ކުށަކާ ނުލާ 26
ކޮޓަރިއަށް ވަދެވުނީ އުނދުން ނުނިއްވާ ކަން ހަނދާން ވުމުން ނަދާ ނިކުތް އިރަށް އަޔާޒް ދެއްކި ވާހަކަ އަޑު އިވިފައި ހުރި ފިޔަވަޅު މަތީ ނަދާއަށް ހުއްްޓެވުނެވެ. ގަބޫލު ނުކުރެވިފައި އަޔާޒްއާ ދިމާއަށް ބަލަން ނަދާއަށް ހުރެވުނެވެ.
“އަޔާ، ބުނެބަލަ ދެން. ނަދާއަކަށް ނޭނގޭ އަޔާގެ ހިތުގަ އޮތް އެއްޗެއް. އޭނައަށް އަދިވެސް ހީވެފަ އޮންނާނީ އަޔާ އޭނައާ އެކީ އުޅެން ބޭނުން ނުވާ ކަމަށް. ދެ މީހުން ވާހަކަ ދައްކަބަލަ” މައިހާ އަޔާޒްއަށް ނަސޭހަތްތެރި ވިއެވެ.
“ބުނާނެ ގޮތެއް ނުވިސްނޭ އަހަންނަކަށް. ވަރަށް ވިސްނަން އެކަމާ. މައި ބުނެބަލަ އަހަރެން ބުނަންވީ ކީކޭ ކަން” އަޔާޒް އެދުނެވެ.
“އަހަރެން ބުނާ އެއްޗެށް ނޫން އަޔާ ބުނާނީކީ، އަޔާ ހިތުގަ އޮތް އެއްޗެއް ރީތިކޮށް ބުނީމަ އެ ނިމުނީ. މިރޭ ވާނެ ނަދާއާ ވާހަކަ ދައްކަން، ދެން ބާއްވަނީ” މައިހާ ބުންޏެވެ.
“އޯކޭ” އަޔާޒް ފޯން މޭޒުމަތީ ބާއްވާފައި ކާން ފެށިއެވެ.
ދޮރުމަތީ ހުރި ނަދާ އައިސް ބަދިގެއަށް ވަދެ އުނދުން ނިވާލާފައި ހަޑިވެފައި ހުރި އެއްޗެހި ދޮވެ ނިމުނު އިރު އަޔާޒް ކައި ނިމިގެން ސޯފާގައި އިނީ ޓީވީ ހުޅުވައިގެންނެވެ. މޭޒުމަތީ ހުރި ތަށިތައްވެސް ނަގާފައި ނަދާ ބެލްކަންޏަށް ނިކުމެ ދަގަނޑުގައި ހިފަހައްޓާލައިގެން ހުއްޓެވެ.
އަދިވެސް އަޔާޒްއާ މައިހާގެ މެދުގައި އެ ގުޅުން އޮތީއެވެ. އެ ކަމާ މިއަދު ނަދާއަށް ރުޅި އާދެވެނީއެވެ. ދެންމެވެސް ނަދާ ބޭނުން ވީ އަޔާޒްއާ ދިމާއަށް ހަޅޭލަވާ އަޑުގަދަ ކުރާށެވެ. މައިހާއާ ގުޅުން މަނާ ކުރާށެވެ. ނަދާގެ ފިރމީހާގެ ގޮތުގައި ހުރެ އެހެން އަންހެނަކާ އެފަދަ ގުޅުމެއް ބާއްވައިގެން ނުވާނެ ކަމަށް ބުނާށެވެ.
ނަމަވެސް އެހެން ބުނުމަށް ނަދާއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އަޔާޒްގެ މައްޗަށް ނަދާގެ އެއްވެސް ހައްގެއް ނެތެވެ. އެއީ ކުރިންވެސް އަދި މިހާރުވެސް މައިހާގެ މީހެކެވެ. މައިހާގެ ލޯތްބެވެ.
އަނެއްކާ މިހާރު އެ ދައްކަނީ އާތިފް ކައިރީ މައިހާގެ ވާހަކަ ބުނާ ވާހަކަ ހެއްޔެވެ؟ އާނއެކެވެ. އަޔާޒް ދެން އިތުރަށް މަޑުކުރަން ބޭނުން ނުވަނީއެވެ. މައިހާއާ ވަކިން ދެން އުޅެން ބޭނުން ނުވަނީއެވެ. އާތިފް ކައިރީ ބުނެގެން ދެ މައިހާއާ ކައިވެނި ކުރަން އަޔާޒް ބޭނުން ވަނީއެވެ. މައިހާވެސް އަބަދަކު އެހެންނެއް ނުހުންނާނެ ނޫން ހެއްޔެވެ؟
ނަދާ ދެން އެ ދެމީހުންގެ މެދުން ދުރަށް ދާންވީއެވެ. އަޔާޒްއާ ވާހަކަ ދައްކައިގެން އެ ކައިވެނި ރޫޅާލަން ވީއެވެ. މައިހާއާ އަޔާޒް ކައިވެނި ކުރާ އިރު އަޔާޒްގެ އަނތްބެއްގެ ގޮތުގައި ހުންނާކަށް ނަދާ ބޭނުމެއް ނޫނެވެ. އެ އަނިޔާއަށް ނަދާއަށް ކެތެއް ނުވާނެއެވެ.
މިރޭ އަޔާޒްއާ ވާހަކަ ދައްކަން ނަދާ ބޭނުމެވެ. ހަމަ މިރޭ އަޔާޒްއާ ވަކި ވާން ނަދާ ބޭނުމެވެ. ދެން އެންމެ އިރުކޮޅަކުވެސް އެ ގޭގައި ހުންނާކަށް ނަދާ ބޭނުމެއް ނޫނެވެ. ނަދާއަށް ދިމާވި ކަންތަކަށް ފަހު އަޔާޒްއާ މައިހާއަށް ވިސްނޭނެ ކަމަށް ނަދާ ހީކުރިއެވެ. ނަމަވެސް އެ ދެމީހުންނަށް އެ މީހުންގެ އަމިއްލަ އުފަލަށް ވުރެ އެހެން ކަމެއް މުހިންމެއް ނުވިއެވެ. އަޔާޒްވެސް ދެންވެސް ނަދާއާ މެދު ވިސްނާ ނުލިއެވެ.
އަޔާޒް ޓީވީ ހުޅުވައިގެން އިން ނަމަވެސް އެއްވެސް ސަމާލު ކަމެއް ޓީވީއަކަށް ނުދެވެއެވެ. ބެލްކަނީގައި ހުރި ނަދާއާ ދިމާއަށް ބަލަން އިން އިރު އަޔާޒް ދިޔައީ ނަދާއާ މެދު ވިސްނަމުންނެވެ.
ވޫލްކޮޅަކުން އައްސާލާފައި އޮތް އިސްތަށިގަނޑު ވަޔާ ވިހުރުވެމުން ދިޔަ އިރު، ނިއުޅެމުން ދިޔަ އިސްތަށިތައް އިރުއިރުކޮޅާ ނަދާ ފަހަތަށް ގެނެސް އެއްކޮށްލައެވެ. އެއްފަރާތުން ނަދާގެ މޫނު ފެންނަން ހުރި އިރު އަޔާޒް އިނީ އެ ރީތިކަމަށް ގެއްލިފައެވެ. ނަދާގެ ރީތިކަން ކުރިން އަޔާޒްއަށް ފާހަގަ ނުކުރެވުނީތީ އެކަމާ އަޔާޒް ހައިރާންވެއެވެ.
މިއަދު އެ އަންހެން ކުއްޖާ ފެންނަ ކޮންމެ ފަހަރަކު އަޔާޒްގެ ހިތަށް އެނގުން ވެއެވެ. ދުރުގައި ބަލަން އިނދެގެން އަޔާޒްގެ ހިތެއް ނުފުރެއެވެ. ބޭނުން ވަނީ އަޔާޒްގެ ދެ އަތުގެ ތެރެއަށް ނަދާ ގެނެސް ބައްދާލާށެވެ. އެ މޭގައި ނަދާ ފޮރުވާލާށެވެ. އެ މޫނުގައި ދެ އަތުން ހިފާ އެ ތުންފަތުގެ މީރުކަން ހޯދާށެވެ.
އިން ތަނުން ތެދު ވެގެން ބެލްކަނީގެ ދޮރާ ހަމައަށް އަޔާޒްއަށް ދެވުނީ ބޭއިޚްތިޔާރުގައެވެ. ހޭވެރިކަމެއް ވީ ނަދާ އެނބުރި ބަލާލުމުންނެވެ.
އަޔާޒް ފެނުމާ އެކު ނަދާ އެތެރެއަށް ވަނެވެ. ނަމަވެސް ހުއްޓި ބަލާލީ އަޔާޒް ގޮވާލުމުންނެވެ.
“އަހަރެން ބޭނުން ވާހަކައެއް ދައްކާލަން” އަޔާޒް ބުންޏެވެ.
“އަހަރެންވެސް…” މަޑުމަޑުން ނަދާވެސް ބުންޏެވެ.
ދެ މީހުންވެސް ވަދެ ސޯފާގައި އިށީނެވެ.
“އަހަރެން ބޭނުމީ ގެޔަށް ދާން…” އަޔާޒްއަށް އެއްޗެއް ނުބުނެވެނީސް ނަދާ ފެށިއެވެ.
“މިރޭ؟ މާދަން ދާން ވީނު؟ މިރޭ މިހާރު މާ ލަސްވެއްޖެއެއްނު؟” އަޔާޒްއަށް ހީވީ ނަދާ ގެޔަށް ގޮސްލަން ބޭނުން ވާ ވާހަކަ ބުނި ހެންނެވެ.
“ނޫން… އެއްކޮށް ދާން ބޭނުމީ” އިސް ޖަހައިގެން އިނދެ ނަދާ ބުންޏެވެ.
އަޔާޒްއަށް ހައިރާންވެފައި ބަލަން އިނދެވުނީ ގަބޫލު ނުކުރެވިފައެވެ. ނަދާ އަޔާޒްއާ ވަކިވާން ބޭނުން ވީ ހެއްޔެވެ؟ އެ ބުނި ބަހުގެ މާނައަކީ އެއީ ހެއްޔެވެ؟
“ކީއްވެ؟” އަޔާޒް އަހާލިއެވެ.
“އަޔާއަކަށް ނޭނގޭތަ ކީއްވެ ކަމެއް؟” ނަދާ އިސް އުފުލާ އަޔާޒްގެ މޫނަށް ބަލާލިއެވެ.
“އަހަރެން ބޭނުމެއް ނޫން ނަދާ ފޮނުވާކަށް” އަޔާޒް ބުނެލިއެވެ.
“އަހަންނާ އިން ދުވަހުން ފެށިގެން އަޔާ ބޭނުން ވީ މި ގޮތެއް ނޫންތަ؟ މިއަދު އަހަރެން ދާން ބޭނުން ވެގެން ބުނީމަ އަޔާ އަހަރެން ފޮނުވަން ބޭނުން ނުވާންވީ ކީއްވެ؟” ނަދާ އަހާލިއެވެ.
“އިހަށް ހަމަ ޖެހިލައިގެން ވާހަކަ ދައްކާލަން އަހަރެން ބޭނުމީ” އަޔާޒްއަށް ހިތުގައި އޮތް އެއްޗެއް ނަދާއާ ހިއްސާ ކުރަން އެހާ ފަސޭހައެއް ނުވިއެވެ.
“ނޫން އަޔާ. އަހަރުމެން ދައްކާނެ އެއްވެސް ވާހަކައެއް ދެން ނެތް. އަޔާ މިއަދުވެސް ބޭނުން ވަނީ މައިހާއާ އެކީ އުޅެން، އަޔާ ލޯބި ވަނީ އޭނަ ދެކެ. ބޭބެއާ ވާހަކަ ދައްކަނިކޮށް ބޭބެ އޯކޭ ވާނެ އަޔާއާ މައިހާ މެރީ ކުރަން. އެކަމަކު ދެން އަހަރެން ތި ދެމެދުގަ ހުންނާކަށް ބޭނުމެއް ނޫން. އަޔާއާ މައިހާއަށް ހަމަ ޖެހިގެން އުޅެވޭނީ އަހަރެން ނެތީމަ. އަހަރެން ވަރިކޮށްދީ އަޔާ، ޕްލީޒް. ބޭބެ ބުނެފާނެ އެއްޗަކާ މެދު އަޔާ ކަންބޮޑު ވާކަށް ނުޖެހޭނެ. އަހަރެން ބުނާނަން ބޭބެ ކައިރީ އަހަރެން ބޭނުން ވެގެންނޭ ވަރި ވީ” ނަދާ ހީވީ ހުރިހާ ކަމަކާ ވިސްނާފައި ވާހަކަ ދެއްކި ހެންނެވެ.
“ނަދާ… ވަރި ވާންތަ ބޭނުމީ؟” އަޔާޒްއަށް އަހާލެވުނެވެ.
އެއްޗެއް ނުބުނެ ނަދާ އިސް ޖަހާލިއެވެ. އެއާއެކު ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލިއެވެ. އަޔާޒް އެ ކުރި ސުވާލުގެ ޖަވާބެއްގެ ގޮތުން އާނއެކޭ ބުނަން ބޭނުން ވި ނަމަވެސް އެ ބަސް ބުނުމަށް ދޫ ހަރަކާތެއް ނުކުރިއެވެ. ހަމަ އެއާ އެކު ހިތުން ނޫނެކޭ ބުނެ ޖަވާބު ދެމުން ދިޔައިރު އެއީ ނަދާގެ ބާރެއް ނުހިނގާ ގުނަވަނެއް ފަދައެވެ.
ނަދާގެ އެ ހިމޭން ކަމުން އަޔާޒްއަށް ހިތްވަރެއް ލިބުނު ކަހަލައެވެ. އިން ތަނުން ތެދުވެގެން އައިސް ނަދާ އިން ސޯފާގައި، ނަދާއާ ޖެހިގެން އިށީނދެ ނަދާގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލިއެވެ.
“ވަރިވާން ބޭނުން ވާ އިރު ކީއްވެ ނަދާއަށް އާނއެކޭ ނުބުނެވުނީ؟ ކީއްވެ ތި ރޮނީ؟” އަޔާޒް އަހާލިއެވެ.
ހައްތަހާ ބޮޑަށް ރޮވުނު ނަދާ އަޔާޒްގެ އަތް ފޮޅުވާލާފައި ތެދުވެގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އެ ހިސާބަށް ނުދެވެނީސް އަޔާޒް އައިސް ނަދާގެ އަތުގައި ހިފާ ދަމައިގަތް ގޮތަށް އަޔާޒްގެ ދެ އަތުގެ ތެރޭ ނަދާ ހައްޔަރު ކޮށްލިއެވެ. ދެ އަތުން ނަދާ ގައިގައި ބައްދާލަމުން އަޔާޒް ނަދާގެ ނިތްކުރީގައި ބޮސްދިނެވެ.
އަޔާޒްގެ އަތުތެރޭން ނިކުންނަން ނަދާ އުޅުނެވެ. ނަމަވެސް އަޔާޒް ދުލެއް ނުކުރިއެވެ. ގިނަ އިރަކު ނަދާއަށް ގަދައެއް ނުހެދުނެވެ. އަޔާޒްގެ އަތު ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން އެ މޭގައި ބޯ ޖައްސާލިއެވެ.
މައިހާއާ ގުޅިގެން އުޅުނު ހުރިހާ ދުވަހުވެސް ނުކުރެވޭ ފަދަ އިހުސާސެއް އެ ވަގުތު އަޔާޒްއަށް ކުރެވުނެވެ. އެ އަތުތެރޭ ނަދާ ހުރި ގޮތުން އަޔާޒްގެ ހިތަށް ބަޔާން ކުރަން ދަތި ހަމަޖެހުމެއް ލިބެމުން ދިޔައެވެ. ނަމަވެސް އެއާއެކު އަޔާޒްގެ ހިތުގައި ބިރެއްވެސް ވިއެވެ. އެ ވަގުތު އަޔާޒްގެ މޭގައޮ ބޯ ޖައްސާލައިގެން ހުރި ނަމަވެސް ދުރަށް ޖެހިލުމާއެކު އަޔާޒްއަށް ނަދާ މުޅިން ގެއްލިދާނެ ކަމުގެ ބިރެވެ.
ކޮންމެ ގޮތެއް ހަދާފައިވެސް ނަދާ ހުއްޓުވަން އަޔާޒް ބޭނުމެވެ. ހިތުގައި ވާ އެއްޗެއް ނަދާއާ ހިއްސާ ކޮށްގެން ނޫނީ އެ ކަން ނުވާނެ ކަން އެނގޭ އިރުވެސް އަޔާޒްއަށް ފަސް ޖެހެވެނީއެވެ. ލޯ މަރާލަމުން އަޔާޒް ފުން ނޭވައެއް ލީ އެރޭ ހުރިހާ ވާހަކައެއް ނަދާއާ ހިއްސާ ކުރުމަށް ނިންމާފައެވެ.
“ނަދާ، ވީ ނީޑް ޓު ޓޯކް…” އަޔާޒް މަޑުމަޑުން ބުންނެވެ.
އެއާއެކު ނަދާ ބޯ ހިއްލާ އަޔާޒްގެ މޫނަށް ބަލާލިއެވެ.
އަޔާޒް ނަދާގެ އަތުގައި ހިފާލަމުން ސޯފާއާ ދިމާއަށް ދާން އުޅުނެވެ. ނަމަވެސް ނަދާ އަޔާޒްގެ އަތް ފޮޅުވާލިއެވެ.
“ބުނެފީމެއްނު ދައްކާނެ ވާހަކައެއް ނެތޭ؟ އަހަރެން ބޭނުމީ ދާން، އިތުރަށް މަޑު ކުރާކަށް ބޭނުމެއް ނޫން” ނަދާ އެހެން ބުނެފައި ކޮޓަރިއަށް ދާން އެނބުރުނެވެ.
އަޔާޒްއަށް އެ ވަގުތު ވީ ގޮތެއް ނޭނގުނެވެ. ނަދާގެ އަތުގައި ހިފާ ދަމައިގަތުމާ އެކު އަޔާޒްގެ އަތުތެރެއަށް ނަދާ ގެނައި ގޮތަށް ދެ އަތުން މޫނުގައި ހިފާ އުފުލާލަމުން އެ ތުންފަތުގައި ބޮސްދިނެވެ.
އަޔާޒްގެ އެ އަމަލުން ސިހުނު ގޮތަށް ހަރަކާތެއް ކޮށްނުލާ ނަދާ ހުއްޓެވެ. ނަދާ ދެކޮޅު ނުހެދުމުން އަޔާޒް ނަދާގެ މޫނުން އެއް އަތް ނަގާ ނަދާގެ އުނަގަނޑުގައި ހިފާ ގެނެސް އަޔާޒްގެ ގައިގައި ޖައްސާ ފިއްތާލިއެވެ. ދުރަށް ދާން މަސައްކަތް ކުރަން ނަދާގެ ހިތަށްވެސް ނާރައެވެ. އެ ހުރި ގޮތަށް ހުރެވުނީއެވެ.
ނޭވަޔަކަށް ދުރުވެލާފައި އަޔާޒް ނަދާގެ މޫނާ ކަރުގައި ބޮސްދެމުން ދިޔައެވެ. ކުރެވެމުން ދިޔަ އިހުސާސްތަކުގައި ބެހިގެން ދާކަށް ނަދާއަކަށް ގިނަ އިރެއް ނުނެގިއެވެ. ނަދާއަށް ލޯ މަރާލެވުނެވެ. ނަދާއަށް އަޔާޒްއާ އަދިވެސް ބޮޑަށް ކައިރިވާން މަސައްކަތް ކުރެވުނެވެ. އަޔާޒް އަނެއްކާވެސް އެއް އަތުން ނަދާގެ މޫނުގައި ހިފާލަމުން ކައިރި ވެލިއެވެ.
ދެ ފައިން ވާގި ދޫވާ ހެން ހީވުމުން ނަދާ ދެ އަތް އަޔާޒްގެ ކަނދުރާގައި އަޅުވާލިއެވެ. އިރުކޮޅަކަށް ނަދާގެ މޫނާ ދުރުވެލާފައި އަޔާޒް ދެ އަތް މައްޗަށް ނަދާ ނަގައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
ކުރެވެމުން ދިޔަ އިހުސާސްތަކުގެ ތެރެއަށް ގެނބެމުން ދިޔަ ނަދާއަށް ތެޅިގަނެވުނީ ހަޔާތުގައި ދިމާވި އެ ބިރުވެރި ރޭގެ ހަނދާން ވުމުންނެވެ. ތިބެވުނު ހާލަތާ މެދު ވިސްނާލުމެއް ނެތި އަޔާޒްގެ މޭގައި އަތްއަޅާ ކޮއްޕާލަމުން ނަދާއަށް ރޮވުނީ އެ އަނިޔާގެ މަތިން ހަނދާން ވެފައެވެ.
“ނަދާ… ބަލާބަލަ… އެ ހަނދާން ނުކޮށް އަހަންނަށް ބަލާބަލަ…” ނަދާއަށް ވީ ގޮތް ވިސްނިފައި އަޔާޒް ނަދާގެ މޫނުގައި އަތް ޖައްސާލަމުން ބުންޏެވެ.
ބިރު ގަތް ނަމަވެސް ނަދާ އެ ވަގުތުވެސް އަޔާޒްއަށް އިތުބާރު ކުރިއެވެ. ލޯ މަރާލަމުން އަޔާޒްގެ އަތް މައްޗަށް ހުރިހާ ކަމެއް ދޫކޮށްލިއެވެ. ހިތުގައި ވި ހުރިހާ އިހުސާސެއް އަމަލުން ނަދާއަށް ބުނެދެވޭތޯ އަޔާޒް މަސައްކަތް ކުރިއެވެ. ލޯބިން ފުރިގެންވީ ބީހުންތަކާ ފިރުމުންތަކުން ނަދާ ގަނެފައިވާ ބިރު ފިލުވާލުމަށް އަޔާޒް މަސައްކަތް ކުރިއެވެ.
ނަދާއަށް ހޭލެވުނު އިރު އިރުގެ އަލިން ކޮތަރި އޮތީ އެއްކޮށް އަލިވެފައެވެ.ފުންމައިގެން ތެދު ވެވުނީ އެހާ ލަސްވަންދެން ނިދުނު ކަން އިހުސާސް ކުރެވުމުންނެވެ. އެއާއެކު ސިހިފައި ގައިމަތީ އޮތް ރަޖަލުގައި ހިފާ ދަމާ ހަށިގަނޑު ނިވާ ކޮށްލަމުން ކައިރީގައި އޮތް އަޔާޒްއަށް ބަލާލެވުނީ ގަބޫލު ކުރަން ދަތިވެފައެވެ. ރޭގެ ހަނދާން ވުމާއެކު ހީވީ ހަށިގަނޑުގައި ހީލިގަނޑެއް އުފެދުގެން އައި ހެންނެވެ.
އެ އިން ގޮތަށް އިނދެ ނަދާއަށް ވިސްނާލެވުނެވެ. އަޔާޒް އެހެން ކަންތައް އެ ކުރީ ނަދާ ވަރިވާން ބޭނުން ވާހަކަ ބުނުމުން އެކަން ވިޔަ ނުދޭން ހެއްޔެވެ؟ ނަމަވެސް ކީއްވެ ހެއްޔެވެ؟ އަދިވެސް އަޔާޒް ބޭނުން ވަނީ ނަދާ ތަޅުވަން ހެއްޔެވެ؟ ލޯބި ނުވި ނަމަވެސް އަނތްބެއްގެ ގޮތުގައި ނަދާ ބައިންދާފައި މައިހާއާ ކައިވެނި ކުރަން ހެއްޔެވެ؟ އާތިފް ގަބޫލު ނުވެދާނެތީ ނަދާ ވަރި ކުރަން އަޔާޒް ބޭނުން ނުވަނީ ހެއްޔެވެ؟
ނޫނެކެވެ. ދެން އެ ގޮތަކަށް ނަދާއަކަށް ނޫޅެވޭނެއެވެ. އަޔާޒް ހެދިހާ ގޮތެއް ހެދިގެން ދެން ނަދާ ނުހުންނާނެއެވެ. ރޭވެސް ގެޔަށް ދާން ބޭނުން ވާހަކަ ބުނީ އެހެން ވެއެވެ. އަޔާޒް ހީކުރީ އެ ގޮތަށް ނަދާ ހުއްޓުވޭނެ ކަމަށް ހެއްޔެވެ؟ އަޔާޒްއަކީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކެވެ.
އައި ރުޅިން ނަދާގެ ލޮލުން ކަރުނަ އައެވެ. އަޔާޒްއަށް ހޭ ނުލެވޭނެ ހެން ސިއްރުން ކަހަލަ ގޮތަކަށް ނަދާ އެނދުން ފޭބިއެވެ. ފާހާނާއަށް ވަދެ ފެން ވެރުމުގެ ބަދަލުގައި މޫނު ދޮވެލައިގެން އެއްޗެހި ލައިގެން ނިކުމެ ދަބަހަށް ދެ ހެދުން ލައިގެން ނަދާ ގޭން ނިކުމެ ދޮރު ތަޅުލާފައި ތަޅުދަނޑި ދޮރު ދަށުން އެތެރެއަށް ފޮނުވާލިއެވެ. ތިރިއަށް ފޭބި ގޮތަށް ކުރިމަތިން ދިޔަ ޓެކްސީއެއް ހުއްޓުވާފައި އަރާ އިށީނޮ އިރު ދާންވީ ތަނެއްވެސް ބުނަން ނަދާ ހަނދާނެއް ނެތެވެ. ޑްރައިވަރު އެހުމުން ދާންވީ ތަނަކާމެދު ނަދާ ވިސްނާލިއެވެ. ހުދާއާ ނިހާލްމެން ގޭ ނަން ބުނެފައި ނަދާ ސީޓުގައި ލެނގިލާ ލޯ މަރާލިއެވެ.
ބެލް ޖެހުމުން ދޮރު ހުޅުވީ ނިހާލްއެވެ. ނަދާ ހުރި ގޮތުން ވަގުތުން ނިހާލްގެ ހިތުގައި ސުވާލުތައް ފުނި ޖެހިގެން ދިޔައެވެ. ނަމަވެސް ނަދާ އެ ހުރީ ޖަވާބު ދެވޭނެ ފަދަ ހާލަތެއްގައި ނޫން ކަން ވިސްނި، ނިހާލް ސުވާލެއް ނުކޮށް ނަދާ އެތެރެއަށް ވެއްދިއެވެ.
“ނަދާ؟ ހާދަ ހެނދުނަކާ— ކިހިނެއް ވީ؟” މޭޒު ކައިރީ ސައި ތައްޔާރު ކުރަން ހުރި ހުދާ، ނަދާ ފެނުމުން ހިނި އައިސްފައި ބުނަން އުޅުނު އެއްޗެއް މެދު ކެނޑުނީ ނަދާ ހުރި ގޮތުންނެވެ.
“ނަދާ، ކިހިނެއް ވީ…؟” ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އައިސް ދެ އަތުން ނަދާގެ ދެ ކޮނޑުގައި ހިފާ ތަޅުވާލަމުން ހުދާ ސުވާލު ކުރީ ނަދާއާ މެދު ކަންބޮޑުވީ ވަރުންނެވެ.
ހިފަހައްޓައިގެން ހުރި ކަރުނަ ލޮލުން ފައިބަން ފެށުމާއެކު ހުދާ ގައިގައި ނަދާ ބައްދައިގަތެވެ.
“ދޮންތާ… އަހަރެން ބޭނުމެއް ނޫން ދެން އަޔާއާ އިނދެގެން އުޅޭކަށް…” ރޮމުން ނަދާ ބުނީ ހަމަ އެކަނި އެހެންނެވެ.
“ނަދާ… ބުނެބަލަ ވީ ގޮތެއް؟” ރޮއެރޮއެފައި ނަދާ ދުރަށް ޖެހިލުމުން ހުދާ އަނެއްކާވެސް އެހިއެވެ.
“މިހާރަކު ނޫން… ފަހުން ކިޔާދޭނަން… ޕްލީޒް ދޮންތާ” އިސް ޖަހާލަމުން ނަދާ ބުންޏެވެ.
“ފަހަކުން ނޫން—” ހުދާ ދެކޮޅު ހަދަން އުޅުނެވެ. ނަމަވެސް އެ ވަގުތު ނިހާލް ހުދާ ހުއްޓުވިއެވެ.
“އިހަށް ދޭ ކޮޓަރިއަށް ރެސްޓް ކޮށްލަން. ފަހުން ވާހަކަ ދައްކާނީ” ނިހާލް އައިސް ނަދާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ދެންވެސް ހުދާ އެއްޗެއް ބުނަން އުޅޭ ހެން ހީވުމުން ނިހާލް ދެ ފަރާތަށް ބޯ ހަލުވާލީ އެކަން މަނާ ކުރާށެވެ.
“ހިނގާ” ނަދާގެ އަތުގައި ހިފާލަމުން ހުދާ ބުންޏެވެ.
އަޒްކާގެ ކޮޓަރިއަށް ނަދާ ވައްދާފައި ހުދާ އައިސް ނިހާލް ކައިރީ އިށީނެވެ.
“އަހަންނަކަށް ހިއެއް ނުވޭ އޭރު ނަދާއާ އަޔާގެ މެދުގަ ޖެހުނީކީ އާދައިގެ މައްސަލައެއް ހެނެއް. އެކަމާ ކަންނޭނގެ ނަދާ ވަރި ވާން ބޭނުން ވެގެން އެ އުޅެނީ” ހުދާ ބުންޏެވެ.
“ވީ ގޮތެއް އެނގޭނީ ނަދާ ނޫނީ އަޔާޒް ބުނިއްޔާ. ކުރިން އެކަކުވެސް ހުރީ އެ ވާހަކަ ދައްކާ ގޮތަކަށް ނޫން. އެކަމަކު މިހާރު ދެން ޖެހޭނީ ދެ މީހުންވެސް ކިޔާދޭން” ނިހާލް ބުންޏެވެ.
ކޮޓަރިއަށް ވަން ގޮތަށް ނަދާ ބޭނުން ވީ ފެން ވަރާށެވެ. ފެން ވަރަން ހުރެވެސް ނަދާއަށް ރޮވުނީ އަޔާޒް ކަންތައް ކުރި ގޮތް ހިތަށް އަރާފައެވެ. މައިހާއާ ކައިވެނި ކުރަން ބޭނުން ވާ އިރު އަޔާޒް ނަދާ ދޫކޮށް ނުލާންވީ ކީއްވެ ހެއްޔެވެ؟ ހަމައެކަނި އާތިފްއަށް ޓަކާ ހެއްޔެވެ؟ އެހެން ކަންތައް ކުރުމުން ނަދާއަށް އެ ދެވެނީ އަނިޔާއެއް ކަން އަޔާޒްއަށް ނޭނގެނީ ހެއްޔެވެ؟ އަޔާޒް ބޭނުން ކަމެއް ކުރުމުގެ މިނިވަން ކަން ނަދާ ދިނުމުންވެސް އަޔާޒް ނަދާ ދޫކޮށް ނުލާން ވީ ކީއްވެ ހެއްޔެވެ؟ އާތިފް ގާތު ވެވުނު ވަޢުދަށް ޓަކާ ނަދާގެ ދިރިއުޅުން ހަލާކު ކޮށްލަންވެސް އަޔާޒްއަށް އެއްވެސް ކަމަކަށް ނުވަނީ ހެއްޔެވެ؟ އަޔާޒްއާ ނަދާ ވަކިވަނީ ނަދާ ބޭނުން ވެގެން ކަމަށް އާތިފް ގާތު ބުނުމަށް ނަދާ ބުންޏެވެ. ނަމަވެސް އެ ގޮތްވެސް އަޔާޒްއަށް ކަމު ނުދަނީ ހެއްޔެވެ؟
ފެން ވަރައިގެން ނިކުމެ ނަދާ ފުރަތަމަވެސް ނަމާދުކޮށްލިއެވެ. ދެން އޮށޯވެލީ ބޮލުގައި ރިއްސާފައި ހުރުމުން އެ ރިހުމަށް ލުޔެއް ލިބޭތޯއެވެ. އެހެން އޮއްވާ ހުދާ އައިސް ސައި ބޯން ބުނުމުން ނަދާ ސައިބޯ ހިތް ނުވާތީ ދެކޮޅު ހެދިއެވެ. ހުދާވެސް ބާރެއް ނާޅައެވެ. އަރާމު ކޮށްލުމަށް ނަދާއަށް ވަގުތުކޮޅެއް ދީފައި ދިޔައީއެވެ.
ނިދިފައި އޮތް ނަދާއަށް ހޭލެވުނީ ނަދާގެ ނަމުން ގޮވާލި އަޑަށެވެ.
އަޔާޒްއަށް ހޭލެވުނީ ނުވައެއް ޖަހަން އުޅެނިކޮށެވެ. ހޭލެވުމުން ކަންނެތް ގޮތަކަށް މޯޅިއަކަށް ދެމިލާފައި އަޔާޒް ފޯން ނަގާ ގަޑި ބަލާލިއެވެ. ރޭގެ މަތިން ހަނދާން ވުމުން ހީލަމުން އަޔާޒް އެނދުގެ އަނެއް ފަރާތަށް ބަލާލިއެވެ. ނަދާ އެނދުގައި ނެތް ކަން އެނގުމުންވެސް އަޔާޒްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ކޮންމެ ކަމެއް ދިމާ ވިޔަސް ނަދާއަކީ ލަސް ވަންދެން ނިދަން އޮންނާނެ ކުއްޖެއް ނޫނެވެ.
އަޔާސް ތެދުވެ ހެޑްބޯޑްގައި ލެނގިލިއެވެ. މިއަދު އަޔާޒްގެ ހިތުގައިވާ ހުރިހާ އެއްޗެއް ނަދާއަށް ކިޔާދޭނެއެވެ. އަޔާޒް ނަދާ ދެކެ ލޯބި ވާ ކަމާ، ދުވަހަކުވެސް ވަކި ވާން ނޭދޭ ކަން ނަދާ ގާތު ބުނާނެއެވެ. އެހާ ތަނަށް ނަދާ ކޮށްފައިވާ ހުރިހާ ހިތާމައެއް ހަނދާން ނެތޭ ވަރަށް އަޔާޒް ނަދާއަށް ލޯބި ދޭނެއެވެ.
ވިހާވެސް އަވަހަކަށް ނަދާއާ ވާހަކަ ދައްކަން ބޭނުން ވެފައި ހުރި އަޔާޒް ފާހާނާއަށް ވަދެ ފެން ވަރައިގެން ނިކުތެވެ. ފެންނަ ހިސާބެއްގައި ނަދާ ނެތުމުން ބަދިގެ ބަލާލިއެވެ. އެތާ ނަދާ ނެތުމުން ބެލްކަންޏަށް ނިކުމެ ބަލާލި އިރު އެތާވެސް ނަދާ ނެތުމުން އަޔާޒް ކަންބޮޑު ވިއެވެ. އެ ހާދިސާގެ ފަހުން ނަދާ އެކަނި ގެއަކުން ނުނިކުމެއެވެ. ވީ އިރު މިއަދު ނަދާ އެ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟
ކޮޓަރިއަށް ވަދެ ޓީޝާޓެއް ލައިގެން ގެއިން ނިކުމެ އަޔާޒް ޖެހިގެން ހުރި އެޕާޓްމެންޓްގެ ބެލް ޖަހާލީ ފަހަރެއްގައި ރީމާމެން އައިސްގެން އެ ގެޔަށް ނަދާ ގޮސްދާނެ ކަމަށެވެ. އެ ތަނުން އެއްވެސް މީހަކު ޖަވާބު ނުދިނުމުން އެ މީހުން އަދިވެސް ވީ ރަށުން ބޭރުގައި ކަން ޔަގީން ވިއެވެ.
އަނެއްކާވެސް ގެޔަށް ވަދެފައި ނަދާ ދާނެ ތަނަކާ މެދު އަޔާޒް ވިސްނާލިއެވެ. ފަހަރެއްގައިވެސް ފިހާރައަށް ނަދާ ގޮސްދާނެއޭ ހިތަށް އަރާފައި އަޔާޒް ނިކުންނަން އުޅުނު ވަގުތު އެއްޗަކަށް ފައިން އެރުނު ހެން ހީވެގެން ބަލާލި އިރު އޮތީ ގޭ ތަޅުދަނޑިއެވެ.
އަޔާޒްއަށް ވަގުތުން ވިސްނުނެވެ. ނަދާ ދިޔައީއެވެ. އަޔާޒް ދޫކޮށްލާފައި ދިޔައީއެވެ.
ވިސްނާލަންވެސް މަޑު ކުރުމެއް ނެތި އަޔާޒް ގެއިން ނިކުމެ ސައިކަލަށް އަރާ ދުއްވާލިއެވެ. ނިހާލްމެން ގޭ ކުރިމައްޗަށް މަޑުކޮށްލާފައި އަޔާޒް އިރުކޮޅަކު ވިސްނާލިއެވެ.
އަޔާޒް ބެލް ޖަހާލުމުންވެސް ދޮރު ހުޅުވީ ނިހާލްއެވެ.
“ނަދާއަށް ގޮވާލަދީބަލަ” ނަދާ ވާނީ އެ ގޭގައި ކަމާ ކެދު އަޔާޒްގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.
“ނަދާ މި ގެޔަށް އައީ އަޔާއާ އެކީ ނޫޅެން ވެގެން. ނަދާ ބޭނުމެއް ނުވޭ އަޔާއާ ވާހަކަ ދައްކާކަށް” އަޔާޒްއަށް ޖަވާބު ދިނީ ހުދާއެވެ.
“އަހަރެން ބޭނުމޭ ނަދާއާ ވާހަކަ ދައްކަން” އަޔާޒް ބުންޏެވެ.
“އަޔާޒް، ކިހިނެއްތަ ވެގެން ތި އުޅެނީ؟ ކީއްވެތަ މިހާ ދުވަސް ވީ އިރުވެސް ޖެހިގެން ތި އުޅޭ މައްސަލައެއް ހައްލު ނުވެގެން ތި އުޅެނީ؟” ނިހާލް އެހިއެވެ.
“މި ވަގުތު އަހަރެން ބޭނުމީ ނަދާއާ ވާހަކަ ދައްކާލަން. ނިހާލް ޕްލީޒް… ނަދާއަށް ގޮވާލަދީބަލަ” އަޔާޒް ނިހާލްއާ ދިމާއަށް ބަލާލަމުން އެދުނެވެ.
“ނަދާ ވާހަކަ ދައްކަން ބޭނުން ނުވަންޏާ އަޔާޒްއަކަށް ވާހަކައެއް ނުދެއްކޭނެ” ހުދާ ހުރީ އަޔާޒްއާ މެދު ހިތްހަމަ ނުޖެހިފައިކަން ހުދާ ވާހަކަ ދެއްކި ގޮތުންވެސް އެނގެއެވެ.
“ނަދާ!” ދޮރުމަތީ ހުރި އަޔާޒް އެތެރެއަށް ވަދެ ބާރަށް ގޮވާލިއެވެ.
ހުދާ ރުޅިއައިސްފައި ހުރެ ގޮސް އަޔާޒްގެ ކުރިމައްޗަށް އެރިއެވެ.
“އަޔާ ބޭނުން ހާ ގޮތެއް ނަދާއަށް ހަދާފަ އައިސް ބޭނުން ވާ އިރަށް އޭނައެއް ނުގެންދެވޭނެ” ހުދާ ބުނެލިއެވެ.
“ނަދާ ދާން ބޭނުން ނޫނިއްޔާ އަހަރެން މަޖުބޫރެއް ނުކުރާނަން އަހަންނާ އެކީ ދާކަށް، އެކަމަކު އަހަރެން ބޭނުން ނަދާ އެހެން ބުނާ އަޑު އަހަން” އަޔާޒްވެސް ރުޅި އައެވެ.
“މި ގެޔަށް އައި ގޮތަށް ނަދާ ބުނީ އަޔާޒްއާ އެކީ އުޅޭކަށް ބޭނުމެއް ނޫނޭ. ދެން އިތުރަށް ނަދާ ކީކޭ ބުނޭތޯތަ އަޔާ ތި އުޅެނީ؟” ހުދާ އެހިއެވެ.
“ހުދާ، އިހަށް މަޑުކޮށްބަލަ…” ނިހާލް އައިސް ހުދާގެ އަތުގައި ހިފާ ދުރަށް ގެންދިޔައެވެ.
“ނަދާ…!” ދެވަނަ ފަހަރަށް އަޔާޒް ނަދާގެ ނަމުން ބާރަށް ގޮވާލިއެވެ.
އެއީ އަޔާޒްގެ އަޑު ކަން ޔަގީން ވުމާއެކު ނަދާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ނިކުތެވެ.
ތިން މީހުންގެ ނަޒަރު ގޮސް ނަދާއަށް ހުއްޓުނެވެ.
“ނަދާ ބަލާ މިއައީ، ހިނގާ ގެޔަށް ދާން” ނަދާ ފެނުމުން އަޔާޒް ބުންޏެވެ.
“ނޫން އަޔާ، އަހަރެން ބޭނުމެއް ނޫން ދެން ދާކަށް” ނަދާ ބުންޏެވެ.
“ކީއްވެ ނަދާ؟” ނަދާގެ ކުރިމަތީ ހުއްޓިފައި އަޔާޒް އަހާލިއެވެ.
“އަހަންނަކަށް ދެން އެހެންނެއް ނޫޅެވޭނެ އަޔާ. ވަރަށް ދުވަހު ކެތް ކޮށްފިން، ދެން ނުވާނެ. އަހަރެން ދޫކޮށްލަދީ އަޔާ، ޕްލީޒް” އަޔާޒްއާ ހަތަރުކަޅި ހަމަކޮށަލަމުން ނަދާ އެދުނެވެ.
“ނަދާ… އިހަށް ވާހަކަ ދައްކާލެވިދާނެއެއްނު؟ އަހަރެން ބޭނުމޭ ވާހަކަ ދައްކަން” ނަދާގެ އަތްތިލައިގައި ހިފާލަމުން އަޔާޒް ބުންޏެވެ.
އަޔާޒްގެ ފަރާތުން ތަފާތުކަމެއް އެ ވަގުތު ނަދާއަށް ފާހަގަ ކުރެވުނެވެ. އަޔާޒް ދައްކަން ބޭނުން ވެގެން އެ އުޅެނީ މުހިންމު ވާހަކައެއް ކަމުގައި ނަދާގެ ހިތް ބުންޏެވެ.
“ނަދާ އެ ބުނަނީއެއްނު ދެން އަޔާއާ އެކީއެއް ނޫޅެވޭނެޔޭ؟” އެ ވަގުތު ހުދާގެ އަޑަށް ނަދާއާ އަޔާޒްވެސް ސިހިފައި ބަލާލިއެވެ.
“އަހަރެން ބޭނުމެއް ނޫން…” އަޔާޒްގެ އަތުތެރޭން އަތް ދަމައިގަންނަމުން ނަދާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އަޔާޒްވެސް ނަދާގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް ނިހާލް އައިސް އަޔާޒްގެ އަތުގައި ހިފެހެއްޓިއެވެ.
“ނަދާ އެހާ ވަރަށް ބުނާ އިރުވެސް އަޔާ ކީއްވެތަ ނަދާ ދޫކޮށްނުލާން ތި އުޅެނީ؟ ވެގެން އުޅޭ ގޮތެއް ބުނެބަލަ!” ނިހާލް ބުންޏެވެ.
އަޔާޒް ދެ އަތުން މޫނު ނިވާ ކޮށްލަމުން އަނެއް ފަރާތަށް އެނބުރުނެވެ. އެ މަންޒަރު ބަލަން ހުރެފައި ހުދާ ގޮސް ނަދާގެ ފަހަތުން ވަނެވެ.
“ނަދާ، ކިހިނެއްތަ ވީ؟ އަޔާ ކީއްކުރީތަ؟” އެނދުގައި އޮށޯވެގެން ރޯން އޮތް ނަދާގެ ބުރަކަށީގައި ފިރުމާލަމުން ހުދާ އެހިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.








Hi all, v masahkathun mibai upload mi kohlevuny, thankolheh dhigu ves vaane mi bai, hope u all like this, n v sorry for being late. Kiyaalaafa comment kollahchey. Heevany dhen innaany fahu bai hen. E bai Wednesday ga genesdheynan Insha Allah.
Vaahaka reethi. Ekam hithah Arany nadhaa kurimathy hurihaakameh hingi iru kehkohgen hurefa, ehkolhun phone in dhehki vaahaka ivumun ithuru visnumeh nugenes, gein nikumegen dhaahaa nadhaa gamaaruvy baaey! Adhi emyhun medhuga gulhumeh hingaa, nadhaa ehaa loabivaairu????
Varah reethi mi part ❤️❤️❤️
Waiting for the next part dear
Beykaaru haasaru dhamaafa…saabas…
Kiyaa hiyy kendihje mi vaahaka
Varah reethi
Varah reethi mi part ves…. Siss meekko kee iru heevee varah kuru hen but siss bunefa ehbai mi part diguvaane kamah… Cant wait for next part:)
V Reethi Mi part vs… V dhera vey Mi vaahaka nimeythee
Foohi mi Nadhaa eh ulhey vahtharu.
Wawawa! Vvvvvv salhi ingey.. ???Ekam nadhaa, ayaa dhemeehun vakinukurachchey plx????❤️???v reethi.. Next part avas kohlla kiyaahithun keimadhuvefa??❤️??????????❤️?
Haadha avahakah nimunee…. but story hama habeys love it
Hope nadhaa and ayaaz will be toghether again…. waiting for next part… and a best of luck….????????????????????????????????????????????????????????????????
V reethi.v wait kurevey. While reading this story I miss my husband.i have been waiting for his love since I get married to him. Hope one day he realise hw much I love him
Awwwn.. don’t worry too much they will realise…just give them some time and give as much as love as u can.. every thing will be on a right track.. just wait ok❤❤❤❤❤❤????????
Mihaaru mivaahaka kiyahihkendijje. 1week fahun mipart ves miaee.
V v rythi mi bai.sis dhn ehaa las nukoh upkohdhehchey..waiting????
Wow hama habeys as alwys … ??? curiously waiting for the next part ???
Vara reethi mi part ves
Adhinuvey ninmaaka
Haadha reehchey mivaahaka. ❤️❤️ Love your works Marsha?
Kon irakun 27 up vaane?
Kobaa miadhuge part?