ރާސްތާ2 ތޭރަވަނަބައި
އަކްމަލްގެ އެދުމާ އެއްބަސް ވުމުގެ ގޮތުން ޔޫސުފް އަދި އަލްޔަސް ބޯޖަހާލިއެވެ. އަކްމަލް އެދެކުދިންނަށް ޝުކުރު އަދާކުރިއެވެ. އާރާޝްގެ ފަރާތުން އެރޭ އަލްޔަސް ގިނަ ތައުރީފު ލިބުނެވެ. އަލްޔަސް އާރާޝް އަދި ޔޫަސުފްއާ މެދު ދެކެމުން އައި ގޮތްވެސް ކޮންމެސް ވަރަކަށް ބަދަލުވިއެވެ.
*******
ދެކުލަބާއެކު ކުރެވުނު މަޝްވަރާ ތަކަށް ފަހު ބޮޑު އަގުގައި ޔޫސުފް އަދި އަލްޔަސް އަކްމަލްގެ ކުލަބާ ގުޅުނެވެ. ފަހުގެ ތާރީޚެއްގައި ދެކުޅުންތެރިއަކަށް އެންމެ ބޮޑު ހޭދައެއް ކުރި ދެކުޅުންތެރިންނަށް އަލްޔަަސްއާ ޔޫސުފް ވެގެން ދިޔައެވެ. ކުޅިވަރު ޚަބަރުތަކުގެ ފަލަ ސުރުޚީއަށް ދެކުޅުންތެރިން އެރިއެވެ. އަލަށް ގުޅުނު ކުލަބްގެ ކުޅުންތެރިންނާ ސަޕޯޓަރުންގެ ފުރިހަމަ ތާއިދު ދެކުޅުންތެރިންނަށް ލިބުނެވެ. އަލްޔަސްގެ ކުރީގެ ޓީމުގެ ކުޅުންތެރިން އޭނާ ޓީމު ބަދަލުވީތީ އެކަމާ ދެރަވެ ހިތާމަ ފާޅުކުރިއެވެ. ޚާއްސަކޮށް ޒެވިޔަންްެއެވެ. ޒެވިޔަން ސޯޝަލް މީޑިއާގައި އަލްޔަސްއަށް ބޮޑު ޕޯސްޓެއް ކުރިއެވެ. އަލްޔަސް ދާތީވެ އެކަމާ ދެރަވާކަމަށާއި ނަމަވެސް އަބަދުވެސް އޭނާ އެދެނީ އަލްޔަސްއަށް ކާމިޔާބީއަށް ކަމަށެވެ. އެދެމީހުން އެކުގައި ޓްރެއިނިން ތަކުގައި އަދި މެޗުތަކުގައި ނަގާފައި ހުރި ފޮޓޯތައް ހިއްސާ ކުރުމާއެކު ގިނަބައެެއްގެ ލައިކްތައް ލިބުނެވެ. ދެ “ބެސްޓް ފްރެންޑު”ންގެ ވަކިވެ ދިއުމުން ގިނަ ބަޔަކު ހިތާމަ ފާޅުކޮށްފައި ކޮމެންޓްކޮށްފައި ހުއްޓެވެ. ޚާއްސަކޮށް އަލްޔަސް ކުރީގެ ކުލަބްގެ ސަޕޯޓަރުންނެވެ. އަލްޔަސްއާ ޒެވިޔަންއަކީ ދަނޑުމަތީގައިވެސް އެންމެ ގުޅުން ރަނގަޅު ދެކުޅުންތެރިންނެވެ. ދެކުޅުންތެރިން އެކުގައި އުފައްދާ ހަމަލާތައް ގިނަ ފަހަރު ނެރެން ޖެހެނީ ގޯލުގެ ތިން ދަނޑީ ތެރެއިންނެވެ.
އަލްޔަސްއާ ޒެވިޔަން ތިބީ، ޒެވިއަންމެން ގޭގައެވެ. އަލްޔަސް ދާތީވެ ޒެވިޔަންގެ ފަރާތުން ދޭ ކެއުމެއް އެރޭ އެގޭގައި އޮތީއެވެ. އެރޭގެ އެކެއުމުގައި އެޓީމުގެ އިތުރު ކުޅުންތެރިންވެސް ބައިވެރިވިއެވެ. އެކުޅުންތެރިންވެސް އަލްޔަސް ޓިމު ދޫކޮށްލުމުން ތިބީ ދެރަވައެވެ. އެންމެން އެކުގައި ކައްކާއިގެން ކައިގެން ސަކަރާތް ޖެހުމަށްފަހު ދިހައެއް ޖެހުމުން އަލްޔަސް ފިޔަވާ އެންމެން ގެއަށް ދިޔައެވެ. އަލްޔަސް މަޑު ކުރީ ޒެވިޔަންއާ އެކު އެކަނި ވަގުތު ކޮޅެއް ހޭދަކިރާށެވެ. އޭނާގެ ސިކުނޑީގައި ބައިވަރުކަންކަން ހިނގަމުން ދާތީ ޒެވިޔަންއާ އެކަންތައް ހިއްސާކޮށް ސިކުނޑިއަށް ލުއިކަމެއް ހޯދަން އޭނާ ބޭނުމެވެ. ކިތަންމެ ގާތް އެކުވެރިންނަށް ވިއަސް އަދިވެސް އަލައިކާއާ ޒެވިޔަންއާ ދެމެދު އޮތީ ކޮންކަމެއް ކަމެއް އަލްޔަސް އަކަށް ނޭންގެއެވެ. އެރޭގައި ވީ ގޮތް ޒެވިޔަން ގާތު އަހަން އުޅެފައި ފަހުން އަލްޔަސް ހަނދާން ނެތުނީއެވެ. ޒެވިޔަންވެސް ފަހުން އެވާހަކަ ނުދައްކައެވެ. “ޒެވް. ސުވާލެއްް ކޮއްލަންތަ؟ ޒެވްއާ އަލްއާ އޮތީ ކޮންކަމެއް؟” އަލްޔަސްގެ ސުވާލުން ޒެވިޔަންގެ މޫނު މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ކުރީގެ ހަނދާންތައް ސިކުނޑީގައި އާވާން ފެށުމާއެކު ދެލޯމަރާލެވުނެވެ. އަލައިކާއާ މެދު ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމާއެކު މެއިން ތޫނު ދިލައެއް ނަގައިގެން ދިޔައެވެ. “މައި އެކްސް” އެއްވެސް އަސަރެއް ނެތް ގޮތަށް ޒެވިޔަން ބުންޏެވެ. އަލްޔަސް ފާޑަކަށް ހުއްޓުން އަރާފައި ހުރެފައި އޯއޭ ބުންޏެވެ. ޒެވިއަން ބޯ ޖަހާލުމަށްފަހު އިސްޖަހާލިއެވެ. “އަލް އެއީ އަސްލު ވަރަށް ސްޕެޝަލް ކުއްޖެއް. ވަރަށް ލޯބި ކެއަރިން. ޝީ ލަވްޑް މީ ހޯލްހާރޓެޑްލީ. އެކަމަކު އަހަރެން އެ ނާޒުކު އަންހެންކުއްޖާގެ ހިތްހަލާކު ކޮށްލީ. ލޯބިވާ ކަމަށް ދަޅަދެއްކީ. އަސްލު ބެޓެއް ކާމިޔާބު ކުރަން ވެގެން. ފައިވް މަންތްސް ވަންދެކަށް އެކީގަ އުޅެފަ، އައި ބްރޯކް ހާރ ހާޓް. އޭރު އެކައްޗެކޭވެސް ހިތަކަށް ނާރާ. އެކަމު މިހާރު ދެރަވޭ. އަލް ފެނުނީމަ ހިތަށް އަރާ މާފަށް އެދެންވެސް. އަލް ކަހަލަ ކުދިން މިހާރު ވަރަށް މަދުވާނެ. އަލްއާ ވަކިވި ފަހުން އެނގުނީ އެއީ ކިހާ ޕްރިޝިއަސް ކުއްޖެއްކަން. އަމިއްލަ ނަފްސުދެކެ ރުޅި އާދެވޭ އަލްއަށް އެހެން ހެދުނީމަ. އެރޭގަ އަލް ފެނުމުން ހިތުގައި ކަފުންކޮށްފައި ހުރި ހުރިހާ އިހްސާސްތަކެއް ހޭލިހެން ހީވީ. އަދި މިހާރު ޖޮބްގެ ގޮތުން އަލް އަހަރެން ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކު ހިތަށް އުނދަގޫވޭ. އަލުން އަނބުރާ އެ އަންހެން ކުއްޖާ އަހަރެންގެ ހަޔާތަށް ގެންނަން ބޭނުން. ކިތަންމެ ހިތް އެދުނަސް އެއީ ނުވާނެ ކަމެއް. އަލްގެ އިތުބާރު ނަގާލީ އަހަރެން އަމިއްލައަށް. އެކުއްޖާ ރޮއްވާލާ ހިތް ހަލާކުކޮށްލީވެސް އަހަރެން. އެންޑް އިޓް ހާރޓްސް ނައު. އެދުވަހު އެހެން ނުހެދުނު ނަމައޭ ހިތަށް އަރާ. އެބެޓް ދުވަހަކުވެސް ނުކުރެވުނު ނަމައޭ!” ޒެވިޔަން އޭނާގެ ހިތުގައިވި ހުރިހާ އުދާސްތަކެއް ބޭރުކޮށްލިއެވެ. އަލައިކާއަށް ހެދުނު ގޮތުން މިއަދު އޭނާ ދެރަވެ ހިތާމަ ކުރެއެވެ. ހަޔާތުގައިވެސް ހެދުނު އެންމެ ބޮޑު ގޯހަކީ އަލައިކާ ދޫކޮށްލެވުމެވެ. އެހެން ނުހެދުނުނަމައޭ އެތައް ފަހަރަކު ހިތަށް އަރައެވެ. ފަހަކަށް އައިސް އަލައިކާގެ ޚިޔާލުތަކުން އޭނާގެ ނިދިވެސް ނަގާލައެވެ. އަލައިކާ ގާތުން މާފަށް އެދެން ކިތަންމެ ބޭނުންވިނަމަވެސް އެހިތްވަރެއް ނެތެވެ. މާފު ހައްގުވާވަރަށް ވުރެއް ބޮޑަށް އޭނާ ވަނީ އަލައިކާ ހިތުގައި ޖައްސާފައެވެ. ޒެވިޔަންގެ ދެލޯ ކަރުނައިން ތެމުނުއިރު ލޮލުގައި ރަތްކަމެއްވެސް ވިއެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ ތަސްވީރެވެ. މޫނު މިލާ މޯޅިވެފައި ތަނެވެ. ޒެވިޔަން ފެންނަ ކޮންމެ މީހެއްގެވެސް ހިތަށް އަސަރު ކުރާނެކަން ޔަގީނެވެ.
ޒެވިޔަންގެ ހާލު ފެނިފައި އަލްޔަސް އޭނާ ދައްކަން ހުރި ވާހަަކަތައް ހިންދާލިއެވެ. އޭނާ ދައްކަން އޮތީ އަލައިކާގެ ވާހަކަ ކަމުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އަލްޔަސްއަށް ވިސްނުނެވެ. ޒެވިޔަން އަލައިކާގެ ހިތް ހަލާކުކޮށް ލުމުން ޒެވިޔަންދެކެ އަލްޔަސްއަށް ރުޅިއާދެވުނެވެ. އެއްޗިހި ކިޔާ އިތުރަށް ޒެވިޔަން ދެރަކުރަން ބޭނުންވިއެވެ. އަލައިކާއަށް ވޭނާ ހިތާމަ އަދި ކެކުޅުން ދިނީތީވެ އެކަމުގެ އަދަބު ޒެވިޔަންއަށް ދޭން ބޭނުންވިއެވެ. “ޒެވް. އިފް ޝީ ލަވްސް ޔޫ، ޝީ ވިލް ފޮގިވް ޔޫ” ހިތުގައި ކޮންމެ އެއްޗެއް އޮތް ނަމަވެސް އަލްޔަސްއަށް ބުނެވުނީ އެހެންނެވެ. އަލައިކާގެ ކިބައިން މާފަށް އެދުމަށް އަލްޔަސް ޒެވިޔަން ގާތު ބުންޏެވެ. ހަގީގީ ލޯބިވާނަމަ އަލައިކާ މާފުކޮށް އަލުން ޒެވިޔަންއާ ގުޅޭނެ ކަމަށްވެސް ބުންޏެވެ. އަލްޔަސްގެ ވާހަކަތަކު.ް ޒެވިޔަންއަށް ހިތްވަރު ލިބުނެވެ. އަލައިކާ ގާތުން މާފަށް އެދި އޭނާ އަލައިކާއާ ގުޅެން ބޭނުންވާކަން ހާމަކުރަން ޒެވިޔަން ބޭނުންވިއެވެ.
ޔާޒްއާ އައިރާ ނާންނާތީވެ މިހާރު އެކީ ސަކަރާތްޖަހާ ހަދަނީ އަލައިކާއާ ނަވާރް އަދި ޔޫސުފްއެވެ. އެކީގައި އުޅުމުގެ ސަބަބުން ނަވާރްއާ ޔޫސުފް ގާތް ރަހްމަތްތެރިންނަށް ވިއެވެ. އެހެންވިއަސް ދެކުދިން އެކަކު އަނެކަކަށް ކުރާ ޖެއްސުން ހުއްޓައެއް ނުލައެވެ. ނަވާރްއަށް އުނދަގޫ ނުކޮށް ޔޫސުފްއަކަށް ނުހުރެވެއެވެ. ނޭންގިނަމަވެސް ޔޫސުފްގެ ހިތުގައި ނަވާރްއަށް ޚާއްސަ ޖާގައެއް ދެވެމުން ދިޔައެވެ. ޔާޒް ނަވާރްއާ މެދު ދެކޭ ގޮތް އެނގިހުރެވެސް ޔޫސުފްއަށް ނަވާރް ކަމުދާން ފެށިއެވެ. އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް ނަވާރްއާ ބާއްވަމް ހިތް އެދެވެން ފެށުނެވެ.
ފިރިހެން ކުއްޖަކަށް ހިތުން ދުވަހަކުވެސް ނުދެވޭ މަގާމް ނަވާރް ޔޫސުފްއަށް ދެވުނެވެ. އެހެން އަންހެން ކުދިން ފަދައިން ނަވާރްވެސް ޔޫސުފްގެ ޖާދޫގައި ޖެހުނެވެ. ނަމަވެސް ތަފާތަކީ އެހެން ކުދިން ޔޫސުފްއާ ހެދި އުޅެނީ އޭނާގެ ރީތިކަމާ މަޝްހޫރުކަމަށް ޓަކާއެވެ. ނަވާރްއަށް ގަޔާވެވުނީ ޔޫސުފްގެ އެހުންނަ މަޖާ މިޒާޖާއި އަޅާލުމައި އޯގާތެރިކަމަށެވެ. ފޮނިކަމަށް ހެދިގެން އުޅުނަސް ޔޫސުފްއަކީ ތަނަވެސް ވެރި ހިތެއްގެ ޒުވާނެއްކަން ޔޫސުފްއާ އެކީ އުޅުމުން ނަވާރްއަށް އެނގުނެވެ. އެކަކު އަނެކަކަށްޓަކައި ދެޒުވާނުންގެ ހިތުގައި ނޭންގޭ އިހްސާސްތަކެއް އުފެދެމުން ދިޔައެވެ. ދުލުން ނުބުނި ކަމުގައިވިއަސް ބަދަލުކޮށްލާ ނަޒަރުތަކުން ދެހިތުގެ އަޑު އިއްވަމުން ދިޔައެވެ.
ޒެވިޔަން އިންސްޓަގްރާމްއިން މެސެޖް ކުރުމުން އަލައިކާއަށް ހައިރާންކަ ލިބުނެވެ. މަސައްކަތާ ގުޅޭ ގޮތުން ނޫނިއްޔާ އެދެމީހުން ވާހަކައެއް ނުދައްކައެވެ. މެސެޖް ބަލަން ނުބަލަން ހުރެފައި އަލައިކާ އެންމެ ފަހުން މެސެޖް ބަލާފައި ޖަވާބު ދިނެވެ. ޒެވިޔަން ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނުމުން ދޭނެ ޖަވާބެއް އަލައިކާއަކަށް ނޭންގުނެވެ. ވަރަށް ވިސްނުމަށް ފަހު އެންމެ ރަނގަޅުކަމަށް ބުނެފައި ދާންވީ ތަން އެހިއެވެ. ޒެވިޔަން ތަނާ ގަޑި ބުނުމުން އަލައިކާ އޯކޭއޭ ޖަހާފައި ޖަވާބުދިނެވެ.
ތާނިޔާ ކުޅޭ ފިލްމުގެ ޝޫޓިންއަށް ދެތިން ދުވަހު އަލްޔަސް ދިޔައެވެ. ލަމާންއާ ތާނިޔާ ގައިގޯޅިވެފައި އުޅުނު ގޮތުން އަލްޔަސް އެހާ ގަޔައެއް ނުވިއެވެ. ލަމާންއާއެކީ ތާނިޔާ އުޅުނު ގޮތަށް ތާނިޔާ އޭނާއާ އެއްކޮށްވެސް ނޫޅެއެވެ. އަލްޔަސް ހިތްހަމަ ނުޖެހުނު ނަމަވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ ކުރިމަތީގައި ތާނިޔާ ލަމާންއާ އެހާ ގާތްކޮށް އުޅުން ކެރުމުން އަލްޔަސް އަޖައިބުވިއެވެ. ލަމާން ތާނިޔާގެ ކަންފަތްދޮށުގައި އޭނާއަށް ބަލާފައި ކޮންމެސް އެއްޗެކޭ ބުނެފައި ހީގަތެވެ. ތާނިޔާވެސް އޭނާއަށް ބަލާލާފައި ހީލިއެވެ. އަލްޔަސް ނޭންގޭ ކަމަށް ހަދާފައި އޭނާގެ ފޯނާ ކޮޅެން އިނެވެ. ޝޫޓިން ނިމުމާއެކު އަލްޔަސްއާ ތާނިޔާ ދިޔައީ ރެސްޓޯރަންޓަކަށެވެ. އަލްޔަސް ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް އެކަން ނުދައްކާ ހިނިތުންވެފައި އަލްޔަސް ތާނިޔާއާ ވާހަކަ ދެއްކިއެވެ.
ޒެވިޔަންއާ އެއްކޮށް ރެސްޓޯރަންޓަށް ވަދެގެން ދިޔަ އަލައިކާއަށް މީހުންގެ ނަޒަރުތަކުން އުނދަގޫވަމުން ދިޔައެވެ. އޭނާގެ މޫނަކީވެސް މިހާރު އާންމުންނަށް އާ މޫނަކަށް ނުވާނެއެވެ. ޒެވިޔަންއާ އެއްކޮށް ދިއުމުން އިތުރަށް މީހުންގެ ލޮލުގައި އަޅައިގަންނަލެެއް ބޮޑެވެ. އިސްޖަހައިގެން ޒެވިޔަން ފަހަތުން ހިނގަމުން ގޮސް ޒެވިޔަން އައިސް މަޑުކޮށްލި މޭޒުގައި އިށީނެވެ.
ޒެވިޔަންއާ އަލައިކާ ވަދެގެން ދިޔަތައް ފެނުނެވެ. އަލްޔަސްވެސް ތާނިޔާ އަތުގައި ހިފައިގެން ގޮސް ޒެވިޔަންމެން ފަހަތުން ވަނެވެ. ތާނިޔާއާ އަލްޔަސް ވަނުމުން އެތާ ތިބި އެންމެން ކަހަލަ ގޮތަކަށް އެދެމީހުންނަށް ބަލަން ތިއްބެވެ. ބައެއް ޒުވާނުން އެދެމީހުންނާ އެއްކޮށް ސެލްފީ ނަގަން ވެސް އައެވެ.
އަލްޔަސް ގޮސް އިށީނީ އަލައިކާއާ ޒެވިޔަން ތިބި މޭޒު ފެންނަން ހުރި މޭޒެއްގައެވެ. ޒެވިޔަން އިން ގޮތުން އަލްޔަސް ނުފެނުނު ނަމަވެސް އަލައިކާ ރަނގަޅަށް ބަލާފިއްޔާ ފެންނާނެއެވެ.
ޒެވިޔަންގެ އެދުމަށް އަލައިކާ އައިތީވެ ޒެވިޔަން ޝުކުރު އަދާކުރިއެވެ. އަލައިކާ އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުންޏެވެ. ވެއިޓަރު އައިސް އޯޑަރު ނަގައިގެން ދިއުމުން ޒެވިޔަން އޭނާ ދައްކަން އުޅުނު އަސްލު މަޢުލޫއަށް ޖެހިލިއެވެ. ފުރަތަމަވެސް އަލައިކާގެ ކިބައިން ޒެވިޔަން މާފަށް އެދުނެވެ. އަލައިކާ އިސް އުފުލާލާފައި ޒެވިޔަންއަށް ބަލާލި ވަގުތު އެމީހުއްގެ ފަހަތުގައި ހުރި މޭޒުގައި ތާނިޔާއާ އެއްކޮށް އިން އަލްޔަސް ފެނުނެވެ. މޭގައި ކޫރުމެެއް އެޅިގެން ދިއުމާއެކު އަލައިކާގެ ލޮލަށް ކަރުނަ ޖަމާވާހެން ހީވިއެވެ.
އަލައިކާގެ ލޮލަށް ކަރުނަ ޖަމާވާން ފެށުމުން ޒެވިޔަން ހީކުރީ އެއީ އޭނާ މާފަށް އެދުމުން ވީ ގޮތެއް ކަމަށެވެ. ދެއަތް މުއްކަވާލެވުމާއެކު ގޮނޑީގެ އަތްގަނޑުގައި ޒެވިޔަންއަށް ޖަހާލެވުނެވެ. “ޔަން. އެއީ މާ ކުރީގެ ކަމެއް. އޭރު އަހަރުމެން ދެމީހުންނަކީވެސް އަދި ކުޑަކުދިން. މާފު ދިނުމަކީ ފަސޭހަކަމަށް ނުވިއަސް ޔަންއަށް މާފުކޮށްފިން. ވަރަށް މަދު މީހުންނޫނީ ތިގޮތަށް މާފަށް ނޭދޭނެ” އަލައިކާގެ ޖަވާބުން ޒެވިޔަންގެ ހިތް އުފަލުން ނަށާލިއެވެ. އަލައިކާ ގާތު އޭނާއާ އަލުން ގުޅެން އަހަން ލިބުނު ހިތްވަރަކަށް އެޖަވާބު ވެގެން ދިޔައެވެ.
ޒެވިޔަންއާ އަލައިކާއާ ދެމެދު ދެކެެވެނީ ކޮންވާހަކައެއްކަން ނޭންގޭތިވެ އަލްޔަސް ހުރީ ނުތަނަވަސްވެފައެވެ. ޒެވިޔަންއާ އަލައިކާ އަލުން ގުޅިދާނެތީ އަލްޔަސް ބިރުގަތެވެ. ބިރުން ގަންނަންވީ ކޮން ކަމަކާ ކަމެއް ޚުދު އަލްޔަސް އަކަށް ވެސް ނޭންގެއެވެ.
އަލައިކާ ދޭތެރެއަކުން އަލްޔަސްމެން ތިބި މޭޒަށް ނަޒަރެއް ހިންގާލައެވެ. ޒެވިޔަން ވާހަކަ ދެއްކި ނަމަވެސް މާބޮޑު ސަމާލުކަމެއް އަލައިކާއަކަށް ނުދެވެއެވެ. ޒެވިޔަން ދެތިން ފަހަރު އަލައިކާއަށް ގޮވާލުމާއެކު ސިހިފައި ކީކޭ ހެއްޔެ ބުންޏެވެ. “ޒެވިޔަން މިބުނީ އަލް އަލުން ޒެވިޔަންގެ ހަޔާތަށް އައިސް ދޭނަން ހެއްޔޭ؟” ޒެވިޔަން ކުރި ސުވާލުން އަލައިކާ ކުށި އަރައިގެން ދިޔައެވެ. ޒެވިޔަން ފެންތަށި ދިއްކޮށްލުމާއެކު އެއް ނޭވާއިން ދަމާ ހުސްކޮށްލިއެވެ. “ވިސްނާލާފަ ޖަވާބެއް ދިނަސް އޯކޭ. އަލްގެ ކޮންމެ ޖަވާބަކަށްވެސް ރެސްޕެކްޓް ކުރާނަން” އަލައިކާގެ މަޑު އަތް ތިލާގައި ހިފާލަމުން ޒެވިޔަން ބުންޏެވެ. އަލައިކާ ބޯޖަހާލިއެވެ. ކިތަންމެ ވިސްނި ނަމަވެސް އަލައިކާގެ ޖަވާބަކަށް ވާނީ ނޫނެކެއެވެ. ދުވަހެއްގެ ކޮޅުންވެސް އަލުން އަނބުރާ ޒެވިޔަންގެ ހަޔާތަށް އެނބުރި ދާކަށް އަލައިކާ ބޭނުމެއް ނޫނެވެ. ވެއިޓަރު ބިލް ގެނައުމާއެކު ބިލް ދައްކާފައި ޒެވިޔަން ދާން ތެދުވިއެވެ.
ޒެވިޔަންއަށް އަލްޔަސްއާ ތާނިޔާ ފެނުމުން ވާހަކަ ދައްކަން މަޑު ކުރިއެވެ. އަލައިކާއަކީ ޒެވިޔަންގެ ގާލްފްެރެންހޭ ތާނިޔާ އެހުމުން އޭގެ ޖަވާބު އެންމެ އިނގެން ބޭނުންވީ އަލްޔަސްއެވެ.
އަލްޔަަސްއަށް ބަލާލުމަށްފަހު އަލައިކާ ތާނިޔާ ކުރި ސުވާލުވެ ޖަވާބުގައި އާއެކޭ ބުންޏެވެ. ޒެވިޔަން ހައިރާންވެފައި އަލައިކާއަށް ބަލާލުމާއެކު އަލައިކާ ޒެވިޔަން އަތުގައި ހިފާލާފައި ހިނިތުންވެލިއެވެ. ވީ އުފަލެއްގެ ބޮޑު ކަމުން ޒެވިޔަން ބޭނުންވީ އަލައިކާ ގެނަސް އޭނާގެ މޭތެރޭގައި ބޮނޑިކޮށްލާށެވެ.
އަލްޔަސްގެ ހިތްއެކީ މާޔޫސްވިއެވެ. އަޑުއަހަން ބޭނުންނުވި ޖަވާބު ލިބުމާއެކު ގަދަކަމުން ހިނިތުންވެލާފައި ޒެވިޔަންއަަށް މަރުހަބާކިޔެވެ.
“އަލް އާ ޔޫ ޝުއަރ؟” އަލައިކާ ގޭކުރިމަތީ ކާރު މަޑުކޮށްލުމަށްފަހު ޒެވިޔަން އަހާލިއެވެ. ޒެވިޔަންއަށް ބަލާލުމަށްފަހު އަލައިކާ ބޯޖަހާލިއެވެ. “ގުޑް ނައިޓް ޔަން” އަލައިކާ ގޮސް އެތެރެއަށް ވަންނަންދެކަން ޒެވިޔަން މަޑުކޮށްގެން ހުއްޓެވެ. އޭނާގެ ތުންފަތް މަތީގައި ފުޅާ ހިނިތުންވުމެއް ވިއެވެ.
އަލައިކާ ގެއަށް އައިއިރު އިޝްމާ ނިދަން ނުވަދެ އިނެވެ. އަލައިކާ ދިޔަ ގޮތަށް ގޮސް ސޯފާގައި އިން އިޝްމާގެ އުނގުގައި ބޯއަޅައިގެން އޮށޯތެވެ. އިޝްމާ ކިހިނެއްވީތޯ އެހުމުން އަލައިކާ ފުން ނޭވައެއް ދޫކޮށްލިއެވެ. “އެއް ފަހަރު ބިޓްރޭ ކިރާ މީހަކަށް ޓްރަސްޓް ކުރެވިދާނެތަ؟ މި ބުނީ އެއް ފަހަރު ހިތް ހަލާކު ކޮށްފަ ވިސްނިގެން އަނބުރާ އައިސް ދާނެތަ؟” އަލައިކާގެ ސުވާލުން އިޝްމާގެ ހަނދާނަށް އައި އޭނާއާ އަކްމަލްއެވެ. މާޒީގެ ހަނދާންތައް އާވުމައެކު އިޝްމާއަށް ހިނިތުންވެވުނެވެ. “އެވެސް ވެދާނެ ގޮތެއް ކިހިނެއްވީ؟” އަލައިކާ އޮތް ގޮތަށް އޮވެ ޒެވިޔަންގެ ވާހަކަ އިޝްމާއަށް ކިޔައިދިނެވެ. ކުރިން ނުބުނެވުނީތީވެ އިޝްމާ ގާތުން މާފަށްވެސް އެދުނެވެ. އިޝްމާ އެހީ އަލައިކާ މިހާރުވެސް ޒެވިޔަންދެކެ ލޯބިވޭތޯއެވެ. އަލައިކާ ވަކި ޖަވާބެއް ނުދެއެވެ. ފުރަތަމަ ފަހަރަށް އިޝްމާ އަލައިކާއަށް އޭނާއާ އަކްމަލްގެ މާޒީ ކިޔައިދިނެވެ. ބައްޕަ ފަދައިން ޒެވިޔަންއަށް ވެސް ވިސްނުނީ ކަމަށް މަންމަ ބުނުމުން އަލައިކާ ގަބޫލު ކުރިއެވެ.
އައިރާއާއި މެދު ވިސްނަން ހަދައިގެން ޔާޒްގެ ނިދިވެސް ވަނީ ގެއްލިފައެވެ. އައިރާ ޝާރިމްއާ ކައިވެނިކޮށްފިނަމަ އުޅޭނެ ގޮތް ހިތަށް އަރުވާލިއަސް ޔާޒްގެ ސިކުނޑި ސުމަކަށް ދާވަރުވެއެވެ. ޝާރިމްގެ ކިބައިން އައިރާ ސަލާމަތްކޮށްދޭން އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އައިރާއާ މެދު ކަންބޮޑުވެފައި ހުއްޓާ އަލައިކާ އަލުން ޒެވިޔަންއާ ގުޅުމުން އޭނާގެ ބޮލުގެ ރިހުން އިތުރަށް ގަދަވިއެވެ. އަލައިކާއާ އައިރާ އުޅެނީ އަމިއްލަ ހިތް ހަލާކު ކުރާނެ ގޮތެއް ނޭންގިގެންކަން ހިތާހިތުން އެއްބަސްވިއެވެ. އައިރާއާ އަލައިކާއާ ހެދި ނަވާރްއާ މެދި ވިސްނާނެ ވަގުތެއް ޔާޒްއަކަށް ނުވެއެވެ. އެހެނަސް ފަހަކަށް އައިސް ޔޫސުފްއާ ނަވާރްގެ އަމަލުތައް އޭނާއަށް އަންނަނީ ފެންނަމުންނެވެ. ނަވާރް އުޅޭ ގޮތުން ޔޫސުފްއާ ގަޔާވާހެން ހީވެއެވެ. ޔޫސުފްވެސް ނަވާރްއާ ގަޔާވާހެން ހީވެއެވެ. އެހެނަސް އެކަމަށް ވުރެ ބޮޑަށް އޭނާގެ ސިކުނޑީގައި ހިނގަމުން ދަނީ އައިރާއެވެ. ޝާރިމްގެ ކިބައިން އައިރާ ސަލާމަތް ކުރާނެ ގޮތެވެ. އިސްރާއާ އަހުސަމްއަށް ޝާރިމްގެ ވާހަކަ ކިޔައިދޭންވެސް ހިތަށް އަރައެވެ.
އަލައިކާއާ ޒެވިޔަންގެ ގުޅުމަށް އެއް މަސްވީ ދުވަހަކީ ފުޓުބޯޅަ ސީޒަން ފެށުނު ދުވަހެވެ. ކަން ދިމާ ކުރިގޮތުން ފުރަތަމަ މެޗު ކުޅެން ޖެހުނީ އަލްޔަސް ކުޅެން ޖެހުނީ އޭނާގެ ކުރީގެ ކުލަބާ ދެކޮޅަށެވެ. މެޗުގެ ޕްރީޝޯގައި އެނަލިސްޓުން އެވާހަކަ ނުހަނު ގަދަޔަށް ދެއްކިއެވެ. ކޯޗު އަކްމަލްގެ ދަށުން ކުޅޭ ޓީމުގެ ފުރަތަމަ އެގާރާގައި ޔޫސުފްއާއި އަލްޔަސް ހިމެނުމުންނެވެ. އިދިކޮޅަށް ކުޅޭ ޓީމުގައި ތިބި ކުޅުންތެރިންނަށް އަލްޔަސް ވަރަށް ރަނގަޅަށް އިނގޭނެ ކަމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.






Me first dhw…..vvv reethi mi part vx….whn nxt…waiting..lym
Yweah dear. Thanks♥️ ly2
Salam all my readers. Here is the 12th part of rastha season2. Kuryge bayah vure mi bai varah bodah kuruvaane ekamahtakai hurihaabkiyuntheringe kibain maafah edhen. Next Saturday ga up kuran bunelaafavves kiyara miadhu mi bai up mikury mi monthge 14 vana dhuvahu ohnma national team ge Match ge kurin mi vaahakiga national team ge match eh genesdheyn vegen. 14th vana dhuvahugerey ohnna match ge kurin ebai genesdheveytho Varahbodah masakkai kuraanan. Rajjeyge gaumee team Philippines aa dhekolhah kulhe match aky asian cup ah qualify vumah takah molhuvan varah muhimmu match eh. Supportes support team ah varah beynunvaane. Ehenvyma match ge kurim vaahakaiga gaumee team ge match eh genesdhygen mi vaahaka kiyaa kiyuntheringe futubolha roohu aalaa vaane kamah alhugandu ummedhu kurany. Hurihaa kudhinnves ebayah inthizaru kuraane kamah ummedhu kuran.
Mi part Varah rythi… Whn next part.. Denme mi fenuny ves mi part..
Thankss dear. 14th vana dhuvahuge kurin genesdhevytho mi try kurany
Varah varah reethi?????Maa sha allah??????waiting for the next part❤❤❤❤LYSM
Thankss dear. Ly2♥️
V reethi mi baives dear …. waiting for the next part curiously … all the best … love this story dear ❤
Thankss dear. Ly2♥️
thanks kiyaa avahah up kolladhineethee
i love you so much …. hehe
will be waiting for next part
Thankss dear♥️ly2
Varah Reethi mi Baives siss…..??whn is next part…… curiously waiting for it ?????? LYSM ❤️❤️❤️❤️❤️?????
Thankss dear♥️ly2. 14th ge kurin
Goal ga innaany 3 dhandi tha?
Hehe yweah mathy ga ihnna dhandi aa dhefaraathuga ihnna dhe dhandi