ރަނދޯދިތައް ދުނިޔެއަށް ފަތުރާލަމުން މުޅި ކާއިނާތް އަލިކޮއްލައިފިއެވެ. ދެފަރާތަށް ފޮރޮޅެލަމުން އައިލީން ލޯ ހުޅުވާލުމާއެކު ސިއްސައިގެން ތެދުވެވުނީ ލޫން އެނދުގެ އަނެއް ފަޅީގައި ނެތުމުންނެވެ. ކުރިމަތި ބަލާލުމާއިއެކު އައިލީން ހައިރާންވިއެވެ.
_______________________________________________
ލޫން ހުރީ ނަމާދުކުރާށެވެ. ނަމަވެސް އައިލީން ސުވާލު އުފެދުނީ ލޫންއަށް މުސައްލައާ އެއްޗެހި ހުރިތަން އެނގުނު ގޮތަކާމެދުގައެވެ. ކޮޓަރިއަށް ނަޒަރެއް ހިނގާލިވަގުތު ސޯފާ މަތީގައި އިން ލީޝާ ފެނުމާއެކު އެވީގޮތް އެނގުމުން އައިލީންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ލީޝާ އައިލީން ހޭލިތަން ފެނުމުން ހިނިތުންވުމެއް ހަދީޔާކޮއްލިއެވެ. އައިލީންވެސް ހަމަ އެފަދައިން ކަންތައްކުރިއެވެ.
ލޫން ސަލާމް ދިންތަން ފެނިފައި އައިލީން ހިނިތުންވެލަމުން އަނގަހުޅުވާލީ އެއްޗެކޭ ބުނުމުގެ ބޭނުމުގައެވެ. ނަމަވެސް އެހިނިތުންވުން މޫނުމަތިން ފިލާ ދިޔައިރު އަނގައިން މަޑު އާހެއް ބޭރުވީ ލޫން ދޫއާއަށް އަތް އުފުލާލިއިރު އެދެލޮލުން ފައިބައިގަތް ކަރުނަތައް ފެނިފައެވެ. ކޯރެއްހެން ލޫންގެ ކޯތާފަތްމަތިން ފައިބަމުންދިޔަ ކަރުނައިގެ މުތީތައް އެދޮން މޫނުގައި ބޮސްދެމުން ތިރިޔަށް ދެމެމުންދިޔައެވެ. މަންޒަރުބަލަން އައިލީންއާ ލީޝާ ތިބީ ދެރަވެފައެވެ. ހަމްދު އަޅަމުން ލޫން ދޮޅި ބޭލިއެވެ. ދޮޅި ފަތްޖަހަން އުޅުމާއެކު އައިލީން ތެދުވެގެންގޮސް ލޫންއަތުން ދޮޅި އަތުލަމުން ފަތްޖަހާލަދިނެވެ.
“އަނހަ…ލީޝްތަށް؟…” ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ލޫން ބުނެލީ ހިނިތުންވެލަމުންނެވެ. އެ ހިނިތުންވުމުގެ ފަހަތުގައި އެތަށް ވޭނެއް ވާކަން ފަރުވާތެރިކަމާއެކު ބަލައިލާ ކޮންމެ މީހަކަށް އެނގޭނއެވެ.
“ނޫނޭ ދޮންތާ….މީ އައިލީން…” ލޫންގެ އަތުގައި ހިފައިގެން އައިލީންގޮސް ލޫން ލީޝާ ކައިރީ ސޯފާގައި ބޭންދިއެވެ.
“އޯވްހް…ލީން ކޮންއިރަކު ހޭލީ….” ހިނިތުންވެލަމުން ލޫން އަހާލިއެވެ.
“ހަމަ ދެންމެ..” އައިލީން ބުނެލީ ހެމުންނެވެ.
“އޭ…ހިނގާ ސައިބޯން…މިހާރު ބަނޑުން އަޑު ގޮވަން ފަށައިފި…..” ކަނާއަތުން ބަނޑުގައި އަތް ޖައްސާލަމުން ލީޝާ ބުނެލީ މޫނަށް ވައްތަރެއް ޖައްސާލަމުންނެވެ.
“ހަމަ ދާންވީ….ލީޝް ދޭބަ ދޮންތަ ގޮވައިގެން…އަހަރެން އެބަ ދަން….” އައިލީން ބުނެލިއެވެ. ލީޝާ ލޫން ގޮވައިގެން ކޮޓަރިން ނުކުތުމާއެކު އައިލީންވެސް މިސްރާބު ޖެހީ ފަހަނައަށް ވަނުމަށެވެ.
_______________________________________________
ދޮރުގައި ޓަކިޖަހާލި އަޑު އިވުމާއެކު އައިލީންގޮސްް ދޮރުހުޅުވާލީ ހިނިތުންވެލަމުންނެވެ. އެ ހިނިތުންވުން މޫނުމަތިން ސިކުންތު ކޮޅެއްތެރޭގައި ފިލާދިޔައިރު ދެބުމަ ގޮއްޖަހާލެވުނީ ކުރިމަތީގައި ހުރި އައިޝަމް ފެނުމުންމެވެ.
“ސަރ..މިތާ..” ދެބުމަ ގޮއްޖަހާލައިގެންހުރެ އައިލީން އަހާލިއެވެ.
“މޭން…” އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުން އައިޝަމް ބުނެލިއިރު ހުރީ ކުޑަކޮއް ކަޑަވެފައެވެ. އެވަގުތު އައިޝަމްގެ ފަހަތުންކަހަލަ ގޮތަކަށް ހެމުން ހެމުން ނުކުތް އިއްބާން ފެނިފައި އައިލީންއަށް ކުޑަކޮއް ވީނުވީ އެނގުމުން ހެވުނެވެ.
“އަހައްހައްހަ….ސަރ…ސަރ ހީކުރަނީތޯ އަޅުގަނޑަށް ސަރ އޮޅޭނެކަމަށް….ސަރ އަބަދު ދެބުމަ ގޮއްޖަހާލައިގެން ވިއްޔާ ހުންނަނީ….” ހެމުން ހެމުން އައިލީން ބުނެލިއިރު އިއްބާންވެސް ހެނީއެވެ. އޭރު އައިޝަމް ހުރީ ކަޑަވިނަމަވެސް ދެބުމަ ގޮއްޖަހާލައިގެނެވެ.
“އެކަމް ބްރޯ ވަރަށް ކޫލް ވާނޭ ދޯ….” އިއްބާންއަށް ދޯ އެއްލަމުން އައިލީން ބުނެލީ އެއްލޯ މަރާލަމުންނެވެ. އިއްބާންވެސް ބޯޖަހާލަމުން ހެމުން ކަހަލަ ގޮތަކަށް އަނގަހުޅުވާލީ އެއްޗެކޭ ބުނުމަށެވެ. ނަމަވެސް އޭގެ ކުރިން އައިޝަމް ވާހަކަ ދައްކަން ފެށިއެވެ.
“ދެން ހެވޭ…ދޭ އެތެރެއަށް…..މާފޮޅުވާކަށެއްނު ތި އައީ…” އިއްބާންގެ މޭމަތީގައި އަތްއަޅާ ކޮޓަރިޔާދިމާލަށް ކޮއްޕާލަމުން އައިޝަމް ބުނެލިއެވެ.
“ހައްހާ…ހޫމްމް…މި ދަނީއޭ…..އެން ބައި ދަ ވޭ….ލީން….ޝޭން ފޫހި ވިއްޔާ ނުދެއްޗޭ…..ބޭރަށް ޖައްސާލަބަ…..ނޫނީ ސައިކުގަ ރައިޑަ……” އިއްބާން ލާނެތްކަމާއެކު ބުނަމުންދިޔަ ޖުމުލަ ހުއްޓުނީ އައިޝަމް ދެލޯބޮޑުކޮއްލަމުން އިއްބާން ކޮޓަރިތެރެއަށް ކޮއްޕާލުމުންނެވެ. އަދި ބަންލާފައި ކޮޓަރީ ދޮރުޖަހާލިއިރުވެސް އިއްބާންގެ ހުނުމުގެ އަޑު އިވެމުންދިޔައެވެ.
“ހޫމްމް…ދެން ހީބަލަ….” ފާރުގައި ލެގިލަމުން އައިޝަމް ބުނެލީ އައިލީންއަށް ނަޒަރު ހުއްޓާލުމުންނެވެ.
“ސަރ…….” އައިލީން ބުނަން އުޅުނެވެ.
“ސަރ ނުކިޔަބަލަ….ދެން ވަރަށް އޮޑް އެހެން ކީމަ…” އަނގަޔަށް ވައްތަރެއް ޖައްސާލަމުން އައިޝަމް ބުނެލިއެވެ. އައިޝަމް އެހެން ބުނުމުން އައިލީންއަށް ހައިރާންކަމެއް ލިބުނެވެ.
“ދެން…ކީކޭ ކިޔަންވީ…” އެ ހައިރާންކަމުގެ ތެރޭގައިހުރެ އައިލީން އަހާލިއެވެ.
“ޝޭން….އައިޝަމް….އައިލީން ބޭނުން އެއްޗެއް ހަމަ ކިޔަންވީ….” އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުން އައިޝަމް ބުނެލިއިރު އެ ތުންފަތުގައި ވި ފިރިހެންވަންތަ ހިނިތުންވުމާއެކު އައިލީންއާ ދިމާލަށް ބަލާލި ކަތި ނަޒަރަކުން އައިލީންގެ ގައިން ހީބިނަގައިގެން ދިޔައެވެ.
“އަމް….އޯކޭ..” ކުޑަ ހުނުމުކާއެކު އައިލީން ބުނެލިއެވެ. ދެން ވެރިވި ހަމަހިމޭންކަން ކުޑަ ހިނދުކޮޅަކަށް ދެމިގެން ދިޔައިރު ދެމީހުންނަށް އިރުއިރު ކޮޅާ އެކަކު އަނެކަކަށް ބަލާލެވެއެވެ.
“ދެން މިހެންތަ ހުންނަންވީ…….” ބޯއަރި ކޮއްލާފައި އެއްބުމަ ހިއްލާލަމުން އައިޝަމް އަހާލީ އެދެމެދުގައިވާ ހަމަހިމޭންކަން ނައްތާލުމުގެ ބޭނުމުގައެވެ.
“އައިލީން….ބޭރަށް ދާނަންތަ؟….” އައިލީން އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމާއެކު އަވަސް އަވަހަށް އައިޝަމް އަހާލީ އަހަން ނާހަން އުޅޭފަދަ ގޮތަކަށެވެ. އައިލީންއަށް އަނގަ ހުޅުވާލެވުނީ ގަބޫލު ނުކުރެވިގެންހެން ހީވިއެވެ.
“ކިހިނެއްވީ؟…ބުނަން ނުވާ ވަރުގެ އެއްޗެކޭ ބުނެވުނީތަ؟….” އައިލީންގެ މޫނަނށް ވެރިވި ކުލަވަރު ފެނިފައި ހިނިއައި ނަމަވެސް އައިޝަމް ބުނެލީ ސިރިޔެސްގޮތަކަށެވެ.
“އަމް….ނޫނޭ ސަރ..” އައިޝަމް އިންޒާރުގެ ނަޒަރަކުން ބަލާލުމާއެކު އައިލީން ބުނަން އުޅުނު ޖުމުލަ ހުއްޓުނެވެ.
“ސަރ؟..” އަޑަށް ބާރެއްލަމުން އައިޝަމް އަހާލީ ބުމަ ހިއްލާލަމުންނެވެ.
“އަމް..އައި..ޝަމް….” އައިލީން އުނދަގުލުން ކަހަލަ ގޮތަކަށް އައިޝަމްގެ ނަން ކިޔާލިއިރު އެދޮން ކޯތާފަތަށް ޖަންބުކުލަ ވެރިވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އައިޝަމްއަށް އެ މަންޒަރު ފެނުމުން ހިނިތުންވެލެވުނެވެ. އޭނާ ދެކޭގޮތުގައި އަންހެން ކުދިންގެ އެންމެ ރީތި އެއް ސިފައަކީ ލަދުރަކިކަމެވެ.
“ލުކް…ކާކު ބްލަޝް ވަނީ…އެހެހެ..” ކުޑަ ހުނުމަކާއެކު އައިޝަމް ބުނެލީ އިތުރަށް އައިލީން ލަދުގަންނުވާލަން ބޭނުން ވުމުންނެވެ. އައިލީންގެ މޫނު ބީޓްރޫޓެއްހާ ރަތްވެގެން ދިޔައެވެ.
“ދެން…..މި އަންނަނީ ރެޑީވެގެން…” އަވަސް ހަރަކާތަކާއެކު ދޮރުގެ ތަޅުގައި ހިފަމުން އައިލީން ބުނެލިއިރު އެތުންފަތްމަތީގައި ލަދުރަކި ހިނިތުންވުމެއްވިއެވެ. އައިލީން ކޮޓަރިއަށް ވަތް އިރުވެސް އައިޝަމްގެ ހުނުމުގެ އަޑު އިވެމުންދިޔައެވެ.
ދޮރު ކައިރީގައި ފަސްވަރަކްށް މިނެޓު މަޑުކޮއްލައިގެންހުރި އައިޝަމްގެ ލޯލިތައް ކޮޅަށްޖެހިގެން ދިޔައީ އައިލީންގެ ތޫނު ހަޅޭކުގެ އަޑު އިވުމުންނެވެ. ދޮރުގެ ތަޅުގައި ހިފާލަމުން ކޮޓަރިތެރެއަށް ވަދެވެވުނު ގޮތެއްވެސް އައިޝަމްއަކަށް ނޭނގުނެވެ.
“އައިލީން ކިހިނެއްވީ…” އައިލީންއާ ދޭތެރޭގައި ހިތް ހާސްވެފައި ވާހާލު އައިޝަމްއަށް އަހާލެވުނެވެ. އޭރު އިއްބާން ކަންފަތުގައި އަތް އަޅާލައިގެން ހުއްޓެވެ. އައިލީން ލޫންގެ ގައިގައި އޮޅުލައިގަނެގެން ހުރިއިރު އެދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނިފައި އައިޝަމްއަށް އެދިމާލަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ.
“އައިލީން…ކިހިނެއްވީ؟” އައިލީންގެ ކޮނޑުގައި އަތް ބާއްވާލަމުން އައިޝަމް އައިލީން ކައިރީގައި އަހާލީ ކަންބޮޑުވެފައިވާފަދަ ގޮތަކަށެވެ. ކުއްލިއަކަށް އައިލީން އައިޝަމްގެ ގައިގައި އޮޅުލައިގަތެވެ.
“ޔެސް…ޔެސް…އޯ މައި ގޯޑް..” އައިލީންއަށް ބުނެވޭ ނުބުނެވޭ ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގެއެވެ. އައިލީން އައިޝަމްގެ ގައިގައި ބައްދައިގަތުމުން އައިޝަމްއަށް ކުޑަ ޝޮކެއް ޖެހުނުފަދައެވެ. ކުޑަ އިރުކޮޅަކު އައިޝަމް ގައިގައި ބައްދާލައިގެން ހުރުމަށްފަހު އައިލީން ދުރަށްޖެހިލިއެވެ. އޭރު އެތުންފަތް މަތީގައި ހިނިތުންވުމެއް ވީއިރު ދެލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ. އެހެން ހުރެފައި އަނެއްކާވެސް ތޫލި އަޑަކުން ހަޅޭއްލަވައިގަތުމުން އައިޝަމްއާ ލޫންއަށްވެސް ކަންފަތްމަތީގައި އަތް އަޅާލަން މަކުބޫރުވިއެވެ. އޭރު އިއްބާން ހުރީ ކުރިޔެކޭ އެއްގޮތަކަށް ކަންފަތްމަތީގައި އަތް އަޅާލައިގެންނެވެ. ކުއްލިއަކަށް އައިޝަމް އައިލީންގެ އަނގަމަތީގައި އަތް އަޅާލުމާއެކު އައިލީންގެ ހަޅޭކުގެ އަޑު ކެނޑިގެން ދިޔައެވެ.
“އައިލީން…ކަންފަތުގެ ތޫރި ފަޅައިގެން ގޮސްސިއޭ….” އައިލީންގެ އަނގަމަތިން އަތް ނަގަމުން އައިޝަމް ބުނެލީ ދެބުމަގޮއްޖަހާލަމުންނެވެ. އައިލީން އައިޝަމް ބުނި ޖުމުލައަށް ޖަވާބު ދިނުމެއްނެތި އިއްބާން ކައިރީގައި މަޑުކޮއްލިއެވެ.
“ތެންކް ޔޫ ސޯ މަޗް ބްރޯ…ވަރަށް ބޮޑަށް…” އައިލީން ބުނެލީ ހިނިތުންވެލަމުންނެވެ.
“ކިހިނހެއްތަ ވެގެންތަ މި އުޅެނީ…އަހަރެން ކައިރީވެސް ބުނެބަލަ..” ވާނުވާ ނޭގިފައިހުރި އައިޝަމް އަހާލީ މިވަނީ ކިހިނެއްކަން އެނގެން ބޭނުން ވުމުންނެވެ.
– މީގެ ފަސްވަރަކަށް މިނެޓު ކުރި –
“ލިނީ…އަހަރެމެން މެރީކޮއްގެން ދާނީ ލަންޑަންއަށް…އަހަރެން ބޭނުން ލޫންގެ ލޮލުގެ ފެނުން އަނބުރާ ލިބޭނެތޯ ޓްރައި ކުރަން….” ލޫން ސޯފާ މަތީގައި އިށީދެގެން އިން އިރު އިއްބާން އިނީ ލޫންގެ އަތުގައި ހިފަހައްޓާލައިގެނެވެ.
“އަހަރެންނަށް ހަމަ އޯކޭ….އެކަމް..” ލޫން ބުނެލީ ހިނިތުންވެލަމުންނެވެ.
“އެކަމް ކޯޗެއްތަ؟….” އިއްބާން އަހާލީ ލޫން އެހިސާބަށް ބުނެފައި ޖުމުލަ މެދު ކަނޑާލުމުންނެވެ.
“އެކަމް ބާންގެ މަންމައާ ބައްޕަ އޯކޭ ނުވެއްޖިޔާ………” ލޫންގެ އަނގައިތެރޭގައި އެ ޖުމުލައިގެ އެއްބައި އޮއްވާ އިއްބާން ބުނެލިއެވެ.
“ލިނީ އެކަމާ ނުވިސްނަބަލަ…މަންމައާ ބައްޕަވެސް އޯކޭ ވާނޭ…” ލޫންގެ ކޮލުގައި ހިފާލަމުން އިއްބާން ބުނެލީ ހިނިތުންވެލަމުންނެވެ.
“ދެން ކޮންއިރަކު މެރީ ކުރާނީ؟……” މަޑު ހުނުމަކާއެކު ލޫން އަހާލިއެވެ.
“ހަހަ..ބޭނުމީ ހަމަ ކުރެވެން އޮތް އެންންމެ އަވަހަކަށް މެރީ ކުރަން…” އިއްބާން ބުނެލީ ލޫންގެ އަތަށް ފިތާލަމުންނެވެ.
އެވަގުތު މުޅި ކޮޓަރީގައި އެއްއަޑަކުން ގުގުމާލައިގެން ދިޔައީ އައިލީންގެ ތޫނު ހަޅޭކުގެ އަޑެވެ. އަދި އެދިޔަ ބާރުމިނުގައި ގޮސް ލޫންގެ ގައިގައި ބައްދައިގަނެވުނުއިރު އެދެލޮލުން ކަރުތައްފައިބައިގަތީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
_______________________________________________
“ބެން…ހަދަ ކުރިއެއްގަ…” އިއްބާން އާ ދިމާލަށް ބަލާލަމުން އެއްލޯ މަރާލާފައި އައިޝަމް ބުނެލިއެވެ. އިއްބާން ހިނިތުންވެލައިގެން ހުރިއިރު ދިޔައީ އިސްތަށިގަނޑުގައި އަތުން ފުނާ އަޅަމުންނެވެ.
“އައިލީންންން…….” އައިލީންގެ ނަމަށް ދަމާލާފައި ކުއްލިއަކަށް އައިޝަމް ގޮވާލީ ކަމެއް ހަނދާން ކޮއްލަދިންފަދަ ގޮތަކަށެވެ.
“އޯވްހް….ޔެސް..މި ދަނީ ރެޑީވާން…ވެއިޓް…” ކަމެއް ހަނދާންވި ފަދައަކުން އައިލީން ބުނެލިއެވެ. އަދި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
“ކޮންތާކަށް؟….” އައިޝަމް އަހާލިއެވެ.
“ލީޝް ކޮޓަރިއަށް…..” ހީލަމުން އައިލީން ބުނެލީ ފަސް އެނބުރި އައިޝަމްއަށް ބަލައިލަމުންނެވެ. އަދި ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
“ޝޭން…ކޮންތާކަށް ލީން ގޮވައިގެންތި ދަނީ…ހާދަ އަވަހަކަށޭ….އުހްމް އުހްމް…” ލާނެތް ހިނިތުންވުމަކާއެކު އިއްބާން ބުނެލިއެވެ.
“ރައިޑަކަށް….” ދެރަ ނުވާންވެގެން އައިޝަމްވެސް ބުނެލީ ހީލަމުންނެވެ.
_______________________________________________
ކުދި ކިޔާލަ ކިޔާލަ ހުރި އައިޝަމްގެ ދެބުމަ ގޮއްޖަހާލެވިފައި ވާއިރު ދިޔައީ ކޮޓަރި ތެރޭގައި ދެފަރާތަށް ހިނގަމުންނެވެ. ލޫންއާ ވާހަކަ ދައްކަން އިން އިއްބާންއަށް ބައެއްފަހަރު އައިޝަމް އުޅޭގޮތް ފެނިފައި ހިނިއާދެއެވެ. ކުއްލިއަކަށް ކޮޓަރީ ދޮރުހުޅުވާލި އަޑު އިވިފައި އައިޝަމް ދޮރާ ދިމާލަށް ބަލާލީ ދެބުމަ ގޮއްޖަހާލައިގެން ހުރެއެވެ. ނަމަވެސް ދެން އެމޫނުމަތިން ފެނިލީ ދެނެގަންނަން އުނދަގޫފަދަ ޝުޢޫރެކެވެ.
ކަޅުކުލައިގެ އަތްދިގު ގަމީސްކޮޅަކާއި އެކުލައިގެ ޖިންސްގައި ހުރި އައިލީންގެ ރީތިކަން އިންތިހާއެވެ. އުނަގަނޑާ ހަމަޔަށް އަރާ އެ ކަޅުރޭނގަނޑެއްފަދަ އިސްތަށިގަނޑު އޭގެ މިނިވަންކަމާއެކު ވިހުރެން ދޫކިށްލެވިފައި ވާއިރު އެމޫނުމަތީގައި މޭކަޕްގެ ކުޑަވެސް މިންވަރެއް ނެތެވެ. ނަމަވެސް އެ ގަދަ ފިޔާތޮށި ކުލައިގެ ތުންފަތާއި އެ ރީތި ދެލޮލުގެ ބޯ އެސްފިޔަތަށް އެ އަޅިފެހި ކުލައިގެ ދެލޮލަށް ހިޔާ އަޅާލާފައި ވާއިރު މީހުންގެ ހިތްތަކާ ކުޅެލާކަށް ލަހެއް ފަހެއް ނެތްކަން ގައިމެވެ.
“ހިނގާ ދާން….” އައިޝަމް ކައިރީގައި މަޑުކޮއްލަމުން އައިލީން ބުނެލިއެވެ. ސިއްސައިގެން ދިޔަނަމަވެސް އައިޝަމް ހިނގާށޭ ބުނަމުން ކޮޓަރިން ނުކުމެއްޖެއެވެ. އައިލީންވެސް އައިޝަމްގެ ފަހަތުން ކަހަލަ ގޮތަކަށް ނުކުމެގެން ހިނގައްޖެއެވެ.
_______________________________________________
“ސައިކުގަތަ ދަނީ…” އަނގައަށް ވައްތަރެއް ޖައްސާލަމުން އައިލީން އަހާލީ އައިޝަމް ސައިކަލު ސްޓަރޓް ކޮއްލުމުންނެވެ.
“ޔެސް….މިއަދު ބެން ބުނެގެން ސައިކުގަ އައީ…” އައިޝަމް ބުނެލިއެވެ. އައިލީން އަރަން ނާރަން ހުރެފައިވެސް ސައިކަލަށް އަރާ އިށީތީ ވެއްޓޭ ނުވެއްޓޭ ހިސާބުގައެވެ. އައިލީންގެ މި ހަރަކާތްތައް ފެނިފައި އައިޝަމްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ސައިކަލު ކުރިއަށް ދުއްވާލިއެވެ.
“އައިލީން…ސޮރީ އިނގޭ…” އައިޝަމް ބުނެލީ އެދެމެދުގައިވާ ހަމަހިމޭންކަން ނައްތާލަމުންނެވެ.
“ކޮންކަމަކަށް….” އައިލީން އަހާލީ އެބުނި އެއްޗެއް ސިކުނޑިއަށް ނަގައިނުގަނެވުމުންނެވެ.
“އެއްކަލަ ދުވަހު…އޮފީހުގަ..އެ ދުވަހު…އަސްލު އެއީ އަހަރެން ގަސްތުގައެއްނޫނޭ…ސޮރީ އިނގޭ….” ސައިކަލު ދުއްވަމުން އިނދެ އައިޝަމް ބުނެލިއެވެ.
“އޮވްހް..އެ އޯކޭ…..” އައިލީންގެ ކޯތާފަތަށް ރަތްކުލަ ވެރިވިއިރު ބުނެލީ އިސްޖަހާލަމުންނެވެ. އައިޝަމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ކުއްލިއަކަށް އައިޝަމް ބުރަކި ޖައްސާލުމުން އައިލީންގެ ހަށިގަނޑުގޮސް އައިޝަމްގެ ގައިގައި ޖެހިފައި މަތަވިއިރު އައިލީންއަށް އައިޝަމްގެ ގަމީހުފައި ހިފަހައްޓާލެވުނެވެ. އެވަގުތު ދެމީހުންގެ ހިތުގައިވެސް ޖަހާލީ އެއް ވިންދެކެވެ. އައިޝަމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއިރު އައިލީންވެސް އައިޝަމްގެ ބުރަކަށީގައި ބޯޖައްސާލިއިރު އެތުންފަތް މަތީގައި ވީ ލަދުރަކި ހިނިތުންވުމެކެވެ. އައިލީންގެ އެ ހަރަކާތުން އައިޝަމްގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ .
_______________________________________________
މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް އައިޝަމްއާ އައިލީންގެ ރައްޓަހިކަން ބަދަހިވަމުން ދެމީހުންގެ ހިތުގައިވެސް އެއް ވިންދެއް ޖަހަން ފެށިއެވެ. އިއްބާން ލޫންއާ ބައްދަލުކުރަން އަންނަ ކޮންމެ ދުވަހަކު އައިޝަމްވެސް ބަހަނާއެއް ދައްކަމުން އިއްބާންގެ ފަހަތުން ދެއެވެ. އިއްބާން އާ ޒޯހާން މެންނައްވެސް މިކަންތައްގަނޑު އެނގުމުން އައިޝަމްއާ ދިމާކުރިއެއްކަމަކު އައިޝަމް އަޅައިނުލިތާގައި ރުޅިވެސް ނާދެއެވެ އޭގެ ބަލަދުގައި އައިޝަމްގެ ތުންފަތްމައްޗަށް ވެރިވާ ހިނިތުންވުން ފެނިފައި ޒޯހާންމެންވެސް ތިބެނީ ހައިރާންވެފައެވެ.
_______________________________________________
“ލީން…ވަރަށް ބިރުގަނޭ އެބަ…” އައިލީންގެ އަތުގައި ހިފަހައްޓާލައިގެންއިން ލޫންގެ ހިތްދިޔައީ އޭގެ އެންމެ ބާރުމިނުގައި ތެޅެމުންނެވެ. މިޔަދުމީ ލޫންގެ ހަޔާތުގެ ބޮޑު ދުވަސް ތަކުގެ ތެރެއިން ދުވަހެކެވެ. އާނއެކެވެ. ލޫން އެދަނީ އިއްބާންގެ މަންމާ އާއި ބައްޕަ އަދި އެގޭ މީހުންނާ ބައްދަލުކުރާށެވެ.
“ދޮންތާ..ބިރު ނުގަނެބަލަ…ހުރިހާ ކަމަކާވެސް ހިތްވަރާއެކު ކުރިމަތިލާން ވާނެ…” ލޫންގެ އަތަށް ފިތާލަމުން އައިލީން ބުނެލީ އޭނާގެ ދޮންތައަށް ހިތްވަރު ދިނުމުގެ ބޭނުމުގައެވެ. ލޫން އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމާއެކު ކާރު މަޑުކޮއްލިއެވެ.
“އާދެވުނީ ތަ؟..” ލޫން އަހާލިއެވެ. އައިލީން އާނއެކޭ ބުނެލިއެވެ.
“ދަރިފުޅާ….ބިރުނުގަންނައްޗޭ…” ޝާހިދުއާ އެކުގައި ކުރީ ސީޓުގައި އިން ސައިރަ ބުނެލީ ފަހަތަށް އެނބުރިލަމުން ލޫންގެ ބޮލުގައި ފިރުމާލަމުންނެވެ. ލޫން އޭނާގެ މޫނުމަތީގައިވާ ހާސްކަން ފިލުވާލަމުން ފަނޑު ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވިއެވެ.
“ހިނގާ ދަމާ ދޯ….” ޝާހިދު ބުނެލީ ގަޑިއަށް ބަލާލަމުންނެވެ. އައިލީން ކާރުން ފައިބަމުން ދޮރުޖަހާލާފައި ކާރުގެ އަނެއް ފަޅިއަށް ދިޔައެވެ. އަދި ދޮރުހުޅުވާލަމުން ލޫންގެ އަތުގައި ހިފަމުން ކާރުން ފެއިބުމަށް އެހީތެރިވިއެވެ.
“ހެއި ލީން…ކޮބާ އަޔާންމެން…..” ގޭން ނުކުމެގެން އައި އައިޝަމް އައިލީންއާ ފުދޭވަރަކަށް ކައިރީގައި ހުއްޓެމުން އަހާލީ ރީތި ހިނިތުންވުމަކާއެކުގައެވެ.
“ދޮންބެ އަންނާނެ ސައިކުގަ ލީޝް ގޮވައިގެން….ލީޝް ހީވަނީ ނާދެވިގެން އެހެންފަދަ ކަމެއްވެގެން އުޅޭހެން..އެހެ..” އައިލީން ބުނެލީ އައިޝަމްއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރަމުންނެވެ.
“ހޫމްމްމް….އެއްކަލަ ދެމީހުން..މިގަޑީގަވެސް މާފޯޅުވަނީތަ…ޕިސް ޕިސް….ބެން އެބައުޅޭ ތިދެމީހުން ނުފެނިގެން….ލޫންމެންވެސް ވަދެއްޖެ……ހިނގާ…” ކަޔާން ބުނެލީ ދެފަރާތަށް ބޯހަލުވާލަމުންނެވެ.
އައިލީންއާ އައިޝަމް ކަޔާންގެ ފަހަތުން ގޭތެރެއަށް ވަންނަން ދިޔައެވެ.
_______________________________________________
“މަންމާ…ބައްޕާ…މީ އަހަރެން ލޯބިވާ ކުއްޖަކީ..ލޫން….” އިއްބަން ސޯފާގައި ތިބި އޭނާގެ އާއިލާ މީހުންނަށް ބަލާލަމުން ބުންޏެވެ. އޭރު ލޫން އިނީ އިސްޖަހާލައިގެނެވެ.
“ބައްޕައަށް އެނގެއޭ…ޝާހިދުގެ ދެ އަންހެން ދަރީންވެސް ހީވަނީ ހަމަ ޓްވިންސްހެން…ތަފާތީ އެދެކުދިންގެ ކަޅީގެ ކުލަ އެކަނި…” ނާދިހު ހިނިތުންވެލަމުން ބުނެލީ އިސްޖަހާލައިގެން އިން ލޫންއަށް ބަލާލަމުންނެވެ.
“ދަރިފުޅާ ލޫން…މަންމަ ކާރިއަށް އާދެބަލަ….ދެން ބެން އާ ކައިވެނިކުރީމަ މަންމައަށް އިތުރު އަންހެން ދަރިފުޅަކުވެސް ލިބުނީތަ…..” އައިރީންވެސް ހިނިތުންވެލަމުން ބުނެލިއެވެ. އައިރީންއަށް ލޫންގެ ހުރިހާ ސިފަތަކެއްވެސް ކަމުދިޔައެވެ. އައިރީންއަށް ލޫންގެ އެންމެ ކަމުދިޔައީ އެއްސިފައަކީ އެ މަޑުމައިތިކަމާ އަހުލާގެވެ.
އައިރީން އެހެން ބުނުމުން މުޅި ތަނުގައި ބޮމެއް ގޮއްވާލެވުނު ފަދައެވެ. ޝާހިދުމެންނަށް ދެލޯ ބޮޑުކޮއްލަމުން އިއްބާން އާ ދިމާލަށް ބަލާލެވުނެވެ. އިއްބާން އެވާހަކަ އޭނާގެ މަންމަމެން ކައިރީގައި ކުރިން ނުބުނީ ވީ ހުރިހާ ކަމެއް އެންމެންގެ ކުރިމަތީގައި ކިޔައިދޭން ބޭނުން ވުމުން ވަރަށް ވިސްނާފައެވެ.
“މޮމް….ޝީ ކާންޓް ސީ…” ދެލޯމަރާލަމުން އިއްބާން ބުނެލިއެވެ. އިއްބަން އެހެން ބުނުމާއެކު އައިރީންއާ ނާހިދުއަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އޭރު އިއްބާން ހުރީ ނޭވާ ހިފަހައްޓާލައިގެނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
86 Comments!
Comments are closed.








Salaam readers…mi othee 33 vana part ves up koalevifa…ummeedhu kuran kamudhaane kamah…guys..I’ibaange mamma aa dad ah evi kihineh dhw.?..kiyuntherinnah heevytha emeehun ehbas vaanehen loon aa i’ibaan kaiveni kuran?..kiyuntheringe hiyaalah annah goii ves bunelahchy..feel free to comment…nd btw mal mi part ga liyunin 1400 vure gina words..
Insha allah next part varah avahah.
Love ya all..
Nyts.♥♥♥❤?.
Me first dhw. .kiyaafa comment eh kohlaanan ingey mallu
alheyy haadha curious vehjey??????????…dhen alhe kihineh baa vaany…Alhe plx loon men gulhuvahchey????????..N I really like Aileen n aisham men eulhey goiy..cute couples????..hehe…N shukuru ingey mi part dhigukohlahdhinyma..Waiting for the next…Lysm darlinnn?????????
Jiji… esfiya ah up kuraa hurihaa vaahaka eh kiyantha? Btw How old are you?
Awwn.thanks jiji…yh..dhn kihinehbaa dhw vaanee.neyge dhw gulheyne kameh..dhen anna part in engyne gulhennaa nugulhehnnaa..ahaha…welcome..mi try kuranee next partves dhigu koaladhevytho.lve ya to.❤.
Yh…jiji
first dhw mifaharuves..congrats.?
Varah reethi ingey maloooo?❤… Mal alhe haadha molhey???… Konirakun aneh bai up kohla dheveynii? Curiously waiting for next???♥… And luv you more mal dhooneeeee????? GOOD NIGHT…. Sweet dreams??
Awwn.thanks mai..next part insha allah vrah avahah up koaladhevytho mi try kuranee..thanks maiii..?❤.
Vvv reethi. Hama habeys. Ithink emyhun gaboool vaanehen. Ekm loluge fenun alun anburaa libey dhuvahakun.. neyngey dhw when next mall sisoo
Thanks dear.balaamaa dhw gaboolu veytho nuvytho?. Next part in engyne.yh..neyge dhw loluge fenun libyne dhuvaheh..dhn balaamaa vaagotheh…next part insha allah varah avahah.?.
Hey mal… Mihaaru on nuvevenii hangout ah vanna phn halaaku vegen ingey… Phn hedhun haa avahakah vannaanan.. But varah dhera vey ehen veema vx??.. Mal heenukurahchey mal aa rulhihyey…?. Cutie kaireega bunelaathi ingey mal.???
Ohh mai..soo sad..?.phn hedhunuhaa avahakah ol vahchy..yh cutie kaireega bunelaanan..emmen kaireega aa eku..ok ennu..N will miss u?.
Varah reethi thi umuraa balaafa Hama habu????
Curious for the next part?
Awwwn.thanks yan?❤.
very nice story…. keep it up dear?????
Thanks nash❤.
Thanks thankolhei ginain Aisham nd aileen ge bai genes dhinee thee….aisham nd aileen ulhey gothun haadha loehbey….Varah reethi maa sha Allah..When is next part..waiting for the next part….
Awwn..thanksaa unknown..?.next part insha allah varah avahah up koaldhevytho mi try kuranee?..thanxx❤
next part ves avahah up koh dhehchey. you are so telented. i love the way you arranged the parts. keep it up. keep going. no one cant stop you. nightszz
Awwwn..thanks naah..varah ufaavehje..bunaane ehchves neygifa meenee.thanxx.?❤?.
Woww ?????? Varah Varah reethi ?????? whn is next part ?????? luv it ??? waiting for the next part ?? luv yeahhhh❤️❤️❤️❤️???????
5haks meekko..next part varah avahah insha allah.lve ya to.?❤.
Wowwww….. Mi part vx varah reethi?????????waiting for nxt part???????lysm
Thanks kairaa..?♥.
Varah habeys . Next part thankolheh dhigu kohlahchey. I loooooooooveeeeeee this story . Keep it up. ????????????????????????????????❤️❤️❤️❤️❤️
Don’t neiye emotional eh
Dhn*
Lamee thibaa vrh emoji nufonuvabala
*Thihaa
Awwn..thanks lam…yh.mihaaruves mi try kuranee next part dhigukoa genes dhevytho.❤?♥.
Vrh reethi mi part vex
Keep it up
Next part vex vrh avahah up kohlachey
Thanks brownish..will try.thanksaa.❤.
Malsa kobaa roohaanee biruge 6 vana part . Varah kiyaa hihvefa meedhee
Lam..roohaani biruge 5 vana part ga mal innaane bunefa..balaalaba.nd sorry enge .
*emoji*
Varah reethi next part avas kohlahchey kehmadhu vefa meenee?????????????????
Thanks lam..yh..will try.❤.
Loabi vrh reethi
I love this story
Vrh kehmadhu vefa mihury next part ahnandhen?????
Thanks yan.❤.
Omg the story is nice ????☺️???☺️???????☺️??☺️???????☺️?????????
Thanks nash.?.
Hfghcgjgc jvhfcjgfch gchfxfhfdxhtdx
????
Hey Mal.. Story end akaa kairivany dhw.. Varah reethi ingey.. Mistakes eba huri madhun namaves
Heii luci..balaamaa dhw end vanee tho??.
thanks bunedhineema..try kuraanan next part ga madhukoaladhevytho miah vureves.thank?.
Aaee magey finifenmaa v dhuvasvejje kanneynge comment konnuleveythaa.. Hama busy vanee ingey.. vaahaka haadha reechchey.. v salhi Aisham and aileen ge baithau.. Beautiful.. You are a really talented girl..
Thanks shai. E ok vaane.busy vee hnu dhw.?.i understand.thanks shaii
Lve ya.❤♥?.
Alheyy mal dhooni haadha perfect eii.. Aisham and aileen ge bai Gina kohladhehcheyy.. Lyssssm dear ??????????.. Kureege 2 prt ah comment nukohlevunee bxy kamun but I read it and I am really sorry for that.. Kuree ge 2 prt vx v obi..
Thanks nayaa.oky..adhives try kuraanan gina kurevytho?.nayaa…its ok..busy vee ehnu dhw..i understand..nd sorry nubunaane ??♥.
Aslu mi vaahaka furathama kiyaa hihvee Zayn Malik ge photo eh cover photo ga ineema. I am a big fan of Zayn Malik. Thank you for using his photo. ???????????♥️♥️♥️????
Ooh lamee
Ahaha?.
Awwwn…lamm…Ahaha…?…your welcome..??.
I read cuz of Kim So-Hyun???
Luciii.?
When is the next part?? Avaskoh up kohladhehcheyy.. Pleaseeeeeee
Nayaa..mal miyadhu varah balive mi ulhenee..ehn v vaahka ves nuliyevigen mi ulhenee…rangalhuvihaa avahakah next part up koaladhynan..sorry engy next part lahun up koaladhevynetheeve..ekm rangalhuvihaa avahka up koaladhynan..?.
Gws mal??… I miss you so much?
Thanks mai..i miss you more..?.
GWS MAL DHOONI.. LYSSSSM.. ??????????????????.. IT’S OK LAHUN UP KOHLIYAS…
Thanks nayaa.
Awwn..thank nayaa.
Oh darlinn?..Get well soon ingey..it’s k ey..bali vx vaane ehnu dhw..Mallu upkurandheka wait kuraanamey?…now smile..sorry nubunaane?
Thanks jiji.?.
Ohhhh mallluuuuu GWS ingeyyyyyy? Anyways storyyy is just awsome ingeyyyyyy☺️☺️☺️♥️♥️♥️♥️♥️♥️♥️♥️♥️♥️ Varrah varrah reethi mi part ves? keep going like this? you are doing best mal dhooooonyyyyyy♥️♥️♥️ love you? TC
Thanks cutie.♥?.
GWS MALLLL
Thanks lam.❤.
Mal story varah rythi. It is amazing. Waiting for next part. Lysm???
Thanks makku.
Varah kada ????
Waiting waiting..❤❤
Thanks Mrs. Chocolate. Insha allah sunday nyt ge kurin up koaladheynan.
Mihaaru Esfiya haadha update nuveyey
Vaahaka varah reethi
Thanks ibsha❤.
Kon iraku next part. thankolheh avas kohlahchey.
☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️?☺️☺️☺️☺️☺️☺️☺️☺️
Yh lamee..miyadhu up koadhynan.?.
Mal dhooni guess kohlaafa buneba up kohladheveyne ireh.. Lyssssm… GWS…. ? ? ? ? ? ?.. Mal viber use kurantha??..
Or contact kureveyne email eh
Thanks nayaa. Lve ya too.Miyadhu up koadhynan…noon..mal viber use nukuran..mal use kuranee hangout…
[email protected]
Meenee..ok?.?
Okay..
Alley kobaa tha 34
Adhives mi liyanee…mi “try” kuranee 8:20 ge kurin up koaldhevytho..ekm yageen kameh nudhevyne ingy 8:20 ge kurin up koadhyne kamakah..ekm mirey up koaladhynan.?
up kohfin tha can’t wait………..???
Thanks nash..yh..dhemme hama mi up koalee?.