ސުލްތާން
ބޯ ގޮވާނީ ދެން މިވަރަކަށެވެ. ހުރިހާ ކަމެއް ވެސް އައިސް ޖެހޭނީ އަހަރެންގެ ބޮލަށެވެ. ވާނީވެސް ދެން އެހެނެއް ނޫން ހެއްޔެވެ؟ މިއޮފީހުގައި އެއްޗެއް އިނގޭ މީހަކަށް ހުންނާނީ އަހަރެން އެކަންޏެވެ. ރުޅިގަނޑު މައިތިރި ކުރަމުން އަހަރެން ވާހަކަ ދައްކަމުން ދިޔައީ އިއްޔެ ގުދަނުން ޑެލިވަރ ކުރި އެއްޗެހީގެ ޕޭމަންޓު އަދިވެސް ނުލިބޭތީއެވެ. ބަވާ އަޅާލީމާ ނޫނީ މިއިން މީހަކަށް ކިޔާ އެއްޗެއް ނޭނގޭނެއެވެ. ކަމުގެ ސީރިޔަސްކަން ނޭނގޭނެއެވެ.
“ކަލޭ މަބުނާ ގޮތް ހަދާބަލަ ބޭކާރު ވާހަކަ ނުދައްކާ..”
ރުޅި އިސްކުރެވުމާއި އެކީ ކައިރީގައި ޖެހިގެން އިން އަޒްހާ ހަމްދަރުދީގެ ނަޒަރަކުން ބަލާލިއެވެ. އައި ރުޅިން އޭނާގެ ދެލޯ ބޯލަފާނަމޭ އަހަރެން ހިތަށް އެރިއެވެ. މި ޑެލަވަރީއާއި ހަވާލުވީ ކީއްކުރަން ހެއްޔެވެ؟ ކުރާ ކޮންމެ ކަމަކަށް އަހަރެން އެ ދޭތެރެޔަށް ނުވައްދަ ފަރެއް ނުޖެހޭނެއެވެ. އަންހެނުންނަކީ އެ ފާޑުގެ ބަޔެކެވެ. އަމިއްލައަށް ނުވާ ކަންތައް ބޮލު އަޅައިގެން ފޮނިވެގެން އުޅެފައި ހަތަރު އުދަރެސް ފެނުޖެހުމުން ވެއްޓޭނީ ފިރިހެނެއްގެ ފައި ބުޑަށެވެ. ވަޒީފާ އަދާނުކޮށް ގޭގައި ހުއްޓަސް މާ ތާހިރުވާނެއެވެ.
“ސުލްތާން.. މިއީ ރަހްމާ..ސޭލްސްއަށް އަލަށް ޖޮއިން ކުރާ އަންހެން ކުއްޖާ..”
ރަހްމާގެ ބޮލުން ފަށައިގެން ތިރިއަށް އަހަރެންނަށް ބަލާލެވުނެއެވެ. އާދައިގެ ފިޔާތޮށި ބުރުގަލެކެވެ. އިސްކޮޅުން ފުދޭވަރަކަށް ދިގުވެފައި ގައިގައި ޖަހާފައި ހުރި މަސްތައް މަދެކޭ ނުބުނެވޭނެއެވެ. އޮޅަލި ހަންގަނޑެކެވެ. އަހަރެންނަކަށް އޭނާ ރީއްޗެއް ނޫނެވެ. އެކަމަކުވެސް އޭނާގެ ލޮލުަގައި ކުރިން އަންހެނެއްގެ ލޮލުން ނުފެންނަ ކަހަލަ ތޫނު ކަމެއް ފެނުނެވެ. ކުޑަކޮށް ހިނިތުންވަމުން އަހަރެން ބޯ ޖަހާލީމެވެ. ނަމަވެސް އޭނާ އިސްޖަހައިގެން ހުރެ ވީލާގެ ފަހަތުން ހިނގައިގަތެވެ.
ޗޮކެއް ޖަހަމުން އަނެއްކާވެސް މަސްޢޫލުވީ އަޒްހާ ހޭވި ހަޑި ސާފުކުރާށެެވެ.
މެންދުރުން އަނބުރާ ދޭއްޖަހަން ދިމާ ކުރިތަނާ ކާން ދާން ވެގެން ކެންޓީނަށް ވަދެލީމެވެ. ނަމަވެސް ކެންޓީނަށް ވަދެވަދެ ހުއްޓާ އަނެއްކާވެސް މި އަޒްހާއެއް ފަހަތުން އަޅުވާލައިފިއެވެ.
“ސުލްތާން.. ތީނަ ވައިފް އެބަ ގުޅާ..”
އަޒްހާ އެހެން ބުނިއިރު އޭނާގެ މަތީ ތުންފަތުގައި ފެން ހެދިފައި ހުއްޓެވެ.
“ހާދަ ބިރުން ތިހިރީ.. އަރާކާ އެއްޗެއް ތަ މީ؟ ބުނޭ އޭނަ ކައިރީ މަ ބިޒީ އޭ.. ދެން ފަހަރުން ގުޅިޔަސް ފޯނު ވެސް ނުނަގާތި..!”
ކެންޓީނު ދޮރު ހިފަހައްޓައިގެން އަޒްހާއާއި ދިމާލަށް އެހެން ބުނެލަމުން އެތެރެއަށް ވަންނަން ފައި އަޅާލީމެވެ. އެވަގުތު ހަތަރު ކަޅި ހަމަވީ ކުރިމަތީގައި ތައްޓެއް ހިފައިގެން ހުރި ރަހްމާއަށެވެ.
ރަހްމާ ފާޑަކަށް ދެލޯ ހަނިކޮށްލަމުން ބަލާލިއެވެ. އޭނާގެ ނަޒަރުގައި ތަފާތު ކަމެއް ހުރެއެވެ. ދެލޮލަށް ނެގޭ މަޢުލޫމާތުތައް ގިނަހެން ހީވެއެވެ. ހީވާ ކަހަލައެެވެ. އެ ދެލޮލަށް ވަންހަނާވާނެ ސިއްރެއް ނުުވާނެއެވެ. އެތެރެހައްޓަށް ފާޑެއްގެ ފިންޏެއް ވާން ފެށުމުން ޖޯޑެއް ހިފައިގެން ކޮފީ ގިރުމުގައި އަހަރެން މަސްޢޫލުވީމެވެ. އޭރުވެސް ފޯނު ވައިބްރޭޓުވާވަރުން ފަޓުލޫނުގެ ޖީބު އިން ހިސާބު އައްސި ވެސް ވެއްޖެއެވެ.
“ރަހްމާ.. ކޮފީ ނުބޮންތަ؟”
އެއްޗެކޭ ނުބުނެ ރަހްމާ ބަލަމުން ދިޔަ ގޮތުން އަހަރެންގެ ހިތަށް އުދަނގޫތަކެއް ވިއެވެ. އަނބިމީހާއާއި ބެހޭ ގޮތުން ބުނެލި ޖުމުލަ ގައިމުވެސް ރަހްމާއަށް އިވޭނެއެވެ. މިހާރު އޭނާ ހިތަށް އަރާނީ ވެސް ކީކޭ ހެއްޔެވެ؟ މިއީ ހުސް އެ އަޒްހާ ގަނޑުގެ ކަންތަކެވެ.
“އަހަރެން ބޯ އެއްޗެއް ނޫން..”
ރަހްމާ ދިނީ ރުންކުރު ޖަވާބެކެވެ. ދިގު އިނގިލިތަކުން އޭނާ ފެއްޓީ ބިހެއްގެ ތޮށި ނޮޅާށެވެ. ތަށީގައި ބައިންދާފައި އިން ފެހި އާފަލާއި ޖޯޑުގައި ފެންނަން ހުރި ފެހި ކުލައިގެ އާވި އަރަމުން ދިޔަ ފެނުން އޭނާ ޑައިޓްކުރަނީ ކަން އިނގުނެއެވެ. އަހަރެން ގާތަށް އައީ ނުލަފާ ހިންޏެކެވެ.
“ހިކެނީ ކީއްކުރަން؟ މިހާރުވެސް ރީއްޗޭ..”
އަހަރެން އެހެން ބުނެލިއިރު ނަޒަރު އަމާޒުވެފައި ހުރީ ރަހްމާގެ އުފުލިފައިވި މޭމައްޗަށެވެ. ރަހްމާގެ މޫނު ބަނަވިތަން ފެނުނެއެވެ. އޭނާ ރުޅި އައީ ކަމަށް ވެދާނެއެވެ.
“އަންހެނުންގެ ފޯނު ނަގާފައި ތިހެން އޭނަ ކައިރި ބުނެބަަލަ!”
ކޮތަޅަކަށް އާފަލު ޖަހަމުން އޭނާ ތެދުވިީ ހަލުވިކޮށެއެވެ. އަހަރެންނަށް އަނގަ ހުޅުވައިގެން އިނދެވުނީއެވެ. ރަހްމާގެ އަޑުގައިވި ރުޅިވެރިކަމާއި ލޮލުގައި ހުރި ނަފްރަތު ފެނުމުން ހައިރާންވިލެތް ބޮޑު ކަމުންނެވެ. ޢާންމުކޮށް އޭނާ ކުރާ ސަމާސާ ހުރިހާ އަންހެކުދިންނަށް ވެސް ކަމުދެއެވެ. މިފަހަރު މިވީ ކިހިނެތް ހެއްޔެވެ؟
ކެންޓީނު ދޮރު ހުޅުވައިގެން ހުރި ސަލީމް ހުރީ ލާނެތް ފާޑަކަށް ހިނިއައިއްސައެވެ. ރަހްމާ ނިކުންނަމުން އޭނާ ވެސް ދޮރު ކައިރިން އެއްލާނުލީ ކިރިޔާއެވެ. މިއީ ހާދަ ހިކިވަރެއް އަރާ އަންހެނެއްތާއެވެ.
“ބުރޯ.. ކައެ އަންހެންކުދިންނަށް ވާހަަކަ ދައްކަން ނޫޅެބަލަ ތިވަރުން”
ސަލީމް މަޖާވެފައި ހުރި ވަރުން އޭނާގެ ޖީބުގައި އޮތް ސިނގިރޭޓު ފޮށި ބިންމައްޗަށް ވެއްޓުނެއެވެ.
“ޝިޓް..”
އަހަރެންވެސް ސަލީމްގެ މަޖަަލުގައި ބައިވެރިވެލީމެވެ. ހަޤީޤަތުގައި ވެސް އަންހެނުންނަކީ ވާހަކަ ދައްކަން ވާވަރުގެ ބައެއް ނޫނެވެ. ފަހުން ލިބޭ ކޮޅުކެހި ގައިމުވެސް މާ ހިތިވާނެއެވެ.
ސަލީމް އަތުން ނެގި ސިގިރޭޓު ރޯ ކޮށްލަން އުޅުނުތަނާހެން ފޯނަށް މެސެޖެއް އައި ކަމުގެ އިހްސާސްވިއެވެ. ފޯނުގެ ސްކްރީން ދިއްލުމުން 65ފަހަރު ގުޅާފައި އިން ނަންބަރަށް ބަލާލެވުނީ ރުޅިވެރިކަމާއެކުއެވެ. މެސެޖުވެސް އައިސްފައިވަނީ އެ ނަންްބަރުންނެވެ.
“ސުލްތާން. އައިމް ޕްރެގްނެންޓް. ޔޫ ވިލް ބީ އަ ޑޭޑް ސޫން، ހަނީ.. ލަވް ޔޫ.. ގުޅާބަ ޕްލީސް. މިއުޅެނީ ކޭޝް ކާޑު ޕިން ހަނދާން ނެތިގެން”
މެސެޖު ކިޔާލުމާއި އެކީ އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. މި ނުލަފާ އަންހެނާ އަހަރެންގެ އަތުން މަރުވިޔަސް ފާފަވެރިނުވާނެއެެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



Vaahaka varah Reethi ekam next part dhigu kurevey tho balaanan chey. Varah interesting story eh Mee
Yes. The next parts will be longer
Thanks for reading, Umny
Mi bai v v rythi oppa..Whn next dear..V v curious..waiting for the next ep?❤??
Next will also be uploaded tomorrow or the day next.
Thanks for reading, jiji.
Jiji
yh
so much curiosity I like it…story varah salhi
Thank you for the support, azker. ?
Amazing…. aslu vrh molhu v ma ingey dhemihehge nazaruga vaahaka eh liyeveny… Keep it up ????❤️❤️
Zoe, thank you so much for the compliment.
I hope you enjoy this story to the fullest. ♥️
Varah reethi Elam thankolheh kuru. Dhen inna part eh dhigu kohlahchey. Luv u rainoppa.❤❤??
yes, balaanan dhigu kurevethw.
Thanks for the comment, Anonymous. Lysm <3
Woooooww varah salhi ? ? ? ? ? ? love you rainoppa ❤️ ❤️ ❤️ ❤️ when next part..Curiously waiting ?
Next part is currently pending..
Thanks for reading, Shahu. 🙂
Love ya too <3
salhi ingey