ހާސިލް ވުމަށް އެދި 14
*ނޯޓް: އީނާޝް ، ކައިޒީން އަދި ނަބާހު އަކީ އެއް އުމުރެއްގެ ތިން ކުދިން. އެކަމު ފުރަތަމަ ބައިގައި އިންނާނެ ލިޔެފައި އީނާޝް ވައްތަރީ 16 އަހަރުގެ ކުއްޖަކާއި އޭ. އަސްލު އެތާ އިންނާނީ 15. އެކަމު އެ ތިން ކުދިންނަށް ވުރެ ކައިޒީން ދޮށި ވާނެ މަހުގެ ގޮތުން. އެއް ގުރޭޑެއްގައި ތިން ކުދިންވެސް އުޅެނީ.*
އެންމެން ފަހަތުން ހިނގާފައި ދިޔަ ފަޒީލް އާއި މާޙިލްއަށް އެތަނުގައި ހިނގާ އެއްވެސް ކަމެއް ނޭނގެއެވެ. އެއަށް ވުރެ ބޮޑަށް އެމީހުން ތިބީ ވާހަކާއިގައި ޖެހިފައިއެވެ. އަދި ރަށުގެ ރީތިކަން ފެނި އެކަމާ އާޝޯހުވެފައިއެވެ. ކުރިމަތި ނުބަލާލައި ހިނގަމުން ދިޔަ މާހިލް ހުއްޓުން އެރީ ގޮސް މީހެއް ގައިގާ ޖެހުމުންނެވެ. އަދި ހުޝިޔާރު ކަމާއިއެކީ ވެއްޓެން ދިޔަ އެމީހާ މާހިލް ހިފަހައްޓާލިއެވެ. އެމީހާގެ އަނގައިން މަޑު ހަޅޭކެއްގެ އަޑު އިވިގެން ދިޔަ ވަގުތު އެންމެންވެސް އެދިމާލަށް ބަލައިލިއެވެ.
އީނާޝް ހިނގަމުން ދަނިކޮށް ކޮޑުގައި އަޅުވާފައި އިން އަތްދަބަސް ވެއްޓުމުން އެ ދަބަސް ނަގަން ގުދުވެލިއެވެ. ނަމަވެސް ރަނގަޅަށް ގުދުނުވެވި އުޅެނިކޮށް މީހަކު އައިސް އީނާޝްގެ ގައިގައި ޖެހުމުން ކުރިއަށް އަރިއަޅައިލާގެން ވެއްޓެން ދިޔައެވެ. ހަމައެއާއި އެކު އީނާޝްގެ ދެލޯ މަރާލިއެވެ. ނަމަވެސް ބާރު ގަދަ ދެއަތަކުން އީނާޝް ވެއްޓިޔަ ނުދީ ހިފަހައްޓާލުމުން އީނާޝް ލޯ ހުޅުވާލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ ސޫރައިގެ ސަބަބުން އެތޫނު ދެލޮލުގެ ތެރެއަށް ފީނާގަންނަން އެންމެ ހިނދުކޮޅެއްވެސް ނުނެނިގެއެވެ. އެއްވެސް ހަރަކާތެއް ނުގެނެސް އީނާޝް އަށް މާހިލްގެ ލޮލަށް ބަލަން އޮވެވުނެވެ.
މާހިލްތޯއެވެ. އީނާޝްގެ އެ އަސަރުގަދަ ދެލޯ ފެނުމާއިއެކު މާހިލްވެސް ބޭނުންވީ އީނާޝްގެ ދެލޮލުގެ ތެރެއަށް ގެނބިގެން ދާށެވެ. އަދި ދުވަހަކުވެސް އީނާޝް ދޫކޮށްލާކަށް މަހިލް ބޭނުމެއް ނުވެއެވެ. އަބަދުވެސް އެދެއަތުގެ ހިމާޔަތް މުޅި އުމުރަށް އިީނާޝްއަށް ދޭން މާހިލް ބޭނުން ވިއެވެ.
ދެމީހުންނަށްވެސް ވަށައިގެން ހިނގަމުން ދިޔަ ކަންތައް ހުއްޓުނު ކަހަލައެވެ. ހިނގަމުން ދާ އެއްވެސް ކަމެއް މިހާރު އެދެމީހުންނަށް ނޭނގޭ ކަހަލައެވެ. އެހައިވެސް ބޮޑަށް އެދެމީހުން ތިބި ދެމީހުން ދެމީހުންނަށް ގެއްލިފައިއެވެ.
”ވޯހޯ.. ހާދަ ރީތި ކަޕުލް އެކޭ ދޯ..” ފަޒީލްގެ އަޑާއި އެކު މާހިލްއަށާއި އީނާޝްއަށް ވަށައިގެން ހިނގަމުން ދިޔަ ކަންތައް ރޭކާލިފަދައެވެ. އަދި މާހިލް އީނާޝް ތެދުކޮށްލުމާއިއެކު ތެޅިގަނެފައި އީނާޝް މާހިލް އާ ދުރަށް ދިޔައީ ގަން ލަދުންނެވެ. އޭރު އެދެ ކޮލަށް ވަނީ ޖަންބު ކުލަ އަރާފައިއެވެ. މާޙިލްވެސް އެހެން މީހުންނަށް މޫނު ނުފެންނާނެ ހެން އެނެއް ފަރާތަށް އެބުރުނީ އެނާއަށް ވެފައި ހުރި ގޮތް އެެހެން މީހުންނަށް ނުދައްކަން ވެގެންނެވެ.
އެދެމީހުންނަށް ވީގޮތުން އެތާއި ތިބި އެންމެން ހީހީފައިި ތިބި އިރު އާރިފާ ހުރީ ރުޅިއައިސް ރަތްވެފައިއެވެ. ”ބައްޕާ އަންނާން އިނގޭ ފެން ފުޅިއެއް ގަނެގެން.. ވަަރަށް ފެން ބޮވާބަ..” ”ދަރިފުޅަށް އެނގޭނެތަ ދާން.. އަދި އަލަށެއްނު މިރަށަށް ތިއައީ ވެސް..” ޒިރާން ކައިޒީން އާއި ދިމާއަށް ބަލަން ހުރެފައި ބުނެލިއެވެ. ”ހޫމް.. ދެންމެ އާ މަގުމަތީގައި ފެނުނެއްނު ފިހާރައެއް.. އެތަނަށް ދާނީ.. މާހިލް ބޭބެ ދަާނަން ދޯ އަޅުގަނޑާއި އެކީ..” ކައިޒީން މާހިލްއަށް ދޯ ދިނުުމުން މާހިލް ބޯ ޖަހާލިއެވެ. އަދި އެއާއިއެކު ދެމީހުންވެސް އައި ކޮޅަށް އަނެއްކާ ދިޔައީ ފެންފުޅި ގަންނާށެވެ. ހަގީގަތުގައި ކައިޒީން ބޭނުންވީ ފެން ފުޅި ގަންނާކަށް ނޫނެވެ. އީނާޝްގެ ކަންކަމާއި މެދު މާހިލްއާއި މަޝްވަރާ ކޮށްލާށެވެ. މާލެ ގޮއްސިއްޔާ ކައިޒީންއަށް ރަނގަޅު ވަގުތެއް ނުލިބޭނެތީ އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތަށް އެކަންތައް ކުރީ އީނާޝްއަށް އާރިފާގެ ލޯބި ހޯދާދިނުމަށެވެ.
ދިޔަ މަގުމަތީގައި ކައިޒީން މާހިލްއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ރަސްފަންނުގައި ވީ ކަންތަކާއި އީނާޝްގެ ހުންނަ މީހުންނާ ނުގުޅޭ ސިފައެވެ. ކައިޒީން މިހާރު ގަބޫލުކުރާ ގޮތުގައި އިނާޝް އެހައި ރުންކުރުވެފައި އެހުރީ އާރިފާގެ ސަބަބުންނެވެ. ”އެހެންވެ ދޯ އީނާޝް އެހައި މީހުންނާ ވާހަކަ ވެސް ނުދައްކަނީ.. މަންމަ އެއްގެ ލޯތްބަކީ ހާދަ މުހިންމު އެއްޗެކޭ.. އޭގެ ބަދަލުގައި އީނަޝްގެ މަންމަ ހީވަނީ އީނާޝްއަށް އެއްޗެހި ގޮވާހެން.. މަށަށްވެސް ފުރަތަމަ އާރިފާ ފެނުމާއިއެކު ހިތަށް އެރި އޭ ވަރަށް އެހެން ކަހަލަ އެއްޗެހި.. ހީވަނީ ވަރަށް ބޮޑާވެރި މީހެއް ހެން އެ..” މާހިލްވެސް ހުރީ އީނާޝްގެ ހާލާއިމެދު ދެރަވެފައިއެވެ. އަދި އެދެމީހުން އާރިފާއަށް ވިސްނައިދޭނެ ގޮތަކާއިމެދު މަޝްވަރާ ކުރިއެވެ. މަޝްވަރާގެ ތެރެއިން ބައެއް ފަހަރު ކައިޒީން އެކަން ހާސިލް ވާނެ ހެއްޔޭ ކިޔައި މާހިލް އާ ސުވާލުކުރެއެވެ. އެދެމީހުން އެރޭވި ރޭވުން ހާސިލްވެއްޖެ ނަމަ އީނާޝްއަށް އެލިބުނީ ކިހާ ބޮޑު އުފަލެއް ހެއްޔެވެ. ދެމީހުންވެސް ގަބޫލު ކުރި ގޮތުގައި އެރޭވުން ވަރަށް އަވަހަށް ކުރިއަށް ދާނެއެވެ. އަދި އާރިފާއަށް ވިސްނި ވަރަށް އަވަހަށް އިނާޝްގެ ގާތުން މަޢާފަށް އެދޭނެއެވެ. ނަމަވެސް އެދެމީހުންނަށް ނޭނގުނު ކަމަކީ އެ ރޭވި ރޭވުމުގެ ސަބަބުން އާރިފާގެ ހަރު ހިތަށް އެކައްޗެއްވެސް ނާރާނެކަމެވެ. އަދި ތަގުދީރުގައި އީނާޝްއާއި މެދު ވާން ހުރި ކަންތަކެވެ.
ދެ ފެން ފުޅި ގަނެގެން ދެ މީހުންވެސް ދެން މިސްރާބު ޖެހީ ބަނދަރަށް ދިޔުމަށެވެ. ފަސް ގަޑި ބައިގައި ފުރާގޮތަށް ހަމަޖައްސާފައި އޮތުމުން ކައިޒީން ހުރީ ހިސާބަކަށް ފޫހިވެފައިއެވެ. ނަމަވެސް އީޏާޝްގެ ވާހަކަ މާހިލްއަށް ކިޔައިދެވުމުން ހުރީ އުފާވެސްވައިއެވެ. ހަގީގަތުގައި ކައިޒީން އެރަށުން އެހައި އަވަހައް ދާކަށް ބޭނުމެއް ނުވެއެވެ. އެ ހަލަބޮލި މާލެ ބަލާކަށްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ކުރިއަށް އޮތީ އިމްތިހާނު ފެށޭ ދުވަސްކަމުން ނުގޮހެއްވެސް ނުހުރެވޭނެކަން ދަނެ ކައިޒީން ތުން ދަމައިގެން ހުރެ މާލެ ދާން ލޯންޗަށް އެރިއެވެ.
ލޯންޗުގައިވެސް އާރިފާ އިނީ ޒިރާން އާއި ޖެހި ފިތިފައިއެވެ. ކައިޒީންގޮސް އާރިފާ އިށީންނަން އުޅުނުތާ އިއްތުމުން އާރިފާ ގޮސް އިށީންނީ ޒިރާންގެ އެނެއް ފަރާތުގައިއެވެ. އާރިފާ އުޅޭ ގޮތުން ހީވަނީ ކުޑަކުޑަ ކުއްޖެއް ހެންނެވެ. އީނާޝް އޭނާ ގާތު އިށީންނަން އަންނާށޭ ބުނުމުން ވެސް އާރިފާ ބޭނުންވީ ޒިރާންގެ ކައިރީ ޖެހި ފިތިގެން އިންނާށެވެ. ޒިރާން ވެސް އިނީ އެކަމާ ބޯ ގޮވާފައިއެވެ.
ލޯންޗުގައި އިން އިރު މާހިލްއަށް ބެލެމުން ދިޔައީ އީނާޝްއާއި ދިމާއެވެ. ތެދެކެވެ. އެދެލޮލުން ފެނިގެން ދަނީ ހިތާމައާއި ވޭނެވެ. އެމޫނުން ފެނިގެންދަނީ މާޔޫސްކަމެެވެ. އެ ތުންފަތުގައި އެއްވެސް ހިނިތުންވުމެއް ނެތެވެ.
އެ ނިކަމެތި ކުއްޖާގެ ހަށިގަނޑުގައި އަޅާ ވޭން އިހްސާސް ވާނީ ފަހެ ކާކަށް ހެއްޔެވެ؟ އެ ނިކަމެތި ކުއްޖާގެ އިހްސާސްތައް ދެނެގަންނާނީ ކިހިނަކުން ހެއްޔެވެ؟ މައެއްގެ ލޯބި ނުލިބުމުން ވާ ދެރަ އާއި ކުރާ ހިތާމަ އާއި އަޅާވޭން އެހެން މީހަކަށް ބަޔާން ކޮށްދޭނީ ކިހިނަކުން ހެއްޔެވެ؟
ލޮނުގަނޑު ކަފަމުން ލޯންޗު ގޮސް މާލެއަށް ކައިރި ކުރެވުމުން އެންމެ ފުރަތަމަ ވެސް ލޯންޗުން ފައިބަންނަން ތެދުވީ އީނާޝްއެވެ. އީނާޝް ހުރީ ކެތްތެރިކަން ކޮޅުން ލަައިފައިއެވެ. އަދި އާރިފާ އުޅޭ ގޮތުން ލަދުން ހަލާކުވާ ވަރުވެފައިއެވެ.
އެންމެން ލޯންޗުން ފޭބުމާއިއެކު ޒިރާންގެ ވޭނަށް އަރައިގެން ގެއަށް ދާން މިސްރާބު ޖެހިއެވެ. ޒިރާން އާއި ފަޒީލް ކާރުގެ ކުރީގައި އިން އިރު ފަސް އަންހެނުންނާއި މާހިލް އިނީ ފަހަތުގައިއެވެ. ޒިރާން ކުރިއަށް ދިޔައީ ވެސް އާރިފާގެ ކައިރިން ސަލާމަތް ވުމަށެވެ. އަދި އެކަން ހާސިލްވެސް ވިއެވެ.
ގެއަށް ދެވުމާއިއެކު އެންމެން ވެސް އެމީހެއްގެ ހޮރަށް ވަނެ ފިލާފިއެވެ. ވެފައި ހުރި ވަރުބަލިކަމުން ނިދީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އީނަޝް އިނީ އޭނާގެ ފޮތްތައް ހިފައިގެން ކިޔާށެވެ. އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށްލާކަށް އީނާޝް ބޭނުމެއް ނުވެއެވެ. މާދަމާއަކީ މޮކް އެގްޒާމް ފެށޭ ދުވަސް ކަމުން އީނާޝް އަވަދިނެތި މިހާރު މަސައްކަތް ކުރަމުން އެދަނީ އެ އިމްތިހާނުން ވެސް ރަނގަޅު ނަތީޖާއެއް ހޯދޭތޯއެވެ. ނަމަވެސް މިރޭ އީނާޝްއަކަށް އެހައި ފިލާވަޅަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އާރިފާ މިއަދު އުޅުނު ގޮތުން އަދި ވެސް އީނާޝްގެ ބޮލަށް ވަނީ ބަރުވެފައިއެވެ. އާރިފާ މާ އަވަހަށް ނިދުމުން އީނާޝްއަށް އާރިފާއަށް ވިސްނައިވެސް ނުދެވުނީއެވެ. އީނާޝް ހުރީ ގެއަށް އަންނަ ގޮތަށް އައިސް އާރިފާއަށް ވިސްނައިދޭށެވެ. ބާރަ ޖަހަން ކައިރިވެފައި ހުރުމުން އީނާޝް ދެން ދިޔައީ ނިދާށެވެ. ފޮތަށް ސަމާލުކަން ނުދެވޭތީ އާއި އެކުވެސް މެއެވެ.
*****
ނަބާހު ފަތިސް ނަމާދު ކޮށްލައިގެން ހުއްޓާނުލައި ކިޔަމުން އެދަނީ ފޮތެވެ. އެންމެ ފުަރަތަމަ ވެސް އޮތީ އިސްލާމް ޓެސްޓެވެ. އެއީ އަބަދުވެސް ނަބާހު ފުލް މާކްސް ހޯދާ އެއް ޕޭޕާރެވެ. އެހެން ކަމުން މިފަހަރުވެސް ނަބާހު މަސައްކަތް ކުރަމުން އެދަނީ އެޕޭޕަރުން ވެސް ފުލް މާކްސް ހޯދާށެވެ.
ކައިޒީންވެސް އެހެންޏާ ނުކިޔާވަރަށް ފޮތް ކިޔުމުގައި ވަގުތު ހޭދަ ކުރެއެވެ. މިފަހަރު ކައިޒީންގެ އަމާޒަކީ ހުރިހާ މާއްދާއަކުން ފާސް ވުމެވެ. އަދި އިސްލާމް މާއްދާއިން އައްޑިހަ އިން މަތި ހޯދުމެވެ. ނަމަވެސް ކައިޒީން ގެ ސިކުނޑީގައި ވަނީ ބޮޑު ސުވާލެއް އުފެދިފައިއެވެ. ”އަހަރެންނަށް މިކަން ވާނެ ބާއެވެ؟”
އިމްތިހާނަށް ދާން ވަގުތު ކައިރިވި ވަރަކަށް ކައިޒީންގެ ހިތް ދިޔައީ ނުތަނަވަސްވަމުންނެވެ. ނަމަވެސް ކުރިއެކޭ އެއްފަދައިން އީނާޝްގެ ހިތަށް އެކައްޗެކޭވެސް ނާރައެވެ.
*****
އިމްތިހާނަށް ކައިޒީންމެން ދާން ވާއިރަށް ނަޝްވާ އަދި ޖަަންނަ އުޅުނީ މީރު ކާ އެއްޗެއް ހަދާލުމުގައިއެވެ. އެގޮތުން ކައިޒީންއަށް އެންމެ މީރު ޕާސްޓާ ހަދައި އެއާއި އެއްކޮށް ކާނެ ފޮނި އެއްޗެއް ތައްޔާރުކުރުމުގައި އުޅުނެވެ. އިމްތިހާން ދުވަސްވަރަކީ ވަރަށް މުހިންމު ދުވަސްވަރެއް ކަމުން ނަޝްވާ އަދި ޖަންނަ އަބަދުވެސް މަސައްކަތް ކުރަމުން ދިޔައީ ކައިޒީން މެންނަށް ކަމުދާނޭ ކަހަލަ އެއްޗެއް ތައްޔާރު ކުރެވޭތޯއެވެ. އެހެންނޫނީ ހަދާފައި ހުންނަ އެއްޗަކުން ވެސް އެކަމާ ރުޅިއައިސް އިމްތިހާނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރަފާނެއެވެ.
މިފަހަރު ކައިޒީންގެ އަމަލާއި މެދު ޒިރާން ހުރީ ވަރަށް ބޮޑަށްވެސް ހިތްހަމަ ޖެހިފައިއެވެ. ކިޔެވުމުގައި ގިނަ ވަގުތު ހޭދަކޮށް ފަސް ވަގުތު ނަމާދު ބަރާބަރަށް ކުރެއެވެ. އެއީ އަބަދުވެސް ޒިރާން ދެކެން ބޭނުންވާ ކައިޒީންއެވެ. ޒިރާން ކައިޒީން އާއި މެދު ވަރަށް ފޮނި އުންމީދު ތަކެއް ކުރެއެވެ. ކުލަ ގަދަ ހުވަފެންތައް ބަަލައެވެ.
******
މިފަހަރުގެ އިމްތިހާނުން މުޅި ކުލާހުންވެސް ހޮވާލެވޭފަދަ ދަރިވަރަކަށް ކައިޒީން ވިއެވެ. ނަމަވެސް އީނަޝްއަށް ވުރެ ފަހަތުގައި އުޅެނީ އެންމެ ހަ މާކުހުންނެވެ. މިކަމުގެ ސަބަބުން ކައިޒީންއަށް ލިބުނު އުފާ ބަޔާން ކުރަންވެސް ދައްޗެވެ. ކޮންމެ ޕޭޕަރެއް ބަލާފައި ހިނިތުން ވެލައި ގޮތުން އޭނާގެ އަމާޒަށް ވާސިލް ވެވިއްޖެކަން ހާމަވެގެން ދެއެވެ. ކައިޒީންއަށް މިހާރު ގަބޫލު ކުރެވިއްޖެއެވެ. މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއް ވެސް ހާސިލް ވާނެއެވެ.
އީނާޝްގެ ހާލަކީ ތޯއެވެ. އެންމެ މާއްދާއަކުން ފުލް މާކްސް ނުލިބި ހުރި އިރު ދެން ހުރި ހުރިހާ މާއްދާއަކުން ވަނީ ފުލް މާކްސް ގެނެއްސައިއެވެ. އީނާޝްއަށް ކޮންމެ ޕޭޕަރަކާއި ދިމާ ބަލާފައި ވެސް އަގައިން ބޭރުވަނީ އެންމެ ބަހެކެވެ. ”އަލްހަމްދުލިއްލާހް” އެވެ. އެލިބުނު ނަތީޖާއިން އީނާޝް ހުރީ ވަރަށް ވެސް ބޮޑަށް ހިތްހަމަ ޖެހިފައިއެވެ. ދުވަހަކުވެސް އީނާޝް އުންމީދު ނުކުރާފަދަ ނަތީޖާއެކެވެ. އުފާނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.
****
ނަބާހުއަސް ވެސް ލިބުނީ އިޏާޝް އަށް އެލިބުނު ފަދަ ނަތީޖާއެކެވެ. ނަބާހު ހޯދި ކާމިޔާބީ އާއި މެދު ސޮބާހު ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގި އަނގަ މަތީގައި އަތް އަޅައިގެންނެވެ. ސޮބާހުވެސް ހުރީ އުފަލުން ގޮސް ރޮވިފައިއެވެ. އެދެލޮލުން މިއަދު ނަބާހުއަށްޓަކައި ފައިބަމުން ދަނީ އުފާވެރިކަމުގެ ކަރުނައެވެ.
*****
ޕޭޕަރުތައް ހިފައިގެން ދުވެފައި ކައިޒީން ދިޔަ ގޮތަށް ގޮސް އޮޅުލައިގަނީ ޒިރާންގެ ގައިގައިއެވެ. ހަމައެއާއިއެކު ދެން އިވެން ފެށީ ކައިޒީންގެ ގިސްލުމުގެ އަޑެވެ. ޒިރާން ކައިޒީން ދުރުކޮށްލާފައި ޕޭޕަރުތަކަށް ބަލައިލިއެވެ. ޒިރާންއަށް ވެސް ވީ ހަމަ އެވަރެވެ. އުފާވެރިކަމުގެ ކަރުނަ ޒިރާންގެ ލޮލުގައި ނީރާލަން ނެގީ ހިނދު ކޮޅެކެވެ. ކައިޒީންއަށް ދެ ޕޭޕަރުން ފިޔަވައި ދެން ހުރި ހުރިހާ ޕޭޕަރަކުން ވަނީ ފުލް މާކްސް ލިބިފައިއެވެ. އެއީ މިވީ ދިހަ އަހަރުގެ ތެރޭގައި ކައިޒީން ފުަރަތަމަ ފަހަރަށް ޒިރާން ހިތްހަމަ ޖެހޭ ކަހަަލަ ނަތީޖާއެއް ގެނަ ފުރަތަމަ ފަހަރެވެ. އުފާނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.
”ދަރިފުޅާ.. މިހާރު އެނގިއްޖެއެއްނު މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ ކަން.. މިއަދު މިފެންނަނީ ދަރިފުޅު ތިކުރި ބުރަ މަސައްކަތުގެ ނަތީޖާ.. ބައްޕަ ވަަރަށް ހިތްހަމަ ޖެހޭ ދަރިފުޅު ތި ހޯދި ނަތީޖާ އާއި މެދު.. އަބަދުވެސް ދެން ތި ގޮތުގައި ކުރިއަށް ދޭ.. އަދި ކިރިޔާ ބައްޕަ ދަރިފުޅުގެ ފަރާތުން މިވީހާ އަހަރުތެރޭގައި އުންމީދުކުރިފަދަ ނަތީޖާއެއް ދަރިފުޅަށް ތި ނެރެވުނީ.. މަރުހަބާ ދަރިފުޅާ..” ޒިރާން އަށް އުފަލުން ގޮސް ވާހަކަ ދެއްކުން ވެސް ވީ އުނދަގޫ ކަމަކަށެވެ. އަދި އެއުފަލުގައި ހުރެ ކައިޒީންއަސް ދޭން އޮތް ހަދިޔާވެސް ބުނެލިއެވެ. އެއީ ޗުއްޓީގައި މެލޭސިއާ އަށް ދާންށެވެ. މުޅި އާއިލާއާއި އެކުއެވެ.
އެވަގުތަކީ އީނާޝްވެސް ޕޭޕަރުތައް ހިފައިގެން އައިސް ވަން ވަގުތު ކަމުން ޒިރާން ދެން ދިޔައީ އިނާޝްގެ ގައިތަށެވެ. އިޏާޝްގެ ޕޭޕަރުތައް ބަލައިފާވެސް ޒިރާންއަށް ވީ ހަމަ އެއްވަރެކެވެ. އަދި ހަދިޔާ އެއްގެ ގޮތުން އީނަޝް އަށް ވެސް މެލޭސިއާ އަށް ދާން ފުރުސަތު ދިނެވެ. އަދި ވަރަށް ހޫނު މަރުހަބާއެއް އީނާޝްއަށް ވެސް ކިޔެވެ.
އާރިފާ އެތަަނަށް އައިސް ފުރަތަމަވެސް ބެލީ ކައިޒީންގެ ޕޭޕަރުތަކެވެ. އަދި ކައިޒީން މިފަހަރު ހޯދި ނަތީޖާއަށް މަރުހަބާ ކިޔައި ކައިޒީންގެ ގައިގައި ބައްދާލީ ވަރަށް އުފަލުން ހުރެއެވެ. ނަމަވެސް ކައިޒީން ހުރީ އެކަމާ ހިތްހަމަ ނުޖެހިފައިއެވެ. އާރިފާ ކައިޒީން ދުރު ކޮށްލަމުން ކާން ދާން ހިނގާށޭ ބުނެލިއެވެ. ”ދައްތާ.. އީނާޝްގެ ޕޭޕަރުތައް ވެސް ބަލާލަބަ.. ކީއްވެ އީނާޝްގެ ޕޭޕަރުތައް ނުބަލަ ތިދަނީ؟” ކައިޒީން ވަރަށް ފާޑަކަށް ހުރެ ބުނެލިއެވެ. ހަމަ އެވަގުތު އީނާޝްގެ ނަޒަރު ދެން ހުއްޓުނީ ކައިޒީންއަށެވެ. އެއްވެސް އަސަރެއްނެތް ގޮތަކަށެވެ.
ކަައިޒީން އެހެން ބުނުމާއިއެކީ އާރިފާގެ ފައިގައި ތަޅު އެޅުވުނު ފަދައެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާނުލައި ހުރިތާ ހުރީއެވެ. ކައިޒީން އަދި ޒިރާންވެސް ބަލަން ހުރީ އާރިފާއަށެވެ. އެހެންކަމުން އާރިފާ ކުދި ފިޔަވާޅުތައް އަޅަމުން ގޮސް ކައިޒީންގެ ޕޭޕަރުތައް ބަހައްޓާފައި ހުރި މޭޒާ ހަމަ ކޮށްލިއެވެ. އަދި ވަކިވަކިން ޕޭޕަރުތަކަށް ބަލަން ފެށިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.







Wow??..v v rythi mi part vx..whn next dear?❤❤
Thanks jiji..❤️❤️❤️ next part Tuesday ge kurin genes dheveythr try kuraanan.. Insha Allah???
Woooooww. Masha Allah ❤️ ❤️ ❤️ ❤️varah salhi mi part ves ? Curiously waiting for next part….
Thanks shahu..??? ya keep waiting..?❤️❤️❤️❤️
WOW nice
Thanks a lot❤️❤️
Assalam alaikum.
Miothy 14 vana Bai up vefai.. unmeedhu kuran kamudhaane kamah.. dhn oii Bai tuesdayge kurin genes dhevey thr balaanan.. Insha Allah.. leave a comment..❤️❤️❤️❤️ have a nice day???
Masha allah? varah?? lwbi mi ?part vs ??… waiting ?for? next part lysm???
Thanks friend ehn..❤️❤️❤️❤️ ya keep waiting????
Nice story ???
Thanks❤️❤️
masha allah vr vr vr rythi.. 🙂 🙂
Thanks FLOWER..♥️♥️♥️♥️
vvv rythi
Thanks nish♥️❤️❤️♥️❤️♥️
Masha allah… vr rythi vaahaka eh.. curiously waiting for next part. Avahah up koh dhehchey iney. ????
Thanks Aa..❤️❤️❤️ ya keep waiting???
Kiyaa hithun kiyaalaa vaahaka eh mee. Hama rythi kamun. ????? dhn oi bayah inthizaarugai?????
Aww.. thanks Kai.???❤️?❤️
?Nafu? konirakun vaahaka kiyaaleveynee? 15 kiyaa hithun kehmadhu vefa avahah upload kohdheeba ingey. varah salhi koh vaahaka genes dheyne kamah ummeedhu kuran. varah reethi vaahaka eh mee??
Mirey Insha Allah kiyaalan libeyne.. ya Insha Allah Hama mirey.. keep waiting ingey naash❤️ ya I will try my best..??? thanks a lot for ur support..❤️❤️❤️
maasha allah.. rythi vr…
Thank u soo much dear..♥️♥️♥️♥️
beautiful
Thanks a lot..❤️❤️❤️❤️
just speechless.. keep it up dear.. gud luck
Ya thank u soo much..❤️❤️❤️❤️
owwh… haadha ryhchey
Thank u soo much♥️♥️♥️♥️♥️