Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިގެން ތި ލޯތްބަށް 1

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 7, 2019 8 Mins Read
33 Comments

“އަޅެ ތުއްތުބޭގެ ވެޑިންގ އޮންނަ ކަން އެނގޭ އިރު ޔަޒާން ކީއްވެ މިއަދަށް ތި ދަތުރު ނިންމީ؟ މާދަމައަށް ފަސް ކޮށްލި ނަމައެއްނު؟” ޔަޒާންގެ އަތުގައި ހިފާލަމުން ނައިހާ އެހިއެވެ.

“ކިތައް ފަހަރު ބުނީމަތަ ނައިހާއަށް އަޑު އިވެނީ؟ ނެތޭ ފަސް ކުރެވޭކަށް، އަހަރެން ބެލީމޭ” ނައިހާގެ އަތުގައި ހިފާ ދުރު ކޮށްލަމުން ޔަޒާން އަލަމާރި ކައިރިއަށް ގޮސް ދޮރު ހުޅުވާލިއެވެ.

“ދެން ޔަޒާން ނުގޮސް މަޑު ކޮށްލަން ވީނު މި ފަހަރު؟” އަދިވެސް ނައިހާ ބެލީ އެ ދަތުރުގައި ނުގޮސް، ނައިހާގެ އެއްބަނޑު އެއްބަފާ ބޭބެގެ ކައިވެނީގައި ޔަޒާން ބައިވެރި ވާނެ ގޮތެއް ވޭތޯއެވެ.

“ތީ ކުޑަ ކުއްޖެއްތަ ތިހެން ތި އުޅެނީ؟ ދެން އިތުރަށް ތި ވާހަކަ ދައްކައިގެން އަހަރެން ރުޅި އަރުވަން ނޫޅެއްޗޭ. ނައިހާ ދާކަށް އަހަރެން ދެކޮޅެއް ނަހަދަމެއްނު؟ އަހަންނަށް ދެވެން ނެތީމަ އަހަރެން ކީއްތަ ކުރާނީ؟” ހިތްހަމަ ނުޖެހިފައި ހުރި ޔަޒާން ތަންކޮޅެއް ބާރަށް ބުންނެވެ.

“ތުއްތުބޭ އަހައިފިއްޔާ ކީކޭ ބުނަންވީ؟” ނައިހާ އެހިއެވެ.

“ބުނާނެ އެއްޗެއް އެނގޭނީ ނައިހާއަށް” އަލަމާރިން ދެ ތިން ޓީޝާޓް ނަގާ އެނދުމަތީ ބާއްވަމުން ޔަޒާން ބުންޏެވެ.

ނައިހާ އިތުރު އެއްޗެއް ނުބުނެ ދަބަސް ނަގައިގެން އެނދުގައި އިށީނދެ ޔަޒާންއަށް ދަބަސް ތައްޔާރު ކޮށްދޭން ފެށިއެވެ.

ޔަޒާން ފެން ވަރައިގެން ނިކުތުމުން ނައިހާ ސައި ހެދިއެވެ. ހަތަރެއް ޖެހުމުން ދަބަސް ހިފައިގެން ޔަޒާން ކޮޓަރިން ނިކުންނަން ދިޔައެވެ.

“ޔަޒާން…” ނައިހާ ގޮވާލިއެވެ.

ޔަޒާން ހުއްޓިފައި ބަލާލި ގޮތުން ނައިހާ ފަސް ޖެހުނެވެ.

“ބުނަން ތި އުޅޭ އެއްޗެއް އަވަހަށް ބުނެބަލަ، ލަސް ވޭ އެބަ” ޔަޒާން ބުންޏެވެ.

“މިރޭ ގޭގަ މަޑުކޮށްލިޔަސް އޯކޭތަ؟” ނައިހާ އަހާލިއެވެ.

“އާނ، މާދަން ރޭވެސް މަޑުކޮށްލާ، އަނެއްރޭ އައިމަ ރަނގަޅު ވާނެ، އެކަމު މަންމަ ކައިރީ ބުނެލާތި. ދަނީ ދެން” ޔަޒާން ހުރީ ނުދެވިގެން ލަސް ވެފައެވެ.

“ބާއި…” އަތުން ހަނާ އަޅާލަމުން ނައިހާ ބުންޏެވެ.

ޔަޒާން ހުއްޓިފައި ބަލާލިއެވެ. ކުއްލިއަކަށް ހީލާފައި އައިސް ނައިޙާގެ އުނަގަނޑުގައި ހިފާ ގަޔާ ކައިރި ކޮށްލި ގޮތަށް ތުންފަތުގައި ބޮސްދިނެވެ. އަދި ތިރި ވެލަމުން ނައިހާގެ ބޮޑުވެފައިވާ ބަނޑުގައިވެސް ބޮސްދިނެވެ.

“ނާއިލްއަށް އަހަރެންގެ ފަރާތުން ހަދިޔާއެއް ދީ އިނގޭ، ބުނޭ ސޮރީއޭ” ދުރަށް ޖެހިލާފައި ވޮލެޓް ނަގާ އެއްހާސް ރުފިޔާ ނައިހާ އަތަށް ދެމުން ޔަޒާން ބުންޏެވެ. ދެން މަޑު ކުރުމެއް ނެތި ނިކުތެވެ.

ނައިހާ ހީލާފައި ބަނޑުގައި އެއް އަތް ޖައްސާލިއެވެ.

“ބައްޕަ ބައެއް ފަހަރު އުޅޭނެ އެހެން، ދަރިފުޅު ދެރަ ނުވައްޗޭ އިނގޭ” ބަނޑުން ތޮޅެލި ކަން އިހުސާސް ވުމުން ނައިހާ ބަނޑުގައި ފިރުމާލާފައި ބުންޏެވެ.

ޔަޒާން ދިޔުމުން ކޮޓަރި ތެރެ ސާފު ކޮށްލާފައި ނައިހާ އޮށޯވެލިއެވެ. އެ ދުވަހު، އެރޭ ގޭގައި މަޑުކޮށްލަން އެންމެ ރަނގަޅުތޯ ނައިހާ އެހުމުން އެހާ ފަސޭހައިން ޔަޒާން އެއްބަސް ވީތީ ނައިހާ ހުރީ ހައިރާން ވެފައެވެ. ނައިހާ ކަމެއް ބޭނުން ވެގެން ބުނެފި ނަމަ ޔަޒާން ގިނަ ފަހަރު ދެކޮޅު ހަދާނެއެވެ. ނަމަވެސް އެ ދުވަހު އެހާ އަވަހަށް އާނއެކޭ ބުނީ ކީއްވެ ބާއޭ ނައިހާ ހިތަށް އެރިއެވެ. ނާއިލްގެ ކައިވެނި ޕާޓީއަށް ނުދެވޭތީ އެކަމާ ދެރަ ވީ ކަންނޭނގެއެވެ.

ޔަޒާންގެ ގޮތެއް ނޭނގޭނެއެވެ. އެއް ދުވަހު ވަރަށް ރަނގަޅު ވެއްޖެއްޔާ އަނެއް ދުވަހު ހުންނާނީ ކޮންމެވެސް ކަމަކާ ރުޅި އައިސްފައެވެ. ކައިވެންޏަށް އަދި ވީ އެންމެ ދެ އަހަރު ނަމަވެސް، އެ ދެ އަހަރު ތެރޭން ގިނަ ދުވަހު ޔަޒާން ހުންނާނީ ނައިހާ ދެކެ ހިތްހަމަ ނުޖެހިފައެވެ. ޒުވާބު ކުރަން ނުޖެހޭ ހަފްތާއެއް ނުދާނެއެވެ. ކޮންމެ ފަހަރަކުވެސް ޔަޒާން ބުނާ ކޮންމެވެސް ގޮތަކަށް ނައިހާ ކަންތައް ނުކޮށްގެންނެވެ.

ޔަޒާން ބޭނުން ވަނީ ޔަޒާން ބުނާ ކޮންމެ ކަމެއް، އެއްވެސް ސުވާލެއް ނެތި ނައިހާ ކުރުމެވެ. އެކުވެރިންނާ އެކީ ނައިހާ ބޭރަށް ގޮސް އުޅުމަކީ ޔަޒާން ނުރުހޭ ކަމެއް ކަން އެނގުނު ފަހުން ނައިހާ ވަނީ އެކަން އެއްކޮށްހެން ހުއްޓާލާފައެވެ. ގެޔަށް މީހުން ގެނައުމަކީވެސް ޔަޒާން މާ ރުހޭ ކަމެއް ނޫނެވެ. އެއީވެސް އެ ދެމެދުގައި މައްސަލަ ޖެހޭ ކަމެކެވެ. ނައިހާ ބޭރަށް ދިޔުމާ ޔަޒާން ނުރުހޭ އިރު ނައިހާއާ ބައްދަލު ކޮށްލަން ބޭނުން ވެގެން ރައްޓެއްސަކު ގެޔަށް އައުމުން އެއީ ޔަޒާން ރުޅި އަންނަން ޖެހޭ ކަމެއް ކަމަކަށް ނައިހާ ގަބޫލެއް ނުކުރެއެވެ.

އެހެން އޮއްވާ ނައިހާއަށް ނިދިފައި ހޭލެވުނީ ހައެއް ޖަހަން އުޅެނިކޮށް ފޯނެއް އައުމުންނެވެ.

“ނައި، ކިހިނެއްވީ؟” ނައިހާއަށް ވުރެ ހަ މިނަޓް ހަގު، ނައިހާގެ އެއްމާބަނޑު ކޮއްކޮ އަހާލި އަޑު އިވުނެވެ.

އެރޭ ޔަޒާންއަށް ޕާޓީއަށް ނުދެވޭނެ ވާހަކަ ނައިހާ ބުނީ ނަޒްހާ ގާތު އެކަންޏެވެ. އެހެންވެ ނަޒްހާ އެ ގުޅީ ޔަޒާން ހެދި ގޮތެއް ބަލާށެވެ.

“ގޮއްސި. މަޑެއް ނުކުރެވޭނެޔޯ ބުނީ” ނައިހާ ބުންޏެވެ.

“އަސްލުވެސްތަ؟” ނަޒްހާ ދެރަވެފައި އަހާލިއެވެ.

“އަދި އެބަ އޮތް އެހެން ވާހަކައެއް” ނަޒްހާ ތަޅުވާލަން ވެގެން ދެރަ ވެފައި ހުރި ރާގަކަށް ނައިހާ ބުނެލިއެވެ.

“ކިހިނެއްވީ؟” ނައޒްހާގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ދިޔައެވެ.

“ޔަޒާން ބުނީ މި ވީކްއެންޑްގަ ގޭގަ މަޑުކޮށްލިޔަސް އޯކޭޔޯ” ނައިހާ އެހެން ބުނުމާ އެކު ނަޒްހާ ހަޅޭ ލަވައިގަތް އަޑު އިވުނެވެ.

“ސާބަސް!” ހިނި އައިސްފައި ނައިހާ ބުނެލިއެވެ.

“ދެން އަންނަން ވީނު އަހަރުމެންނާ އެކީ ރެޑީ ވާން؟ އެއްކޮށް ދާން؟” ނަޒްހާ އެދުނެވެ.

“އާދޭ ބަލާ” ނައިހާ ބުނެލީ ބަލާ އަންނާނެ ކަން ޔަގީން ވާތީއެވެ.

“ދޮންބެ އުޅޭތޯ ބަލާފަ މި ގުޅަނީ” ނަޒްހާ ފޯން ކަނޑާލިއެވެ.

ފަނަރަ މިނަޓް ފަހުން ސަލްމާ ގާތު ބުނެލާފައި ނައިހާ ގެޔަށް ދިޔައެވެ.

ނައިހާ ގެޔަށް ވަން އިރު ނަރީމާ ހުރީ ނައިހާގެ އިންތިޒާރުގައެވެ. ނައިހާ ފެނުމާ އެކު ދޮށީ އަންހެން ދަރިފުޅު ގައިގައި ނަރީމާ ބައްދާލި އިރު ދެލޯ ހުރީ ފެންކަޅި ވެފައެވެ.

“މަންމާ…!!” މަންމަ ގައިން ދޫކޮށްލާފައި ނައިހާ ގޮވާލިއެވެ.

“ދަރިފުޅު މާ މަދުން ވިއްޔަ ތި އަންނަނީ” ނަރީމާ ލޯ ފޮހެލަމުން ބުނެލިއެވެ.

“ހަފްތާއަކު އެއް ފަހަރު އަންނަ އިރުވެސް މަދުތަ؟ އޮފީހަށް ދާން ޖެހޭތީ އެއަށް ވުރެ ގިނައިން ނާދެވެނީއޭ މަންމާ” މަންމަގެ ކޮނޑުގައި ހިފާ ކައިރި ކޮށްލަމުން ނައިހާ ބުންޏެވެ.

“ދޮންތަ ފެނުނީމަ މަންމަ ދެން އަހަރުމެން އެކަކު މަތިންވެސް ހަނދާނެއް ނުވާނެ” ދުރުގައި ހުރި ނާޔާ ތުން ދަމާލާފައި ބުންޏެވެ.

“ނާ ޖޭ ވިޔަސް ދޮންތައަކީ މަންމަގެ ފޭވަރިޓް ހަމަ” ނަރީމާ ގައިން ދޫކޮށްލާފައި ލޯ އަޅާލާފައި ނައިހާ ބުނެލީ އެންމެ ކުޑަ ކޮއްކޮ ރުޅި އަރުވާލުމަށެވެ.

“ބައްޕާ!” ނާޔާ ބޮޑާ ހާކާލަމުން ސޯފާގައި އިން އާދިލްގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.

“ދޮންތަ އެ އުޅެނީ ދަރިފުޅު ރުޅި އަރުވަން ވެގެންނޭ” ސޯޅަ އަހަރުގެ ނާޔާގެ ބޮލުގައި ފިރުމާލަމުން އާދިލް އެހެން ބުނެފައި ނައިހާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

“ބައްޕާ. ކިހިނެއް؟” އާދިލް ކައިރީ އިށީނދެފައި ނައިހާ އަހާލިއެވެ.

“ބައްޕަ ރަނގަޅު، ދަރިފުޅު ކިހިނެއް؟ ހުރިހާ ކަމެއްވެސް ރަނގަޅުތަ؟” ދަރިފުޅުގެ މޫނަށް ރަނގަޅަށް ބަލާލަމުން އާދިލް އެހިއެވެ.

“އާނ، ރަނގަޅު” ހީލަމުން ޖަވާބު ދީފައި އިރުކޮޅަކު ބައްޕައާ ވާހަކަ ދައްކަން އިނދެފައި ނައިހާ އަނެއްކާވެސް ތެދު ވެގެން ދިޔައީ ނަރީމާ ކައިރިއަށެވެ.

“ކޮބާ މިގޭ ދެން ތިބި ދެ އަންހެނުން؟” ނައިހާ އަހާލިއެވެ.

“ކޮޓަރީގަ ވެއްޖެ، ދަރިފުޅު އައި ކަން ނޭނގޭތީ އެ ތިބެނީ. އެހެން ނޫން ނަމަ ނަޒްހާ މިހާރު ގެ ބޮލަށް ވައްޓާ ވަރު ކުރާނެ” ހިނި އައިސްފައި ނަރީމާ ބުންޏެވެ.

“އެބަ އަންނަން މައްޗަށް ގޮއްސަ” ނައިހާ ސިޑިއާ ދިމާއަށް ދަމުން ބުންޏެވެ. އެއާއެކު ނާޔާވެސް ނައިހާއާ އެކު ދިޔައެވެ.

“ދޮންތާ!” ކޮޓަރިއަށް ވަން އިރަށް ނޫރާ އައިސް ނައިހާ ގައިގައި ބައްދާލިއެވެ.

ހަތަރު އަންހެން ކުދިން ވާހަކަ ދައްކަން އިރުކޮލަކު ތިބެފައި ނައިހާ ތެދުވީ ނާއިލް ކައިރިއަށް ގޮސްލާށެވެ.

“ދޮންތާ، އިހަށް އަހަރުމެން ކައރީ އިނދެލަބަލަ” ނައިހާ ތެދުވުމުން އަތުގައި ހިފާލާފައި ނޫރާ ބުންޏެވެ.

“މި އަންނަނީއޭ” ނައިހާ ބުންޏެވެ.

“ތުއްތުބޭ ފާހާނާގަ ކަންނޭނގެ” ނާޔާވެސް ތެދުވެފައި ބުންޏެވެ.

“ދެން ފަހުންވެސް ތުއްތުބޭ ކައިރިއަށް ދެވިދާނެއެއްނު؟ އަދި އިށީނދެބަލަ. ތިގޭ އެހެން މީހުން ކޮބާތަ؟” ނަޒްހާވެސް ބުންޏެވެ.

ނައިހާ އެނބުރިފައި ފަހަރަކު މީހެއްގެ މޫނަށް ބަލަލާފައި ހީލަމުން ކޮޓަރިން ނިކުތެވެ.

ޖެހިގެން ހުރި ނާއިލްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ޖަވާބަކަށް މަޑު ކުރުމެއް ނެތި ނައިހާ ދޮރު ހުޅުވާލާފައި ވަނެވެ.

އެނދުގެ ފައިލާ ކޮޅުގައި އިށީނދެގެން އިން އިޝާމް ފެނުމާއެކު ނައިހާގެ ފިޔަވަޅު ހުއްޓުނެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެފައި އިޝާމް އިސް ޖަހާލީ ނާއިލް ނައިހާގެ ނަމުން ގޮވާލުމުންނެވެ.

އަލަމާރީގެ ދޮރުފަތުގައި ހުރި އިސްކޮޅުގެ ލޯގަނޑު ކުރިމަތީ ހުރި ނާއިލް އައިސް ނައިހާގެ ދެ އަތުގައި ހިފާލިއެވެ. އެ ވަގުތު އެ ކޮޓަރިން އިޝާމް ފެނުމުން ނައިހާއަށް ވާނެ ގޮތް ނާއިލްއަށް އެނގެއެވެ. ނައިހާ އެ ކޮޓަރިއަށް ވަންނާނެ ކަން އެނގުނު ނަމަ ނާއިލް އިޝާމް ފޮނުވާލީހެވެ.

“އައިމް ސޮރީ” ނައިހާ ގެނެސް މޭގައި ޖައްސާލަމުން ނާއިލް ބުންޏެވެ.

އެ ވަގުތު އިޝާމް އެ ކޮޓަރިން ނިކުތެވެ.

“ތުއްތުބޭ ހިއެއް ނުކުރަން ނައި އަންނާނެ ކަމަކަށް. ހީކުރީ ޕާޓީއަށް ކަމަށް ދާނީ” ނައިހާ ދުރަށް ޖެހިލުމުން ނާއިލް ބުންޏެވެ.

“އިޓްސް އޯކޭ. އެއީ ތުއްތުބޭގެ ބެސްޓް ފްރެންޑް” އިސް ޖަހާލަމުން ނައިހާ ބުންޏެވެ.

“ނައި، ޓޫ އިޔަރސް ވެއްޖެ ތުއްތުބޭ އިޝާމްއާ ވާހަކަ ނުދައްކާތާ. އެކަމަކު ހިތަށް އެރީ މެރީ ކުރުމުގެ ކުރިން ގުޅާނަމޭ، އިންވައިޓް ކުރާނަމޭ… މި ދިޔަ ދެ އަހަރު ނުލާވެސް އެއީ ބާރަ އަހަރު ވަންދެން ތުއްތުބޭގެ ބެސްޓް ފްރެންޑް، ތުއްތުބޭގެ ލައިފްގެ އެންމެ މުހިންމު ދުވަސް މީ… އޭރުގެ ކަންތައް ހަނދާން ނައްތާލާފަ މިއަދު ތުއްތުބޭ ކައިރީގަ އިޝާމް ހުންނަން ވަރަށް ބޭނުން. ނައި، ހީ ރިއަލީ ރިގްރެޓްސް އެ ދުވަހު ވީ ކަންތައް، ހީ ރިއަލީ ޑަޒް” ނާއިލް ބުންޏެވެ.

“އިޓްސް އޯކޭއޭ. އަސްލުވެސް. މިއަދު މީ ތުއްތުބޭގެ ދުވަސް، ހުރިހާ ކަމެއްވެސް ވާން ވާނީ ތުއްތުބޭ ބޭނުން ވާ ގޮތަށް. އެއީ ތުއްތުބޭގެ ބެސްޓް ފްރެންޑް، އެހެން ވީމަ މިއަދު އޭނަ ހުންނަން ވާނެ ތުއްތުބޭ ކައިރީގަ” ހިތުގައި ކޮންމެ އެއްޗެއް އޮތް ނަމަވެސް ތުންފަތަށް ހިނިތުންވުމެއް ވެރި ކޮށްލާފައި ނައިހާ ބުންޏެވެ.

“ތޭންކްސް” ނައިހާގެ ބޮލުގައި ފިރުމާލަމުން ނާއިލް ބުންޏެވެ.

“ތުއްތުބޭ، ޔަޒާންއަކަށް ނާދެވޭނެ މިރޭ. ހަވީރު ފުރަން ޖެހުނީމަ. ބުނި ވަރަށް ސަލާން ބުނާށޭ، ސޮރީއޭ ބުންޏޭ” ނައިހާ ބުންޏެވެ.

“ނައި ހުރިއްޔާ އޯކޭ” ނާއިލް ބުންޏެވެ.

ނައިހާ އެ ކޮޓަރިން ނިކުތް އިރު ނަޒްހާއާ ނޫރާއާ ނާޔާ ބޭރުގައި ތިއްބެވެ.

“އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ދިޔަ ނުދީ ހިފަހައްޓަން ނޫޅެ ރީއްޗަށް ބުނި ނަމައެއްނު؟” ނަޒްހާގެ ބުރަކަށީގައި ޖަހާލަމުން ނައިހާ ބުންޏެވެ.

“ސޮރީ!” ތިން ކުދިން އެއްފަހަރާ ކަންފަތުގައި ހިފާލަމުން މާފަށް އެދުނެވެ.

“ހެޔޮ ދެން ތި ޑްރާމާއެއް ނުދެއްކިޔަސް. ހިނގާ ރެޑީ ވާން” ހެމުން ނައިހާ ބުންޏެވެ.

ކޮޓަރިން ނިކުމެގެން ތިރިއަށް ފައިބާފައި އެތާ ތިބި ނަރީމާއާ އާދިލްއާ ދިމާއަށް ހީލާފައި ބޭރަށް ނިކުތް އިރުވެސް އިޝާމްގެ ކުރިމަތިން ނައިހާ ފެންނަމުން ދިޔަ ކަހަލައެވެ. ނާއިލް ގުޅައިގެން އެ ގެޔަށް ދިޔަ ވަގުތުން ފެށިގެންވެސް ނައިހާއާ ދިމާ ވާނެ ކަން އިޝާމްއަށް އެނގެއެވެ. ނަމަވެސް ހީވެސް ނުކުރާ ފަދަ ޝޮކެއް އިޝާމްއަށް ލިބުނީ ނައިހާގެ ބޮޑު ވެފައިވާ ބަނޑު ފެނިފައެވެ.

ދެ އަހަރު ވެގެން ދިޔަ އިރުވެސް އެ ހިތުގައި ނައިހާއަށް ދެވިފައިވާ މަގާމު އަދިވެސް އެ ގޮތުގައި އޮތް ކަން އިޝާމްއަށް ޔަގީން ވީ ނައިހާ ފެނުމުންނެވެ. ކުރެވުނު ކުށް އަލުން އިހުސާސް ވެގެން ދިޔައެވެ. ހެދުނު ގޯހުގެ ސަބަބުން ގެއްލިގެން ދިޔައީ ކިހާ މުހިންމު އެއްޗެއް ކަން އަނެއްކާވެސް އިހުސާސް ވީ އެހާ ދުވަސް ފަހުން އަނެއްކާވެސް ނައިހާ ފެނުމުންނެވެ.

އިރުކޮޅަކުން އެބަ އަންނަން ކަމުގައި ބުނެ ނާއިލްއަށް މެސެޖް ކޮށްލާފައި އިޝާމް ސައިކަލަށް އަރާ ދުއްވާލިއެވެ.

ކައިވެންޏަށް ތައްޔާރު ކޮށްފައި އޮތް ހޯލަށް ނާއިލްގެ އާއިލާ އެކީ އައިސް ވަން އިރު އެ މީހުންގެ ފަހަތުން ލައިޅާގެ އާއިލާވެސް އައެވެ. ކައިވެނި ކުރެވުނު އިރު އިޝާމްވެސް އެތާ ހުއްޓެވެ. ނަޒްހާ އާ ނޫރާއާ ނާޔާ ކައިރީ ނައިހާ އިން އިރު އިޝާމް އިނީ ނާއިލްގެ ރައްޓެހިން ތަކަކާ އެކުގައެވެ. ނަރީމާއާ އާދިލް ތިބީ ލައިލާގެ މަންމައާ ބައްޕަ ކައިރީގައި އެހެން މޭޒެއްގައެވެ. ނަރީމާއާ އާދިލްގެ އެންމެ ދޮށި ދަރިފުޅު ނަވާފް އިނީ ނަވާފްގެ އަންހެނުން ޝާލިޔާއާ އެކު ވަކިންނެވެ.

އިޝާމް އިރުއިރުކޮޅާ ނައިހާއަށް ބަލާކަން ފާހަގަ ވެގެން ނަޒްހާ ނައިހާ ގައިގައި ކޮއްޓާލާފައި އެކަން އަންގާލިއެވެ. ވައަތް ފަރާތަށް މޫނު އަނބުރާލަމުން ނައިހާ އިޝާމް އިން ދިމާއަށް ބަލާލިއެވެ. އެއާއެކު ހިތުގެ ތެޅުން ބާރު ވެގެން ދިޔައެވެ. އިސްޖަހާލަމުން ނައިހާ ބަނޑުގައި އަތް ޖައްސާލީ ހާލަތު ބަދަލު ވެފައި ވާ ކަން އަމިއްލަ ނަފްސަށް ހަނދާން ކޮށް ދިނުމަށް ކަހަލައެވެ. ހަމަ އެއާއެކު އިޝާމްއާ ވަކިވާން ޖެހުނު ސަބަބު ހަނދާން ކުރަމުން ލޯ މަރާލުމާއެކު އެ ހަނދާންތައް އާ ވެގެން ދިޔައެވެ.

އެ މަންޒަރު ބަލަން އިން އިޝާމްއަށް ނައިހާއާ ދިމާއަށް ބަލަން އިނުމަށް ކެތް ނުވެގެން ތެދު ވެގެން ދިޔަ ގޮތަށް އެ ހޯލުން ނިކުމެގެން ބޭރަށް ދިޔައެވެ. ނައިހާގެ ތިން ކޮއްކޮއާ ނާއިލްއާ ނަރީމާއާ އާދިލްވެސް އިޝާމް ތެދުވެގެން ދިޔަ މަންޒަރު ބަލަން ތިއްބެވެ.

ދެ ހިސާބެއްގައި ދެ މީހުން ތިބި ނަމަވެސް އެ ވަގުތު ނައިހާއާ އިޝާމްގެ ހިތުގައި ވީ ތިން އަހަރު ކުރީގެ ހަންދާންތަކެވެ.

*

 

ގްރޭޑް އަށަކަށް ނާއިލްއާ އިޝާމް އެއް ކްލާހަކަށް ދިޔަ އަހަރުން ފެށިގެން އެއީ އެންމެ ގާތް ދެ އެކުވެރިންނެވެ. ކިޔަވާ ނިމި ވަޒީފާއަށް ދާން ފެށުމުންވެސް އެ އެކުވެރިކަމަކަށް ބަދަލެއް ނާދެއެވެ. ސްކޫލްގައި އުޅުނު އިރުން ފެށިގެންވެސް އެކަކު އަނެކަކުގެ ގެޔަށް ދިޔުމަކީ އެ ދެ ކުދިންގެ އާދައެކެވެ. އިޝާމްގެ ގެއިން ނާއިލްއަށް އަބަދުވެސް މަރުހަބާ ކިޔާ ފަދައިން ނާއިލްގެ ގެއިން އިޝާމްއަށްވެސް މަރުހަބާ ކިޔައެވެ.

ނާއިލްގެ ހަތަރު އަންހެން ކޮއްކޮއަކީ އެ ކުދިންނާ އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން އިޝާމްގެވެސް ކޮއްކޮމެން ފަދައިން ދެކޭ ކުދިންނެވެ. އިޝާމްގެ ހަމަ އެކަނި ކޮއްކޮ އިސްރާއާ މެދު ނާއިލްވެސް ދެކޭ ފަދައިންނެވެ.

ނަމަވެސް ނައިހާއާ މެދު އިޝާމްއަށް އެ ފަދަ ގޮތަކަށް ނުދެކެވުނީ ކީއްވެ ކަމެއް އިޝާމްއަކަށް ނުވިސްނުނެވެ. އެ ކުދިން ބޮޑެތި ވެގެން އައި އިރު ނާއިލްއެކޭ އެއް ފަދައިން އެ ކުދިންނާ ސަމާސާ ކޮށް އުޅުނު މީހަކީ އިޝާމްއެވެ. ނަވާފްއަށް ވުރެ އެ ކުދިންނާ ގާތީ އިޝާމްއެވެ.

އިޝާމްގެ ހިތް ނައިހާއާ މެދު ބަދަލު ވީ ނައިހާގެ އުމުރުން ސޯޅަ އަހަރުގައެވެ. ނަޒްހާއާ އެއް ސިފައެއް ލިބިފައި ވީ އިރު ނައިހާއާ މެދު ތަފާތު ނަޒަރަކުން އިޝާމްއަށް ދެކެވެން ފެށުނީތީ އެކާ ޚުދު އިޝާމްވެސް ހުރީ ހައިރާން ވެފައެވެ. އކަން އެއްވެސް މީހަކަށް ނާންގާ ވޭތޯ، ވަކިން ޚާއްސަކޮށް ނާއިލްއަށް ސިއްރު ކުރެވޭތޯ އިޝާމް މަސައްކަތް ކުރީ، ނާއިލްގެ ކޮއްކޮއަކާ މެދު އިޝާމް އެފަދަ ގޮތަކަށް ދެކޭ ކަން އެނގިއްޖެ ނަމަ ނާއިލްއާ އޮތް އެކުވެރިކަމަށް ބަދަލެއް އައިސްދާނެތީއެވެ.

އިޝާމް ސިއްރު ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ސިއްރެއް ނުވިއެވެ. ހިތުގައި ވާ އެއްޗެއް ނާއިލްއަށް އެނގިދާނެތީ އެ ގެޔަށް ދިޔުން އިޝާމް މަދު ކޮށްލި ނަމަވެސް އެ ގޮތުގައި ނުހުރެވުނީ ނާއިލްގެ އިތުރުން ނައިހާވެސް ގުޅާފައި ޝަކުވާ ކުރަން ފެށުމުންނެވެ.

ނައިހާއަށްވެސް އިޝާމްއާ މެދު ވިސްނެން ފެށުނީ އިޝާމް އެ ގެޔަށް ނައިސް ގިނަ ދުވަސް ވާން ފެށުމުންނެވެ. އަބަދުވެސް ނައިހާ މެންނާ ސަމާސާކޮށް ހަދާ އިޝާމް ކުއްލިއަކަށް ވަރަށް ދުރު ވެއްޖެ ކަމުގެ އިހުސާސް ކުރެވުމުންނެވެ. އެ ވާހަކަ ނަޒްހާ ގާތު ބުނެވުނީ އެކަމާ ވިސްނޭ ވަރުންނެވެ.

“ސޯ ޔޫ މިސް ހިމް؟” ނަޒްހާ އަހާލިއެވެ.

“އާނ. މިސް ވާނެއެއްނު. ނަޒް ނުވޭތަ؟” ނައިހާ އަހާލިއެވެ.

“އިޝާމް މިސް ވެގެން ގޮސް އަހަރެން ނީންނަން އޭނަ އަންނާނެ ދުވަހެއްގެ އިންތިޒާރުގައެއް. ގައިމުވެސް ނައި އޭނަ މިސް ވާ ގޮތަކަށް ނޫން އަހަރުމެން އޭނަ މިސް ވަނީކީ” ނަޒްހާ ދިމާކޮށްލިއެވެ.

“ކީކޭ ތި ބުނީ؟” ނަޒްހާ ބުނި އެއްޗެއް ނައިހާއަކަށް ނުވިސްނުނެވެ.

“މި ބުނީ ނައި އިޝާމް ދެކެ ލައިކް ވާ ވާހަކަ” ނަޒްހާ ބުނެދިނެވެ.

“އެންމެންވެސް ލައިކް ވާނެ އިޝާމް ދެކެ” ނައިހާ ވިސްނާލާފައި ބުނެލިއެވެ.

“ސާބަސް! އަހަރެން މި ބުނަނީ ތި ދެ މީހުންގެ މެދުގަ އެހެން ކަހަލަ ކަނެކްޝަންއެއް އޮންނަ ވާހަކަ. އިޝާމް ނައިއާ ވާހަކަ ދައްކާނީ އަހަރުމެންނާ ވާހަކަ ދައްކާ ގޮތަކަށް ނޫން… މި ގެޔަށް އަޔަސް ފުރަތަމަ ބަލާނީ ނައި ކޮބާތޯ… އޭނަވެސް ނައި ދެކެ ލައިކް ވާހެން އަހަންނަށް ހީވަނީ. ތުއްތުބޭ ހީކޮށްފާނެ އެއްޗެއް ނޭނގޭތީ ބުނަން ނުކެރިގެން އެ އުޅެނީ” ނަޒްހާ ކިޔާ ދިނެވެ.

“ނަޒްއަށް ކިހިނެއް އެނގެނީ؟” ނައިހާ އަހާލިއެވެ.

“އެނގިގެންނެއް ނޫނޭ މި ބުނީ، އަހަންނަށް ހީވާ ގޮތް މީ. އޭނަގެ ހިތުގަ އޮތް އެއްޗެއް ހޯދަންޏާ ނައި ޖެހޭނީ ޓްރައި ކޮށްލަން” ނަޒްހާ ބުންޏެވެ.

“އެކަމަކު… ތުއްތުބޭ…” ނައިހާއަށް ބުނެވުނެވެ.

“އިހަށް ބުނެބަލަ، ނައި ލައިކް ވޭތަ އިޝާމް ދެކެ؟” ނަޒްހާ ފުރަތަމަ ބޭނުން ވީ ނައިހާގެ ހިތް އޮތް ގޮތް ބަލާށެވެ.

ނައިހާ ވިސްނާލިއެވެ. އިޝާމްއާ މެދު ނައިހާއަށް ތަފާތު ގޮތަކަށް ދެކެވެނީ ހެއްޔެވެ؟ އިޝާމް ނައިސްގެން ކަންބޮޑު ވެވެނީ އެހެން ވެގެން ހެއްޔެވެ؟ އިޝާމް އަންނާނެ އިރަކަށް އިންތިޒާރު ކުރެވެނީ އެހެން ވެ ހެއްޔެވެ؟

“ތި ވަރަށް ވިސްނަން ޖެހޭ ސުވާލެއްތަ އަހަރެން ކުރީ؟” ސަމާސާ ރާގަކަށް ނަޒްހާ އަހާލިއެވެ.

“ނޭނގެ ތީގެ ޖަވާބެއް” ނައިހާ ބުނެލިއެވެ.

ނަމަވެސް އެ ދުވަހުން ފެށިގެން ނައިހާއަށް އިޝާމްގެ ޚިޔާލު ކުރެވެން ފެށިއެވެ. އިޝާމްގެ ހިތް އޮތް ގޮތެއް ބަލަން ބޭނުން ވިއެވެ. ނަމަވެސް އެކަން ކުރާނެ ގޮތެއް ނުވިސްނިފައި ހުރީ އިޝާމް ނާންނާތީއެވެ.

ނައިހާއަށް އެހީ ވީ ނަޒްހާއެވެ.

“ތުއްތުބޭ، އިޝާމް މާ ބިޒީކޮށް އުޅޭ ދުވަސްކޮޅެއްތަ؟ މި ގެޔަށް ނާންނަތާ ހާދަ ދުވަހެއް ވެއްޖެޔޭ މިހާރު” އެއް ދުވަހު ހަވީރު ސައި ބޯން ތިބެފައި ނަޒްހާ އަހާލިއެވެ.

“ބިޒީ ހެން ހީވަނީ. ތުއްތުބެއާ ވެސް ދިމާ ވަނީ ވަރަށް މަދުން. ގުޅާލާފަ އަންނަން ބުންޏަސް ބުނާނެ ވަގުތު ނުވަނީއޭ” ނާއިލްއަށް އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ.

“އެކަމަކު މިހާރު މާ ގިނަ ދުވަސް ވެއްޖެ އިޝާމް ނާންނަތާ. ތުއްތުބޭ ގުޅާބަލަ، ބުނެބަލަ އަހަރުމެން އެބަ އުޅެޔޭ އިޝާމް ނައިސްގެން. ބުނޭ މިރޭ ކެއުމެއް އެބަ އޮތޭ، އިޝާމް ކޮންމެހެންވެސް އަންނަން ވާނެޔޭ. މާދަމާ ހުކުރެއްނު؟ އެހެން ވީމަ މިރޭ އާދެވެން ވާނެ” ނަޒްހާ ބުންޏެވެ.

ނާއިލް ވަގުތުން ގުޅިއެވެ. ފުރަތަމަ ނާންނަން ބަހަނާ ދެއްކި ނަމަވެސް ނާއިލް ގޮތް ދޫ ނުކުރުމުން އެންމެ ފަހުން އިޝާމް އެއްބަސް ވިއެވެ.

އެރޭ އަށެއް ޖަހަން ވީ އިރަށް ނަޒްހާއާ ނައިހާ ވެގެން ނޫޑްލްސް ކައްކާ، ފޮނި އެއްޗެއް ހަދާ ނިންމާފައި ގޮސް ކޯކް ފުޅިއެއް ގަނެގެން އައި އިރު އިޝާމް އައިސް އެގޭ ދޮރު މައްޗަށް މަޑު ކޮށްލީއެވެ.

“އިޝާމް މިހާރު ހާދަ ފިލައިގެންނޭ ދޯ ތި އުޅެނީ” ނައިހާގެ އަތުގައި ހިފާ ހުއްޓުވާފައި ނަޒްހާ އިޝާމްއަށް ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ވަފާތެރި މަވީމޭ ލޯބިން.. 8

Next

ވަޢުދު (ނުވަވަނަ ބައި)

Next
September 7, 2019

ވަޢުދު (ނުވަވަނަ ބައި)

Previews
September 7, 2019

ވަފާތެރި މަވީމޭ ލޯބިން.. 8

33 Comments!

  1. Mar Sha Marsha says:
    September 7, 2019 at 2:51 pm

    As Salaam Alaikum everyone, here’s the new story, heekuran mi vaahaka ves kamudhaane kamah, kiyaalaafa plz comment ingey. Vaahaka upload kuraany Saturday n Tuesday ga. ??

  2. I.S.H.A.A says:
    September 7, 2019 at 3:12 pm

    Wow.me first

    1. Mar Sha Marsha says:
      September 7, 2019 at 10:01 pm

      Yes u 1st Isha

  3. YoonnaL says:
    September 7, 2019 at 3:17 pm

    I’m so glad to see you back maashaa. This is just amazing. I love your works so much. Keep it up. Can’t wait to read next part. ??

    1. Mar Sha Marsha says:
      September 7, 2019 at 10:02 pm

      Thank u YoonnaL ?

  4. yaal says:
    September 7, 2019 at 3:17 pm

    reethi vaanehen heevey.. feshun varah reethi <3

    1. Mar Sha Marsha says:
      September 7, 2019 at 10:03 pm

      Thank u yaal

  5. Emm says:
    September 7, 2019 at 3:38 pm

    awwnn… marsha is back again… vrh reethi feshun as usual… hope kurin vhk fadhain mi vhk vx rythi vaane kamah… luv yuh! ?❤❤❤

    1. Mar Sha Marsha says:
      September 7, 2019 at 10:03 pm

      Thank u Emm ?❤️

  6. Axee ? says:
    September 7, 2019 at 3:45 pm

    Feshun hama varah reethi ummeedhu kuran mi vaahaka vx marsha ge ehen vaahaka thah haa reethi vaane kamah and waiting for the next part ly ??????????????????????

    1. Mar Sha Marsha says:
      September 7, 2019 at 10:04 pm

      Thank u Axee ?

  7. jiji says:
    September 7, 2019 at 3:45 pm

    Wow…V v rythi feshun..I hope upcoming parts thah vx hama ehaa rythi vaane kamah..Waiting curiously..Ly????

    1. Mar Sha Marsha says:
      September 7, 2019 at 10:05 pm

      Thank u jiji ?

  8. Xxx says:
    September 7, 2019 at 7:06 pm

    Yay!!! Marsha is back. Soooooo happy. ???????can’t stop smiling. Feshun Hama HABEYS.❤❤❤❤❤❤❤❤❤❤❤❤❤❤ Hope you will write this till the end.luv u marsha??????????

    1. Mar Sha Marsha says:
      September 7, 2019 at 10:05 pm

      Thank u Xxx ?

  9. Simaa says:
    September 7, 2019 at 7:19 pm

    Kobaa next part….

    1. Mar Sha Marsha says:
      September 7, 2019 at 10:06 pm

      Next part on Tuesday ?

  10. Kaily says:
    September 7, 2019 at 7:24 pm

    V Reethi Ingey Mi part vs….???? Can’t wait for nxt part??????… Luv u sis❤️❤️❤️❤️❤️

    1. Mar Sha Marsha says:
      September 7, 2019 at 10:06 pm

      Thank u Kaily ?

  11. Faree says:
    September 7, 2019 at 8:48 pm

    Wow v reethi ???

    1. Mar Sha Marsha says:
      September 7, 2019 at 10:07 pm

      Thank u Faree

  12. Yaakko says:
    September 8, 2019 at 9:03 am

    Varah reethi…
    Maa sha Allah…
    Cover picture ga Ae kon baeh????

    1. Mar Sha Marsha says:
      September 8, 2019 at 8:54 pm

      Thank u, hyvany naiha girl aky, let’s c who the boy is dho

  13. Mai says:
    September 8, 2019 at 11:42 am

    Viyas.mv ga liyaa vaahaka haadha lahey update kuraaleh.

    1. Mar Sha Marsha says:
      September 8, 2019 at 8:55 pm

      Marsha episodes mail kuryma viyas ge admin upload kuraany, already sent, e myhun upload kuryma kiyeyny. Sorry dear,

  14. Bestie says:
    September 8, 2019 at 3:18 pm

    V reethi. Masha allah. Keep it up dear.

    1. Mar Sha Marsha says:
      September 8, 2019 at 8:56 pm

      Thank u Bestie ?

  15. NSHY says:
    September 8, 2019 at 6:38 pm

    Oh maa gina dhuvahu inthizaaru kuraakah nujehun dhw marsha ge new story akah….Masha Allah Feshun varah reethi… Hope kuran mi story ves v furihama vaane kamah…waiting for next part..

    1. Mar Sha Marsha says:
      September 8, 2019 at 8:57 pm

      Thank u NSHY ?

  16. Apherrr says:
    September 9, 2019 at 7:25 pm

    Woah, intresting feshun , marsha ge stories are always? hoping medhu kendumehnethi kiyan libeyne kamah

    1. Mar Sha Marsha says:
      September 10, 2019 at 11:08 am

      Thank u Apherrr

  17. Sweety says:
    September 18, 2019 at 4:23 pm

    Wow… Vrh furihama. ❤️❤️❤️❤️❤️

  18. Lee says:
    November 29, 2019 at 9:16 pm

    Masha Allah v reethi mi vaahaka

Comments are closed.

Next Episodeއެދިގެން ތި ލޯތްބަށް 2←


All Right Reserved!