ހާސިލް ވުމަށް އެދި 16

- by - 78- September 8, 2019

އެގޮތަށް އޮވެ ކައިޒީންއަށް ނިދުނު އިރުވެސް ނޭނގުނެވެ. ނިދާފައި އޮތް އިރުވެސް ކައިޒީންއަށް ދިޔައީ ގިސްލެވެމުންނެވެ. އަދި މަޑު މަޑުން ދިޔައީ މަންމައަށް ގޮވެމުންނެވެ. މިއަދު އެހިތުގަ އަޅާ ވޭން ބަޔާންކުރަންވެސް ދަތި ވާނެއެވެ.

*****

މެލޭސިއާގެ ކާރުބާރު ބޮޑު ހައިވޭގައި ދުއްވާފައި ވޭން ދިޔައީ ޖެހޭ ވައި ވެސް ކަފަމުންނެވެ. ވޭނުގެ އެތެރޭގައި އިން ކައިޒީން އަށް ހީވީ އީދެއް އައިސްގެން އުޅޭ ހެންނެވެ. ކައިޒީންގެ އަނގައިގައި ނުފެންނަ އެންމެ ދަތެއް ވެސް ނެތެވެ. ހީވަނީ ކޮލްގެޓް އިސްތިހާރު ކުރާ ބުދެއް ހެންނެވެ. އެހެން އިނެފައި މެލޭސިއާގެ އެ ރީތި މާހައުލުގެ ފޮޓޮއެއް ނަގައި އޭނާގެ އައިފޯނުގައި ރައްކާކޮށްލައެވެ.

އެތަނުގެ ފުރިހަމަ ކަމާއިމެދު އީނާޝްއަށް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައިއެވެ. ވިލަލުގައި ޖެހޭ ވަރަށް ހަދާފައި ހުންނަ އިމާރާތްތަކާއި ކާރު ބާރު ބޮޑު މަގުތަކުގެ ސަބަބުން އީނާޝް ގެ އަނގަ ލެއްޕުންވެސް ވީ އުނދަގޫ ކަމަކަށެވެ. ހެނދުނުގެ އެ ހިތްގައިމު ވަގުތުގައި ވެސް އެތަނުގައި މީހުން ހޭލަމޭލިވެ އުޅެމުން ދިޔައިރު މާލެ އެކޭ އެއްވެސް ތަފާތެއް ނެތޭ އީނާޝްގެ ހިތަށް އެރިއެވެ. ޒިރާން ކައިރީ އިން އާރިފާވެސް އިނީ ތަނުގެ ރީތިކަމުން އާޝޯހުވެފައިއެވެ.

މެލޭސިއާގެ ރީތި އެ މާހައުލު ފެނިފައި އެންމެންގެ އަނގައިން ވެސް ތިބީ ”ސޮނި” ފާބައިފައެވެ. އެހެންނުވާންވީ އެންމެ ސަބަބެއްވެސް ނެތެވެ.

އީނާޝްގެ ކުރިމައްޗަށް ވާގޮތަށް އިން މާހިލް ބަލަމުން ދިޔައީ މެލޭސިއާގެ ރީތި ކަމަކަށް ނޫނެވެ. އެއަށްވުރެ މާރީތި ގުދުރަތުގެ ލާމަސީލު މިސާލަކަށެވެ. އެސްފިޔަ ވެސް ޖަހާއިނުލާ އީނާޝްއާ ދިމާއަށް ބަލަމުން ދިޔައިރު ހީވަނީ ދީވާނާ ވެފައި ހުރި މީހެއް ހެންނެވެ. ލާފައިވާ މަޑު ދަނބު ކުލައިގެ ފަލަމަސްގަނޑާއި ހަމައަށް އަންނަ ހެދުމަކާއިއެކު ހުދު ކުލައިގެ ޖީންސްއެއް ލާފައި ހުރުމުން އީނާޝް ނުހަނު ޗާލު ކަމަށް ދައްކައެވެ. އަދި އެޗާލުކަން އެއަށްވުރެ ބޮޑަށް ފުރިހަމަވެފައި ވަނީ ހެދުމުގެ އަތް ހަމަ އެކުލައިގެ ރޭނދާ ފޮތީން ފަހާލައިފާ ހުރުމުންނެވެ. އިސްތަށިގަނޑު އެއްވެސް ގޮތެއް ނަހަދައި މިނިވަންކަމާއިއެކު ދޫކޮށްލާފައި ވާއިރު ވައިލޮޓް ކުލައިގެ ޓައީއެއް އިން ބޭންޑެއް އަޅާފައިވެއެވެ. އެހެން ފަހަރުތަކެކޭ ވެސް އެގޮތަށް މިފަހަރު ވެސް އީނާޝް މޫނުގައި އެއްވެސް މޭކަޕް އެއް އަދި ލިޕްސިޓިކެއްވެސް ޖައްސާފަކާއެއް ނުވެއެވެ. ނަމަވެސް ނުހަނު ރީތިވެފައި ޗާލެވެ.

މެލޭސިއާގެ އަވަށެއް ކަމުގައި ވާ ”ކުއަލަ ލުމްޕާ” ގެ ނުވަ ބުރިއަށް ނަގާފައިވާ ޝާހީ އިމާރާތެއްގެ ކުރިމައްޗަށް ވޭން މަޑުކޮށްލުމާއިއެކު އޭގައި ނީދެވިގެން އެންމެ ފުރަތަމަވެސް އެއިން ފޭބީ ކައިޒީންއެވެ. އަދި އެގޭގެ ފޮޓޮއެއްވެސް ނަގައި ފޯނުގައި ރައްކާކުރިއެވެ. ކައިޒީންގެ ފަހަތުން މާހިލް ނުކުތުމާއިއެކު މާހިލްއަށް ޖެހުނީ އެގޭ އަރާނެ ހެން ކައިޒީން އާއި އެކު ފޮޓޯއެއް ނަގާށެވެ. ފެހި ކުލައިގެ ކަކުލާ ހަމައަށް އަންނަ ވަރުގެ ވައްތިރިއެއް ލާފައި ހުރިއިރު ކައިޒީންވެސް ނުހަނު ރީއްޗެވެ. އަދި ހެދުމުގެ ބަނޑާއި ދިމާލުން މަޑުފެހިކުލައިގެ ބަންދެއްލާފައި އޭގައި މަލެއް ޖަހާފައި އިނުމުން އެހެދުން އަދި ކައިޒީންވެސް ނުހަނު ފުރިހަމައެވެ. ކައިޒީންގެ ދޮން ފައި އޮތީ ހާމައަށް ފެންނާށެވެ. އިސްތަށިގަނޑު ވޫލްއަކުން އައްސާލައިފާ އެއޮތްގޮތަށް ބާއްވާފައި އަދި ލޮލުގައި އެންމެ ޒަމާނީ އައިނެއް އަޅާފައި ހުރުމުން ކައިޒީން ހަމަ ހީވަނީ މޮޑެލްއެއް ހެންނެވެ. މޫނުގައި ލުއި މޭކަޕްއެއް ކޮށްފައި ވާއިރު އަދި ތުންފަތުގައި ވަނީ ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ޖައްސާފައިއެވެ. އަރާފައި ވަނީ ހައި ހީލްއަކަށެވެ. މާހިލް ނަގައިލި އެފޮޓޯވެސް ރީތިވެފައި ވަނީ ކައިޒީން ހުރުމުންނެވެ. ގެނައި ހުރިހާއެއްޗެއް ހިފައިގެން ފިރިހެން ވެރިން ގެއާއި ދިމާއަށް މިސްރާބު ޖެހިއިރު އެމީހުންގެ ފަހަތުން އަންހެން ވެރިންވެސް ދިޔައެވެ.

ލިފްޓަށް އެންމެން އެރުމާއިއެކު ޒިރާން ހަވަނަ ނަންބަރަށް ފިތާލިއެވެ. ޒިރާންމެން ތިބެން ހަމަ ޖެހިފައި ވަނީ ހަވަނަ ބުރީގައިއެވެ. ގޭގެ ދޮރު ހުޅުވާލުމާއިއެކު އެންމެންގެ އަނގައިން ވެސް ބޭރުވި ބަހަކީ ”ވާއު” އެވެ. އެބަސް ބޭރުނުވާ އެންމެ އަނގައެއްވެސް ނެތެވެ. އެހެންނުވާންވީ ފަހެ ކީއްވެ ހެއްޔެވެ؟ ސިޓިންގް ރޫމްގެ ހަތަރުފާރުގައި ލާފައިވަނީ މަޑު ފިޔާތޮށި ކުަލައިއެވެ. ސީލިންގުގައި ލާފައި ވަނީ ވެސް ހަމަ އެކުލައިއެވެ. ނަމަވެސް ސީލިންގު އިތުރަށް ފުރިހަމަ ކޮށްދީފައިވަނީ ހަރުކުރެވިފައި އިން ބޮޑު ޗާންދަލިއާއިންނެވެ. އެއްފާރުގައި ފަސްދޮޅަސް ދެ އިންޗީގެ ޓީވީއެއް ހަރުކުރެވިފައި ވެއެވެ. އަދި ޓީވީ ކުރިމަތީގައި ހަމަ ފިޔާތޮށި ކުލަައިގެ އަށް މީހުންނަށް އިށީންދެވޭނެވަރުގެ ސޯފާސެޓެއް ހުއްޓެވެ. ޓީވީ ހަރުކުރެވިފައި އިން ފާރު ނޫން އެނެއްފާރުގައި މަސްޓޭންކެއް ވެއެވެ. ގާތްގަނޑަަކަށް އެ މަސްޓޭންކްވެސް ޓީވީ އާއި އެއްވަރުވާނެއެވެ. އެއާއި ޖެހިގެން އިން ފާރުގައި ދެން އިނީ ކޮޓަރިއަކަށް ވަނެވެން އިން ދޮރެކެވެ. އެއާއި ޖެހުނު ފާރުގައިވެސް ހަމަ އެކަހަލަ ދޮރެއް އިނެވެ. ނަމަވެސް އެތަނުން ދޭތެރެއަކުން ބަދިގެއަށް ދެވެން އިނެވެ. އަދި ބަދިގެ އެނެއްފަރާޓުގައިވެސް ދެކޮޓަރި ހުއްޓެވެ. ބަލާލި ކޮންމެ ދިމާއަކުން ވެސް ފެނިގެން ދިޔައީ ސާފު ތާހިރު ކަމާއި ތަރުތީބެވެ. ގޭއެތެރޭގެ ކޮންމެ ދިމާލަކުންވެސް ގޭގެ ހައިބަތު ދައްކައިދެއެވެ. ކޮޓަރިތައްވެސް ރީތިވެފައި އެހާމެ ބޮޑެވެ. ބަދިގެ އަދި އެއީ ކޮޓަރީގެ ދެގުނައެވެ. ކާގެއާއި ގުޅުވާލައިފައި އިނީމާ ކަމަށްވެސް ވެދާނެއެވެ.

އީނާޝްމެން ދިހައެއްގެ އެންމެ ފަހު އިމްތިހާން ހެދި ދުވަސްވަރުގައި އާރިފާ ބޭނުންވި ކަންތައް ވިއެވެ. އެއީ ޒިރާން އާއި ކައިވެނި ކުރުމުވެ. އާރިފާގެ ހުރިހާ ހަގީގަތެއް އެނގި ޒިރާން އާރިފާ އާއި ކައިވެނި ކުރީ އާއިފާ ރަނގަޅު ވާނެ ކަމަށް އުންމީދު ކުރަމުންނެވެ. އަދި ކަައިޒީން އެކަމަށް ފާޅުގައި ދެކޮޅު ހަދަމުން ދަނިކޮށެވެ. ނަމަވެސް މިހާރު ކައިޒީން އާރިފާ ދެކެ ނުހަނު ލޯބިވެއެވެ. ސަބަބަކީ އާރިފާ އެމީހުންނަށް ނުހަނު ލޯބިދީ އަޅާލައިތީއެވެ. އަދި އީނާޝްއަށްވެސް މެއެވެ. ނަމަަވެސް އާރިފާ އެކުޅޭ ތަމްސީލުގެ ފަހަތުގައި ހިނގާ އެއްވެސް ކަމެއް ޒިރާން އަދި ކައިޒީންއަށް ވެސް ރޭކާނުލައިއެވެ. އެކަމުގެ ސަބަބުން ކައިޒީންއަދި މާހިލްގެ ރޭވުންވެސް ކެންސަލް ކޮށްލީއެވެ. ނަމަވެސް ކައިޒީންއަށް ފާހަގާވާ އެއް ކަމެއް އެބައޮތެވެ. އެއީ  އީނާޝްގެ މޫނުމަތިން އަދިވެސް އެއްވެސް ހިނިތުންވުމެއް ފެންނަން ނުހުރުމެވެ.

”އީނާޝް އާއި ކައި އުޅޭނީ ބަދިގެ ކައިރީ އިން ކޮޓަރީގައި.. ނަޝްވާއްތަ އާއި ޖަންނައްތަ އުޅޭނީ އެއާއި ޖެހުނި ކޮޓަރީގައި އިނގޭ.. މާހިލް އާއި ފަޒީލް އުޅޭ މިހިރި ކޮޓަރީގައި.. އަަހަރެމެންނަށް މިކޮޓަރި” އަށްމީހުންނަށް ޒިރާން ކޮޓަރިތައް ބަހާލިއެވެ. ކޮޓަރިއެއް ދެމީހަކަށެވެ. ކައިޒީންގެ އެއްޗެހިތައް ހިފައިގެން ކައިޒީން ކޮޓަރިއާއި ދިމާއަށް ދުއްވާގަނިއެވެ. ހީވަނީ ކޮޓަރިއަށް ނުވަދެވިފައި ހުރިހެންނެވެ. އީނާޝް އާއި ޖަންނަ އަދި ނަޝްވާވެސް ފަހަތުން ދިޔައެވެ.

ކޮޓަރީގައިވެސް ފިޔާތޮށި ކުލަ ލާފައި ވާއިރު ކޮޓަރީގައި ހުރި ކޮންމެ ފަރްނީޗަރެއްގައި ވެސް ވަނީ ހަމަ އެކުލައިއެވެ. އެއްފަރާތެއްގައި ހަތަރު މީހުންނަށް އޮވެވޭނެވަރުގެ ކިންގް ސައިޒް އެނދެއް ހުއްޓެވެ. ދެން އެއާއި ޖެހުނު ފާރުގައި ހަތަރު ދޮރުފަތުގެ އަލާމާރިއެއް ހުއްޓެވެ. އަދި އަލަމާރި ކައިރީގައި ޑްރެސިންގް ޓޭބަލްއެއް ހުއްޓެވެ. ކޮޓަރިވެސް އެހައިމެ ނަލައެވެ.

ކައިޒީން ދިޔަ ގޮތަށް ގޮސް ފުންމާލީ އެނދަށެވެ. އަދި އެއާއި އެކު އެދެލޯ މެރިގެން ދިޔައެވެ. ވަރުބަލިވެފައި ހުރުމުން ނިދުނީކަމަށްވެސް ވެދާނެއެވެ. އީނާޝް ކޮތަރިއަށް ވަން އިރު ކައިޒީން އެނދުމަތީގައި ނިދާފައި އޮތުމުން ޗޮކެއް ކަޑާލައިފައި ގޮސް އެއްޗެހިތައް ހިފައިގެން ފާހަނާއަށް ވަނެ ފެން ވަރާލިއެވެ. ފެން ވަރައި ނިމިގެން އީޏާޝް ވެސް ދެން އޮށޯވެލީ ދަތުރުގެ ވަރުބަލިކަން ފިލުވައިލުމަށްޓަކައި ނިދާށެވެ.

****

ހަވީރު ގަނޑީގައި އެންމެން ވެސް ތައްޔާރުވަމުން ދިޔައީ މެލޭސިއާގެ އެންމެ މަޝްހޫރު އެއް ޕާކް ކަމަށްވާ ”މުލު ނޭޝަނަލް ޕާކް” އަށް ދިޔުމަށެވެ. އެއީ ގުދުރަތުގެ ލާމަސީލު ތަނެކެވެ.

ބޮޑެތި ގާތަށް ދުނި ތީރުތަކެއް ހެން ކޮޅަށް ޖެހިފައިވާއިރު ވަށައިގެން ވަނީ ފެހި ގަސްތަކެވެ. ގަސްތަކުގެ ބުޑުވެސް ފަލަކަމުން ޒިރާންމެން ތިބީ ބުނާނެއް އެއްޗެެއް ނޭނގިފައިއެވެ. ކައިޒީން ދިޔައީ އެތަނާއި އެއްކޮށް ފޮޓޯ ނަގާފައި އިންސްޓަގުރާމަށް ޕޯސްޓު ކުރަމުންނެވެ. އީނާޝް މާހިލް އަދި ފަޒީލްވެސް ދިޔައީ ހަނދާނެއްގެ ގޮތުގައި އެތަން އެމީހުންގެ ފޯނުތަކުގައި އަދި ކެމެރާ ތަކުގައިވެސް ރައްކާކުރަމުންނެވެ.

ރޭގަނޑު ގަޑީގައި އެންމެން ވެސް ދެން ދިޔައީ ކުއަލަ ލުމްޕާގެ އެންމެ މަޝްހޫރު އެއް ހޮޓަލަށެވެ. ކައިގެން އަށް މީހުންވެސް ގެއަށް ވަން އިރު ހުރީ ބާރަ ޖަހާއި ބޮޑު ވެފައިއެވެ. ނަމަވެސް އެއިރުވެސް އެއިން އެކަކުވެސް ނިދިއެއް ނާދެއެވެ. ހެނދުނު ގަޑީ ނިދީމާ ކަމަށްވެސް ވެދާނެއެވެ. އެހެން ކަމުން ހަތަރު މީހަކު ތާސް ކުޅެން ހުރެފައި ދެން ތިބި ހަތަރު މީހުން ތިބީ ޓީވީ އަޅުވައިގެން މެޗެއް ބަލާށެވެ. އޭގެތެރޭގައި ކައިޒީންވެސް ދިޔައީ ވަރަށް ފޯރިއާއިއެކު މެޗް ބަލަމުންނެވެ. އެރޭ އެންމެން ވެސް ނިދަން ދިޔައީ މެންދަމު ދޭއް ޖަހަން ކައިރިވެފައި ވަނިކޮށެވެ.

******

ކައިޒީންއަށް ހޭލެވުނީ އޭނާގެ ފޯން މާ ގިނައިން ހަޅޭލަވަމުން ދިޔުމުންނެވެ. އެއްފަހަރު ފޯނު ނަގައި ބަލާވެސް ލައިފިއެވެ. ނަމަވެސް މީހަކު ނުގުޅާތީ ހަމަ ފޯނު ނުހުޅުވަން އޯތީއެވެ. ނަމަވެސް އޭރުވެސް ކައިޒީންއަށް އޭނާގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ. ”ދެން ތި ފޯނު ނަގާބަލަ.. ބޮލަށް އުނދަގޫ ވެއްޖެ..” އީނާޝް އެންމެ ފަހުން ކައިޒީންއަށް އެއްޗެކޭ ބުނުމުން ކައިޒީން އޭނާގެ ފޯނު ނަގައި ފޯނަށް ބަލައިލިއެވެ. އެއީ އަދި މެލޭސިއާއަށް އައި ފަހުން އީނާޝް ކައިޒީންއާއި ވާހަކަ ދެއްކި ފުރަތަމަ ފަަހަރެވެ.

*މޯރނިންގް… ކައި އަދި ވެސް ނުހޭލަންތަ؟*

*ކައީ.. ދެން ހޭލަން ވީނުން.. މަ ވަރަށް ފޫހި ވާތީ މިއުޅެނީ..*

*ކައިޒީން… މެލޭސިއާގަ ކީއްތަ ތި ކުރަނީ؟ އަޅެ ފަހެ.. ހަމަ ނިދަނީ ދޯ.. އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެސް..*

އެޒުވާނާގެ މެސެޖްތައް ފެނިފައި ކައިޒީންގެ ތުންފަތަށް ވެރިވީ ވަރަށް ވެސް ފުޅާ ހިނިތުންވުމެކެވެ. އަދި ހަމައެއާއި އެކު އެ މެސެޖްތަކަސް ރައްދެއްވެސް ދިނެވެ.

*މޯރނިންގް.. ނޫނޭ ހޭލާ މިހިރީ.. އަޅޭ ދެން ކައި ކީއްތޯ ކޮށްދޭން ވީ؟ އަންނަން ވީނުން މިތަނަށް..*

 • *ވަރަށް ބައިވަރު ކަންތައްތައް އެބަ ކުރަން.. ވަރަށް މަޖާ..  އަނެއްކާ ކޮން ވާހަކައެއް ބުނަން.. އަނެއްކާ ކައިއަށް އުފުއްލޭނެތަ؟*
 • ކައިޒީންގެ މެސެޖް ފޮނުވާލުމާއިއެކު އެޒުވާނާގެ ފަރާތުން އެއް ސިކުންތު ތެރޭ މެސްޖްއައެވެ.
 • * ކައި ކޮށްދޭންވީ ކަމަކީ ވަރަށް މަޖާ ވާހަކައެއް ކިޔާދޭން ވީ.. ވާނެތަ މިގަޑީ.. ހަމަ ބުންޏަސް އިހްސާސް ނުވާ ވަރަށް ފޫހި ވާތީ މިއުޅެނީ..*
 • * ހޫމް ކައިއަށް އުފުއްލޭ ވަރުގެ ވާހަކައެއް ހަމަ.. ނަބާ މިއުޅެނީ އޭ ލެވެލް ހަދަންށާއި ކޯސް ހަދަން އޮސްޓްރޭލިއާ އަށް ދާން.. ހާދަ ދުވަހެކޭ ދޯ އެހެން ބުންޏަސް.. ފުރާނަން އޯ ލެވެލްގެ ނަތީޖާ ލިބުނީމަ..*

ނަބާހުގެ ފަރާތުން އައި ދެވަނަ މެސްޖް ކިޔާލައިފައި ކައިޒީންގެ މޫނުން ކުރިން ފެންނަން ހުރި ހިނިތުންވުމެއް ފެންނާކަށް ނެތެވެ. އޭރު އެމޫނު ވަނީ އެއްކޮށް މިލާ މޯޅިވެފައިއެވެ.

 • * އެހެންތަ؟ ވަރަށް އުފާވެއްޖެ ނަބާއަށް ކިޔަވަން ބޭރަށް ދެވޭތީ.. ހަމަ ބުނެލަން އޮތީ މިހާރު ތި ކިޔަވާ ގޮތަށް ކިޔަވާށޭ.. އަދި ބަލައިގެން އުޅޭށޭ..*

*ހުމް.. ދެން ނުބަލައެއް ނޫޅޭނެ ދޯ.. ސުވާލެއް ކޮށްލަންތަ؟*

*ހެހެ.. އެކަން އިނގޭ.. މިބުނީ ޓޭކް ވެރީ ގުޑް ކެއާރް އޭ.. ހުމް ކޮށްލަބަލަ*

 • *ހޫމް.. އިނގިއްޖޭ މިހާރު.. ހެހެ.. ކައި ކުރިން ދުވަހު ބުނީމެއްނު އީނާޝްއެއް ވާހަކަ.. އެއީ ކޮން އީނާޝްއެއް؟ ތި އީނާޝްގެ މަންމަ އަށް ކިޔަނީ ކޮން ނަމެއް؟*
 • ނަބާހު ފޮނުވާލި އެމެސެޖް ކިޔާލާފައި ކައިޒީން އެއަށް ރައްދެން ދޭން އުޅެނިކޮށް ފޯންގެ ޗާޖް ގޮސްގެން ނިވުނެވެ. އެއާއި އެކު ކައިޒީން އަށް ޗުސް ތަޅާލެވުނެވެ. ފޯނު ޗާޖަށް ޖަހާފައި ކައިޒީން ތާޒާވެލުމަށްޓަކައި ގޮސް ފާހަނާއަށް ވަނެވެ. އޭރު ބޭރުން މީހުން ވާހަކަ ދައްކާ އަޑަާއި ތެލި ތަށި ތަޅުވާ އަޑު އިވެއެވެ.

ޒިރާން ހެނދުނު ގަޑީގައި ފަޒީލް އާއި އެކު ފިހާރައަށް ދާން ނުކުންނަން އެއުޅެނީ ފިހާރައަށް ބޭނުންވާނެ ބައެއް ސާމާނު ގަންނާށެވެ. ޒިރާން އާއި ފަޒީލް ބޭރަށް ނުކުމެ އިރުކޮޅެއްވީ ފަހުން މުޅި ގޭތެރެ ވެސް ހޭލައްވާލީ ބާރުގަދަ އަޑު ފައްގަނޑެއް އިވުމުންނެވެ. އެއާއި އެކު އެންމެން ވެސް ގެއިން ނުކުމެގެން ބޭރަށް ދިޔައީ ވެގެން އުޅޭ ގޮތެއް ބަލާލުމުގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުންނެވެ. ބޭރަށް ނުކުމި ކައިޒީންމެން އެންމެންގެ ވެސް ލޯތައް ބޮޑުވެގެން ދިޔައީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރެއްގެ ސަބަބުންނެވެ. ކައިޒީންއަށް ދެފަރާތަށް ބޯހޫރުވެމުން ދިޔައީ އެމަންޒަރު ގަބޫލުކުރަން ދަތިވެފައިވާ ފަދައަކުންނެވެ.

~ ނުނިމޭ ~

 

78

?Nafu?

ѕoмeтιмeѕ we нave тo ғall вeғore we can ғly. тнanĸѕ a loт ғor тнe ѕυpporт. wιтнoυт readerѕ ѕυpporт and ғeedвacĸ ι can'т even coмe тo тнιѕ level. proυd aυтнor oғ нaaѕιl vυмaн edнι, vagυтнυ, ĸυreнυn elнυney нιтнυge adygaι, veeraanaa veғaιvaa нayaaιι мagey, zeeѕнan, eн нandнaan тнaн, and ĸonмe vagυтнaĸυ vѕ vιѕnιdнaane. once agaιn тнanĸ yoυ ѕoo мυcн.?

You may also like...

31 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. I’m second dhw Masha Allah very nice this part also when is next part waiting for next curiously much of love nafu

  ⚠Report!
  1. ?No faa Kko ur first.. hehe.. congrats? Nd thank u soo much.. ❤️❤️❤️ next part Insha Allah soon.. ya keep waiting..♥️♥️♥️ much more love ❤️

   ⚠Report!
 2. Masha Allah? mi? part ?vs varah? salhi… ?varah curious ?kohlaaafa thi ?ninmaaly…whn is ?nxt part…???????

  ⚠Report!
  1. Aww..??? thank u soo much for ur colourful comment dear..❤️❤️❤️ and the support ?? next part soo.. Insha Allah??

   ⚠Report!
 3. masha allah.. manzaru thah hama kurimathin sifa vey.. vr reethi verhaka kuri ah dhaa goii.. nafu keep it up.. lysm 🙂

  ⚠Report!
 4. keii madhu vefai indha mi up v.. vr vr vr vr vvvvvvvvvvvvvvvvvvvvvvvvr rythi mi part vs.. and vr curious kohlaafa thi ninmaaly mi part.. whn nxt.. cant wait.. gud lucj igey nafu

  ⚠Report!
  1. Hehhe..?? thank u soo much FLOWER..❤️❤️❤️ next part Insha Allah soon.. keep waiting.. ????

   ⚠Report!
 5. omg.. haadha ryhchey.. malaysia vs loa mathin sifa vaahen hyvani.. asluvs vr rythi.. nafu ge faraathun hama mikahala baivaru vaahaka thakah inthizaaru kuran eba.. and real story eh vs vrh beynun.. once again this story is awesome.. whn next? eh v gothakaa medhu visneny.. ly

  ⚠Report!
  1. Awwn.. ??? thank u soo much umbrella ♥️♥️♥️ ya nafu ge faraathun adhivs baivaru story thah fenigen dhaane Insha Allah.. ?? next Insha Allah soon.. keep waiting..❤️❤️❤️

   ⚠Report!
 6. nafu this story is wonderful.. a perfect story.. and dat aarifa.. i hate her a lot.. she dont know how to love others.. and she dont know how to deserve things.. but i feel so sad for eenash.. hey aarifaa.. dont do dat to eenash.. otherwise i will kill u.. 🙂 i love ur stories..and ”VAGUTHU”i got a really good moral from that story.. and dat story is also just speechless.. whn next? waiting..

  ⚠Report!
  1. Aww??? thank u sooo much neelam.. ya me too hate that aarifa..?? aww.. again thanks a million..❤️❤️❤️❤️ next part Insha Allah soon.. keep waiting..???

   ⚠Report!
 7. feshunyn sure vaahaka kiyan.. but adhi mi comment kohlevey varu v.. hama vrh rythi mi story.. nafu thy mihaaru i ge favourite writer.. luv yuh so much.. and alheyy kihineh baa evy.. very curious to know waht will happen next.. inthizaarugai

  ⚠Report!
  1. Thank u for ur lovely comment..❤️❤️❤️ awwn.. I’m so happy to know that.. thank u sooo much dear..??? aslu Vs kyhbaa dhw Evy ..?? yaa keep waiting..❤️❤️❤️

   ⚠Report!
  1. Aww.. ??? thank u soo much dear..❤️❤️❤️?? next part Insha Allah soon.. keep waiting..❤️❤️❤️

   ⚠Report!
 8. Assalam alaikum.. miothy vaahakaige 16 vana Bai Vs up vefai.. unmeedhu kuran kamudhaane kamah.. and next part Thursday ge kurin nafu up kohla dhevey thr masahkaii kuraanan.. keep waiting.. Nd readers thidhey support ah vr bodah shukuriyyaa.. Nd vaahaka aa gulhey gothun readers ge views comment kohlahcheh..❤️❤️❤️

  ⚠Report!
 9. Wow v v rythi mi bai vx..?Sorry ingey lahun comment kohlevunyma…kiyaafa thankolheh busy koh ulheythy comment nukurevuny..N i ahaalan beynun vany, meega eben dhw edhemeehun kaiveni kuri vhk, ekm sobaah vari kohfatha hury??..?
  Anyway Im curiously waiting fr da next ingeyyy..❤Ly sissyy..?

  ⚠Report!
  1. Thank u soo much dear.. ❤️❤️ oh it’s ok.. jiji..??? hmm.. kuri ah oii baagai evaahaka egigen dhaane.. btw don’t misunderstand.. ingey??? ya keep waiting.. Lym❤️❤️❤️

   ⚠Report!
  1. Aww❤️❤️❤️ thank u soo much kaily.. ya keep waiting.. Nd I hope I will meet u from every up coming parts of the story..???

   ⚠Report!
  1. insha allah today or tomorrow.. kudakoh bxy koh ulhunyma buni dhuvahah nugenes dhevuny.. vr bodah maafah edhen.. nd ya keep waiting..

   ⚠Report!

Leave a Reply

Your email address will not be published.