ލޯބިވަން ޔާރާއޭ 02
އަލަށް ދިމާވި މިއަންހެން ކުއްޖާގެ ދެލޮލުން ފެނިލި ވޭނާއި ރިހުމުން އެއަންހެން ކުއްޖާ ތަހައްމަލުކުރަމުންދާ ފުންމިން ނޭނގޭ ހިތާމަ ދެނެގަތުމަށް އެއަންހެން ކުއްޖާ އާއިމެދު އިކާންގެ ހިތުގައި ޝައުޤުވެރިކަން އުފެދުނީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކުރިމަތީގައި ހުރި ނުދަންނަ ޒުވާނާގެ ނަޒަރުން ޔަނާލްގެ ހިތް ނުތަނަވަސްވެގެން ދިޔައިރު އުނދަގޫކަމެއް އޭނަށް އިހުސާސްކުރެވެމުން ދިޔައެވެ. އެންމެ ހިނދުކޮޅަކުވެސް މަޑުކޮށްނުލައި ޔަނާލް ހަރު ފިޔަވަޅުތަކެއްގައި ދިޔުމަށް ހިނގައިގަތެވެ. އިކާންއަށް ހޭވެރިކަންވީ އޭނަގެ ކުރިމަތިން އެއަންހެން ކުއްޖާ ހިނގައިގަތުމުންނެވެ. ކުރެވުނު ކަންތައް ރޭކާލުމުން އިކާން ހިސާބަކަށް ލަދުގަތެވެ. އެއަންހެން ކުއްޖާ ހީކުރާނީވެސް ކީކޭ ހެެއްޔެވެ؟ އިކާން ދެފަރާތަށް ބޯ ހޫރުވާލަމުން ގެއަށް ދިޔުމަށް މިސްރާބުޖެހީ ޚުދު އޭނައަށް އެވަގުތު އެވީ ގޮތަކާމެދުވެސް ވިސްނަމުންނެވެ.
” ނާލް… ހާދަ ވަރަކަށް މަންމަ ހޯދައިފީމޭ… ނުބުނެ ތިހެން ތަންތަނަށް ނުދާށޭ ބުނަމެއްނު ނާލް ކައިރި… ދޭއަވަހަށް ތިތެތް އެެއްޗެހި ބަދަލުކުރަން… އެހާގިނައިރު ވާރޭގަ އުޅުނީމަ ރޯގާޖެހޭނެ ވަރަށް ފަސޭހައިން… ” ވާރެ އާއި ތެމިފޯވެގެން އައިސް ގެއަށް ވަން ޔަނާލް ފެނި ޔުސްރާ ވާހަކަދެއްކިއެވެ. ވާރެއިން ހިޔާވާން ކުޑައެއް އަޅާއިގެން ހުރިއިރު އަތުގައި ހެދިކާ ކޮތަޅެއްވެސް ހުއްޓެވެ. ޔުސްރާއަކީ މަސައްކަތްތެރި ނުހަނު މުރާލި މީހެކެވެ. ހެދުން ފެހުމާ މީހުންގެ އޯޑަރަށް ހެދިކާ ހެދުމަކީ ޔުސްރާ ނުހަނު ފޯރިއާއެކު އެހާމެ ކުރާހިތުން ކުރާ ކަންކަމެވެ. އެކަންކަމުން އޭނައަށް ރަނގަޅު އާމްދަނީއެއްވެސް ލިބެއެވެ. ” މަންމަ ކޮންތާކަށް… ” ޔަނާލް ޔުސްރާއަށް ބަލައިލަމުން ބުނެލިއެވެ. ” މަންމަ މިދަނީ އާލިމާއްތަައަށް މިހެދިކާ ކޮތަޅު ގެންގޮސްދޭން… ސައިބޯން ދާންވާއިރަށް ފެންވަރަންދޭ އަވަހަށް ނާލް… މަންމަ އަންނާނަން… ” ޔުސްރާ މިހެން ބުނެ ގޭގެ ބޮޑު ދޮރާށި ހުޅުވާލަމުން ބޭރަށް ނުކުތެވެ. ޔަނާލްވެސް އިތުރަށް މަޑުކުރުމެއްނެތި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.
ފެންވަރާ ތާޒާވެލައިގެން އައިސް ޔަނާލް އޭނަގެ ދިގު އިސްތަށިގަނޑު ހެއަރ ޑްރަޔާކުން ހިއްކަން ހުއްޓެވެ. މަޑު ފިޔާތޮށި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ޓައިޓެއްގައި ހުރިއިރު އެދޮން މޫނުގައި އެއްވެސް މޭކަޕެއް ނުވެއެވެ. ފިނިވުމުގެ ސަބަބުން އެދޮން މޫނު އިހުނަށްވުރެ ދޮންހެން ހީވާއިރު ތުންފަތުގައިވި ފިޔާތޮށި ކުލަވެސް ގަދަހެން ހީވެއެވެ. ”ނާލް…” ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން ޔަލްވީ ގޮވާލިއެވެ. ”ހުޅުވާ… ” އެތެރެއިން ޔަނާލް އެހެން ބުނުމާއެކު ޔަލްވީ ދޮރު ހުޅުވާލުމަށްފަހު ކޮޓަރިއަށް ވަނެވެ. ”އަދިވެސް ނުނިމޭތަ… މަންމަވެސް އައިއްސި… ނާލް ނިމުނީމަ ދާންވީ ސައިބޯން… ” ކޮޓަރީގެ އެއްފަރާތުގައި ހުރި މަޑު ފިޔާތޮށި ކުލައިގެ ސޯފާގައި އިށީންނަމުން ޔަލްވީ ވާހަކަ ދެއްކިއެވެ. ” މި ނިމެނީއޭ ދެން… ދޮންތަ ބުނީމެއްނު އެހެން ޖޮބަކަށް އެޕްލައި ކުރި ވާހަކަ.. އިންޓަވިއުއަކަށް ނުގުޅާތަ އަދިވެސް… ” ހެއަރ ޑްރަޔަރ ޑްރެސިން ޓޭބަލް މަތީގައި ބާއްވާލުމަށްފަހު ފުނާ ނަގައި އިސްތަށިގަނޑުގައި ފުނާ އަޅަން ފަށަމުން ޔަނާލް ބުނެލިއެވެ. ”އިންޓަވިއުއަށް ގުޅި މިއަދު… މާދަމާ ދިހައެެއް ޖަހާއިރަށް ދާން ބުނީ… ދޮންތަ ހަނދާންނެތިފައޭ މިހިރީ ނާލް ކައިރި ބުނަން… ”ހިނިތުންވެލަމުން ޔަލްވީ ބުނެލިއެވެ. ބަދަލުގައި ޔަނާލްވެސް ހިނިތުންވެލިއެވެ. ” ދޮންތަ އަސްލު ކީއްވެ ކުރިން ހުރި ޖޮބް ދޫކޮށްލީ… ދޮންތަ މިހާރު އެޕްލައިކޮށްފަ އޮތް ތަން ހިންގަނީ އެހެން މީހެއްދޯ… ކުރިން އެތަން ހިންގި މީހާ މިހާރު ނޫޅެއެއްނު… މިހާރު އެހެން މީހަކޯ އެތަން ބަލަހައްޓަނީ ދިމް ބުނި… ” ޔަނާލް އޭނަގެ އިސްތަށިގަނޑުގައި ފުނާ އަަޅަމުން ވާހަކަ ދެއްކިއެވެ. ” އެހެންތަ… ކޮންމެ މީހަކު ހިންގިޔަސް އޯކޭއެއްނު… ކުރިން ހުރި ޖޮބް އެހާ ލައިކްނުވީ… ދެން ސެލަރީވެސް މާރަނގަޅު ޖޮބެއް ފެނުނީމަ ހިތަށްއެރީ އެޕްލައިކޮށްލަން… ” ޖަވާބުގައި ޔަލްވީ ބުނެލިއެވެ. ޔަނާލް އިސްތަށިގަނޑުގައި ފުނާ އަޅާލުމަށްފަހު ހުޅިއެެއްހެން ހަދާލަމުން ކަޅު ކުލައިގެ ދައްޗެެއް ހަރުކޮށްލިއެވެ. ތައްޔާރުވެ ނިމުމުން ދެމީހުން އެކުގައި ކޮޓަރިން ނިކުމެ ގޮސް ކާކޮޓަރިއަށް ވަނެވެ. އޭރު އެދެމީހުންގެ އިންތިޒާރުގައި ޔުސްރާ މަޑުކޮށްލައިގެން އިނެވެ. ޔަލްވީ އާއި ޔަނާލް އައިސް އިށީނުމާއެކު އެކުޑަ އާއިލާ އެކުގައި ހަވީރުގެ ސަޔަށް އިންސާފުކުރަން ފެށިއެވެ.
އެނދު މަތީގައި އޮށޯވެލައިގެން އޮތް ދިމްނާގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފޯނުގެ ސްކްރީނަށެވެ. ކިޔަވަން އުޅުނު ކްލާސް ކުދިންގެ މެދުގައި ހެދިފައިވި ވައިބަރ ގުރޫޕެއްގައި ކުދިން ބުނެލާ މަޖާ ވާހަކަތަކުން ދިމްނާގެ ތުންފަތަށްވެސް ބައެއް ފަހަރު ހިނިތުންވުމެެއް ވެރިވެއެވެ. މަދުން ނަމަވެސް ދިމްނާވެސް ކޮންމެ އެއްޗެއް ޓައިޕްކޮށްލައެވެ. މަޢްރިބް ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު ދިމްނާ ފޯނު ބޭއްވުމަށްފަހު އެނދުން ތެދުވިއެވެ. އެނދުން ތެދުވެ ފާޚާނާއަށް ގޮސް ވަނީ ވުޟޫކުރުމަށެވެ. ވުޟޫކޮށްލައިގެން އައިސް ސުންނަތް ދެރަކުއަތާއި މަޢްރިބް ނަމާދުކޮށްލައިގެން ކޮޓަރިން ނުކުތެވެ. އޭރު ސިޓިންރޫމުގައި ނަފީސާގެ އިތުރުން އާޝާ ޓީވީއިން ދައްކަމުންދާ ޑްރާމާާ ސިލްސިލާއެއް ބަލަން ވަރަށް ޝައުޤުވެރިކަމާއެކު ތިއްބެވެ.
ކޮޓަރިން ނިކުން ދިމްނާ ގޮސް ކާކޮޓަރިއަށް ވަނެވެ. އޭރު ކާމޭޒު މަތީގައި ނަފީސާ އާއި އާޝާ ސައިބުއި ޖޯޑު ނުދޮވެ ހުއްޓެވެ. ދެފަރާތަށް ބޯ ހޫރާލަމުން ދިމްނާ އެދެޖޯޑު ދޮވުމަށް އަވަސްވެގަތެވެ. އެއަށްފަހު އޭނަވެސް ގޮނޑީގައި އިށީންދެ ސައިބޯން ފެށިއެވެ. ސައިބޮއެ ނިންމާލުމަށްފަހު އިޝާ ނަމާދު ބަންގި ގޮވުމުގެ ކުރިން އެއްޗެހި ހޫނުކޮށްލާ ކާން ހަދާ ތައްޔާރުކުރިއެވެ. އެމަސައްކަތް ނިންމާލުމަށްފަހު ދިމްނާވެސް ގޮސް ސިޓިން ރޫމު ސޯފާގައި ސްޓަރ ޕްލަސް އިން ދައްކަމުންދާ ކަސޯޓީ ބަލަން ޖައްސާލިއެވެ. ދިމްނާ އައުމާއެކު އާޝާ އޭނައަށް ބަލައިލާ ލޯ އަޅާލި ނަމަވެސް ދިމްނާ ސަމާލުކަމެެއްނުދީ އިނެވެ. އެއީ އަބަދުވެސް އާޝާގެ އާދަކަމުން ދިމްނާ އެފަދަ ކަންކަމަކަށް ސަމާލުކަމެއް ނުދެއެވެ.
ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުގައި ހަފްޒާ ހަރަކާތްތެރިވަމުން ދިޔައެވެ. އޭނައާއެކު އެގޭގައި ގެންގުޅޭ މަސައްކަތު ދެމީހުންވެސް އަތްގާތް ކޮށްދިނުމަށްޓަކައި ބަދިގޭގައި ހަރަކާތްތެރިވެއެވެ. އެމީހުންނަކީ ކިތަންމެ މުއްސަނދިވެފައި ފޯރުންތެރި ބައަކަށް ވިނަމަވެސް އެމީހުންގެ ހިތުގައި އެއްވެސް ބޮޑާކަމަށް ކިބުރުވެރިކަމެއް ނުވެއެވެ. މުއްސަނދިކަމާއެކު އެއްވެސް މަސައްކަތެއްނުކޮށް އަރާމުގައި އުޅެވެން އޮތް ނަމަވެސް ހަފްޒާ އަބަދުވެސް އޭނަގެ އާއިލާއަށް ކާންދެނީ އޭނަގެ ދެއަތުން ތައްޔާރުކުރާ ކާނާއެވެ. ކެއްކުމުގެ ބައި ނިންމާލުމަށްފަހު މަަސައްކަތު ދެމީހުނަށް ކާމޭޒު މަތި ރީތިކޮށް އެއްޗެހި ތަރުތީބުކުރަން އަންގާފާ ހަފްޒާ ނަމާދުކޮށްލުމަށް ގޮސް ކޮޓަރިއަށް ވަނެވެ.
ނަމާދުކޮށްލައިގެން ނިކުންއިރު ސޯފާގައި އާކިފްގެ އިތުރުން އިކާން އާއި ކިއާރާ ތިއްބެވެ. ތިން މީހުންވެސް ތިބީ ކޮންމެވެސް ވާހަކައެއްގައެވެ. ކޮންމެ މީހެެއްގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އެމަންޒަރު ފެނުނު ހަފްޒާގެ ތުންފަތަށްވެސް ފުޅާ ހިނިތުންވުމެއް ވެރިވީ އެމަންޒަރުން ލިބުނު ހިތްހަމަޖެހުމަކުންނެވެ. އެހިނދު ތާއަބަދަށްވެސް އެއުފާވެރިކަން އެގޮތުގައި ލެއްވުން އެދި ހަފްޒާއަށް ހިތާހިތުން ދުޢާކުރެވުނެވެ. ހަފްޒާ ކާން އައުމަށް ބުުނުމާއެކު ތިން މީހުންވެސް ސޯފާއިން ތެދުވެ ހިނގައިގަތެވެ. އެންމެން އައިސް އާއިލާ އެކުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ފެށިއެވެ.
” ބައްޕާ… އަޅުގަނޑު ގަސްތުކުރަނީ ލަސްނުކޮށް ބައްޕަގެ ބިޒްނަސްއަށް ޖޮއިންކުރަން… ކިޔަވާ ނިންމުނީ… ދެން ކިޔެވި އެއްޗެއްގެ ބޭނުން ހިފުންކަމަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އެންމެ ރަނގަޅުވާނީ… އަޅުގަނޑު ބޭނުން މާދަމާ އޮފީހަށް ނިކުމެ ކުޑަކޮށް ކަންކަން ހިނގާ ގޮތް ބަލާލާ ހަދާލަން… ކިޔަވާ ނިންމާފަ ހަފްތާއެއްވަރު އެކޮޅުގަ ޗުއްޓީވެސް ހަދާލާފަ މިއައީ… ދެން ބޭނުންވަނީ މަސައްކަތުގެ ރޮނގުން ކުރިއަށް ދާން… ބައްޕަގެ ޚިޔާލު ހުރީ ކިހިނެއްތޯ… ” އިކާން އޭނަގެ ޚިޔާލު ފާޅުކޮށް އާކިފްގެ ޚިޔާލު ހުރި ގޮތެއް ދެނެގަތުމަށް އަހާލިއެވެ. އިކާންގެ ވާހަކަތައް އަޑުއަހަމުންދިޔަ އާކިފްގެ އިތުރުން ހަފްޒާގެ ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. އިކާންގެ ވާހަކަތަކުން އެދެމީހުންވެސް ތިބީ ނުހަނު ހިތްހަމަޖެހިފައެވެ. އިކާންފަދަ ވިސްނޭ ރަނގަޅު ދަރިއެއް ދެއްވިކަމަށްޓަކައި އެވަގުުތު ހިތާހިތުން ޝުކުރުކޮށްލެވުނެވެ. ” ތިއީ ވަރަށް ރަނގަޅު ޚިޔާލެއް ދަރިފުޅާ… ބައްޕަ ނިންމައިގެން މިހުރީ ދަރިފުޅު ގާތު ތިވާހަކަ ދައްކަންވެސް… ބައްޕަ ވަރަށް އުފާކުރަން ދަރިފުޅު އަމިއްލައަށް އިސްނަގައި ބައްޕަގެ ވިޔަފާރިއަށް ވަނުމުގެ ޝައުޤުވެރިކަން ފާޅުކުރީމަ… މިޒަމާނުގަ ތިކަހަލަ ރަނގަޅު ދަރިއެއް ވަރަށް މަދުވާނެ… ދަރިފުޅުފަދަ ހަރުދަނާ ދަރިއެއް ލިބުނުކަމަށްޓަކައި ބައްޕައާ މަންމަ ޝުކުރުވެރިވަން… ބައްޕަގެ ވިސްނުން ހުރީ ދަރިފުޅު ބައްޕަގެ ވިޔަފާރި ތެރެއަށް ވަދެ ކަންތައްތައް ހަމައަކަށް އެޅުނީމަ ބައްޕަގެ ބިޒްނަސް ދަރިފުޅާ ހަވާލުކުރަން… މިހާރު ބައްޕައަށް އެނގިއްޖެ ބައްޕަގެ އެވިސްނުން އެންމެ ރަނގަޅުކަން… ބައްޕަގެ ބިޒްނަސްއަށް ދަރިފުޅަށް މަރުހަބާ ކިޔަން… މާދަމާއިން ފެށިގެން އޮފީހަށް ނިކުންނަންވާނެ އިނގޭ… ” އުފާވެރިކަމާއެކު އާކިފް ވާހަކަ ދެއްކިއެވެ. ބައްޕަގެ ވާހަކަތަކުން އިކާންއަށްވެސް ހިނިތުންވެލެވުނެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ހަވީރު ވެހުނު ވާރޭ ހުއްޓާލުމަށްފަހު އަނެއްކާވެސް ކަޅު ވިލާތަކުން އުޑުމަތި ބަނަކޮށްލާ ވާރޭގެ ކަނިތައް ދުނިޔެ މައްޗަށް އަމާޒުވިއެވެ. ވެހެމުންދިޔަ ވާރޭގެ ލުއި މިއުޒިކުގެ އަޑު ކޮޓަރި ތެރެއަށް އިވެމުން ދިޔައިރު ސީލިންގަށް ނަޒަރު ހުއްޓާލައިގެން ޔަނާލް އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މިއަރާމު ފިނީގައި އެހެން މީހުން ނިދީގެ ފޮނި މީރުކަން ލިބިގަންނަމުންދިޔަ ނަމަވެސް ޔަނާލްގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނުވެއެވެ. ލޮލުގެ ތެރޭގައި ބޮނޑިވެފައިވި ކަރުނަތައް ކިޔަމަންތެރިކަމާއެކު އިރުއިރުކޮޅުން ލޮލުގެ ހިމަކޮޅުން ފައިބައިގެން އައިސް ޔަނާލް ބޯ އަޅާއިގެން އޮތް ބާލީހަށް ހިނދިގެން ދަނީ ޔަނާލް ކުރަމުންދާ ހިތާމައިގެ ހެކިވެރިއެއް ފަދައިންނެވެ. އެތައް އިރަކު ހަމަހިމޭންކަމާއެކު ކަރުނަ އަޅަމުންދިޔަ ޔަނާލްގެ އަނގައިން މަޑު ގިސްލުމެެއްގެ އަޑު އިވެން ފެށިއެވެ. ހިނދެެއް ހިނދަކަށް ބާރުވަމުންދިޔަ ގިސްލުމުގެ އަޑާއެކު ޔަނާލްގެ ތުންފަތަށްވެސް މަޑު ތުރުތުރެއް ވެރިވެގެން ދިޔައެވެ. ހިތުގައި އުފެދިފައިވި ރިހުމުގެ ސަބަބުން އެހިނދު ޔަނާލްގެ އަނގައިން ވޭނީ އާހެއްގެ އަޑު ނުކުތެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ޔަނާލް އެއްއަރިއަކަށް އެނބުރި ގާތުގައި އޮތް ބާލީހުގައި ނުހަނު ބާރަށް ބައްދާލަމުން ދެލޯ މަރާ ތަގުޅިކޮށްލިއެވެ. އެއާއެކު ތާޒާ ހޫނު ކަރުނަތަކުން ޔަނާލްގެ ކޯތާފަތް ތެތްމާލިއެވެ. އެރޭގެ އެތައް ވަގުތެއް ޔަނާލް ހޭދަކުރީ ކަރުނަ އަޅާ ރުއިމުގައެވެ. އަމިއްލަ ދިރިއުޅުމާމެދު ހިތާމަކުރުމުގައެވެ. އެރޭ އޭނައަށް ނިދުނީވެސް އެގޮތުގައި ހިތާމަކުރުމުގައި ވަނިކޮށެވެ.
ފަތިސް ނަމާދުގެ ބަންގީގެ އަޑާއެކު ދިމްނާ އެނދުން ތެދުވިއެވެ. މޫނު ދޮވެލައިގެން އައިސް ނަމާދުކޮށްގެން ދިމްނާ ބަދިގެ ފަރާތަށް ނުކުތެވެ. ނަމާދަށްފަހު ނިދާލަން ބޭނުންވި ނަމަވެސް އޭނައަކަށް އެފުރުސަތެއް ނެތެވެ. އޮފީހަށް ދިއުމުގެ ކުރިން ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ކޮންމެހެންވެސް ޖެހެއެވެ. އެހެންނޫންނަމަ މަންމަގެ ރުޅިވެރި ބަސްތަކާ ކުރިމަތިލާން ޖެހޭނެއެވެ. ބަދިގެ ފަރާތަށް ނުކުމެ އެންމެ ފުރަތަމަ ކަމަކަށް ދިމްނާ ކުނިކަހަން ފެށިއެވެ. އެގޭގައި އިންދާފައިވި ބަނބުކެޔޮ ގަހާއި ޖަނބުރޯލު ގަހުން ވެރިފައިވި ފަތްތަކުން ބިންމަތީގެ ބޮޑު ބައެއް ވަނީ ފޮރުވާލެވިފައެވެ. ކުނިކަހާ ނިންމާލުމަށްފަހު އަވަހަށް ބަދިގެއަށް ވަނީ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ.
ހަމަހިމޭންކަން ވެރިވެފައިވި ބަގީޗާގައި ބަހައްޓާފައިވި ބެންޗުގައި އިށީންދެގެން ޔަނާލް އިނެވެ. އަތުގައި އާވި އަރައަރާ ހުރި ކޮފީ މަގެއް ހުރިއިރު އޭނަގެ ނަޒަރު ހުއްޓިފައިވީ ފަތިހަށް ފޮޅިފައިވި މާތަކެށެވެ. ރޭވެހުނު ވާރޭގެ ފެންތިކިތައް ޝަބްނަމް ތިކިތަކެއް ފަދައިން މާމަލުގެ ފިޔަތަކުގައި ހަރުލާފާހުއްޓެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފަޒާގައި ހިފާފާވަނީ ތެތްފިނިކަމެވެ. ޖެހެމުންދިޔަ ލުއި ވައިރޯޅިތަކުން ހަށިގަނޑަށް އަރާމު އިހުސާސެއް ކުރުވަމުން ދިޔައިރު އެހިތްގައިމު މާހައުލުން ލިބެމުންދިޔަ ހިތްހަމަޖެހުމުގެ ސަބަބުން ޔަނާލްގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވެފާވެއެވެ. ފޮޅިފައިވި މާމެލާމެލިން އޭނަގެ ނަޒަރު ވަކިކޮށްލާ ހާމައަށް އޮތް އުޑަށް ޔަނާލް ނަޒަރު ހުއްޓާލިއެވެ. އިރުއެރުމާ ގާތްވަމުން ދިޔުމާއެކު އުޑުމަތި ވަނީ މަޑު ތަނބު ކުލައަކާއި ކްރިމްސަން ކުލައިން ފަވާލެވިފައެވެ. ކްރިމްސަން ކުލަ ވެރިވެފައިވި ވިލާތައް ފެނުމުން ހީވަނީ އަލިފާން ރޯކޮށްލާފާވާހެންނެވެ. ހަމައެކަނި އެރީތި އުޑަށް ނަޒަރު ހުއްޓާލުމުންވެސް ކުޅަދުންވަންތަކަމުގެ ފުރިހަމަ މިސާލެއް ފެނިގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
އުޑު މައްޗަށް ނަޒަރު ހުއްޓާލައިގެން އިން ޔަނާލް މަޑުމަޑުން އޭނަގެ އެސްފިޔަތައް ތިރިކޮށްލަމުން ދެލޯ މަރާލިއެވެ. އެއާއެކު ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ދެލޯ މަރާލި ޔަނާލް ކުއްލިއަކަށް ސިހިފައި ކަހަލަ ގޮތަކަށް ދެލޯ ހުޅުވާލީ އޭނައަށް ސިފަވެގެންދިޔަ ސޫރައެއްގެ ސަބަބުންނެވެ. އޭރު އެމޫނު މަތިން ނުތަނަވަސްކަން ހާމަވަމުން ދިޔައިރު މަޑުމަޑުން ދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ދެވަނަ ފަހަރަށް އުޑު މައްޗަށް ބަލައިލުމާއެކު އެެއުޑުމަތިން އޭނައަށް މާޒީވި ދުވަހެއްގެ ހަނދާނެއް އާކޮށްލަން މަޖުބޫރު ކުރުވިއެވެ.
ފަތިހު ފަތިހާ ޔަނާލް ގެއިން ނުކުމެގެން މިސްރާބުޖެހީ ގެސްޓްހައުސްތަކާއި ދިމާލަށެވެ. ގެސްޓް ހައުސްތަކާއި ދިމާލުން ފައިބަން އޮންނަ އަތިރިމައްޗަށް ގޮސް ޔަނާލް ހުއްޓުނެވެ. އޭރު އުޑުމަތި ވަނީ ގަދަ އޮރެންޖު ކުލައިގެ ވިލާތަކުން ޖަރީކުރެވިފައެވެ. ހުދު ދޮންވެލިގަނޑުގައި އިށީންދެ އިން ޔަނާލްގެ ނަޒަރު ހުއްޓިފައިވީ އޮމާންކޮށް އޮތް މޫދާ ދިމާލަށެވެ. އިރުއަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ބަލަން އަތިރިމައްޗަށް އައުމަކީ ޔަނާލްގެ އާދައެކެވެ. ގުދުރަތީ އެފަދަ މަންޒަރުތައް ބެލުމަށް ޔަނާލް ލޯބި ކުރާއިރު އެމަންޒަރުތަކުން އޭނަގެ ހިތަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބިގެންދެއެވެ. ” ވަރަށް ރީތި ހިތްގައިމު މަންޒަރެއްދޯ… ” އަމިއްލަ ދުނިޔެއަކަށް ގެއްލިފައިވި ޔަނާލް ސިހުނީ އޭނަގެ ދާދި ގާތުން އިވުނު ފިރިހެންވަންތަ އަޑުންނެވެ. ސިހިފައި ބަލައިލިއިރު ޔަނާލް އާއި ޖެހިގެން ކަހަލަ ގޮތަކަށް ލިވާން ފަސްގަނޑުގައި އިށީންނަނީއެވެ. ހައިރާންކަމާއެކު ޔަނާލްއަށް ލިވާންގެ މޫނަަށް ބަލަހައްޓާއިގެން އިނދެވުނެވެ. އުޑުމައްޗަށް ވެރިވެފައިވި ކުލަ ލިވާންގެ ފިރިހެންވަންތަ މޫނަށް އެޅިފައިވުމުން އެމޫނު އިތުރަށް ހިތްގައިމުކަމަށް ދައްކައެވެ. ޔަނާލް ބަލަހައްޓާއިގެން އިންދާ ލިވާން އޭނަގެ މަޑު މުށިކުލައިގެ ކަޅިއެއް ލިބިފައިވި ތޫނު ދެލޮލުން ބަލައިލުމާއެކު އަވަސް އަވަހަށް ޔަނާލް އިސްޖަހާލިއެވެ. އެއާއެކު ލިވާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
” ވަރަށް ގިނައިން އަންނަންތަ މިތަނަށް… ” ހަމަހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު މިފަހަރުވެސް ވާހަކަ ދެއްކީ ލިވާންއެވެ. ” ކޮންމެ ދުވަހަކަވެސް… ” ކުރިމައްޗަށް ބަލަހައްޓާއިގެން އިނދެ ޔަނާލް ބުނެލިއެވެ. ” ގުދުރަތީ މިކަހަލަ މަންޒަރުތަކަށް ވަރަށް ލޯބިކުރަންދޯ… ” ލިވާން އެހެން އަހާލުމާއެކު ޔަނާލް މަޑުމަޑުން ހޫމް ލައްވާލިއެވެ. ލިވާންގެ އެކިއެކި ކުދި ސުވާލުތަކުން ދެމީހުންގެ ދެމެދުގައިވި ބީރައްޓެހިކަން ކެނޑިގެން ދިޔައީ ނުހަނު އަވަހަށެވެ. އެކަކު އަނެކަކާ އެއްވެސް ފަސްޖެހުމެއްނެތި ވާހަކަ ދެކެވެން ފެށިއިރު އެދެމެދުގައި ރަހުމަތްތެރިކަން އުފެދިގެން ދިޔައެވެ.
އެދުވަހު އެދެމެދުގައި ދެކެވެނު ހުރިހާ ވާހަކައެއްވެސް ޔަނާލްގެ ހަނދާނުގައި އެބަހުއްޓެވެ. ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޔަނާލް ދެފަރާތަށް ބޯ ހޫރުވާލީ އެޚިޔާލުތަކުން ދުރުވުމަށެވެ. އޭރުވެސް އެމޫނު މަތީގައިިވި ހިތާމައިގެ އަސަރަކަށް ބަދަލެއްނާދެއެވެ. ސިޓިންރޫމުގެ ކުޑަދޮރެއް ހުޅުވައިގެން ޔަނާލްގެ ހަރަކާތްތަކަށް ބަލަން ހުރި ޔުސްރާގެ މޫނުމަތީގައިވެސްވީ ހިތާމައިގެ ކުލަވަރުތަކެވެ. އޭނާ އެހެން ހުއްޓާ ފަހަތުން ޔަލްވީ އައިސް ޔުސްރާގެ ކޮނޑުގައި އަތް އަޅާލަމުން މަޑުމަޑުން ބޯ ޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދައިންނެވެ.
ފެންވަރާ ތާޒާވެލައިގެން ނުކުމެ އަވަސް އަވަހަށް ތައްޔާރުވަމުންދިޔަ ދިމްނާގެ ހަރަކާތްތައް ހުއްޓުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. ”ހުޅުވާފަ ހުންނާނީ… އެތެރެއަށް ވަދޭ… ” ޑްރެސިން ޓޭބަލް ކުރިމަތީ ހުރެ ކޮނޑުން ތަންކޮޅެއް ތިރިއަށް އަންނަ އޭނަގެ ބުޅި އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިމްނާ ބުނެލިއެވެ. އެވަގުތު ދޮރު ހުޅުވާލާފާ އެތެރެއަށް ވަން އާޝާ ފެނުމުން ދިމްނާ އެއްބުމަ މައްޗަށް ހިއްލާލަމުން ކިހިނެއްވީތޯ އަހާލިއެވެ. ” ކޮފީއެއް… ޕްލީޒް… ” ނިދީގެ އަސަރު އެކުލެވިފައިވި އަޑަކުން އެހެން ބުނުމަށްފަހު އާޝާ އައިސް ދިމްނާގެ އެނދުގައި އޮށޯތެވެ. ” މިހާރު މިއުޅެނީ އޮފީހަށް ދާން ލަސްވެގެން… އާޝާ އަމިއްލައަށް ކޮފީއެއް ތައްޔާރުކޮށްބަލަ… ތިހާ ކަންނެތްވާކަށްވެސް ނުވާނެއެއްނު… ” ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ ދިމްނާއަށް ބުނެވުނެވެ. އާޝާ އެއްވެސް އެއްޗެއް ބުނުމެއްނެތި އެނދުގައި އޮތީއެވެ. ނިދީގެ އަސަރު އަދިވެސް މުޅިއަކުން ނުފިލައެވެ. ދިމްނާ ބޮލުގެ އިސްތަށިގަނޑުގައި ރީތިކޮށް ފުނާ އަޅާލުމަށްފަހު މިނިވަންކަމާއެކު އިސްތަށިގަނޑު ދޫކޮށްލިއެވެ. ލައިގެން ހުރި ވެލްވެޓް ފޮތީގެ ވިލުނޫކުލައިގެ އަތްދިގު ޓޮޕް ރީތިކޮށްލުމަށްފަހު ގަޔަށް ސެންޓު ޖަހާލަމުން އެނދުމަތީގައި އޮތް ކަޅު ކުލައިގެ ވާގަނޑު ދިގު އަތްދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ. ދިމްނާ ނުކުތުމާއެކު އާޝާ އަނގައަށް ވައްތަރެއް ޖައްސާލަމުން ކަންނެތްކަމާއެކު އެނދުން ތެދުވިއެވެ. އިތުރު ގޮތެއް ނެތުމުން އާޝާ ކާކޮޓަރިއަށް ގޮސް ކޮފީއެއް ތައްޔާރުކުރަން ފެށިއެވެ.
ލައިލެކް އިވެންޓް ޕްލޭނިންގް ކޮމްޕެނީގެ ދޮރުމައްޗަށް ހުއްޓާލި ޓެކްސީއިން ފޭބި އަންހެން ކުއްޖާ ޓެކްސީ ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ކޮމްޕެނީގެ ތެރެއަށް ވަނެވެ. ” ގުޑް މޯނިން ޔަނާލް މޭމް… ” ޔަނާލް ފެނުމުން ކޮންމެ ސްޓާފަކުވެސް ހިނިތުންވުމަކާއެކު ބުނެލައެވެ. ޔަނާލްވެސް ހިނިތުންވުމެއް ހަދިޔާކުރަމުން ޖަވާބުދެއެވެ. ޔަނާލް ގޮސް އޭނައަށް ޚާއްސަ ކުރެވިފައިވި ކެބިންއަށް ވަނެ އިށީނެވެ. ” ގުޑް މޯނިން ޔަނާލް މޭމް… ” މާލަސްތަކެއްނުވެ ކެބިންއަށް އައިސް ވަން ދިމްނާ ޔަނާލް ފެނުމުން ބުނެލިއެވެ. ” ގުޑް މޯނިން ދިމް… ކޮންމެ ފަހަރަކު ފަހަތަށް މޭމް ނުލިޔަސް އޯކޭއޭ… ދިމް މޭމް ކީމަ ވަރަށް އެހެން ކަހަލަ ގޮތެއްހެން ހީވަނީ… ހެހެހެ… ” ލުއި ހުނުމަކާއެކު ޔަނާލް ބުނެލިއެވެ. ” ދެން އޮފީހުގަ ޖެހޭނީ މޭމްއެއްނު ކިޔަން… އެހެންނޫނީ އެހެން ސްޓާފުން ބުނެފާނެ ނާލް ދިމްއަށްވީމަ ޕާޝިއަލް ވަނިއްޔޭ… ހެހެހެ… ” ދިމްނާވެސް ލުއި ހުނުމަކާއެކު ޖަވާބު ދިނެވެ. ” ޔެއަރ… ގުޑް ޕޮއިންޓް… ” ހިނިތުންވެލައިގެން އިނދެ ޔަނާލް ބުނެލިއެވެ. މާހައުލުގެ ސަމާސާކަން ކަނޑުވާލަމުން ދެން އެދެމެދުގައި ދެކެވެން ފެށީ ދުވަހުގެ ތާވަލާ ބެހޭގޮތުންނެވެ. ” ބްލޫސް ކޮމްޕެނީގެ މީޓިން އެރޭންޖްމެންޓްސް ޗެކްކޮށްލަން ދާން އެބަޖެހޭ… އަހަރެން އަންނާނަން އިނގޭ… ދިމް އެހާއިރަށް އިއްޔެ ފައިނަލް ކުރި ޑީލްގެ ޕޭޕަރސްތައް ރެޑީކޮށްލާފަ އަހަރެންގެ ކެބިންގަ ބަހައްޓާ… އައިއްސަ ޗެކްކޮށްލާނަން… ” ޔަނާލް މިހެން ބުނުމުން ދިމްނާ ބޯޖަހާލަމުން ހިނިތުންވެލިއެވެ. ޔަނާލް ލަސްކުރުމެއްނެތި އަތްދަބަސް ހިފައިގެން ކެބިންއިން ނުކުތެވެ.
ދި ގްރޭންޑް ކޮމްޕެނީގެ މީޓިން ރޫމްގައި ކެތްތެރިކަމާއެކު ސްޓާފުން މަޑުކޮށްލައިގެން ތިއްބެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީޓިންއަކަށް އައުމަށް ސްޓާފުންނަށް އެންގުމުން އެންމެންގެ މޫނު މަތީގައިވެސްވީ ހައިރާންކަމެވެ. ހުރިހާ ސްޓާފުން ސުވާލު އުފެދިފައިތިއްބާ މީޓިންރޫމުގެ ދޮރު ހުޅުުނު އަޑަށް އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ކޮމްޕެނީގެ އިސްވެރިޔާ އާކިފް ފެނުމާއެކު އެންމެން އަދަބުވެރިކަމާއެކު ތެދުވިއެވެ. އާކިފް އޭނަގެ ސްޓާފުންނަށް ހިނިތުންވުމެއް ރައްދުކުރަމުން އެތެރެއަށް ވަނެވެ. އާކިފްގެ ފަހަތުން އެތެރެއަށް ވަން އިކާން ފެނި ހުރިހާ އަންހެން މުވައްޒަފުންގެ ނޭވާ ހުއްޓުނުހެން ހީވިއެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި އިކާން ހުރިއިރު ނުހަނު ފިރިހެންވަންތައެވެ. ގަމީސް ދަށަށް ޖަހާލާފައި ހުރިއިރު ކަރުގައި ރަތް ކުލައިގެ ހިމަ ޓައިއެއް އަޅާފައިވެއެވެ. ފަޔަށް ހިފާފައިހުރި ފަޓުލޫނުގެ ޖީބަށް އެއްއަތް ޖަހާލާފާވާއިރު އިކާން އޭނަގެ ފިިރިހެންވަންތަ ހިނގުމުގައި ކުރިއަށް ދިޔައެވެ. ބޮލުގެ ވަރުގަދަ އިސްތަށިކޮޅު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު ތުނިތުނިކޮށް ބަހައްޓާފައިވި ތުނބުޅި އާއި މަތިމަހުން އެމޫނު އިތުރަށް ފުރިހަމަކޮށްދެއެވެ. ކަޅުކަންގަދަ ދެލޮލުގައި ތޫނުކަމެއްވާއިރު މޫނު މަތީގައިވީ ތާޒާކަމެވެ. އަންހެން ކުދިންގެ ހިތްތަށް ލަންބުވާލާފަދަ ފުރިހަމަ ކަމެއް އިކާންއަށް ގުދުރަތުން ލިބިފައިވެއެވެ.
އާކިފް އާއި އިކާން އިށީނުމުން ސްޓާފުންވެސް ގޮނޑީގައި އިށީނެވެ. އާކިފް ބައްދަލުވުން ފަށަމުން އެންމެ ފުރަތަމަވެސް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ ސްޓާފުންވެސް ބައްދަލުވުމަށް ހާޒިރުވީތީ ޝުކުރުއަދާކުރިއެވެ. އެއަށްފަހު މީޓިން އައިގެން ކުރިއަށް ދިޔައެވެ. އާކިފް ފުރަތަމަ ކަމަކަށް އިކާން އޭނަގެ ހުރިހާ މުވައްޒަފުންނަށް ތަޢާރަފުކޮށްދިނެވެ. އަދި އިކާންއަށްވެސް މުވައްޒަފުންގެ ކުރު ތަޢާރަފެއްދިނެވެ. ކޮމްޕެނީގެ މަސައްކަތްތަކުގައި ދެން އިކާންވެސް ހަރަކާތްތެރިވާނެކަން އަންގާ ކަންތައްތައް ހަމައަކަށް އެޅިލުމުން ކޮމްޕެނީގެ ހިންގުން އިކާންއަށް ހަވާލުކުރަން ނިންމާފައިވާ ކަންވެސް އާކިފް ހާމަކުރިއެވެ. ކޮމްޕެނީގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރަނގަޅުވަމުން އަންނަކަން ފާހަގަކޮށް މިހާރެކޭވެސް އެއްގޮތަށް ހުރިހާ އެންމެން އެކީ އެކުވެރިކަމާއެކު ކުރިއަށް ދިޔުމަށް ނަސޭހަތްތެރިވިއެވެ. އަދި އިތުރަށް ރަނގަޅުކުރަން ފެންނަ ކަންތައްތައްވެސް އާކިފްގެ ވާހަކައިގައި ހިއްސާކޮށްލިއެވެ. ހަމައެހެންމެ ސްޓާފުންގެ ފަރާތުންވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާ އެމީހުންގެ ޚިޔާލުތައްވެސް އާކިފް ބަލައިގަތެވެ. އިކާންއަށްވެސް އެއްޗެއް ބުނެލުމުގެ ފުރުސަތު ދިނުމުން އެފުރުސަތުގެ ބޭނުން ހިފާ އޭނަގެ އެންމެ ފުރިހަމަ ސަޕޯޓް ކޮމްޕެނީގެ ކަންކަމަށް ލިބިގެންދާނެ ކަމަށް ބުންޏެވެ. އެންމެންގެ ތެރޭގައި ބަދަލުކުރެވިގެންދިޔަ ޚިޔާލުތަކަށްފަހު ހިތްހަމަޖެހިފައިހުރެ އާކިފް މީޓިން ނިންމާލިއެވެ.
ބްލޫސް ކޮމްޕެނީއިން ނިކުން ޔަނާލްގެ ފޯނު ރިންގުވާން ފެށުމުން ދަބަސް ތެރެއިން ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. ” ހަލޯ… ޔަނާލްތޯ…” އެކޮޅުން ވާހަކަ ދެއްކި ފިރިހެންމީހާ ބުނެލިއެވެ. ”އާދެ… މީ ޔަނާލް… ތީ ކޮންބޭފުޅެއްތޯ… ” ޔަނާލްއަށް އެއީ ކާކުކަން ނޭނގުމުން ސުވާލުކޮށްލިއެވެ. ” އަޅުގަނޑަކީ އާކިފް… ދި ގްރޭންޑް ކޮންޕެނީގެ… ކަމަކާ ބެހޭގޮތުން މަޝްވަރާކޮށްލަން ބޭނުންވެގެން އަޅުގަނޑު މިގުޅާލީ… މާދަމާއަށް ކުޑަ ޕާޓީއެއް އޯގަނައިޒްކުރެވެނޭތޯ… ” އާކިފް އޭނަގެ ބޭނުން ހާމަކުރުމާއެކު ޔަނާލްގެ ފަރާތުން ލިބުނު އެދެވޭ ޖަވާބުން އެކަމާމެދު މަޝްވަރާކޮށްލުމަށް އޭނަގެ ކޮމްޕެނީއަށް އާދެވޭނެތޯ އާކިފް ސުވާލުކުރިއެވެ. ބައިގަޑިއިރު ތެރޭ ދާނެ ކަމަށް ބުނެ ޔަނާލް ފޯނު ބޭއްވިއެވެ. އެއަށްފަހު ޔަނާލް އަވަސްވެގަތީ ޓެކްސީއެއް ހޯދުމަށެވެ. ޓެކްސީއެއް ލިބުމާއެކު ދި ގްރޭންޑް ކޮމްޕެނީއަށް ދިޔުމަށް ދަތުރު ފެށިއެވެ.
ދި ގްރޭންޑް ކޮމްޕެނީގެ ފަސްބުރީގެ އިމާރާތުގެ ކުރިމައްޗަށް ޓެކްސީ ހުއްޓުމާއެކު ޔަނާލް އޭގެން ފޭބިއެވެ. ކޮނޑުގައި އަޅުވާފައިވި ރަތް ކުލައިގެ ހިމަ ވާގަނޑު ދިގު ކްލަޗް ދަބަސް ރަނގަޅުކޮށްލަމުން ފަރި ހިނގުމެއްގައި ކޮމްޕެނީގެ އެތެރެއަށް ވަނެވެ. އޮފީސް ތެރެއަށް ވަން އަންހެން ކުއްޖާ ފެނި ގިނަ ބައެއްގެ ލޯތައް އެދިމާލަށް އަމާޒުވިއެވެ. ޚާއްސަކޮށް ފިރިހެން ސްޓާފުންނެވެ. އާޝޯޙުވެފައި އެންމެނަށް ބަލަން ތިބެވުނީ އެއަންހެން ކުއްޖާގެ ރީތިކަމުންނެވެ. ކަކުލުން ތަންކޮޅެއް ތިރިއަށް އަންނަ ރަތް ކުލައިގެ ލޭސް ލޯންގް ސްލީވް ބޮޑީ ކޮން ހެދުމުގައި ޔަނާލް ފެންނަލެއް ވަރަށް ފުރިހަމައެވެ. އެލޫޅާފަތި ހަށިގަނޑާއި އެހެދުން ގުޅޭއިރު އަތުގައި ހަމައެކަނި ލޭސް ފޮތި ބޭނުންކޮށްފައިވުމުން އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. ހެދުމާއި ގުޅޭނޭހެން ކަންފަތުގައި ރަތް ކުލައިގެ ޗާންދަލިއާ އިއަރރިންގެއް ލައިފާވާއިރު އަރާފައިވަނީ ރަތް ކުލައިގެ ކަށި އުސް ފައިވާނަކަށެވެ. އެދޮން މޫނުގައި ލުއި މޭކަޕެއް ކުރެވިފައިވާއިރު ދެތުންފަތް ފަވާލެވިފައިވަނީ ރަތް ކުލައިގެ ލިޕްސްޓިކަކުންނެވެ. މަސްކަރާ އަޅާފައިވި ދިގު އެސްފިޔަތައް ތަޅުވާލަމުން ކަޅުކަންގަދަ ކަޅިއެއް ލިބިފައިވި އެބޮޑު ދެލޮލުން ކޮޅުކޮޅަށް ބަލާލާ މަންޒަރު ހީވާނީ ފިލްމުތަކުން ފެންނަހެން ސްލޯ މޯޝަންގައި ފެންނަހެންނެވެ. އެބޮޑު ދެލޯ ކަޅުލުލައިގެ އައިލައިނާއިން ފަވާލާފައިވުމުން އެދެލޮލުގެ ހުދުކަން އިތުރުވެފާވެއެވެ. ކަޅު ކުލައިގެ ދިގު ވޭވީ ސްޓައިލްގެ ފަން އިސްތަށިގަނޑު ބޮލުގެ އެއްފަރާތުން ކަފިކޮށްލާ މިނިވަންކަމާއެކު ދޫކޮށްލާފައިވި ގޮތުން ޔަނާލްގެ ރީތިކަން އިތުރުކޮށްދެއެވެ. ދެފަރާތުންވެސް އިސްތަށިގަނޑުން ބައެއް ކޮނޑުމަތިން ކުރިމައްޗަށް ގެނެސްފައިވެއެވެ. ބެބުޅުމެއް އެކުލެވިފައިވި ޔަނާލްގެ އޮމާން އިސްތަށިގަނޑުގައި ބީހިލުމަށް އެވަގުުތު ކޮންމެ މީހަކުވެސް ބޭނުންވާނެކަން ޔަގީންނެވެ. ކުރުކޮށް ކޮށާލެވިފައިވި އިސްތަށިކޮޅުތައް މޫނު މައްޗަށް ވެއްޓިފައިވީއިރު ޔަނާލް އޭނަގެ ހިމަ ދިގު އިނގިިލިތަކުން އެއިސްތަށިކޮޅުތައް އެއްފަރާތްކޮށްލިއެެވެ.
ޔަނާލް އޭނައަށް ހުއްޓިފައިވި ނަޒަރުތަކަށް ބެލުމެއްނެތި ގޮސް ކައުންޓަރު ކައިރި ހުއްޓިލިއެވެ. ” އާކިފް އުޅުއްވާތޯ… ” ޔަނާލް ކައުންޓަރުގައި އިން އަންހެން ކުއްޖާއަށް ހިނިތުންވުމެއް ހަދިޔާކުރަމުން ސުވާލުކޮށްލިއެވެ. ” އާދެ… ސަރ އެބައިންނެވި ޔަނާލްގެ އިންތިޒާރުގަ މީޓިން ރޫމްގަ… ދުރުވޭ އަޅުގަނޑާއެކު… ” އެއަންހެން ކުއްޖާވެސް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. ޔަނާލް ބޯ ޖަހާލަމުން އެއަންހެން ކުއްޖާގެ ފަހަތުން ހިނގައިގަތެވެ. މީޓިން ރޫމާ އަރާ ހަމަވުމާއެކު އެއަންހެން ކުއްޖާ ދޮރު ހުޅުވާލަދެމުން ޔަނާލްއަށް ވަނުމަށް އިޝާރާތްކުރުމާއެކު ޔަނާލް އެތެރެއަށް ވަނެވެ. އޭރު އާކިފް އޭނަގެ އިންތިޒާރުގައި އިނެވެ. ޔަނާލް އެތެރެއަށް ވަނުމާއެކު އާކިފް އިށީނުމަށް އިޝާރާތްކުރިއެވެ. ހިނިތުންވެލަމުން ޔަނާލް އާކިފްގެ ކުރިމައްޗަށް ވާނޭހެން ގޮނޑީގައި އިށީނެވެ. އެއާއެކު ދެމީހުންގެ ދެމެދުގައި މަސައްކަތުގެ ވާހަކަ ދެކެވެން ފެށިއެވެ. ޔަނާލް އޭނަގެ ކްލަޗް ދަބަހުން ނެގި ކުޑަ ނޯޓު ފޮތުގައި ދޭތެރެއަކުން އެއްޗެއް ނޯޓު ކޮށްލައެވެ. ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް ނިންމާލުމަށްފަހު ޔަނާލް މީޓިން ރޫމުން ނިކުންނަން ހިނގައިގަތެވެ. މީޓިން ރޫމުން ނިކުންނަން ދޮރު ހުޅުވާ ކުރިއަށް ހިނގައިގަން ވަގުތުވީ ބޭރުން އައި އިކާންވެސް މީޓިން ރޫމަށް ވަން ވަގުތަށެވެ. އެއާއެކު އިކާންގެ ހަށިގަނޑުގައި ޖެހި ބެލެންސް ނުކުރެވުމުގެ ސަބަބުން ޔަނާލް ފަހަތަށް ވެެއްޓެން ދިޔައެވެ. ލިބުނު ސިހުމުގައި ޔަނާލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އިކާންވެސް ހިތް އަވަސްވެފައިހުރެ އަވަސް ހަރަކާތަކާއެކު ޔަނާލްގެ އުނަގަނޑުގައި ދެއަތުން ވަށާލިއެވެ. ސަލާމަތްވާން ބޭނުންވެފައިވި ޔަނާލްއަށްވެސް އިކާންގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. އެވަގުތު ދެމީހުން ލޯ ސީދާވެގެން ދިޔައެވެ. ހީވީ ހިނދުކޮޅަކަށް ނަމަވެސް ވަށާއިގެންވި މާހައުލުގެ ހުރިހާ ކަމެއް ހުއްޓުނުހެންނެވެ. އެކަކު އަނެކަކުގެ މޫނު ފެނުނު ހިނދު ދެމީހުންގެ ލޯ ކުރިމަތީގައިވެސް އިއްޔެގެ ހާދިސާ ސިފަވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
51 Comments!
Comments are closed.








Salaam dear readers ❤️❤️❤️???… Here is the 2nd part of Loabivan yaaraaey ❤️❤️❤️… Hope all will like this part too ???… Feel free to comment your views ???… Thankyou soooooo much all for the support n love ❤️❤️❤️???… Last part ge comment thakah reply kohlaanan In Sha Allah miadhu ge vaguthehga ???… Next on Sunday In Sha Allah ???… Keep waiting ???…
Me first dhw… V reethi
yeah… Congradulations Kylie on being first… Thankyou dear…
Yalvee and leevan men bai eiii ifoo ge ehen stry ga ulhunu baeh dhw .ehen heevaathy .
Stry v salhi keep it up.ummedh kuran mi gothu ga stry ninmalaane kamah .??
Nooney dear… Yalvee and Leevaan akee mi storyge two characters… Thankyou soooo much… It means a lot… In Sha Allah readers ah kamudhaane fadha story ehge gothuga mi story ifoo genesdhemundhaany… Hope to see ur comment regularly…
Hey ifoo.,.v nyc mi part ves…plx yanaal and ikaan gulhuvahchey..;they both will look nyc together..,.btw cover ga ethiby mi stry ga ulhey knbaeh kan buneladhyba….i think yalvee and leevan dhw…dhimna aa kaaku aa baa!!
Hey dear… Thankyou soooo much dear… v v v ufaavehje story ge mi part vx kamudhiyaima… Lets see dhw vaagotheh… Cover dhw… Guess kohlabaa dhw alhe thikudhin… ehaa avahah ifoo cover ga thibi kudhin bunyma ingeyne dhw maabodah couples… hehehe… Dhimna aa dhw… Lets see…
Owwww. Varah salhi mi part vx… Keep it up ifoo ❤️❤️
Lamko… Thankyou soooo much… It means a lot…
V v reethi mi part vx….keep it up dear…
Kairaa… Thankyou soooo much… It means a lot…
ވަރަށް ރީތި މިބައި ވެސް?… މާޝާﷲ… ވައިޓިންގ ފޯރ ނެކްސްޓު???❤❤
މައިޝާ… ވަރަށް ބޮޑަށް ޝުކުރިއްޔާ… ވަރަށް ވަރަށް އުފާވެއްޖެ މިބައިވެސް ރީތިވީމަ… މައިޝާގެ ކޮމެންޓް ކުރިއަށް އޮތްތަނުގައިވެސް ފެނިގެންދާނެ ކަމަށް އުއްމީދުކުރަން… ތިންވަނަ ބައި އިންޝާ ﷲ އާދިއްތަ ދުވަހުގެ ނެސްދޭނަން…
Dhen Mi vaahaka vs liyan fashaafa huttaa laanee ky noon
kaakutha bunee huttaalanshey eh ulheni?
Dhn kihaa dhera kameh mi maimoona….????????thikan huttaakah nuveytha….kn me story eh ga vx mi noon gothakah cmnt kuran neyngenytha…..
Maimoona… Mihaathanah ifoo genesdhen feshi dhe story vx vaany nimendhen genesdheefa…In Sha Allah mi storyvx nimendhen genesdheynan… N dear readers… Please dont go for an argument… Ifoo beynumeh noon ifoo ge story page ga ekahala kamakah dhaakah… ok readers…
Im really sorry ifoo…..??????????????????
Mi part ves Varah reethi….. When next part…….
Shuha… Thankyou soooo much… Next part In Sha Allah on Sunday ga…
Alhugandu edhenee zuvaabu nukurumah…. Maimoonaa mithanuga zuvaabu kuran nahadhaathi???
Vv rythi story
Vaahaka cover page ga ethiby mi story in kon bayeh thww
Thank you sooo much dear…
Aslu vx varah kiyaa hiy vaa vaahaka eh mi?? part 1 ah vx innaane comment eh kohfa… i really love this story??
Thank you sooooo much maisha… V v v ufaavehje… It means a lot for me…
Hey ifoo..gud to have u back..ifoo ge past 2 stories fadhain mi story ves varah reethi..ummeedhu kuranii mi story nimendhen genesdheyne kamah..lots of love ??
Naukko… Thank you sooooo much dear… V v v ufaavehje mi story ahvx comment kohleema… It means a lot for me…
Varah interesting mi part vx….??? Whn nxt dear??? Lysm❤️❣️❤️
Shy-her… Thank you sooooo much dear… Now I have uploaded the next part…
Mi part ves vvv reethi nd waiting for next part ???????
Anonymous… Thank you sooooo much dear… Now I have uploaded the next part… You can read it…
Vvvv reethi mi part ves
Mal…. Thank you sooooo much dear…
masha allah…masha allah,,,, ifoo talend kudakoh ves badhaleh naadhey ehaa bodu break eh negymaves… u re strys are just amazing…alhe ifoo ge ehen story thaka mi vaahka v thafaathu kolachey… and hurihaa writers keeveba blues company name use kurany… different kollinama kihaa rythivaane its very common ehenve mi faahaga kolly…ekam story hama habeys…love u bodu kn ….
your big fan maai
awwwwn… Thank You sooooo much Maai… It means a lot for me… v v v ufaavehje… Blues company??? from where have you seen it… Ifoo ah ehen writers ge stories v nukiyey mihaaru time nuvaathy… so neynege blues company use kuri kameh… Anyways Thank you once again… Much more loves from me dear…
bohoath achaahey
Bohoath bohoath shukriyaa someone… It means a lot for me…
alheyy ifooo thy hama ehme best???????????????…I like that sifakurun v bodah…Also mi vhk gendhaa goiy v v habu ingey…I love you more ingey ifooo???????????????…I’m waiting for the next
Awwwwn jiji… Thank you sooooooo much… It means a lot for me… v v v ufaavehje… Ur so sweet… Noe I have uploaded the next part,,, You can read it… Much more loves from me dear…
Finally…!! ❤❤????..Hwx you my dear..?? ❤❤????..Wow..!! Mi part vex vrh vrh reethi…❤❤????..Vrh reethi sifa kurun thah..❤❤????..Story dhigukoh genesdheythy v nice..❤❤????..Hope kuriah huri bai thah vex mihaa futihama ah genesdheyne kamah.❤❤????..Thy hama best ey bunaany…❤❤????..Characters ah dhyfa huri nan thah v salhi..❤❤????..Bodu break akah fahu ifoo ge story eh kiyaalan libunyma v ufaa vey..And ehaa gina dhuvas kohfa ais vex ehaa furihama ah genesdhey thy vrh ufaa vey..❤❤????…You are the best ifoo..❤❤????..Keep it up dear..❤❤????..Waiting for next part..❤❤????..Hope next part vex mihaa reethi vaane kamah..❤❤????..Much loves dear..❤❤????
Awwwn…. Thank you sooooooo much… It means a lot for me… v v v ufaavehje… I have uploaded the next part…
Wow wow
Thank you sooo much dear…
Alheyyyy! adhi kiriyaa mi engunee ifoo aa story eh fashaifi kan……….. i am sorry, but i was not that active on Esfiya, ehaa kiyaa hivva vaahaka eh netheema…. But then this story is best…. v v v reethi Ma Sha Allah sifakurunthakaa ibaaraai’kurunthahvx….. ANd OMG, i simply LOVE the coverpic…. all i can say is u r sooooooooooooo talented… Ma Sha Allah… and Jazakillah for bringing sucha a nice story……am sooo curious for the nxt part….. and lysm ingey
Awwwwn… I am soooo happy to see ur comment in this story too… Thank You soooo much dear…. v v v Ufaavehje… It meansa lot for me… Hope to see your comment regularly… Much more loves from me…
Alheey….ifooo gud work dear
Thank You soooo much dear…. v v v Ufaavehje Daisy girl ge commenteh fenunyma… Hope to see it regularly…
Just wow ey hama buneveyny ingey ???????? Asluvx ingey hykuri varah vure maa vx furihama vefa rythi ingey mi story ⭐⭐⭐⭐⭐⭐⭐⭐⭐ Masha Allah ??????? Vaahaka genasdhyfa hurileh furihama kamun hama myny bai huhtifa ingey ??????????? keep up the good work dear ?????????? TC
Awwwwwn… naju… Thank You soooo much dear… It means a lot for me… I am soooo happy to see ur comment…. hope to see ur comment regularly… Once again Thanks a lot…
Varah reethi mihaaru mi balany komme story akah ves comment kurevey tho good luck ifoo dear when next????
Thank You soooo much dear… It means a lot for me…