އޮފީހަށް ދިޔަ މަގުމަތީގައި ގޮސް ކާލާނެ ލުއި އެއްޗެއް ގަނެލުމަށް ދިމްނާ ކައިރީގައި ހުރި ފިހާރައަކަށް ވަނެވެ. ތަފާތު އެކި ލުއި ކާނާތައް ބެހެއްޓިފައިވި ހަރުތައް ބަލަމުންދިޔަ ދިމްނާ ސިހުނީ ކުއްލިއަކަށް މީހަކު އޭނަގެ އަތުގައި ހިފާ އެމީހަކާ ދިމާލަށް އަނބުރާލުމުންނެވެ. އެވަގުތު ނުހަނު ގާތުން ފެނުނު ސޫރައިން ދިމްނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލިއެވެ. ” ފަވާޒް… ” ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލައިގެން ހުރި ދިމްނާގެ ދުލުން މަޑުމަޑުން އެޒުވާނާގެ ނަން އިވިލިއެވެ. […]
އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު ޔޫސުފް ނިދިއައިސްގެން ފޯނު ބޭއްވީއެވެ. ***** އިރުގެ ރަންދޯދިތަށް ލޮލަށް އެޅުމާއެކު ނަވާރް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލިއެވެ. ރޭގައި އޭނާއަށް ނިދުނީ ރޯން އޮއްވައި ކަމުން ލޮލަށް ބަރުވެ ބޮލުގައި ރިހުމެއް އުފެދިފައި ހުއްޓެވެ. ތެދުވެ އެނދުގެ ފަޑީގައި ލެގިލައިގެން އަތުން ބޮލުގައި ހިފެހެއްޓިއެވެ. ނަވާރް ސިއްސައިގެން ދިޔައީ ބާރަކަށް ދޮރުގައި ތަޅައިގަތް އަޑުއިވުމުންނެވެ. ދޮރު ނުހުޅުވިއަސް އެއީ ހަމްދާކަން ނަވާރްއަށް އެނގުނެވެ. މަޑު މަޑުން އެދުން ތެދުވެގެން […]
މީޓިން ރޫމުން ނުކުމެ ކުރިއަށް ހިނގައިގަން ވަގުތުވީ ބޭރުން އައި އިކާންވެސް މީޓިން ރޫމަށް ވަން ވަގުތަށެވެ. އެވަގުތު އިކާންގެ ހަށިގަނޑުގައި ޖެހި ބެލެންސް ނުކުރެވުމުގެ ސަބަބުން ޔަނާލް ފަހަތަށް ވެއްޓެން ދިޔައެވެ. ލިބުނު ސިހުމުގައި ޔަނާލްއަށް ދެލޯ ބޮށުކޮށްލެވުނެވެ. އިކާންވެސް ހިތް އަވަސްވެފައިހުރެ އަވަސް ހަރަކާތަކާއެކު ޔަނާލްގެ އުނަގަނޑުގައި ދެއަތުން ވަށާލިއެވެ. ސަލާމަތްވާން ބޭނުންވެފައިވި ޔަނާލްއަށްވެސް އިކާންގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. އެއާއެކު ދެމީހުންގެ ލޯ ސީދާވެގެން ދިޔައެވެ. ހީވީ ހިނދުކޮޅަކަށް ނަމަވެސް ވަށާއިގެންވި މާހައުލުގެ ހިނގުން […]
ރަނދޯދިތައް ދުނިޔެއަށް ފަތުރާލަމުން މުޅި ކާއިނާތް އަލިކޮއްލައިފިއެވެ. ދެފަރާތަށް ފޮރޮޅެލަމުން އައިލީން ލޯ ހުޅުވާލުމާއެކު ސިއްސައިގެން ތެދުވެވުނީ ލޫން އެނދުގެ އަނެއް ފަޅީގައި ނެތުމުންނެވެ. ކުރިމަތި ބަލާލުމާއިއެކު އައިލީން ހައިރާންވިއެވެ. _______________________________________________ ލޫން ހުރީ ނަމާދުކުރާށެވެ. ނަމަވެސް އައިލީން ސުވާލު އުފެދުނީ ލޫންއަށް މުސައްލައާ އެއްޗެހި ހުރިތަން އެނގުނު ގޮތަކާމެދުގައެވެ. ކޮޓަރިއަށް ނަޒަރެއް ހިނގާލިވަގުތު ސޯފާ މަތީގައި އިން ލީޝާ ފެނުމާއެކު އެވީގޮތް އެނގުމުން އައިލީންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ލީޝާ އައިލީން ހޭލިތަން ފެނުމުން ހިނިތުންވުމެއް […]
ރަޝިޔާގެ ގަޑިން 8:30 ވާން ގާތްވެފައި ވަނިކޮށް އާދައިގެ މަތިން މައުވާގެ ކާރުގެ މިޞްރާބު ހުރީ އޭނަ ޢާއްމު ގޮތެއްގައި ދާ ކްލަބާއި ދިމާލަށެވެ. ކާރުގެ ތެރެއިން އިވެމުން ދިޔަ ބާރު މިއުޒިކާއި އެއްވަރަށް އޭނަ ބޯޖަހަމުން ދިޔައިރު ހުންގާނު ބުރުގައި ހިފައިގެން ހުރި ބައެއް އިނގިލިތައްވެސް ތަޅުވަމުން ގެންދިޔައެވެ. އޭނަގެ ނަޒަރުން އޭނައަށް ދެން ޙަޔާތުގައި ބޭނުންވާހާ ކަމެއް ލިބިފައިވާ ފަދައައެވެ. އޭނަ އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ކަމަކަށް އެދޭކަށް ނުޖެހެއެވެ. އަދި ކުރިއަށް […]
ބޮޑު ތަނަވަސްކޮޓަރިއެކެވެ. ހަތަރު ފާރުގައި ރީތި ވައިލެޓު ކުލައެއް ލާފައި ވާއިރު ފަރުނީޗަރު ތައްވެސް ހުރީ އެޔާއި ގުޅޭ ގޮތުން އަޅުކުލައިގައެވެ. ބޮޑު އަލަމާރިއެއް އެއް ބިތުގައި ބަހައްޓާފައި ހުރި އިރު އެ އަލާމާރި ކައިރީގައި ދެ ސޯފާ ބަހައްޓާފައި ހުއްޓެވެ. އެ ދެ ސޯފާގެ ކުރިމަތީގައި ބިއްލޫރި ވަށް މޭޒެއް ބަހައްޓާލައިފައި ވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކޮޓަރީގެ ދިގު ކުޑަދޮތުތައް ކަހާލެވޭ ގޮތަށް ހަދާފައި ހުރި އިރު އެތަނުން ބެލްކަންޏަށް ނިކުމެވެއެވެ. އަޅިކުލައިގެ […]
އަލަށް ދިމާވި މިއަންހެން ކުއްޖާގެ ދެލޮލުން ފެނިލި ވޭނާއި ރިހުމުން އެއަންހެން ކުއްޖާ ތަހައްމަލުކުރަމުންދާ ފުންމިން ނޭނގޭ ހިތާމަ ދެނެގަތުމަށް އެއަންހެން ކުއްޖާ އާއިމެދު އިކާންގެ ހިތުގައި ޝައުޤުވެރިކަން އުފެދުނީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކުރިމަތީގައި ހުރި ނުދަންނަ ޒުވާނާގެ ނަޒަރުން ޔަނާލްގެ ހިތް ނުތަނަވަސްވެގެން ދިޔައިރު އުނދަގޫކަމެއް އޭނަށް އިހުސާސްކުރެވެމުން ދިޔައެވެ. އެންމެ ހިނދުކޮޅަކުވެސް މަޑުކޮށްނުލައި ޔަނާލް ހަރު ފިޔަވަޅުތަކެއްގައި ދިޔުމަށް ހިނގައިގަތެވެ. އިކާންއަށް ހޭވެރިކަންވީ އޭނަގެ ކުރިމަތިން އެއަންހެން ކުއްޖާ ހިނގައިގަތުމުންނެވެ. ކުރެވުނު […]
ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ފުން ނިންޖަށް މީހުން ގެނބެމުން ދިޔައިރު ޒައިންގެ ހިތް ނުތަނަވަސް ވަމުން ދިޔައީ އޭނާގެ އެއްވެސް އިހްތިޔާރަކާ ނުލައެވެ. އީނާލްއާ މެދު ކަންބޮޑުވެފައި ދެކޮޅަށް ހިނގާލަ ހިނގާލަ ހިނގާލާ ހުރީއެވެ. އޭނާގެ ލޯ ކުރިމަތީ ސިފަވަނީ އެ ހިނިތުންވުމެވެ. އެސޫރައެވެ. ޒައިން އަށް ވަމުން ދާ ގޮތް ބަލަން އައިޒަން ހުރީ ކަމެއް ޔަޤީން ކުރާ ކަހަލަ ގޮތަކަށެވެ. ރަނާއަށް ވެސް ކުރިމަތިން ފެންނަމުންދާ މަންޒަރު ޤަބޫލުނުކުރެވޭ ކަހަލައެވެ.ޒައިންގެ ފަރާތުން މިފަދަ ކަމެއް […]
ރޭގަނޑުގަޑީ ފަޅު ރަށުގައި ފޯރި ނަގަމުން ދިޔަ ގުރޭޑް 10 އެއްގެ ކުދިންނަކީ ބިރުވެރިކަން މަޖަލަކަށް ހަދައިގެން އުޅޭ ކުދިންތަކެކެވެ. އޯ ލެވެލް ޓެސްޓް ހަދައި ނިންމާ ކުދިންނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ފަޅު ރަށަކަށް ދަތުރު ދިޔައެވެ. ރަށަކީ ގޮނޑުދޮށުވައި ވަރަށް ރީތި ފަސްގަނޑެއް އޮންނަ ރަށެކެވެ. އެ ކުދިން ތިބެން ނިންމީ ވަލުތެރޭގައެވެ. ދުވާލު އެންމެން އެ ތަނަށް އައިސް އުޅުނީ ފަނުންނާއި އެކިއެަޗެހިން ގެ ހެދުމަށެވެ.މި ދަތުރުގައި އެއްވެސް ޓީޗަރަކު […]