Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދާނޭ ދިމާލެއް ނޭންގިފާ…

koookkkiiee Level 1
September 3, 2019 14 Mins Read
8 Comments

 

މިއުޒިކަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައެވެ.އެހެންކަމުން ގްރޭޑް 10 ގައި އުޅުނު އިރުވެސް ކިޔެވުމަށް ވުރެ ބޮޑަށް ސަމާލުކަންދެވުނީ މިއުޒިކަށެވެ. ސްކޫލު ކުދިންގެ ލަވަމުބާރާތްތަކުގައި އަހަންނަށް ވުރެ ގިނައިން ބައިވެރިވި އެއްވެސް ކުއްޖަކު ނޫޅޭނެއެވެ. ސްކޫލް އިން ހުއްދަނަގައިގެން ރަށުގައި ބާއްވާ ހުރިހާ ޝޯތަކެއްގައި ލަވަ ކިޔަމުން ދިޔައީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައެވެ.ނަމަވެސް މިއަދު އަހަރެންގެ ހުރިހާ އުއްމީދެއް ފެނަވެއްވެއްޖެއެވެ..ލަވަކިޔުންތެރިއަކަށް ވުމަކީ ހަމައެކަނި ކުލައެއްނެތް ހުވަފެނަކަށް ވެއްޖެއެވެ.
އެއީ މީގެ 5 އަހަރުކުރިއެވެ. އޭރު އަހަންނަށް އެންމެ 13 އަހަރެވެ.ސްކޫލްގައި ކިޔެވުމަށްވުރެ ބޮޑަށް މަޖާ ކުރުމަށް އިސްކަންދެވުނު ދުވަސްވަރެވެ. އޭރު އަހަންނަށް ލޯތްބަކީ ކޮބާ ކަމެއް ނޭގެއެވެ.އަހަރެންގެ އެކުވެރިން ލޯބިވެރިން ގެންގުޅެއެވެ.އެކަންތަށް އަހަންނަށް ވަނީ ބޮޑު މަޖަލަކަށެވެ.”ރީމާ އަށް ކުއްޖަކު ދެކެ ލޯބިވެވޭ ދުވަހަކުން…” “އިޓްސް ނޯޓް ޕޮސިބަލް. އަހަރެން ބޭނުމެއްނޫން ބޮޑު ބޮލުގަ ރިހުމެއް.” އަހަރެން އަބަދުވަސް ގަބޫލުކުރަނީ ލޯބިވުމަކީ ބޮލުގަ ރިހުމެއް ކަމަށެވެ. ވަރަށް ގާތް ރައްޓެހި ފިރިހެންކުދިން ތިބެ ލޯބިވެރިޔަކު ނެތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ.
ދުވަސްތަށްފާއިތުވަމުން ދިޔައީ އެސްފިޔަ ޖަހާލާހާ ހަލުވި މިނުގައެވެ. ދުވަހަކީ ތިމާވެށީގެ ދުވަހެވެ. ސްކޫލަށް ދިޔައީ ތިމާވެށިދުވަހުގެ ހާއްސަ ލަވަ ކިޔާލާ މަޖާކޮށް ހަދާލުމުގެ ބޭނުމުގައެވެ. “ރީމް ލަވަ ކިޔާލިގޮތް ވަރަށް ރީއްޗޯ ” އަހަރެން ލަވަކިޔާ ނިންމާލާފާ އައުމުން އެކުވެރި ނުހާ ބުނެލިއެވެ. “އެހެންދޯ. ކާކު ބުނީ” އަހަރެންވެސް މަޖާ ވެލާފަ އަހާލީމެވެ. “ރީމް އެހެރެ ކުއްޖާ ސަލާމްބުނި.އޭނަ ބުނީ ރީމް ވަރަށް ރީއްޗޭ” “އެއީ ކާކު ކުރިން ނުދެކޭ ކުއްޖެއް” އަހަންނަށްވުރެ ކުރިން ސުވާލު ކުރީ ނުހާ އެވެ.”އެއީ ޒިހާން. ދާންދު ކުއްޖެ. މި ކޮޅަށް ކިޔަވަން ބަދަލުވީ….” ގޮސް ބުނޭ އެ ރޯމިޔޯ ކައިރީ އަހަންނަކީ މިނިކާ ދައިތައޭ.ތީނަވެސް ކާލަފާނަމޭ.” އަހަރެން އޭނަގެ ވާހަކަ މެދުކަޑާލުމަށް ފަހު އެހެން ބުނެލީ ވަރަށް މަޖާވެލާފައެވެ. “ރީމާ ކުރާ ކަންތަށް. އެކިހާ އޮބި ބިޓެއް” އޭނަ ދިޔުމުން ނުހާ ބުނެލިއެވެ. “އައި ޑޯންޓް ހޭވް އެނީ އިންޓްރެސްޓް. ނުހާ ބޭނުމިއްޔާ ސެޓްކޮށް ދީފާނަން” އަހަރެން ހެމުން ބުނެލީމެވެ.
ހުކުރު ދުވަހުގެ ހިތްފައްސޭހަ ހަވީރު ހިގާލަން ދިޔުމަކީ އަހަރެންގެ އާދައެވެ. އާދައިގެ މަތިން އަތިރިމައްޗަށް ދިޔައީ ކުރާނެ ވަކި ހާއްސަ ކަމެއް އޮވެގެން ނޫނެވެ. އިރުއޮއްސެމުން ދިޔައިރު އުޑުމައްޗަށް ވެރިވަމުން ދިޔަ ކުލަވަރަކީ މޮޅު ކުރެހުންތެރިއަކަށްވެސް ނުކުރެހޭނެ ފަދަ ފުރިހަމަ ކުލަވަރެކެވެ. ހިތްފައްސޭހަ ހަވީރުގެ އިރުއޮއްސެމުން ދިޔައިރު އަހަރެންގެ ހިތަށްވަނީ ނޭގޭ ހިތްހަމަޖެހުމެއް ވެރިވެފައެވެ. “ހިގާ ދެން ދާން. މިހާރު އިރު އޮއްސިއްޖެ” ނުހާގެ އާދައިގެ މަތިން އިރުއޮއްސުމާ އެކު ގެއަށް ދާން އަވަސްވެގަތެވެ. “ފަޔަށް ހިނި އަރައިގެންތަ ތި އުޅެނީ. އަދި މަޑުކޮށް ބަލަ” އަހަރެން ބުނެލީމެވެ. “ތެދެއް އަދި މަޑުކޮށްލާ” އަހަރެން ސިއްސައިގެން ދިޔައީ ފަހަތުން ފިރިހެނެއްގެ އަޑު އިވުމުންނެވެ.”އަހަންނަށް ކިޔަނީ ޒިހާން. ބައްޕަ މިރަށް.” “އަހަންނަށް ކިޔަނީ ނުހާ.މީ…” “މިނިކާ ދައިތަ ދޯ.” ޒިހާން އެހެން ބުނުމުން އަހަރެން ބާރަށް ހޭން ފެށީމެވެ. ” ނޫން. އަހަންނަށް ކިޔަނީ ރީމާ. ފްރޭންޑުން ކިޔަނީ ރީމް” އަހަރެން ބުނެލީމެވެ. “ފްރޭންޑްސް” ޒިހާން އަތް ދިއްކޮށްލިއެވެ. “ފްރޭންޑްސް” އަހަރެން މަޑުމަޑުން ބުނެލީމެވެ. “ދެން ހިގާ ދާން” ނުހާ އަހަރެންގެ އަތުގަހިފާ ދަމައިގަތެވެ. އަހަރެން ހިގައިގަންނަމުން ފަހަށް ބަލާލީމެވެ. ޒިހާން އަތުގެ އިޝާރަތުން ގުޅާނެ ވާހަކަ ބުނެލިއެވެ.
އަހަންނަށް ޒިހާންގެ ކޯލަށް އިންތިޒާރުކުރެވެން ފެށީ ކީއްވެ ކަމެއް ނޭގެއެވެ. ޒިހާން ދެކި ނުލާ ހިތްހަމައެއް ނުޖެހެއެވެ. ހަފްތާއެއް ވީއިރުވެސް ޒިހާންގެ އެއްވެސް ހަބަރެއް ނުވެއެވެ. ސްކޫލުން ފެނުނަސް ވާހަކައެއް ނުދައްކައެވެ. އަހަރެން މުޅިން މާޔޫސްވެއްޖެއެވެ. އަހަރެންގެ އެކުވެރިންދެކޭ ގޮތުގައި އަހަންނަށް ލޯބިވެވިއްޖެއެވެ. ނަމަވެސް އެކަން ގަބޫލުކުރާކަށް އަހަރެން ބޭނުމެއް ނުވެއެވެ.
“ރީމް ފޯނުނަގާބަލަ” އަހަރެން ސްކޫލު ނިންމާލާފަ އައިސް ޖައްސާލިތަނާ މަންމަ ބުނެލިއެވެ. ” މިގެއަށް އަންނަ ފޯނު އަބަދުވެސް ނަގަން މިޖެހެނީ މަށަށް. ވަރަށް ފޫހިވޭ.” އަހަރެން ރުޅިއައިސްގެން ކުދިކިޔާލީމެވެ. “ހަލޯ. ކާކުބާ؟ ” ފޯނުނެގުމާ އެކު އެކޮޅުން ބުނެލިއެވެ. “މީ ކާކުތޯ ބެލުމެއް ނުން މުހިއްމީ. ހޯދަން ވީ ކާކު؟” އަހަރެން ބުނެލީމެވެ. ” ރީމާ” އެކޮޅުން ބުނެލިއެވެ. “ހޫމް. ވާހަކަ ދައްކަނީ. ތީ ކާކު؟ ” އަހަރެން ސުވާލުކޮށްލީމެވެ. “މީ ޒިހާން.” “އޯ… ހާދަ ދުވަހެއް ކޮށްލާފަ” އަހަންނަށް އުފަލުން ބުނެލެވުނެވެ. “އާނ. ދޯ.” ޒިހާން ބުނެލިއެވެ.
ދުވަސްތަށް ފާއިތްވަމުން ދިޔަވަރަކަށް އަހަންނާ ޒިހާން އާއި ދެމީހުންގެ ގުޅުންދިޔައީ ބަދެހިވަމުންނެވެ. އެންމެފަހުން ޒިހާން އަހަންނަށް ލޯބިހުށަހަޅައިފިއެވެ. އަހަންނަށް ދޭނެ ވަކި ޖަވަބެއް ނޭގުނެވެ. އަހަރެން އޭނަ ދެކެ ލޯބިވާ ކަމާ މެދު އަހަންނަށް ޝައްކުވެއެވެ. އަހަރެންގެ އެކުވެރިން އަބަދު އަހަރެންކައިރީ ޒިހާންގެ ރަގަޅުވާހަކަ ދައްކައެވެ. އެންމެ ފަހުން އަހަރެން އޭނަގެ ލޯތްބަށް އެއްބަސްވީ ވަރަށް ގިނަ ޝަރުތުތަކަކާ އެކުގައެވެ. “ޒިހާން ޖެހޭނެ ޒިހާންގެ ގޯސް އެކުވެރިން ދޫކޮށްލަން.” އަހަރެންގެ ޝަރުތުތަށް ޒިހާން ގަބޫލުކުރީ ހިތުން ރުހުމުންނެވެ.
ދުވަސްތަށް ފާއިތްވަމުން ދިޔައީ އުފަލާ ހިތްހަމަޖެހުމާ އެކުގައެވެ. ކުދިކުދި މައްސަލަތަށް ޖެހުނަސް އަހަރެމެން މައްސަލަތަށް ހައްލުކުރަމުން ދިޔައީ ވިސްނުންތެރިކަމާ އެކުގައެވ. ޒިހާންއަކީ ރުޅިގަދަ މީހަކަސް އަހަރެންދެކެ ވާ ލޯބީގެ ސަބަބުން ވަރަށް އަވަހަށް ރުޅިގަޑު މައިތިރިވެއެވެ. އަހަންނާ ޒިހާންގެ ގުޅުމަށް 6 މަސްވީތަނާ ޒިހާންގެ ގޯސްވާހަކަ މީހުން އަހަރެން ކައިރީ ދައްކަން ފަށައިފިއެވެ. ނަމަވެސް އަހަރެން އެވާހަކަތަކެއް ގަބޫލެއް ނުކުރަމެވެ. މިހާރު އަހަރެންގެ ކައިރީ ޒިހާންގެ ރަގަޅު ވާހަކަ ދެއްކި ރައްޓެއްހިންވެސް އޭނަގެ ގޯސް ވާހަކަ ދައްކަން ފަށައިފިއެވެ. އުފަލުން އުޅޭ ދުވަހަށް ވުރެ ވިސްނުމާ ހިތާމައިގައި އަހަރެން ހޭދަކުރާ ދުވަސްތަށް ގިނަވެއްޖެއެވެ. ދެމީހުން ކުރިން ވީ ލޯބި މަޑުމަޑުން ފަޑުވާން ފަށައިފިއެވެ. ހުރިހާވެސް މައްސަލަ އަކީ ޒިހާންގެ ގޯސް ރަހްމަތްތެރިންނެވެ. އަހަރެމެންގެ ގުޅުމަށް އަހަރެއްވާން އުޅެނިކޮށް ކުއްލިއަކަށް އަހަންނަށް އިވުނީ އަހަރެން ހިތްހުޓޭވަރުގެ ހަބަރެކެވެ.

“ޒިހާން ފުރައިފި. އޭނަގެ މަންމަ އޭނަ ބަލާ އައީ.” ނުހާ ބުނެލިއެވެ. “އޭ… ޒިހާން ފުރީޔޭ. ނުވާނެ ތިހެނެއް. އޭނަ އަހަރެން ކައިރީ ނުބުނެ ނުދާނެ.” އަހަންނަށް ރޯންވެސް ނޭގުނެވެ. ޒިހާން ދިޔައީ އަހަރެންގެ ހިތުގެ ހަމަޖެހުން ހިފައިގެންނެވެ. އޭނަ ނެތުމުގެ ފަޅުކަން ވަނީ އަހަރެންގެ މުޅި ދިރިއުޅުމަށް ވެރިވެފައެވެ. ކޮންމެ ތަނަކުށް ދިޔަޔަސް އެ ހަނދާންތަކެވެ. އަހަރެންގެ ކަންފަތުގައި އަބަދުވަސް ހަރުލާފައިވަނީ އޭނަގެ ފޮނި ބަސްތަކެވެ. މިހާރު ޒިހާން ދިޔަތާ 4 މަސްވެއްޖެއެވެ. ޒިހާންގެ އެއްވެސް ހަބަރެއް ނުވެއެވެ. ކޮންމެ ދުވަހެއްގެ އިރުއަރަނީ ޒިހާން ގުޅާނެ ކަމުގެ އުއްމީދުގައެވެ. އިރުއޮއްސި އަދިރިވެގެން ދަނީ ކަރުނައާއި މާޔޫސްކަމުގައެވެ. “ހިގާބަލަ ޒިހާނަށް ގުޅަން” އެންމެ ފަހުން އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. “ރީމްއަށް ކެރޭނެތަ ވާހަކަ ދައްކަން” މިންހާ ބުނެލިއެވެ. “އާނ… ކެރޭނެ.” އަހަރެން ޒިހާންގެ ނަންބަރަށް ގުޅާލީމެވެ. ދެ ފަހަރު ރިންގް ވީތަނާ ފޯނުނަގައި ފިއެވެ. “ހަލޯ. ޒިހާންތަ؟” “އާނ.ތީ ކާކު؟” ޒިހާން އަށް އަހަރެންގެ އަޑު ވަކިކުރަން ނޭގުމުން އަހަރެން ދެރަވިއެވެ. ” މީ…މީ ރީމް” އަހަރެން ބުނެލީމެވެ ” ކޮން ރީމް އެއް.މަ ދަންނަ ރީމް އެއް ނޫޅޭނެ.” އެކޮޅުން ފޯނު ކަޑާލިއެވެ. “ކީކޭ ބުނީ؟” މިންހާގެ ސުވާލާ އެކު އަހަންނަށް ބާރަށް ރޮއިގަނެވުނެވެ. “ތިމަންނަ ދަންނަ ރީމް އެއް ނޫޅެނެޔޯ” އަހަރެން ގިސްލަމުން ވާހަކަ ދެއްކީމެވެ. “އަޅާ ނުލާ.. ރީމްއަށް އެއަށްވުރެ މާ ރަގަޅު މީހުންވެސް ވާނެ” މިންހާ އަހަންނަށް ހިތްވަރު ދިނެވެ.
ދުވަސްތަށް ފާއިތްވަމުން ދިޔަވަރަކަށް އެކުވެރިންގެ އެހީތެރިކަމާ އެކު އަހަރެން ހަމައެކަށް އެޅިއްޖެއެވެ. އެކަނިވާ ފަހަރު ސިއްރުން ރޯލިޔަސް އެކުވެރިންނާ އެކު އުޅޭއުޅުމުގައި އެކަންތަށް ނުދައްކާވޭތޯ ބަލަމެވެ. ސްކޫލުކުދިންގެ ލަވަ މުބާރަތަށް އަހަރެން ތައްޔާރުވަމުން ދިޔައީ ވަރަށް ބުރަކޮށެވެ. އެއްގޮތަކަށްވެސް ހުސްވަގުތެއް ނުލިބެއެވެ. އެދުވަސްވަރު އަހަންނަށް ދިޔައީ ލޯބީގެ ހުށެހެޅުންތަށް ލިބެމުންނެވެ.ނަމަވެސް ދެން އިތުރަށް ލޯބިވާނެ ހިތްވަރަށް އަހަރެންގެ ނެތެވެ. ” ރީމް ދެން މުޅި އުމުރަށްވެސް ހުންނާނީ ތިޔަހެންތަ؟” ނުހާ އެހެން ނަހާ ދުވަހަކަށް އިރުނާރައެވެ. “އާނ… އަހަރެން ބޭނުމައް ނޫން ދެން އިތުރު ހިތި ތަޖްރިބާއެއް ކުރާކަށް” އަހަރެން ހިތުގާ އޮތް ގޮތް ބުނެލީމެވެ. “ރީމް އަށް އިގޭތަ އަބަދު ރިމާޒް ދައްކަނީ ރީމް ދެކެ ލޯބިވާ ވާހަކަ.ރީމް އުފަލުގަ ބަހައްޓަން ބޭނުން ވާހަކަ” ނުހާ އަހަންނަށް ރީމާޒް ގެ ވާހަކަ ކިޔާދިނުމުން ހިތަށް ތަދުވީ ކީއްވެ ކަމެއް ނޭގެއެވެ. “ތިހެން ޒިހާން ވެސް ބުނ” “އޯހޯ… ޒިހާންގެ ނަން ކިޔާލާ އިރު އެވާ ގޮތެއް..” ކުއްލިޔަކަށް އަހަރެމެން ކައިރިއަށް ހުއްޓުނީ އަހަރެންގެ މިހާރުގެ ވަރަށް ގާތް އެކުވެރިއެކެވެ. ޒިހާން އަހަރެން ދޫކޮށްލާފަ ދިޔަފަހުން އަހަންނަށް އެންމެ ހިތްވަރާ އެހީދޭ އަހަރެންގެ ސީކްރެޓް ފްރެންޑް އައިމްންއެވެ. “ހޫނ….ފެށީ ދޯ ” އަހަރެން ހީލަމުން ބުނެލީމެވެ. “ވާވް..ހީލާއިރު ހާދަ ރީއްޗޭ.”އެއީ އައިމަންގެ އާދައެވެ.އަބަދުވެސް އަހަރެން ހެއްވާލެވޭތޯ ބަލާނެއެވެ. “ހާއި..ކުދިން ކީއްކުރަނީ؟ ރީމް އައި ވޯންޓް ޓޮކް ވިތް ޔޫ އެލޯން” އަހަރެންނަށް ރިމާޒް ދައްކަން އުޅެނީ ކޮން ވާހަކައެއްކަން މާ ކުރިންވެސް އެގެއެވެ. “މިހާރު. ކޮންވާހަކައެއް” އަހަރެން ނެގޭ ކަމަށް ހަދާލީމެވެ. “އެލޯން” ރިމާޒް އަހަރެންނާ ކައިރިވެލާފައި ވައި އަޑަކުން ބުނެލިއެވެ.އަހަންނަށް ރިމާޒްގެ އެހަރަކާތް ވަރަށް ކަމުދިޔައެވެ. “އެބަ އަންނަން. އައިމްން މަގޭ ޓްރެކް ރެޑީކޮށްލާތި” އަހަރެން ހިގައިގަންނަމުން ބުނެލީމެވެ. އޭރު އައިމަންގެ މޫނުމަތީގައި ވަނީ މާޔޫސް ކަމެވެ.
އަހަންނާ ރިމާޒާ ދެމީހުންގެ ލޯބީގެ ގުޅުން ފެށުނީ އަހަރެން ލޯބިވެގެނެއް ނޫނެވެ. ހަމައެކަނި ޒިހާންގެ ހަނދާންތަކާ ދުރުވެލުމަށްޓަކައި އަހަރެން ކުރި ކަމެއްގެ ސަބަބުން އައިމަން އާއި އަހަރެންގެ ގުޅުމަށް ބަދަލުތަކެއް އައީ ކީއްވެ ކަމެއް އަހަންނަށް ނޭގުނެވެ. އަހަރެންނަށް ރިމާޒްގެ ފަރާތުން ލިބެމުން އައި ލޯބީގެ ބަދަލުގައި އަހަންނަށް އޭނައަށް ދެވޭނެ އެއްވެސް އެއްޗެއް ނެތެވެ. އެހެންކަމުން އެއް ފަރާތުން ވަމުން އައި ލޯބީގެ ނިމުމާ ދޭތެރޭ އަހަރެން ދިޔައީ ވިސްނަމުންނެވެ. އަހަންނަށް ރިމާޒަށް ވުރެ ބޮޑަށް އައިމަން އަށް ހާއްސަ ކަމެއް ދެވުމުގެ ނަތީޖާއަކަށް ވީ ރިމާޒް އަހަންނަށް ޝައްކު ކުރަންފެށުމެވެ. ކުދިކުދި މައްސަލަތަކެއްގެ ފެށުމަކަށް ވީ ހީވެސް ނުކުރާހާ ބޮޑު ނިންމުމެއް ނިންމަން ޖެހުމެވެ. “އަހަރެން ވިއްޔާ އަހަރެން، އައިމެން ވިއްޔާ އައިމަން.ޖަސްޓް ޗޫސް ވަން ހޫ ޔޫ ވޯންޓް” އަހަންނާ އައިމަން ދިޔައީ ސިއްސައިގެންނެވެ. ރީމާޒް ގެ ހަރުކަށި ޖުމްލައާއި އެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވ. ހަދާނެ ގޮތަށް ނޭގުނެވެ.

” އަހަރެން….. އަހަރެން ބޭނުމީ އައިމަން..” އަހަރެން ބުނެލީމެވެ.އައިމަން ދިޔައީ ސިއްސައިގެންނެވެ.” އަހަރެން ދުވާކުރާނަން ރީމާއަށް ދުވަހަކުވެސް އުފަލެއް ނުލިބޭތޯ” ރީމާޒް ރުޅިވެރިކަމާ އެކީގަ ބުނެލިއެވެ.
އަހަންނާ އައިމަންގެ ގުޅުން ފެށުނީ ހީވެސް ނުކުރާ ގޮތަކަށެވެ. ސްކޫލުކުދިންގެ ލަވަ މުބާރަތް ނިމުނު އިރު އަހަންނަށް ވަނީ އައިމަން އާ ނުލާ ނޫޅެވޭ ވަރަށް އޭނަ ދެކެ ލޯބިވެވިފައެވެ. އައިމަން އާއި އަހަރެންގެ ގުޅުމަށް ދެ އާއިލާގެ މީހުންވެސް މަރުހަބާކީ އުފަލާ އެކުގައެވެ. އައިމަން އަހަންނަށް ވަރަށް ރަގަޅެވެ.އަހަރެމެންގެ ގުޅުމަށް ދެ އަހަރު ވިއިރުވެސް އެއްވެސް ކަހަލަ މައްސަލަ އެއް ނުޖެހެއެވެ. އަހަރެން ގަބޫލު ކުރިގޮތުގައި ކުރިން އަހަރެންނަށް ވެވުނީ ލޯތްބެއް ނޫނެވެ. އައިމަން ދެކެ އަހަރެން ލޯބިވާ ވަރަށް އައިމަން ވެސް އަހަރެން ދެކެ ލޯބިވުންވީ އަހަރެން ކުރިމަތީގައި އައިމަންގެ ގަދަރު އުފުލިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަށެވެ. އަހަރެންގެ އާއިލާ މީހުންނާއި އެކުވެރިންވެސް އައިމަން ދެކެ ވަރަށް ލޯބިވެއެވެ. އައިމަން އަކީ ހާހަކުން އެކެއް ކަމުގައި އެންމެން ވެސް ބުނެއެވެ.
ދުވަސްވަރަކީ އޯލެވެލް އިމްތިހާނުގެ ދުވަސްވަރެވެ. އައިމަން އޯލެވެލް ހަދާ ދުވަސް ވަރު ކަމުން އަހަންނާ އެކު ހޭދަކޮށްލެވެނީ މަދު ވަގުތު ކޮޅެކެވެ. އެދުވަސް ވަރު އައިމަން އަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށުމުގެ ނަތީޖާ އަކަށް ވީ އަހަރެމެން ދެމީހުން ދޭތެރޭ މައްސަލަޖެހެން ފެށުމެވެ. އައިމަން ހިތްހަމަޖެހޭ އެއްވެސް ކަމެއް އަހަންނަށް ނުކުރެވެއެވެ. އަހަރެން ގެއިން ބޭރަށް ނިކުތުމަކީ އައިމަން ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އަހަރެން ހެދުން އަޅާގޮތް ކަމުނުދާން ފަށައިފިއެވެ. އެންމެ ފަހުން އައިމަންގެ އެދުމަށް ބުރުގާ އެޅީ އޭނައަށް އަހަރެން ވާ ލޯބީގެ އަގު ވަޒަން ކޮށްދިނުމަށެވެ. އައިމެންގެ އޯލެވެލް ނިމުނު އިރު އައިމަން އަށްވަނީ ވަރަށް ރަގަޅު ވަޒީފާ އެއް ލިބިފައެވެ. އައިމަން އަހަންނާ ދުރަށް ދާތީ އަހަރެންގެ ހިތް ދިޔައީ ރޮމުންނެވެ. ނަމަވެސް އޭނަ އަށް ރަގަޅު ވަޒީފާ އެއް ލިބުނީތީ އަހަރެން އުފާކުރީމެވެ. ” އައިމަން އަހަރެން އައިމަން އަށް އިންތިޒާރު ކުރާނަން. އަހަރެން ވަރަށް ލޯބިވޭ” އަހަރެން އައިމަން ގައިގައި ބައްދާލަމުން މަޑުމަޑުން ބުނެލީމެވެ. ” އަހަރެން ވެސް ވަރަށް ލޯބިވޭ. ރީމް އަހަންނަށް ބޭވަފާތެރި ނުވާތި. ރީމް އަހަންނަށް….” “ނޫން..އަހަރެން އައިމަންގެ ލޯބީގެ އަގު ވަޒަން ކުރަން. އައިމަން ނުން އެހެން މީހަކު އަހަރެންގެ ދިރިއުޅުމަށް ނާންނާނެ. ތީ އަހަރެންގެ ހިތުގެ ވިންދު..ތީ އަހަރެންގެ ފުރާނަ…” އަހަންނަށް ހަމަ ރަގަޅަށް ވެސް ރޮވިއްޖެއެވެ. “ދެން ހުއްޓާލާ.މާދަން ދާނަންދޯ އަހަރެން ފުރުވަން..” އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.
އައިމަން ފުރީ އަހަރެންގެ ހެޔޮ ދުޢާތަކާ އެކުގައެވެ. އައިމަން ނެތުމުން އަހަރެން ވަރަށް އެކަނި ވިއެވެ. ނަމަވެސް ފުރަން ގޮސް އަހަރެން ކައިރީ އައިމަން ދެއްކި ވާހަކަ އަހަރެން ހަދާން އެބަހުއްޓެވެ. “ރީމް އަހަރެން ނެތަސް މަގުމައްޗަށް ގިނަވެގެން ނޫޅޭތި. އަހަރެން ރީމް އުޅޭގޮތް ވަރަށް ކައިރިން ބަލާނަން.” “އަހަރެން ވައުދުވަން” އަހަރެން އައިމަނަށް ވީ ވައުދުގައި ކޮޅުފައިން ޖަހާކަށް ބޭނުމެއް ނޫނެވެ. އައިމަން ހުސްވަގުތެއް ވާއިރު އަހަންނަށް ގުޅައެވެ. އޭނަވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަހަރެންވެސް އޯލެވެލް ހަދާ އަހަރުކަމުން މަޑުމަޑުން އަހަރެންވެސް ކިޔެވުމާގެން އުޅެން ފަށައިފިއެވެ. އައިމަން ކޮންމެ ދެމަހުން އެއްމަހު ރަށަށް އަދެއެވެ.
އަހަރެންގެ އޯލެވެލް ނިމުނީ ހީވެސް ނުކުރާހާ ރަގަޅު ނަތީޖާ އަކާ އެކުގައެވެ. ނަމަވެސް އަހަރެން ވަޒީފާ އަކަށް ދިޔުމީ އައިމަން ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އަހަރެން ދުވަސްތަށް ވޭތުކުރަމުން ދިޔައީ ފޫހިކަމާ އެކުގައެވެ. ދެމަހުން އެއް މަހު އަށް ދުވަހު އައިމަން އާއި އެކު ދާތަނެއް މެނުވީ އެހެންތަނަކަށް އަހަރެން ނުދަމެވެ.

ދުވަސްތައް ފާއިތްވަމުން ދިޔައިރު އަހަރެންގެ ކުރީގެ އެކުވެރިންނާ އަހަންނާ ދެމެދު އޮތް ގުޅުން ވަރަށް ކުޑަވެއްޖެއެވެ. އާއިލާ މީހުން ކައިރީ އަހަރެން ރަށުގަ ނޫޅެނީހޭ އަހާ މީހުންތައް ގިނަވެއްޖެއެވެ. އަހަރެން މަގުމައްޗަށް ނުނިކުންނަ ސަބަބު ބަލަން އަހަރެންގެ އާއިލާ މީހުންނަށް މަޖުބޫރުވެއްޖެއެވެ. އަބަދު އެކަނި އުޅެނިކޮށް އަހަންނަށް ސިކުޑީގެ ބައްޔެއް ޖެހިދާނެތީ އާއިލާ މީހުން ކަންބޮޑުވާން ފަށައިފިއެވެ. “އަހަންނަށް ފެންނަނީ ރީމް ދެން ވަޒީފާ އެއް ހޯދަން. ތިހެން އަބަދު ގޭތެރޭގައި އުޅެނިކޮށް ޑިޕްރެޝަން ޕޭޝެންޓަކަށް ވެދާނެ.” ދޮންތަ އެ ދުވަހު އެހެން ބުނުމުން އަހަރެންނަށް އެކަންވީ ބޮޑު މަޖަލަކަށެވެ..”އަހަރެން ހިތަށް އަރަނީ އަނެއްކާ ލަވަކިޔަން ފަށަންވީއޭ.” “ކުރިންވެސް ބުނެފަ އޮންނާނީ ލަވަކިޔުމްކީ އަހއރެން ހިތްހަމަޖެހޭ ކަމެއް ނޫނޭ.އަހަރެން ބެނުމެއް ނޫން ރީމް ލަވަކިޔާ ވަޒީފާއަކަށް ގޮސްހަދާކަށް.” އަހަރެން އެ ވާހަކަ ބުނުމުން އައިމަން ފާޅުގާ ދެކޮޅު ހެދިއެވެ. އަހަންނަށް އައިމަން ގެ ނިންމުމަކާ ދެކޮޅަށް ތެދުވާކަށް ނުކެރުނެވެ. ” ރީމް ޖޮބަކަށް ނުފޮނުވަން ތި އުޅެނީ ކީއްވެ؟ ރީމްވެސް ޖެހޭނެ އެއްނުން މައިންބަފައިން ރީމްއަށްޓަކައިވީ ގުރުބާނީގެ އަގުވަޒަން ކުރަން. ރީމް ވަޒީފާއަކަށް ދިޔައިމަ އާނީ ކޮއްކޯއަށްވެސް ތަންކޮޅެއް ލުއިވާނެ.” ދޮންތަ އައިމަން އަށް ވިސްނާ ދިނެވެ.އައިމަން ދޮންތަގެ ވާހަކަ ގަބޫލުކުރީ ހީވެސް ނުކުރާހާ އަވަހަށެވެ.

އަހަންނަށް ވަރަށް ފަސޭހައިން ވަޒީފާ ލިބިއްޖެއެވެ. ވަޒީފާ ލިބުނީ ވަރަށް ހިތްހެޔޮ އެކުވެރި މާހައުލަކުންކަމުން އަހަރެން ވަރަށް އަވަހަށް އެމާހައުލަށް ހޭނިއްޖެއެވެ. ނަމަވެސް އޮފީސްކުދިންނާ އެކު ބެރަށް ދިޔުމަކީ އަހަރެން ކުރާކަމެއް ނޫނެވެ. ރެސްޓޯރެންޓްތަކަށް ދިޔުމަކީ އަހަރެންނަށް ހެދިފަ އޮތް ގާނޫނުގައި މުޅިން މަނާ ކަމެކެވެ. އޮފިސް އެންމެންނަށް ވެސް އައިމަން އާއި އހަރެންގެ ގުޅުން އެގެއެވެ. އަދި އައިމަންގެ މިޒާޖް ނޭގޭ އެކަކުވެސް އޮފީހަކު ނޫޅެއެވެ. “ރީމް މާ ބޮޑަށް ތި އައިމަން ދެކެ ބިރުގަންނަނީ. ތިހާ ވަރަށް ހިފަހައްޓަންޏާ މެރީކޮށްގެން ނޫޅެވޭނެ. އައި ތިންކަ ހީ ޑޮންޓް ޓްރަސްޓް ޔޫ…” ނިޒޫގެ ޖުމްލައިން އަހަންނަށް ފުރަތަމަ ފަހަރަށް އަހަރެން އުޅޭގޮތާ މެދު ވިސްނާލެވުނެވެ. އަހަރެންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމާމެދު ވިސްނާލީމެވެ.

އަހަރެން މަދުމަދުން އޮފީސް މީހުންނާ އެކު ބޭރަށް ދާންފަށީމެވެ. ފުރަތަމަ ފަހަރަށް އައިމަން އަށް ސިއްރުން ކަންތައްތައް ކުރަންޖެހުމުން އުދަގޫވެ ޖެހިލުންވިއެވެ. ނަމަވެސް ފަހުންފަހުން އެއީ އަހަންނަށް މާ ބޮޑު ކަމެއް ނޫނެވެ. “އައިމްން އަހަރެން ދެ ދުވަހަށް އޮފީސް ކަމަކު ފޮނަދުއަށް ދާން…” “ނޯ… ރީމް އަކަށް ނުދެވޭނެ. އެހެން މީހަކު ނެތީތަ؟” އަހަރެންގެ ވާހަކަ ނުނިމެނީސް އައިމަން ބުނެލިއެވެ. ” އެކަމަކު އަހަރެން ބޭނުން ދާން. އެހެން ދެ ކުދިންވެސް ދޭ” އަހަރެން ޅަގޮތަކަށް ބުނެލީމެވެ. ” ނޫނެކޭ ބުނީމަ އަޑެއް ނީވޭތަ؟” އައިމަން ވަރަށް ބާރަށް ބުނެލިއެވެ. “އަހަރެން މީ ކުކުޅެއްތަ؟ ވަޒީފާގާ އުޅެންޏާ އެތަނުން އަންގާ އެންގުންތަކަށް ބޯލަބަންޖެޙޭނެ” ފުރަތަމަ ފަހަރަށް އަހަރެން އައިމަނަށް ރައްދު ދިނީމެވެ. ދިގު ބަހުސްއަކަށް ފަހުވެސް އައިމަން ފޮނުވާކަށް އެއްބަހެއް ނުވިއެވެ. އަހަރެން އައިމަނާ ދެކޮޅަށް އެރަށަށް ދިޔައީ އެހެން ގޮތެއް ނެތުމުންނެވެ. އެ ދެ ދުވަހަކީ އަހަންނަށް ވަރަށް ހިތި ތަޖްރިބާތަކެއް ކުރެވުނު ދެދުވަހެވެ. އައިމަންގެ ވިހަގަދަ ބަސްތަކުގެ ސަބަބުން އަހަރެންގެ ލޯލުން ފެންހިކޭ އެންމެ މިނިޓުކޮޅެއްވެސް ނުދެއެވެ.

އެދުވަހަށް ފަހު ވިޔާނުދާ އެއްޗެހި ކިޔުމަކީ އައިމަންގެ އާދައެކެވެ. އަހަރެންނަށް ފުރަތަމަ ފަހަރަށް އަހަރެންގެ ހޮވުން ކަމުނުދާކަމުގެ އިހްސާސްކުރެވުނެވެ. މައްސަލަތައް ގިނަކަމުން އަހަރެންގެ ބޯހާސްވެއްޖެއެވެ. ހިއްސާކޮށްލާނެ ގާތް އެކުވެރިޔަކު ބޭނުންވިއެވެ. އައިމަންދެކެ މަޑުމަޑުން ފޫހިވާންފަށައިފިއެވެ. އޭނަ އަހަންނާ ދިމާއަށް ކިޔާ ކޮންމެ އެއްޗަކާ ވިދިގެން އެއްޗެހި ކިޔަންފަށައިފީމެވެ. ހަފްތާ ދެ ހަފްތާ ވަންދެން ރުޅިވެރި ކަމުގެ ޒުވާބުތަށް ކުރިއަށް ދާންފަށައިފިއެވެ. އަހަރެންވެސް މަޑުމަޑުން އެކަމަށް ހޭނިއްޖެއެވެ. އަހަރެން އޮފީހުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔައީ އެއްވެސް ފިކުރެއް ނެތިއެވެ. ކުއްލިއަކަށް ދޮރުހުޅުވާލާފަ ވަނީ އަހަރެން ހިވެސްނުކުރާފަދަ މީހެކެވެ. “ކޮބާ ރަމީ؟” އޭނަ އައިސް އަހަރެން ކައިރީ ސުވާލުކޮށްލިއެވެ.

އަހަންނަށް ބަލަހައްޓައިގެން ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ..

“ޒިހާން” އަހަންނަށް މަޑުމަޑުން ބުނެލިއެވެ. “އަހަ ޒިހާން ކޮން ދަތުރެއް” ރަމީ އައިސް ޒިހާން ކައިރީ އަހާލިއެވެ. “މީ އައްދުމެން ކިޔާވަރުން މި ކޮޅަށް ޖައްސާލީ” ޒިހާން ފަރުވާކުޑަގޮތަށް ބުނެލިއެވެ. “ހަމަ އެމީހުން ބުނީމަ އައީ ތަ ނޫނީ އެހެން ކަމެއް އުޅެނީތަ؟” ރަމީ އަހަރެންގެ މޫނަށް ބަލާލަމުން މާ ނޫން ގޮތަކަށް ހަދާލާފައި ދިމާކޮށްލިއެވެ. “ނޫނޭ ދެންދަނީ ފަހުންދިމާވާނެ ދޯ” ޒިހާން އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “އޭ ކިހިނެއްވެފަ؟ ޒިހާން ހިގައްޖެ.” އަހަރެން ސިއްސައިގެން ދިޔައީ ރަމީ ހޭންފެށުމުންނެވެ. ” ވަރަށް ސަޕްރައިޒްވެއްޖެ.” އަހަރެން ބުނެލީމެވެ. ޒިހާން ފެނުމުން ކުރިން އަހަރެންގެ ހިތުގައި ޒިހާނަށްޓަކައި ވީ ލޯބި ހޭލައިގަތީ އަހަރެންގެ އިހްތިޔާރަކު ނޫނެވެ. އެދުވަހު އޮފީސް ނިންމާލާފަ ގެއަށް ގޮސްވެސް ވިސްނުނީ ޒިހާން އާއި ދޭތެރޭގައެވެ. އޭނަ އާއި އަހަންނާ ގުޅިގެން ލޯބިން އުޅުނު ގޮތެވެ.ޒިހާން ގުޅާނެކަމުގެ އުއްމީދު އަހަންނަށް ވަރަށް ބޮޑަށް އޮތެވެ. ނަމަވެސް ދެ ދުވަސް ފާއިތުވެ ދިޔައިރުވެސް ޒިހާންގެ ހަބަރެއް ނުވިއެވެ. އަހަރެންނަށް އޭނަ މަގުމަތިން ފެނެއެވެ. އަހަންނަށް ބަލާވެސް ނުލައެވެ.
ދުވަހަކީ ހުކުރު ދުވަސްކަމުން އަހަރެން ޓީވީ ބަލަން އޮތްއިރު ޓީވީން ފެންނަ މަންޒަރުތަކަށް ވުރެ ބޮޑަށް އަހަންނަށް ވިސްނެމުން ދިޔައީ ޒިހާން އާއި ދޭތެރޭގައެވެ. އައިމަން ގުޅުމުންވެސް ފޫހިކަމާ އެކު ވާހަކަ ދެއްކުނީ ޒިހާންގެ ހިޔާލުތަށް ބޮލުގަތެރޭގަ އެބުރެމުން ދިޔުމުންނެވެ. އައިމަން ހިތްހަމް ނުޖެހުމާ އެކު ފޮނު ބާއްވުމުން ވެސް އަހަރެން އަޅައެއް ނުލަމެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން އަހަރެން ދިއައީ ސިއްސައިގެންނެވެ. ބަލާލިއިރު ދަންނަ ނަންބަރެއް ނޫން ކަމުން އަޅާނުލީމެވެ. “ހޭ އިޓްސް މީ ޒިހާން” މެސެޖެއް އައުމުން ބަލާލިއިރު ޒިހާންގެ މެސެޖެކެވެ. އުފަލުން ގުޅާލީމެވެ. ނަންބަރު ބިޒީވުމުން ފޯނު ކަޑާލީމެވެ. އިރުކޮޅަކުން އަހަރެންގެ ފޯނަށް ޒިހާން ގުޅިއެވެ. އަހަންނަށް 5 އަހަރުފަހުން ޒިހާނާ ވާހަކަ ދެއްކުމުން އޭނައަށް އައިސްފަ ހުރި ބަދަލުވަރަށް ރަނގަޅަށް ފާހަގަކުރެވުނެވެ. އޭނަ އަކީ މިހާރު ކުރީގެ ޒިހާން އެއް ނޫނެވެ. އޭނަ އަހަރެންގެ ގާތުގައި އަދިވެސް އަހަރެން ބޭނުން ވާހަކަ ބުނުމުން އަހަންނަށް ބުނާނެ އެއްޗެއް ނޭގުނެވެ.
ދުވަސްތައް ފާއިތްވަމުން ދިޔަވަރަކަށް އަހަންނާ ޒިހާންގެ ގުލުން ދިޔައީ ބަދެހިވަމުންނެވެ. ހެނދުނު އިރުއަރަނީ ޒިހާންގެ މެސެޖެކާ އެކުގައެވެ. ރޭގަނޑު ނިދެނީ އެ އަޑު އެހުމަށް ފަހުގައެވެ. އައިމަނަށް ސިއްރުން އަހަރެން ޒިހާން އާއި ބައްދަކުކޮށް ވާހަކަ ދައްކަމުން ދިޔައިރު މިކަންތައް ފަޅާއަރާފިއްޔާ ވާނެ ގޮތަކާ ދޭތެރޭ އަހަރެން ވަރަށް ވިސްނީމެވެ. ޒިހާން މި ރަށަށް އައި އެންމެ ބޮޑު ބޭނުމަކީ އަހަރެން ދެކިލުމެވެ. ދުރުގަ ހުއްޓަސް އަހަރެންގެ ކަންތައް ޒިހާން ބަލަމުން އައި ކަމުގެ ހެއްކަކީ އަހަންނާ އައިމަންގެ ގުޅުން ޒިހާނަށް އެގުމެވެ. އަހަންނާ ޒިހާނާ އެއްވެސް މައްސަލަ އެއް ޖެހޭކަށް އައިމަން ބޭނުމެއް ނޫނެވެ. އަހަރެން ދެކެ ޒިހާން ލޯބިވާ އިރުވެސް ލޯބިވާ ވާހަކަ އޭނަ އެއް ނުބުނެއެވެ. އަހަންނަށްވެސް ވަނީ އެފަދަ މަޖްބޫރީތަކަކާ ކުރިމަތި ވެފައެވެ. ފަސް އަހަރު ތެރޭގަ އައިމަންދެކެ ނުވެވޭ ވަރަށް އަހަރެން ޒިހާންދެކެ ލޯބިވެއޭ ބުނަން އަހަރެން ބޭނުމެވެ. އެހެނަސް އަހަރެންގެ ތަގުދީރުގެ ޒިހާންގެ ލޯބި ލިބެން ނެތީ އެވެ.
އައިމަން އަށް އަހަންނަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށުމާ އެކު އޭނަގެ އާދައިގެ މަތިން އަހަންނަށް ޝައްކުކުރަން ފަށައިފިއެވެ. އަހަންނާ ދިމާއަށް ހަޑިއެއްޗެހި ކިޔަން ފަށައިފިއެވެ. އަހަރެން އައިމަންގެ ވާހަކަ ޒިހާނަށް ކިޔައިދިނީ ގަސްތަކު ނޫނެވެ. ވެފާހުރި ދެރައެއްގެ ބޮޑުކަމުންނެވެ. އަހަންނަށް ޒިހާންގެ ފަރާތުން އެހީތެރިކަން ލިބުނީ ހީވެސް ނުކުރާވަރަށް ބޮޑަށެވެ. ޒިހާން އަކީ ވަރަށް އަންޑަސްޓެންޑިން މީހެކެވެ. އެހެންކަމުން އަހަރެންގެ ހިތުގައި ޒިހާނަށް ވަރަށް ހާއްސަ މަގާމެއް ދެވުނެވެ. އޭނައާއި އަހަންނާ މިއަށްވުރެ އަވަހަށް ބައްދަލުވި ނަމައޭ ހިތަށް އަރައެވެ. ޒިހާންގެ މެސެޖާ ނުލާ އަހަންނަށް އުފަލުން ހުރުމަކީ އުދަގޫ ކަމަކަށް ވެއްޖެއެވެ.
ކުއްލިއަކަށް އައިމަން ކައިވެނިކުރާ ވާހަކަ ދައްކަން ފަށައިފިއެވެ. އަހަންނަށް ހަދާނެ ގޮތެއް ނޭގުނެވެ. އެއީ މީގެ ކުރިން އަހަރެން އެންމެ އިންތިޒާރު ކުރަމުން އައި ކަންތަކެވެ. ނަމަވެސް މިހާރު އަހަންނަށް އެ އަޑުއިވުމުން އުފާވާކަށްވެސް ނޭގުނެވެ. އަހަރެން ވަނީ ދެކަފި މަގެއްގެ މެދުތެރޭގައެވެ. ދާނޭ ދިމާލައެއް އަހަންނަށް ނޭގުނެވެ. އެއް ފަރާތުގައިވަނީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. އަނެއްކޮޅުގައި ވަނީ އަހަރެންގެ ފަސް އަހަރުވީ ލޯބި ވެރިޔާއެވެ. ދެމީހުންވެސް އަހަންނަށް މުހިއްމެވެ.

އަހަރެންނަށް މިހާރު ޒިހާނާ ނުލާ އުޅުމަކީ އުދަގޫ ކަމެކެވެ.އެކަމަކު އަހަންނަށް އައިމަންގެ ކުށެއްނެތި އޭނަ ދޫކޮށްލެވެންވެސް ނެތެވެ. އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހިއްޖެއެވެ. އައިމަން އާއި އާއިލާ މީހުން އަހަންނަށް އަންގާވެސް ނުލާ ކައިވެނީގެ ތާރީހް ކަޑައަޅައިފިއެވެ. އެމީހުން އަހަންނަށް ދިނީ ހީވެސް ނުކުރާކަހަލަ ސަޕްރައިޒެކެވެ. “ޒިހާން އަހަންނާއި އައިމަން މި އުޅެނީ މެރީ ކުރަން. ޑޭޓްވެސް ހަމަޖެހިއްޖެ..” އަހަރެން ހިތާ ދެކޮޅަށް ބުނެލީމެވެ. ” އަހަރެން ހިތަށް އަރާ މިހާރު އަހަންނަށް ރީމް ދޫކޮށް ނުލެވުނުނަމައޭ. އެކަމަކު ދެން ކީއްކުރާނީ؟” “ޒިހާން އަހަރެން…” “އަހަރެން ރީމް ދެކެ ވަރަށް ލޯބިވޭ. އެކަމަކު އަހަންނަށް ރީމްގެ ލޯބި ލިބެން ނެތީ” “އަހަންނަށް އެދުވަހު ޒިހާނަށް ވިސްނާ ދެވުނުނަމަ. މީހުން ދެއްކި ވާހަކަ ގަބޫލުނުކުރުވުނުނަމަ…” “ދެން ނަމަ އަކުން ކުރެވޭނެ މާ ބޮޑު ކަމެއްނެތް. އަހަންނަށް ވެސް ގޯސް ހެދުނީ.. އަހަންނަށް ރީމް އަހަރެންދެކެވީ ތެދުވެރި ލޯބީގެ އަގު ވަޒަން ނުކުރެވުނީ..އަހަންނަށް ރީމް އަށް ބޭވަފާތެރި ވެވުނީ.މިހެންވީ އަހަރެންގެ ސަބަބުން. ރީމް އަހަންނަށް މާފުކުރޭ” ޒިހާން ވާހަކަ ދައްކަމުން ދިޔައިރު އަހަރެންގެ ލޮލުން ދިޔައީ އެއްވެސް ހިފެހެޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. “އަހަރެން ދެން ބޭނުމީ ރަށަށް ދާން..އަހަރެން ކިތެންމެ ދުރުގަ ހުއްޓަސް އަހަރެންގެ ހެޔޮ ދުޢާތަށް އަބަދުވެސް ރީމް އާއި އެކުވާނެ.” ޒިހާން ވަރަށް ސިއްރުން އޭނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އޭނަ ކައިރީ ނުދާށޭ ބުނަން ކިތަންމެ ބޭނުންވިޔަސް އެހެން ބުނާނެހާ ހިތްވަރެއް ނެތެވެ. ލޯބިވިޔަސް ދެން އަބުރާ އެ ލޯތްބެއް ލިބޭކަށްނެތެވެ.

ޒިހާން ފުރައިފިއެވެ. އޭނަ ކިތެންމެ ދުރުގަ ހުއްޓަސް ބަރާބަރަށް އަހަރެންގެ ހާލު ބަލައެވެ. ކަންކަމުގައި މަޝްވަރާދެއެވެ. އަހަންނަށް އޭނަގެ މެސެޖެއް ނުލިބި ލަސްވިޔަސް ހިތް ނުތަނަވަސްވެއެވެ. ހަފްތާއަކު އެއް ރޭ ގުޅައިގެން ވާހަކަ ދެއްކުނަސް އަހަރެންގެ ހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް މަސްލަހަތަށްޓަކައި ކޮންމެރެއަކު ވާހަކަ ދެއްކޭކަށް ނެތެވެ. އަހަންނާ އައިމަން އާއި ޒިހާންގެ ސަބަބުން މައްސަލަޖެހޭކަށް އޭނަ ބެނުމެއް ނުވެއެވެ. ލޯބިވުމުގެ މާނައަކީ ހަމަ އެކެނި ލިބުމެއް ނޫނެވެ. ލޯބިވުމުގެ މާނައަކީ ލޯބިވާމީހާ އުފަލުގައި އުޅުމެވެ.އަހަންނާއި ޒިހާން ވާހަކަ ދައްކާކަން އެގުމުން ދޮންތަ ފާޅުގާ އެކަމާ ދެކޮޅު ހެދިއެވެ. އައިމަން ކައިރީ އެއެއްޗެކޭ މިއެއްޗެކޭ ކިޔައިގެން އަހަރެންގެ ނަންބަރު ބަދަލުކޮށްލައިފިއެވެ. ޒިހާނަށް ނަންބަރު ނުދޭން ބުންޏެވެ. ނަމަވެސް އަހަރެން ދޮންތައަށް ސިއްރުން ޒިހާނަށް ނަންބަރު ދިނީމެވެ. އޭނައާއި ވާހަކަ ނުދައްކާ ހުރުމަކީ އަހަންނަށް ވާވަރު ކަމެއް ނޫނެވެ.

އަހަންނާއި އައިމަންގެ ކައިވެނީގެ ތާރީހު ކައިރިވަމުން ދިޔަވަރަކަށް ޒިހާން ދިޔައީ އަހަންނާ ދުރުވަމުންނެވެ. އަހަންނަށް އެކަންތައްވީ ތަހައްމަލް ކުރަން ދަތި ވޭނަކަށެވެ. ބައެއް ފަހަރު ރިމާޒްގެ ބައްދުޢާ އަހަންނަށް ޖެހުނީބާވައޭވެސް އަހަރެން ހިތަށް އަރައެވެ. އަހަންނަށް އޮފީހުގެ މަސައްކަތަށްވެސް ފަރުވާ ކުޑަވާން ފެށިއެވެ. މަޖާކޮށް ހީލާ ހިތެއްނުވެއެވެ. ބައެއް މީހުނަ ދެކުނުގޮތުގައި އެއީ އަހަރެން ކައިވެނި ކުރަން އުޅޭތީ އައިސްގެން އުޅޭ ބަދަލެކެވެ. ނަމަވެސް ހަގީގަތް އެގެނީ ވަރަށް މަދު ބަޔަކަށެވެ. “ރީމް ތިކަން ހުއްޓާލާ. ތިކަމުގެ ސަބަބުން ރީމްގެ މުސްތަގުބަލަށް ވަރަށް އަސަރުކުރާނެ.” ސަނާ އަހަންނަށް ވިސްނާ ދެމުންދިޔައެވެ “ރީމް ކިއްވެ ލޯބިވާ މީހާ ލިބެން އޮއްވާ އެހެން މީހަކާ މެރީ ކުރަނީ؟. ރީމް އައިމަނަށް ހުރިހާ ވާހަކައެއް ކިޔައިދީ. އައިމަނަށް ވިސްނާ ދީ” ނޫރާ ބުނެލިއެވެ. “އަހަންނަށް ނޭގޭ ހަދަންވީ ގޮތެއް. އަހަންނަކަށް ނުކެރޭނެ އައިމަންގެ ހިތްހަލާކު ކޮށްލާކަ. އޭނަ އަހަރެންދެކެ ލޯބިވޭ. އަހަންނަށްޓަކާ މިހާދުވަހު އޭނަ ކުރި އިންތިޒާރު…އަހަރެން އޭނަ ދޫކޮށްލައިފިއްޔާ އޭނަ މަރުވެސް ވެދާނެ.” އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލީމެވެ. “ރީމް ބޭނުން ވަނީ އައިމަންގެ އުފަލަށްޓަކައި ރީމްގެ ދިރިއުޅުން ގުރުބާންކޮށްލަންތަ؟ އައިމަން އެހާވަރަށް ލޯބިވާ އިރު ކީއްވެ ރީމް އާއި ދޭތެރޭ ތިގޮތަށް ހަދަނީ؟” ސަނާ ބުނެލިއެވެ. “އައިމަން އަހަރެންދެކެ ނުލާހިކު ލޯބިވޭ. އަހަރެންވެސް އައިމަން އާއި އެކު އުޅެން ބޭނުން. ޒިހާނާ އަހަންނާ ދެވަނަ ފަހަރަށް ދިމާ ނުވިނަމަ. އަހަންނަށް ޒިހާންދެކެ ލޯބި ނުވެވުނުނަމަ… “އަހަންނަށް ވާހަކަ އިތުރަކަށް ކުރިއަކަށްނުގެންދެވުނެވެ. ވިލާގަޑަކުން ފެން ފައިބާހެން އަހަރެންގެ ލޮލުން ކަރުނަ ފައިބައިގަތެވެ.
އައިމަން ކައިވެނީގެ ކަންތަކާގެން ވަރަށް ފޯރިއާއި އެކު އުޅެމުން ދިޔައެވެ. މިހާރު އައިމަން އަބަދުވެސް ދައްކަނީ އޭނަގެ މީހަކަށް އަހަރެން ވުމުން ކުރާނެ ކަންތައްތަކުގެ ވާހަކައެވެ. އަހަރެން އުފަލުގަ ގެންގުޅެނެ ވާހަކައެވެ. މިހާރު އެއްގޮތަކަށްވެސް ޒިހާންގެ ހަބަރެއް ނުވެއެވެ. އަހަރެން ގުޅާލާއިރު ފޯނު އޮންނަނަނީ ނިވާލާފައެވެ. ފަހުންފަހުން އައިމަން އާއި ބައިވެރިވެ ކައިވެނީގެ ތައްޔާރިތައް ކުރަން ފަށައިފީމެވެ. ދޭތެރެއަކުން ޒިހާނަށް ގުޅާލެވެއެވެ. ނަމަވެސް ޖަވާބެއް ނުލިބެއެވެ. ކަޑައެޅިފައިވާ ދުވަހު އައިމަން ރަށައް އަތުވެއްޖެއެވެ. އައިމަން ފެނުމުން އަހަރެން ވަރަށް އުފާވިއެވެ. އައިމަން އާއި އެކު އުޅެމުން ދިޔައިރުވެސް ހިތުގައި ނޭގޭ ރިހުމެއް އުފެދިފައިވެއެވެ. ޒިހާން އައިމަން ހުއްޓާ ގުޅާފާނެތީ ބިރުގަންނަން ފަށައިފިއެވެ. އެހެންކަމުން އައިމެން ގާތު ނޭގޭ ނަންބަރަކުން ގުޅާ ވާހަކަ ބުނެ ނަންބަރު ބަދަލުކޮށްލައިފީމެވެ.
“ރީމް. ކޮބާ ނިމިއްޖެތަ؟” އަހަރެން ސިއްސައިގެން ދިޔައީ ދޮންތަގެ އަޑަށެވެ. “ދޮންތާ އަހަރެން ބޭނުމެއް ނޫން އައިމަނަށް އޮޅުވާލައިގެން މި ކައިވެނި ކުރާކަށް. އަހަރެން ބޭނުން ޒިހާންގެ ވާހަކަ ކިޔާދޭން…އަހަންނަށް މި ކައިވެނި ނުކުރެވޭނެ…އަހަރެން… ” އަހަންނަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. ‘ކީކޭ….ރީމް…” އައިމަން ފެނުމުން އަހަރެން ދިޔައީ ސިއަސައިގެންނެވެ. ބުނާނެ އެއްޗެއްވެސް ނޭގުނެވެ.

“ރީމް ކީކޭ ތިކިޔަނީ. ރީމް އަހަރެންދެކެ ލޯބި ނުވަނީތަ؟” “ނޫން އަހެނެއް ނޫން. އެކަމަކު އަހަރެން ބޭނުމެއް ނޫން އައިމަނަށް އެއްވެސް ކަމެއް އޮޅުވާލާކަށް. އަހަރެން ޒިހާންދެކެ ވަރަށް ލޯބިވޭ. އެކަމަކު އަހަރެން ބޭނުމެއް ނޫން އައިމަން އާއި ވަކިވާކަށް.” “ދެން ކީކޭ ރީމް ތި ކިޔަނީ. ލޯބިވަނީ އެހެން މީހެއްދެކެ، ކައިވެނި ކުރަން ތިއުޅެނީ އެހެން މީހަކާ.” އައިމަން ހުރީ ވަރަށް ދެރަވެފައެވެ. “އައިމަން އަހަރެން އައިމަންދެކެވެސް ވަރަށް ލޯބިވޭ. އަހަރެން ބޭނުން އައިމަނަށް ހުރިހާ ވާހަކައެއް ކިޔައިދޭން އަހަރެން އައިމަނާ ރައްޓެހިވެގެން އުޅެމުން ވެސް ޒިހާނާ މީޓް ކުރިން. ވާހަކަވެސް ދެއްކިން” “އޭ… ތި ބުނީ ރީމް އޭނަ އާއި ރައްޓެހި ވާހަކަތަ؟ ރީމް ކީއްވެ އަހަންނަށް އޮޅުޥާލީ. ރީމް ޒިހާންދެކެ ލޯބިވާއިރު ކީއްވެ އަހަންނަށް އޮޅުވާލީ؟ ކީއްވެ އަހަންނަށް ބޭވަފާތެރިވީ؟ އަހަރެން ރީމް އަށް ޓަކައި ނުކުރަނީ ކޮންކަމެއް؟” އައިމަނަށް ރޮވުނެވެ. ‘ނޫން…. އަހަރެން އައިމަނަކަށް ބޭވަފާތެރިއެއް ނުވަން. އަދި ނުވެސް ވާނަން. އަހަރެން ޒިހާނަކާ ރައްޓެއްސެއް ނުވަން.” “ދެން ރީމް ތި ކިޔަނީ ކީކޭ؟. އަހަންނަށް ތަންކޮޅަށް ރަގަޅަށް ކިޔާދީބަލަ.” އަހަރެން ދެވަނަ ފަހަރަށް ޒިހާން އާއި ދިމާވިގޮތުގެ ވާހަކަ އައިމަނަށް ކިޔާދެމުން ދިޔައިރު އެކަން އަހަރެންގެ ކުރިމަތީ ދެންމެ ހިގިކަމެއް ފަދައިން ސިފަވަމުން ދިޔައެވެ. އަހަރެންގެ ވާހަކަ ނިމުމުން އައިމަން އައިސް މަޑުމަޑުން އަހަރެންގެ ގައިގާ ބައްދާލިއެވެ. “ރީމް އަހަންނަށް މާފު ކުރޭ. ތި ކަމުގައި ރީމް ގެ އެއްވެސް ކުށެށް ނެތް. ކުށްވެރިޔަކީ އަހަރެން. އަހަންނަށް މާ ބޮޑަށް ރީމް ހިފެހެއްޓުނީ. އެކަމަކު އެގޮތަށް ކަންތައްކުރީވެސް ރީމް އަހަންނަށް ގެއްލިދާނެތީ. އަހަންނަށް މާފުކުރޭ. މިއަދު ރީމް ބޭނުން މީހަކު އިހްތިޔާރު ކުރުމުގެ ބާރު ރީމަށް އެބައޮތް. ރީމް ދިޔަޔަސް އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަން.” އައިމަން އަހަންނާ ދުރަށްޖެހިލަމުން ބުނެލިއެވެ.އޭރު އޭނަގެ ލޯވަނީ ކަރުނައިން ފުރިފައެވެ “އަހަރެން ބޭނުމީ އައިމަން…” އަހަރެން އައިމަން ގައިގައި ބައްދާލީމެވެ. ދޮންތަ ހުރީ ބުނާނެ އެއްޗެއްވެސް ނެގިފައެވެ. އައިމަން އަށް ހަގިގަތް އެގިހުރެ އަހަރެން ބަލައިގަތުމުން ދޮންތް ހުރީ ވަރަށް އުފާވެފައެވެ.

އަހަންނާއި އައިމަންގެ ކައިވެނި ވަރަށް ކުލަ ގަދަކޮށް ކުރެވިއްޖެއެވެ. ކައިވެނީގެ ތަހުނިޔާއާއި މުބާރަކު ބާދު ލިބެމުން ދިޔައެވެ. ޕާޓި އަށް އަންނަ މެހެމާނުން އެކަކަށް ވުރެ އެނަކަކު ދޭ ހަދިޔާ ބޮޑުކުރުމަށް ހިތުލައިގެން އުޅޭފަދަ ގޮތަކަށް ހަދިޔާ ދެމުން ދިޔައެވެ. ޒިހާން ގެ އެކުވެރި އިއްބެ އައި އިރު ދެ ހަދިޔާ ގެނައުމުން އެއީ ޒިހާންގެ ފަރާތުން ދޭ އެއްޗެއްކަން އަހަންނަށް އެގުނެވެ. ފަޑު ހިނިތުން ވުމަކާ އެކު އެ ހަދިޔާގައި އަހަރެން ހިފި އިރު އަހަރެންގެ އަތްތުރުތުރު އަޅައެވެ. އައިމަން ކައިރީގައި ހުރުމުން އެއްވެސް އެއްޗެއް އަހާލާކަށް ނުކެރުނެވެ. އިއްބެގެ މޫނަށް ބަލާލުމުން އޭނަކުރި އިޝާރާތުން އެއީ އަހަންނަށް މިރޭ ލިބޭނެ އެންމެ މުހިއްމު ހަދިޔާކަން އެގުނެވެ.

ޕާޓީ ނިންމާލާފައި އެންމެ ފުރަތަމަވެސް ބެލީ އެ ހަދިޔާ ކަޑާލެވޭތޯއެވެ. ގަދަރަތް ކުލައިގެ އެ ކުޑަކުޑަ ޕާރސަލްވަނީ ވަރަށް ފުރިހަމައަށް ޕެކްކޮށްފައެވެ. އަހަރެން ތެޅެމުން ދިޔަ ހިތަކާ އެކު އެ ޕާރުސަލް ކަޑާލީމެވެ. އޭގެ ތެރޭގައިވަނީ ވަރަށް ކުޑަކުޑަ އޮރެންޖް ކުލައިގެ ފޮތެކެވެ. ފުރަތަމަ ގަޑު ހުޅުވާލުމާ އެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އޭގެ ތެރޭގައިވަނީ އަހަރެންގެ ސްކޫލު ދައުރުގައި ނަގާފައިވާ ފޮޓޯ އެކެވެ. “ރީމް އައިލަވް ޔޫ ފޯރ އެވާ” ފޮޓޯގެ ތިރީގައި ލިޔެފައި އޮތެވެ. ގަޑަކަށް ފަހު ގަޑަށް އުކަމުން ދިޔައިރު އަހަރެން ހުރީ ބަސް ހުއްޓިފައެވެ. އެފޮތުގައިވަނީ އަހަރެން ކޮށްފައިވާ މެސެޖް ތަކެވެ. އަހަންނާ އެކު ސްކޫލު ދުވަސްވަރު ނަގައިފައިވާ ފޮޓޯ ތަކެވެ. އަހަރެންދެކެ ލޯބިވާ ވާހަކަ އެވެ. އަހަރެންގެ ލޯ ކަރުނައިން ތެމެމުންދިޔައެވެ. އަހަރެން މަޑުމަޑުން ފޮތް ލައްޕާލީ ދެން އިތުރަށް ބަލާނެ ހިތްވަރެއް ނެތިގެންނެވެ. ޕާރުސަލްތެރޭގައި ދެން އޮތީ ތީރެއް ޖަހާފައިވާ ހިތެއްގެ އެއްފަޅިއެވެ. އޭގެ ކައިރީގައި ސާފު ހުދު ކަރުދާހުގައި ރަތްކުލައަކުން ލިޔެފައިވާ ކުޑަ ނޯޓެއް އޮތެވެ. އަހަރެން މަޑުމަޑުން އެ ނޯޓުނަގައި ކިޔާލީމެވެ. ” ރީމް އަށް. އަހަރެން ރީމް މި ނޯޓް ކިޔާއިރު ހުންނާނީ ރީމް އާއި ވަރަށް ދުރުގައެވެ.އަހަރެން ރާއްޖެ ދުކޮށް މިދަނީ މި ތަނުގައި އިތުރަށް އުޅޭނެ ހިތްވަރެއް ނެތިގެންނެވެ. ބޮޑުދައިތަ ކައިރިއަށް މިދަނީ ދެން ދުވަހަކުވެސް ރާއްޖެ ނާންނަން އަޒުމު ކަޑައަޅައިގެންނެވެ. އަހަރެން ކިތެންމެ ދުރުގަ ހުއްޓަސް އަހަރެންގެ ހެޔޮދުޢާތައް އަބަދުވެސް ވަނީ ރީމް އާއި އެކުގައެވެ. ރީމް އަށް އުފާވެރި ބާއްޖަވެރި ހަޔާތަކަށް އެދެމެވެ. ރީމް ދެކެ ލޯބިވި ބަދުނަސީބު ޒިހާން” އަހަންނަށް އެއްވެސް ހިފެހެއްޓުމެއް ނެތި ރޮއިގަނެވުނެވެ. އައިމަން އައިސް މަޑުމަޑުން އަހަރެން ގައިގައި ބައްދާލިއެވެ. “ރީމް މި ރޮންވީ ވަގުތެއް ނޫން. މީ އަހަރެމެންގެ ހަޔާތަށް އައި އެންމެ އުފާވެރި ރޭ. އެތެއް އިންތިޒާރެއްގެ ނިމުން” އަހަރެން މަޑުމަޑުން އައިމަންގެ މޫނަށް ބަލާލީމެވެ. އަދި އެތަނަވަސް މޭމަތީގައި ބޯ އަޅާލީ ދެން ދުވަހަކުވެސް ނުރޯން އަޒުމު ކަޑައެޅިމެވެ.

އައިމަން ވީ އަހަރެން ހީކުރިވަރަށް ވުރެ މާ އޯގާތެރި ފިރިއަކަށެވެ. މިހާރު އަހަންނަކީ ކުޑަކުޑަ ލޯބި އަންހެން ކުއްޖެއްގެ މަންމައެކެވެ. ގެވެހި އަންބެކެވެ. އައިމަންގެ ލޯތްބަކީ އަހަރެންގެ ދިރިއުޅުމުގެ ކާނާއެވެ.އަހަރެންގެ ހިތުގެ ދިރުމެވެ. އަހަރެންގެ ކުޑަ އާއިލާގެ މައި ތަބެެވެ. މިހާރު އަހަންނަކީ މި ދުނިޔޭގަހުރި އެންމެ ނަސީބުގަދަ މީހާކަމުގައި އަހަރެން ދެކެމެވެ. ޒިހާން ބުނީ ތެދުވާހަކަ ލޯބިވުމުގެ މާނައަކީ ލޯބިވާ މީހާ ހާސިލްވުމެއް ނޫނެވެ. އޭނަ އުފަލުގައި އުޅޭތަން ދުށުމެވެ. މިއަދު އަހަންނަށް މިހާ އުފާވެރި ދިރިއުޅުމެއް ހާސިލްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޒިހާންކަމުގައި އަހަރެން ދެކެމެވެ. އޭނަ ކޮންމެތަނަކު ހުޓަސް އޭނައަށް އުފާވެރި ދިރިއުޅުމެއް ދެއްވާތޯ އަހަރެން ދުއާ ކުރަމެވެ.
އަހަރެން ސިއްސައިގެން ދިޔައީ އައިމަން އާއި އަހަރެންގެ ދެ އަހަރަށް އަޅަމުންދާ ޒޯޔާ އައިސް އަހަންނަށް ގޮވާލުމުންނެވެ. “ހިނގާ ގެއަށް ދާން. މިހާރު އެއޮއް އިރުއޮއްސެނީ” އައިމަން އަހަރެންގެ އަތުގަ ހިފާލަމުން ބުނެލިއެވެ. އަހަރެން މަޑުމަޑުން ޒޯޔާ ނަގާ އުރާލީމެވެ” އަވަހަށް ހިނގާ” އަހަރެމެން ހިނގައިގަތް އިރު އިރު އޭގެ ވާޖިބް އަދާކުރުމަށްފަހު އޮއްސެމުން ދިޔައެވެ. ނަމަވެސް އިރާދަކުރެއްވިއްޔާ އަހަރެންގެ މި އުފާވެރި ދިރިއުޅުމުގެ އިރު ދުވަހަކުވެސް ނުއޮއްސޭނެއެވެ.

(ނިމުނީ)

Share Article

Follow Me Written By

koookkkiiee

Level 1

Other Articles

Previous

އައިނާ 2 (ދެވަނަބައި)

Next

ވާނަން އުމުރަށް – 22 –

Next
September 3, 2019

ވާނަން އުމުރަށް – 22 –

Previews
September 3, 2019

އައިނާ 2 (ދެވަނަބައި)

8 Comments!

  1. drax says:
    September 3, 2019 at 10:48 pm

    Great work
    Love this story
    Keep it up

  2. jiji says:
    September 3, 2019 at 10:54 pm

    Great job
    Story is amazing
    ??

  3. Xxx says:
    September 4, 2019 at 11:21 am

    Vv reethi. Keep it up dear. Kuruvaahaka eh viyas Hama habeys.

  4. Girl says:
    September 4, 2019 at 12:21 pm

    Vv riiithi mi story ♥️

  5. Kiuntheriyaa says:
    September 4, 2019 at 8:05 pm

    Varah reethi keep it up dear

  6. IsHa IsHa says:
    September 4, 2019 at 8:12 pm

    Rovijje

  7. Anonymous says:
    September 5, 2019 at 10:14 pm

    Vaahakaige feshumah balaairu vaahaka ai ehaa bodu gulhumeh vaakamakah nufeney… miuzikah kuramun dhiya unmeedhu fenahvi vaahaka ovefa fahun neiy ekamakah alialhuvaalevifaves

  8. ®¥N says:
    September 9, 2019 at 6:45 am

    Stry nice. Keep it up ???

Comments are closed.



All Right Reserved!