ލޯބީގެ ނަސީބު…6…
މުނާ ހުރީ މަންމަ ރުޅި އައީ އޭ ހީކޮށް ވަރަށް ބިރުންނެވެ.
**************
މުނާާ މަންމަ ޝައިމްް ކައިރީގައި ބުނެލިއެވެ ” މަންމަ މިހާރު ބޭނުންވަނީ ތި ދެކުދިން އަވަހަށް ކައިވެނި ކުރަން ”…. މިހެން ބުނުމުން ޝައިމް ކޮޅަށް ތެދުވެ ކުޑަކޮށް ކުރިއަށްް ޖެހިލާފަ ” އަހަރެން ބައްޕަ ކައިރީގައި މި ވާހަކަ ދައްކާލާފައި ކައިވެނީގެ ހުރިހާ ކަމެށް ހަމަ ޖައްސާލާާނަން.. މި ގޮތް ކިހިނެއް ވާނީ؟ ”…. ޝައިމް ބުނެލިއެވެ.
މުނާ ހުރީ ކައިވެންޏަކާ ހަމައަށް އެހާ އަވަހައް ދާން ހިތްހަމަ ނުޖެހިފައެވެ. މުނާ ހިތްހަމަ ނުޖެހި ހުރެފަ ބުނެލިއެވެ. ” އަހަރެން ބޭނުމެއް ނޫން އެހާ އަވަހަކައް ކައިވެނި ކުރާކަށް!. އަދި މިއުޅެނީ އަހަރެމެން ދިމާވި ފަހުން މަހެއް ވެސް ނުވެގެން. އަދި ރަނގަޅަށް އެކަކު އަނެކަކަށް ދަސް ވެސް ނުވޭ. ކިހިނެތް ރަނގަޅަށް ދަސް ނުވަނީސް ކައިވެނި ކުރާނީ ؟..މިހެން މި ބުނީ ޝައިމް ދެކެ ލޯބި ނުވާތީ އެއްނޫން. އަހަރެން ބޭ ނުމީ 1 އަހަރު ފަހުން ކައިވެނި ކުރަން ”…..
މުނާގެ މި ޖުމްލަ ތަކުން ޝައިމްގެ ހިތް ރޮއްވާލި ކަހަލައެވެ. މުނާ މަންމަ ވެސް ހުރީ ބުނާނި އެއްޗެއް ނޭނގި ފައެވެ. ޝައިމް ނުކުތީ ގެއަށް ދާންށެވެ. އެއީީ މުނާ ހިތްހަމަ ނުޖެހިފަ ހުރީމަ ޝައިމް މި ގަޑީގައި މުނާ ކައިރީގައި ހުންނަން ބޭނުން ނުވާތީއެވެ.
ޝައިމްް ގެއަށް ދާން ނުކުތުމުން މުނާ މަންމަ މުނާ ކައިރީގައި ބުނެލިއެވެ. ” ދަރިފުޅު ހިތްހަމަ ނުޖެހިފަ ހުރީމަ ޝައިމް މިދަނީއޭ ވެސް ނުބުނެލަ އެ ދިޔައީ ”… މަންމަ މިހެން ބުނުމުން ވެސް މުނާ ހުރީ މަންމަ އާއި އަނގައިންް ނުބުނެއެވެ.
ކުއްލިއަކަށް ބާރު އަޑެށް އިވިއްޖެއެވެ. މުނާ އާއި މުނާ މަންމަ ދުުވެެފައި މަގުމައްޗަށް ނުކުތެވެ. އެވަގުތު ފެނުން މަންޒަރަކުން މުނާ އަޑުގެ ނެއްތަނަށް ޝައިމް އޭ ކިޔާ ހަޅޭ ލަވަައި ގަނެވުނެވެ ” ޝާއީމް ”… މިހެން ގޮވާފަ ރޯން ފެށިއެވެ.
ޝައިމް އޮތީ ލޮރީއެއްގަ ޖެހި ވިއްސައިން ގޮސް ފާރަކަށް ގުޅަ ވަރަކަށް ޖެހި ފައެވެ. މުޅިި ތަނުގައި އޮތީ ލެޔެވެ. ރަށު ބައެއް މީހުން ތިބީ އެތަނަށް އެއް ވެޔެވެ.
އެއީ ޝައިމް ގެއަށް ދިޔަަ މަގުމަތީގައި ދިޔައީ މުނާ އާ މެދު ވިސްނަމުންނެވެ. ދުއްވާ އެއްޗެއްސަކަށް ނުބަލައެވެ.
އެންބިއުލާންސް އެލާރމް އަޅަމުން އައިސް ޝައިމް އެންބިއުލާހައް ލައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ.
މުނާ މަންމަ ކައިރީގައި މުނާ ރޮމުން ރޮމުން ބުނެލިއެވެ ” މަންމާ ހިނގާ ޝައިމް ކައިރިއަށް ހޮސްޕިޓަލަށް ދާން ”…. މުނާ އެހެން ބުނުމުން މުނާ މަންމަ މުނާ ކައިރީގައި ބުނެލިއެވެ. ” ދަރިފުޅު ދޭ އަވަހަށް ފެންވަރާލައިގެން އަންނަން. މަންމަ ވެސް މިދަނީ ފެންވަރާލަން.”…. މިހެންް ބުނުމާއެކު މުނާ ދިޔައީ ފެންވަރާށެވެ.
މުނާ ފެންވަރައިގެން ނުކުމެ އަވަހަށް ފުނާ އަޅާލާފައި، އަވަސް އަވަހަށް މޭކަޕް ކޮއްލާފައި ނުކުތީ މަންމަ ހޯދާށެވެ. މުނާ ހުރީ ވަރަށް ހާސްވެފައެވެ. މަންމަ ވެސް ކޮޓަރިން ނުކުމެއްޖެއެވެ. ” ދަރިފުޅާ ހިނގާ ޓެކްސީ އަކަށް ގުޅާލާފައި އަވަހަށް ދާން”… މަންމަ ގުޅަން ބުނުމުން މުނާގެ ހޭންޑު ބޭގުން ފޯނު ނަގާފަ ޓެކްސީ އަކަށް ގުޅިއެވެ
ޓެކްސީ އައުމުން އަވަހަށް ޓެކްސީ އަށް އަރާފަ ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލަށް ގޮސް ވަތްއިރު ވޯޑުގަ ހޮޅިތަކެށް ގުޅާފަ ޝައިމް އޮތެވެ. ޝައިމް އޮތީ ހޭވެސްނެތިފައެވެ. ޝައިމް ކައިރީ ހުރި މީހެއް މުނާ އަކަށް ނޭނގުނެވެ. މުނާ އާއި މުނާ މަންމަ ގޮސް ޝައިމް ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
އަދި އެތާ ހުރި ފިރިހެން މީހާ މުނާ މަންމަ ކައިރީގައި އަހާލިއެވެ. ” ތީ ކޮންް ކުދިންނެށް ؟.. އަޅުގަނޑު މީ ޝައިމްގެ ބައްޕަ ހަސަން ”…
”އަޅުގަނޑު މީ މުނާގެ މަންމަ.. ދެން އަޅުގަނޑު ކައިރީގައި މި އިނީ މުނާ ”…. ހަސަނަށް ހުރީ ވާނުވާ ނޭނގިފައެވެ. މުނާ އަކީ ކާކު ކަމެއް ވެސް ހަސަނަކަށް ނޭނގެއެވެ. ވާނުވާ ނޭނގި ހުރެ ހަސަނު މުނާ މަންމަ އާއި ސުވާލު ކޮއްލިއެވެ. ” އަޅުގަނޑެށް ނުދަންނަން މުނާ އެއް މުނާ އަކީ ކޮން ކުއްޖެެށް ތޯ؟ ”….
އަނެއްކާވެސް މުނާ މަންމަ ޖަވާބުދިނެވެ. ” މުނާ އަކީ އަޅުގަނޑުގެ ހުރި ހަމައެކަނިި ދަރިފުޅު. ޝައިމްް ރަހްމަތް ތެރި ކޮން މުނާ އާއި ގުޅިގެން އުޅެފަ މިއަދު ލޯބީގެ ގޮތުން ގުޅުނީ. އަހަރެން މުނާ ކައިރީގައި އަވަހަށް ކައިވެނި ކުރާާށޭ ބުނީމަ މުނާ ބުނީ 1 އަހަރު ފަހުންނޭ ކައިވެނި ކުރާނީ. ދެން ޝައިމް އަނގައިން ވެސް ނުބުނެެ ނުކުމެގެން ދިޔައީ. ދެން އިރުކޮޅެއް ފަހުން އިވުނީ ބާރު އަޑެށް ނުކުމެ ބަލާލިއިރު އޮތީ ޝައިމް އެކްސިރެންޓް ވެފަ. ”…..
މުނާ އިނީ މޫނު މަތީގައި އަތް އަޅައިގެން ރޯންށެވެ. މުނާ ރޯން އިނުމުން ހަސަން މުނާ އާ ދިމާލަށް ބަލާލާފައި ބުނެލިއެވެ. ” މުނާ ދެން ނުރޮއެ. މާތްﷲ ގެ އިރާދަފުޅުންް ޝައިމް އަކަށް މާ ބޮޑު ގެއްލުމެށް ނުލިބޭ. ބޮލުގެ ކުޑަ ތަންކޮޅެއް ފަޅައިން ގޮސް ހަށިގަނޑުގެެ ބައެއް ތަންތަން މަށައިން ދިޔައީ. ޑޮކްޓަރު ބުނީ 3 ގަޑިއިރު ފަހުން ހޭ އަރާނޭ. ”……
ހަސަން އެހެން ބުނުމުން މުނާގެެ ހިތައް ކުޑަ ވެސްް ހިތްހަމަ ޖެހުމެއް ލިބުނެވެ. އަދި މުނާ ދުއާ ކުރާހެން އަތް ނަގާލާފައި ” އަލްހަމްދުލިއްލާހި ” ކިޔެވެ. މުނާ އާއި މުނާ މަންމަ އިނީ ޝައިމް ހޭ ނާރަނީސްް ގެއަށް ނުދާށެވެ.
މިހާރު އެއަށްފަހުން 2 ގަޑިއިރުވީއެވެ. އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ޝައިމް ހޭ އަރާނި ވަގުތަކަށެވެ. ގަޑިން ވެސް 12:30 ވީ އެވެ.
ޝައިމް ހޭ އަރަފިއެވެ. މަޑުމަޑުން ޝައިމް ލޯ ހުޅުުވައިލައިފިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.




Woooooww varah salhi mi part ves ? ? ?. Masha Allah ❤️ ❤️ ❤️. Curiously waiting for next part… ?
Anehkaa shaim ge memories loss veebaa?.
Thank u so much shahu?
reeethi chekey bunevey vareh nooon vv mistakez gina furathama dhivehi gavaaidhuge bai dhskurey eyafahu story liyan v
ehaa avahah thaakah dhaan veema ves makeup kureytha
DHw thives thedhu vaahaks eh
Good work. Story is interesting
Ehaakuruveema dhen kiyan ves v foohi. Alhe thankolheh dhigukoh genasdheebala
Yah I will try
When next part dear?
Next part liyevunu haa enme avahakah up kohdheynan. V bixy koh ulheythi nuvegen miulheny.. Keep waiting dear????