Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާތީ 5

Sima Level 1
September 1, 2019 5 Mins Read
12 Comments

ދުވަސްތަށް ދައުރުވަމުން ދިޔައީ އާާދައިގެ ގޮތަކަށެެެވެެ. ޒައިނާ އާއި ރާކިންއާއިި ދެމެދުވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވެއެވެ. ނަމަވެސް ދެމީހުން ވާހަކަ ދަށްކަނިކޮށް ޝިއުނާ އަށް ފެނިއްޖެ ނަމަ އެ ދުވަހަކު އޭންއަށް ކުުުރާ ޖެއްސުން އަތުރުކޮށްލައެވެ. އާންމުކޮށް ކޮންމެ ދުވަހަކު އޭނައަށް ޝިއުނާގެ އުނދަގޫ ފޯރައެވެެ. އެކަމާއި ރައުހާ ވެސް ޝިއުނާ ދެކެ އަންނަ ރުޅި ވަނީ އިތުރުވެފައި އެވެ. ބައެއް ފަހަރު ޝިއުނާގެ ފަރާތުން ލިބޭ އަނިޔާތަކުން އޭނަ މިންޖުކޮށްދެނީ ރާކިން އެވެ. އަދި ޝިއުނާ އާއި ދެކޮޅަށް އެއްޗެހި ބުނެެފިި ފަހަރަކު އެލޮލުން ފެންނަ ރުޅިވެރިކަމުން އޭނަ އަންދާ އަޅިއަށް ހަދާލަން އުޅޭ ފަދައެެެވެ.

**********************************

”ދަރިފުޅާ އާދެބަ މަންމަ ބޭނުން ވާހަކަ އެއް ދައްކާލަން.” ކޮޓަރިން ނުކުތް ރާކިން އަށް އަޒްރާ ގޮވާލިއެވެ. ”ކިހިނެތް ވީ މަންމާ؟.” ރާކިން އައިސް ސޯފާގައި އަޒްރާ އާއި ޖެހިގެން އިށީނެވެ. ”ދަރިފުޅުގެެ ބައްްޕަަ މިއަދު އައި. ބައްޕަ ބޭނުންވަނީ މި އަހަރު ނިމުނީމަ އިތުރަށް ކިޔަވަން ދަރިފުޅު ބޭރަށް ފޮނުވަން. ބައްޕަ ހުރިހާ ކަމެއް ހަމަޖައްސާނަމޭ ބުނީ.” އަޒްރާގެ އުއްމީދަކީ ހުރި ހަމައެކަނި ދަރިފުޅު ކިޔަވައިގެެންް އަމިއްލަ ފައިމައްޗަށް ތެދުވެެ ހަރުދަނާ ދިރިއުޅުމެއް އުޅޭތަން ދުށުމެވެ. ”އެކަމް މަންމާ އަޅުގަނޑު ގޮއްސިއްޔާ މަންމަ ކިހާ އެކަނި ވާނެ. އަޅުގަނޑު ބޭނުމެއް ނޫން މަންމަ އެކަނިި ކޮށްފަ ދާކަށް.” ރާކިން ކަންބޮޑުވަނީ އޭނަގެ މަންމަ އާއި މެދުގައިއެވެ. އޭނަ ނެތް ނަމަ އެ މަންމަގެ ހާލު ބަލައި އެހީ ވާނެ މީހަކު ނުހުންނާނެކަން އޭނައަށް އެނގެއެވެެ. އޭނަ ގޮއްސިނަމަ އެކަނި ވެރިވާނީ ހަމަ އޭނަގެެ ލޯބިވާ މަންމަ އެވެ. ”މަންމަ އެކަނި އެއް ނުވާނެ ދަރިފުޅު ކިޔަވާ ނިމިގެން އަންނާނީ ވެސް މަންމަ ކައިރިށޭނުން. އެދުވަހަކުން މަންމަ ކިހާ އުފާ ވާނެ. މަންމަވެސް ބޭނުން ދަރިފުޅު ކިޔަވައިގެން މޮޅުމީހަކަށް ވެގެެންް އަންނަތަންް ދެކެން.” އަޒްރާގެ ހުރިހާވެސް އުއްމީދެއް ގުޅިފައި ވަނީ އެ ދަރިފުޅާއެވެ. އެ ދަރިފުޅު ދިއުމުން ކިތަންމެ އެކަނި ވިއަސް އެދަރީގެ މުސްތަޤްބަލް އުޖާލާ ކޮށްދެން އޭނަ ބޭނުން ވެއެވެ.

އުޑުމަތި ވަނީ ކަޅު ވިލާތަކުން ބައްދާލާފައެވެ. ޖެހެމުން ދިޔަ ވައި ހިނދެއް ހިނދަކަށް ދިޔައީ ބާރުވަމުންނެވެ. ހީވަނީ ދެންމެ ދެންމެ ވާރެ ވެހެން ވެހިގަތް ފާނެހެންނެވެ. ބާރަށް ހިނގާފައި ކޮލެެޖްް ގޭޓުން ވަދެެެގެެންް ދިޔަ ޝިއުނާގެ ލޮލުގައި އެއް ފަރާތެއްގައި ވާހަކަ ދައްކަން ތިބި ޒައިނާ އާއި ރާކިން އަޅައި ގަތެވެ. ދެމީހުން ދައްކަން ތިބީ ކޮން ވަހަކައެއް ކަމެއް ނީވެއެވެ. ނަމަވެސް ޒައިނާގެ މޫނުން ފެންނަން ހުރި ހިނިތުންވުން ފެނުމުން އޭނަގެެ ހިތުގައިވި ނަފުރަތުގެެ ހުޅުކޮޅު އަނދައިގަތް ފަދައެވެ. ހިތުގައި ޒައިނާ އަށް ދޭނެެ ރަނގަޅު ފިލާވަޅެއް ރާވާލިއެވެ. ދެން އެ މޫނުންް ފެނުނީ ވިހަ ހިނިތުން ވުމެކެވެ.

އިންޓަވަަލްް ގަޑީގައި ޝިއުނާ ހިނގައިގަތީ އޭނަގެެ ދެ ރަހުމަތް ތެރިން ގޮވައިގެެންް އެއްފަރާތުގައި ހުުރިި ބެންޗާއި ދިމާ އަށެވެ. އެތާތިބެ ވަރުގަދަ ރޭވުމެއް ރާވާލީ ޒައިނާ އައް ގޮތެއް ހެދުމަށެވެ. އެމީހުންނަށް ނޭޭޭޭޭޭޭޭޭނގުން ނަމަވެސް އެ ހުރިހާ ވާހަކައެއް އިތުރު ފަރާތެއްގެ ކަންފަތަށް ފޯރިއެވެ.

ސުކޫލްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ އޮތީ ރޭގަނޑު އެވެ. ޒައިނާ ވަދެގެން ދިޔައީ ރައުހާ އާއި އެކުގައި އެވެ. ރައުހާ އަތުގައި ބޮޑު ދަބަހެއް އޮތެވެ. ޒައިނާ ސުވާލުކުރުމުން އެއީ ކުއްޖަކު ބުނެގެން ގެނެސްދިން އެއްޗެއް ކަމުގައި ބުންޏެވެ. ދެމީހުން ގޮސް މޭޒެއް ކައިރީ އިށީނެވެ. ޖަލްސާ ކުރިއަށް ދިޔައީ ވަރަށްް ފުރިހަމަ އަށެވެ. ޒައިނާއަށް ކުއްޖަކު ކުޑަ ނޯޓެއް ގެނެސްދިނެވެ. އޭރު ރައުހާވީ ވޮޝްރޫމް އަށްގޮހެވެ. ނޯޓު ކިޔާލި އިރު އޭގައި އޮތީ ވަރަށް އަވަހަށް ހޯލް ބިއްދަށުގައިވާ ގަސް ކައިރިއަށް އަސްދިނުމަށް އެދިފައެވެ. ތިރީގައި ރާކިން ގެެ ނަން ޖަހާފައި އިނެވެ. އެކަނި ދާންޖެހުމުންް ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރި ކަމެއް އުފެދުނު ނަމަވެސް އޭނާ ދާން ބޭނުން ވިއެވެ. ރާކިން ބުނަން އުުޅޭޭ އެއްޗެއް އަހާހިތުން ހިތްއަވަސް ވިއެވެެ. އިރުކޮޅަކު މަޑުކޮށްލީ ރައުހާ އައިއްސި ނަމަ ގޮވައިގެން ދާން ބޭނުން ވުމުންނެވެ. ނަމަވެސް ރައުހާގެ ޚަބަރެއް ނުވުމުން ހިނގައި ގަތީ އެގަސް ކައިރިއަށް ދިއުމަށެވެ.

ހޯލްގެ އެފަޅީގައި ވަނީ ފަނޑު އަލިކަމެކެވެ. ޖެހިލުން ވި ނަމަވެސް ޒައިނާގެ ފިޔަވަޅުތައް އަޅަމުން ދިޔައީ ކުރިމަތިން ފެންނަން ހުރި ބޮޑު ގަހާއި ދިމާއަށެވެ. ތަންކޮޅަކަށް ދެވުން ތަނުން އަންހެން ކުއްޖެއްގެ ބާރު ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުމުން އޭނަ ސިހިފައި ޖެހިލީ ފަހަތަށެވެ. ދެން ފެނުނީ ހަޅޭއް ލަވަމުން ގަހުގެ ބިއްދަށުން ނުކުތް އަންހެން ކުއްޖެކެވެ. އަޑުން އަންހެން ކުއްޖެއްގެ އަޑުކަން އެނގޭވަރު ވެއެވެ. ނަމަވެސް ފެެންްނަަންް ހުރީ ބޮޑު ކަޅުު މީހެކެވެ. ބިރުވެރި ގޮތަަކަށްް ހުރި މޫނުމަތި ފެނުމުން ޒައިނާ ބިރުން ހަޅޭއްލަަވަައިި ގަތެވެ. ދެންފެނުނީ އަނެއްކާވެސް ގަހުގެ ބިއްދޮށުން ނުކުތް ބިރުވެރި އެއްޗެކެވެ. އޭތި ހިނގައިގަތީ ކުރިން ނުކުތް އެއްޗާއި ދިމާއަށެވެެ. ޒައިނާ ހުރީ ބިރުން ހަދާނެގޮތް ހުސްވެފައި އެެވެެ. ބިރުން ހުރި ވަރުން ދުއްވައި ގަންނަންވެސް ނޭނގުނެވެ. ހުއްޓުން އެރި ގޮތަށް ހުރީ އެވެ. ދުވެފައި އައި އެތި ހަޅޭއްލަވަމުން އައިސް ޒައިނާގެ ގައިގައި  ހިފައި ގަތެވެ. ޒައިނާ ގަތް ބިރުން ހަޅޭއްލަަވަަމުުންް މަސައްކަތް ކުރީ އޭގެފަރާާތުުންް ސަލާމަތް ވުމަށެވެ. ފަހަތުުންް އައި ބިރުވެރި އެތި އައިސް ދާދި ގާތުގައި ހުއްޓެވެ. ދެެންް އިވުނީ އަންހެން ކުއްޖެއްގެ ހުނުމުގެ އަޑެވެ. ބިރުން ހުރި ޒައިނާ އަށް އެއަޑުއިވުނީ އަދި މާ ބިރުވެރި ކޮށެވެ. ބިރުން ހުރި ނަމަވެސް އޭނާ އިސް އުފުލާ ބަލައިލީ އެ ބިރުވެރި އެތި ފެންނަން ހުރިތޯ އެވެ. ފެނުން މަންޒަރުން ކުޑަ ހަމަޖެހުމެއް ލިބުނެވެ. ކުރިމަަތީީ ހުރީ ރައުހާ އެވެ. ހުރީީ އަޅައިގެން ހުރި މާސްކު ނަގާ އަަތައް ލައިގެން ހިނިއައިއްސައެވެ. ކުޑަކޮށް ހަމަ ޖެހިލަމުން ޒައިނާ ބަލައިލީ އޭނަަ ގައިގައި ހިފައިގެން ހުރީ ކާކުތޯއެވެ. ދުރުކޮށްލުުުުުމުން ރައުހާ ކައިރިވެލާ އެެމީީހަަކުު އަޅާފައިވާ މާސްކު ދަމައިގަަތެެވެެ.

”ޝިއުނާ” ޒައިނާ އެނަން ކިޔާލީ ޚައިރާން ކަމާއި އެކު އެވެ. ޝިއުނާ އެހެން ހުންނަންވީ ކީއްވެ ކަމެއް ނުވިސްނިފައި އެވެ. ”ރައު މީ ކޮން ކަންތަށް ގަނޑެއް؟.” ރައުހާ އާއި އޭނަަ ސުވާލު ކޮށްލީ ވެގެން އުޅެނީ ކިހިނެތް ކަމެއް ނުވިސް ނުމުން ނެވެ.

”މީހުންނަށް ލަނޑުދޭން އުޅެނިކޮށް އަމިއްލަ މީހާ އަށް ލަނޑު ލިބުނީ ދޯޯ ޝިއުނާ. އޭނަ އުޅުނީ ޒައީ މިތަނަށް ގެނެއްސަ ބިރުގަންނުވާލަން ވެގެން. އަހަންނަށް އަޑު އިވުނީީ އެމީހުން އިއްޔެ ޕުލޭން ކުރަނިކޮށް އެހެންވެެ ހިތަށް އެރީ އަހަރެން ވެސް ކަމެއް ޕުލޭން ކޮށްލާނީ އޭ.” ރައުހާ ވީގޮތް ކިޔައި ދިންް އިރު އަޑުގައި ވަނީ ޖޯށެކެވެ. ހީވަނީ ބޮޑު އުފަލެއް ލިބިފައި ވާހެންްނެެވެެ.

” އެކަމަކު މަ ހިޔެއް ނުކުރަން ޝިއުނާ މީ އެހާ ބިރުގަންނަ މީހެއްކަމެއް. މަ ހީކުރީ އެހެންމީހުންް ބިރުގަންނުވަން މިއުޅެނީ އަމިއްލައަށް މާ ބިރު ކުޑަވީމަ ކަމަށް. އެހެނެއް ނޫން ދޯ އެކަމަކު މިވީ.” ރައުހާ ހުރީ މިކަހަލަ ފުރުސަތެއް ލިބުމުން ޝިއުނާއާއި ދިމާ ކުރާހިތުންނެވެ. އަޑުގައި އެހެންޏާ ނުހުންނަ އުފާވެރި ކަމަކާއި ޖޯޝެއް ވިއެވެ.

” ބަލަން ހުންނާތި އަދި މިކަމުގެ ބަދަލު ތި ދެމީހުން ފަރާތުން ހިފާނަން.” ޝިއުނާ ހުރީ މިރޭ ކަޑަވި ވަރުން ރުޅި ގަދަވެފައެވެ. ރުޅި އައިސް ރައުހާމެން ނަށް އިންޒާރު ދީފައި ހިނގައި ގަތީ މިވަގުތު ކަޑަ ވެފައި ހުރި ވަރުންނެވެ.

”ރައު އަށް އެނގޭ އިރު ބުނެލި ނަމަ މަަވެސް ބިރެއް ނުގަތިސް ދޯ. އެހެންވެ ދޯ ދަބަސް ހިފައިގެން މިރޭ އައީ. ބަޓް ދެޓް ވޯޒް ފަން.” ޒައިނާ ހުރީ އެކަމުގައި ރައުހާ އާއި ބައިވެރި ވާން ބޭނުންވެފައި އެވެ. ޝިއުނާ ކުރާ އުނދަގޫތަކުން ނާއި ރާކިން ފަހަތުން އުޅޭ ވަރުން އޭނަގެ ހިތުގައި ވެސް ޝިއުނާ އާއި މެދު ވަނީ ފޫހިކަމެއް އުފެދިފައި އެވެ.

”ނުބުނީމަ އޭނުން މިގޮތަށް މިހާ ރިއަލްކޮށް މިކަން މި ކުރެވުނީ. އަސްލުވެސް ވަރަަށް ބިރުގަތްތަ؟ އެކަމް ބަލާބަ އޭނަޔަށް ވެފަހުރި ވަރު. އިނގޭތަ މަށަށް އޭނަަ ދެއްކި ވަހަކަ ތަށް އަޑު އިވުނީމަ ހިތަށް އެރީ މިފަހަރު އޭނަ ޒައި އަށް ދޭން އުޅޭ ލަނޑު އޭނައަށޭ ދޭނީ. މަ އައިއްސަ މިހުރީ އެތާ ގަސް ބިއްދަށުގަ އޭނަަ އަންނަންދެން. ހުއްޓާ އައިސް އެތާ ގަސް ބިއްދަށަށް ވަތް އިރު އޭނައަށް މަށެއް ނުފެނޭ ދެން މަ ގޮސް އޭނަ ފުރަގަހުގަ ހުއްޓުުނީީ. ހެހެހެހެ..” އެހިސާބަށް ކިޔައި ދެވުން އިރު ރައުހާ ހެވޭ ވަރުން ވަހަކަ ހުއްޓާލި އެވެ.

”ދެން ކިޔައިދީބަ ތިހުނުން ހުއްޓާފަ.” ޒައިނާ ހުރީ ދެން ވީގޮތް އޮޅުން ފިލުވާ ހިތުންނެވެ.

”ހޫމް. ދެން މަ އެހެން ހުރެފަ އޭނަ ކަންފަތް ކައިރީ ސިއްރުން ގޮވާލީ. ”ޝިއުނާ.” އެހެން ބުނި އިރަށް ސިހިފަ ބަލައިލީ ފަހަތަށް. ދެން ހަޅޭއް ލަވައި ގަނެފަ ގައިގަ ހުރިބާރު ލާފަ ދުއްވައި ގަނެފި. ހަޅޭ ލަވަމުން ދުވެފަ ގޮސް އޭނަ ޒައި ގައިގަ ހިފައިގަތީ. އަދި އެނގޭތަ އޭނަަ މަށާ ދިމާލަށް އެނބުރުން އިރު އަޅާފައި ހުުރިި މާސްކު ފެނިފަ މަވެސް ސިހުން. އެހާ ކައިިރިން ކުއްލިއަކަށް ފެނުނީީީމަ.” ރައުހާ ހިނިގަނޑު ކޮންޓުރޯލް ކުރަމުން ވީގޮތް ކިޔައި ދިނެވެ.

”އެކަމް ދެެންް އަނެއްކަ ނޭނގެ އޭނަ ރުޅި އައިސްގެން ކޮށްލާނެ ވަރެއްވެސް.” ޒައިނާ އަށް ވިސްނާލެވުނީ ޝިއުނާާ ދަމުންް ދިން އިންޒާރާއި މެދު އެވެ.

”ޒައި އެވަރަށް ވިސްނާ އެއްޗެއް ނޫނޭ އޭނަ ކަޑަވެެފަަ ހުރިވަރުން އެކަން ފޮރުވަން ކޮންމެސް އެއްޗެކޭ ކިޔާފަ އެދިޔައީ. ދެންހިނގާ ދާން މިހާރު ޖަލްސާވެސް ނިމިދާނެ.” ދެއެކުވެރިން ހަމަ ޖެހިލަމުން ގޮސް ޖަލްސާ އޮތް ހޯލަށް ވައިން އިރު ނިމިގެން ކުދިން ގެއަށް ދަނީ އެވެ. ދެމީހުން ހިނިތުންވެ ތިބެ ގެއަށް ދިޔައިރު އެދެމީހުންގެ އެކުވެރިކަން ކުރިއަށް ވުރެ ވަރުގަދަވެފައި ވާފަދަ އެވެ.

ނުނިމޭ

*********************************

އައްސަލާމްް ޢަލައިކުމް. މިޕާރޓް ލަސްވިކަމަށް ޓަކައި ކިޔުން ތެރިންގެ އަރިހުން މަަަޢާފަށް އެދެމެވެ. 29 އޮގަސްޓު ވީ ބުރާސްފަތި ދުވަހު މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ހާދިސާ އާއި ގުޅިގެން އަޅުގަނޑަށް ވާހަކަ އަޕްލޯޑް ނުކުރެވުނީ އެވެ. މުޅި މިރަށަށް ދިމާވި ހިތާމަވެރި ޚާދިސާގައި ނިޔާވީ މިރަށު ސުކޫލް ގައި އެންމެ ގިނަދުވަހު ޙިދުމަތްް ކޮށްފައިވާ ޓީޗަރު ހުސެއިން ސާރ އާއި އެއާއިލާގެ ހަތަރު މެންބަރުން ނެވެ. އަދި އެހެން ޓީޗަރެއްގެ އަނބިމީހާ އެވެ. އެދުވަހު ގެނބިގެެންް މަރުވި ފަސްމީހުންގެ ފުރާނަ އަށް ހެޔޮ ރަޚުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.  ”އާމީން”.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sima

Level 1

Other Articles

Previous

ރަސްމީ ގަޑި (ފެށުން)

Next

ލޯބީގެ ނަސީބު…6…

Next
September 1, 2019

ލޯބީގެ ނަސީބު…6…

Previews
September 1, 2019

ރަސްމީ ގަޑި (ފެށުން)

12 Comments!

  1. Sidu says:
    September 1, 2019 at 8:50 am

    Aameen.aehen vess vaanee keekuraanee…….aee varah duera vi dhuvahe.

  2. azker says:
    September 1, 2019 at 10:04 am

    ameen…..dhuniyey ga ulhey iru ekahala kankan dhimaavane… knme kameh ves kurymathivaany aharemenah imthihaanakah….. love ur story

  3. Rai says:
    September 1, 2019 at 10:08 am

    thi kon rasheh tha

  4. Xxx says:
    September 1, 2019 at 11:25 am

    Aameen….vv reethi mi part ves. When is next part??really hope you would upload it quickly luv this story. And hope zaina finds her love

  5. Aroo says:
    September 1, 2019 at 7:20 pm

    aslu ves amihla rah noonas adhi aailaa ge bayakah nuviyas hageegathuga ves varah dheravi. Hama rovunu. Maruhoom ge furaana yah heyorahumayi lahvaa suvarugeyge dhaaimee niumayi minvaru kurahvaashi. Aameen

    1. jiji says:
      September 4, 2019 at 10:53 pm

      Yeah thedheh

  6. Sima says:
    September 2, 2019 at 5:25 pm

    Sorry thankolhe lasvaathiy maadhan next part up kohlaanan insha allah

  7. Maryy says:
    September 3, 2019 at 10:17 am

    Aameen ??.. Okk.. Vv salhi mi part ves ❤️ ❤️

  8. Shahu says:
    September 3, 2019 at 12:34 pm

    Story varah salhi… ?????

  9. Sima says:
    September 3, 2019 at 8:41 pm

    Thank you all readers. ??

  10. Raakin♥️ says:
    September 6, 2019 at 11:59 am

    Woah?? keep going ♥️ love the story??

  11. ®¥N says:
    September 8, 2019 at 10:17 am

    Aameen… Aee Kon rasheh… ???Stry Reethi

Comments are closed.

Next Episodeލޯބިވާތީ 6←


All Right Reserved!