Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 32

Belle Level 310 Stories100 Comments100 Login500 Login
August 25, 2019 5 Mins Read
26 Comments

 

ކޮޓަރީގެ ދޮރުގައި ރަނގަބީލު ވާއަޑު އިވިގެން ދެލޯ ހުޅުވާލުންވީ ލިވީއަށް އުނދަގޫ ކަމަކަށެވެ. އޭރު ކުޑަދޮރުން ހަމަ ރީތިކޮށް އިރުގެ އަލިއެޅިފައިވަނީ އޭނަގެ މޫނަށެވެ. ފޯނު ބަލާލަމުން ދެލޯ ބޮޑުކޮށްލެވުނީ ގަޑިން ހެނދުނު އެގާރަ ޖަހާފައި އޮއްވާ ފެނިގެނެވެ. ރޭގަ އެހާ ލަހުން ނިދުމުން ހޭލެވުނީ އެހާވެސް ލަހުންނެވެ. އަތުން ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލަމުން ދޮރާދިމާއަށް ހިނގައިގަތީ ރޫމްބޯއީސް ސާފުކުރަން އައީ ކަމަށް ހިތައެވެ. އާފުރެމުން ދޮރު ހުޅުވާލިއިރު އަނގަމަތީ އަތް އަޅާލެވުނީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ދެން އޭނަ ލައިގެން ހުރިއެއްޗިއްސައް ނަޒަރު ހިންގާލެވުނެވެ. އެކަމަކު ހައިރާންކަން އިތުރުވިއެވެ.

 

” ހައު….ހައު ކޭން ޔޫ…” ލިވީއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ.

 

” އެތެރެއަށް ވަންނަންތަ؟ ” ސައިފުގެ އާދޭހުގެ ސަބަބުން ލިވީއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. ތަންކޮޅެއްބޮޑަށް ދޮރުހުޅުވާލުމުން ޝިފާ އައި އަދި އެއުމުރުގެ އަންހެން ކުއްޖަކު ފެނުނެވެ. ލޯބޮޑުވިނަމަވެސް ހިތް ހަމަޔަކަށް އަޅުވާލަމުން ތަންދެއްކިއެވެ. މިއަދު ނޫނީ މާދަމާ ކުރިމަތިލާން ޖެހޭނެ ކަމެއްކަން އޭނައަށް އިނގެއެވެ.

 

ސައިފު އޭނައާއި މެދު ދެކިދާނެ ގޮތަކާއިމެދު ކަންބޮޑުވިއެވެ. އެތައްދުވަހަކަށްފަހު އޭނަ ކުޑަކޮށްވެސް ވާހަކަ ދެއްކި މީހަކީ ސައިފް އެވެ. ސައިފުގެ ހިތުގައި ކުޑަނަމަވެސް ހިތްހަމަ ނުޖެހުމެއް ބާއްވާކަށް އޭނަ ބޭނުމެއް ނޫނެވެ. ދޮރުލައްޕާލަމުން ބެލްކަނިން އިށީންނާނެތަން ދެއްކިއެވެ. ހަތަރުމީހަކަށް ރީތިކޮށް އިށިންދެވެން ހުރި ރީތި ބެލްކަންޏެކެވެ. އޭނަ ތައްޔާރުވެލައިގެން އަންނާނެ ކަމަށްބުނަމުން ހިނގައިގަތެވެ.

 

” ވަރަށް ހިތްހަމަ ޖެހޭ މާހައުލެއް ދޯ ޝިފް ” ޝިފާގެ ޙިޔާލުތައް ދުރުކުރުމަށް ސައިފް އާއި ނަތާ ވާހަކަ ދައްކަން ފެށިއެވެ. އޭނަގެ އެކުވެރިޔާއަށް ކުޑަވެސް ދެރައެއް ލިބޭކަށް ނަތާ ބޭނުމެއް ނުވެއެވެ. ސައިފުގެ ޙިޔާލު ހުންނާނެ ގޮތެއް ނަތާއަކަށް ނޭނގެއެވެ. އެހާ ދުވަހުން ލޯބިވާ ކުއްޖާގެ އާބަހެއް ލިބުނުއިރު މިވަނީ އޭނަގެ ހިތައް ކުޅަދާނަ ނުވާވަރުގެ ހިތާމައެއް ލިބިފައެވެ. އޭނަ ހުންނާނީ ކާކުގެ ކޮޅަކަށްކަމެއް ބުނެދޭކަށް އެކަކަށް ވެސް ނޭނގޭ ކަހަލައެވެ.

 

ދެމީހުންނާ ދިމާއަށް ބަލާލަމުން ޝިފާ ވެސް ހިނިތުންވެލީ ހިތުގައި މަލަން އަޅަމުންނެވެ. އޭނާއެކޭ އެއްފަދައިން އެއަންހެން ކުއްޖާވެސް ހިތާމަކުރާނެކަން އޭނައަށް އިނގެއެވެ. ހިތާމައިގެ ތަސްވީރެއް ފަދައެވެ. އެއްބަސް ނުވިއަސް އެއީ ހަމަ ލިވީކަން އޭނާއަށް ޔަގީނެވެ. ދިމާވި ހިތާމަވެރި ހާދިސާތަކުން އެހަނދާންތަކުން ދުރުވާން މަސައްކަތް ކުރަނީއެވެ. އެތައް ސުވާލުތަކެއް އޭނަގެ ހިތުގައި ފުނިޖެހިފައި ވެއެވެ. ހަޤީގަތުގައި ލިވީ އަށް ވީކިހިނެއްކަން ބަލަން އޭނަ ނުލާހިކު ބޭނުންވެއެވެ. އިޒަބެލް ދެއްކި ޑޮކިއުމެންޓުތަކުގައި ލިވީ ދުނިޔޭގައި ހުއްޓާ، މަރުވެފައި ވާކަމަށް ވަނީ ކީއްވެކަމެވެ؟ އީމާގެ ނަމަށް ނަން ބަދަލުކުރި ސަބަބެވެ؟ އެހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދުމަށް އޭނާގެ ކެއްތެރިކަން ކޮޅުންލާވަރުވެއެވެ. ނަފްސު އެކަމަށް ތައްޔާރު ކުރަނީ އެ ވާހަކަ ތަކަކީ އަޑުއަހަން ފަސޭހަ ވާހަކަ ތަކަކަށް ނުވާނެކަން އެނގިހުރެއެވެ.

 

އެމީހުން ދޫކޮށް ލިވީ ކާރުގައި ދިޔަފަހުން އޭނަ ހުރިހާ ސުވާލެއް އަމާޒުކުރީ ސައިފު އާއެވެ. ސައިފުވެސް ހުރީ ހައިރާންވެ ކަންބޮޑުވެފައެވެ. އީމާ އާއި ދިމާއަށް ޝިފާ ލިވީ އޭ ކިޔުމުން ، ހިތްހަމަ ނުޖެހިގެން އީމާ އުޅުނުކަން ވަރަށް ސާފެވެ. ރޭގެ ވަގުތެއްގައި ޒައިކު އެމެރިކާއަށް ދާން ފުރުމުން ޝިފާވެސް ނަތާކައިރިއަށް ހޮޓެލް އަށް ބަދަލުވީއެވެ. އަދި ސައިފު ކައިރިން އޮޅުން ފިލުވައިގެން ލިވީ ހޯދުމަށް މި ހޮޓެލް އަށް އައީ، ލިވީ އޭނަ ހުންނާނެ ހޮޓެލްގެ މައުލޫމާތު ކުރިން ސައިފު ކައިރީ ބުނެފައި ވުމުންނެވެ. ސައިފުއަށް އީމާގެ ކުރީގެ އެއްވެސް ޕާސްޓެއް ނޭނގެއޭ ބުނެލީ ޝިފާ އެދައްކާ ވާހަކަ ގަބޫލުނުކުރެވިގެންނެވެ. ޝިފާ ހީކުރާގޮތައް މިކަންތައް ގޮއްސިނަމަ ޒައިކުއަށް އޭނާ މިހުރިހާ ވާހަކައެއް ކިޔައިދޭނީ ކޮން ދުލަކުން ބާއެވެ.

 

އެއްމެންގެ ނަޒަރު ހުއްޓުނީ ރީތިވެލައިގެން ނުކުއް ލިވީ ފެނިފައެވެ. އެދިގު ރަންއިސްތަށި ގަނޑު އޮތީ ކުޑަ ދަތިކޮޅަކުން ހިފަހައްޓާލުމަށްފަހު ފަހަތައް ދޫކޮށްލާފައެވެ. އައިސްބުލޫ ޖިންސަކާއެކު، ކަޅުކުލައިގެ ޓޮޕްކޮޅެއްގައި ހުރިއިރު އެފުރިހަމަކަން އެތައްގުނައެއް އިތުރުވިއެވެ. އެއްވެސް މޭކަޕެއް ނެއްއިރުވެސް ރީތިކަން ފަނޑުނުވެއެވެ. ސައިފުގެ މޫނުމަތި ވަނީ ދިއްލިފައެވެ. އެކަމަކު ލިވީގެ ލޯކައިރި ދުޅަވެފައި ވާކަން އެންމެނަށް ފާހަގަވިއެވެ. އެ ރީތި މޫނު ރަތްވެފައި ވަނީ ގިނައިރު ރުއިމުގެ ސަބަބުންކަން ޝިފާއަކަށް ނޯޅެއެވެ. ހިތުގައި ރިހުމެއް އެކުލެވުނީ ޒައިކު ދެކެ އެއަންހެން ކުއްޖާ ލޯބިވާވަރަށް ގާތައްވެސް އޭނާއަށް ލޯބި ވެވިފައި ނެތިދާނެތީއެވެ.

 

” ލުކް، ޕްލީޒް، ލީވް މީ އެލޯން، އެއްވެސް މީހަކާ ވާހަކަ ދެއްކުމުގެ މޫޑެއް ނެތް ” އެއްވެސް އަސަރެއް ނެތް ގޮތަކަށް ވާހަކަ ދައްކަމުން ޖެހިގެން ހުރިތަނުގައި އިށީންދެލިއެވެ.

 

” ހަމައެކަނި ވާހަކަ ދައްކާލަން ބޭނުމީ ލިވީ ” ހިތްވަރު ކޮށްލުމަށްފަހު ޝިފާ ވެސް އިސްއުފުލާލައި އެއަންހެން ކުއްޖާއާއި ލޯ ސީދަކޮށްލިއެވެ.

 

” އައި ޑޯންޓް. ލިވީ ވީ ހާރޓް އެޓޭކެއް ޖެހި މަރުވެފަ. މިތާ އެންމެން ކުރިމަތީ މިހުރީ އީމާ ”

 

” ލިވީ ހީކުރީ ތިހެންބުނީމަ އަހަރެމެން ގަބޫލު ކުރާނެކަމަށްތަ؟ ޔޫ ނީޑް ޓު އެކްސްޕްލެއިން އޯލް ދިސް ތިންގްސް ޓު އަސް. އައި ހޭވް ނޯ އައިޑިއާ ވަޓް ދަ ހެލް އިޒް ގޮއިން އޮން. އަހަންނަށް ކޮންމެހެންވެސް ހަގީގަތް އެނގުން މުހިންމު  ” ހުރިހާ އިހުސާސެއް ރުޅީގެ ސިފައިގައި ޝިފާއަށް ބޭރުކުރެވުނެވެ. އެހުރިހާ ކަމެއް އެނގިހުރެ ލިވީ އެކަމާ ދެކޮޅު ހަދާތީ އެކަން ބަލައިގަންނަން އުނދަގޫ ވީއެވެ. އޭރުވެސް ސައިފު ހުރީ ޝިފާ ދައްކާ ވާހަކަ އިން ހިތްހަމަ ނުޖެހިފައެވެ. އޭނައަށް އެވަރުގެ ބޮޑުކަމެއް އީމާ އޮޅުވާލާފާނެހެން ހިނުވަނީއެވެ. އެހިތުގައި އެއަންހެން ކުއްޖާއަށް ދެވިފައިވާ މަގާމަށް އުނިކަމެއް އަންނާކަށް ބޭނުމެއް ނޫނެވެ.

 

އެންމެނާ ދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ލިވީ ތެދުވިއެވެ. އަދި ދެތިން ފިޔަވަޅު އެޅުމަށްފަހު، ރެއިލިންގަ އަތް އަޅުވާލުމަށްފަހު ފުރަގަސް ދިނެވެ. ތެދު ހާމަ ކުރުމަކީ އުނދަގޫ ކަމެއްކަން އޭނގެން ވެސް އެނގުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަނެއްކާވެސް ހަމަ ކުރިން ހުރި ތަނުގައި އިށީންނިއެވެ. ދެން ސައިފުއާ ދިމާއަށް ބަލާލި އިރު އެދެ ލޮލުން ކުއްވެރިކަމުގެ އިހުސާސް، ހިތާމައިގެ ކުލައަށް ބަދަލުވިތަން ޝިފާ ނަގައިގަތެވެ. މިއީ ހަގީގަތަކަށް ނުވުމަށް އޭނަވެސް ހިތުގެ އަޑިން ދުޢާ ކުރެއެވެ. އޭނަގެ އުފާވެރި ދިރިއުޅުން އަނެއްކާވެސް، ޒައިކުގެ ލޯބިން މަޙުރޫމް ވާކަށް ނޭދެވެއެވެ. އަމުދުން ޒައިކު މިހާރު އޭނައަށް އެންމެ ފުރިހަމަ ރައްކާތެރިކަމާއި، ލޯބި ދޭންފެށި ފަހުންނެވެ.

 

” އެބަ އަންނަން ކޮފީއަށް އޯޑަރ ކޮއްފަ. ފްރެޝް ވެލަން ބޭނުން ނަމަ އެހުރީ އެދިމާއިން ރޫމްއިން ވަދެވެން ފާޙާނާއަށް. އޭގެ ފަހުން މިކަމާ ވާހަކަ ދައްކާނީ ” ދެން އިތުރަށް އެކައްޗެއްވެސް ނުބުނެ ތެދުވެގެން ލިވީ އެތެރެއަށް ވަދެގެން ދިޔައެވެ.

 

ޝިފާއާ ދިމާއަށް ދެމީހުން ބަލާލުމުން ފެންނަކަމަށްވެސް ހަދާނުލައި ފާޙާނާއަށް ވަދެލާފައި އެބަ އަންނަން ކަމަށް ބުނެ ހިނގައިގަތެވެ. ފާޙާނާއިން ނުކުމެ ލޯގަނޑު ކައިރިއަށް ހުއްޓުނީ ލިވީ ދައްކަން އުޅޭ ވާހަކަ އަށް ތައްޔާރުވުމުގެ ގޮތުން އަމިއްލަ ނަފްސައް ޔަގީންކަން ދިނުމަށެވެ. ނުކުންނަން ހިނގައިގަންތަނާ ހުއްޓުން އެރީ ފެނުނު އެއްޗެއްގެ ސަބަބުންނެވެ.

 

އެއީ ހަމަ ޒައިކުގެ ފޮޓޮއެކެވެ. ރީތި ފޮޓޯ ފްރޭމް އަކަށް ލައިފާ ހުރިއިރު، އެންމެ ޒުވާން ދުވަސްވަރުގެ ރީތި ފޮޓޮއެކެވެ. މިހާރަށްވުރެ ވަކި ބަލާބެލުމަށް މާބޮޑު ތަފާތުކަމެއް ނެތްނަމަވެސް އެދެލޮލުން ތަފާތު ކުލައެއް ފެނުނެވެ. އުފާވެރިކަމާއި، އުންމީދުގެ ގަދަ ވިދުމެވެ. އޭނައާއި ކައިވެނިކޮށްގެން މިވީ ދުވަސްތަކުގައި ދުވަހަކުވެސް އެދެލޮލުން ފެންނަން އެހުރި ކުލައެއް ނުފެނެއެވެ.

 

އޭރުއްސުރެ ލިވީ ޒައިކުގެ ފޮޓޯ ގެންގުޅެނީއެވެ. ކިތަންމެ ފޮރުވަން އުޅުނަސް އެހަގީގަތް އޭނާއަކަށް އޮޅުވައެއް ނުލެވޭނެއެވެ. އޭގެ މާނައަކީ އަދިވެސް ޒައިކު މަތިން ކުޑަކޮށްވެސް ލިވީ ހަނދާން ނައްތާނުލާކަމެވެ. އެހިތުގައި ފަނޑުވުމެއްނެތި ލޯބި ފޮރުވިފައި ވާކަމެވެ. އެހަގީގަތާ ފިލުމަށް ނަން ބަދަލުކޮށްގެން އުޅުނަސް ، އަބަދަކު ހަގީގަތް ފޮރުވިފައި ނޯންނާނެ ކަމީ ލިވީއަށް ނޭނގުނު ކަމެކެވެ. ކޮޓަރިން ނުކުމެ ސައިފުމެން ކައިރިއަށް ދެވުނުއިރު ކޮންމެ މީހަކުވެސް ކޮފީތައްޓެއް ހިފައިގެން ހުއްޓެވެ. އޭނަ ދިއުމުން ލިވީ އޭނައަށް ކޮފީއެއް ދިއްކޮށްލިއެވެ.

 

” ކީއްވެ މަރުވެފައި ވާކަމަށް ސެޓްފިކެޓުގައި ލިޔެފައި، ނަން ބަދަލުކޮށްގެން ހަގީގަތާ ފިލަނީ ” ވާހަކަ ގިނަނުކޮށް ޝިފާ ސީދާ މައުލޫއަށް ދިޔައެވެ. އޭރު ލިވީ ގެ ލޮލުގެ ނަޒަރު ތިރީގައިވީ މާބުލް ތަކަށް ނަޒަރު ހުސްވެއްޖެއެވެ. ފުން ނޭވާއެއް ލީކަން އެނގުނެވެ.

 

” އައި ނެވާ ފޭކް މައި ޑެތް. އެއީ އަހަންނަށްވެސް ނޭނގި އިޒަބެލް ފޭކް ފޯމްއެއް ހަދާފަ. ރޭގަ އިޒަބެލް އަށް ގުޅީމަ އޭނަ ބުނީ އެދުވަހު ޔަމާންމެން މީޓް ކުރަން ދިޔައީމަ އޮޅުވާލަންވެގެން ފޭކް ފޯމެއް ދެއްކިއްޔޭ ” އެންމެން ގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ގަބޫލުނުކުރެވިގެން ބަލާހެން ޝިފާވެސް ބަލާލިއެވެ.

 

” އައި ވޯސް ސަފަރިން ފްރޮމް ލޮސް އޮފް ސަމްވަން، ސްޓިލް…..” ލިވީގެ ވާހަކަ ފުރިހަމަ ވުމުގެ ކުރިން އެކަން އެނގޭކަމަށް ޝިފާ ބުނެލިއެވެ. އިޒަބެލްގެ ފަރާތުންކަން ލިވީއަށް އެނގުނެވެ.

 

” ދެން ދަރިފުޅު ކޮބާ، އެވެސް ފޭކް ފޯމެއް ދޯ؟ ” އަނެއްކާ ޝިފާ ދެއްކި ވާހަކައިން ލިވީގެ ކަރުނަތައް ކޮންޓުރޯލުކުރަން އުނދަގޫ ވިއެވެ. އޭނަގެ ހިތުގެ އެތިކޮޅުތައް ކަމުގައިވީ ދަރިފުޅާ ބެހޭގޮތުން މީހަކު ނުރުހުން ފާޅުކުރުމުން ހިތައް ކެއްނުވީއެވެ. އެހިތުގައި އަދިއަދަށްވެސް ދަރިފުޅުގެ ހަނދާންތައް އާވެއާވެ ހުރެއެވެ.

 

” ނޫން، އަހަރެންގެ ކުޑަ ދަރިފުޅު މިދުނިޔެއަކު ނެއް، އެދަރިފުޅުހުރިނަމަ އަހަރެންގެ ދިރިއުޅުން އެހާ އެކަނިވެރިއެއް ނުވާނެ. ދިރިއުޅުމަށް ކުޑަނަމަވެސް އުންމީދެއް އޮތީސް. ދިރިއުޅުމަށް ދިމާވި ހުރިހާ ހިތްދަތި ކަމަކުން ، ދިރިއުޅުންމަތިން ފޫހިވެއްޖެ، ޒާކިން….އާހް..އެދަރިފުޅު ހުރިނަމަ ކިހާ އުފާވެރިވީސް. އެހުރިހާ ކަމެއް ވުމުން ވަރަށް ޑިޕްރެޝަން އަށް ދިޔަ. އެއްވެސް މީހަކާ ވާހަކައެއް ނުދައްކަން. ދެން އިޒަބެލްގެ އެދުމުގެ މަތިން ރަޝިއާ ހޮސްޕިޓަލް އަކުން ނާރސިންގ ޖޮބް ހޯދީ. އަދިވެސް މިއުޅެނީ އެ ޖޮބްގަ، ވަރަށް އުފާވޭ ކުޑަކުދިންނަށް އެހީތެރިވެދެވޭތީ، ނަންވެސް ބަދަލުކުރީ އީމާ އަށް، ރެޖިސްޓުރީ ނުކުރިއަސް ” ހުރިހާ ހަގީގަތެއް އެންމެންނަށް ކިޔައިދިނެވެ. ހިތްދަތި ކަމާއެކުއެވެ.

 

” ވައި ޑިޑް ޔޫ ނެވަރ ކޮންޓެކްޓް ޒައިކު ؟ ” ލިވީ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ޝިފާހުރީ މޭތެޅޭ ހާލުގައެވެ.

 

” އަހަންނަށްޓަކައި އެކަކުވެސް ނެތް. ޒައިކު އަހަރެންދެކެ އިންތިހާއަށް ރުޅިއަންނާނެ ކަންތައް ވީގޮތް އެނގުމުން. އެހެންވީމަ އަދި ދަރިއަކު ލިބުނުކަން އަންގަން ގުޅާކަށް ނުކެރޭނެ. އަނެއްކާ ޒައިކުގެ ފެމިލީ އެންމެން ރުޅި އިތުރުވާނީ. ކޮންމެ ގޮތެއްވިއަސް އޭނަގެ އާންޓު އަހަންނަށް ކިޔަވައިދީ ކޮލެޖު ނިންމާލަދިނީ، އެކަމަށް ޝުކުރު ކުރަން. ހަމައެކަނި އާންޓުގެ މައްސަލައެއް ނޫންދޯ އެ، އަހަރެންވެސް އެކަމަށް އެއްބަސްވީމަ އެހެންވީ ” ލިވީގެ އަޑު ނުކުތީ އުނދަގުލުންނެވެ. ކުރެވުނު ކަންތަކުން މުޅި ކުއްޖާ އަދިވެސް ލަދު ނުފިލާ ކަހަލައެވެ.

 

ސައިފުވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝިފާ ދެއްކީ ތެދު ވާހަކަތަކެއްކަމަށް މިހާރު ގަބޫލުކުރެވިއްޖެއެވެ. ލިވީ އާ ދިމާއަށް ޝިފާއަށް ބަލާލެވުނެވެ. މިއަންހެން ކުއްޖާ އެކަނިމާއެކަނި ހާދަ ވޭނެއް ތަހައްމަލު ކޮއްފިއެވެ. ދިރިއުޅުމުގައި ހުރިހާ އެއްޗެއް ގެއްލިއްޖެއެވެ. ވާންއުޅުނު ފިރިމީހާ، ދަރިފުޅު، މައިންބަފައިން، ގެދޮރު މިހެން ގޮސް ހުރިހާ އެއްޗެކެވެ.

 

” އެއްވެސް މީހަކު ލިވީ ދެކެ ރުޅިއެއްނާދޭ، ޒައިކު އަށް އެނގޭ ލިވީ އާ އޭނަގެ އާންޓު އާ މެދު ހިނގައި ދިޔަ ކަންތައް ” ސީދާ ލިވީގެ ދެލޮލަށް ބަލަން ހުރެ ޝިފާ ބުނެލިއެވެ.

 

” ވަޓް، ހައު ” ޙައިރާން ވުމާއެކު ލިވީ ދެލޯ ބޮޑުކޮށްލިއެވެ.

 

” އިޓްސް އަ ލޯންގު ސްޓޯރީ، ފަހުން ކިޔައިދޭނަން، މިހާރު އެންމެ އަވަހައް ޒައިކު ކައިރިއަށް ދާންވީ ، އޭނަ ވަރަށް އެކަނިވެރި ލިވީ ނެތީމަ. އަހަންނަށް ހުރެވެނީކީ ނޫން ޒައިކުއަށް ލިވީ ފެނުނީމަ ވާގޮތް ބަލަން ” ހިނިތުން ވުމަކާއެކު ޝިފާ ވާހަކަ ދެއްކިއެވެ.

 

” ނޯ ” ތެދުވުމަށްފަހު ލިވީ ކުޑަކޮށް ހަޅެއްލަވައިގަތެވެ.

 

” ނޯ ؟ ” ސުވާލު އުފެދިފައި ހުރެ ޝިފާވެސް ބަލާލިއެވެ.

 

” ޒައިކު ކައިރީ ބުނެގެން ނުވާނެ އަހަރެން ހުރި ތަނެއް، ދުނިޔޭގަ ހުރިކަމެއްވެސް، އަހަރެން ނުދާނަން އެކަކާއެކުވެސް ” ލިވީގެ ބަހާއެކު އެކަކު އަނެކަކު ބަލާލިއެވެ.

 

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

11 އޮޖަސްޓް 2019

Next

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 10

Next
August 25, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 10

Previews
August 25, 2019

11 އޮޖަސްޓް 2019

26 Comments!

  1. nanaa says:
    August 25, 2019 at 11:12 am

    me firs t thr???? vvvv ufaavejje mibai kiyaalan libuneema?? vvvvvv reethi mibaives??❤️???

    1. Belle says:
      August 25, 2019 at 12:12 pm

      thanks nanaa

  2. Malsa says:
    August 25, 2019 at 11:59 am

    Varah reethi mi part vx❤❤???…dhen kondhuhukun next part up kurany?

    1. Belle says:
      August 25, 2019 at 12:12 pm

      thanks Masla, miadhu noony maadhan up kohlaanana

  3. Belle says:
    August 25, 2019 at 12:11 pm

    hey everyone varah bodah sorry ingey mi dhe hafthaagai story ugenesdhevunyma, eid bandhuga leptopga ahlaane vaguthunuvi, dhen ai week ga v balivegen ulhuny, ehenve, miadhu kiriyaa rangalhuvelyma mi up kohlee, next part anekkaa miadhu noony maadhan up kohlaanan

  4. Ibsha says:
    August 25, 2019 at 12:12 pm

    Varah reethi

    1. Belle says:
      August 25, 2019 at 12:13 pm

      thanks Ibsha

  5. Meekkomee says:
    August 25, 2019 at 12:31 pm

    varah reethi 🙂 ingyy whn is next part???

    1. Belle says:
      August 25, 2019 at 12:42 pm

      Thanks Meekkomee

  6. Shahu says:
    August 25, 2019 at 12:54 pm

    Woooooww varah salhi ? ? ? ? mi part ves. But short. Ly belle. When next part….

    1. Belle says:
      August 27, 2019 at 9:32 pm

      Thanks Shahu

  7. Naaisha says:
    August 25, 2019 at 12:59 pm

    Nimentha e aulheny??

    1. Belle says:
      August 27, 2019 at 9:31 pm

      noon, Naaisha

  8. IsHa says:
    August 25, 2019 at 1:24 pm

    wow belle sisoooooo…???? hama habeys…??? i love it so so so ❤❤❤❤ cant wait ➡➡➡➡➡

  9. student says:
    August 25, 2019 at 2:01 pm

    are you a school student

    1. Belle says:
      August 27, 2019 at 9:31 pm

      Thihen vess bunevidhaane, kiyevumaky nimeh neh kameh viyya dho, hehe thanks

  10. A aaR says:
    August 25, 2019 at 2:14 pm

    wow!!

  11. Girl says:
    August 25, 2019 at 9:33 pm

    V salhi ♥️

    1. Belle says:
      August 27, 2019 at 9:30 pm

      Thanks Girl

  12. Lol says:
    August 25, 2019 at 11:40 pm

    Why are you doing that to shifa and zaik v foohi vehjje mi vaahaka kiyan lol

    1. Belle says:
      August 27, 2019 at 9:30 pm

      Thanks Lol

  13. Mary says:
    August 26, 2019 at 9:24 am

    V reethi mi bai vex… Next part avas kohlla?❤️❤️

    1. Belle says:
      August 27, 2019 at 9:29 pm

      Thanks Mary

  14. Bubbles says:
    August 26, 2019 at 10:18 pm

    Miadhu vaahaka up Kohla dheynan tha

    1. Belle says:
      August 27, 2019 at 9:29 pm

      sorry Bubbles, tuesday day night ge 9:30 ga hama mi up kohlee 33 vaha part. v bsy koh ulhen jehunyma nuvy. neyvaa ehvess nulaa miulheny hehe.

  15. IsHa says:
    August 27, 2019 at 10:00 am

    woah

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 33←


All Right Reserved!