ވަފާތެރި މަވީމޭ ލޯބިން.. 8
ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ހަނީފް ރަމީޒާ ކައިރީގައި ހަމަޖެހުމަށް ލޮލުގެ އިޝާރާތުން އަންގާލީ ގޭގައި މެހެމާނުތަކޭ އެބަތިއްބޭ ބުނާ ބީދައިން ފާތުންމެންނާއި ދިމާއަށް ބަލާލަމުންނެވެ. އެންމެ ދޮރާއި ދިމާއަށް ބަލާކަން ފާހަގަވެގެން ވާހަކައިގަ ތިބި ޝާނީއާއި ކަމްލާގެ އިތުރު ނަޝާ އެދިމާ ބަލާލުމާއެކު ކަމްލާގެ މެއަށް ނުބައިގޮތެއް ވެގެން ދިޔައެވެ. ނަމަވެސް ދާދިއަވަހަށް އެއިހްސާސްތައް ފޮރުވާލުމާއެކު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވީ އަމިއްލަ ނަފްސަށް ވެފައިވާ ވައުދު ފުއްދުމަށެވެ. މިއަދު ދުވަހު އޭނާ ޖެހޭނީ ހިތާއި ދެކޮޅަށްވެސް ކެތްތެރިވާށެވެ.
“ދޮންބެ އާ ލީޝް..” މަޑުމަޑުން ޝާނީ އެހެން ބުނެލިނަމަވެސް ކަމްލާއަށް އެއަޑު ރީތިކޮށް އިވުނެވެ. “އެއީ ދޯ އެބުނާ ހިތުގެވެރިޔާއަކީ ” ކަމްލާއަށް ހިތާ ހިތާ ކިޔާލެވުނެވެ. ކަމްލާ ހީކުރިވަރާއި އަޅާބަލާފައި ލީޝްގެ ތަހުޒީބުގެ ބައި ބޮޑުކަމުން އިސްޖަހާލެވުނީ އެފަދަ ހެދުމެއްގައި މައިންބަފައި ކުރިމަތީގައި އޭނާ ހުރުމުންނެވެ. ލީޝް ގެ ކަކުލާއި ހަމަޔަށް އަރާ ހެދުންކޮޅު ކަމްލާއަށްވީ އާކަމަކަށެވެ. އެންމެ ކުޑަ ދުވަހުއްސުރެ އަންހެން ކުދިންނަކީ އައުރަ ނިވާކޮއްގެން ތިބޭން ޖެހޭ ބައެއްކަން ކަމްލާދަނެއެވެ. މިވީހާތަނަށް އޭނާ ބުރުގާ ނާޅާވެސް ހުންނާން ޖެހިފައިވަނީ ބޮލުގެ މައްސަލައެއް ހުރުމުން އެކަމަށް އުޒުރުވެރިވެއެވެ.
ހަނީފް އާއި ރަމީޒާ އިސްޖަހާލުމުން ވީގޮތް ފާތުން ތޫނުފިލި ސިކުނޑިއަށް ނަގައިގަނެވުނެވެ. މީގެ ކުރިންވެސް ހަނީފް ޝިޔާޒްއަށް ލީޝްގެ ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް ނަސޭހަތް ދިންކަން ރަމީޒާވަނީ ފާތުން ކައިރީގައި ބުނެފައެވެ.
“ދެކުދިން ތިބެނީތަ.. އާދޭ އަވަހަށް ދައްތަމެން ކާން ނުފަށާވެސް މިތިބީ ޝިޔާޒް އަންނަންދެން.. ” ފާތުން އަވަހަށް ޝިޔާޒްއަށް ގޮވާލުމާއެކު ކަމްލާއާއި ކުރިމަތިވާނޭހެން ޝިޔާޒް އިށީންދެލިއިރު ޖެހިގެން ހުރި ހުސް ގޮނޑީގައި ފަރިގޮތަކަށް އައިސް ލީޝްވެސް އިށީންދެލިއެވެ.
“ދެކުދިންގެ ކައިވެނި އޮތީ ކިހާތާކުތަ؟ މިހާރު ލީޝްވެސް އެބަޖަހާ ދިވެހި ކުއްޖެއް ވައްތަރު އިސްތަށިގަނޑު ތިޔަހެން ކަޅުކޮއްލީމަ.. އެކަމަކު އަދިވެސް 3އަހަރުގެ ކުޑަކުއްޖަކު ލާކަހަލަ ހެދުން ވީޔާ ތިޔަލަނީ.. އެކަން ރަނގަޅު ކޮއްލަނިކޮށް އަދި މާ ފުރިހަމަ ވާނެ.. ” ކެއުމުގެ ތެރޭން މާގިނަ ވާހަކަ ނުދެއްކުނު ނަމަވެސް ފާތުން އިސްވެ ލީޝް އާއި ވާހަކަދެއްކިއެވެ.
“ހުއް މުސްކުޅި ޑަކައިތުގަނޑު މީކީ ކަލެއާ ބެހޭކަމެއްނޫން.. ބެހޭކަންތަކާ ބެހިބަލަ، ކަލެއަށްކީއްތަ މަބިކިނީގަ ހުއްޓަސް.. އެހެން ނޫނަސް މިތިބަ ކަލޭގެ ދަރިން ތިބިހެން ލިބާސް ލާ ޒަމާނޭ ނޫނޭ މިއަކީ.. ނިކަން ތަހުޒީބު ވާން ދަސްކޮއްބަލަ.. ނުނީ މުއްސަނދިވާން މަސައްކަތް ކޮއްބަލަ އޭރަކުން އިނގިދާނެ ހެނދުން އެޅުން ހުންނަން ޖެހޭގޮތް.. ތިޔައީ ހަމަ ފަސްކުޅަނދު ހަމަނުވާ ރާއްޖެތެރޭ މީހުންގެ ވައްތަރު ހުހް..” އަނގަޔަށް ވައްތަރެއް ޖައްސާލުމާއެކު ދެބުމަ ގޮއްޖެހިގެންދިޔަ ލީޝް ހިތާހިތާ އެތިވަރު ގޮވާލީ ފާތުން އަކީ ކާކުކަންވެސް ނޭންގޭހާލުގައެވެ. އަނެއްކޮޅުން އޭނާގެ މޫނަށް އަރައިގަތް ކުލަވަރު ހިނދާނުލެވިގެން އުޅެނިކޮށް އެމަންޒަރު ޝިޔާޒްގެ މަންމަ އާއި ބައްޕައަށް ރީތިކޮށް ފެނުންކަމެއް ލީޝް އަކަށް ނޭންގެއެވެ.
” ބައްޕަ އަށްވެސް ހީވަނީ މިހާރު ޝިޔާޒް ކައިރީގަވެސް އެވާހަކަ ދެފަހަރަކު ބައްޕައަށްވެސް ބުނެދެވިއްޖެހެން.. ކިތަންމެ މުއްސަނދިވި ނަމަވެސް ހެދުން އަޅަންވާނީ އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް.. ނިކަން ބަލާލަ ދަރިފުޅުގެ ކޮއްކޮ އާ އެތިބަ ދެކުދިން.. އެވެސްހަމަ އަންހެންކުދީން.. އެހެންނޫނަސް ހިންޏާ ކަނޑަޔާވެސް ގާތްކަން ބޮޑުވާނީ އުރައިން ނައްޓާލާފަ ބާއްވާފަ އޮންނަ މެޓާފަދަ ތަކެއްޗަށް އެތަނެއްގަ ކިތަންމެ މީރު އެހެންބާވަތްތަކު އެއްޗެހި ހުރިނަމަވެސް. އުރަތެރޭގަ އޮންނަ މެޓަލަށް އެތަކެތިވެސް އަވަސްވެ ނުގަންނާނެ އެކަހަލަ މެޓައެއް ކުރިމަތީގަ އޮއްވަ..” ހިތްހަމަ ނުޖެހުމާއެކު ހަނީފް ލީޝް އަށް ފިސަހަރި ރަނގަޅު ފިލާވަޅެއް އިއްވާލިއެވެ. ” ބައްޕަ އާއި މަންމަ ބޭނުން ކެއުން ނިންމާލާފަ ތިޔަ ދެކުދިންނާ ވަކިން ބައްދަލުކޮއްލަން..” ޝިޔާޒް އެއްޗެއް ބުނަން އަނގަހުޅުވާލުމާއެކު ހަނީފް ވާހަކަ ދެއްކުމުން އިސްޖަހާލި ނަމަވެސް ލޭހޫނުވަމުން ދިޔައެވެ. ކުރިމަތީގައި ކަމްލާ އިންދަ އެފަދަ ގޮތަކަށް އޭނާގެ ބައްޕަ ވާހަކަ ދެއްކުމުން ޝިޔާޒް ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދިގެން ދިޔަނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން އަނގަމަޑުން ލައިގެން އިނެވެ.
މެންދުރުގެ ކެއުން ކިތަންމެ ހިމޭންކަމާއެކުގައި ދިޔަނަމަވެސް ކެއުމަށްފަހުގައި ލީޝް ޝިޔާޒްގެ ކޮނޑުގައި އެލިގަތުމުންނާއި ބްރޭކް ގަޑި ނިމެންވެފައި ވުމާއިއެކު ޝިޔާޒްމެން ދިއުމުން އަލުން އައުދިރުމެއް އައިފަދައެވެ. ހަނީފް އާއި ރަމީޒާގެ މޫޑުވެސް ރަނގަޅު ވާގޮތްވީ އެމީހުން ދިއުމުންނެވެ. ނަމަވެސް ލީޝްއާއިހެދި މައިންބަފައިންނަށް ވަގުތު ނުދެވުނީ ހަނީފްގެ ހިތުގައި ޝިޔާޒްއާއި ދޭތެރޭ ހުސްކަމެއް އުފެދުނެވެ.
އެކިވާހަކަ ތަކުގައި މައިން ބަފައިން ތިބި އިރު ޝާނީ ދިޔައީ ކަމްލާއާއި ނަޝާ ގޮވައިގެން އޭނާގެ ކަންކަމުގެ ވާހަދައްކާ ހިޔާލު ބަދަލު ކުރަމުންނެވެ. އެވީ ކުޑަ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ޝާނީވީ އެދެމީހުންގެވެސް ގާތް ރަހުމަތްތެރި އަކަށެވެ. ވާހަކައިގައި ޓެރަސް އުނދޯލީގައި ތިން ކުދިން ތިބިއިރު މިއަދު ދިމާވީ ބައެކޭ ދުރުން ބަލާލާ މީހަކު ނުވެސް ބުނާނެއެވެ. ކަމްލާގެ ފޯނު ރިންގް ވާންފެށީ ނަޝާ އާއި އެކު ޝާނީ ޓެރަހުގައިވާ މާގަސްތަކުގެ ތެރެއަށް ދިޔަ ވަގުތުގައެވެ.
“މިކާލް..” ކަމްލާ އަށް ފޯނުގެ ސްކްރީނުގައިވާ ނަން ފެނުމާއެކު ކިޔާލެވުނެވެ. އެވަގުތު ކަމްލާގެ މޫނުމަތިން ފާޅުވެގެންދިޔަ ހިނިތުންވުމާއެކު އަވަހަށް ނަޝާ މެންނަށް އަޑުނުއިވޭނޭހާ ދުރަށް ޖެހިލާފައި ފޯނަށް ޖަވާބުދިނެވެ.
********
ގެއަށް އާދެވުން އިރު އަސުރު ވާން ގާތްވެފައި ހުރުމުން ކަމްލާއާއި ނަޝާ ހަވީރު ސައި ބޭނުން ނޫންކަމުގައި ބުނެ ކޮޓަރިއަށް ދިޔައީ ނަމާދު ކޮއްލައިގެން އަރާމް ކޮއްލުމަށެވެ. ފާތުންމެންގެ ދެމަފިރިންނަށްވީ ދާދި އެހާކަންހާ ވަރެވެ. ބަރުބަލި ވެފައި ތިބުމާއެކު އަރާމް ކޮށްލަން ކޮޓަރިއަށް ވަނީއެވެ.
އޮފީހުގައި އިން އިރުވެސް ޝިޔާޒްގެ ލޯކުރިމަތީގައި ކަމްލާގެ ހިނިތުންވެފައިވާ ސޫރަ ސިފަވާވަރުން މަސައްކަތައް ބުރޫއަރަމުން ދިޔައެވެ. ވުމާއެކު އެހެން ދުވަސްތަކާއި ހިލާފަށް އިސްވެ ޝިޔާޒް ލީޝްއަށް ގުޅާލީ ބޯހަމަ ޖައްސާލުމަށެވެ.
*********
މެންދަން ވެގެންދިޔައިރު މުޅިކޮޓަރީގައިވަނީ ދެމީހުންގެ އަވަސްވެފައިވާ ނޭވާގެ އަޑެވެ. އެތައްދުވަހަކަށްފަހު ލީޝްގެ ކެތްތެރިކަން އަނެއްކާވެސް ކޮޅުންލީ ހަވީރުގަޑީ ރަސްފަންނުން ދިމާވި ކުރީގެ ލޯބިވެރިޔާ ކާއިލް ފެނުމުންނެވެ. ކާއިލްގެ އާދޭސްތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ލީޝް އޭރު ދުރަށްދިޔައީ ކިޔެވުމުގެ ބަހަނާގައިނަމަވެސް އޭނާގެ މަންމަ އާމިރާގެ ބާރުއެޅުމުންނެވެ.
ކާއިލްއަކީ އަކީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ މީހަކަށްވުމުން އާމިރާ ހިތްހަމަ ނުޖެހުނީއެވެ. ނަމަވެސް އޭރުގަ ނިކަމެތިކޮށްހުރި ކާއިލްއަކީ މިހާރު ޒުވާން ހިތްތަކުގައި ރަސްކަންކުރަމުން އަންނަ ރަސްގެފާނެކެވެ. އޭނާގެ ނަސީބުއަތުގަހިފީ ލީޝް އޭނާދޫކޮއްލާފައި ދިއުމާއެކުގައެވެ. ފިޔަޖަހަމުން އަންނަ ރޮކްސްޓަރ ކާއިލް އޭ ބުނެފިނަމަ މިހާރު ގިނަބަޔަކަށް އެނަމެއް ނޯޅޭނެއެވެ. ދަރިން ލިބުމުން މަހްރޫމްވެފައިތިބި އޮސްޓްރޭލިއާގެ ދެމަފިރިއެއްގެ ފަރާތުން ލިބުނު އެހުރިހާ ނިއުމަތަކަށް ކާއިލް އެމީހުނަށް އަބަދުވެސް ޝުކުރުވެރިވެއެވެ. ކިޔަވާ ނިންމާލުމާއެކު އަމިއްލަ ކެރިއަރުންވެސް އޭނާ ތަމްރީނު ހޯދީ ހުސްވަގުތު ތަކުގައި އެކަން ކުރަން ހިތްއެދޭވަރުންނެވެ. ދިހަބުރީގެ އަމިއްލަ އިމާރާތުގެ އޭނާގެ ކޮޓަރީގައި މިހާރު އެއޮތީ ލީޝްއަށް އޭނާއަކީ މުއްސަންޖެންކަން ސާބިތުކޮށްދީފައެވެ. ނަމަވެސް ކާއިލްއަށް ލީޝްގެ ފަރާތުން އެފަދަ ގުޅުންތަކެއް ކުރިން ހިނގާފައި ހުރިކަން އެނގުމާއެކު ހިތުގައިވި ފުން ލޯބި ފަނޑުވެގެންދިޔައެވެ. ނަމަވެސް އެއިން ކަމެއް އޭނާގެ މޫނުމަތިން ދައްކާވެސް ނުލައެވެ.
އަރައިގެން އައި އިރާއެކު އޮފީހަށްދާން ތައްޔާރުވެގެން ނިކުމެ ކޮފީއެއް ހަދާލައިގެން ސޯފާގައި އިށީންދެލުމުން ކާއިލްއަށް ރޭގައި ކަންތައްވީގޮތް ހަނދާންވިއެވެ. އެއާއެކު ބޮލުގައި އަތްހިނގާލެވުނީ ލީޝްގެ ބޭވަފާތެރިކަން ހިތަށް އައުމުންނެވެ. މޫނުމަތީގައި އެހުންނަ މައުސޫމު ކަމަކުން މީހެއްގެ ގޮތެއް ނޭންގޭނެއެވެ. އެހާދުވަހަށްފަހު ބައްދަލިވުމުން އެކަމުގައި އިސްނެގީވެސް ހުދު ލީޝްއެވެ. ވީއިރު ލީޝްއަކީ އެއްވެސް އުޅުމެއްނެތް މީހެއްކަން ކާއިލްއަށް ޔަގީން ކުރެވުނެވެ. އަދި ހަމަ އެވަގުތު ހިތަަށް ތަސައްލީއެއް ލިބުނީ އިއްޔަގަ އޭނާއިންޓަވިއުއަށް ދިޔަ އޮފީހުން ފެނުނު ސޫރަ ހަނދާން ވުމުންނެވެ. މިއަދު އޮފީހަށް ނިކުންނަން ޖެހުނުކަމީ ނަސީބޭ ކާއިލްގެ ހިތަށްއެރީ އެސޫރަ ދެކެލަން ބޭގަރާރު ވެފައިވާ ފަދައަކުންނެވެ. އަވަހަށް ކޮފީތަށި ބޯލާފައި އެޕަރޓް މަންޓް ތަޅުލަމުން ނިކުތީ މިއަދުވެސް ހެނދުނު ހެނދުނާ އަވަހަށް އެސޫރަ ދެކެލާހިތުންނެވެ. ކުރިން ލީޝް ނޫން އަންހެން ކުއްޖަކަށް ނުބަލަން ހުރި ކާއިލްއަށްވެސް މިހާރު އޭނާގެ ހިތް ލީޝް އާއި ދުރުވުމަށް އެއްބަސް ވެވިފައިވާ ފަދައެވެ.
********
ސައި ތައްޔާރުކޮށް ނިންމާލެވުމާއެކު ކަމްލާ ނަޝާ ކޮޓަރިއަށްދިޔައީ ކޮލެޖައްދާން ވާއިރަށް ތައްޔާރީތައް ވުމަށެވެ. ގަނެފައި ހުރި ނޯޓް ފޮތްތަކުގެ އިތުރުން ޓައިމްޓޭބަލްގައިވާ ފޮތްތަށް ތަރުތީބުކޮއްލީ އޮރިއެންޓޭޝަން އަށް ފަހުގައި އެކުދިންނަށް ފޮތް ތައް ލިބިފައިވާތީއެވެ. ހަވީރު ދާން ޖެހުން ނަމަވެސް ކޮލެޖައްދާ ފުރަތަމަ ދުވަހަށް ވުމުން ކަމްލާއެކޭ އެއްފަދައިން ނަޝާގެ އަތްފައި ފިނިވެ ހިތް ވަނީ އަވަސްވެފައެވެ. ކަމްލާ ވަރޑްރޮބްއަށް ވަދެލުމާއެކު ފަހަރަކު ހެދުމެއްގައި އަތްލަމުންގޮސް ކަމުދިޔައީ އެންމެފަހުން ފާތުން އާއި އެކުގައި ގޮސްގަތް ޕީޗްކްރީމްކުލައިގެ ކަކުލުންތިރިއަށް ހުންނަވަރުގެ ހެދުމާއި ޗޮކްލެޓްކުލައިގެ ލެގިންސްއެވެ. ހެދުން ނަގާ ހަށިގަނޑުގައި ޖައްސާލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރަބަލާލިއެވެ. އަދި އެތަނުން ހެދުމާއި ގުޅުވާލަން ސިލްވަރ ކުލައިގެ ޕެންޑަލްއެއް ނަގާ ހެދުންމަތީގައި ބޭއްވުމުން އިތުރަށް ފުރިހަމަވެގެން ދިޔަ ކަމުގެ އިހްސާސް ކަމްލާއަށް ކުރެވުނެވެ.
ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން ކަމްލާ ވަރޑްރޮބްއިން ނިކުމެ ފޯނުން ގަޑި ބަލާލުމާއެކު ވަގުތު ކުޑަތަންވެފައި ހުރުމުންނެވެ. ކޮޓަރިން ނިކުތް ގޮތަށް އަވަހަށް ފާތުންގެ ކޮޓަރިއާއި އަރާ ހަމަވިއިރު ގޭގެ ބެލްޖަހާލިއަޑު އިވިގެންދިޔައެވެ. ދެފިކުރެއްގައި ހުރެފައި ގޮސް ދޮރުހުޅުވާލިއިރު އައްސޭރީގެ ސެކިއުރިޓީއަކު މާބުޖޭއަކާއި ދެޕާރުސަލް ދިއްކޮއްލައިގެން ހުއްޓެވެ. އަވަހަށް އެއެއްޗިއްސާއި ހަވާލުވެލުމަށްފަހު އެތެރެއަށް ދާންއުޅުނު ކަމްލާ ސިހުނީ ނަޝާ ކޮޓަރީގެ ދޮރުޖެހުނު އަޑަށެވެ. މަޑުމަޑުން ސިޑިން އަރައިގެން އައިސް ތަނބެއްގެ ފަހަތުގައި މަޑުކޮއްލައިގެން އިނދެފައި ކަމްލާއަވަހަށް ގޮސް ކޮޓަރިއަށް ވަނީ ނަޝާ ތިރިއަށްދިއުމުންނެވެ.
ކޮޓަރިއަށް ވަދެވުމާއެކު ފުން ނޭވާއެއް ލަމުން ކަމްލާ ދެޕާުސަލް ބަލާލާފައި ނަޝާގެ ނަމާއެކު ކާޑެއް ހަރުކޮއްލާފައި އިން ޕާރުސަލާއި މާބޮނޑިނަގާފައި ސިއްރުސިއްރުން ގޮސް އެކޮޓަރީގެ އެނދުމަތީގައި ބަހައްޓާލާފައި އެނބުރިލަން އުޅުންވަގުތު ދޮރުގައި މީހަކުހިފާލިއެވެ. ހާސްވުމާއެކު ކަމްލާގޮސް ނަޝާގެ ވަރޑްރޮބްތެރެއަށް ވަދެސިއްރުން ބަލަން އިންދާ ނަޝާއައިސް ކޮޓަރިއަށް ވަންތަން ފެނުނެވެ.
“ވާވް.. ހާދަ ލޯބި މާބޮނޑިއެއް..” ނަޝާއަށް އޭނާގެ އެނދުމަތީގައި އޮތް މާބޮނޑިފެނުމާއެކު ފުންމަފުންމައިގެން ދިޔައެވެ. ވީއުފަލާއެކު ހުރިހާދަތްތަށް ދައްކާލަމުން މާބޮނޑި ނެގުމާއެކު އޭގެ ދަށުގައިއޮތް ޕާރުސަލް ނަޝާގެ ލޮލުގައި އަޅައިގަތެވެ.
**ހެއި.. ނަޝާ އައި މިސްޔޫ ސޯމަޗް.. ރަށުން ފުރަމުން ކުރިސުވާލުގެ ޖަވާބުދޭން އަސްލުމިއުޅެނީ އަހަރެންގެ ހިތްއެދޭ ބައިވެރިއަކީތީ.. އަބަދުވެސް ލޯދެކެން ބޭނުންވާ ސޫރައަކީ ތީ.. ނަޝާ އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯމަޗް.. ޖަވާބެއްގެ އިންތިޒާރުގައި އެބަހުރިން މިއަދުގެ ކޮލެޖަށް ދިއުމުގެ ކުރިން ބަރގަރ ޕޮއިންޓް އިން ދިމާވާނެ .. މިކާލް..**
ޕާރުސަލްގައި ހަރުކޮއްލާފައި އިން ކާޑުގައިވާ އިބާރާތްކޮޅު ކިޔާލެވުމާއެކު ނަޝާއަށް އުފަލުން ރޮވުން އިރު ހީވަނީ އުދުހިގެން ފާނެހެން ނެވެ. އެއްފަހަރު އެނބުރިގަތީޔާ އަނެއްފަހަރު ފުންމައިގަނެއެވެ. ހުރިހާ މަންޒަރުތައް ބަލަން އިން ކަމްލާއަށް ކެތްވީ އެހާވަރަށެވެ. ދުވެލާފައި އައިސް ނަޝާގައިގަ ބައްދާލުމުން ނަޝާ ސިހުނުނަމަވެސް ކަމްލާކަން އެނގުމާއެކު ކާޑު ދައްކާލަމުން މޭގައި ޖައްސާލީ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލަމުންނެވެ.
“ހޫމް އަސްލު ކަންމިއާ މިކް އާދެމީހުން ވެގެންދޯ މިކަންކުރީ.. ” ފަސްވަރަކަށް މިނެޓް އުފާފާޅުކުރުމަށްފަހުގައި ހަމަޖެހިލެވުމުން އަތުގައިވާ ކާޑަށް އިޝާރާތް ކޮއްލަމުން ނަޝާ އަހާލިއެވެ. އެއާއެކު ކަމްލާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
ނަޝާގެ ކޮޓަރިތެރޭގައި މާ އަޑުގަދަވެގެން އައިސް ދޮރުހުޅުވާލި ފާތުން ފެނުމުން ދެކުދިން އެކީގައި ވީހުރިހާކަމެއް ހިއްސާކޮއްލިއެވެ. “ހޫމް ހޫމް އެހެންވީމަ މިއަދު ދައްތަ ޖެހޭނެތާ ތަންކޮޅެއް ދެކުދިން ކުރިން ދެކުދިން ގޮވައިގެން ނިކުންނަން.. ދޯ.. އެކަމަކު ދަރިފުޅު ކައިރީ ދައްތަ ބުނަންތަ ވާހަކައެއް ކޮންމެ މީހަކާއި ގުޅުނަސް އެއީ އަޙްލާޤް ރަނގަޅު މީހަކަށް ވާން ވާނެ.. އަނެއްކާ މާގިނައިން ބޭރަށް ދާން ދައްއަށް ގަބޫލެއް ނުވެވޭނެ އިނގޭ..” ކިތަންމެ މަޖާކޮށް ފެށިނަމަވެސް ފާތުން ވާހަކަ ނިންމާލީ ސީރިއަސްކަން ގެނުވަމުންނެވެ.
“މަންމާ މިކާލް އަކީ ރަށުގަ ދިރިއުޅޭ ކުއްޖެކޭ.. އޭނައެއައީ މާދަމާ ދާގޮތަށް.. އެހެންވީމަ މިއަދު މަންމަވެސް ވާނެ މިކްއާ މީޓްކޮއްލަން ދޯ ނަޝާ.. ” ފާތުންގެ ވާހަކައަށް އެއްބަސްވެ ބޯޖަހާލުމާއެކު ކަމްލާ ނަޝާއަށްވެސް ދޯދިނެވެ.
********
ދިހައެއް ޖަހަން ވެފައި ވަނިކޮށް ހޭލެވުން ލީޝް އަށް ހީވީ އާދުނިޔެއަކަށް އާދެވުން ހެންނެވެ. އެހެންރޭރޭ ޝިޔާޒް އާއި އެކީގައި ބޭރުން ކައިގެން ނޫނީ ނުނިދޭ ލީޝް ރޭގައި ޝިޔާޒްމަތިން ހަނދާންވެސް ނުވާފަދައެވެ. ފޯނު ނިއްވާލިގޮތަށް އަދިވެސް އެއޮތީ ހުޅުވާވެސް ނުލައެވެ. ކާއިލް ފެނުމާއެކު ޝިޔާޒް މަތިން ހަނދާން ނެތްނަމަވެސް އޭނާގެ މަންމަގެ ހަނދާން އާވުމާއެކު އަވަހަށް ފޯނު ހުޅުވާލިއެވެ. ރޭގައި ޝިޔާޒް އެތަށްފަހަރަކު ގުޅާ މެސެޖްކޮއްފައި އެބަހުއްޓެވެ. ވީއިރު މިއަދު ލީޝްޖެހޭނީ ޝިޔާޒްއަށް ވަގުތުދޭށެވެ. ނަމަވެސް ކާއިލްއަށް އެއިން މަންޒަރެއް ފެނިގެން ނުވާނެއެވެ.
ލީޝް ޝިޔާޒްއަށް ގުޅާލީ ބްރޭކް ގަޑިއާއި ދިމާކޮއްލާފައެވެ. ނަމަވެސް ޝިޔާޒްގެ ފަރާތުން ޖަވާބެއްނުލިބުނެވެ. ދެތިންފަހަރު ގުޅުމުންވެސް ލިބުނީ ހަމަ އެއްޖަވާބެކެވެ. އަވަހަށް ތައްޔާރު ވެލައިގެން ލީޝް ބޭންކްއަށް ދިޔައީ އޭނާގެ ކޭޝް ކަރޑް އެކްސްޕަޔަރ ވާން ވެފައި ވުމާއެކު އެ އާކޮށްލުމާއެކު ޝިޔާޒްއަށް ސަޕްރައިޒެއް ދޭށެވެ. ނަމަވެސް ފެނުނު މަންރާއެކު ލީޝް ލައިލައިހުރި ނޭވާވެސް ކަރުބުޑުގައި ތާށިވީ ފަދައެވެ. ޝިޔާޒް އާއެކުގައި ނިކުތުމަށް އެއަންނަނީ ކާއިލްނޫން ދެވަނަ ދެމީހެއްނޫނެވެ. ވީއިރު މިވަގުތު އެއިން އެކަކަށްވެސް ފެންނަން ލީޝްގެ ހިތް އެއްބަހެއްނުވިއެވެ. ނޫން ކަމަށް ހަދާފައި އަވަހަށް ނިކުމެ ކާރަށް އެރުމާއެކު ނަސީބަކުން ޑްރައިވަރު ކާރުދުއްވާލިއެވެ. މޭގައި އަތް އަޅާލައިގެން އިން ލީޝް އަށް ނޭންގުނު ކަމަކީ އޭނާ ޖެއްސިހުރިހާ ވައްތަރެއް ކާއިލްއަށް ރަނގަޅަށްފެނުން ކަމެވެ.
*******
ދުވަސްތަށް ފާއިތުވަމުންގޮސް ހަފްތާއެއް ވީއިރު ކަމްލާއާއި ނަޝާވެސް ކޮލެޖަށް ހޭނިލައިފިއެވެ. އަދި ފުރަތަމަ ދުވަހުގެ ބައްދަލު ވުމާއެކު ފާތުންއަށް މިކާލްގެ އަހުލާގު ރަނގަޅުކަމާއި ހުލްގުހެޔޮކަން ފެނި ފާތުންގެ ރުހުމާއެކު އައްސޭރިއަށް މާލެ އަންނަފަހަރަކު އާދެއެވެ. ނަޝާއާއި މިކާލްގެ ގުޅުން ކުރިއަށް ދަނީ ދެއާއިލާގެ ރުހުމާއި އެކުގައިވެސް މެއެވެ.
*********
ހަފްތާގެ ބަންދާއި ދިމާކޮށް ރާމިޒާ ބޭރު ކޮފީހަޓްގައި ސައިތައްޔާރުކޮއްލީ ހަނީފުގެ އެދުމުގެ މަތީން ދައްކާންވެފައި ހުރިވާހަކަތަކެއް ހުރުމުންނެވެ. ޝާނީއާއި ޝިޔާޒްވެސް ބައިވެރިވި ހަވީރުގެ ސައި ނިމުމާއެކު ހަނީފްގެ އެދުމުގެ މަތީން ޝިޔާޒް މަޑުކޮއްލި ނަމަވެސް ޝާނީ އެވަގުތު ދިޔައީ ރައްޓެސަކު ގުޅައިގެން ކޮޓަރިއަށެވެ.
“ބައްޕަ މިއުޅެނީ ވަރަށްމުހިއްމު ވާހަކައެއް ދައްކަން.. ކަނުލާ އަޑު އަހާނެކަމަށް އުންމީދުކުރަން.. ބައްޕަ އަށް ވަރަށް ގިނަ މަންޒަރުވެސް ފެނިއްޖެ. ގިނަ އަޑުވެސް އިވިއްޖެ.. އެހެންވީމަ ބައްޕަ އެއްގޮތަކަށްވެސް ގަބޫލެއްނޫން ދަރިފުޅާ ލީޝްގެ ކައިވެނިކުރެވެން.. ބައްޕަ އާއި މަންމަ މިކަމާ އެތަކެއް ބަހުސެއްކޮށް މިގޮތަށް މިނިންމީ ދަރިފުޅުގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް. ކަމްލާ ކަހަލަ ގެވެހި އަޙްލާޤް ރަނގަޅު ކުއްޖަކު ނުލިބޭނެ ދަރިފުޅުގެ ހަޔާތުގެ ބައިވެރިއަކަށް.” އެތަށް ދުވަހަކަށްފަހު ހަނީފް ބުނަން ބޭނުންވި ވާހަކަ ހާމަ ކޮއްލުމާއެކު ޝިޔާޒްގެ މޫނުން އަލިފާން ކަނި ބުރައިގެންދިޔައެވެ.
ނުނިމޭ
5 Comments
Comments are closed.
Alheyy haadha dhuvaheh kohlaafa..v v miss v mi story mathin❤????…Ma Sha Allah mi bai vx v v rythi ingey..Hithah mi arany dhn vaane gothakaa medhu..Anyway me first tha??????????????????????
Which grade are u studying jiji
Salhi
Heyy Layaa ❤️❤️❤️???… After a long time your back dhw ???… I’m so happy to see the story ???… Ummeedhukuran medhu nukedi kiyaalan libeyne kamah mifaharu ???… Story as usual v v v reethi ❤️❤️❤️???????????????????????… Keep going ???… Curiously waiting for the next part ???❤️❤️❤️…
Mivaahaka mathin hadhaanvea nei