މިއުޒިކަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައެވެ.އެހެންކަމުން ގްރޭޑް 10 ގައި އުޅުނު އިރުވެސް ކިޔެވުމަށް ވުރެ ބޮޑަށް ސަމާލުކަންދެވުނީ މިއުޒިކަށެވެ. ސްކޫލު ކުދިންގެ ލަވަމުބާރާތްތަކުގައި އަހަންނަށް ވުރެ ގިނައިން ބައިވެރިވި އެއްވެސް ކުއްޖަކު ނޫޅޭނެއެވެ. ސްކޫލް އިން ހުއްދަނަގައިގެން ރަށުގައި ބާއްވާ ހުރިހާ ޝޯތަކެއްގައި ލަވަ ކިޔަމުން ދިޔައީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައެވެ.ނަމަވެސް މިއަދު އަހަރެންގެ ހުރިހާ އުއްމީދެއް ފެނަވެއްވެއްޖެއެވެ..ލަވަކިޔުންތެރިއަކަށް ވުމަކީ ހަމައެކަނި ކުލައެއްނެތް ހުވަފެނަކަށް ވެއްޖެއެވެ. އެއީ މީގެ 5 އަހަރުކުރިއެވެ. އޭރު އަހަންނަށް […]
ސުލްތާން ބޯ ގޮވާނީ ދެން މިވަރަކަށެވެ. ހުރިހާ ކަމެއް ވެސް އައިސް ޖެހޭނީ އަހަރެންގެ ބޮލަށެވެ. ވާނީވެސް ދެން އެހެނެއް ނޫން ހެއްޔެވެ؟ މިއޮފީހުގައި އެއްޗެއް އިނގޭ މީހަކަށް ހުންނާނީ އަހަރެން އެކަންޏެވެ. ރުޅިގަނޑު މައިތިރި ކުރަމުން އަހަރެން ވާހަކަ ދައްކަމުން ދިޔައީ އިއްޔެ ގުދަނުން ޑެލިވަރ ކުރި އެއްޗެހީގެ ޕޭމަންޓު އަދިވެސް ނުލިބޭތީއެވެ. ބަވާ އަޅާލީމާ ނޫނީ މިއިން މީހަކަށް ކިޔާ އެއްޗެއް ނޭނގޭނެއެވެ. ކަމުގެ ސީރިޔަސްކަން ނޭނގޭނެއެވެ. “ކަލޭ މަބުނާ ގޮތް ހަދާބަލަ ބޭކާރު […]
މަޔާންގެ ވާހަކައިގެ މެދުތެރެއިން މާލަމުގެ ދޮރުހުޅުވިގެންދިޔުމާއިއެކު ކަނުލާ އަޑުއަހަން ތިބި އެންމެންގެ ނަޒަރު އެދިމާލަށް ދަތުރުކުރިއެވެ. ޖެހިލުންވެ ކުރިއަށް ފިޔަވަޅުއަޅަމުން އައި އަންހެންކުއްޖާގެ މޫނު އެންމެންގެ ނަޒަރުގެ އަމާޒު ފަތްގަނޑަކަށްވިއެވެ. ހައިޒަލްއަށްވެސް ފަސްއެނބުރިބަލާލެވުނުއިރު އޭނައާއި އަރާހަމަވި އަންހެންކުއްޖާ ފެނި މޫނުމަތީގައިވީ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ހަށިގަނޑުގައި ފިނިކަމެއް ދުވެލިއެވެ. ފިޔަވަޅުތައް ފާހަގަވާހާ ލަސްލަހުން ޝާދީން ކުރިއަށް ފިޔަވަޅުތައް ނަގަމުންދިޔައިރު ބޮޑުކޮށްލެވިފައިވާ ދެލޯ އަމާޒުކުރެވިފައިވަނީ ކުށްވެެރިންގެ ޖާގައިގައި އިން އަލްހާންގެ މޫނަށެވެ. އެލޮލުގެ ތެރޭގައި ކަރުނަތައް ހަނގުރާމަކުރަމުންދިޔައިރު އެލޯ […]
މިގަޑީގައި އައީ ކާކުބާވައޭ، އަހަރެންގެ ހިތަށް އެރިއެވެ. ގޭގެ ހުރިހާ ފިރިހެންވެރިންވީ އޮފީހުގައެވެ. ދޮންބެދައްތަވީ ރީމާ ގޮވައިގެން، އެމީހުންގެ ތިމާގެ މީހެއްގެ ގެއަށް ގޮހެވެ. މަންމަ ބަލިވެ އުޅޭތީ މިއަދަކު، މަންމައެއް މިބަޔަކަށް ނާންނާނެކަން އަހަންނަށް އެނގެއެވެ. އެހެން ނޫނަސް، އަހަރެން މި އައީވެސް، މަންމަ ނިދަން އޮށޯތުމުންނެވެ. ސުވާލުތަކެއްގެ ތެރޭގައިހުރެ، ދޮރު ހުޅުވާލިއިރު، ފެނުނު މީހެއްގެ ސަބަބުން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ********************** “ޝަބާ…” މަޑުމައިތިރިކަމާއެކު އަހަރެންގެ ނަމުން ގޮވާލި އަޑު އިވުމުން، އަހަންނަށް […]
*ނޯޓް: އީނާޝް ، ކައިޒީން އަދި ނަބާހު އަކީ އެއް އުމުރެއްގެ ތިން ކުދިން. އެކަމު ފުރަތަމަ ބައިގައި އިންނާނެ ލިޔެފައި އީނާޝް ވައްތަރީ 16 އަހަރުގެ ކުއްޖަކާއި އޭ. އަސްލު އެތާ އިންނާނީ 15. އެކަމު އެ ތިން ކުދިންނަށް ވުރެ ކައިޒީން ދޮށި ވާނެ މަހުގެ ގޮތުން. އެއް ގުރޭޑެއްގައި ތިން ކުދިންވެސް އުޅެނީ.* އެންމެން ފަހަތުން ހިނގާފައި ދިޔަ ފަޒީލް އާއި މާޙިލްއަށް އެތަނުގައި ހިނގާ އެއްވެސް ކަމެއް ނޭނގެއެވެ. އެއަށް ވުރެ […]
މުނާ ހުރީ މަންމަ ރުޅި އައީ އޭ ހީކޮށް ވަރަށް ބިރުންނެވެ. ************** މުނާާ މަންމަ ޝައިމްް ކައިރީގައި ބުނެލިއެވެ ” މަންމަ މިހާރު ބޭނުންވަނީ ތި ދެކުދިން އަވަހަށް ކައިވެނި ކުރަން ”…. މިހެން ބުނުމުން ޝައިމް ކޮޅަށް ތެދުވެ ކުޑަކޮށް ކުރިއަށްް ޖެހިލާފަ ” އަހަރެން ބައްޕަ ކައިރީގައި މި ވާހަކަ ދައްކާލާފައި ކައިވެނީގެ ހުރިހާ ކަމެށް ހަމަ ޖައްސާލާާނަން.. މި ގޮތް ކިހިނެއް ވާނީ؟ ”…. ޝައިމް ބުނެލިއެވެ. މުނާ ހުރީ ކައިވެންޏަކާ […]
ދުވަސްތަށް ދައުރުވަމުން ދިޔައީ އާާދައިގެ ގޮތަކަށެެެވެެ. ޒައިނާ އާއި ރާކިންއާއިި ދެމެދުވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވެއެވެ. ނަމަވެސް ދެމީހުން ވާހަކަ ދަށްކަނިކޮށް ޝިއުނާ އަށް ފެނިއްޖެ ނަމަ އެ ދުވަހަކު އޭންއަށް ކުުުރާ ޖެއްސުން އަތުރުކޮށްލައެވެ. އާންމުކޮށް ކޮންމެ ދުވަހަކު އޭނައަށް ޝިއުނާގެ އުނދަގޫ ފޯރައެވެެ. އެކަމާއި ރައުހާ ވެސް ޝިއުނާ ދެކެ އަންނަ ރުޅި ވަނީ އިތުރުވެފައި އެވެ. ބައެއް ފަހަރު ޝިއުނާގެ ފަރާތުން ލިބޭ އަނިޔާތަކުން އޭނަ މިންޖުކޮށްދެނީ ރާކިން އެވެ. އަދި […]
ރަހްމާ ނުވަ ބުރިއަށް ނަގާފައި ހުރި އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއިއެކީ އަހަރެން ފޭބީމެވެ. އަޅާފައި އޮތް ބުރުގާ ލޯގަނޑުން ރީތި ކޮށްލަމުން “ގެލެކްސީ ފުޑް ސަޕްލައިސް” ޖަހާފައި އިން ދަނބު ކުލައިގެ ދޮރުން އެތެރެއަށް ވަނީ ތެޅި ތެޅި އޮތް ހިތަކާއި އެކުގައެވެ. އެތެރެެއަށް ވަންތަނާހެން ނޭފަތުގައި ޖެހުނު ފޮނި ލުނބޯ ވަހުން އަހަރެންގެ އެތެރެ ހައްޓަށް ތާޒާ ކަމެއް ގެނުވިއެވެ. ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ހިނިތުންވެލަމުން އަޅި ކުލައިގެ ސޯފާގައި އިށީދެލުމަށް […]