Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިވަން ޔާރާއޭ 03

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
October 6, 2019 9 Mins Read
27 Comments

މީޓިން ރޫމުން ނުކުމެ ކުރިއަށް ހިނގައިގަން ވަގުތުވީ ބޭރުން އައި އިކާންވެސް މީޓިން ރޫމަށް ވަން ވަގުތަށެވެ. އެވަގުތު އިކާންގެ ހަށިގަނޑުގައި ޖެހި ބެލެންސް ނުކުރެވުމުގެ ސަބަބުން ޔަނާލް ފަހަތަށް ވެއްޓެން ދިޔައެވެ. ލިބުނު ސިހުމުގައި ޔަނާލްއަށް ދެލޯ ބޮށުކޮށްލެވުނެވެ. އިކާންވެސް ހިތް އަވަސްވެފައިހުރެ އަވަސް ހަރަކާތަކާއެކު ޔަނާލްގެ އުނަގަނޑުގައި ދެއަތުން ވަށާލިއެވެ. ސަލާމަތްވާން ބޭނުންވެފައިވި ޔަނާލްއަށްވެސް އިކާންގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. އެއާއެކު ދެމީހުންގެ ލޯ ސީދާވެގެން ދިޔައެވެ. ހީވީ ހިނދުކޮޅަކަށް ނަމަވެސް ވަށާއިގެންވި މާހައުލުގެ ހިނގުން ހުއްޓުނު ހެންނެވެ. އެކަކު އަނެކަކުގެ މޫނު ފެނުނު ހިނދު ދެމީހުންގެ ލޯ ކުރިމަތީގައިވެސް އިއްޔެގެ ހާދިސާ ސިފަވެގެން ދިޔައެވެ.

އިކާން ޔަނާލްގެ ހަށިގަނޑު ސީދާކޮށްލުމުން ޔަނާލް އަވަސް އަވަހަށް ދުރުވެލިއެވެ. އޭރު އެމޫނު މައްޗަށް ވެރިވެފައިވީ ލަދުވެތިކަމެވެ. އާކިފް ކުރިމަތީގައި އެފަދަ ކަމެއް ހިނގުމުން ޔަނާލް އިތުރަށް ލަދުގަތެވެ. ” އައި… އައިމް ސޮރީ… ” އިސްޖަހާލަމުން ކޮނޑުގައި އަޅުވާފައިވި ކްލަޗް ދަބަހުގެ ވާގަނޑަށް ބާރުކޮށްލައިގެން ހުރެ ޔަނާލް އެހެން ބުނުމަށްފަހު މީޓިން ރޫމުން ނުކުތެވެ. ޔަނާލް ދިޔުމުންވެސް ސުވާލުގެ ނަޒަރަކުން ޔަނާލް ދިޔަ ދިމާލަށް ބަލަހައްޓާއިގެން އިކާންއަށް ހުރެވުނެވެ. އެނުދަންނަ އަންހެން ކުއްޖާ އޭނަގެ ބައްޕަގެ އޮފީހުގައި ކީއްކުރަނީ ހެއްޔެވެ؟ ބައްޕަ އާއި އެކަނި ބައްދަލުކުރީ ކީއްވެ ހެއްޔެވެ؟ އެއަންހެން ކުއްޖާ އާއި ބައްދަލުވާ ކޮންމެ ފަހަރަކު އެއަންހެން ކުއްޖާ އާއި ގާތްވުމަށް ހާލަތު ނިޔާކުރަނީ ފަހެ ކީއްވެ ހެއްޔެވެ؟ އެމޫނު ފެނުމުން ކޮންމެވެސް ތަނަކުން ދުށް ހަނދާން ވަނީ ފަހެ ކީއްވެ ހެއްޔެވެ؟ ސިކުނޑިއަށް ބާރުކުރި ނަމަވެސް އިކާންއަށް ހަނދާންވާ ގޮތެއް ނުވިއެވެ. ” އެހެމް އެހެމް… ” ސިކުނޑީގައި ސުވާލުތައް ފުނިޖެހިފައިިވި އިކާންއަށް ހަމަހޭވެރިކަންވީ އާކިފް ކަރުކެހިލުމުންނެވެ. ” އެއީ… ބައްޕާ އެއީ ކޮން އަންހެންކުއްޖެއް… އޮފީހުގަ ކީއްކުރަނީ… ” އިކާން އޭނަގެ ހިތުގައި އުފެދިފައިވި ސުވާލުތައް އާކިފްއާ ކުރިއެވެ. ” ހެހެހެ… ދަރިފުޅަށް ވީގޮތުން ހީވަނީ ކުރިންވެސް ދަންނަ ކުއްޖެއް ފެނުނުހެން… އެއީ ޔަނާލް… ލައިލެކް އިވެންޓް ޕްލޭނިން އޯގަނައިޒޭޝަންގެ އޯނަރ… އެއީ ޔަނާލް ހިންގާ އިވެންޓް ޕްލޭނިން ކޮމްޕެނީއެއް… އެހާ ޒުވާން އުމުރުގަ އަދި އެވެސް އަންހެން ކުއްޖަކު އެފަދަ އޯގަނައިޒޭޝަންއެއް ހިންގުން އެއީ ހާދަ ބޮޑު ކަމެކޭ… މިޒަމާނުގަ އަންހެން ކުދިން ވަރަށް ނުފެނޭ އަމިއްލަ މަސައްކަތެއް ފަށާއިގެން އަމިއްލަ ފައިމައްޗަށް ތެދުވެ ތިބޭ ކުދިން… ހަމަގައިމުވެސް ޔަނާލްގެ މައިންބަފައިން ޔަނާލް އާއިމެދު ވަރަށް ވެސް ފަޚުރުވެރިވާނެ… ” ފަޓުލޫނުގެ ޖީބަށް އަތް ޖަހާލަމުން ލުއި ހިނިތުންވުމެއްގައި ހުރެ އާކިފް ވާހަކަ ދެއްކިއެވެ. ބައްޕަގެ ވާހަކަތަކުން އިކާންއަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ” ދެން އޮފީހުގަ ކީއްކުރަނީ… ބައްޕަ އިވެންޓެއް ބާއްވަންވީތަ… ” އާކިފްގެ ވާހަތަކުން އޭނައަށް އެންމެ ލަފާކުރެވުނު ގޮތަށް އިކާން އަހާލިއެވެ. ”އާނ… ބައްޕަ މިވިސްނަނީ މާދަމާ ރޭ ކުޑަ ޕާޓީއެއް ބާއްވަން… ދަރިފުޅުވެސް އައީނު މިހާރު… އާއިލާ މީހުނާ ރައްޓެހިންނާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުން ކިހިނެއްވާނެ… އެކަމަށް ބައްޕަ ޔަނާލް ގެނައީ… އަދި ބައްޕަ ޔަނާލްގެ ކޮމްޕެނީއާ ގުޅިގެން އެއްވެސް މަސައްކަތެއް ނުކުރަން… އެކަމަކު އެކޮމްޕެނީގެ މަސައްކަތްތައް ދެކެފިން… މަސައްކަތްތައް ވަރަށް ފުރިހަމަ… އެހެންވެ ހިތަށް އެރީ މިފަހަރު ލައިލެކް ކޮމްޕެނީއާއެކު މަސައްކަތް ކޮށްލަން… ” އާކިފްގެ ވާހަކަތަކަށް ތާޢީދުކުރުމުގެ ގޮތުން އިކާން މަޑުމަޑުން ބޯ ޖަހާލިއެވެ. ދެބަފައިން އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު މީޓިން ރޫމުން ނުކުތީ މަސައްކަތްތަކައިގެން ކުރިއަށް ދިޔުމަށެވެ.

އިކާން އޭނައަށް ޚާއްސަކުރެވިފައިވި ކެބިންގައި އިންއިރު އޭނަގެ ނަޒަރު ހުއްޓިފައިވަނީ ލެޕްޓޮޕްގެ ސްކްރީނަށެވެ. އިކާން ދިޔައީ ކޮމްޕެނީގެ އެކިއެކި ހިސާބުތައް ބަލާ ކޮމްޕެނީގެ ހިސްޓްރީ ދެނެގަންނަމުންނެވެ. ނިންމާފައިވި ޕްރޮޖެކްޓްތަކާއި ކުރިއަށް ރާވާފައިވި ޕްލޭންތައް ބަލަމުން ދިޔައިރު އިކާންގެ މޫނުމަތީގައިވީ ޝައުޤުވެރިކަމެވެ. މަސައްކަތްތައް ފެށުމުގެ ކުރިން އޭނަ ބޭނުންވަނީ ކޮންޕެނީގެ ކަންކަން ރަނގަޅަށް ދެނެގަންނާށެވެ. އިކާން ބޭރުގައި ކިޔަވަން އުޅުުނުއިރުވެސް ފުދޭވަރަކަށް އާކިފް އާއިދެމެދު ވިޔަފާރީގެ ކަންކަމާ ވާހަކަދެކެވެއެވެ. ކޮމްޕެނީގެ މަޝްރޫޢުތަކާއި ބެހޭގޮތުން އިކާން އޭނަގެ ޚިޔާލުތައް ފާޅުކޮށް ހަދައެވެ. އެހެންކަމަށްވުމާއެކު ކޮމްޕެނީގެ ގިނަ ކަންކަން ވަނީ އިކާންއަށް އިނގިފައެވެ. އިކާން ވިޔަފާރީގެ ރޮނގުން ކިޔަވަން ފެށީއްސުރެވެސް އާކިފް ވަނީ އިކާންގެ ވިސްނުން ކޮމްޕެނީގެ ކަންކަމުގެ ތެރެއަށް ގެނުވާފައެވެ.

”އިކް… ” ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިން އިކާންގެ ކަންފަތުގައި އެއަޑު ޖެހުމާއެކު ކެބިންގެ ދޮރާއި ދިމާލަށް ބަލައިލެވުނެވެ. ” މިކާލް… ބްރޯ… ” އެވަގުތު ފެނިގެންދިޔަ މިކާލްގެ ސަބަބުން އިކާންއަށް އިން ގޮނޑިން ތެދުވެ އެދިމާލަށް ހިނގައިގަނެވުނެވެ. އޭރު މިކާލް އެކޭ އެއްފަދައިން އިކާންގެ މޫނުމަތީގައިވެސްވީ އުފާވެރިކަމެވެ. ” އިކް… ރަނގަޅުތަ… ” އިކާންގެ ގައިގައި ބައްދާލަމުން މިކާލް ސުވާލުކޮށްލިއެވެ. ” އައިމް ފައިން މައި ލިޓުލް ބްރޯ… މިކް ރަނގަޅުތަ… ” އިކާން ބުނެލިއެވެ. ” އާނ… މަވެސް ހަމަ ބަރާބަރު… ވަރަށް ބޭނުންވި އިކް އަންނައިރު މިކޮޅުގަ ހުންނަން… އެކަމަކު… މުހިއްމު މީޓިންތަކަކަށް ދެދުވަހަށް ރިސޯޓަށް ދާން ޖެހުނީ ބޭބެއަށް ނުދެވުނީމަ… ބޭބެ އިކް އަންނައިރު ހުންނަން ބޭނުންވީމަ… ހަމަ އައިގޮތަށް މިއައީ އިކް އާ ބައްދަލުކޮށްލަން އޮފީހަށް… ” އިކާންއާއެކު ގޮސް އެއްފަރާތެއްގައި ހުރި ކަޅުކުލައިގެ ސޯފާގައި އިށީންނަމުން މިކާލް ވާހަކަ ދެއްކިއެވެ. ” ހޫމް… ބައްޕަ ބުނި އަހަރެން ކައިރި… މީޓިންތައް ކިހިނެއް ދިޔައީ ދެން… ” އިކާން އަހާލިއެވެ. ” މީޓިންތައްވެސް ހަމަ ސަކްސަސްފުލް… ” މިކާލް އެހެން ބުނެ ކުރު ގޮތަކަށް ކަންކަން ހިނގާދިޔަ ކިޔާލަދިނެވެ. ދެމީހުން އެކި ވާހަކަތަކުގައި ތިއްބާ ކެބިންގެ ދޮރު ހުޅުވާލުމަށްފަހު އާކިފް އެތެރެއަށް ވަނެވެ. އެއާއެކު ސޯފާގައި ތިބި ދެމީހުން ތެދުވިއެވެ. ”މިކާލް… ބޭބެ ވަރަށް އުފާކޮށްފިން މިކާލް މީޓިންތައް ފުރިހަމަކަމާއެކު ކުރިއަށް ގެންދިޔައިމަ… އަބަދުވެސް ތިހެން ލިބޭ ފުރުސަތުތަކުގެ ބޭނުންކޮށް އަމިއްލަ މަސައްކަތް ކުރިއެރުވޭތޯ ބަލަންވާނެ… ” އާކިފް އައިސް މިކާލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން އުފާވެފައިހުރެ ބުނެލިއެވެ. ”އަބަދުވެސް މިގޮތުގަ ކުރިއަށް ދާނަން އިންޝާ ﷲ… ބޭބެ އަޅުގަނޑަށް އިތުބާރުކޮށް އެފުރުސަތު ދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ… ” މިކާލް ހިނިތުންވުމެއްގައި ހުރެ އާކިފްއަށް ޝުކުރު އަދާކުރިއެވެ. ” ބޭބެ މިކާލްއަށް އިތުބާރުކުރަން… މިކާލް އަކީ އިކާން ފަދައިން ހަމަ ބޭބެގެ ދަރިއެއްފަދަ ކުއްޖެއް… ދެންދޭ މިއަދު އަރާމުކޮށްލަން… މިދެދުވަހު ވަރަށް ބުރަކޮށްނެއްނު އުޅުނީ… މާދަމާ ދެން އޮފީހަށް ނުކުންނާނީ… ” މިކާލްގެ ބޮލުގައި ފިރުމާލާ ދެމީހުނަށް ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު އާކިފް ކެބިންއިން ނުކުތެވެ. ”އިކް… ދިޔައީ އިނގޭ… ހަވީރުން ދިމާވާންވާނެއެއްނު… ” އިކާންއާއިވީ ފަރާތަށް އެނބުރެމުން މިކާލް ބުނެލިއެވެ. ދެމީހުން ހަވީރު ބައްދަލުވާން ނިންމުމަށްފަހު މިކާލް އަރާމުކޮށްލަން ދިޔުމުން އިކާން އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

ޕްރޮޖެކްޓްގެ ޕޭޕަރސްތައް ހިފައިގެން ޔަނާލްގެ ކެބިންއަށް ވަން ދިމްނާގެ ލޮލުގައި ގޮނޑީގައި އިށީންދެ އިން ޔަނާލް އަޅާއިގަތެވެ. ޔަނާލްގެ ނިތައް ރޫތަށް ޖަމާވެފައިވީއިރު އެމޫނު މަތީގައިވި އަސަރުތަކުން ކޮންމެވެސް ކަމަކާ އުނދަގޫވެފައި އިންހެން ހީވެއެވެ. ޔަނާލްއަށް ހަމަހޭވެރިކަންވީވެސް ދިމްނާ އެތެރެއަށް ވަދެ ދެތިން ފަހަރު ގޮވާލުމުންނެވެ. ” ކިހިނެއްވީތަ ނާލް… ކަމަކާ ވަރަށް ބޮޑަށް ޑިސްޓަރބްވެފަހެން ހީވަނީ… ” ދިމްނާ އައިސް ނުހަނު ގާތްކޮށް ކަންބޮޑުވެފައި ޔަނާލް ގާތު އަހާލިއެވެ. ” ހޫމް… މައިންޑް ވަރަށް ޑިސްޓަރބްވެފަ މިއިނީ… މިއަދުވެސް ހަމަ އޭނައާ ދިމާވި… އިއްޔެވެސް… ނޭނގެ ދެން… ވަރަށް އަންކޮމްފޮޓަބަލް ފީލިންއެއް ވަނީ… އައި ފީލް ރެސްޓްލެސް އޭނައާ އެހާާ ކްލޯޒްވެވުނީމަ…” އެއްދިމާލަކަށް ބަލަހައްޓާއިގެން އިނދެ ޔަނާލް ދެއްކި އެއްވެސް ވާހަކައެއް ދިމްނާއަކަށް ނަގައެއްނުގަނެވުނެވެ. ” ވަން ސެކަންޑް… އޭނަ… މި އޭނަ އަކީ ކާކު… ނާލް ތިކިޔާ އެއްވެސް އެއްޗެއް އަހަންނަކަށް ނުވިސްނުނު… ” ވާނުވާ ނޭނގިފައިވި ފަދައިން ދިމްނާ ބުނެލިއެވެ. ”ނޭނގެ ކާކު ކަމެެއް… އެކަމަކު ބައެއް ފަހަރު ހީވޭ ކޮންމެވެސް ތަނަކުން ފެނުނުހެންވެސް… ” އެއާއެކު ފުން ނޭވައެއް ދޫކޮށްލަމުން ޔަނާލް އެހެން ބުނެ މިދެދުވަހު ކަންތައް ހިނގާދިޔަ ގޮތް ދިމްނާ އާއި ހިއްސާކުރިއެވެ. ” ހެހެހެ… ވެދާނެއެއްނު ނާލްގެ ލައިފްއަށް ނާލްގެ ޕްރިންސް އެންޓްރީ ވީކަމަށް… ނޭނގި ހުއްޓާ ނާލްގެ ދިރިއުޅުން އުޖާލާކޮށްދީ އުފާވެރިކަމުން ފުރާލަދޭނެ ފަރާތަކަށްވެސް އެޒުވާނަ ވެދާނެއެއްނު… ނާލްގެ ލައިފްގަ ވަރަށް އިމްޕޯޓެންޓް ފަރާތަކަށްވެސް ހަމަ އެޒުވާނާ ވެދާނެ… ” ހުވަފެނީ ގޮތަކަށް ހިނިތުންވެލައިގެން އިނދެ ދިމްނާ ދެއްކި ވާހަކަތަކުން ޔަނާލްގެ މޫނުމަތީގެ އަސަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ” ހަޤީޤީ ދިރިއުޅުމުގަ ތިއިން އެއްވެސް ކަމެއްނުވޭ… ތީ ހަމައެކަނި ފިލްމުތަކާ ލޯބީގެ ވާހަކަތަކުގަ ޕޮސިބަލް ކަންކަން… އެތައް އަހަރެއް ވޭތުވެ ދިޔައިރުވެސް، އެއްވެސް އަލިކަމެއްނުވާ ހިތާމަތަކުން ފުރިފައިވި އަހަރެންގެ ހަޔާތް، ކުއްލިއަކަށް ފެނުނު ނުދަންނަ ޒުވާނެއްގެ ސަބަބުން، ކިހިނެއް ބަދަލުވެގެން ދާނީ… އަހަރެން ކަހަލަ މީހެއްގެ ހަޔާތަށް އަންނަން ކާކު ބޭނުންވާނީ… އެއްވެސް މީހަކު ބޭނުމެއްނުވާނެ… އަދި އެފުރުސަތު އެހެން މީހަކަށް ދޭކަށްވެސް އަހަރެން ބޭނުމެެއްނޫން… ” ދިމްނާގެ ވާހަކަތަކުން އޭނަގެ ހިތަށް ކުރުވި އަސަރަކުން ފެންކަޅިވެފައިވި ދެލޮލުން ދިމްނާއަށް ބަލައިލަމުން ޔަނާލްއަށް ބުނެވުނެވެ. މަޑުން ބުނިނަމަވެސް ޔަނާލްގެ އަޑުގައިވި ވޭނާއި ރިހުން ދިމްނާއަށް ފާހަގަ ކުރެވުނެވެ. ޔަނާލްގެ ދެލޮލަށް ގިނަވެފައިވި ކަރުނަތަކުން އެހިތުގައިވި ފުން ހިތާމަ ހާމަކޮށްދެއެވެ. ދިމްނާއަށް ބުނެވުނު އެއްޗަކާމެދު ވިސްނާލެވުމުން ކުށްވެރިއަކު ފަދައިން އިސްޖަހާލެވުނެވެ.

” ނާލް… އައިމް ސޮރީ… އަހަރެންގެ ބަސްތަކުން ނާލްއަށް ހަރޓްވީ… ނާލް ދެރަކުރުވަން ބުނި އެއްޗެއް ނޫން އެއީ… ” ދެރަވެލާފައި ދިމްނާ ޔަނާލް ގާތުން މަޢާފަށް އެދުނެވެ. ” އިޓްސް އޯކޭ… އަހަރެން މާބޮޑަށް އިމޯޝަނަލްވީ… އަހަންނަށް އިނގޭ… ދިމް ގަސްތުގަ އަހަރެން ދެރަވާނެފަދަ އެއްވެސް ކަމެއް ނުކުރާނެކަން… ދިމްއަށް އަހަރެން ފުރިހަމަ އިތުބާރުކުރަން… މިއަދު އަހަރެންގެ މަސައްކަތްތައްވެސް މިހިސާބަށް މިއައީ ދިމްގެ ވަރަށް ބޮޑު ހެލްޕަކާއެކު… ފެށުނީއްސުރެ ކޮމްޕެނީގެ މަސައްކަތްތަކުގަ އެންމެ ގާތުން ދިމް ދިޔައީ އަހަންނަށް އެހީތެރިވަމުން… އަހަންނާއެކު މަސައްކަތްކުރަމުން… ތޭންކްޔޫ ސޯ މަޗް… ” ލޮލުން ފޭބި ކަރުނަތައް ފޮހެލުމަށްފަހު މޭޒު މަތީ ބާއްވާފައިވި ދިމްނާގެ އަތް މަތީ އޭނަގެ އަތް ބާއްވާލަމުން ޔަނާލް ބުނެލީ ލުއި ހިނިތުންވުމަކާއެކުގައެވެ. އެވަގުތު ދިމްނާވެސް ޔަނާލްއަށް ބަލައިލަމުން ލުއި ހިނިތުންވުމެއް ހަދިޔާކުރިއެވެ. ” ނާލް… އަހަންނަކަށް ނޭނގެ ނާލްގެ ލައިފްގަ ކަންތައް ދިމާވި ގޮތެއް… އިނގޭހާވެސް އެއްޗަކީ މިހާތަނަށް ފުން ހިތާމަތަކަކާ ނާލް ކުރިމަތިލައިފަވާކަން… އެކަން މިވީ ދުވަސްތަކުގަ ނާލްގެ އަމަލުތަކުން އަހަންނަށް ޔަގީންވެެއްޖެ… އަހަރެން އެއްވެސް ހާލެއްގަ ނާލްއަކަށް ފޯސްއެއްނުކުރާނަން އެވާހަކަތައް ކިޔައިދިނުމަކަށް… ނާލް އަބަދުވެސް ހަނދާން ކުރާތި އަބަދުވެސް އަހަރެން ނާލްއާއެކު ވާނެކަން… ނާލް ބޭނުންވީމަ ކޮންމެ ވާހަކައެއްވެސް ނާލްއަށް އަހަންނަށް ހިއްސާކުރެވޭނެ… ” ދިމްނާ އޭނަގެ އަތް ޔަނާލްގެ އަތް މަތީ ބާއްވަލަމުން ބުނެލިއެވެ. ޝުކުރުވެރި ނަޒަރަކުން ދިމްނާއަށް ބަލަހައްޓާއިގެން އިނދެ ޔަނާލް މަޑުމަޑުން ބޯ ޖަހާލިއެވެ.

ސައިބޯން ގެއަށް އައި ޔަނާލް އޭނަގެ ކޮޓަރިއަށް ދިޔުމަށްޓަކައި ޔަލްވީގެ ކޮޓަރި ދޮރުމަތިން ހުރަސްކުރި ވަގުތު ހުޅުވާފައިހުރި އަލަމާރިއަށް ނަޒަރު ހުއްޓާލައިގެން ހުރި ޔަލްވީ ފެނި މަޑުކޮށްލިއެވެ. އެއްއަތުން އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު އަނެއް އަތުގެ ޝަހާދަތް އިނގިލިން މަޑުމަޑުން ކޯތާފަތުގައި ޖައްސަމުން ދިޔައިރު އެމޫނު މަތިން ފެނުނު އަސަރަކުތަކުން ކޮންމެވެސް ކަމަކާ ވިސްނަނީކަން ހާމަވެއެވެ. ” ދޮންތާ… ކޮންކަމަކާތަ މާވަރަކަށް ތިވިސްނަނީ… ” ކޮޓަރީގެ ދޮރު ކަނީގައި ލެނގިލަމުން ޔަނާލް އަހާލިއެވެ. ” ނާލް… ވަޓް ޝުޑް އައި ވެއަރ… އިންޓަވިއުއަށް ދާންޖެހެޔޭ…” ކަންބޮޑުވުން އެކުލެވިފައިވި ރާގެއްގައި ޔަލްވީ ބުނެލީ ހުޅުވާފައިވި އަލަމާރިން އޭނަގެ ނަޒަރު ވަކިކޮށްލުމެއްނެތިއެވެ. ” ހެހެހެ… ސާބަސް ދޮންތައަށް… ” ދެފަރާތަށް ބޯ ހޫރުވާލަމުން ލުއި ހުނުމަކާއެކު މިހެން ބުނެ ޔަނާލް ގޮސް އަލަމާރި ކައިރި ހުއްޓިލިއެވެ. އަދި އޭގެން މަޑު ނޫކުލައިގެ ގަމީސް ޓޮޕަކާއި ހަމަ އެކުލައިގެ ޝޯލްއެއްގެ އިތުރުން ހުދު ކުލައިގެ ޖިންސެއް ނަގައި ޔަލްވީއަށް ދިއްކޮށްލިއެވެ. ” ޕަރފެކްޓް… ދޮންތައަށް ކުރިން ކީއްވެބަ ތިއެއްޗެހި ނުފެނުނީ… ތޭންކްސް ނާލް…” ޔަލްވީ އޭނަގެ ކުދިކުދި ދަތްތައް ފެންނަ ވަރަށް ހިނިތުންވެލަމުން ބުނެލިއެވެ. ޔަނާލްވެސް ހިނިތުންވެލަމުން އަވަހަށް ތައްޔާރުވާށޭ ބުނެ ކޮޓަރިން ނުކުތެވެ.

ފެންވަރާ ތާޒާވެލައިގެން އައިސް ޔަލްވީ ތައްޔާރުވާން ފެށިއެވެ. މޫނުމަތީގައި ލުއި މޭކަޕެއް ކޮށްލުމަށްފަހު މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކަކުން ދެތުންފަތް ފަވާލިއެވެ. ޔަނާލް ދިން މަޑު ނޫކުލައިގެ ގަމީސް ޓޮޕާއި ހުދު ކުލައިގެ ޖިންސު ޔަލްވީ އާއި ނުހަނު ގުޅެއެވެ. ރީތި ގޮތަކަށް ބޮލުގައި ޝޯލް އޮޅާލުމަށްފަހު ސެންޓު ޖަހާލިއެވެ. އަލަމާރީގެ ކަބަޑެއްގެ ތެރެއިން ނެގި ފައިލްއަކާއިއެކު މަޑު މުށި ކުލައިގެ ވާގަނޑު ދިގު އަތް ދަބަސް ކޮނޑުގައި އަޅުވާލަމުން ޔަލްވީ ކޮޓަރިން ނުކުތެވެ. ” މަންމާ… ދަނީ އިނގޭ… ” ފައިވާން ހަރުގަނޑުން ނެގި ހުދުކުލަ އާއި މަޑު ނޫކުލަ ހިމެނޭ ބޫޓަށް އަރަމުން ޔުސްރާއަށް އަޑުއިވޭ ވަރަށް ޔަލްވީ ބުނެލިއެވެ. ” ދަރިފުޅަށް ކާމިޔާބަށް އެދެން… އިންޝާ ﷲ ޔާލްއަށް ކާމިޔާބުވާނެ… ” ބަދިގެއިން އަވަސް ހިނގުމެއްގައި ނުކުމެގެން އައި ޔުސްރާ ޔަލްވީގެ ކުރިމަތީގައި ހުއްޓި ލޯތްބާއެކު އެމޫނުގައި ފިރުމާލަމުން ބުނެލިއެވެ. އޭރު ޔުސްރާގެ މޫނުމަތީގައިވީ އުއްމީދުން ފުރިގެންވީފަދަ ކުލަވަރެކެވެ. ” އިންޝާ ﷲ… ” ޔަލްވީވެސް އުއްމީދާއެކު އެހެން ބުނުމަށްފަހު ގެއިން ނުކުތެވެ.

ގެއާއި މާދުރު ނޫން ހިސާބަކަށް ވުމުން ޔަލްވީ ގަސްތުކުރީ ހިނގާލާފައި ދިޔުމަށެވެ. އޭނާ ގެއިން ނުކުތީވެސް ފުދޭވަރަކަށް އަވަހަކަށެވެ. ހިނގަމުން އައި ޔަލްވީ އޭނަގެ މަންޒިލަށް ވާސިލްވުމާއެކު އޭނަގެ ކުރިމަތީގައި ހުރި އިމާރާތަށް ބަލައިލިއެވެ. ހަތަރު  ބުރިއަށް ނަގާފައިވި އެއިމާރާތުގެ އެންމެ މަތީ ދެބުރިއަކީ އޮފީހެކެވެ. ތިރީ ދެ ބުރިވަނީ ފެންވަރު ރަނގަޅު ފިހާރައަކަށް ހަދާފައެވެ. ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އެތެރެއަށް ވަންނަން އުޅުނު ޔަލްވީގެ އަތުގައި އޮތް ފޯނު ރިންގުވިއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވި ޔަނާލްގެ ނަން ފެނުމުން ޔަލްވީގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. ޔަލްވީގެ އެހިނިތުންވުމުންވެސް އޭނަގެ ކޮއްކޮދެކެ ވާލޯބި ހާމަވެގެންދެއެވެ. އެދެމެދުގައިވި ގުޅުމުގެ ގާތްކަމާއި ވަރުގަދަކަން ހާމަވެއެވެ. ” ހަލޯ ނާލް… ” ޔަލްވީ ފޯނު ނަގާ ބުނެލިއެވެ. ” ދޮންތާ… ވިޝް ޔޫ އޯލް ދަ ބެސްޓް… އަރޖެންޓްކޮށް އޮފީހަށް އަންނަން ޖެހުނީ… އެހެންނޫންނަމަ ދޮންތަ ރެޑީ ވަންދެން މަޑުކޮށްލީމުސް… ގުޑް ލަކް ވިޝްނުކުރެވުނީމަ މިގުޅާލީ… ” ޔަނާލް ވާހަކަ ދެއްކިއެވެ. ” ތޭންކްޔޫ ނާލް… ނާލްގެ ގުޑް ލަކްއިން ދޮންތައަށް އިތުރު ހިތްވަރެއް ލިބިއްޖެ… އިޓް މީންސް އަ ލޮޓް… ” ޔަލްވީވެސް ވާހަކަ ދެއްކީ ހިނިތުންވުމެއްގައި ހުރެއެވެ. ” ދޮންތަގެ ފަރާތުން އަހަންނަށް ލިބުނު ހެލްޕާ ބަލާފާ މިއީ އަދި ވަރަށްވެސް ކުޑަ ވަރެއް… އަހަންނަށް މީހެއްގެ އެހީތެރިކަން އެންމެ ބޭނުންވި ދުވަހު ދޮންތަގެ ފަރާތުން ލިބުނު އެހީތެރިކަމާ ލޯބި ދުވަހަކުވެސް ހަނދާން ނައްތައެއްނުލާނަން… އެއްވެސް މީހަކު އަހަރެންގެ އިހުސާސްތައް ނުވިސްނުނުއިރު ދޮންތައަށް އެކަން އެންމެ ފުރަތަމަވެސް ވިސްނުން… އިތުރަށް ގޯސްފިޔަވަޅެއް ނޭޅެނީސް، ދޮންތަ އަހަންނަށް ވިސްނައިދިނީ… ” މާޒީވެދިޔަ ދުވަސްތަކުގެ ހަނދާންތައް އާވުމާއެކު ޔަނާލްގެ އަޑަށް މަޑުމޮޅިކަންވެރިވިއެވެ. ހިނދުކޮޅަކު ޔަލްވީއަށްވެސް އެއްޗެއް ބުނުމެއްނެތި ހުރެވުނީ އެހަނދާންތަކުން ޔަނާލްގެ ހިތަށް ކުރާނެ އަސަރު އެނގޭތީއެވެ. ” ސޮރީ ދޮންތާ އެދުވަސްތަކުގެ ވާހަކަ ދެއްކުނީމަ… އަދިވެސް އެއްފަހަރު ވިޝް ޔޫ އޯލް ދަ ބެސްޓް… އައި ވިލް ސީ ޔޫ އެޓް ހޯމް… ބާއި… ” އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ޔަނާލް ބުނެލިއެވެ. ” އޯކޭ ބާއި ނާލް… ” ޔަލްވީ އެހެން ބުނުމާއެކު ޔަނާލް ފޯނު ކަނޑާލިއެވެ. ޔަލްވީ އޭނަގެ ފޯނު ސައިލެންޓަށްލުމަށްފަހު ދަބަސް ތެރެއަށް ލަމުން އެއިމާރާތަށް ވަންނަން ހިނގައިގަތެވެ.

ލިފްޓުގެ އެހީގައި އޮފީހުގެ އެންމެ މަތީ ފްލޯއަށް ޔަލްވީ އެރިއެވެ. ރިސެޕްޝަންގެ ކައިރިއަށް ޖެހިލާ އިންޓަވިއުއަށް ކަމަށް ބުނުމުން އެތަނުން ކުއްޖެއްގެ އިޝާރާތާއެކު އެކުއްޖާގެ ފަހަތުން ޔަލްވީ ދިޔައެވެ. ޔަލްވީ ގޮސް މަޑުކޮށްލިއިރު އިތުރު ހަތަރު ކުދިންވެސް އެތަނުގައި ހުރި ގޮނޑި ބަރިއެއްގައި އިށީންދެ ތިއްބެވެ. ޔަލްވީވެސް ގޮނޑި ބަރިން ގޮނޑިއެއްގައި އިށީނެވެ. ފައިލް އުނގުމަތީގައި ބޭއްވުމަށްފަހު ދެއަތް ދެއަތާ މޮޑެލަ މޮޑެލާ ޔަލްވީ އިނެވެ. އިންޓަވިއުގެ ވަގުތު ކުޑަތަންވަމުން ދިޔަވަރަކަށް ޔަލްވީގެ ހިތުގައިވި ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. އިންޓަވިއުގެ ވަގުތު ޖެހުމާއެކު އެތައި ކައިރި ހުރި ކެބިންއެއްގެ ދޮރު ހުޅުވާލަމުން ނުކުން އަންހެންކުއްޖާ އައިސް ޔަލްވީމެންގެ ގާތު މަޑުކޮށްލިއެވެ. އަތުގައި އޮތް ނޯޓު ފޮތަށް ބަލައިލުމަށްފަހު އެތަނުން ކުއްޖެއްގެ ނަން ބުނެ އެތެރެއަށް ވަނުމަށް އެއަންހެން ކުއްޖާ އެދުނެވެ. އެއާއެކު ޔަލްވީގެ ނުތަނަވަސްކަން ދެގުނަވެގެން ދިޔައެވެ. ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް ފަހަރަކު ކުއްޖެއްގެ އިންޓަވިއު ނިމެމުން ދިޔައެވެ. ހަތަރު ވަނަ ކުއްޖާ ނިމިގެން ނުކުތުމާއެކު އެއޮފީހުގެ ސްޓާފަކަށް ހުރި އަންހެން ކުއްޖާ ޔަލްވީއަށް ގޮވާލިއެވެ. ވަގުތުން މުޅި މީހާ އެކީ ފިނިވެގެން ދިޔައެވެ. ގޮނޑިން ތެދުވެ ފުން ނޭވައެއް ދޫކޮށްލުމަށްފަހު ފައިލް މޭގައި ޖައްސާލައިގެން ހުރެ މަޑު ފިޔަވަޅުތަކެއްގައި ޔަލްވީ ކުރިއަށް ހިނގައިގަތެވެ.

މަޑު ތުރުތުރެއް އެކުލެވިފައިވި އަތުން ކެބިންގެ ދޮރުގައި ހިފާ ހުޅުވާލަމުން ޔަލްވީ އެތެރެއަށް ވަނެވެ. އެތެރެއަށް ވަދެ އިސްއުފުލާ ބަލައިިލި ވަގުތު ފެނުނު ސޫރައަކުން ޔަލްވީ ހުރި ފިޔަވަޅު މަތީގައި ގަނޑުވިއެވެ. ދެލޯ ބޮޑުކޮށްލަމުން ޔަލްވީއަށް ކުރިމަތިން ފެންނަމުންދިޔަ ޒުވާނާއަށް ބަލަހައްޓާއިގެން ހުރެވުނީ ގަބޫލުނުކުރެވިފައި ހުރި ފަދައަކުންވެ. އެސޫރަ ދެވަނަ ފަހަރަށް ދެކިލުމަށް އޭނަގެ ހިތް ހާދަ އެދުނެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް އެސޫރައެއް އޭނަގެ ހިތުގައި ބިންވަޅުނެގިގެންދިޔަ ސޫރަ މިހާރު އެއިނީ އޭނަގެ ކުރިމަތީގައެވެ. ހީވެސްނުކޮށް ހުއްޓާ އެޒުވާނާ އާއި ބައްދަލުވުމުން ޔަލްވީ ހުރީ ގެންނަންވީ ހަރަކާތެއްވެސް ނޭނގިފައެވެ. އެވަގުުތު ފައިލަކަށް ނަޒަރު ހުއްޓާލައިގެން އިން ވިޝާލް ކެބިންއަށް ވަން އަންހެން ކުއްޖާއަށް ބަލައިލި ހިނދު ދެލޯ ބޮޑުކޮށްލައިގެން އޭނައަށް ބަލަހައްޓާއިގެން ހުރި އަންހެންކުއްޖާ ފެނުމުން ހައިރާންވެ ސުވާލުއުފެދުނެވެ. އޭނާ ބަލައިލުމުންވެސް އެއަންހެން ކުއްޖާ ހުރި ފިޔަވަޅު މަތީގައި ހުރުމުން ވިޝާލް އިށީނުމަށް ބުނެލިއެވެ. ކުރިމަތީގައި އިން ޒުވާނާގެ އަޑު ޖެހުމާއެކު ޔަލްވީއަށް ހަމަހޭވެރިކަންވިއެވެ. ޔަލްވީ އޭނަގެ މޫނުމަތީގެ ކުލަވަރު ބަދަކޮށްލަމުން އައިސް އިށީނެެވެ. އެއާއެކު ކުރިމަތީގައި އިން ޒުވާނާ އޭނަގެ ދެލޮލާ ހަތަރު ކަޅި ހަމަކޮށްލަމުން ތަޢާރަފުވެލާ އޭނަގެ ތަޢާރަފެއް ދިނުމަށް އެދުނެވެ. އެތޫނު ދެލޮލާ ހަތަރު ކަޅި ބައްދަލުވުމުން ޔަލްވީގެ މެއަށް ފިިނިވެގެން ދިޔައިރު ހިތާހިތުން ވިޝާލްގެ ނަން ކިޔާލެވުނެެވެ.

ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތަކުން އެއްފަރާތްވެލާ ޔަލްވީ އޭނަގެ ފުރިހަމަ ސަމާލުކަން އިންޓަވިއުއަށް ދެވޭތޯ މަސައްކަތްކުރެއެވެ. އޭރުވެސް ހިތުގެ ތެޅުން އިންތިހާއަށް ބާރުވެފައިވީއިރު އަތްފައި ވަނީ ފިނިވެފައެވެ. ޔަލްވީ އޭނައަށް ކުރިމަތިވާ ކޮންމެ ސުވާލަކަށް ޔަގީންކަމާއެކު ޖަވާބުދެމުން ދިޔައެވެ. ޔަލްވީ ދެމުންދިޔަ ޖަވާބުތަކުން ސުވާލު އުފައްދައިގެން ވިޝާލް އިތުރަށް ސުވާލުތައް ކުރިމަތިކުރުވިއެވެ. ވިޝާލްގެ ނަޒަރުތަކުން ނުތަނަވަސްވަމުންދިޔަ ހިތް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ވިސްނުންތެރިކަމާއެކު ޔަލްވީ އެސުވާލަތަކަށްވެސް ޖަވާބުދެމުން ދިޔައެވެ. އިންޓަވިއު ނިމުމާއެކު ޝުކުރު އަދާކުރަމުން ޔަލްވީ ވިޝާލްގެ ކެބިންއިން ނިކުންނަން ހިނގައިގަތެވެ. ކެބިންއިން ނުކުމެ ދޮރު ލައްޕާލުމުގެ ކުރިން އަދިވެސް އެއްފަހަރު ޔަލްވީ ވިޝާލަށް ބަލައިލިއެވެ. އެރީތި ސޫރަ ހިތުގައި ފޮރުވާލުމަށް އެދޭފަދައިންނެވެ. އަވަސް މުސްތަޤުބަލެެއްގައި އަނެއްކާވެސް އެސޫރަ ފެންނާނެ ކަމުގެ އުއްމީދު އޭނަގެ ހިތުގައި އާލާާ ކުރަމުން ޔަލްވީ ކެބިންގެ ދޮރު ލައްޕާލުމަށްފަހު ނުކުތެވެ.

މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އޮފީހުގައި މަސައްކަތެއްގައި އިނުމަށްފަހު ދިމްނާ ގެއަށް ބްރޭކަށް ދިއުމަށް އޮފީހުން ނުކުތެވެ. ހުދު ކުލައިގެ ކަފަ ވިލާކޮޅުތައް އުޑު މަތީގައި ކޮޅުކޮޅަށް ދަތުރު ކުރަމުން ދިޔައިރު އިރު އޭގެ ވާޖިބު އަދާކުރަމުން ދިޔައެވެ. ހޫނު ގަދަ ދުވަހެއްނަމަވެސް ޖެހިލާ މަޑު ފިނި ވައިރޯޅިތަކުން އެހޫނުކަމަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބިގެންދެއެވެ. މަގުގެ އެއްފަރާތުން އާދައިގެ ހިނގުމެއްގައި ހިނގާލާފައި ގޮސް ދިމްނާ ގެއަށް ވަނެވެ. އޭނަގެ އަތްދަބަސް ކޮޓަރީގެ އެނދު މަތީގައި ބޭއްވުމަށްފަހު ބަދިގެ ފަރާތަށް އައިސް ނުކުންއިރު ބަނބުކެޔޮ ގަސްދަށުގައި ބެހެއްޓިފައިވި ޖޯލިފަތީގައި ރޯނު ވަށަން ނަފީސާ އިނެވެ. ފަންގިވިނުމާއި ރޯނުވެށުމަކީ ނަފީސާ ކޮށް އުޅޭ މަސައްކަތެވެ. އަޒްހަދަށް ރިސޯޓުގައި މަސައްކަތްކޮށްގެން ރަނގަޅު އާމްދަނީއެއް ލިބެމުން ދިޔަނަމަވެސް ނަފީސާވެސް އާމްދަނީ އިތުރުކުރުމުގެ ގޮތުން ކުރެވެން ހުރި މަސައްކަތް ކުރަމުންދެއެވެ. އޭރު ޖެހިގެން އޮތް ޖޯލީގައި ފޯނާ ކުޅެން އާޝާވެސް އޮތެވެ. ދިމްނާ ކާކޮޓަރިއަށް ވަދެ މެންދުރު ކާން ހަދަން ފެށިއެވެ.

ގޭގައި އޭނަގެ އިތުރުން ދެއަންހެނުން ތިބި ނަމަވެސް ބަދިގޭގެ ކަންކަމާ މިފަދަ މަސައްކަތްތައް އޭނަ ނޫން މީހަކު ނުކުރާނެކަން ދިމްނާއަށް އެނގެއެވެ. ކުރިޔަސްވެސް ކުރާނީ އެހެން އެއްވެސް ގޮތެއް ނެތް ހާލަތެއްގައި ނަފީސާއެވެ. އާޝާގެ ދެއަތުން އެފަދަ އެއްވެސް ކަމެެއް ނުކުރާނެކަމީ ޔަގީންކަމެކެވެ. ގޭތެރެ ފޮޅާ ސާފުކޮށް ރީތިކޮށް ބެލެހެއްޓުމާ ކައްކާ ކާންހެދުމުގެ އިތުރުން އެއްޗެހި ދޮވުމަކީ ދިމްނާ ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތްތަކެވެ. އޮފީހުގައި ބުރަކޮށް އުޅެމުން ގޭތެރޭގެ ކަންކަން ބެލެހެއްޓުން ވަނީ ދިމްނާއަށް ނުހަނު އުނދަގޫ ކަމަކަށެވެ. އެހެނަސް ކުރާނީ ފަހެ ކީއްހެއްޔެވެ؟ ކިތަންނެ ބުރަނަމަވެސް ދުވަހަކުވެސް އޭނަ މަންމަ އާއި ދިމައަށް ނުރުހިފާ އުފުއްވެސް ބުނެފައެއްނުވެއެވެ. ބުނާ ކޮންމެ ކަމެއް އެންމެ ފުރިހަމަކޮށް ކޮށްދެވޭތޯ އަބަދުވެސް ބަލައެވެ. އެހެނަސް އޭގެން އޭނައަށް ލިބުނީ ކޮން އުފަލެއް ހެެއްޔެވެ؟ އެންމެ ކުޑަމިނުން މަންމަގެ ފަރާތުން ތަޢުރީފުގެ ބަހެއްވެސް ލިބިފައެއްނުވެއެވެ. ލޯބިން އޭނައަށް ބަލައިލާފާނުވާއިރު އޭނައަށްޓަކައި އެމަންމަގެ ހިތުގައި އެއްވެސް ފަރުވާލެއްނެތް ފަދައެވެ. ހިތުގައި ކިތަންމެ ޝަކުވާއެއް ވީނަމަވެސް އެންމެ ބަހެއްވެސް ދިމްނާގެ ދުލާ ހަމައަކަށް ނުގެނެވެއެވެ. ކޮންމެ ފަހަރަކުމެ ލޮލަށް ޖަމާވާ ވޭނީ ކަރުނަތައް ހިންދާލަނީ ކޮންމެވެސް ދުވަހަކުން އެމަންމަގެ ފަރާތުން އޭނައަށްވެސް ސަމާލުކަމެއް ލިބޭނެކަމުގެ އުއްމީދުގައެވެ. އެމަންމަގެ ލޯތްބާއި އޯގާތެރިކަމުން އޭނަގެ ހިތުގައި ލެވިފައިވި ޒަޚަމްތަކަށް ޝިފާއެއް ލިބޭނެކަމުގެ ފޮނި އުއްމީދުގައެވެ.

މިފަދަ އެތައް ޝަކުވާތަކަކުން ދިމްނާގެ ހިތް ފުރިފާވިއެވެ. އެހެނަސް މިފަހަރުވެސް ކެތްތެރިވެލަމުން އޭނަގެ އަމިއްލަ ހިތަށް ވިސްނައިދިނެވެ. ކާން ހަދާ ނިންމާލުމަށްފަހު ބަނޑުހައިވެފައި ހުރުމުން ފުރިޖުން ފޭރު ޖޫސް ޕެކެޓު ނަގައި އޭގެން ތަށްޓެއް ދިމްނާ ބޯލިއެވެ. ކިތަންމެ ބަނޑުހައިވިޔަސް ކެވޭނީ އޮފީހުން އައިސަކަމަށް ވީމައެވެ. ބްރޭކަށް ލިބޭ ވަގުތުކޮޅުގަ ވަނީ ގެއަށް އައިސް ކާން ތައްޔާރުކޮށް ނަމާދުކޮށްލާ ތައްޔާރުވެގެން ދެވޭ ވަރެވެ. ޖޫސް ބުއި ތަށި ދޮވެލުމަށްފަހު އަވަހަށް ކާކޮޓަރިން ނުކުމެ އޭނަ މިސްރާބުޖެހީ މެންދުރު ނަމާދުކޮށްލުމަށެވެ. ނަމާދުކޮށް އަވަދިވެ ތައްޔާރުވެގެން އަނެެއްކާވެސް އޮފީހަށް ދާން ނުކުތެވެ. އޮފީހަށް ދިޔަ މަގުމަތީ ގޮސް ކާލާނެ ލުއި އެއްޗެއް ގަނެލުމަށް ދިމްނާ ކައިރީ ހުރި ފިހާރައަކަށް ވަނެވެ. ތަފާތު ވައްތަރުގެ ލުއި ކާނާތައް ބެހެއްޓިފައިވި ހަރުތައް ބަލަމުންދިޔަ ދިމްނާއަށް ސިހުން ގެނުވީ ކުއްލިއަކަށް މީހަކު އޭނަގެ އަތުގައި ހިފާ އެމީހަކާ ދިމާލަށް އަނބުރާލުމުންނެވެ. އެވަގުތު ނުހަނު ކައިރިން ފެނިގެންދިޔަ ސޫރައިން ދިމްނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ވާނަން އުމުރަށް – 33 –

Next

ރާސްތާ2 ތިންވަނަބައި

Next
October 6, 2019

ރާސްތާ2 ތިންވަނަބައި

Previews
October 5, 2019

ވާނަން އުމުރަށް – 33 –

27 Comments!

  1. ifoo says:
    October 6, 2019 at 12:15 pm

    Salaam dear readers… Here is the 3rd part… Hope all will like this part too… Feel free to comment your views… Free irakun last part ge comment thakah reply kohlaanan In Sha Allah… Next part In Sha Allah on Tuesday… Love you all my readers and Thank You soooo much all for the support and love…

  2. jiji says:
    October 6, 2019 at 12:43 pm

    Eyy me first tha ifoo..kiyaafa comment eh kohlaanan ingey ?

    1. ifoo says:
      October 8, 2019 at 9:21 am

      jiji… Yess dear.. Your First… Congradulations on being first… Waiting for your comment…

  3. Kylie says:
    October 6, 2019 at 1:18 pm

    Me second dhw…. V reethi mi part vx…. Whn nxt dear???lym❤️❤️❤️

    1. ifoo says:
      October 8, 2019 at 9:21 am

      Kylie Yess dear.. Your Second… Congradulations on being Second… Thank You soooo much… In Sha Allah Today…

  4. Kairaa says:
    October 6, 2019 at 2:49 pm

    Wowwww…mi part vx varah reethi…..waiting for the nxt part….??????????????

    1. ifoo says:
      October 8, 2019 at 9:22 am

      Thank You soooo much Kairaa… It means a lot for me… In Sha Allah next part today…

  5. Maisha says:
    October 6, 2019 at 3:29 pm

    Wow?♥…. Varah varah furihama and varah reeeeethi??❤?… You’re very talented?. Lysm ifoo?… When is next part??? Waiting for next part<3

    1. ifoo says:
      October 8, 2019 at 9:23 am

      Awwwn… Thank You soooo much Maisha… It means a lot for me… v v v ufaavehje… In Sha Allah next part today…

  6. ShAaKkO Mi says:
    October 6, 2019 at 6:15 pm

    Niceeeeee

    1. ifoo says:
      October 8, 2019 at 9:23 am

      Thank You dear…

  7. Eekko 11 says:
    October 6, 2019 at 7:30 pm

    Wow… Ifoo it’s awesome… This part is Hama varah loabi and kaakubaa vishaal aa dhimna ah fihaara in fenunu kujja aky…. Curious to know what happens next…. Good luck with your story…. And good night ifoo dear

    1. ifoo says:
      October 8, 2019 at 9:25 am

      Eekko… Thank You soooo much dear… V v v ufaavehje… Lets see dhw vishaal and Dhim ah fenuny kaakuthr… heheh… Next part IN Sha Allah today…

  8. Muslim says:
    October 6, 2019 at 9:26 pm

    Oh… Ma sha Allah! Very nice and descriptive. Ifoo u r so talented… I am absolutely speechless….So curious to know who it is…. And can’t even wait for the next part…. Next part on Tuesday right? BTW love you so much

    1. ifoo says:
      October 8, 2019 at 9:27 am

      Awwwwwn… Thank You soooo much dear… V v v ufaavehje… It really means a lot… Thifadha comment thakun ithuru hihvareh libigen dhey… yess… Next part IN Sha Allah today… Much more loves from me…

  9. Daisy girl says:
    October 7, 2019 at 6:45 am

    Ifoo….girl thanks for this nice story….lots of love ❤️❤️❤️❤️❤️????????
    *Busy viyma kurukoh cmnt kuraniy… srry ifoo ☹️☹️☹️☹️*

    1. ifoo says:
      October 8, 2019 at 9:29 am

      Daisy Girl… Its ok dear… Thank you soooo much bxykoh ulhemunvx story kiyaalaafa comment kohleema… It means a lot for me dear… More loves from me

  10. @Ikleel says:
    October 7, 2019 at 11:40 am

    Wow just wow…!!! ❤❤????..Its just awesome ifoo..❤❤????..Vrh reethi sifa kurun thah genesdhyfa huri goiy…Ibaaraiy kurun vex hama ehaa furihama..❤❤????..Just amazing hama..❤❤????..Ifoo vareh hama neiy..❤❤????…Komme kahala vaahaka eh liyunas ehaa molhah eba liyelaa..❤❤????..Mi site ga liyaa kudhin therein emme talented writter aky ifoo..its my own opinion ingey..❤❤????..Kurin liyunu 2 story aa ehgothah mi story ga vex hama thafaathu dhakkamun thi dhany..❤❤????..Kon kujjeh baa e fenuny anekkaa..!!! Curious to knw whats going to happens next…❤❤????..Let see dhw..Wish you all the best ifoo..Good luck with your story..❤❤????..Hope kuriah huri baithah vex migothah dhigu koh genesdheyne kamah..❤❤????…I will give my full support to you dear…❤❤????..I just love to read your stories..❤❤????…Waiting for the next part..Much loves dear ifoo…❤❤????

    1. ifoo says:
      October 8, 2019 at 12:11 pm

      Thank you sooooo much for the supportive comment… V v v ufaavehje… It means a lot for me… Your comments always motivate me… Lets see what happens… Once again thank you… Much more loves from me….

  11. nasha says:
    October 7, 2019 at 1:02 pm

    story varah reethi. Ekam yanal ehaa bodu company ehge owner ah ve hureves taxiga ulheythi varah odd. mi zamaanuga rangalhu vazeefaaehga ulhey meeheh viyya cykga ulheyni. adhi dhen company ehge owner car eh cykeh nugengulhe taxiga ulheytha? ebai change kohlaba… c

    1. ifoo says:
      October 8, 2019 at 12:13 pm

      Thanks for pointing out nashaa… sikundin kahsaalaafa inn thankolheh thee… hehehe… ebai ragalhukohlaanaan ingey… Once again Thank you dear…

  12. Naju says:
    October 7, 2019 at 1:35 pm

    Amazing ??? V v v rythi mi story ??????? Ifoo ur the best n greatest writer ????????? story kiyamun dhaa iru hyvany hama kuri mathin manzaru thah fennahen ehaa vx furihama ????????? N sifakurun thah vx hama obiness to the max ???????????? Masha Allah ?????????

    1. ifoo says:
      October 8, 2019 at 12:14 pm

      Awwwwwn…. Thank you soooooo much Naju… v v v ufaavehje… It means alot … Much more loves from ifoo ingey…

  13. Fortnite says:
    October 7, 2019 at 5:20 pm

    Tahaazaavi folhey malekey sosun.. Haadha reethi baekey.. Sorry ingey dhevana bayah comment konnulevuneema.. Ifoo you nufenunas fornite au heevanee thiee hama sosun malekey.. Mi bodu maa gahuga folhifa in reethi reethi sosun maleiy thee.. Haadha molhey Maasha Allah.. Ifoo thee hama best ingey.. Unmeedhukuran mi bodu maagahun thi sosun vakinuvaane kamau.. Anyways good luck.. Waiting for the next part.. Mi vaahaka kiyaaleema it looks like my whole filling with happiness.. V salhi vaahaka thakeiy Ifoo thi genesdhinee.. Mihaahisaabau ai iruga.. I am a huge fan of you.. Hope we will be friends on public or private or whatever.. Wish you all the best of luck.. Waiting for the upcoming part.. Have a nice day.. Good luck.. Love you so so so so much ifoo dear.. Good bye

    1. ifoo says:
      October 8, 2019 at 12:18 pm

      Awwwwwwn…. That’s so sweet of you… Thank you sooooooo much… V V V ufaavehje Fortnite gr comment kiyaalaafa… I am just speechless… Bunaane ehchehvx neynege… It means a lot ingey… In Sha Allah mi maa abadhuvx mi gahuga vakivumeh nehi innaanan… heheheh… You comment encouraged me a lot… Once again Thank you sooooo much… Much much more loves from me…

  14. Lamko says:
    October 8, 2019 at 11:40 am

    Mi part vx varah furihama keep it up

    1. ifoo says:
      October 8, 2019 at 12:18 pm

      Lamko… Thank you sooo much dear… v v v ufaavehje…

Comments are closed.

Next Episodeލޯބިވަން ޔާރާއޭ 04←


All Right Reserved!