“މޮމް….ޝީ ކާންޓް ސީ…” ދެލޯމަރާލަމުން އިއްބާން ބުނެލިއެވެ. އިއްބަން އެހެން ބުނުމާއެކު އައިރީންއާ ނާހިދުއަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އޭރު އިއްބާން ހުރީ ނޭވާ ހިފަހައްޓާލައިގެނެވެ. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ “ދަރިފުޅާ….” އަނގައިން ބަސް ހުސްވެފައިވާފަދަ ގޮތަކަށް ނާހިދުއަށް ބުނެލެވުނެވެ. އައިރީން އިއްބާންއަށް ބަލާލަމުން ލޫންއަށް އޭނާގެ ނަޒަރު އަމާޒުކޮއްލިއިރު އެދެލޮލުން އެކައްޗެއްވެސް ދޭހައެއްނުވިއެވެ. އެމޫނުމަތިން ފެނުނީ ކަމަކާ ވިސްނާކަހަލަ ކުލަވަރެކެވެ. އޭރު ޝާހިދުމެން ތިބީ އިއްބާން ލޫންއަށް ނުފެންނަ ވާހަކަ ނާހިދުމެން ކައިރީގައި ނުބުނުމުން ފުދޭވަރަކަށް ހިތްހަމަނުޖެހިފައެވެ. “ބައްޕާ…މަންމާ…….” […]
އެރޭ 10:30 ވާން ގާތްވެފައި ވަނިކޮށް މަލާކް ނިދަން އޮށޯތްއިރު އެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ. ކޮޓަރިއަށް ވެރިވެފައިވި ފަނޑު އޮރެންޖު ކުލައިގެ އަލީގެ ތެރެއިން ވެސް އެ ލޮލުގައި ވިދުމެއްވިއެވެ. ދޭތެރެދޭތެރެއިން އޭނަގެ ހިނިތުންވުން ފުންވަމުން ދިޔައީ ހިތަށް އަރާ ފައިބަމުން ދިޔަ ޖަޒުބާތުތަކެއްގެ ސަބަބުންނެވެ. އެ ޖަޒުބާތުތަކުގެ ފަހަތުގައިވީ އޭނަގެ ސިކުނޑި ހުއްޓުމެއްނެތި އޭނަގެ ލޮލަށް ސިފަކުރުވަމުން ދިޔަ މަންޒަރުތަކެވެ. އޭނަ އަޔާޒާއި ގާތްކޮށް ހޭދަކުރި ވަގުތުކޮޅުތަކެވެ. އޭނަ އަޔާޒާއި މެދު ތަފާތު ނަޒަރަކުން ދެކެން […]
[ވީރާނާވެފައިވީ ޙަޔާތް މަގޭ – 13ވަނަ ބައިގެތެރެއިން] “ޝާހިދު… މިއީ ހަމަ އެ މަންޖެތަ؟” އަންހެންމީހާ، އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލަމުން، ޖަވާބަކަށް އެދި ބޮޑުބޭބެގެ މޫނަށް ބަލާލިއެވެ. ބޮޑުބޭބެ، އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން، އަނެއްކާވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އެ އަންހެންމީހާގެ ދެލޯ ފެންކަޅިވެފައިވީގޮތުން، އަހަރެންވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. މަޑުމަޑުން ހިނގާފައި އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. މި އަންހެން މީހާގެ ސަމާލުކަން އަހަންނަށް ލިބުނުގޮތުން، ކަންބޮޑުވެފައި އަހަންނަށް ފަހަރަކު […]
ޒެވިޔަން ފަސް މިނެޓޭ ބުނުމުން އަވަސް ކުރާށޭ ކިޔާފައި އަލްޔަސް ފޯނު ކަނޑާލިއެވެ. ފޯނަށް ނަޒަރު ހުއްޓައިގެން ހުރި އަލްޔަސްއަށް އިސްއުފުލާލަށް މަޖުބޫރުވީ މީހާކު އޭނާގެ ނަމުން ގޮވާލުމުންނެވެ. އެއަޑަކީ ދުވަހަަކުވެސް އޭނާ އެހި އަޑެއްނޫނެވެ. މިއުޒިކެއްފަދަ އެރީތި އަޑުގެ ވެރިޔަކީ ކާކުތޯ ހޯދުމަށް އަލްޔަސް ދެކޮޅަށް ނަޒަރު ހިންގާލިއެވެ. އޭރު އޭނާ ކުރިމަތީގައި ހުރި އަންހެންކުއްޖާ ހެވި ދިލިފައި ބަލަހައްޓައިގެން އިނެވެ. ޔާޒް ކާރު މަޑުކޮށްލީ ރެސްޓޯރެންޓާ ތަންކޮޅެއް ދުރުގައެވެ. އެންމެންނަށްވުރެއް ކުރިން ފައިބައިގެން އަލައިކާ […]
ފޯނު ސްކްރޯލް ކުރަމުންދިޔަ އިކާންގެ ހަރަކާތްތައް ފެނުނު ފޮޓޯއަކުން ކުއްލިއަކަށް ހުއްޓުނެވެ. ފުރަތަމަ ސިކުންތުގައި ދެލޯ ބޮޑުވެގެން ދިޔައިރު އިކާންގެ މޫނު މަތީގައިވީ ގަބޫލުކުރަންދަތިވެފައިވި އަސަރުތަކެކެވެ. އެދެލޮލުގައި އެތައް ޝަކުވާއެއްވީއިރު މަޑުމަޑުން ދެބުމަ ގޮށްޖެހެމުން ގޮސް އެދެލޮލުގައިވި އަސަރު ރުޅިއަށް ބަދަލުވަމުން ދިޔައެވެ. އޭރު އަތުގައިވި ފޯނަށް ހިނދެއް ހިނދަކަށް ދިޔައީ ބާރުވަމުންނެވެ. ފޯނުގައިވި ތަސްވީރަށް އިރުކޮޅަކު ބަލަން އިނުމަށްފަހު އިކާން އޭނަގެ ފޯނުގެ ކޮންޓެކްޓްސް ހުޅުވާލާ ދިގު ނަންބަރަކަށް ޑައިލްކޮށްލިއެވެ. އޭރު އެމޫނު މަތީގައިވީ އިންތިހާ […]
ޝްޝްޝް. ޝާރިމް ކަހަލަ މީހަކަށްޓަކައި އައިރާގެ އަގުހުރި ކަރުނަތައް ހުސްނުކުރޭ” ޔާޒް ނުހަނު އޯގާތެރިކަމާއެކު އައިރާގެ ކަރުނަތައް ފުހެދިނެވެ. އައިރާ ޔާޒްގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ދެން ދުވަހަކުވެސް އޭނާގެ ހަޔާތުން ޝާރިމްއަށް ޖާގަ ނުދޭން ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. މެންދުރުފަސް އެކީ ޔާޒް އުޅުނީ އައިރާއާއެއްކޮށެވެ. އައިރާމެން ގެއިން މެންދުރު ކައިގެން ދެމީހުން ބޭރަށް ދިޔައެވެ. ސައިކަލުގައި މުޅި ހުޅުމާލޭގައި ދުއްވާފައި ޔާޒް އައިރާ ގޮވައިގެން އައިސްކްރީމް ބޯންދިޔައެވެ. އައިރާ އައިސްކޯން ހިފައިގެން ހުޅުމާލެ […]
ކުއްލިޔަކަށް ބޮލަށްއެރި ތޫނު ތަދަކާއެލު ކަނޑާ ވައްޓާލި ރުކެއްހެން އައިރާ ޕޭވްމެންޓް މައްޗަށް ވެއްޓުނުއިރު އެ މަންޒަރު ބަލަންހުރި ޒުވާނާއަށް އެދިމާލަށް ދެވުނުގޮތެއްވެސް ނޭނގުނެވެ. _______________________________________________ އައިރާ ކައިރީގައި އިށީންނަމުން އައިރާގެ ބޯ އެ ޒުވާނާގެ ފައިމަތީގައި ބާއްވާލަމުން އެ ޒުވާނާ އައިރާގެ ކޯމަތީގައި މަޑުމަޑުން ޖަހާލިއެވެ. މަޑުމަޑުން ލޯ ހުޅުވާލިއިރު އައިރާއަށް މަންޒަރުތަށް ފެނުނީ ފުސްކޮށެވެ. ދެފަހަރު އެސްފިޔަތަށް ތަޅުވާލުމާއެކު މަންޒަރުތަށް ރީތިކޮށް ފެންނަށް ފަށައިފިއެވެ. އެ ޒުވާނާ ފެނުމާއެކު އައިރާއަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. […]
“ޝަވާ…” ޝާދީންގެ އިޝާރާތަކަށް ކެތްމަދުވެފައި ހުރި ޔަޒްދާންއަށް ދެއަތުން ބިއްލޫރިގަނޑުގައި ތަޅައިގަނެވުނެވެ. އެ ފިރިހެންވަންތަ އަޑު ޝާދީންގެ ކަންފަތާއި ހަމަޔަށް ނުފޯރިޔަސް އެ އަތުން ދޫކުރި ގޮށްމުށުގެ ހަމަލާތަކުގެ އަޑު ރީތިކޮށް އިވުނެވެ. ބިއްލޫރި ދޮރުފަތަށް ލައްކޮށްލައިގެން ހުރި ހަށިގަނޑަށް ގުނޑުންތަކެއް އައެވެ. ލޯމަރާތަގުޅިކޮށްލަމުން ޝާދީން ކަންފަތުގައި ގުގުމަމުންދިޔަ އަޑަށް ބީރު ކަންފަތެއް ދިނެވެ. ޔަޒްދާންގެ މަޤްސަދާއި ބޭނުންވެގެން އުޅޭ ކަންތައް ކިތަންމެ ރަނގަޅަކަށްވެސް އޭނައަށް އިނގެއެވެ. އެދެމެދުގައި އޮތް ގުޅުން އެހެން ހަރުފަތަކަށް ގެންދާން […]
ފޯނަށް ލިބުނު މެސެޖު ބެލުމުގެ ޝައުޤެއް އޭނަގެ ހިތުގައި އެއްގޮތަކަށް ވެސް ނެތުމުން އަޔާޒްގެ ކާރު ގޮސް ކާރަށް ވައްދާލެވުނު ވަގުތުވެސް އޭނައަށް ހުރީ އޭތި ނުފެނިއެވެ. ބޭސްފިހާރައިން ގެއަށް އައި އެ ދަތުރުގެ ބޮޑުބައިގައި އޭނައަށް އިނދެވުނީ އެދުވަހު އޭނައާއި މަލާކާއި ދެމެދު ހިނގި ވަގުތުކޮޅުތަކުގެ މަތިން ހަނދާންކޮށް ހިނިތުންވެވިފައެވެ. އެކަމާމެދު އަޔާޒަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައީ މައުވާގެ މަތިން ވެސް ހަނދާންވަމުން ދިޔައީތީވެއެވެ. އެހެނަސް އެކަން އެގޮތަށް ނަހަދަން އޭނަ ނިންމީ […]