Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒެރާޝް 7

🌸Hya Level 1100 Login10 Stories
November 6, 2019 5 Mins Read
30 Comments

މިޒްރާން އީނާލް އަތްދަނޑި މައްޗަށް އުފުލާލިއެވެ.އަދި ކައިރީގައި ހުރި މީހާއާ ދިމާލަށް ދެލޯ އަޅާލިއެވެ.”ކަލެއަށް މި ވަރު ކަމެއް ނުވިތަ؟؟ ކަލޭމެން ހުރެގެން މަށަށް ކޮން ފައިދާއެއް ވަނީ؟؟؟މަށަށް ހުރިހާ ކަމެއް….މަ ނެތިއްޔާ ގަލެއްވެސް ހިއްލާ ނުލެވޭ އެއްވަރުގެ ގަމާރުން….” ބޮޑާ ކަމާ އެކީ މޭ ފުއްޕާލަމުން މިޒްރާން އީނާލް ގޮވައިގެން ދުރުގައި އޮތް ކާރަށް އެރިއެވެ. އެމީހާ ފަހަތުން އައެވެ.

އީނާލްގެ ގޭ ފަހަތުގައި ނިވާވެގެން ހުރި ޒައިންގެ ދެ އަތް މުށް ކެވުނެވެ. ހާލަތު ހުރި ގޮތުން އޭނާ ކެތްތެރި ވިއެވެ. އެހެންނޫންނަމަ އޭނާ މިޒްރާންގެ ދުވަސް ދުއްވާލީހެވެ. އިއަރފޯނުން އޭނާ ރަނާއާ ވާހަކަ ދެއްކިއެވެ. ” ޒާރާ….ޓްރެކް ދެމް….އަހަރެން މިދަނީ އެމީހުން ފަހަތުން…..އެމީހުންގެ ސިސްޓަމް ހެކް ކުރެވޭނެ ގޮތެއް ހޯދީމަ އަވަސް ކުރާތި…ވީ ނީޑް ޔުއާރ ސްކިލްސް…..” ރަނާ ވަގުތު ބޭކާރު ނުކޮށް އޭނާގެ މަސައްކަތް ކުރިއެވެ. “ޒައިން….އެމީހުންގެ ފައިސާ ޓްރާންސްފާރ ކުރަން ގެންގުޅޭ ޑިވައިސް ބޭނުންވާނެ….އައިޒަން ގެންދާ ޕެންޑްރައިވް އެއާ ކަނެކްޓް ކުރޭ…..ލީވް ދަ ރެސްޓް ޓު މީ….” ޒައިން އަށް ޔަޤީންކަން ދެމުން ރަނާ ކޮމްޕިއުޓާރ ކައިރީ ހަމަޖެހިލިއެވެ.

ރިފްޤާ ގެއަށް އައީ ޒައިން ދިޔަތާ އިރުކޮޅެއް ވީ ފަހުންނެވެ. “އީން…” ގޭތެރެއަށް ވަންނަމުން ރިފްޤާ އީނާލް ކޮބައިތޯ ބަލާލިއެވެ. ގޭތެރެއިން ޖަވާބެއް ނައުމުން ރިއުފާ ދިޔައީ އީނާލްގެ ކޮޓަރިއަށެވެ. ރިފްޤާ ހީކުރީ ޝާހިންނާއެކު ދިޔައީ ކަމަށެވެ. ކޮޓަރިން ނިކުންނަން އުޅެނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ކަބަޑު މަތީ އޮތް އީނާލްގެ ފޯނެވެ.އީނާލް އަކީ ފޯނު ނުލާ ބޭރަށް ދާ ކުއްޖެއް ނޫނެވެ. ރިފްޤާ ފޯނު ނެގިތަނާ ރިންގުވާން ފެށިއެވެ ގުޅަނީ ޝާހިންނެވެ. “އީން…..ގުޅާނަމޭ ބުނި މީހާ….އަދިވެސް ފަސް ނުވަނީތަ؟؟ އާދެބަލާ އަވަހަށް… ވަރަށް ބޮޑު ވާހަކަ އެއް އެބައޮތް ބުނަން…” އީނާލް ކަމަށް ހީކޮށް ޝާހިން ވާހަކަ ފަށައިގަތެވެ. “ޝާހީ….ދައްތައޭ މީ….އީނާލް ނެތް ގެޔަކު….ފޯނުވެސް ނުލާ އެދިޔައީ….ކޮންތާކަށް އޭނަ ދާނީ މިގަޑީ؟؟؟؟ދުނިދަނޑި ބޭގް ވެސް މި ތާ މިއޮތީ…” ހާސް ވެފައި ރިފްޤާ ވާހަކަ ދެއްކިއެވެ.

ޝާހިންގެ މެއަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލިހެނެވެ. އީނާލް އާ ކަމެއް ވީ ބާއޭ ހިތަށް އެރުމާއެކު އޭނާ އަށް ހިނގައިގަނެވުނީ ދޮރާ ދިމާލަށެވެ. ހަމަ އެ ވަގުތު ބެލް ޖަހާލިއެވެ. “ޝާހިން…..ދަރިފުޅާ ދޮރު ހުޅުވަން ދޭ ބަލަ…. ބައްޕަ ދުރުވީ ކަންނޭނގެ..” ޝާހިންގެ މަންމަ އަރީނާ ބަދިގެއިން ގޮވައިލިއެވެ.ތެޅި ތެޅި އޮތް ހިތަކާއެކު ޝާހިން ގޮސް  ދޮރު ހުޅުވިއެވެ.ހަމަ އެއާއެކު  އޭނާގެ ދެލޯ ބޮޑުވިއެވެ. “ސަރ….” ޝާހިންއަށް ނުބުނެވެނީސް އޭނާ ގެ މޫނަށް ކުނޑިތަކެއް ބުރުވާލެވުނެވެ. ހަބަރު ހުސްވެގެން އޭނާ ވެއްޓުނީ ލީޑިން ޓީޗަރުގެ އަތްމައްޗަށެވެ. ކައިރީގައި ހުރި މިޒްރާން އޭނާގެ ކޮނޑުގައި ޖަހާލިއެވެ. “އަމްރު….ކަޔެގެ ސަބަބުން އަހަންނަށް ޑީލް މާ ސަޅިކޮށް ލިބުނީވެސް…ކަލޭ ފާތިހު އެ ސްކޫލަށް ނުގެނައިނަމަ މިސަޕްލައި އެއް ނުލިބޭނެ ދޯ….އަވަހަށް ހިނގާ ގެންދަން…ބައްޕަ އުފާ ވާނެ މި ޑީލް ދިޔަ ގޮތުން…..” އަމްރު ބައް ތިރީސް ދަތް ފެންނަވަރުގެ ފުޅާ ހިނިތުންވުމެއް ދިއްކޮށްލަމުން ޝާހިން ނަގައިން ގެންދިޔައެވެ.

މާ އަޑު މަޑު ވުމުން އަރީނާ ސިޓިން ރޫމަށް ނިކުތީ ފާޑަކަށް ހުރެއެވެ. އަރީނާ އަށް ފެނުނީ ޝާހިން ނަގައިގެން ގެންދިޔަ ކާރެވެ. އޭނާގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެނެވެ. “ޝާހިން………” އަޑުގެ ނެތްތަނަށް ހަޅޭލަވައިގަންނަމުން އަރީނާ ދުއްވައިގަތެވެ. އަރީނާގެ ހަޅޭކުގެ އަޑަށް ކާރު ފުލް ސްޕީޑުގައި ނައްޓާލިއެވެ. އަރީނާ އަށް ދެވުނީ ކުޑަ ހިސާބަކަށެވެ. އޭނާގެ ކުރިމައްޗަށް އެރި ކާރުގެ ސަބަބުން އޭނާ އަށް ހުއްޓެވުނެވެ. ކާރުން ފޭބި އަރީފް ހުރީ ސުވާލުމާކު ޖެހިފައެވެ. “އަރީނާ……ކިހިނެއްވީ…. މީ ކޮންކަމެއް؟؟؟” “މަގޭ ދަރި…އަރީފް….ނޭނގެ ކޮންބައެއް ކަމެއް….އެމީހުން ޝާހިން ގެންގޮސްފި……އަރީފް…..އަހަރެމެންގެ ޝާހިން…..އެކުއްޖާ ކާރަކަށް އަރުވައިގެން އެ ގެންދިޔައީ…”އަރީފަށް ޖުމްލަ ފުރިހަމަނުކުރެވެނީސް އަރީނާ އަރީފު ގައިގައި އޮޅުލައިގަންނަމުން ރޯންފެށިއެވެ. އަރީފުގެ މޫނުމަތީ ހީވީ މީހަކު ޖެހިހެންނެވެ. އޭނާ ހުއްޓުން އެރިއެވެ. ހޭވެރިކަން ވީ ވެސް އަރީނާ އޭނާގެ ގައިގައި ހިފައި ތަޅުވައިގަތީމައެވެ.”ސުބުޙާނައްﷲ….” އޭނާ އަރީނާއާއެކު ކާރަށް އެރިއެވެ. ކާރުގެ މިސްރާބު ހުރީ ފުލުސް ސްޓޭޝަނާ ދިމާއަށެވެ.

ރިފްޤާގެ ހިތް ނުތަނަވަސްވިއެވެ. އިރުއޮއްސި ގަޑިން ހަތެއް ޖަހައިފިއެވެ. ޝާހިންއަށް ގުޅުމުން ފޯނެއް ނުނެގިއެވެ އަރީނާ އަށް ގުޅުމުން ލިބުނު ހަބަރުން އޭނާގެ ގައިން ހީބިހި ނެގިއެވެ .އީނާލް އަކީ އިރުއޮއްސުމުގެ ކުރިންގެއަށް އަންނަ ކުއްޖެކެވެ. އަދިވެސް އީނާލް ގެއަކަށް ނާދެއެވެ. ހާސްވީވަރުން އޭނާ އަވަސް ފިޔަވަޅުތއކެއްގައި ގޮސް ކޮޓާރިއަށް ވަނެވެ. ބޮޑު އަލަމާރިހުޅުވާލަމުން އޭނާ ތިރީ ކަބަޑުގެ ތަޅުދަނޑި ނެގިއެވެ. ކަބަޑު ހުޅުވާފައި އޭނާ ނެގީ ފޯނެކެވެ. އޭގަ ސޭވްވެފައި އިނީ އެންމެ ނަމްބަރެކެވެ. ނަމްބަރަށް ފިއްތާލަމުން އޭނާ ފޯނު ކަންފަތުގައި ޖެހިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ރިފްޤާ އަށް އެއްފަހަރުން ކިޔައިލެވުނެވެ. “ރިފާއު…….އީނާލް ގެއްލިއްޖެ…..އަހަރެން ގެއަށް އައިއިރު ނެތް އޭނަ އެއް……އީނާލް ގެންދިޔައީ ކަމެއް ނޭނގެ….ވަރަށް ހިތް ބިރުގަނޭ އެބަ….އީނާލް އަށް ކަމެއް ވެއްޖިއްޔާ އަހަރެން…..” ވާހަކަ ދައްކަމުން ގޮސް ރިފްޤާ އަށް ރޮވުނެވެ. މުށިގަނޑު މަތީ އޭނާ އީށީނީ އަސަރު ކުރިވަރުންނެވެ.

އީނާލް އަށް ދެލޯ ހުޅުވާލެވުނީ ތަނަށް އެޅުނު ގަދަ އައްޔަކުންނެވެ. އޭނާ އިނީ ގޮނޑިއެއްގައި ބަނދެވިފައެވެ. ކައިރީގައި އިން ގޮނޑީގައި ހަމަ އެގޮތަށް ބަނދެވިފައި އިން ޝާހިން ފެނި އޭނާގެ ދެލޯ ބޮޑުވިއެވެ. ޝާހިން ސަލާމަތް ވާން ގަދަ ދައްކަމުން ދިޔައެވެ. އިތުރު އަންހެން ކުއްޖަކުވެސް އީނާލް މެންނާ އެއްހާލެއްގައި އިނެވެ. ނަމަވެސް އޭނާ އިނީ މަސް މަރުވެފައެވެ. މީހާއެކޭ ދިރި ހުރި މައްޔިތެކޭ އެއްވަރެވެ. އީނާލް ހޭއެރިތަން ފެނުމުން ޝާހިން އަޑެއް ލައްވާލިއެެވެ. އަނގަމަތީ ފޮތިގަނޑެއް އެޅިފައިވުމުން ވާހަކައެއ ނުދެއްކުނެވެ.” ފެއަރީސް…..ހޭލީތަ؟؟؟؟” އަޑުއައީ ކުރިމަތިންނެވެ.  އީނާލް ދެލޯ އަޅާލިއެވެ. މިޒްރާން ފަހުރުވެރިކަމާއެކު މޭ ފުއްޕާލިއެވެ. ” ޝުކުރު އަދާކޮށްލަން ބޭނުން….ތި މީހުންގެ ސަބަބުން އަހަރެމެންނަށް ވަރަށް ބޮޑު ފައިދާއެއްވާނެތީ….މިޒްރާން ދެން އެނބުރުނީ ފާތިހު އާ ދިމާލަށް ބަލާލިއެވެ. އީނާލް އަށް ފާތިހު ފެނުމުން ހަނދާން ވީ ޕީއީ ގަޑީ ހިޝާމް އޭނާގެ ބޮލުގައި ބޯޅައިން ޖެހިތަނެވެ. ހީޝާމް އެއަށްވުރެ ބާރަށް ޖެހިނަމައޭ އޭނާ ހިތަށް އެރިއެވެ. “ބޮސް އައިސްފި….” ފާތިހު އެހެން ބުނުމުން މިޒްރާން އީނާލް މެންނަށް ބަލާލީއެވެ.” އެއައީ ތިމީހުންގެ ޓިކެޓް…..އެންޖޯއި…..” ނުލަފާ ފާޑަކަށް ހެމުން އޭނާ ނިކުންނަން ހިނގައިގަތެވެ. ފާތިހު ފަރުވާ ކުޑާ ގޮތަކަށް ބަލާލަފައި ފަހަރުން ދިޔައެވެ. ތިން މީހުން އެކަނިވުމުން އީނާލް ފަހަތަށް އައްސައިފަިއޮތް އަތް ނެގިއެވެ. އަނގަމަތީ އައްސައިފައި އޮތް ފޮތިގަނޑު ނަގަމުން ފައި މިނިވަން ކުރިއެވެ. މިތަން ބަލަން ތިބި ޝާހިން އާއި އެ އަންހެން ކުއްޖާ ދެލޯ ބޮޑު ކޮށްލިއެވެ. އީނާލް އަތުގައި އޮތް ތިލައިން ދެމީހުން މިނިވަން ކުރިއެވެ. “ހައު؟؟؟” ޝާހިން އަށް ފުރަތަމް ވެސް އެހުނީ އެހެންނެވެ. “ސިމްޕަލް…..ހެދުމުގެ އަތުގައި ތިލަ ފޮރުވީ….ބަލާ އަންނާނެ ކަން އެނގޭތީ….” ކުރު ގޮތަކަށް ބުނެލަމުން އީނާލް ހީލިއެވެ. ” ދެން ކިހިނެއް މިތަނުން ނިކުންނާނި؟؟؟” ޝާހިން އެހުމުން އީނަލް ބަލާލީ ދޮރާ ދިމާލަށެވެ.

ކުރިމަތީ އިން މޭޒުގައި އިން ޖޯން ފޮށްޓެއް ދިއްކޮށްލިއެވެ. މިޒްރާން ފާތިހު އަށް އިޝާރާތް ކޮށްލުމުން ފާތިހު އޭ ފޮށިގެ ކޯޑު ޖަހާލިއެވެ. ބޭރު ފޮށްޓެއް ހެން އިންނަ ލެޕްގައި ހުރި ޑޮކިއުމެންޓްސްއާއި ލާރި ޓްރާންސްފަރ ކުރަން ޖެއްސިއެވެ.” ސޯ….ވެއަރ އާރ މައި ގާރލްސް…..މައި ބާރ ކްލައިންޓްސްއަށް ވަރަށް ކަމުދޭ  ކަލޭ ދޭ ދިވެހި ކުދިން….” އިނގެރޭސި ބަހުން ޖޯން  ބުނެލިއެވެ. “އެކަމާ ނުވިސްނާ……މިފަހަރު ވަރަށް ސަޅި ޗިކްސް އެބަހުރި….” ހެމުން މިޒްރާން ޖަވާބު ދިނެވެ. “އައި ޑޯންޓް ތިންކް ސޯ…..ހާދަ ހަމަޖެހިލައިގެންނޭ ދޯ މިތިބީ…. އަޑު އައި ދިމާލާށް މިޒްރާން އާއި ޖޯން ބަލާލި ސިހިފައެވެ. ކަޅު ހެދުމުގައި މޫނު ފޮރުވައިގެން ތިބި މީހުން ފެނި މިޒްރާން ދެލޯ އަޅާލިއެވެ. “ކަލޭމެން ތީ ކޮންބައެއް؟؟ އޭ މިހިރާ ބީތާ ތަކާ….ކބަލަން ތަ ހުންނަނީ….އެމީހުން ހިފަހައްޓާ…..” ގޭންގްގެ މީހުންނަށް މިޒްރާން ހަޅޭލަވައިގަތެވެ. ހުޝިޔާރުވެގެން ހުރި އައިޒަން ގޭސް މުޅިތަނަށް ބުރުވާލިއެވެ. އަރައިގެން އައި ދުމާއެކު ތަނެއް ދޮރެއް ފެންނަ ވަރެއް ނުވިއެވެ. ޒައިން ދުމުގެ ތެރެއިން ލޯ ހޭނިފައިވުމުން އަވަހަށް ގޮސް އީނާލްމެން ތިބި ކޮޓަރީގެ ދޮރު ވައްޓާލިއެވެ. އައިޒަން ގޮސް ލެޕްގައޮ ޕެންޑްރައިވް ޖެހިއެވެ. އަދި ލެޕް ގައި އިން ފައިލްސް ތައް އެކްސެސް ކުރިއެވެ. ހިޝާމް އެމީހުންނާ  ހަމަލާ ބަދަލު ކުރަމުންދިޔައެވެ. ދޮރު ވެއްޓުނު އަޑަށް އީނާލް އެދިމާ ބަލާލިއެވެ.ޒައިން ފެނުމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެއާއެކު އޭނާއަށް ފަހަތުން އައި މިޒްރާން ފެނިފައި ޒައިން އާ ދިމާލަށް ދުއްވައިގަތެވެ. ޒައިންގެ ކޮނޑުގައި އަތް ވިއްދާލަމުން މިޒްރާންގެ ގައިގައި އީނާލް ފައިންޖެހިއެވެ. މިޒްރާން ދުމުގެ ތެރެއަށް ވެއްޓުމުން އީނާލް ޒައިންއާ ދިމާލަށް ބަލާލިއެވެ.. އަނގަމަތި ފޮރުވާފައިވުމުން ނުފެނުނަމވެސް ލޮލުން ޒައިން ހީލިކަން އީނާލް ދެނެގަތެވެ.

“ހޭއި….ކެޗް ދެމް….” ޖޯން ހަޅޭލަވައިގަތް އަޑަށް އައިޒަން ލެޕްއިން ޕެންދްރައިވް ނައްޓާލިއެވެ.” ކަލޭގެ ޑީލްވެސް ދިޔައީ….ކަލޭވެސް ދިޔައީ….” އަތަށް ލެޕްނަގަމުން އައިޒަން ހުރި ބާރެއް ލާފައި ލެޕް ހޫރާލިއެވެ. ފާރުގައި ޖެހިފައި އޭތި ފުނޑުވިއެވެ. ދުމުގެ އަސަރު މަޑުވާން ފެށުމުން ޒައިން ބެލީ ދެން ތިބި މީހުން ބަލި ކުރެވޭތޯއެވެ. ވަރަށް ފޯރީގައި ތަޅާ ފޮޅުން ކުރިއަށް ދިޔަތަނާ ކުއްލިއަކަށް ހުއްޓުމެއް އައީ މިޒްރާންގެ އަޑަށެވެ. އޭރު މިޒްރާން ހުރީ ޝާހިންގެ ކަރުގައި ވަޅި ޖައްސައިގެންނެވެ. ހިޝާމްގެ ލޭ ކެކިގަތެވެ.”މަބުނާ ގޮތް ހަދާ……ނޫނީ….މީނާގެ ދުވަސް ދިޔައީ…. ” ޝާހިންއަށް ބަލަމުން މިޒްރާން އިއްވާލިއެވެ. ޒައިންމެން އުޅުނީ ހަތިޔާރު ބަހައްޓާށެވެ. ނަމަވެސް ދެންވީގޮތަކުން އެންމެންގެ ނޭވާ ހީވީ ހުއްޓުނުހެނެވެ. މިޒްރާން އޮތީ ބިންމަތީ ގައެވެ. ޝާހިން ދެއަތް ފޮޅާލަމުން މިޒްރާންގެ އަތުގައި ހިފައި ހޫރާލިއެވެ.” މާތްކަލާކޯ…..ކަލޭ މަގޭ ލޯ ހަމަތަ؟؟؟” ހިޝާމްއާ ކުރިމަތިލާން ހުރި މީހާ އާޝޯހުވެފައި ބުނެލިއެވެ.” ލޯ ހަމަ…. އެކަމު ކަލޭ ހަމައެއް ނުވާނެ ދެނެއް…” އެމީހާ ގެ ކަނދުރާގައި ކަރަޓޭ ޝޮޓެއް އަޅުވާލަމުން ހިޝާމް ބުނެލިއެވެ. ޒައިންވެސް ބާކީ ތިބި މީހުން ބިމަށް ތިރިކުރިއެވެ.

ފުލުހުން އައުމުން ޒައިން އެތަނުން ދަންނަ ފުލުހަކަށް ހުރިހާ ކަމެއް އޮޅުން ފިލުވައިދިނެވެ. އީނާލްއާއި ޝާހިން އެމީހުންނާ ހަވާލު ކުރަމުން ފުލުހުން އެމީހުން ގެންދިޔައެވެ. އެއަންހެން ކުއްޖާ ވެސް އެމީހުން ގެންދިޔައެވެ. އީނާލް ބަލާލީ ޒައިންނަށެވެ. ޝާހިން ބަލާލީ ހިޝާމަށެވެ

އަފްލާހް އޭނާގެ ކޮޓަރި ސީލިންގްއަށް ބަލަހައްޓައިގެން އޮތީ ނުނިދިފައެވެ. ކުރިމަތީ ހުރި މޭޒުގައި އޮތް މިޝަން ފައިލު ނަގާ ހުޅުވާލަމުން އޭނާ ފަހަރަކު ގަނޑެއް އެއްލަންފެށިއެވެ. ދެތިން ގަނޑަށް ފަހު އޮތް އީނާލްގެ މައުލޫމާތު  ބައިގައި އިން ފޮޓޯގަނޑަށް ނަޒަރު ހިންގާލުމުން އަނެއްކާވެސް އަފްލާހް އަށް އެބަޔަށް ހާއްސަ ސަމާލުކަމެއް ދެވުނެވެ. އެމޫނު ކޮންމެވެސް ތަނަކުން ދުށް ހަނދާނެއް ވިއެވެ. ސިކުނޑިއަށް ބާރުލަމުން އަފްލާހް ފުންކޮށް ފޮޓޯ ގަނޑަށް ބަލާލިއެވެ. އީނާލްގެ ކަރުގައި އިންފަށަށް އޭނާގެ ލޯ ހުއްޓުނެވެ. އަފްލާހް އަތުން ފައިލު ދޫވިއެވެ. ގަބޫލުނުކުރެވިފައި ހުރެ އޭނާ ބިންމަތީ އޮތް ފައިލަށް ބަލާލިއެވެ. ފައިލު ތެރެއިން ވެއްޓުނު ފޮޓޯ ގަނޑު ނަގަމުން އަނެއްކާވެސް އެފޮޓޯގަނޑަށް ބަލާލިއެވެ. އާއެކެވެ. ހަމަ އެފަށެވެ. ދަނބު ކުލައިގެ ޖަވާހިރު ފާޑުގެ އެހެއް ފުލަކަށް އިން އެ ރިހި ފަށަކީ އޭނާގެ މާޒީގެ ތެރެއަށް ގަންބާލި ހަނދާނެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌸Hya

Level 1100 Login10 Stories

As a Teenage Girl ??....I love writing stories??.....Please feel free to comment...I hope my stories bring u joy and happiness??????????

Other Articles

Previous

ލޯބިވަން ޔާރާއޭ 09

Next

ވަޢުދު (ސައްބީސްވަނަ ބައި)

Next
November 6, 2019

ވަޢުދު (ސައްބީސްވަނަ ބައި)

Previews
November 6, 2019

ލޯބިވަން ޔާރާއޭ 09

30 Comments!

  1. Yanaa says:
    November 6, 2019 at 4:37 pm

    Varah?varah?varah?reethi..maa sha Allah..❤❤❤❤writing?for the?next?part.?????

    1. Hya says:
      November 6, 2019 at 8:31 pm

      Hehe…..Thanks….ur adorable???

  2. Meekkomee says:
    November 6, 2019 at 6:02 pm

    Varah varah reethi ingyy mi part ves ❤️❤️❤️❤️❤️?????? whn is next part ??? curiously waiting for it ??????? LYSM ❤️❤️❤️❤️?????

    1. Hya says:
      November 6, 2019 at 8:33 pm

      Coming soon?…..insha Allah….love u too meekkomee???

  3. Kuthoo says:
    November 6, 2019 at 6:47 pm

    Vaahaka V reethi. Ven next episode. Waiting ????????nice work ???

    1. Hya says:
      November 6, 2019 at 8:34 pm

      Thanks a lot???….varah avaha annane dhw….??☺️☺️

  4. Kim taehyung/v/tae tae says:
    November 6, 2019 at 7:32 pm

    My favourite taehyung ge photo cover page ah leema thanks and story hama 1st place…. love it and love xain????????… best of luck for next part.. purple u?????????????????????????????

    1. Hya says:
      November 6, 2019 at 8:37 pm

      Ok????….my sweet tae tae☺️☺️☺️…photo badhaleh nukuranan since u love it so much????…..reethi vikan egunyma v ufaa ves vejje…..purple u????

  5. Kim taehyung/v/tae tae says:
    November 6, 2019 at 7:37 pm

    Then cover page change nukurahchey plz

  6. jiji says:
    November 7, 2019 at 8:55 am

    aaawwwwnn???…Speechless veveyny hama mi vrh ???..hehe..alhe haadha ey furihama ee..every scene is superrr amazing u knw???…I really like this typa storys???..aflaah ge dhari ehbaa eynal aky???..i guess ngey..hama v hyvey ehen..umm cover hama v rythi ingey hya????..n don’t change it plxxx..btw I wanna ask u ingey..do u like blackpink???…i really like dhw n wanna knw u guys like or not..hehe..ly n waiting for the next???

    1. Kim taehyung/v/tae tae says:
      November 7, 2019 at 10:26 am

      I dont like black pink or any girl group in kpop… adu maa thuikoh hunnaa thy…????????

  7. Anonymous says:
    November 7, 2019 at 11:10 am

    Oohh really tae tae..hehe..but i really like both blackpink n bts ngey..hehe..blackpink fans v madhu dhw mithaa??????

    1. jiji says:
      November 7, 2019 at 11:11 am

      ummm thats me

    2. Kim taehyung/v/tae tae says:
      November 7, 2019 at 9:30 pm

      Thanks for the compliment any way….

  8. Yan says:
    November 7, 2019 at 8:14 pm

    Varah reethi Masha Allah ? can’t wait for the nxt part

    1. Hya says:
      November 8, 2019 at 1:03 pm

      Insha Allah???….verysoon….?????????????

  9. Kylie says:
    November 7, 2019 at 8:15 pm

    Wowww…… V reethi mi part vx…… Curiously Waiting fr nxt…. LYSM HYA???

  10. Hya says:
    November 8, 2019 at 1:05 pm

    Jiji???…..thi hama best??…..v ufaa vejh kamu dhiyaee thi….??????

    1. jiji says:
      November 8, 2019 at 1:29 pm

      ❤❤??awwwn…shukuru darlinnn

  11. Hya says:
    November 8, 2019 at 1:06 pm

    Thanks darling???….i hope kylie hiy hama jehey kahala vaahaka akah vaane kamah☺️☺️☺️….love u all my fans?????????????

  12. ~señorita~ says:
    November 9, 2019 at 8:30 am

    Eanaal eii aflaah ge kaakubaa ? Very curious to know that. And vaahaka varah reethi ❤️❤️❤️??????????

    1. Hya says:
      November 10, 2019 at 6:24 pm

      V avaha egeyne???….thanks??????….happy to know that???

  13. ?Hya says:
    November 15, 2019 at 1:40 am

    ????Guys????…..8th episode varah avaha up vaane???☺️☺️☺️….dhen othi kuda kuda inthizaareh?????…..hope to meet ur expectations ????????

    1. Miku says:
      December 18, 2019 at 11:08 pm

      Kobaa vr avahah shey bunyyas adhives nei … dhn up nukuran tha … ehn nuhadhahce ingey hya?….??

  14. Kuthoo says:
    November 16, 2019 at 7:16 pm

    OK. Waiting. ??????

  15. Quiin says:
    November 23, 2019 at 8:56 pm

    Kobaa kn irakun thr up kohlaniii…
    I’m waiting…

  16. Yan says:
    December 3, 2019 at 1:40 pm

    Kobaa mi vaahakaige aneh baa haadha lahey up kuraaleh ????

  17. Kix says:
    December 17, 2019 at 10:52 pm

    Kobaa tha aneh part ..dhn mi story nuliyaniii tha …?

  18. ?Hya says:
    February 12, 2020 at 8:20 pm

    Guys…..wait a bit longer….im facing hardships and i really need ur wishes…i won’t give up on my story…..

    1. Kix says:
      February 17, 2020 at 6:33 am

      Oh ehnthr … okay … ❤

Comments are closed.

Next Episodeޒެރާޝް 8←


All Right Reserved!