އަތުގައި އޮތް ދައުވަތު ކާޑަށް ބަލަމުން ދިޔައެވެ. ދައުވަތުކާޑު ކިޔާނިމުމަށްފަހު އެކުވެރި ފާރިޝް އަށް ބުންޏެވެ. ” ރީމާގެ އުފަންދުވަހުގެ ޕާޓީކާޑް. ފާރިޝް ދާނަންތަ؟” އަނާން އަހާލިއެވެ. ” އާން ކީއްވެނުދާންވީ. ކެއުމެއްނު ހޭވައްލާތައްޔާރު.” ފާރިޝް ބުންޏެވެ. ” އަހަރެން ނަށް އެނގެޔޭ ފާރިޝްދާނެކަން. ކޯއްޗެއްތަ ރީމާ އަށް ގެންދާނީ؟ ” ވިސްނާލަމުން އަނާން އަހާލިއެވެ. ” ހަގީގަތުގައި އަހަރެން އަންހެންކުއްޖަކަށް އެއްޗެއްދީފައި ނެތީމައި ގެންދާނެއެއްޗެއްވެސް ނުވިސްނުނު. ރީމާ އަށް ހަދިޔާއަކަށް ދޭން ރަނގަޅުވާނީ ކޯއްޗެއްބާ؟” ” […]
މިއުޒިކަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައެވެ.އެހެންކަމުން ގްރޭޑް 10 ގައި އުޅުނު އިރުވެސް ކިޔެވުމަށް ވުރެ ބޮޑަށް ސަމާލުކަންދެވުނީ މިއުޒިކަށެވެ. ސްކޫލު ކުދިންގެ ލަވަމުބާރާތްތަކުގައި އަހަންނަށް ވުރެ ގިނައިން ބައިވެރިވި އެއްވެސް ކުއްޖަކު ނޫޅޭނެއެވެ. ސްކޫލް އިން ހުއްދަނަގައިގެން ރަށުގައި ބާއްވާ ހުރިހާ ޝޯތަކެއްގައި ލަވަ ކިޔަމުން ދިޔައީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައެވެ.ނަމަވެސް މިއަދު އަހަރެންގެ ހުރިހާ އުއްމީދެއް ފެނަވެއްވެއްޖެއެވެ..ލަވަކިޔުންތެރިއަކަށް ވުމަކީ ހަމައެކަނި ކުލައެއްނެތް ހުވަފެނަކަށް ވެއްޖެއެވެ. އެއީ މީގެ 5 އަހަރުކުރިއެވެ. އޭރު އަހަންނަށް […]
ނ.މަނަދޫގެ ހިތްފަސޭހަ ހިސާބެކެވެ. މި ހިސާބުގައި މީހުން އާބާދުވެފައި ވަނީ ވަރަށް މަދުންނެވެ. އަހަރެމެންގޭ އެއްކޮށް ތަޅާލީ ރަގަޅު ފެންވަރެއްގައި ޒަމާނާ ގުޅޭގޮތުން އަލުންހެދުމަށެވެ. މީހުން އާބާދުނުވާ ހިސާބެއްގައި ހުރި ގެއަކަށް ބަދަލްވީ ގޭ ހެދެންދެން އެގޭގައި އުޅުމަށެވެ. ގެއަކީ މީގެ ފަނަރަވަރަކަށް އަހަރުކުރިން މީހުން ދިރިއުޅުނު ގެއެކެވެ. ބާވެފައި ނުވިނަމަވެސް ކުޑަމަރާމާތެއް ކުރަންޖެހުނެވެ. ”ވިލާދޭ ސޯސަން” ކިޔާ މިގޭގައި ފަސްކޮޓަރި ހުރެއެވެ. އެއްކޮޓަރި ނެގީ މަންމަ އާއި ބައްޕައެވެ. ދޮންތަ އާއި ތިއްތަ ނެގީ ޖެހިގެންހުރި […]