Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ2 ބާރަވަނަބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 8, 2019 8 Mins Read
17 Comments

އައިރާގެ އެދުރުކަމުގެ ފަހަތުގައި ޝާރިމްގެ އަތެއް ވާކަން ޔާޒްއަށް ރޭކާލީ އެގެއަަށް ދިޔަ ދުވަހު އައިރާ ކަންތައް ކުރިގޮތުންނެވެ. ޝާރިމްއަށް ވުރެ ޔާޒް ރުޅިއައީ އައިރާދެކެއެވެ.
*************
ވިއްސާރަ ވިލާ ނަގާފައި ވުމާއެކު ދުނިޔެމަތި ވަނީ އެއްކޮށް އަނދިރިވެފައެވެ. މެންދުރުގެ އެވަގުތުގައިވެސް އެއްވެސް އަލިކަމެއް ނެތެވެ. މަގުތަކާ އިމާރާތްތަކުގެ އަލި ވަނީ ދިއްލާފައެވެ. ވާރޭ ނުވެހުނު ނަމަވެސް ވައިގަދައެވެ. ދޭތެރެއަކުން ވިދާލައިފައި ގުގުރި ޖަހައެވެ. ރަސްރަނި ބަގީޗާތެރޭގައި ހުރި ބެންޗެއްގައި އިށީންދެލައިގެން އައިރާ ހުރީ ޝާރިމްގެ އިންތިޒާރުގައެެވެ. އިސްރާއަށް ދޮގުހަދާފައި މި އޮށް ބަނަދުވަހުވެސް އޭނާ ބޭރަށް ނިކުތީ ޝާރިމް ބައްދަލު ކުރަން އެދުމުންނެވެ. އަންނަން ގަޑި ކިޔާފައި ފަނަރަ މިނެޓުވީ އިރުވެސް ޝާރިމްއެއް ނާދެއެވެ. އައިރާ އަތުގައި އަޅައިފައި އޮތް އަތުކުރީ ގަޑިއަށް ބަލާމުމަށްފަހު ފޯނުނަގާ ޝާރިމްގެ ނަންބަރަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅައިގެންވެސް ޝާރިމް ފޯނެއް ނުނަގައެވެ.
އައިރާ ޝާރިމްއަށް މެސެޖެއް ފޮނުވާފައި ފޯނާ ކުޅެން ހުއްޓެވެ. ވާރޭކަނި ޖަހަމުން ދިޔަ ނަމަވެސް ޝާރިމް ނާންނަނީސް ގެއަށް ދާކަށް އައިރާ ޚިޔާލެއް ނުކުރެއެވެ. އައިރާ ފޯނަށް ގެއްލިފައި ހުއްޓާ ފަހަތުން އޭނާގެ ލޮލުގައި މީހަކު އަތްއެޅިއެވެ.
އައިރާ ކުޑަކޮށް ހިނިތުންވެފައި ޝާރިމްއަށް ގޮވާލިއެވެ. ޝާރިމް ބަހެއް ބުނުމެއް ނެތި ލޮލުގައި އަތް އަޅައިގެން ހުރެ އައިރާގެ ކޮލުގައި ޝާރިމްގެ ތުންފަތް ޖައްސާލިއެވެ. އައިރާއަށް ތެޅިގަނެވުނީ އެއީ ޝާރިމް ނޫންކަން އޭނާއަށް އެނގުމުންނެވެ. އައިރާ އޭނާ ލޯ މަތީގައި އަޅާފައި ހުރި ދެއަތުގައި ހިފައި ބާރުކޮށްފައި ދުރު ކުރަން އުޅެނެވެ. އެހެނަސް އެމީހެއްގެ ބާރުގަދަ ކަމުން އައިރާއަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ގޮތް ނޭންގޭ މީހަކު އޭނާގެ ހުއްދަ ނެތި ގައިގައި އަތްލުމާއެކު އައިރާއަށް ރޮވެން ފެށުނެވެ. ބިރުންގޮސް ތުރުތުރު އަޅަން ފެށިއެވެ. އައިރާގެ ކަރުނަތައް އެމީހެއްގެ އަތުގައި ޖެހުމާއެކު ވަގުތުން ލޯމަތިން އަތް ނެގިއެވެ. ބިރުން ގޮސް ފަހަތަށް އެނބުރި އެއީ ކާކުތޯވެސް ބަލާލާނެ ހިތްވަރެއް އައިރާ ގަޔަކު ނެތެވެ. އިންތަނުން ތެދުވެ އައިރާ ދުއްވައިގަންނަން އުޅުނެވެ. އޭނާއަށް ދުއްވައި ނުގަނެވެނީސް އެމީހަކު އޭނާ އަތުގައި ހިފެހެއްޓިއެވެ. ބިރުން ތުރުތުރު އަޅަމުން ދިޔައިރު އޭނާއަށް ދެލޯ މަރާ ބާރުކޮށްލެވުމެވެ. އެވަގުތު ތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯކޮށްލިއެވެ. އައިރާއަށް ހިރިލަންވެސް ނޭންގިފައި ހުރެވުނެވެ. އޭނާ އަތުގައި ބާރަށް ހިފަހައްޓައިގެން އެމީހަކު އޭނާއާ ދިމާއަށް އަންނަމުން ދިޔައެވެ. އައިރާ އިތުރަށް އޭނާގެ ދެލޮލަށް ބާރުކޮށްލިއެވެ. އެމީހެއްގެ އަތުން ވީއްލިގެން ދުއްވައިގަންނަން ބޭނުންވި ނަމަވެސް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އައިރާއަށް ގުޑިވެސް ނުލެވުނެވެ. އައިރާ އެއިން ގޮތަށް ހުއްޓާ އެމީހަކު އައިރާގެ އަތުގައި ލުތްކެއް ޖެހިއެވެ. އައިރާ ދިޔަ ގޮތަށް ގޮސް ހުއްޓުނީ އެމީހާގެ ތަނަވަސް މޭމަތީގައި ޖެހިފައެވެ. އެވަރުންވެސް ލޯ ނުހުޅުވަން ދެލޯ މަރާ ބާރުކޮށްގެން އިނެވެ. އައިރާ ދެލޯ ހުޅުވާލީ އެމީހާ ބާރަށް ހޭންފެށުމުންނެވެ. އޭނާ އަތުން ދޫކޮށްލައިފައި ގަދަޔަށް ހެމުން ދިޔައެވެ. އައިރާ ލޮލު ކޮޅުން ކިރިޔާ ފެންނަ ވަރަށް އެއީ ކާކުތޯ ބަލާލިއެވެ. ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެ ހެމުން ދިޔަ ޔާޒް ފެނިފައި އައިރާގެ ދެބުމަ ގޮށް ޖެހުނެވެ. “ޔާޒް!’ ދެދަތްޕިލަ ޖައްސާ ބާރުކުރަމުން އައިރާ ގޮވާލިއެވެ. ޔާޒްއާ ހެދި އޭނާ ބިރުން ހަލާކު ނުވި ކިރިޔާއެވެ. އެގޮތަށް އޭނާ ބިރުގެންނެވުމުގެ ހައްގެއް ޔާޒްއަކަށް ނޯންނާނެއެވެ. “އޯ ގޯޑް. އައިރާ ޔުއާރ ފޭސްހަހަ” ޔާޒް ގުދަށް އޮވެ އަދިވެސް ހެމުން ދިޔައެވެ. ހަގީގަތުގައި އައިރާއަށް އޭނާ ނޭންގުމުން ޔާޒްގެ ހިތްދެރަވިއެވެ. ކުޑައިރުންސުރެ އެކީ އުޅެބޮޑުވި އެކުވެރިޔާއަށް ނޭންގުމުން ހިތުގައި ޖެހުނެވެ. އޭނާ ހީކުރީ އައިރާގެ ލޮލުގައި އަތް އެޅުމުން އެއީ އޭނާކަން އައިރާއަށް އެނގޭނެކަމަށެވެ. އެހެނަސް އައިރާ ލޯބިން ޝާރިމްއަށް ގޮވާލިގޮތުން ހިތުގައި ރުޅިވެރިކަމުގެ އޮއެވަރެއް ދަތުރުކުރިއެވެ. އޭނާ އައިރާ ކޯތާފަތުގައި ބޮސްދިނުމުން ޝާރިމް ނޫންކަން އެނގުނު އިރުވެސް އެއީ އޭނާ ކަމެއް އައިރާއަށް ނޭންގުމުން ޔާޒް އިތުރަށް ދެރަވިއެވެ. އޭނާ ދެރަވިކަން ނުދެއްކުމަށްޓަކައި ހޭންފެށީއެވެ. “މަޖަލެއް ނޫން އިނގޭ. ޔާޒް އަކަސް ތިހެން ހަދާކަށް ނުޖެހޭ ދޯ!” ނުރުހުންވެފައި އައިރާ ބުނެލިއެވެ. ޔާޒް ހުނުން ކޮންޓްރޯލް ކުރުމަށްފަހު އައިރާއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ. އައިރާ ސިހިފައި ފަހަތަށް ޖެހުނު ގޮތުން ޔާޒްއަށް ހީލެވުނެވެ. “ޔާޒް. މިގަޑީ އެންމެ ރަނގަޅުވާނީ މިތަނުން ދިޔައިއްޔާ! ޝާރިމްއަށް ފެނިއްޖެޔާ ރުޅި އަންނާނެ!” އައިރާ ޔާޒްއާ ވީފަރާތް ނޫން އަނެއް ފަރާތަށް އެނބުރުނެވެ. ޝާރިމްގެ ނަން ބުނުމާއެކު ޔާޒްއަށް ދެއަަތް މުށްކަވާލެވުނެވެ. އޭނާދެކެ ރުޅި އަންނަން ޝާރިމްއެއީ ކާކު ހެއްޔެވެ؟ އައިރާ އޭނާއާ ދުރުން އުޅެނީ ޝާރިމްގެ ސަބަބުންކަން ޔާޒްއަށް ޔަގީންވިއެވެ. “އައި ޑޯންޓް ކެއާރ އެބައުޓް ޝާރިމް. އައިރާއަށް ކީއްވެތަ ޝާރިމްއާ ދުރުނުވެވިގެން ތިއުޅެނީ؟ މަށަށްވުރެއްވެސް އައިރާއަށް މުހިންމީ އެޝާރިމްތަ؟ ޝާރިމްއަކީ އަނިޔާވެރިއެއްކަން އެނގޭ ހާލުގައި ވެސް ޝާރިމްއާ ވަކިނުވެވިގެން ތިއުޅެނީ ކީއްވެތަ؟” އައިރާ އަތުގައި ހިފައި އޭނާއަށް ދިމާއަށް އަނބުރާފައި ޔާޒް ހިތުގައިވި ހުރިހާ ސުވާލެއް އައިރާއާ ކުރިއެވެ. ޔާޒްގެ މޫނު މަތިން ފެންނަމުން ދިޔަ އަސަރުތަކުން އޭނާގެ ހިތުގައި ޖެހިފައިވި މިންވަރު އައިރާއަށް އެނގުނެވެ. އައިރާ ވަކި ޖަވާބެއް ނުދީ އިސްޖަހާލިއެވެ. ހަގީގަތުގައި އޭނާ މިހާރު ޝާރިމްއާ އެކީ އުޅެނީ ވާލޮތްބަކަށް ވުރެ ބޮޑަށް ޝާރިމްދެކެ ބިރުންނެވެ. އޭނާ ޝާރިމްއާ ވަކިވެއްޖެނަމަ އެކުވެރިންނަށާ އާއިލާއަށް ގެއްލުން ދޭން ޝާރިމް ފަސްނުޖެހޭނެކަން އައިރާއަށް އެނގެއެވެ.

ޔާޒްގެ ފަހަތުން ޝާރިމް ނުރުހުންވެފައި ހުރި އަޑަކުން އައިރާއަށް ގޮވާލިއެވެ. އައިރާ ތެޅިގަނެފައި ޔާޒްގެ އަތުތެރެއިން ދެމިގަންނަން އުޅުނެވެ. ޔާޒްވެސް ބާރު ނުދައްކާ އައިރާ އަތުން ދޫކޮށްލިއެވެ.
އައިރާ ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރަމުން ޝާރިމް ގާތަށް ދިޔައެވެ. އޭރުވެސް ނުރުހުންވެފައި ޝާރިމް ބަލަމުން ދިޔައީ ޔާޒްއާ ދިމާއަށެވެ. އައިރާ ގޮސް ޝާރިމް ގާތު އެހެން ދިމާއަކަށް ދާން ބުނުމުން ނުރައްކާތެރި ނަޒަރަކުން ޔާޒްއަށް ބަލާލުމަށްފަހު އައިރާ އަތުގައި ހިފައިގެން ޝާރިމް ހިނގައިގަތެވެ.
އައިރާއާ ޝާރިމް ލޮލުކޮޅަށް ގެއްލުމާއެކު ޔާޒް ފައިން ބިންމަތީގައި ބާރަށް ޖަހާލިއެވެ. އަނގައިން އަޑެއް ލައްްވާލަމުން އިސްތަށިގަނޑުތެރެއަށް އަތް މަހާލިއެވެ.

“ރިމް އައި ކޭން އެކްސްޕްލެއިން!” ޝާރިމް ނުރުހިފައި ހުރިކަން އެނގުމުން އައިރާ ބޭނުންވީ ޝާރިމް ހަމައަކަށް އަޅުވާށެއެވެ. ރުޅިގަދަވެގެން ކޮންމެ ފަދަ ކަމެއްވެސް ޝާރިމް ކޮށްފާނެއެވެ. “އަހަރެން ބުނާގޮތެއް އައިރާއަކަށް ނުހެދޭދޯ! އަހަރެން ބޭނުމެއް ނޫން އައިރާ ދައްކާ އެއްވެސް ވާހަކައެެއް އަޑު އަހާކަށް. މޫޑު ޚަރާބުވެއްޖެ!” ވާރޭގަނޑު ތެރޭ އައިރާ އެކަނި ބަހައްޓާފައި ޝާރިމް ދިޔައެވެ. ނުރޯން މަސައްކަތް ކުރި ނަމަވެސް އައިރާގެ ލޮލުން ކަރުނަ ފޭބިއެވެ. ވާރޭއާއެކު ވެގެން ކަރުނަ ފައިބައިގަތެވެ.

ސްކޫލް ބަންދުވުމާއެކު ދީނާގެ އާއިލާ އެމީހުންގެ އަމިއްލަ ރަށަށް ދިއުމުން އެދުވަސްކޮޅަށް ނަވާރް އަލައިކާ ގާތަށް ބަދަލުވިއެވެ. އަލްޔަސް މަތިން ހަނދާން ނުކޮށް ވަގުތު ދުއްވާލަން އެންމެ ފަސޭހަ ގޮތަކަށް ފެނުނީ ނަވާރްއާއެކި ގިނަ ވަގުތު ހޭދަކޮށްގެންނެވެ. އޮފީސް މަސައްކަތް ކޮށްފައިި ލިބޭ ހުސްވަގުތު އޭނާ ނަވާރްއަށް އެހީވެދެއެވެ. މާނީމެންގެ އެހީތެރިކަމާއެކު އަދިވެސް އިވާން ހޯދުމުގެ މަސައްކަތް ކުރަމުން ދެއެވެ. އެމީހުންގެ ހޯދުމަށް އަދިވެސް ކުރިއެރުމަށް ނުލިބެއެވެ. ނަވާރް އުއްމީދު ކަނޑާލުމެއް ނެތި އިވާން ހޯދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކޮންމެ ނަމާދަކަށްފަހު އެނާގެ މަންމައާ ބައްޕަ ސަލާމަތުން ލެއްވުމަށް އެދި ދުޢާ ކުރެއެވެ.
އިޝްމާއާ އެކްމަލް ގޭގައި ނޫޅޭ ވަގުތެއް ކަމުން އަލައިކާއާ ނަވާރް ތިބީ އެކަންޏެވެ. އިޝަލްވެސް ވީ އަހާންއާ އެއްކޮށް ކުޅެން އެގެއަށް ގޮހެވެ. އަލައިކާއާ ނަވާރް އެކަނި ވުމުން ދެކުދިން ޕިއްޒާއަށް އޯޑަރުކޮށްގެން ފިލްމެއް ބަލަން ތައްޔާރުވިއެވެ. ފިލްމު އަޅުވަން ސިޓިން ރޫމް ތައްޔާރުކޮށްފައި ދެކުދިން އިންތިޒާރުކޮށްގެން ތިބީ ޕިއްޒާ އަންނާނެ އިރަކަށެވެ. ގޭގެ ބެލް ޖެހުމާއެކު އަލައިކާ ދުވެލާފައި ގޮސް ދޮރު ހުޅުވީ ޕިއްޒާކަމަށް ހީކޮށެވެ. އަލައިކާއަށް ކުއްލި ސިހުމެއް ލިބުނީ ދޮރުމަތީގައި ހުރި އަލްޔަސް ފެނުމުންނެވެ. އަލްޔަސް ހުރީ ފެހިކުލައިގެ ޓީޝާޓަކާ ނޫކުލައިގެ ޖިންސެއް ލައިގެން ގަމީސް މަތިން ކަޅުކުލައިގެ ލެދާރ ޖެކެޓެއް ލައިގެންނެވެ. ކުރިއަށްވުރެ ދިގުވެފައި ހުރި އިސްތަށިގަނޑު ހާވާލާފަ ހުރިއިރު ތުނބުޅިވެސް ހުރީ ރީތިވަރަކަށް ދިގުވެފައެވެ.
އަލްޔަސް ކުރިމަތިން ފެނުމުން އަލައިކާ ހީކުރީ އެއީ އޭނާއަށް ހީވި ގޮތްކަމަށެވެ. އެހެންވެ ދެތިން ފަހަރު އެސްފިޔަ ޖަހާލާފައި ލޯ ހުޅުވާލިއެވެ. ދެންވެސް ހަމަ އޭނާ ކުރިމަތީގައި ހުރީ އަލްޔަސްއެވެ.

އަލައިކާ ފެނިދާނެކަމަށް އުއްމީދު ނުކޮށް ހުއްޓާ އަލައިކާ ފެނުމުން އަލްޔަސް ވެސް ހުރީ ހައިރާންވެފައެވެ. އާންމުކޮށް އަލައިކާ ލާ ވަރަށް ވުރެ ކުރު ރަތް ކުލައިގެ ކުރުތާއަކާ ކަޅު ކުލައިގެ ޓައިޓެއް ލައިގެން ހުރިއިރު އަލައިކާއާ ނުހަނު ގުޅެއެވެ. ކަޅު ކުލައިގެ ކުޑަ ވަށް ބުރުގާގެ ތެރެއިން އަލައިކާގެ ދޮން މޫނު ފެންނަމުން ދިޔައީ ހިތްގައިމު ކޮށެވެ. “އަލް؟” ސުވާލެއް ކުރާ ފަދައިން އަލްޔަސް އެހުމުން އަލައިކާ ބުމަ ހިއްލާލިއެވެ. “މިއީ އަނޭ. އަކްމަލް ކޯޗް؟” އަލްޔަސް ކުރަން ބޭނުންވި ސުވާލު ދުލުން ނިކުތީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. ނަމަވެސް އަލްޔަސް އެބުނީ ކީކޭކަން އަލައިކާއަށް އެނގުނެވެ. “އޯ. ވަދޭ އެތެރެއަށް” އަލައިކާ އެތެެރެއަށް ވަންނަން އެދުމުން އަލްޔަސް އިތުރަށް ހައިރާންވިއެވެ. އަލްޔަސް ހީކުރީ އޭނާއަށް އަކްމަލް ހޯދަން ނުބައި އެޕާޓްމަންޓަކަށް ވަދެވުނީ ކަމަށެވެ. ހިތުގައިވި ސުވާލުތައް ރައްކާކުރަމުން ކުޑަކޮށް ހިނިތުންވެލާފައި އަލްޔަސް އެތެރެއަށް ވަނެވެ.
އަލްޔަސް ވަނުމާއެކު ނަވާރް ސޯފާއިން ތެދުވިއެވެ. އަލައިކާ ނުބުނި ކަމުގައި ވިއަސް އަލްޔަސް އަކީ ކާކުކަން ނަވާރްއަށް އެނގެއެވެ. އަލްޔަސް ޓީވީން ދައްކާ ކޮންމެ ފަހަރަކު އަލައިކާއަށް ވާގޮތާ ޔޫސުފްއާ ޔާޒް އަލައިކާއަށް ދޭ ނަޒަރުތަކުން އޭނާއަށް އަލްޔަސްއަކީ އަލައިކާގެ ކާކުކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެވަގުތު އަލްޔަސް އެގެއިން ފެނުމުން ނަވާރްވެސް ހައިރާންވިއެވެ. އަލައިކާއާ ދިމާއަށް ބަލާލެވުނީ ސުވާލުގެ ނަޒަަރަކުންނެވެ.
“މި ވަގުތު ގޭގައެއް ނޫޅޭ. ގުޅާލަން އެބަ” އަލްޔަސް ގާތު ސޯފާގައި އިށީންނަން ބުނެފައި އަލައިކާ ބެލްކަނި ކައިރިއަށް ގޮސް އަކްމަލްއަށް ގުޅިއެވެ. އަލްޔަސް އައިސް ހުރި ވާހަކަ ބުނުމުން ގެއަށް އެބަދަމޭ ބުނެފައި ފޯނު ކަނޑާލިއެވެ.

“އެބައާދޭ. ކުޑައިރުކޮޅެއް ވާނެ!” ސިޓިންރޫމް އަނދިރިކޮށްފައި ހުރުމުން އަލައިކާ ހުރިހާ ބޮކިތައް ދިއްލިއެވެ. އެރޭ ދެން އިތުރަށް ފިލްމު ނުބެލޭނެކަން އެނގޭތީވެ ޕްރޮޖެކްޓާރ ނިއްވާލާފައި ލެޕްޓޮޕް ގެންގޮސް ކޮޓަރިއަށް ލިއެވެ.

އަލްޔަސްގެ ހިތުގައި ސުވާލުތައް ފުނި ފުނި ޖެހެމުން ދިޔަ ނަމަވެސް މަޑުން ހުރީ އަލައިކާ މާދުރުން އުޅޭހެން ހީވާތި އާއީ ނުދަންނަ ކުއްޖަކު ހުރުމުންނެވެ. އެކުއްޖާއަކީ ކާކުކަން ބުނެދޭކަށް އަލައިކާ ނޫޅެއެވެ. އަލައިކާ އަނގައިން ބުނުމެއް ނެތި ތެދުވެގެން ދިޔައެވެ. އަލައިކާ ދިޔަތާ އިރުކޮޅެއް ފަހުން ގޭގެ ބެލް ޖެހިއެވެ. “ނަވާ މޭޒު މަތީގަ ރުފިޔާ ހުންނާނެ ދޭބަ އެހިފައިގެން ދޮރު ހުޅުވަން” ބަދިގެ ތެރޭގައި ހުރެފައި އަލައިކާ ނަވާރްއަށް ގޮވާފައި ބުންޏެވެ.
ރުފިޔާ ހިފައިގެން ގޮސް ނަވާރް ދޮރު ހުޅުވާފައި އެންމެ ފުރަތަމަވެސް ދިއްކޮށްލީ ރުފިޔާއެވެ. “ތިއީ ގެއަށް ނުވައްދާ އަހަރެން ފޮނުވާލަން ދޭ އެއްޗެއްތަ؟” ނަވާރް ދިއްކުރި ރުފިޔާއަށް ބަލާލާފައި ލާނެއް ގޮތަކަށް ޔޫސުފް އެހިއެވެ. “އޯހް ސައިކޯ!” ޔޫސުފްކަން އެނގުމުން ނަވާރް އަނގަޔަށް ވައްތަރެއް ޖައްސާލާފަ ޔޫސުފް ވަންނަން ތަން ދެއްކިއެވެ. “އަލޫކާ ފަރާޓާ ކޮބާ ….” ސޯފާގައި އިށީންދެގެން އިން އަލްޔަސް ފެނުމާއެ ޔޫސުފް ހުއްޓުން އެރިއެވެ. އަނގަޔަށް ގޮތެއް ހަދާލާފައި އަލައިކާ ކޮބާތޯ ބަލާލިއެވެ. އަލްޔަސް އެތަނުގައި ހުންނަންޖެހޭ އެއްވެސް ސަބަބެއް އޭނާއަކަށް ނޭންގުނެވެ.
އަލްޔަސްއަށް ސޯފާއިން ތެދުވެވުނީ ޔޫސުފް ފެނުމުންނެވެ. ޔޫސުފް އަލޫކާ ފަރާޓާއޭ ކިޔާ މުޚާތަބު ކުރީ އަލައިކާއާކަން އަލްޔަސްއަށް އެނގުމުން އޭނާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް އިތުރަށް ފުނިޖެހުނެވެ. ޔޫސުފް ހަމަޖެހިލާފައި އެތެރެއަށް ވަން ގޮތުން އެއީ އަލައިކާއާ ވަރަށް ގާތް މީހެއްކަން އަލްޔަަސްއަށް އެނގުނެވެ. އެއާއެކު އޭނާއަށް ލޯ މަރާލެވުނީ އެތައް ފަހަރެއްގެ މަތިން އޭނަ އަލައިކާ ގާތު ޔޫސުފްގެ ނުރަނގަޅު ވާހަކަ ދައްކައިފައި ހުރިކަން އެނގުމުންނެވެ.
“ވަޓް ދަ ހެލް އާ ޔޫ ޑުއިން ހިއާރ؟” ޔޫސުފްއަށް އަނގަ މަޑުން ލައިގެން ނީންދެވިގެން އެހިއެވެ. ޔޫސުފް ސުވާލު ކުރި ގޮތުން އަލްޔަސް ރުޅި އައިނަމަވެސް ރުޅި މައިތިރި ކުރެވޭތޯ އަލްޔަސް ބެލިއެވެ. “އަކްމަލް ކޯޗް ބުނެގެން މީޓް ކުރަން އައިއްސަ!” އަލްޔަސް މަޑު މައިތިރ ކަމާއެކު ބުނުމުން ޔޫސުފް އޯ އޭ ބުނެފައި ސަލާމަށް އަތް ދިއްކޮށްލިއެވެ. ކުރަން ނުކުރަން ހުރެފައި އަލްޔަސް ޔޫސުފްއާ ސާލާން ކުރިއެވެ. ތަބަކަކަށް ދެޖޯޑު އައިސް ކޮފީ ލައިގެން އަލައިކާ އައިސް ސޯފާ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީ ބެހެއްޓިއެވެ. “އަދި ކުޑަ އިރުކޮޅެއް ވާނޭ ބުނީ. ޓްރެފިކްގަ ޖެހިގެން އުޅޭތީ!” ކޮފީ ޖޯޑު ނަގައި އަލްޔަސް އަތަށް ދެމުން އަލައިކާ ބުންޏެވެ. އެވަގުތު އަލައިކާ އޯޑަރު ކުރި ޕިއްޒާވެސް ގެނައެވެ. ދެފޮށީ ޕިއްޒާ މޭޒު މަތި ބަހައްްޓާފައި އަލައިކާއާ ނަވާރް ގޮސް ވަކިން އިން ދެމީހުންނަށް އިނދެވޭ ސޯފާގައި އިށީނެވެ.
“އަލްޔަސް ދޯ! ވީ ޝުޑް ބީ ފްރެންޑްސް އިނގޭ. ކިހިނެއް އިނގެނީ ފިއުޗާގަ ދެމީހުން ފެމިލީވެސް ނުވާނެ ކަމެއް!” ޕިއްޒާ ފޮށްޗެއް އަނގަޔަށް ލަމުން ޔޫސުފް ލާނެއް ގޮތަކަށް ބުނެލިއެވެ. ޔޫސުފް ބުނީ ކީކޭކަން ސާފު ނުވުމުން އަލްޔަސް ވަރަށް ނޫން ގޮތަކަށް ޔޫސުފްއަށް ބަލާލިއެވެ. “މި ބުނީ އަހަރުމެން ދެމީހުންވެސް ކޮންމެސް ދުވަހަކުން ހަމަ އެއް ކްލަބަކަށް ގޮސްދާނެއްނު. އޭރަށް ހަމަ އެއް ފެމެލީއަކަށްނު ވާނީ!” އަލްޔަސް މޫނަށް ވީ ގޮތް ފެނުމުން އަވަހަށް ޔޫސުފް ބުންޏެވެ. އަލްޔަސް އެހެންދޯއޭ ބުނެފައި ހިނިތުންވެލިއެވެ.
ޔޫސުފްގެ އަނގަ ގަދަ ކަމުން އަލައިކާ ހުރީ ބޯގޮވާވަރުވެފައެވެ. ޔޫސުފް ބުނެލާ އެއްޗަކުން އަލައިކާ ބޭޒާރު ވެދާނެތީ އޭނާ ހުރީ ބިރުންނެވެ.
“ސޯ ޔޫ އެންޑް ތާނިޔާ ދޯ؟” ޔޫސުފް ދެންވެސް އަނގަ ހިމޭނުން ލައިގެން އިންނާކަށް ގަސްތެއް ނުކުރެއެެވެ.
ކީއްވެ ކަމެއް ނޭންގެއެވެ. ޔޫސުފް އެ ސުވާލު ކުރުމުން އަލްޔަސްއަށް ބަލާލެވުނީ އަލައިކާއަށެވެ. އިސްޖަހައިގެން އަލައިކާ އިން ގޮތުން އަލްޔަސްގެ ހިތަށް ގޮތެއް ވެލިއެވެ. ޔޫސުފްގެ ސުވާލުގެ ޖަވާބުގައި ނޫނެކޭ ބުނަން ބޭނުންވިއެވެ. ތާނިޔާގެ ބަދަލުގައި އަލައިކާއޭ ބުނަން ބޭނުންވިއެވެ. ޔޫސުފް ސުވާލުގެ ޖަވާބު އަލްޔަސް ދިނީ ބޮލުންނެވެ.
“އަކްމަލް ކޯޗު ބުނެގެންތަ އައިސް ތީނީ؟” ޔޫސުފް އިތުރަށް ސުވާލު ކުރުމުގެ ކުރިން އަލްޔަސް އަހާލިއެވެ. “ޔެއާ. އަސްލު އެހެންވެގެން މިއައީ. ބުނީ ކުޑަ ވާހަކައެއް ދައްކާލަން ވެގެން އައިސް ދޭށޯ. މަށަށް ހީވަނީ މަށާ ޔޫއާ ކައިރީގަހެން ބުނީ!” ޔޫސުފް ކުޑަކޮށް ވިސްނާލާފައި ބުންޏެވެ. “ތިމީހުން ކައިރީ އަންނާށޭ ކިޔާފަތަ ބޭރަށް އެދިޔައީ. މަންމައާ ދެމީހުން އިޝަލް އަހޫބެމެން ގެއަށް ލާފަ ދިޔައީވެސް” އަކްމަލް ޔޫސުފްއާ އަލްޔަސް ގާތު އެގެއަށް އަންނަން ބުނެފައި ބޭރަށް ދިއުމުން އަލައިކާއަށް ގޮތެއް ހަދާލެވުނެވެ. އޭނާއަށް އެނގިފައި އޮތް ގޮތުގައި އެރޭ ބޭރަށް ދިޔައީ އަކްމަލްމެން ގުރޫޕް އެއްކޮށެވެ. “ވެއިޓް. މިއީ އަކްމަލް ކޯޗުމެންގެ. އަލް ކީއްވެ މިތާ ތިހުރީ؟” އަލްޔަސް އޭނާ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ. އަލައިކާއަށް ވުރެ ކުރިން ޔޫސުފް ހިނިގަނޑެއް ޖަހާލާފައި ޖަވާބު ދިނެވެ. “މި އަލޫ ފަރާޓާވެސް ހާދަ މޮޅޭ ދޯ. އަލްޔަސްއާ ފްރެންޑް އިރުގަވެސް ނުބުނޭ ދޯ. އަލައިކާ އަކީ މުހައްމަދު އަކްމަލްއާ އިޝްމާ އަރްޝާދްގެ ދޮށީ ދަރިފުޅު. އަލައިކާ މުހައްމަދު” އަލައިކާއަކީ އަކްމަލްގެ ދަރިފުޅުކަން އެނގުމާއެކު އަލްޔަސްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެހާ ދުވަސް ވީއިރުވެސް އޭނާ ގާތު އަލައިކާ ނުބުނެއެވެ. އަލައިކާ އުޅޭ ގޮތުންވެސް އެއީ އަކްމަލްގެ ދަރިފުޅުހެނެެއް ހިއެއް ނުވެއެވެ. އަނގަ ތަންމިނަށް ހުޅުވައިގެން ހުރެ އަލްޔަސް އަލައިކާއަށް ބަލާލިއެވެ. “އޯ މައި ގޯޑް. އަލް. ނުވެސް ބުނޭ. އޭގެ މާނައަކީ އަލްއަކީ އާރާޝްގެ ނީސްއޭ. ތިދެމީހުން ތީ ކަޒިންސްއޭ!” އަލްޔަސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އޭނާ ވަނީ އަލައިކާ ގާތު އާރާޝްއާ ބެހޭ ގޮތުން ނުރަނގަޅު އެތައް ވާހަކައެއް ދައްކާފައެވެ. ޔޫސުފްއަކީ އާރާޝްގެ ދަރިފިޅު ކަމުން މީހުން މާ ޔޫސުފް ވެގެން އުޅޭތީ އެކަމާވެސް ޝަކުވާކޮށްފައެވެ. އެއޮށް ހުރިހާ ދުވަހު އަލައިކާ ގާތު އޭނާއަށް ދެއްކުނީ އަލައިކާގެ ބޮޑުބޭބެގެ ވާހަކަކަން އެނގުމާއެކު އަލްޔަސް ރަކިވީ އެޔެއް މިއެއް ބަލާލާފައެއް ނޫނެވެ. ރަކިވީ ވަރުން އޭނާއަށް އިސްތަށިގަނޑު ތެރެއަށް އަތް މަހާލެވުނެވެ. ހިތާ ހިތުން އަމިއްލަ ނަފްސަށް އަޑުލެވުނެވެ.
އަލައިކާ އަލްޔަސްއަށް ބަލާލިއިރު އަލްޔަސް އިން ގޮތުން އަލައިކާއަށް ހެވުނެވެ. އާރާޝްއަކީ އޭނާގެ ބޮޑުބޭބެކަން އެނގުމުން އަލްޔަސް ރަކިވާނެ ވަރު އަލައިކާއަށް އެނގެއެވެ.

އަކްމަލް އައިސް ގެއަށް ވަނީ އާރާޝްއާ އެކީއެވެ. އަކްމަލް އައުމުން ނަވާރް ގޮވައިގެން އަލައިކާ ވަނީ އޭނާގެ ކޮޓަރިއަށެވެ.

އަކްމަލް އެންމެ ފުރަތަމަވެސް އަލްޔަސް ގާތުން މާފަށް އެދުނެވެ. އަލްޔަސް ގާތު އަންނަން ބުނެވުނުކަން އޭނާގެ ހަނދާނުން ކަައްސާލީތީއެވެ. “އަސްލު ދެކުދިން މިގެނައީ ތި ދެކުދިންނަކީވެސް މި ވަގުތު ރާއްޖޭގަ ތިބި އެންމެ ޒުވާން ހުނަރުވެރި ދެކުދިން. މި ޓްރާންސްފާރގަ އަހަރެން ބޭނުން ތިދެކުދިންވެސް ޓީމަށް ގެންނަން. ކީކޭ ބުނާނީ؟” އަކްމަލް އޭނާގެ އަސްލު ބޭނުން ބުނެލިއެވެ. އަލްޔަސް ޓީމާއެކު ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އަލްޔަސް ބޭނުމިއްޔާ އެ ޓީމު ދޫކޮށްލުމުގެ ފުރުސަތުވެސް އެބައޮތެވެ. ޓީމާ މަޝްވަރާ ކުރުމުގެ ކުރިން އަކްމަލް ބޭނުންވީ އަލްޔަސްއާ ޔޫސުފްއާ ވަކިން މަޝްވަރާ ކުރާށެވެ. އެދެކުދިން ބޭނުން ނޫނިއްޔާ ގަދަކަމުން ގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ކްލަބުން އެކުދިންނަށް ހުށަހަޅާ ކޮންޓްރެކްޓް އަކްމަލް ކުރު ގޮތަކަށް ދެކުދިންނަށްވެސް ކިޔައިދިނެވެ. އޭނާގެ ޓީމު ޕްިމީއާރ ލީގްގެ ދެވަނަ ހޯދުމާއެކު އަންނަ ސީޒަންގައި އޭޝިއާ ޗެމްޕިއަންސް ލީގްގައިވެސް ކުޅޭނެއެވެ. އެހެން ކަމުން އަލްޔަސް އަދި ޔޫސުފްއަށް އެ ފުރުސަތުވެސް އެބައޮތެވެ. އަކްމަލް އޭނާގެ ހުށަހެޅުން ހުށަހެޅުމާއެކު ޔޫސުފް ބަލާލީ އާރާޝްއަށެވެ.
“ބައްޕ ނުބުނާނަން އެއްޗެކޭ ދަރިފުޅު ނިންމާ ކޮންމެ ނިންމުމަކަށް ބައްޕަ ތާއިދު ކުރާނަން. އަދި އެއްބާރުލުން ދޭނަން” އާރާޝްގެ ފަރާތުން ޔޫސުފްއަށް އިއްވާލީ ހިތްވަރުގަދަ ބަސްތަކުން އަލްޔަސްއަށް އާރާޝްއަށް ތައުރީފު ކޮށްލެވުނެވެ. އާރާޝް ފަދައިން އޭނާގެ ބައްޕަވެސް އެފަދަ ހިތްވަރުގެ ބަސްތައް ބުނާނަމައޭ ހިތަށް އެރިއެވެ. “ހަމަ އޯކޭ. ވަރަށް އުފާވާނެ ދޮންތަބެގެ ދަށުން ކުޅެން ލިބުނީމަ” ދެވަނަ ވިސްނުމަކަށް ނުގޮސް ޔޫސުފް އެއްބަސްވިއެވެ. “އޯކޭ. ދެން ޖެހޭނީ ނިއުއާއެކީ ޑީލްއެއް ހަދަން. ހިއެއް ނުވޭ އެމީހުން އެހާ ފަސޭހައިން ޔޫސުފް ވިއްކާލާނެހެންނެއް” އަކްމަލް ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. ސީޒަންގެ ފަހު ކޮޅުގައި ޔޫސުފް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ނިއުރޭޑިއަންޓުން ޔޫސުފް ދޫކޮށްލުން ވާނީ އުނދަގޫ ކަމަކަށެވެ. ޔޫސުފް ގަންނަންނާމުން ބޮޑު ޚަރަދުތަކެއް ކުރަން ޖެހޭނެއެވެ. ޔޫސުފްއެކޭ އެއް ފަދައިން އަލްޔަސް ގަތުމަށްވެސް ބޮޑު ޚަރަދެއް ކުރަން ޖެހޭނެއެވެ. ރާއްޖެއިން ބޭރުގެ ކުލަބްތަކުންވެސް އަލްޔަސް ބޭނުން ވެގެން އުޅޭކަން އަކަމަލްއަށް އޮތީ އެނގިފައެވެ. ބޭރުގެ ރަނގަޅު ކުލަބަކުން އަލްޔަސް ބޭނުންވެއްޖެނަމަ އެކަމަށް އޭނާ ހުރަހެއް ނާޅާނެއެވެ. އެކަމު އިންޑިއާ ނުވަތަ ބަންގްލަދޭޝް ކުލަބެއް ނަމަ އަލްޔަސް ގަތުމަށް ކުރެވެން އޮތް ހުރިހާ ހަރަދެއް އަކްމަލް ކުރާނެއެވެ.
އަލްޔަސްގެ ޖަވާބެއް ނައިސް ގިނައިރު ވުމުން އަކްމަލް ގޮވާލިއެވެ. އަލްޔަސް މޫނުގެ ކުލަވަރު ހުރި ގޮތުން އޭނާގެ ޓީމާ ގުޅެން އަލްޔަސް ބޭނުން ނުވާހެން އަކްމަލްއަށް ހީވިއެވެ. “އައި އޭމް އޯކޭ ޓޫ. ޔޫސުފް ކަހަލަ ޕްލެޔަރަކާ އެއްކޮށް ކުޅެން ލިބުމަކީ ވަރަށް ބޮޑު ޝަރަފަކަށް ވާނީ. އެންްް އަބަދުވެސް އަކްމަލް ކޯޗްގެ ދަށުން ކުޅެލާ ހިތްވޭ. ޔޫ ވާރ މައި އިންސްޕިރޭޝަން ކުޑައިރުގަ” އަލްޔަސްގެ ޖަވާބު އިނގުމުން އަކްމަލްއަށް ހިނިތުންވެވުނެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް އަލްޔަސް އޭނާގެ ހުށަހެޅުން ގަބޫލު ކުރުމުން ހަމަޖެހުން ލިބުނެވެ. “މީތި ރަސްމީ ނުވަނީސް އަލްކޮ އަދި އެހެން އެއްވެސް މީހެއް ގާތު މިވާހަކަ ނުދެއްކުން އެދެން” އަކްމަލްގެ އެދުމާ އެއްބަސް ވުމުގެ ގޮތުން ޔޫސުފް އަދި އަލްޔަސް ބޯޖަހާލިއެވެ. އަކްމަލް އެދެކުދިންނަށް ޝުކުރު އަދާކުރިއެވެ. އާރާޝްގެ ފަރާތުން އެރޭ އަލްޔަސް ގިނަ ތައުރީފު ލިބުނެވެ. އަލްޔަސް އާރާޝް އަދި ޔޫަސުފްއާ މެދު ދެކެމުން އައި ގޮތްވެސް ކޮންމެސް ވަރަކަށް ބަދަލުވިއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވަޢުދު (ސައްބީސްވަނަ ބައި)

Next

ރާސްތާ2 ތޭރަވަނަބައި

Next
November 9, 2019

ރާސްތާ2 ތޭރަވަނަބައި

Previews
November 6, 2019

ވަޢުދު (ސައްބީސްވަނަ ބައި)

17 Comments!

  1. Kiyara says:
    November 8, 2019 at 11:45 pm

    Salam all. Here’s the 12 part of bunaashey loabinuvanyhe. Hurihaa kudhinna ves kamudhaane kamah ummedhu kuran. Varah dhigukoh genesdheyn vegen aslu lasvyves. Ekam ves kiyara ah maa dhigu kosheh nuliyevunu. Lasvaathyve avahah mi up kohlly. Dhen oii bai Next week ge Saturday ga In Sha Allah.

    1. imkko says:
      November 9, 2019 at 12:38 pm

      kiyaa u beynun kurantha hangout…pls reply….and varah reethi ingey mi part…
      masha allah…may god bless u♥️♥️♥️♥️♥️♥️?

    2. Kiyara says:
      November 9, 2019 at 2:25 pm

      Thanks dear♥️. Yesss hangouts use kuran?

  2. ms chocolate says:
    November 9, 2019 at 12:19 am

    masha allah..mi part ves hama vvvv furihama… waiting for next part

    1. Kiyara says:
      November 9, 2019 at 2:20 pm

      Thanksss dear♥️

  3. Aisha says:
    November 9, 2019 at 12:33 am

    V rythi mi bai vx❤❤❤❤… Alhugandah faahaga vi kusheh bunela dhentha?. Enme Matheega in sis ge comment ga inee raasthaa innan vaa thaakah bunaashe loabi nuvanee hey. Sis ehcheh hee nukurahchey. Mistake fenuneema hama bunely.☺. Waiting for next part

    1. Kiyara says:
      November 9, 2019 at 2:21 pm

      Thanksss dear♥️ ywwah darls varah ufaavehjje faahaga kohlla dhinyma reyga avahah liyanvegen olhigen ehen jehifa eyny?

  4. ikoo says:
    November 9, 2019 at 10:45 am

    OMG!!!
    Vv reethi
    ekam thankolheh lahee up vaaleh
    vaahaka kiyaahihvefa hunna varun dhuvas dhaalehves lahee
    curiously waiting

    1. Kiyara says:
      November 9, 2019 at 2:23 pm

      Thanksss dear♥️ kiyara mi balany vyhaaves avahakah up kohla dheveytho ekamndhuvasthah huri gothun avahah up nukureveny. Ekam eba try kuram 14vana dhuvahuge kurin special episode eh genedheyn.

  5. Yanaa says:
    November 9, 2019 at 12:25 pm

    Varah varah reethi???maa sha allah??curiously waiting for the next part???LYSM sis

    1. Kiyara says:
      November 9, 2019 at 2:24 pm

      Thanksss dear♥️ ly2

  6. Meekkomee says:
    November 9, 2019 at 5:37 pm

    Varah Reethi ingyy ❤️? curiously waiting for the next part ???? LYSM siss ❤️❤️❤️?????

    1. Kiyara says:
      November 9, 2019 at 6:16 pm

      Thankssss dear♥️ mihaaru ihanne next part up kohllafa ly2

  7. Aisher❤️❤️❤️ says:
    November 9, 2019 at 6:14 pm

    Alheyy.. Hama mi stry kiyaalaahitun ulheny koh hama e fenuny ves.. n Varah rythi mi part ves hama keep it up.. Ingey. Whn next part ❤️❤️

    1. Kiyara says:
      November 9, 2019 at 6:17 pm

      Thankssss dear♥️ hehehe. Mihaaru ihnnane up kohllafa

  8. Imkko says:
    November 9, 2019 at 8:26 pm

    V reethi story e … love it dear ❤

    1. Kiyara says:
      November 10, 2019 at 12:21 am

      Thankss dear♥️

Comments are closed.

Next Episodeރާސްތާ2 ތޭރަވަނަބައި←


All Right Reserved!