއަށް ދިޔައީ ބަނޑުހައިވެގެންނެވެ. ބަދިގެއަށް ދިޔައިރު މެންދުރު ސަރްވާމެން ގެއިން ގެނައި ކާއެއްޗިހި ހުއްޓެވެ. ކުކުޅު ރިހާއާ ބަތާ ފަތް ސަޓަނި ފެނުމުން ރައިހާނާ ކުޅު ދިޔާވިއެވެ. ތަށްޓަކަށް ބަތް އަޅައިގެން މޭޒު މަތީ ބަހައްޓާފައި އަލަމާރި ކައިރިއަށް ދިޔައީ ޖޫސްފުޅިއެއް ނަގާށެވެ. ޖޫސްފުޅި ނަގައިގެން އައިސަލަމާރި ދޮރު ލައްޕާލި ވަގުތު ކުރިމަތީގައި ހުރި ހަމްޒާ ފެނި ސިއްސައިގެން ދިޔައެވެ. ކުޑަކޮށް ހަޅޭއްލަވައިގަނެވުނީ އެހެންވެއެވެ. “ހަމްޒާ” ރައިހާނާ ފުން ނޭވާއެއް ލަމުން ފަހު އަކުރަށް ދަމާލަމުން ހަމްޒާއަށް ގޮވާލިއެވެ. ހަމްޒާ ރައިހާނާ އަތުގައި އޮތް ޖޫސްފުޅި އާތުލާފައި މޭޒު މަތީގައި ބެހެއްޓިއެވެ. އެއަށްފަހު ރައިހާނާ އަތުގައި ހިފައި އޭނާއާ ދިމާއަށް ދަމާލިއެވެ. ރައިހާނާ އައި ގޮތަށް އައިސް ލައްވީ ހަމްޒާގެ ތަނަވަސް މޭމަތީގައެވެ. އޭރު މުޅި ކުއްޖާ ގައިން ހުރީ ހީބިހި ނަގާފައެވެ. ހަމްޒާއާ އެހާ ގާތުގައި ވުމުން ނޭންގޭ ބާރުމިނެއްގައި ހިތްތެޅެމުން ދިޔައެވެ. “ކާންހަދާ ދެވިދާނެތަ؟” ރައިހާނާގެ ކަންފަތް ބުޑުގައި ވައިއަޑުން ހަމްޒާ އެހިއެވެ. އިސްޖަހައިގެން އިނދެ ރައިހާނާ ބޯޖަހާލިއެވެ. ރައިހާނާ ނުވިސްނާ އިންދާ ހަމްޒާ އޭނާގެ ކޮލުގައި ބޮސްދިނެވެ. ހަމްޒާ ތުންފަތުގެ ބީހުން އިހްސާސްވުމާއެކު ރައިހާނާ ގައިގެ ހުރިހާ ލޯކިތަކެއް ކޮޅަށް ޖެހުނެވެ. ގައިތެރޭގައި ކަރަންޓު އޮއެވަރެއް ދަމާލިހެން ހީވިއެވެ. ހަމްޒާއާ ދިމާއަށް ބަލާލުމެއްވެސް ނެތި ރައިހާނާ ގޮސް ކާންހެދިއެވެ. އެހުރިހާއިރު ކަޅިޖަހާލުމެއްވެސް ނެތި ރައިހާނާގެ ހަރަކާތްތައް ބަލަން ހަމްޒާ ހުއްޓެވެ.
ކޭގަޑީވެސް ހަމްޒާ ރައިހާނާއަށް ކުދި ކުދި ގޯނާކުރިއެވެ. ރައިހާނާވެސް ބަދަލުގައި ހަމްޒާއަށް ކުދި ކުދި ގޯނާކުރިއެވެ. ކައި ނިމިގެން ތަށިތައް ނަގަން ހަމްޒާ ރައިހާނާއަށް އެހީވެ ދިނެވެ. “މަށަކަށް ކުރިއަކުން ނޭންގެ ރައިހާނާ މިހާ ގެވެހި ކަމެއް. އިނގުނު ނަމަ މިހާރު މަގޭ އަޏްބަކަށް ހެދިތާ ކޮށްޒަމާނެއް” ހަމްޒާ އެއްލޯ މަރާލަމުން ބުންޏެވެ. ރައިހާނާ ދެލޯ ހަނިކޮށްފައި ހަމްޒާ ގަޔަށް އަތުގައި ހުރި ފެން ފޮޅާލިއެވެ. “ހާދަ ލާނެއްވެސް ކުއްޖެކޭ ދޯ މީ” ފެންޖަހާފައި ރައިހާނާ ދުއްވައިގަތެވެ. ހަމްޒާ ދެފަރާތަށް ބޯހޫރުވަމުން ރައިހާނާ ފަހަތުން ހިނގައިގަތެވެ.

ޢީދުކުޅިވަރުތައް ބަލަން ދާން އަށް ގަޑިބައިވިއިރު ތައްޔާރުވެގެން ރައިހާނާ ނުކުތެވެ. އާދައިގެ ކަޅުހެދުމަކާ ހުރީ ރަތްކުލައިގެ ޝޯލްއެއް އަޅާފައެވެ. ރައިހާނާ ތައްޔާރުވެގެން ނިކުތްއިރު ނިކްހާތްއާ ވިޝާހްވެސް ތިބީ ތައްޔާރުވެގެން ނިކުމެއެވެ. ފަސްވަރަކަށް މިނެޓު ފަހުން ދުވަމުން އަންޖަލް އައެވެ. އަންޖަލް ހީކުރީ ތައްޔާރުނުވެވެނީ އޭނާއަށް ކަމަށެވެެ. “ކޮބާ ދޮންބެއާ ރީހާން؟” އަންޖަލް ފޭބިގޮތަށް އެހިއެވެ. “މިހިރީ” އޭރު ރީހާން ވެސް ސިޑިން ފައިބަނީއެވެ. ރީހާން ފަހަތުން ހަމްޒާވެސް ފޭބިއެވެ.
ކޮންމެ ޖޯޑެއްވެސް ވަކިން ހިނގަމުން ދިޔައެވެ. އެންމެ ކުރީގައި ތިބީ ރީހާންއާ އަންޖަލްއެވެ. ދާންޖެހޭ ތަން އެނގެނީ ރީހާންއަށް އެކަނިވުމުން ރީހާން އެންމެ ކުރިއަށް އެރީއެވެ. ރީހާންއާ އަންޖަލްގެ ފަހަތުގައި ތިބެގެން ވިޝާހްއާ ނިކްހާތް ހިނގަމުން ދިޔައެވެ. ހަމްޒާއާ ރައިހާނާ ތިބީ އެންމެ ފަހަތުގައެވެ. ދެޒުވާނުންގެ އަތް ގުޅިލާމެހިފައި ވީއިރު ހަމްޒާ އިރުއިރު ކޮޅާ ރައިހާނާގެ އަތަށް ބޮސްދެއެވެ. އެއިން ކޮންމެ ފަހަރަކުވެސް ރައިހާނާ ވިރިގެން ފައިބަފާނެހެން ހީވެއެވެ.

ޢީދު ކުޅިވަރު ކުޅޭ ތަނަށް ވަނުމުގެ ބަދަލުގައި ހަމްޒާއާ ރައިހާނާ ދިޔައީ އަތިރި މައްޗަށެވެ. ހަނދުވަރު ރީތިރެއަކަށް ވުމުން މުޅި ސަރަހައްދު އޮތީ ހަނދުވަރުގެ އަލިން ދިއްލާލާފައެވެ. ހިތްފަސޭހަ ވަރަކަށް ވައި ޖެހެމުން ދިޔައެވެ. ލުއިމިއުޒިކެއް ފަދައިން ރާޅުޖަހާ އަޑުއިވެމުން ދިޔައެވެ.
ރައިހާނާ އަތަށް ފައިވާން ނަގައިގެން ތެއްވެލިގަނޑުމަތީ ހިނގާލިއެވެ. ރާޅު އައިސް ރައިހާނާގެ ފައި ތެއްމަމުން ދިޔައެވެ. ރައިހާނާ ހެދުން މައްޗަށް ހިއްލާލުމަށްފަހު ތަނބިކަށްޓާ ހަމައަަށް މޫދަށް އެރުނެވެ. އަދި ހަމްޒާއަށް ގޮވާފައި އައުމަަށް އެދުނެވެ. ލައިގެން އިން ޖިންސުގެ ފައި ކުރި ކަކުލަށްވުރެ ކުޑަ ތަންކޮޅެއް ތިރިއަށް އޮޅާލުމަަށްފަހު ގަހެއް ދޮށުގައި ފައިވާން ބައިންދާފައި ހަމްޒާވެސް މޫދަށް އެރުނެވެ. މޫދުގައި ފައިޖެހުމާއެކު ހީވީ ގަނޑުފެން ގަނޑެއް ތެރެއަށް ފައިލެވުނުހެންނެވެ. އެހާވެސް ފިންޏެވެ. “އާގް. ރައިހާނާއަށް ފިންޏެއްވެސް ނުވޭތަ؟” ރައިހާނާ ފިނިވެގެން ނޫޅޭތީ ހަމްޒާ އަހާލިއެވެ. ހަމްޒާ ނުވިސްނާ ހުއްޓާ ރައިހާނާ ހަމްޒާގެ އަތުގައި ހިފައި މޫދަށް ވެއްޓިގަތެވެ. “އެއްކޮށް އެރުނީމަ ފިންޏެއް ނުވާނެ” ހަމްޒާގެ ކަނދުރާގައި ދެއަތް ވަށާލަމުން ރައިހާނާ ބުންޏެވެ. ހަމްޒާއަށް ރައިހާނާގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. ހަނދުވަރު އަލީގެ ތެރެއިން ރައިހާނާގެ ދޮން މޫނު ފެންނަލެއް ވަރަށް ފުރިހަމައެވެ. ރައިހާނާގެ ލޮލުގައި ނޭންގޭ ޖާދޫއެއްވިއެވެ. ހަމްޒާ އޭނާގެ މޫނު ރައިހާނާގެ މޫނާ ކައިރިކޮށްލިއެވެ. ދެޒުވާނުންގެ ހިތުގައި ޖަޒުބާތުތައް އުތުރިއަރަމުން ދިޔައެވެ. ހިތުގެ ގޮވުމަށް ދެޒުވާނުންވެސް އިޖާބަދޭން ބޭނުންވިއެވެ. އެހެނަސް އެކަކަށްވެސް އިސްނަގާކަށް ނުކެރުނެވެ. މާގިނައިރު މޫދުގައި ތިބުމުން ރައިހާނާ ހީކަރުވަން ފެށިއެވެ. ހަމްޒާއަށް އެކަން އެނގުމުން އެއް މިޔައަކުން ހީލިއެވެ. އެއަށްފަހު ހަށިގަނޑު ސީދާ ކޮށްލާފައި އޭނާގެ އަތްދަނޑި މައްޗަށް ރައިހާނާ އުފުލާލައިގެން އެއްގަމަށް އެރިއެވެ. ހީކަރުވައިގެން ތުރުތުރު އަޅަން ފެށުމުން ރައިހާނާ ހަމްޒާގައި ތެރޭގައި އިތުރަށް ބޮނޑިވެގަތެވެ. ކަނދުރާގައި ދެއަތް އަޅުވައިގެން ހަމްޒާގެ މޭތެރޭގައި މޫނު ފޮރުވާލިއެވެ. މަގާ ހަމައަށް ގޮއްސައި ދެފަރާތް ބަލާލާފައި ހަމްޒާ ރައިހާނާ ރީތިކޮށް މަގުމަތީގައި ބެހެއްޓިއެވެ. ރައިހާނާ ފައިވާނަށް އަރައިގެން ގެއަށްދާން އަވަހަށް ހިނގައިގަތެވެ.
ރައިހާނާއާ ހަމްޒާ ގެއަށް ދިޔައިރު ނަސީބަކުން އެކަކުވެސް ގެއަށް ނާދެއެވެ.
ފެންވާރައިގެން ރައިހާނާ ނިކުތީ ޓެރަހަށެވެ. އޭރު ހަމްޒާ އޭނާގެ އިންތިޒާރުގައި އުނދޯލީގައި އިނެވެ. ރައިހާނާ ގޮސް އުނދޯއްޔާ އަރާ ހަމަވުމާއެކު ހަމްޒާ ރައިހާނާ އަތުގައި ހިފައި އޭނާގެ އުނގުގައި ބޭންދިއެވެ. “ހިނގާބަ އިންނަން އަވަހަށް. ތިކުއްޖާ މަގޭ މިލްކަކަށް ހަދަން ހާދަ ބޭނުމޭ” ހަމްޒާ ރައިހާނާގެ ކަނދުރާގައި ދަތްދޮޅި އަޅުވައިގެން އޮތެވެ. “މިއަންނަ ހަފްތާގަ ބައްޕަމެން އަންނާނެ މިކޮޅަށް. ބައްޕަމެން އައިމަ ތިވާހަކަ ދައްކަންވީނު. އަހަރެންވެސް ބޭނުން ވީހާވެސް އަވަހަަކަށް ހަމްޒާގެ ހައްގަކަށް ވާން. ހަމްޒާ ގެއްލިދާނެތީ ބިރުގަނޭ” އެންމެ ފަހުން ޖުމްލަ ބުނެލިއިރު ރައިހާނާގެ އަޑުގައި ރިހުމެއްވިއެވެ. އިޚްތިޔާރަކާ ނުލާ އޭނާގެ ދެލޮލުން ކަރުނަ ފައިބާގަތެވެ. “ޕިސް ޕިސް. މަށާ ހެދި ރައިހާނާއާ އަންކޮ ރޯވަރެެއްވެސް ދޯ. ހަމައެހާ ލޯބިވޭތަ؟” ރައިހާނާ ހެއްވާލުމަށްޓަކައި ސަމާސާ ރާގެއްގައި ހަމްޒާ ބުންޏެވެ. “ވަރަށް ލޯބިވޭ” ކިރިޔާ ހަމްޒާއަށް އަޑުއިވޭވަރަށް ވައި އަޑުން ބުނެފައި ހަމްޒާގެ ކޯތާފަތަށް ރައިހާނާ ބޮސްދިނެވެ. ރައިހާނާ އިސްވެ އެފަދަ އަމަލެއް ކުރުމުން ހަމްޒާ ކުޑަަކޮށް ހުއްޓުން އެރިއެވެ.

“އެހެމް އެހެމް. ބަލާބަ މާ ފޮޅުވާ ވަރެެއް. އަހަރުން މިދެމީހުން ގެއްލިގެން ހޯދަން މުޅިރަށް ކުޑަކޮށްފަ އައިރު މިތިބީ ގޭގަ މާ ފޮޅުވަން ކީކޭ ދެން ބުނާނީ” ވިޝާހްގެ އަޑަށް ރައިހާނާ އަވަހަށް ހަމްޒާގެ އުނގުން ތެދުވިއެވެ. ހަމްޒާވެސް ރަކިވެފައި ނުވާކަމަށް ހެދެމުން އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ. ރަކިވީވަރުން ރައިހާނާއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. “ސާބަސް އެނގޭ މަގޭ ދެފައި ވެއްޓޭ ވަރުވެއްޖެ ތިދެމީހުން ހޯދަން ހިނގާ ހިނގާ” އުނގަނޑުގައި ދެއަތް އަޅުވައިގެން އިނދެ އަންޖަލް ކުދި ކިޔާލިއެވެ. “ދެން ފަހަރަކުވެސް ގެއަަށް އަންނަންޏާމުން ބުނެލާފަ އަންނާނީ. އޭރުން ދޯ މުޅު ރަށުގަ ނުހިނގާ ވާނީ” ރީހާން ދެފައިފައި އާތް އަޅައިގެން ގުދަށް އޮތެވެ.
ހަމްޒާއާ ރައިހާނާ ނުފެނިގެން އެދެމީހުން ހޯދަން ވަރަކަށް ހިނގާލިއެވެ. ރީހާން ހީކުރީ ރައިހާނާމެންނަށް މަގު އޮޅުނީކަމަށެވެ. ހަމްޒާއަށް ކަމެއްވީކަމަށް ހީކޮށް އަންޖަލް ބިރުން ތެޅެންފެށިއެވެ. ވިޝާހް ހަމްޒާ ފޯނަށް ގުޅިއިރު ފޯނުއޮތީ ނިއްވާލާފައެވެ. ރައިހާނާއަށް ގުޅިއިރު ރައިހާނާގެ ފޯނު އޮތީ އަންޖަލް ދަބަސްތެރޭގައެވެ. ކުޅިވަރުތަކުގެ ވަކި ހިސާބަކުން އެތަނުން ނިކުމެ ހަތަރު ކުދިން ރައިހާނާއާ ހަމްޒާ ހޯދަން އުޅުނެވެ. ހާސްވެގެން މަގު މަތީގައި އެނބުރެނިކޮށް އަކްޝަމްއާ އެމީހުންނާ ދިމާވިއެވެ. އަކްޝަމްއަށް ވެގެން އުޅޭގޮތް ކިޔާދިނުމާއެކު ހަމްޒާއާ ރައިހާނާ ގެއަށް ވަންތަން އޭނާއަަށް ފެނުނުކަމަށް ބުންޏެވެ.
“ނަސީބެއް އަކްޝަމްއާ ދިމާވިކަން” އަންޖަލް ގޮސް އުނދޯލީގައި އިށީނެވެ. ރައިހާނާއާ ހަމްޒާ އަންޖަލްމެން ގާތުން މާފަށް އެދުނެވެ. ދެން އެކަހަލަ ކަމެއް ތަކުރާރުނުވާނެ ކަމަށް ބުންޏެވެ. އެރޭވެސް ދަންވަންދެން ޓެރަހުގައި ވާހަކަ ދައްކަން ތިބެފައި އެންމެން ނިދަން ދިޔައިރު ބާރަގަޑިބައިވެ ބޮޑުވެއްޖެއެވެ. ދުވާލު ގަޑީ ގަދައަށް ނިދާލެވުމުން ރައިހާނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ކާގެއިން ދެޗީޒް ބޯލް ޕެކެޓް ހިފައިގެން ކޮޓަރިއަށް ގޮސް އެކަތި އަންޖަލްއަށް ދިނެވެ. އޭރު އަންޖަލް ހުރީ ލެޕްޓޮޕުން “ބޭބީ ޑެޑީ” ނަމަކަށް ކިޔާ ކޮމެޑީ ސީރީޒްއެއް އަޅުވައިގެންނެވެ. ބޭބީ ޑެޑީގެ އެއް ސީޒަންއެކީ ބަލާ ނިމުނުއިރު ފަތިހު ފަހެއް ޖަހަނީއެވެ. ދެކުދިން ލެޕްޓޮޕް ބަހައްްޓާފައި ފަތިސް ނަމާދުކޮށްގެ ނިދިއިރުހައެއްޖަހާ ބޮޑުވެއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބުނެދޭށޭ ރުހެމޭ 54

Next

ވީރާނާވެފައިވީ ޙަޔާތް މަގޭ 3

Next
July 13, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ 3

Previews
July 11, 2019

ބުނެދޭށޭ ރުހެމޭ 54

35 Comments!

  1. Kiyara says:
    July 11, 2019 at 10:14 pm

    Salam. Here is 43rd part of bunaashey loabi nuvanyhey. Hurihaa kudhinnah ves kamudhaane kamah ummedhu kuran. Next part tuesday ga In Sha Allah. Eah vure lasvumakyves ekashigen vaakameh. Ekam enme lasvegen thursdayge kurin up kureveytho varah masaikkai kuraanan.

  2. faimu says:
    July 11, 2019 at 10:28 pm

    me first tha.. kiyaalaafa cmnt kohlaanan

    1. faimu says:
      July 11, 2019 at 10:41 pm

      masha allah mi part vrh salhiiii.. kiyara vrh molheyy hama aslah vx vhk liyan.. and thank you mifaharu avahah up kohdhinyma

  3. hana says:
    July 11, 2019 at 10:29 pm

    me first……..masha allah …………..its really nice…….waiting for the next part………….gud nyt kiyaa

    1. ??? says:
      July 12, 2019 at 11:07 am

      Hehehe u first eh noon???

  4. Jungkook says:
    July 11, 2019 at 10:31 pm

    Mee sec dhw Varah reethi mi bai ???Waiting 4 nxt prt ??

    1. ??? says:
      July 12, 2019 at 11:09 am

      Hey Jungkook do you know Dhivehi??? Hey i ge salaam v ah bune dhehchey plx…..

    2. Jungkook says:
      July 12, 2019 at 7:25 pm

      Hehe mashakee aslu Jungkook eh noon haha madukurey inster in bunaana V kaireega u salaam buniye OK ??

    3. ??? says:
      July 12, 2019 at 8:24 pm

      Hehehe.. I ah vec ingey thy aslu Jungkook eh noon kan… Majalakashey ehen buny…. Ahaha bune dhehchey.. ????

    4. Jungkook says:
      July 12, 2019 at 8:44 pm

      Haha I also know that u’re joking haha??Aan bunaan?u inster gengulhen tha?? Gengulhenyaa acc name buneba plz

  5. A girl says:
    July 11, 2019 at 10:34 pm

    Alhe las nukurahchey v reethi mi story

  6. Juwai Ner says:
    July 11, 2019 at 10:40 pm

    Nahu Xaad
    Shixoo Izkaan Afeef

  7. mini says:
    July 11, 2019 at 10:51 pm

    omg kiyaaa dhis ooooooosome just perfect i love it

  8. Dhonthy says:
    July 11, 2019 at 11:05 pm

    Vvv reethi mi part ves…. Eoiy eid kulhivareiydhoa??? Raihaanaa au haththahaaves landu dhoa mi libenee… Vv majaa ingey aslu.. Kiyara❤️❤️❤️ Keep up the great work ingey….. Love you so much

  9. Nahu Xaad says:
    July 11, 2019 at 11:29 pm

    I don’t read that

    1. ??? says:
      July 12, 2019 at 8:26 pm

      Why?????

  10. Belle says:
    July 11, 2019 at 11:29 pm

    Beautiful

  11. Meekkomee says:
    July 11, 2019 at 11:44 pm

    ??Woww ???varah reethi mi part ves☺️☺️☺️????

  12. Mimmi says:
    July 12, 2019 at 12:54 am

    Woww kiyaa… this part is also fantastic n interesting… Ummeedhu kuran maa las nuve nxt part kiyaalan libeyne kamah… ?????????????????????????????????
    N I must say ur very gud at writing stories aslu hama story kiyaairu imagine kurevey evaagoiyy varah romantic….. Hama habeys… U should be called as the Queen of romantic stories????❤️?????????????????????????????????????

  13. Nice says:
    July 12, 2019 at 8:33 am

    Vrh reethi…ekam raihaanaa n hamzage eid namaadheh nuvaane rangalheh..dhekudhinge wuloo gehluneenun…

    1. my says:
      July 12, 2019 at 11:18 am

      Yes, Good point

    2. Izoo says:
      July 12, 2019 at 11:03 pm

      Magey ves bunelan beynunvaa point thiyakee. Vaahaka liyaairuves dheenuge kanthah thakah balanvaaney

  14. Reader says:
    July 12, 2019 at 8:37 am

    Wow awesome

  15. jgjggj says:
    July 12, 2019 at 9:29 am

    Mashah varah odd hamza raihaanaaa ah raihaanaa kiyaathy… rai kiyaa nama

  16. jiji says:
    July 12, 2019 at 10:31 am

    Woah??????…So cute…Mibai vec vvv rythi❤❤❤..Nd raihaanaa aa hamza ulhey goiy vv majaa???…Im sooo curious to read next…Lysm dear?????????❤❤❤??????

  17. my says:
    July 12, 2019 at 11:19 am

    V. Kiyaahithun kuyanfeshi vaahakaehmee. Ekam Mihaaru maa haasaru dhigkamah faahaga kurevey.

  18. Anonymous says:
    July 12, 2019 at 4:10 pm

    ???Woahhh
    ??Kiyaa yuh r the best

  19. Ayshh says:
    July 12, 2019 at 4:39 pm

    Namaadhah dhaan nikumefa hamza athuga hifee??

    1. meena says:
      July 12, 2019 at 8:22 pm

      yaa… eynage vuloo sahha eh nuwaane ehnnu… ekahala kan kamah samaalukan dhehche kiyaa… other than that story was owsome… mi vaahaka mee emme kiyaahithun kiyaa ehwaahaka… :* :*

    2. ??? says:
      July 12, 2019 at 10:33 pm

      ރައި ހަމްޒާ ގެ ވުޟޫ ގެއްލޭނެ އެއް ނުން އަހަރެން ވެސް ހިތަށް އެރި

    3. Yen says:
      July 13, 2019 at 3:22 pm

      Keehve tha vuloo gellen v?? Namaadhah dhiya iraku nooney athuga hify.. eid kulhivaru balan dhamunney??‍♀️??‍♀️ .. kiyaa this story is awesome.. keep it up♥️

  20. juma says:
    July 12, 2019 at 8:34 pm

    vrh reethi…… waiting for the next part…… hope that avahah up kohdheyne kamah

  21. Sinu says:
    July 12, 2019 at 9:37 pm

    Eid dhuvahu mendhuru nuves kai mihen noolheyne evves bayaku. Mi konthaaku eid faahaga kuraa gotheh. Raajjeyga enme haassa kamakee eid dhuvahu mendhuru keun. Ekamaku meega miulhey enmen eid dhuvahu dhefai dhamaafa iru ossen dhen nidhy. Varah hama nujehey vahaka eh

  22. Nice says:
    July 13, 2019 at 9:07 pm

    Yen adhi ehfaharu kiyaalan feney…reethivegen boalha dhadah dhiya aee namaadhukuraasey…

  23. ??? says:
    July 13, 2019 at 11:04 pm

    ވުޟޫ ގެއްލޭނެ ކަމަށް ފެނޭ 2 ފަހަރު ކީމަވެސް އިނީ ނަމާދަށް ދާން އުޅެފައި ހަމްޒާ ރައި ގެ އަތުގައި ހިފި ވާހަކަ yen 1 ފަހަރު އަދި މި ބައި ކިޔާލާ

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ….44←


All Right Reserved!