Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޒެރާޝް 5

🌸Hya Level 1100 Login10 Stories
October 3, 2019 4 Mins Read
22 Comments

ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ފުން ނިންޖަށް މީހުން ގެނބެމުން ދިޔައިރު ޒައިންގެ ހިތް ނުތަނަވަސް ވަމުން ދިޔައީ އޭނާގެ އެއްވެސް އިހްތިޔާރަކާ ނުލައެވެ. އީނާލްއާ މެދު ކަންބޮޑުވެފައި ދެކޮޅަށް ހިނގާލަ ހިނގާލަ ހިނގާލާ ހުރީއެވެ. އޭނާގެ ލޯ ކުރިމަތީ ސިފަވަނީ އެ ހިނިތުންވުމެވެ. އެސޫރައެވެ. ޒައިން އަށް ވަމުން ދާ ގޮތް ބަލަން އައިޒަން ހުރީ ކަމެއް ޔަޤީން ކުރާ ކަހަލަ ގޮތަކަށެވެ. ރަނާއަށް ވެސް ކުރިމަތިން ފެންނަމުންދާ މަންޒަރު ޤަބޫލުނުކުރެވޭ ކަހަލައެވެ.ޒައިންގެ ފަރާތުން މިފަދަ ކަމެއް ފެނިފައި ނުވުމާއެކު އެދެމީހުންނަށް އެކަން ނަގައިގަންނަން ވީ އުދަނގޫ ކަމަކަށެވެ. ޒައިންގެ ދެއަތުން އިސްތަށިގަނޑުގައި ހިފަައިގަންނަމުން ގޮނޑިއަކަށް ވެއްޓިގަތެވެ.

“ބްރޯ…..ވެގެން އުޅޭ ގޮތް ބުނެބަލަ…ކިހިނެއް ތި އުޅެނީ؟؟؟؟” ޒައިންއާ ދިމާލަށް ފިޔަވަޅެއް އަޅާލަމުން އައިޒަން އަހާލިއެވެ. ބޮލުން އަތް ނަގަމުން ޒައިން އައިޒަންއާ ދިމާލަށް ބަލާލިއެވެ.”ނުވޭ އެއްވެސް ކަމެއް….” ފުން ނޭވާ އެއް ލަމުން ޒައިން ހަމަޖެހިލިއެވެ. އައިޒަން އަށް ޒައިންގެ އެބަސްތަކާއެކު ވީގޮތް ފަހުމްވާކަށް އިރުކޮޅެއްވެސް ނުނެގިއެވެ. ގޮސް ޒައިންގެ ކޮނޑުގައި ޖަހާލަމުން ތިމަންނައަށް އެނގިއްޖޭ ބުނާކަހަލަ ގޮތަކަށް ބޯޖަހާލިއެވެ. ޒައިން އައިޒަން އަށް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ. އެންމެ ގާތް އެކުވެރިޔާއަކަށް އޭނާގެ އިހްސާސްތަކެއް ނުފޮރުވޭނެކަން އޭނާ ދަނެއެވެ.

އެއާއެކު އަފްލާހް އެތަނަށް ވަނީ ފަހަތުން އައި ލަޔާލްއާއި އިތުރު މީހަކާއެކުގައެވެ.އަފްލާހް ފެނުމާއެކު އެމީހަކު އެމީހެއްގެ ގޮނޑި ކައިރިއަށް އަވަސްވެގަތެވެ. ލަޔާލް އާއެކު އެތަނަށް ވަން ކުއްޖާ ފެނިފައި އެންމެންގެ ނަޒަރު އެ ދިމާލަށް ހުއްޓުނެވެ. ކަޅު ހުޑީއެއްގައި ދެއަތް ޖީބަށް އަތް ޖަހައިގެން ހަރު ހިނގުމެއްގައި ދިޔަ ފިރިހެން ކުއްޖާއާ ދިމާލަށް ޒައިން ބަލާލީ ފަރުވާތެރިކަމާއެކުއެވެ. އަފްލާހް ގޮނޑީގައި އިށީނުމާއެކު އާދައިގެ މަތިން މީޓިން ފެށުނެވެ. އެ ފިރިހެން ކުއްޖާ އަފްލާހުގެ ގޮނޑި ކައިރީ ހުއްޓެމުން އެންމެންނަށް އަވަސް ނަޒަރެއް ދިނެވެ.

” ޒައިޝް މީގެ ފަހުން މަސައްކަތް ކުރާނީ މިޓީމާއެކު….” ކައިރީ ހުރި ފިރިހެންކުއްޖާއަށް ބަލާލަމުން އަފްލާހް ވާހަކަ ފެށިއެވެ. “މިއަކީ ތި އެންމެން ވެސް ފުރިހަމަ މިޝަންއަކަށް ފޮނުވާ ފުރަތަމަ ފަހަރު…އެންމެންގެ ބޭސް ޓްރެއިނިންތައް ފުރިހަމައަށް ނިންމައިގެން ތިބުމަކީ ސަރ ތި އެންމެންނާ މެދު ހިތްހަމަޖެހި، އުއްމީދުކުރާ ކަމެއް….ތިއެންމެންވެސް މިމިޝަންގައި އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭނެ…..އަހަރެމެންގެ މަޤްސަދު ފުރިހަމަކުރުމަށް އިތުރު އަލިމަގެއް ފެންނާނީ މިމިޝަން ފުރިހަމަވުމުން…ކުރިމަތިލުމަކަށް ތިދަނީ…މި މިޝަން ބިނާވަނީ ބައެއްގެ ސަލާމަތާއި ރައްކާތެރި ކަމަށް….ހުރިހާ ކުދިންވެސް އަމިއްލަ ނަފްސަށް ބަލާތި…މިޝަން ކާމިޔާބު ކުރާތި….” އަފްލާހް މީޓިން ފަށަމުން ނަސޭހަތް ދިންއިރު އެއިން ކޮންމެ ކުއްޖެއް ހިތުގައިވެސް ހިނގަމުން ދިޔައީ އެއް ޝުއޫރެކެވެ. އާވަމުން ދިޔައީ ހިތި ހަނދާންތަކެވެ.

އަފްލާހް ގެ ނަސޭހަތާއެކު ޒައިޝްއަށް ތައާރަފެއް ދިނުމަށް އަފްލާހް ފުރުސަތު ދިނެވެ. ” ހިޝާމް އަލީ މުސްތަފާ….” އިވުނު ނަމާއެކު އެންމެންގެ ލޯތައް ބޮޑުވިއެވެ.”އާނ….ލެފްޓިނެންޓް އަލީ މުސްތަފާގެ ފިރިހެން ދަރިފުޅު…”އެންމެންގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. ރަނާއަށް ތެދުވެވުނެވެ. އައިޒަން އާއި ޒައިންގެ މޫނުން ފެެެނުނީ ހައިރާންކަމެވެ. އަފްލާހް ރަނާއަށް އިށީނުމަށް  އިޝާރާތް ކުރިއެވެ. ހިޝާމް ރަނާއާ ދިމާލަށް ބަލާލަމުން ހަދިޔާ ކޮށްލީ ފަނޑު ހިނިތުންވުމެކެވެ. ރަނާ ކަރުނަތަކާ ހަނގުރާމަ ކުރަމުން ގޮނޑީގައި އިށީނެވެ. އަފްލާހް ލަޔާލްއަށް އިޝާރާތް ކޮށްލުމުން ލަޔާލް ޕްރެޖެކްޓަރ ހުޅުވާލިއެވެ.

“މިޒްރާންގެ ޑީލް އެގްރީމެންޓް އޮތީ މާދަމާ ރޭ 11ގައި….ޒަފަރުއަށް ރާއްޖެއިން އަންހެންކުދިން ޓްރާންސްޕޯރޓް ކުރުމުގެ މަސައްކަތް ކުރުމުގެ ހުރިހާ ކަމެއް ބަލަނީ މިޒްރާން….ހުރިހާ ރިސޯރސް ތަކުން އެނގޭ ގޮތުންނަމަ ޒަފަރުވީ މެލޭޝިއާގައި…އޭނާގެ ލޮކޭޝަން އެނގޭނެ މަގެއް ފެންނާނީ މިޒްރާންއާއި އޭނާގެ ޑީލަރ އަތުލައިގަނެވިގެން….މިހާރު އެ ޑީލަށް އިތުރަށް ދެއަންހެން ކުދިން އިތުރުކޮށްފި….”ހިޝާމްގެ ވާހަކަ އެހިސާބަށް ގެންދަމުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ޒައިންވެސް ދެލޯ މަރާލީ އަންނަން އޮތް ވާހަކަ ހިތަށް ގެނެވުމުންނެވެ.ލަޔާލް ދެން ދައްކާލީ ދެއަންހެންކުދިންގެ ފޮޓޯއެކެވެ.

” އީނާލް ހުސެއިން …..19 އަހަރު… ފަހު އަހަރު ސްކޫލުގައި ހޭދަކުރަމުންދާ….ބައްޕައަކީ ބޯޓު ދަތުރު ކުރަން އުޅުނު މީހެއް… 6 އަހަރު ކުރިން ވަނީ ނިޔާވެފައި….އެނގިފައިވާ ގޮތުން އެކްސިޑެންޓެއްގައި ނިޔާވި…..މަންމަ ވަޒީފާ އަދާ ކުރަނީ ރަށު ހޮސްޕިޓަލެއްގައި ނަރުހެއްގެ ގޮތުގައި…” އީނާލް ގެ ނަން އިވުމާއެކު ޒައިން ބަލާލީ ފޮޓޯ ގަނޑަށެވެ. އީނާލްގެ މޫނުމަތީވީ ހިނިތުންވުމުން ވެސް އޭނާގެ ހިތުގައި ރިއްސާލިއެވެ. އަފްލާހް އީނާލްގެ ފޮޓޯގަނޑަށް ބަލާލީ މީގެ ކުރިން ފެނުން ހަނދާނެއް ވިހެން ހީވުމުންނެވެ. އެދެލޮލުން ދަންނަ މީހަކާ ވައްތަރުހެން ހީވިއެވެ. އެނަން ހަނދާނުގެ ކޮންމެވެސް ދިމާލަކުން އެބަ ގޮވައެވެ. ބޯ ހޫރުވާލަމުން އަފްލާހް ބެލީ ކިޔާ އެއްޗަކަށް ސަމާލު ކަން ދެވޭތޯއެވެ.ހިޝާމް އުދަނގުލާއެކު ކުރިއަށް ގެންދިޔައެވެ. ” އައިޝަތު ޝާހިން އަރީފް…19 އަހަރު….އީނާލްއާ އެއް ކުލާހެއްގައި ކިޔަވާ ގާތް ރައްޓެއްސެއް….ބައްޕައަކީ ވިޔަފާރިވެރިއެއް…ބޭބެއެއް ސިފައިންގެ ގޭގައި އުޅުނުކަމަށް ވޭ….6 އަހަރު ކުރީގެ ހާދިސާ ހިނގިއިރު ޝަހީދުވި މީހުންގެ ލިސްޓުގައި ނަން ހިމެނޭ….ޝަހްރާން އަރީފް…..ފަސްޓް ކްލާސް ސާރޖެންޓެއް….” ހިޝާމްގެ ވާހަކަ އެހިސާބަށް ނިންމާލީ އެންމެންގެ ހިތަށް ކޮށްފައިވާ އަސަރު އެނގުމުންނެވެ. ޒައިންގެ އަތަށް ބާރުކުރެވިފައިވާއިރު ރަނާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. އައިޒަންވެސް ޒައިންއާ އެއް ހާލެކެވެ. މާޒީގެ ކަޅު އަނދިރި ސޮފްހާތައް އެއެންމެންގެ ހިތުގައިވެސް ހުޅު ރޯކުރުވައިފިއެވެ.

އަފްލާހް ތެދުވިއެވެ. ކުރަންޖެހޭ ކަންތައްތައް ހަވާލު ކުރުމަށް ފަހު ފަހު ބަސް އިއްވާލިއެވެ” އެންމެންވެސް މާދަމާއަށް ވެވޭ އެންމެ ފުރިހަމައަކަށް ތައްޔާރުވާތި….ދެން އެންމެ ރަނގަޅު ދިޔަޔަސް….ޒައިޝްއާއެކު އެންމެންގެ ކޮޓަރިއަށް..” މީޓިން ނިމުމާއެކު ރަނާ ތެދުވެގެން ދުއްވައިގަތެވެ. އޭނާގެ ފަހަތުން އައިޒަން ދިޔައިރު ހިޝާމަށް ހުރެވުނީ ބަލާށެވެ. ޒައިން އައިސް ކޮނޑުގައި ޖަހާލިއެވެ. “ހިނގާ….” ޒައިންގެ ފަހަތުން ހިޝާމް ހިނގައިގަތެވެ.

ރަނާ ދުވަމުން ގޮސް ކޮރިޑޯއާ ހަމަޔަށް އާދެވުމާއެކު ހުރިތަނަށް ތިރިވިއެވެ. އޭނާގެ ލޮލުން ކަރުނަ އޮހެމުން ދިޔައިރު ހިތުގައި ޝަކުވާތައް ފުނިޖެހެމުންދިޔައެވެ. އައިޒަން އަށް އާދެވުން އިރު ރަނާ ފާރުގައި ބޯ ޖައްސާލައިގެން އިނދެ ރޮނީއެވެ. އައިޒަން ރަނާ ކައިރީ ކުޑަ ކަކޫ ޖަހާލަމުން ރަނާގެނެސް މޭގައި ޖައްސާލިއެވެ. ރަނާގެ ބޮލުގައި ފިރުމަމުން އައިޒަން ބެލީ އޭނަ މަސަލަސް ކުރެވޭތޯއެވެ.” ޝޫޝްޝް…..ދެން ހުއްޓާލަ…..ވެދާނެ އޭނާގެ މަޖުބޫރީއެއް އޮތީކަމަށްވެސް….އޭނާވެސް ބޭނުންވާނެ ރަނާ ކައިރިއަށް އަންނާން….ހާލަތު ތަނެއް ނުދޭނެ ކޮންމެ ކޮންމެ މީހަކަށް…. ރަނާ ރޮމުން ގޮސް މިތަނުގައި ފެން ބޮޑުކޮށްލީމަ މަގޭ މިއޮތް އާ ހުޑީ ތެމޭނީ….އޭރުން ދެރައޭ…..”އައިޒަން އެހެން ބުނުމުން ކަރުނައިގެ ތެރެއިން ރަނާ ހީލިއެވެ. ކަރުނަ ފޮހެމުން އޭނާ އައިޒަންގެ މޭގައި އަތް އަޅުވަލާމުން ދުރަށް ކޮށްޕާލިއެވެ.” އައިޒަންގަނޑާ…..” ރަނާ ހިފީ އައިޒަންގެ ކަންފަތުގައެވެ. އަޒަން ތަދުވާ ކަމަށް ހެދެމުން ރަނާގެ އަތްދަށުން ދުރަށް ދާން މަސައްކަތް ކުރިއެވެ.

މިތަން ބަލަން ޒައިންއާ ހިޝާމް ހުއްޓެވެ. ހިޝާމް ރަނާއާ ދިމާލަށް ބަލަން ހުރެފައި ހިނިތުންވެލިއެވެ. “ރަނާ އަދި ހަމަޔަކަށް އެޅޭނެ…. އިންޝާ ﷲ…..”ޒައިން ހިތްވަރުދޭ ކަހަލަ ގޮތަކަށް ބުނެލިއެވެ.ދެން ވެރިވީ ހިމޭންކަމެވެ. ހިޝާމަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެެވެ. ޒައިންވެސް ހަދާނެ ގޮތް ހުސްވެފައި ކުރިއަށް ހިނގައިގަތެވެ.

އަނެއް ދުވަހުގެ އިރު އެރީ އެކި އެކި ކުލަތަކަށް މަރުހަބާ ކިޔަމުންނެވެ. ރަން ދޯދިތަކުން މޫދު ދިއްލިފައިވާއިރު އެ ހުންނަ ހިތްގައިމު ކަމަކީ ޝާއިރެއްގެ ގަލަމަކަށް ސިފަކުރަން ކުޅަދާނަ ކަމެއް ނޫނެވެ. ހެނދުނުގެ ރީތި ވަގުތުގައި އީނާލް ޝާހިންއާ އެކު މޫދުގައި މަޖާ ކުރަމުން ދިޔައީ ހިޔާލެއް ފިކުރެއް ނެތިއެވެ. އަޑީގައި އުޅެލާފައި އީނާލް ފެނުން މައްޗަށް ބޯ ހިއްލާލާ ވަގުތަކީ ކޮންމެ މީހަކުވެސް ރައްކާކުރަން ބޭނުން ވާނެ މަންޒަރެކެވެ. ޝާހިންވެސް ހީވަނީ ފެނުޕަރީއެއް ހެނެވެ. މޫދުގައި އުޅޭ މަހަކާ އެއްވެސް ތަފާތެއް ނެތެވެ. ދެ ކުދިންގެ މިޒާޖުގައިވެސް އެއްގޮތް ހުންނަ އެއްކަމަކީ ކުޅިވަރެވެ. އެހެން އަންހެން ކުދިންނާ ހިލާފަށް އެމީހުންގެ ޝައުޤުވެރިކަން ހުންނަނީ މިފަދަ ކުޅިވަރުތަކަށެވެ. ދެމީހުން ސަކަރާތް ޖަހަޖަހާފައި ގެނައި ވަޅުފެންފުޅި ގަޔަށް އޮއްސާލިއެވެ. އަދި ގޭ މަގަށް އެންމެ ކުރިއަށް ނިކުތުމަށް ވާދަ ޖަހަން އުޅުނެވެ. 3،2،1 ކިޔާފައި ދެމީހުން ދެ ކޮޅަށް ދުއްވައިގަތެވެ.

ޝާހިން ދުވަމުން ގޮސް ވަނީ ވަލުތެރެއިން މަގަށް އެންމެ އަވަހަށް ދެވޭ ގޮތަށެވެ. މީހެއގެ ހިލަން ފަހަތުން ވާހެން ހީވުމުން ޝާހިން އަށް ދެލޯ ހަނިކޮށްލެވުނެވެ. އެމީހަކަށް ޝައްކު ނުވާނެހެން ޝާހިން މިސްރާބު ބަދަލުކޮށްލިއެވެ. ދޭތެރެއަކުން ގަސްގަނޑެއްގެ ތެރެއިން ދެމިގަތުމާއެކު މީހަކު ޝާހިންގެ އަތުގައި ހިފާ ކައިރީގައި ހުރި ރުކުގައި ތަތްކޮށްލިއެވެ. ޝާހިން އަށް ކަމެއް ކުރެވުމުގެ ކުރިން އެ މީހަކު މޫނާ ކައިރިވެލިއެވެ. ފެނުނު ސޫރައިން ޝާހިންގެ ދެލޯ ބޮޑުވިއެވެ. އޭނާގެ ގައިގައި ހުރި ލެއެއް ކޮލަށް ޖަމާވިއެވެ.

ހިޝާމް އެއްމިޔަކަނިން ހީލިއެވެ.”މިތާ ކީއްތިކުރަނީ؟؟؟…ފީކޯތް ކުޅެނީތަ؟؟؟” ރުކުގައި އަތް ވިއްދާލަމުން ހިޝާމް ބުމައަރުވާލިއެވެ. ލޮލުގެ ހިމަކޮޅުން ޝާހިން ފަހަތުން އައި މާސްކު އެޅި މީހާ ކޮބައިތޯ ބަލާލިއެވެ. ހިޝާމް ފެނުމުން އޭނާ ލަސްލަހުން ފަހަތަށް ޖެހެމުން ގޮސް އޮބައިލައިފިއެވެ. ހިޝާމުގެ ނަޒަރު އަނެއްކާވެސް ހުއްޓުނީ ޝާހިންއަށެވެ. އިސްތަށިގަނޑުން ފެންތިކި ތަޅަމުން ދިޔައިރު މޫނުމަތީ ޝަބްނަމްތަކެއް ފަދައިން ފެންތިކި ވިދަމުން ދިޔައެވެ. ކުރެނގި ދެލޯ ކަހަލަ ލޮލުން ފެންނަނީ ކަނޑުފަދަ ފުންކަމެވެ. ހިޝާމްގެ ހިތް ކޮންޓްރޯލުން ނުނެއްޓި ހުރީ ހަމަ ކިރިޔާއެވެ.

ޝާހިން ފަކީރުގެ ހާލަކީތޯއެވެ. ހިޝާމުގެ ދެލޮލަށް ގެއްލިފައި ހުރިއިރު މިހުރެވެނީ ކޮންތާކު ކަން ވެސް އޭނާ ހަނދާނެއް ނެތެވެ. ހިތެކޭ ޖައްސާފައި ހުރި އިންޖީނެކޭ އެއްވަރެވެ. މީހާގެ ނޭވާ އަވަސްވެފައި ކުރެވެ. ހިޝާމް މަޑުމަޑުން ޝާހިންގެ މޫނއަށް އެޅިފައިވާ ތެތް އިސްތަށިތައް ކަންފަތް ކައިރިއަށް ލައްވައިދިނެވެ. ޝާހިންގެ މޫނުން ތަންކޮޅެއް ވެސް އޭނާއަށް ފަރުދާވާން އޭނާ ނުރުހުނެވެ. އެގޮތަށް ދެމީހުންގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ހިޝާމް ދުރަށް ޖެހިލިއެވެ. ޢެރު ޝާހިންގެ މޫނު ރަތް ކަމުން ގޮސް ސިގްނަލް އެޅޭހާވެއެވެ. ހިޝާމް ހިފަން ނުހިފަން ހުރެފައި އެންމެ ފަހުން ޝާހިންގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ޝާހިންގެ ހިތް އުފަލުން ނަށައިގަތެވެ.

އީނާލް ބޮޑު މަގަށް ނިކުތް އިރު ޝާހިން ފެންނާކަށް ނެތެވެ. ޝާހިން ކޮބައިތޯ ހޯދަނިކޮށް މީހަކު އަނގަމަތީ އަތްއެޅިއެވެ. ލުއިފަތެއް ހެން އޭނާ އަތްދަނޑި މައްޗަށް އުފުއްލާލަމުން އެ މީހަކު ގެގަނޑެއްގެ ފަހަތުގައި ނިވައިވެލިއެވެ. ވިނަތަކުމަތީ އުޑުފައިން އިށީންނަމުން އަތް ދަނޑިމަތީ އިން އީނާލް އަށް އޭޏާ އެއްލޯ މަރާލިއެވެ. އަދި އަޑުމަޑު ކުރުމަށް އިޝާރާތް ކޮށްލިއެވެ. އީނާލް ދެލޯ ބޮޑު ކޮށްލަމުން އޭނާއާ ދިމާލަށް ބަލާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌸Hya

Level 1100 Login10 Stories

As a Teenage Girl ??....I love writing stories??.....Please feel free to comment...I hope my stories bring u joy and happiness??????????

Other Articles

Previous

ބަދަލު 1

Next

ލޯބިވަން ޔާރާއޭ 02

Next
October 4, 2019

ލޯބިވަން ޔާރާއޭ 02

Previews
October 3, 2019

ބަދަލު 1

22 Comments!

  1. jiji says:
    October 3, 2019 at 11:12 pm

    Me first dhw??…alhey v salhi mi bai…too much curiousity…lym hya???

  2. Maya says:
    October 4, 2019 at 12:39 am

    Intresting… ekm warah kuru … ehaa lahun up kuraa iru kuda koh dhigu kohlan feney

  3. Yan says:
    October 4, 2019 at 5:44 am

    Mi part vx varah reethi Hama habeys ??

  4. Meekkomee says:
    October 4, 2019 at 6:46 am

    Mi part ves varah Reethi ingyy ?????? whn is next part ??? waiting for it ??? Ly ❤️❤️❤️❤️???

  5. Kairaa says:
    October 4, 2019 at 8:00 am

    Wowwwwww…mi part vx varah reethi…..whn nxt part…..waitingggg….lysm❤️❤️❤️❤️❤️❤️❤️❤️

  6. Kim taehyung/v/tae tae says:
    October 4, 2019 at 9:27 am

    Wow…..MI PART HAMA KIYAA HITHUN INDHA THI NIMMAALEE… SRORY HAMA HABEYS…. WHEN IS THE NEXT PART DEAR… WAITING…PURPLE U …LYSM …
    XAIN KEEKEY BUNEE SALAAM BUNEEMA?????????????????????????????

  7. Kylie says:
    October 4, 2019 at 9:30 am

    Salhi…. Ekam nxt thankolheh dhigu kohlachey……. Keep it up dear…… ?

  8. Hya says:
    October 4, 2019 at 10:14 am

    Guys….???.dhen oi bai dhigu kohleveytho v masakai kuraanan??…..look forward igeyy…….so happy to see the comments??☺☺☺….love u all…????

  9. Lamko says:
    October 4, 2019 at 10:34 am

    Luv u sis Hya… Kylie buni hn nxt part dhigu kohlaathi… Keep it up dear… Ur good❤️❤️❤️

    1. ?Hya says:
      October 4, 2019 at 10:46 pm

      yes….dhen oi bai dhigu kohdheynan insha allah

  10. sama says:
    October 4, 2019 at 11:19 am

    Vv Reethi mi part Ves
    hurihaa part eh Ves vv Reethi
    adikiriyaa mi comment kolleveyy varuvee
    mi vaahaka nimendhen up kollaane kamah ummeedh kuran
    I really like these type of Stories
    alhugandu ge dream akeeves secret agent aka or sifainge meehakahvun
    mikahala vahakathakun ekamah beynunvaa hihvaraa maulomaath libey
    meege kurinves kihjaku mike haha vaahakaehfeshi ekam nueh nimmaa
    vv Reethi evaahakaves
    andhirifaraai kiyaa vaahaka eh eii
    ummeedh kuran hya mi vaahaka nimendhen genesdheyne kamah
    goodluck and thank you for the Storie
    Den Inn part thankolheh dhigukoh up kolladhechey
    when next part

    1. ?Hya says:
      October 4, 2019 at 10:44 pm

      v ufaa vejeh comment kohleema…yeah…eygen libun insipiration eh but mi story ehves varakah eyaa gulhumeh noanaane…thanks for ur support

  11. Seokjin says:
    October 4, 2019 at 9:25 pm

    Hi… im world wide handsome jin. Reacently i read ur story and im really amazed… i also knew that u are an army… keep it up and good luck for next part. PURPLE U???????????????

    1. ?Hya says:
      October 4, 2019 at 10:45 pm

      hehe….purple u too army….thanks for ur love

  12. Shy-her says:
    October 5, 2019 at 2:08 pm

    V Reethi Mi part vs…. Waiting fr nxt..

  13. Gigi says:
    October 5, 2019 at 6:59 pm

    I recommend you to reply to all comments…..Not only for some comments

  14. ?KOOKIE-OPPA? says:
    October 6, 2019 at 10:42 am

    HYA is an ARMY?…..Mi part vx varah salhi??….hama habeys???…..nxt part dhigu vaane kamah ummeedhu kuran?….Purple?U……waitingg for nxt part…lysm sis….????????????

  15. ❤️lamee❤️ says:
    October 6, 2019 at 1:25 pm

    Varah reethi. Next part dhigkohlahchey

  16. Tae & jin says:
    October 6, 2019 at 3:22 pm

    Wooooooow varahhh varahh salhi we both are and jin really love this with part waiting 4 next part l purple u
    ????????????????????????

  17. Taehyung ?? says:
    October 6, 2019 at 3:25 pm

    Varahh salhi I can’t wait 4 next part
    Purple u
    ????????????????????????

  18. Brownish says:
    October 7, 2019 at 10:35 pm

    When next part
    Vrh reethi ❤️❤️❤️

  19. Kim taehyung/v/Tae tae says:
    October 24, 2019 at 8:09 pm

    Loabi…. Kobaa next part….. Still waiting restlessly….. Can’t forget about xain….. still purple u?????????????????????????

Comments are closed.

Next Episodeޒެރާޝް 6←


All Right Reserved!