Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވީރާނާވެފައިވީ ޙަޔާތް މަގޭ 11

Mai Naa Level 3100 Login10 Stories100 Comments
September 2, 2019 6 Mins Read
18 Comments

މިގަޑީގައި އައީ ކާކުބާވައޭ، އަހަރެންގެ ހިތަށް އެރިއެވެ. ގޭގެ ހުރިހާ ފިރިހެންވެރިންވީ އޮފީހުގައެވެ. ދޮންބެދައްތަވީ ރީމާ ގޮވައިގެން، އެމީހުންގެ ތިމާގެ މީހެއްގެ ގެއަށް ގޮހެވެ. މަންމަ ބަލިވެ އުޅޭތީ މިއަދަކު، މަންމައެއް މިބަޔަކަށް ނާންނާނެކަން އަހަންނަށް އެނގެއެވެ. އެހެން ނޫނަސް، އަހަރެން މި އައީވެސް، މަންމަ ނިދަން އޮށޯތުމުންނެވެ. ސުވާލުތަކެއްގެ ތެރޭގައިހުރެ، ދޮރު ހުޅުވާލިއިރު، ފެނުނު މީހެއްގެ ސަބަބުން އަހަރެންގެ ދެލޯ ބޮޑުވިއެވެ.

**********************

 

“ޝަބާ…” މަޑުމައިތިރިކަމާއެކު އަހަރެންގެ ނަމުން ގޮވާލި އަޑު އިވުމުން، އަހަންނަށް އިތުރު ހައިރާންކަމެއް ލިބުނެވެ. އެއީ ހަމަ ރަޔާން ބާވައޭވެސް ހިތަށް އެރިއެވެ. ރަޔާން އަހަންނާއި ދިމާއަށް ބަލާލުމަށްފަހު، ދުރު ބަލާލިއެވެ. ރަޔާން މިއުޅޭ ގޮތުން، އަހަރެން ސުވާލުން ފުރިގެންވީ ނަޒަރަކުން، އޭނާއަށް ބަލަން ހުރީމެވެ. އެންމެ ކުޑަމިނުން، އެތެރެއަށް ވަންނާކަށްވެސް އަހަރެން ނުބުނަމެވެ.

 

ވަށައިގެން ނަޒަރު ހިންގާލުމަށްފަހު، ރަޔާންގެ ފަހަތަށްވެސް ބަލާލެވުނީ، އިތުރު މީހަކު އައިސް ހުރެދާނެކަމަށެވެ. ނަމަވެސް، އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އައިނީވެސް ނުލާ، ރަޔާން މިގެއަށް އައީ ކީއްވެބާވައޭ، އަހަރެންގެ ހިތަށް އެރިއެވެ. މިވީހާ ދުވަހުވެސް، ރަޔާން އެކަނި މިގެއަކަށް ނާދެއެވެ. އެއްވެސް މީހަކުވެސް ނޫޅޭ ގަޑިއެއްގައި، މިއައީ ކީއްކުރަންކަމާމެދު ސުވާލު އުފެދުނަސް، އެއިން އެއްވެސް ވާހަކައެއް ދުލާއި ހަމައަކަށް ނުގެނެވުނެވެ.

 

ދެން ރަޔާން ބުނެލި ވާހަކައިން އަހަންނަށް ސިހުމެއް ލިބުނެވެ. ޤަބޫލުނުކުރެވިފައި، އެ މޫނަށް ބަލަން ހުރެވުނެވެ.

 

“ސޮރީ… އައިމް ރިއަލީ ސޮރީ ޝަބާ…. އަހަރެން ބޭނުން މާފަށް އެދެން…” އެ ޖުމްލަތައް އެ އިވުނީ ހަމަ ރަޔާންގެ ދުލުން ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ހަރަކާތް ހުއްޓިފައި، އަހަންނަށް ހުރެވުނީއެވެ. ހިނދުކޮޅެއްގެ މަޑުޖެހުމަށްފަހު، އަހަރެންގެ ލޮލަށް ސިފަވެގެން ދިޔައީ، ޝާފީ ވެއްޓިފައި އޮތް ތަނެވެ. އަހަރެންގެ ހައިރާންކަން، ރުޅިވެރިކަމުގެ ސިފަ އިޚްތިޔާރުކުރީ، މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

 

“އަހަރެން…..” ރަޔާންގެ ވާހަކަތައް މެދުކެނޑުނީ އަހަރެން ހަޅޭއްލަވައިގަތުމުންނެވެ.

 

“ހުއްޓާލާ…. އަހަރެން ހިއެއް ނުކުރަން ތިއީ އެވަރުގެ މީހެއް ކަމަކަށް…. އެ ހުރިހާ ކަމެއް ކޮށްފައި މިހާރު ކޮން މާފެއްގެ ވާހަކަ ތި ދައްކަނީ؟؟” އަހަންނަށް އައިސްފައި ހުރި ރުޅީގައި އެއްޗެހި ކިޔަން ފެށުނެވެ. ރަޔާން ކަންތައް ކުރިގޮތް ހިތަށް އެރުމާއެކު އަހަންނަށް، އަހަރެންގެ އަމިއްލަ ނަފްސް ކޮންޓްރޯލެއް ނުކުރެވުނެވެ.

 

“ޝަ..ބާ…” ރަޔާންގެ ދުލުން އަހަރެންގެ ނަންވެސް ކިޔާލެވުނީ، އަޅައަޅައިގަންނަމުންނެވެ. މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަމުން، އަހަރެން އެފަދަ ގޮތަކަށް ވާހަކަ ދައްކަފާނެކަމަށް، އޭނަ އުންމީދު ނުކުރާކަން ދޭހަވެއެވެ. އެކަމަކު އަހަންނަށް އެގޮތަށް ކަންތައް ކުރަން، މަޖުބޫރު ކުރީ ރަޔާންއެވެ.

 

“ކިހިނެއްވީ؟؟ ރުޅި އައިމަ ހިތަށް އަރާހާ އެއްޗެއް ކިޔާލެވޭނީ ރަޔާންއަށް އެކަނިކަމަށްތަ ހީކުރީ؟ އެހެން މީހުންނަކީ ހިތެއްވެސް އޮންނަ ބައެއް ނޫން ދޯ؟؟…. ރަޔާން ހިތުން، އެހެން މީހުންނަކީ ރަޔާން ހެދިހާ ގޮތެއް ހެދިގެން ތިބެންޖެހޭ ބައެއް.. އެހެންނު؟” އެހާ ހިތްވަރު ލިބުނީ ކިހިނެއް ކަމެއް، ހުދު އަހަންނަކަށްވެސް ނޭންގެއެވެ.

 

“އަހަންނާއިމެދު ރަޔާންގެ ހިތުގައި އޮތް ނަފްރަތުގެ އަމާޒަކަށް، އަހަރެންގެ ކުޑަ ދަރިފުޅު ހެދިއިރު، ތި މޭގައި ހިތެއްވެސް ނެތީތަ؟ ތިހާ އަނިޔާވެރިވާން ހެޔޮވާނެތަ؟؟ އަހަރެންގެ ދަރިފުޅުގެ ފުރާނައާއޭ ކުޅެން އުޅުނީ…. އަހަރެންގެ ކިބައިން ބަދަލުހިފަން ރަޔާންއަށް އެނޫން ގޮތެއް ނުފެނުނީތަ؟” އަހަރެން ކިތަންމެ ނުރުހުންވެފައި ވާހަކަ ފެށި ނަމަވެސް، ހިތަށް ކުރި އަސަރުން، ވަކި ހިސާބަކުން ދެލޯ ފެންކަޅިވިއެވެ. ރަޔާންއަށް ފަސްދިނީ، އެ ކަރުނަތައް އޭނާއަށް ދައްކަން ބޭނުންނުވާތީއެވެ. އޭނާގެ ކުރިމަތީގައި، ބަލިކަށިވާން ބޭނުން ނުވާތީއެވެ.

 

“ޝަބާ… އަހަރެން… ޝަބާ…” ރަޔާން ދެވަނަ ފަހަރަށްވެސް ވާހަކަ ދައްކަން ފެށިއެވެ. އެނބުރި ރަޔާންއާއި ކުރިމަތިލީމެވެ. އެއަށްފަހު، ކަނާތް ނަގާ އުފުލާލަމުން، ވާހަކަ ދެއްކުން ހުއްޓާލުމަށް އިޝާރާތުން އެންގީމެވެ. ކުށްވެރިއެއްހެން ރަޔާން އިސްޖަހާލިއެވެ. ރަޔާން ކުޅެމުންދާ ޑްރާމާ ބަލާކަށް، އަހަރެން ބޭނުމެއް ނޫނެވެ.

 

“އަހަރެން ބޭނުމެއް ނޫން އިތުރަށް އެއްވެސް އެއްޗެއް އަޑު އަހާކަށް… ރަޔާން ބޭނުންވި ގޮތަށް ކަންތައް ކޮށްފީމެއްނު؟ ދެން އޮތީ އަހަރެންގެ ފަހަރު…” އަހަރެންގެ މޭގައި އަތް ޖައްސާލަމުން ބުނެލީމެވެ.

 

“މިފަހަރު ރަޔާން ބޭނުންހާ ގޮތެއް ހެދިގެން އަޅާނުލާ ހުންނާނެކަމަށް ހީނުކުރާތި… ވަގުތު ޖެހުމުން، ރަޔާންގެ ހަޤީޤަތްވެސް އަހަރެން ހާމަކުރާނަން…” ރަޔާންއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކުރަމުން ބުނެލީމެވެ. ސީދާ ދުލުން ނުބުނި ކަމުގައި ވިޔަސް، އަހަރެން ރަޔާންއަށް ދިނީ އިންޒާރެކެވެ.

 

“މަންމާ…” ޝާފީ ގޮވާލި އަޑު އިވުމުން، އަހަރެން ކޮޓަރިއާއި ދިމާއަށް ބަލާލުމަށްފަހު، އަނެއްކާވެސް ރަޔާންއަށް ނަޒަރު ހުއްޓާލީމެވެ. ރަޔާން ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނުހެން އަހަންނަށް ހީވިއެވެ. އެކަމަކު ދެވަނަ ފަހަރަށް، އަނގަ ހުޅުވާލާފައިވެސް، ދެތުންފަތް ޖައްސާ ބާރުކޮށްލިއެވެ. އެއަށްފަހު، ފަސް އެނބުރި ލިފްޓާއި ދިމާއަށް ދިއައެވެ. އަހަރެންވެސް، ފަހަތަށް ފިޔަވަޅެއް އަޅާލަމުން، ދޮރު ލެއްޕީމެވެ.

**********************

 

“ދަރިފުޅާ…” އަހަރެން ކޮޓަރިއަށް ވަދެ ދަރިފުޅަށް ގޮވާލީމެވެ. އޭރު ޝާފީ އިނީ ނިދާ ހޭލައިގެން އެނދުމަތީގައި އިށީންދެގެންނެވެ. ކައިރިއަށް ގޮސް ދަރިފުޅުގެ ގާތުގައި އިށީނުމުން ފެންފޮދެއް ބޭނުންވާކަމަށް ބުންޏެވެ. އަހަރެން ފެންފޮދެއް ދިނުމަށްފަހު، އެއްވެސް އެއްޗެއް ކާނަންތޯ އެހީމެވެ. ދެފަރާތަށް ބޯ ހޫރާލަމުން، ޝާފީ އެކަމަށް އިންކާރު ކުރިއެވެ. ޝާފީ އޮށޯތުމުން އަހަރެން ދިޔައީ މަންމަމެން އުޅޭ ބަޔަށެވެ.

**********************

 

އަހަރެން ދިޔަތާ މާ ގިނައިރެއް ނުވެ، ދޮންބެދައްތަވެސް އައެވެ.

 

“ދޮންބެދައްތާ؟؟ ހާދަ އަވަހަކަށް ތި އައީ؟؟ އެކަމަކު ބުނީމެއްނު މެންދުރު ފަހުންނޭ އަންނާނީ؟” އަހަރެން ސުވާލުކުރީމެވެ.

 

“އާނ… މަންމަ ބަލިވެ އުޅޭތީ، ހިތަށް އެރީ ތަންކޮޅެއް އަވަހަށް އަންނާނީއޭ… މިހާރު މަންމަ ކިހިނެއްތަ؟” އަހަރެންގެ ސުވާލަށް ޖަވާބު ދިނުމަށްފަހު، ދޮންބެދައްތަ އެހިއެވެ.

 

“އަހަރެން ކުޑައިރުކޮޅެއް ކުރިން ބަލާލިން.. އޭރު ބުނި ނިދާލީމަ ރަނގަޅުވެދާނޭ… އެހެން ކިޔާފައި އޮށޯތީ”  އަހަރެން ބުނީމެވެ.

 

“އެހެންތަ؟ ދޮންބެދައްތަ އެބަ އަންނަން ބަލާލާފައި..” މިހެން ބުނެ، މަންމަ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އިރުކޮޅަކުން ދޮންބެދައްތަ އައިސް، މަންމައަށް އޮތީ ނިދިފައިކަމަށް ބުންޏެވެ.

 

ދޮންބެދައްތައާއި ދެމީހުންވެގެން މެންދުރަށް ކައްކާ ނިންމާލީމެވެ. ވަކިން އުޅުނު ކަމުގައިވިޔަސް، ބައެއްފަހަރު، ކެއުމުގެ ކަންތައްތައް، މަންމަމެން ބައިގައި، އަހަރެމެން ކުރިއަށް ގެންދަމެވެ. އެންމެން އެކުގައި ވަގުތު ހޭދަކޮށްލާ، މަޖާ ވަގުތުތަކަކަށް، އެވަގުތުތައްވެއެވެ. އާއިލީ ގުޅުން ބަދަހިކުރުމަށް، އިތުރު ބާރަކަށްވެސް އެކަން ވެގެންދެއެވެ. ކައްކާ ނިމުމުން، އަހަރެމެން ދިޔައީ ފެންވަރައިގެން ނަމާދުކޮށްލާށެވެ.

**********************

 

ނަމާދުކޮށް ނިމިގެން، މަންމަމެން ބަޔަށް ދިޔައިރު، ދޮންބެދައްތަ އަދި ނާދެއެވެ. އަހަރެން މޭޒުމަތި ތައްޔާރުކޮށްލީމެވެ. ދެން އެއަށްފަހު، މަންމަ ކޮބައިތޯ ބަލާލީމެވެ.

 

“މަންމާ… ކާން ގެނެސްދެންތަ؟” އަހަރެން ކޮޓަރިއަށް ވަދެ އަހާލީމެވެ.

 

“ނޫނޭ ދަރިފުޅާ… ކޮޓަރިއަށް ގެންނާނެކަމެއް ނެތް.. މަންމަ ދެން ރަނގަޅޭ މިހާރު.. ނަމާދުކޮށްލައިގެން މިދަނީ… ބައްޕަމެން އައީތަ؟” މަންމަ ބުނެލިއެވެ.

 

“އަދި ނާދޭ… މާ ގިނައިރެއް ނުވެ އައިސްދާނެހެން ހީވަނީ… އެމީހުން އަންނަންވާއިރަށް ކާން ހަދާފަ ހުންނާނީ” އަހަރެން މަންމައަށް ޖަވާބުދިނީމެވެ.

 

“ދަރިފުޅާ.. ޝާފީ ކައިފިތަ؟” މަންމަ އަހަންނާ ސުވާލުކުރުމުން އަހަރެން ނޫނެކޭ ބުނީމެވެ.

 

“އެކުއްޖާއަށް ކާ އެއްޗެއް ދީ އަވަހަށް…” އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން، މަންމަ ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ.

**********************

 

ޝާފީއަށް ކާންދީފައި، ތިރިއަށް އައި އިރު، ބައްޕަމެން އައިސް އުޅެއެވެ. ޔަމާންވެސް ސޯފާގައި ޖައްސާލައިގެން އިނެވެ. އަހަރެން ދިޔަތާ، މާ ގިނައިރެއް ނުވެ، ދޮންބެދައްތަވެސް ރީމާ ގޮވައިގެން އައެވެ. އަހަރެން ކާން ދާން ބުނުމުން، އެންމެންވެސް ތެދުވިއެވެ. ކެއުމުގެ ސުފުރާ މަތީގައި އެކި ވާހަކަ ދެކެވުނެވެ.

 

“އާން.. އަދި ހަނދާން ނެތިފައޭ މި ހުރީ… އައިނީ އައިތަ މިއަދު؟” ދޮންބެދައްތަ އަހާލިއެވެ. އަހަރެން ނޫނެކޭ ބުނީމެވެ.

 

“އެހެންތަ؟ ދޮންބެދައްތަ ހީކުރީ އައި ކަމަށް.. ނޭންގޭނެއެއްނު.. މިއަދު ދޮންބެދައްތަމެން އަންނަނިކޮށް، ރަޔާން ދެކުނިން މި ގޭ ކައިރިން.. ދޮންބެދައްތަ ހީކުރީ އައިނީ ގޮވައިގެން އައީ ކަމަށް… ރަޔާން ކާރަށް އަރަނިކޮށް ފެނުނީވެސް.. އެހެންވެ، ވާހަކަ ދެއްކޭ ގޮތެއް ނުވި” ދޮންބެދައްތަ ރަޔާންގެ ވާހަކަ ބުނި ވަގުތު، އަހަންނަށް ބަލާލެވުނީ ޔަމާންގެ މޫނަށެވެ. ޔަމާން އަހަރެންގެ މޫނަށް ބަލަން އިން ގޮތުން، އެކަމާ އޭނާ ހިތްހަމަނުޖެހުނުކަން އެނގުނެވެ. އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލަމުން، އަނގައާއި ކައިރިކޮށްލެވިފައިވާ ސަމްސާ އަލުން ތަށީގެ ތެރެއަށްލިއެވެ. އަނެއްކާވެސް، އަހަރެންގެ މޫނަށް ބަލާލީ، ޖަވާބު ބޭނުންވެއޭ ބުނާފަދަ ގޮތަކަށެވެ.

 

“ރަޔާން އައި ހެނދުނު، އެކަމަކު އައިނީއެއް ނުގެނެ…” ވިސްނާލުމަށްފަހު، އަހަރެން ބުނީމެވެ.

 

“ސާބަސް އިސްރާ… އައިނީ ނުގެނަޔަސް، ރަޔާން އައިސްދާނެއެއްނު ޝާފީގެ ހާލު ބަލަންވެސް.. ޝާފީވެސް ރަޔާންއަށް ވަރަށް ވަރު ހުރެއެއްނު… ރަޔާން ގެނެސްދިން ރިމޯޓް ކާރެއް ހިފައިގެން އުޅޭއިރުވެސް ވަރަށް އުފަލުން ހުންނަނީ.. ކުރީދުވަހުވެސް ބުނި، ރަޔާންބެ ގެނެސްދިން ކާރަކީ، ކޮއްކޮގެ ފޭވަރިޓް ކާރޭ..” ދޮންބެ ހެވިލާފައި ވާހަކަ ދެއްކިއެވެ.

 

އެ އަޑު އަޑުއަހާފައި މަންމަމެންވެސް ވަރަށް ހެވިލާފައި ތިބެ، އެވާހަކައަށް ތާއީދުކުރިއެވެ. އަހަރެންވެސް ގަދަކަމުން ހިނިތުންވެލީމެވެ. ޔަމާން އެއްވެސް އެއްޗެއް ނުބުނެ އިނެވެ. އެމީހުންނަށް ރަޔާންގެ ހަޤީޤަތް އެނގޭނަމަ، އެގޮތަކަށް ވާހަކައެއް ނުދައްކާނެއެވެ. ދޮންބެ އެވާހަކަ ދެއްކުމުން، އެކަކުވެސް ރަޔާންއާއި ގުޅޭގޮތުން އިތުރު ސުވާލެއް ނުކުރެއެވެ. ނަސީބެކޭ އަހަރެންގެ ހިތަށް އެރިއެވެ. އިތުރު ސުވާލެއް ކުރި ނަމަ، ދޭނެ ޖަވާބެއް ނޭންގިފައި، އަހަރެން ޖެހޭނީ ހުންނާށެވެ.

 

ކައި ނިމުމުން، ސޯފާގައި އެންމެން ކުޑައިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ. ޔަމާން ހިމޭންވެފައި އިން ގޮތުން، ރަޔާން ގެއަށް އައުމުން ނުރުހުންވެފައިވީވަރު، އަހަންނަށް އެނގުނެވެ.

**********************

 

ކޮޓަރިއަށްވަދެ، ޔަމާން ސޯފާގައި އިށީންދެލިއެވެ. އަހަރެން ޔަމާންއަށް ބަލަން ހުރުމަށްފަހު، ސޯފާ ކައިރީގައި މަޑުކޮށްލީމެވެ.

 

“ޔަމާން..” އަހަރެން ޔަމާންއަށް ގޮވާލީމެވެ.

 

“ރަޔާން އައީ ކީއްކުރަން؟” ޔަމާންގެ އަޑުގައި ހަރުކަށިކަން އެކުލެވިގެންވިއެވެ. ޔަމާންގެ ދެބުމަ ގޮށްޖެހިފައިވީއިރު، ރުޅިއައިސްފައި ހުރިވަރު، މޫނުމަތިން އެނގެން ހުއްޓެވެ.

 

“ނޭންގެ… މާފަށް އެދޭށޯ..” އަހަރެން ޖަވާބު ދިނީމެވެ. ޔަމާން ހައިރާންވެފައި، އަހަންނާއި ދިމާއަށް ބަލަން އިނެވެ.

 

“ރަޔާން؟؟ މާފަށް އެދެން؟؟”  ގަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް ޔަމާން ސުވާލުކުރިއެވެ. ޔަމާން އެހުމުން، އަހަރެން ތަފްސީލުކޮށް ވީގޮތް ކިޔައިދިނީމެވެ. ޔަމާން އިސްޖަހާލަމުން، ފުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.

 

ރަޔާން ދައްކަން ބޭނުންވި ވާހަކަ، އަޑު ނޭހީ ކީއްވެތޯ ޔަމާން ސުވާލުކުރިއެވެ. އަޑު އެހިނަމަ، ފަހަރުގައި އަހަރެމެންނަށް އެ ހާދިސާއާއި ގުޅޭގޮތުން، އިތުރު މައުލޫމާތެއް ލިބުން އެކަށީގެންވާކަމަށް ޔަމާން ގަބޫލުކުރެއެވެ. ރަޔާން ކުއްލިއަކަށް އައިސް މާފަށް އެދުމުން، ޔަމާން ހުރީ ސުވާލު އުފެދިފައެވެ.

 

ޔަމާން އެހެން ބުނުމުން، އަހަންނަށްވެސް ވިސްނާލެވުނެވެ. ރަޔާންއަކީ އޭގެ ކުރިން، ދުވަހަކުވެސް އަހަރެން ގާތު މާފަށް އެދުނު މީހެއް ނޫނެވެ. އެ ހާދިސާއަށްފަހު، މާފަށް އެދުމުގެ ފަހަތުގައި އަނެއްކާވަނީ ކޮންކަމެއްބާވައެވެ؟ ރަޔާންގެ މަގްސަދަކީ، އަހަންނަށް އޮޅުވާލުންބާވައެވެ؟ ނޫނީ އަހަރެންގެ ވިސްނުމަށްވެސް ނުގެނެވޭވަރުގެ ރޭވުމެއް، އެ ސިކުނޑީގައި ރާވަމުން ދަނީބާވައެވެ؟

 

އަހަންނަށް ޖެހޭނީ ކެތްތެރިވާށެވެ. އަވަސްއަރުވާލައިގެން ކަމެއް ކޮށްފިނަމަ، އެކަމުގެ ނަތީޖާ މާ ރަނގަޅު ނުވެދާނެއެވެ. އަހަންނަށް ހެދޭ ކުޑަކުޑަ ގޯހެއްގެ ސަބަބުން، އެކަމުގެ ފައިދާ ރަޔާން ނަގާފާނެއެވެ. އަހަރެން ޖެހޭނީ، ވަރަށް ހުޝިޔާރުވެ ހުންނާށެވެ.

**********************

 

ޝާފީ ހަމައަކަށް އެޅުމުން އަހަންނާއި ޔަމާން، އެދުވަހުގެ ހާދިސާއާއި ގުޅޭގޮތުން ޝާފީއާއި ވާހަކަ ދެއްކީމެވެ. އެވާހަކަތައް ކިޔައިދެމުން ދިޔައިރު، އަހަރެމެންގެ ނިތަށް ރޫ ގިނަވަމުން ދިޔައެވެ. ޝާފީގެ ފަރާތުން ކަންތައްތައް އޮޅުންފިލުމުން، ދެމީހުންގެ ނަޒަރު، އެކަކު އަނެކަކުގެ މޫނަށް ހުއްޓާލީމެވެ. އަހަރެން ދުރަށް ނަޒަރު ހުއްޓާލަމުން ވިސްނާލެވުނީ، ދެން ހަދާނެ ގޮތަކާއި މެދުގައެވެ. އިޚްތިޔާރަކާ ނުލާ، ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ޔަމާން އަހަރެންގެ އަތުގައި ހިފާލުމުން، އަހަރެން އެ މޫނަށް ބަލާލީމެވެ. ހިތްވަރު ދިނުމުގެ ގޮތުން ޔަމާން ބޯ ޖަހާލިއެވެ.

**********************

 

އަހަރެމެން ފަހުންވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކީމެވެ. ދެން ކަންތައް ކުރާނެ ގޮތަކާއި މެދު މަޝްވަރާކޮށް، ވަކި ގޮތެއް ނިންމީމެވެ. ޔަމާންގެ ކޮނޑުގައި ބޯއަޅާލެވުނީ، ހުރިހާ ކަމެއްވެސް ރަނގަޅު ވާނެކަމަށް އުންމީދުކުރާ ހާލުގައެވެ. ޔަމާންވެސް އަހަރެންގެ ހަށިގަނޑުގައި ދެއަތުން ވަށާލީ، އަބަދުވެސް އަހަންނާއިއެކު ވާނަމޭ ބުނާ ފަދައިންނެވެ.

**********************

 

ޖެހިގެން އައިދުވަހު، ޔަމާންއާއިއެކު އަހަރެން، ބޮޑުބޭބެމެންގެއަށް ދިޔައީމެވެ. އެގެއަށް ދިޔައިރުވެސް، އަހަރެން ހުރީ ހާސްވެފައެވެ. އަހަރެން ބޭނުންވާ ގޮތަށް، ކަންތައްތައް ދާނެކަމާއިމެދު، ސުވާލު އުފެދިފައެވެ. އަހަންނަށް އެ ހިތްވަރު ލިބިދާނެކަމާއިމެދު ޝައްކު އުފެދިފައެވެ. ޔަމާން އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލީ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނަމުންނެވެ. އެ މޫނަށް ބަލާލަމުން، އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.

**********************

 

ދޮރު ހުޅުވާލީ ދައްތައެވެ. ހިނިތުންވެލަމުން، އުފަލާއެކު އަހަރެމެންނަށް މަރުހަބާ ކިއެވެ. ސޯފާގައި އިރުކޮޅަކު ވާހަކަ ދައްކަން ތިބީމެވެ. އައިނީ ކޮބައިތޯ ސުވާލުކުރުމުން، އައިނީ ދައްތަ ކޮޓަރީގައި އެބަ އުޅޭކަމަށް ބުންޏެވެ. ދައްތަ އައިނީއަށް ގޮވާލުމުން ކޮޓަރިން ނުކުމެގެން އައި އިރު، މުޅި ހެދުމުގައި ހުރީ ހުސް ކުލައެވެ. މޫނުގައިވެސް ކުލަ ހޭކިފައި ހުއްޓެވެ.

 

“ދަރިފުޅާ.. އައިނީ… މިއީ ކޮން ކަމެއް؟” ދައްތަ އަހާލިއެވެ. އައިނީ ރަކިވެފައި އަނގައަށް އިނގިލި ލައިގެން، ތަންކޮޅެއް ދުރުގައި ހުއްޓެވެ. އަހަރެން އައިނީއަށް ގޮވާލުމުން ކައިރިއަށް އައިސް އަތުގައި ހިފާލިއެވެ.

 

“އައިނީ ކައިރީގައި އިނދެފައި، ދަރިފުޅުމެން އައިމަ، ދައްތަ ކޮޓަރިން މި ނުކުތީ… އަވަހެއްނު އަޅެ… އެވީ ވަގުތުކޮޅު ތެރޭގައި ކޮށްލާފައި ހުރިހާ މަސައްކަތް މިއީ” ދައްތަ ކިޔައިދިނެވެ.

 

“ދަރިފުޅުމެން މަޑުކޮށްލާ އިނގޭ.. ދައްތަ އެބަ އަންނަން އައިނީ ފެންވަރުވާލާފައި.. ބޮޑުބޭބެވެސް އިރުކޮޅަކުން އަންނާނެހެން ހީވަނީ..” މިހެން ބުނެ ދައްތަ ސޯފާއިން ތެދުވިއެވެ. އަދި އައިނީ ގޮވައިގެން ކޮޓަރިއަށް ވަނެވެ. އަހަރެމެން ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލީމެވެ. ބޭނުންވާފަދަ ފުރުޞަތެއް މިގޮތަށް ލިބުމުން، ކުރަން ބޭނުންވި ކަންތައް ފެށުމަށް އަވަސްވެގަތީމެވެ. ފުން ނޭވާއެއް ދޫކޮށްލަމުން، ސޯފާއިން ތެދުވީމެވެ.

 

ޖެހިލުންވެ ހުރެ، ރަޔާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހީމެވެ. ރަޔާން ދޮރު ހުޅުވާލާ ބަލާލިއިރު، އެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ކުރިމަތީގައި ހުރީ އަހަރެންކަމާއިމެދު، ސުވާލު އުފެދިފައި ހުރިހެން ހީވިއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ވީރާނާވެފައިވީ ޙަޔާތް މަގޭ

Share Article

Follow Me Written By

Mai Naa

Level 3100 Login10 Stories100 Comments

Other Articles

Previous

ހިތުގެ އެދުމޭ ތީ……

Next

ބުނެދޭށޭ ރުހެމޭ 73

Next
September 3, 2019

ބުނެދޭށޭ ރުހެމޭ 73

Previews
September 1, 2019

ހިތުގެ އެދުމޭ ތީ……

18 Comments!

  1. Mai Naa says:
    September 3, 2019 at 6:58 pm

    Assalam Alaikum dear Readers

    Here is Part 11 of Veeraana vefaivee hayaai magey

    Hope you will like this part
    please share your views about this part

  2. jiji says:
    September 3, 2019 at 7:03 pm

    Yey me first ..v v salhi mi bai?

    1. Mai Naa says:
      September 3, 2019 at 9:10 pm

      Yes jiji…
      You r first ??
      Congra igey ?

      Thank you dear… ❤️❤️

  3. Maii says:
    September 4, 2019 at 9:37 am

    Wow varah salhi mi bai vx?????????❤❤???.. Keep it up dear….

    1. Mai Naa says:
      September 5, 2019 at 8:23 am

      Thank you so much Maii ??
      ???
      ??

  4. Xxx says:
    September 4, 2019 at 10:00 am

    Vvv salhi engey. Varah enjoy kurevey story eh mee.???❤❤❤❤❤???????luv u mai naa. When will next part come???? dhen anna part eh kudakoh dhigu kohlahchey.

    1. Mai Naa says:
      September 5, 2019 at 8:33 am

      Thank you dear

      Story kamudhiyaima varah ufaa vejje
      ?????
      Luv u more
      ??????

      Next part mi Saturday ga upload kolleveytho masakai kuraanan…

      Adhi next part mi part ah vure dhigu kuranvs try kuraanan ingey…
      Thank you again

  5. Maryy says:
    September 4, 2019 at 5:42 pm

    Vvv salhi ingey mi part ves ❤️..

    1. Mai Naa says:
      September 5, 2019 at 8:34 am

      Thank you so much Maryy
      ?
      ?

  6. Sam says:
    September 7, 2019 at 7:42 pm

    Mirey next part up kureveynetha?

    1. Mai Naa says:
      September 8, 2019 at 4:56 pm

      ?
      Sorry dear
      Reyga up nukeruvunyma…
      Miadhu upload kollaifin part 12…

  7. Afee says:
    September 8, 2019 at 12:38 pm

    When next part dear?

    1. Mai Naa says:
      September 8, 2019 at 4:55 pm

      Afee…
      Mihaaru upload kollaifin part 12

  8. Mai Naa says:
    September 8, 2019 at 4:54 pm

    Dear readers…………….
    Sorry buni dhuvahah upload koh nudhevunyma…
    ??
    Miadhu part 12 upload kurevuny…
    mirey kiyaalan libeynehn heevany

    once again sorry everyone
    ??

  9. Saani says:
    September 8, 2019 at 9:57 pm

    Mirey vaane that?

    1. Mai Naa says:
      September 8, 2019 at 10:51 pm

      Part 12 upload kollaifin…
      pending ga inee..

  10. Saani says:
    September 8, 2019 at 10:12 pm

    Mirey next part up vaane tha?

    1. Mai Naa says:
      September 8, 2019 at 10:52 pm

      next part upload kollaifin dear…

Comments are closed.

Next Episodeވީރާނާވެފައިވީ ޙަޔާތް މަގޭ 12←


All Right Reserved!