Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ސައްބީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
November 6, 2019 18 Mins Read
29 Comments

“ބުނޭ! ކާކު ބުނެގެން ރޭ އަހަރުމެން ގެއަށް އައީ؟ އެއީ ކޮން ސިޓީ އުރައެއް؟” އަޔާޒް ހަރުކަށި އަޑަކުން ސުވާލުކުރިއެވެ. ސާޝާއަކީ އޭނަގެ ގާތް އެކުވެރިއަކަށް ވިޔަސް އޭނައާއެކީ އުޅުނުއިރު ވެސް ފައިސާއަށްޓަކައި ސާޝާ އެފަދަ ކަންތައް ކުރާކަން އޭނައަށް އެނގޭތީވެއެވެ. ސާޝާ ދެންވެސް ޖަވާބެއް ނުދީ އަޔާޒްގެ ފައިގައި ފައިން ޖަހަން އުޅުމުން އަޔާޒް އެ ހަމަލާއިންވެސް ރެކިގަންނަމުން ސާޝާގެ ގިރުވޯނަށް ބާރުކޮށްލިއެވެ.

 

“ބުނޭ! ކާކު ފޮނުވީ؟” އަޔާޒް ތަކުރާރުކޮށް ސުވާލުކުރިއެވެ. އެހިނދު އަޔާޒްގެ ހިފާލުމުގެ ސަބަބުން ނޭވާއަށް އުދަގޫވެފައިވި ސާޝާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

 

“އަޔާޒްގެ ގާލްފްރެންޑް…މް..މައުވާ…” ސާޝާ ނުހަނު އުދަގުލާއެކީ ބުނެލި ނަމުން އަޔާޒް ހުއްޓުން އެރި ހިނދު އޭނަގެ ދެލޯ ބޮޑުވިއެވެ. އިސާހިތަކު ސާޝާގެ ގިރުވޯނުގައި ހިފައިގެން ހުރި ދެއަތަށް ދޫދެވުނެވެ. ހަމަ އެވަގުތު ފުރުޞަތުގެ ބޭނުން ހިފައި ސާޝާ އަޔާޒް ކޮއްޕާލަމުން އޭނަގެ ގަޔަށް އެތިފަހަރެއް ވިއްލަން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު ފުލުސް ކާރުތައް އެގެއާއި ދިމާލަށް އަންނަން ފެށި އަޑު އިވިފައި ސާޝާގެ ދެލޯ ބޮޑުވިއެވެ. ފުލުހުން އައިސް އެގެއަށް ވަދެގެން އައީ އަޔާޒް ދެންވެސް ހުރިގޮތަށް ހުއްޓައެވެ. ފުލުހުން ވަނުމާއެކު ސާޝާ ވަގުތުން އަޔާޒް ކުށްވެރިކުރެވޭތޯ ބެލިއެވެ. އަޔާޒް އޭނައަށް އަނިޔާ ކުރަނީކަމަށް ބުނަމުންނެވެ. އެހެނަސް ފުލުހުން ސާޝާ ބަލާ އައީ އަޔާޒް ހުށަހެޅި އެއަށްވުރެ ސީރިއަސް މައްސަލައެއްގައިކަން އޭނަ ނުދެނެ ހުއްޓެވެ. އަޔާޒް ދައްކާފައިވި ސީސީޓީވީ ފުޓޭޖްގެ ސަބަބުން ހަމަ އެވަގުތުން ވަގުތަށްވެސް ފުލުހުން ސާޝާ ގެންދިޔައީއެވެ. އެންމެން ގެއިން ނިކުމެ މުޅި ތަން ހިމޭންވެގެން ދިޔައިރު ވެސް އަޔާޒަށް ހުރިތާ ހުއްޓިގެން ހުރެވުނެވެ. ދެންމެ އިވުނު ބަސްތައް ޤަބޫލުކުރަން ނޭނގިފައި ހުރި ފަދައަކުންނެވެ. ރޭ އޭނައަށް ލިބުނު އަނިޔާގެ މަތިން ހަނދާންކޮށްފައި އެއީ ހަމަ އޭނަގެ ލޯބިވެރިޔާ އޭނައާއިމެދު ކަންތައް ކުރި ގޮތްތޯ އަމިއްލަ ހިތާއި ސުވާލުކުރެވެމުން ދިޔައެވެ. އެހެނަސް އެ ސުވާލުގެ ޖަވާބު އަޑުއަހަން އޭނަގެ ހިތް ބޭނުންވެފައި ނުވުމުން އެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. އެ ހިތްހަމަނުޖެހުމުގެ ތެރޭގައި އިރުކޮޅެއް ވަންދެން ހުރެހުރެފައި އަޔާޒް ފުން ނޭވައެއް ދޫކޮށްލަމުން ލަސް ހިނގުމެއްގައި އެނގެއިން ނިކުމެގެން ދިޔައީ ވަރުބަލިވެފައިވާ ކަހަލަ ގޮތަކަށެވެ.

 

ކާރު ދުއްވަމުން ދިޔައިރު ވެސް އަޔާޒަށް ވިސްނެމުން ދިޔައީ މައުވާއާއި މެދުގައެވެ. މައުވާއާއި އެކީ ހޭދަކުރި އުފާވެރި ވަގުތުކޮޅުތައް އޭނަގެ ހަނދާނަށް އަންނަމުން ދިޔައެވެ. މައުވާއާއި އެކީ އަތު ގުޅާލައިގެން އޭނަ އެވަގުތު ދުއްވަމުން ދިޔަ މަގުގެ އެއްފަރާތުން ދިޔަ ގޮތާއި، މައުވާއާއި އެކީ ހިއްސާކުރި ހުނުންތަކާއި އަބަދުވެސް އޭނަ ގައިގައި ބައްދާލަމުން އޭނަ ގާތު ލޯބިވާ ވާހަކަ ބުނަމުން ދިޔަ ގޮތެވެ. އެ ހުރިހާ ކަމަކަށްފަހު ވެސް ރޭ އޭނައާއި ދޭތެރޭ ހިނގި ކަންތައްތަކުގެ ފަހަތުގައި މައުވާގެ އަތެއް ވާކަން ޤަބޫލުކުރަން އޭނައަށް ދެންވެސް ދަތިވިއެވެ. އާދައިގެ މަތިން މައުވާގެ ނޭދެވޭ ސިފައެއްގެ ވާހަކަ އިވުމުން އޭނަ ވަގުތުން މައުވާގެ ގާތަށް ގޮސް ސުވާލުކުރަން ބޭނުންވިއެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ހަނދާނަށް އައީ ބޮޑުމަންމަ މީގެ ދުވަސްކޮޅެއް ކުރިން އޭނަގާތު ބުނެލި ވާހަކައެވެ.

 

“ލޯތްބަކީ ބަލިކަށި ކުރުވާ ކަމެއްނޫން. އެއީ ޙަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަމެއް.” އަޔާޒްގެ ސިކުނޑީގައި އެ ބަސްތައް ގުގުމާލިއެވެ. އެކަމާމެދު އޭނަގެ ހިތަށް ޙައިރާންކަމެއް ވެރިވިއެވެ. އެއީ ކުރިންވެސް ބޮޑުމަންމަ މިޒާތުގެ ވާހަކަތައް އޭނަ ގާތުގައި ދައްކާފައި ހުރީތީވެއެވެ. އެހެނަސް މީގެ ކުރިން އެއްވެސް ދުވަހަކު މައުވާއާއި އޭނައާއި ދެމެދު އޮތް މައްސަލައެއް ޙައްލުކުރަން އުޅުނު ހިނދެއްގައި އެފަދަ ބަސްތަކެއް ހަނދާންވެފައި ނުވާތީވެއެވެ.

 

ނޭނގޭ ސަބަބަކާހުރެ ލޯތްބަކީ ކޯޗެއްކަން ބޮޑުމަންމަ ބުނެދިން ހަނދާން އާވުމުން އޭނަގެ ލޮލަށް ސިފަވެގެން ދިޔައީ އެހެން ސޫރައެކެވެ. އަބަދުވެސް އުޖާލާވި ހިނިތުންވުމަކުން ޖަރީވެފައިވާ މޫނެކެވެ. ކޮންމެ ހިނދެއްގައި ވެސް އޭނައަށް އުފާވެރިކަން ޔަޤީންކޮށްދޭނެ ފަރާތެކެވެ. އެއީ ކާކުކަން އަޔާޒަށް އެނގުންވަމުން ދިޔަ ވަގުތު އޭނައަށް ނޭނގި އޭނަ ދުއްވަމުން ދިޔަ ކާރުގެ ސްޕީޑްވެސް ދަށްވާން ފެށިއެވެ. އެ ހިނދު ކީއްވެކަމެއް ނޭނގެއެވެ. އޭނަ ބޭނުންވީ މައުވާއާއި ބައްދަލުކުރުމުގެ ކުރިން އޭނަގެ ޚިޔާލުތައް ހިސާރުކުރި އެ ސޫރައިގެ ވެރިޔާއާއި ބައްދަލުކުރާށެވެ. މައުވާއާއި އެކީ އޭނަކުރާ ބައްދަލުވުންތަކާއި ޚިލާފަށް އެ ބައްދަލުވުމުން އޭނަގެ މައްސަލަތަކަށް ޙައްލު ލިބި އޭނައަށް ހަމަޖެހުމެއް ނޫނީ ނުލިބޭނެކަން ޔަޤީންކުރެވުނީތީވެއެވެ. އެ ލިބުނު ޔަޤީން ކަމާއެކީ އަޔާޒް ވަގުތުން އޭނަ އުޅޭ ހޮޓެލާއި ދިމާލަށް މިޞްރާބުޖެހީ އޭނަގެ ހިތުގެ ގޮވުމަށް ފަސްދޭން ނުކުޅެދިފައިވާ ޙާލުގައެވެ.

 

**

 

ކުޑަ އެއާރޕޯޓަކަށް ޖައްސަން ތިރިކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓްގައިވީ މަދު ފަސިންޖަރުންނެވެ. މާލެއިން އެ ރަށަށް ދިޔުމަށްޓަކައި އެ ފްލައިޓް ފުރައިގަތްއިރު އޭގައި ގިނައީ ފަތުރުވެރިންނެވެ. ދަތުރުމަތީގައި އޭގެ ފަހު މަންޒިލާއި ހަމައަށް ދިޔުމުގެ ކުރިން ފްލައިޓް އެހެން ރަށަކަށް ޖައްސާފައިވުމުން އެ ހުރިހާ ފަތުރުވެރިން އެ ރަށަށް ފައިބައިފައިވެއެވެ. އެހެންކަމުން އެވަގުތު ފްލައިޓްގައިވީ މުޅިން ދިވެހިންނެވެ. އެމީހުންގެ ތެރެއިން ގިނައީ ފެންނަ ފެނުމަށް އެހާ ތަނަވަސް މީހުންނެއްނޫނެވެ. އެމީހުންގެ ތެރޭގައިވީ އަމިއްލަ ވަޒަނުގައި ނެތް ވަޞީލަތެއް ހޯދުމަށްޓަކައި މާލެއަށް ދަތުރެއްކޮށްފައިވާ މީހުންކަން އެމީހުންގެ ވާހަކަތަކުން އެނގެއެވެ.

 

އެހެނަސް އެ މީހުންގެ ތެރޭގައި އައިބުކޮށް ދައްކަމުން ދިޔަ ފިރިހެނެއް ފްލައިޓްގެ މައި ދޮރު ކައިރިއަށް ވާގޮތަށްހުރި ކުޑަދޮރުގެ ސީޓުގައި އިނެވެ. އަތްދިގު ގަމީހަކާއި ފަޓުލޫނެއްގައި ހުރި އެ މެދު ޢުމުރުގެ ފިރިހެން މީހާ ފްލައިޓްގެ މުވައްޒަފުންނާއި އިނގިރޭސިން ވާހަކަ ދައްކަމުން ދިޔަ ގޮތުންނާއި، އެހެން އިންއިރު ވެސް އަވި އައިނެއް އަޅައިގެން އިނގިރޭސި ވިޔަފާރީގެ މަޖައްލާއެއް ކިޔަމުން ދިޔަ ގޮތުން އެއީ ޢުމުރުން ދުވަސްވިޔަސް ތަޢުލީމީ މީހެއްކަން އެނގެއެވެ. ތުނިކޮށް ކޮށާލެވިފައިވި އިސްތަށިގަނޑުގައި ނުރަ ފަޅަން ފަށާފައިވި އެ ތަޢުލީމީ ފިރިހެން މީހާ ތަރައްޤީވެފައިނުވާ ރަށަކަށް ދާންވީ ސަބަބެއް ނަގައިގަންނަން ގިނަ ބަޔަކަށް އުދަގޫވެފައިވިއެވެ. ގިނަ މީހުންނަށް ނިންމިފައިވީ އެއީ އެމީހާގެ ތިމާގެ މީހަކު މަރުވެގެން ނޫނީ ބަލިވެގެން ޒިޔާރަތެއް ކޮށްލަނީ ކަމަށެވެ. އެހެނަސް ޢާއްމުގޮތެއްގައި އެހާ ތަޢުލީމީ މީހުންގެ ޢާއިލީ މީހަކު ބަލިވިޔަސް ގެންދާނީ މާލެއަށްތާއެވެ. އަދި ޢާއްމުގޮތެއްގައިއެމީހުންގެ ދަރިންވެސް ތިބޭނީ ބޭރު ޤައުމުތަކަށް ގޮސް ހުސްވެފައިކަމަށްވުމުން އެމީހާގެ އައިބުކަން އިތުރުވިއެވެ.

 

އެމީހާއާއެކީ ފްލައިޓުން ދަތުރުކުރި ފަސިންޖަރުން އިތުރަށް ޙައިރާންވެގެން ދިޔައީ ފްލައިޓް ދަތުރަށްފަހު ކާރެއް ހޯދުމުގެ ބަދަލުގައި އެ ރަށުގެ ބަނދަރާއި ދިމާލަށް އެމީހާ މިޞްރާބު ޖެހުމުންނެވެ. ފްލައިޓުން ފޭބި މީހުންގެ ތެރެއިން އެމީހާއާއެކީ ބަނދަރާއި ދިމާލަށް މިޞްރާބުޖެހީ އެންމެ 3 މީހުންނެވެ. އެ ބަނދަރުން އަންނަ ބޯޓަކަށް އަރާނީ އެ ރަށުގެ ކައިރީގައި އޮންނަ އާބާދީ ކުޑަ ރަށަށް ދާ މީހެއްކަން އެންމެންނަށް ވެސް ޔަޤީންވާތީ ބޯޓު ދަތުރު ފެށުމުން ގިނަ ބަޔަކު އެމީހާއަށް ބަލައި ސިއްރު ވާހަކަތައް ދައްކަމުން ދިޔައެވެ. އެއީ އެ ރަށު މީހުން ދުވަހަކުވެސް ދެކެފައިނުވާ މީހަކަށްވާތީވެއެވެ. ޢާއްމުގޮތެއްގައި އެފަދަ ބީރައްޓެހިޔަކު އެ ރަށަށް އަންނާނީ އެރަށުގެ އެހެން މީހަކާއި އެކީގައެވެ. އެހެނަސް އެމީހާ އެކަނި އިންގޮތުން އެމީހާއާއިމެދު ބޯޓު ތެރޭގައި ދެކެވެން ފެށި ވާހަކަތައް ގިނަވިއެވެ.

 

މީހުން ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އެމީހާއަށް ރޭކާވެސް ނުލާ ފަދައެވެ. ބޯޓު ދަތުރު ފެށީއްސުރެ އެމީހާގެ ނަޒަރު ހުއްޓިފައިވީ ކުޑަދޮރުން ބޭރަށެވެ. މިނެޓްތަކެއްފަހުން ދަތުރު މަތީގައި ކޯމަސްތައް ފެންނަން ފެންނަން ފެށުމުން އެ މޫނުމަތިން ލުއި ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އިރުކޮޅެއް ވަންދެން އެ މަންޒަރު ބަލަން އިނދެފައި އެމީހާ ބޮޑު ބެކް ޕެކެއް ކަހަލަ އޭނަގެ ކަޅުކުލައިގެ ދަބަސް ނެގިއެވެ. ދަބަސް ހުޅުވާލުމަށްފަހު އޭނަ އޭގެ ތެރެއިން ނެގީ އޭގެ ފަހަތަށް މުށި ކުލަ އަރަން ފަށާފައިވި ބާ ފޮޓޯ ގަނޑެކެވެ. ފޮޓޯ ގަނޑު އަނެއްފަރާތަށް އަނބުރާލިއިރު އޭގައިވި ތަޞްވީރު ފެނިގެން ދިޔައެވެ. އެއީ އަލަށް އުފަންވެގެން އުޅޭ ޅަ ކުއްޖެއްގެ ފޮޓޯއެކެވެ. ނިދިފައި އޮތް އެ ކުއްޖާ ފިޔާތޮށި ކުލައިގެ އަތްކެނޑި ހެދުމެއް ލެއްވިފައިވި ގޮތުން އެއީ އަންހެން ކުއްޖެއްކަން އެނގެއެވެ. އެ ފޮޓޯއަށް ބަލަން ހުރެފައި އެ ފިރިހެން މީހާ އަނެއްކާވެސް އޭގެ ނުފުށަށް އަނބުރާލިއެވެ. އޭރު އޭގެ މަތީގައި ނޫކުލައިގެ ގަލަމަކުން ދިވެހިން ލިޔެފައިވިއެވެ. ފޮޓޯގެ ފަހަތުގައި ލިޔެވިފައިވީ މިހެންނެވެ.

 

‘މަލޫ (5 ޑިސެމްބަރ 1998)’

 

**

 

11:00 ޖަހަން ގާތްވެފައި ވަނިކޮށް މަލާކް އެނދުމަތީގައި އިނީ ކުރާނެ ވަކި ކަމެއް ނޭނގިގެން ޓީވީ ހުޅުވައިގެންނެވެ. އޭނަ އެހެން އިންއިރު ދޭތެރެދޭތެރެއިން ކޮޓަރީގެ ދޮރާއި ދިމާލަށް ބެލެމުން ދިޔައީ އަޔާޒް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަޔާޒް ދާތަނެއްވެސް އޭނައަށް އެންގުމެއްނެތި ދިޔަ ގޮތުން އޭނަ ހިސާބަކަށް ކަންބޮޑުވެސް ވަމުން ދިޔައެވެ. އެހެނަސް ޓީވީގެ ޗެނަލްތައް ބަދަލުކުރަމުން ގޮސް އޭނައާއި އަޔާޒް ޢާއްމުގޮތެއްގައި ބަލައި އުޅޭ ‘ވައިލްޑްލައިފް’ ޗެނަލާއި ދިމާވުމުން އޭނަ އެ މަންޒަރުތަކަށް ގެއްލުނެވެ. ވަކިން ޚާއްޞަކޮށް ކޯމަހާއި ބެހޭ ޑޮކިއުމެންޓްރީއެއް ދައްކަމުން ދިޔަ ގޮތުން މަލާކަށް އެއަށް ބަލަން އިނދެވުނީ އެސްފިޔަ ޖަހާލުމެއްވެސް ނެތިއެވެ. ކޯމަސް ފުންމައިގެން ދާ މަންޒަރަކީ އޭނައަށް ރީތި މަންޒަރަކަށްވެފައި ކޯމަހާއި ގުޅިގެން އޭނަގެ ނުހަނު އުފާވެރި ހަނދާނެއް ހުންނާތީވެސްމެއެވެ.

 

މަލާކް ޓީވީގެ ސްކްރީނަށް ގެއްލިފައި ވަނިކޮށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އާދައިގެ މަތިން މަލާކަށް ސިއްސައިގެން ގޮސް އެދިމާލަށް ބަލާލެވުނެވެ. އެ ދޮރު ހުޅުވާލަމުން ކޮޓަރީގެ ތެރެއަށް ވަން އަޔާޒް ފެނިފައި މަލާކް ވަގުތުން ޓީވީގެ އަޑު މަޑުކުރިއެވެ.

 

“ކޮންތަނަކަށް ގޮއްސަ ތިއައީ؟ ކާއެއްޗެއް ހިފައިގެންތަ ތިއައީ؟” މަލާކް އަޔާޒްގެ ދެއަތަށް ވަކިވަކިން ބަލަމުން އެ ސުވާލުކުރީ އަޔާޒް ޢާއްމުކޮށް އެގޮތަށް އަންނައިރު ކޮންމެވެސް އެއްޗެއް ގެންނާތީވެއެވެ. އަދި އަމުދުން އެވަގުތު އަޔާޒްގެ މޫނުމަތިން އޭނަގެ ތަބީޢަތު ގޯސްވެފައިވިކަން ނަގައިގަނެވުމުން އޭނަ ހެއްވާލުމުގެ ނިޔަތުގައިވެސްމެއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. މަލާކް ލޯދިއްކޮށްފައި އަޔާޒްގެ ދެއަތަށް ވަކިވަކިން ބަލަން ފެށި ގޮތުން ހިތް ހައިޖާނެއްގައި ވިއެއްކަމަކު އަޔާޒަށް ހީލެވުނެވެ.

 

“ސޮރީ….ނުގެންނަން އެއްވެސް އެއްޗެއް. ފިހާރައަކަށް ނުދަން އަސްލު……ގޮއްސަ ގަނެގެން އަންނަންތަ؟ މިތާ ކައިރީގަ ހުންނަ ތަނުން ވިއްކާ ޗޮކްލެޓް؟ މަލާކްއަށް ވަރަށް މީރުވިއެއްނު އޭތި؟” އަޔާޒަށް އަހާލެވުނެވެ. އޭނަ އަމިއްލައަށް ފިކުރުކުރަންވީ ކިތަންމެ ކަމެއް އެވަގުތު ހުއްޓެއްކަމަކު މަލާކް އުއްމީދު ކޮށްގެން ހުރި ކުޑަކަމެއް ފުރިހަމަ ނުވުމުން އޭނަގެ ހިތް މާޔޫސްވިއެވެ. އެކަމާމެދު ޚުދު އަޔާޒްވެސް އަޖާއިބުވެ އަންތަރީސްވިއެވެ.

 

“ނޫނޭ ދެން މި ގަޑީގަ ނުކެވޭނެ….ކިހިނެއް ތުންފަތަށްވެފަ ތިހިރީ؟” އަޔާޒް ކައިރިވަމުން ދިޔަ ވަރަކަށް ތިރީ ތުންފަތުގެ އެއްފަރާތުން ފެންނަމުން ދިޔަ ރަތްކުލައިން މަލާކަށް އަހާލެވުނެވެ. އޭނަ އަހާލުމާއެކު ކުޑަކޮށް ދެލޯ ބޮޑުވި އަޔާޒް އޭނަގެ ތުންފަތުގައި އިނގިއްޔެއް ޖައްސައި ބަލާލިއެވެ. އެ އިނގިލީގައި ލޭ ހުރިތަން މަލާކަށް ވެސް ފެނިފައި އެމޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އެތަން ފެނިފައި އަޔާޒް ގަދަކަމުން ހެވޭތޯ ބެލިއެވެ.

 

“ހް…ހެހެ….އެއީ ތުންފަތް ހިކިގެން ގޮއްސަ ފަޅައިގެން ދިޔައީ….ޑީހައިޑްރޭޝަން ޔޫ ނޯ؟” މަލާކް ޤަބޫލުކުރާނެކަމުގެ ޔަޤީންކަމެއްނެތި އަޔާޒް ބުނެލިއެވެ. އެހެނަސް މަލާކްގެ މޫނުމަތިން ދެންވެސް ފެނުނީ ޝައްކެވެ.

 

“އެކަމަކު ކުރިން ދުވަހަކުވެސް އަޔާޒްއަށް ތިހެން ނުވޭ…އެކްސިޑެންޓެއް ކަހަލަ ކަމެއްވީތަ؟” އިތުރަށް ކަންބޮޑުވެގެން ދިޔަ ހިތަކާއެކީ މަލާކަށް އަހާލެވުނެވެ. މަލާކް ހައްލާލެވެން ނެތްކަން ޔަޤީންވުމުން އަޔާޒަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އަދި ލަސް ހިނގުމެއްގައި ގޮސް އެނދުގެ އެއްފަރާތެއްގައި އިށީނީ ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމަމުންނެވެ.

 

“އަހަރެން ދިޔައީ ސާޝާގެ ގެއަށް…” އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ކިޔައިދޭން ފެށިއެވެ. އޭނަ އެހެން ބުނުމާއެކު މަލާކް ކީކޭހޭ ބުނެލިއެވެ. އެއާއެކު އަޔާޒް ހުރިހާ ވާހަކައެއް އެންމެ ކޮޅުން ކިޔައިދޭން ފެށިއެވެ. އޭނަ ފުލުހުންނަށް ރޭ ދިމާވި ކަންތަކުގެ ވާހަކަ އެންގުމަށްފަހު ސާޝާގެ ގެއަށް ދިޔަ ވާހަކައެވެ. އެގެއަށް ދިޔުމަށްފަހު އޭނައާއި ސާޝާއާއި ދެމެދު ހިނގި ތަޅާލުމުގެ ވާހަކައެވެ. އެ ތަޅާލުން ނިމުނު ވަގުތު އޭނަ ސާޝާއާއި ކުރި ސުވާލެވެ. އަދި އެ ސުވާލުގެ ޖަވާބަކަށް އޭނައަށް އިވުނު ނަމެވެ.

 

“އެކަމަކު އަހަންނަށް ޤަބޫލުކުރަން ދަތި މަލާކް. މައު ކީއްކުރަން އަހަންނަށް އެހެން ހަދަންވީ؟ އަހަރުމެން 3 އަހަރުވެއްޖެ ރައްޓެހިވެގެން އުޅޭތާ. އޮފް ކޯސް ކޮންމެ ގުޅުމެއްގަހެން އަހަރުމެން ދެމެދުގަ ވެސް މައްސަލަތައް ޖެހިފަ އެބަހުރި. އެކަމަކު މައު އަހަންނަށް އެފަދަ އަނިޔާއެއް ދީފާނެކަމުގެ ޢިޝާރާތެއް އަހަންނަށް ނުލިބޭ….މަލާކަށް ހީވަނީ ކިހިނެއް؟” އަޔާޒް ވާހަކަ ކިޔައިދިނުމަށްފަހު މަލާކް ކައިރިން އަހާލީ މަލާކަކީ ފުންނާބު އުސް ނަފްސާނީ ބަލިތަކުގެ ޑޮކްޓަރެއްހެން ހީވާ ފަދައަކުންނެވެ. އަޔާޒް ކޮށްލި ސުވާލުން މަލާކް ކުޑަކޮށް ހުއްޓުން އެރިއެވެ. އަޔާޒަށް ބަލަހައްޓައިގެން އޭނައަށް އިރުކޮޅެއް ވަންދެން އިނދެވުނެވެ. އެންމެ ފުރަތަމަ ސިކުންތުގައި އޭނަ ވަގުތުން މައުވާ ގޯސްކުރަން ބޭނުންވިއެވެ. ބޮޑުމަންމަގެ ފަރާތުން އިވުނު މައުވާގެ ވާހަކަތަކަކީ ޙަޤީޤަތަކަށްވާނަމަ މައުވާ އަޔާޒަށް އެފަދަ އަނިޔާއެއްދޭން ފަސްނުޖެހޭނެކަން އޭނައަށް ޔަޤީނާއި ގާތްވިއެވެ. އެހެނަސް އަޔާޒްގެ ނަޒަރިއްޔާތުން އޭނައަށް ވިސްނާލެވުނެވެ. އަޔާޒަށް މައުވާ ގޯސްނުވާނެތާއެވެ. އެއީ އޭނަގެ ދުވަސްވީ ލޯބިވެރިޔާ ވިއްޔާއެވެ.

 

“ހެލޯ….” މަލާކް ގެއްލިގެން އިންނަން ފެށުމުން އަޔާޒް އޭނަގެ މޫނުގެ ކުރިމަތިން އެއްއަތް ހިންގަމުން ދިގުކޮށް ގޮވާލިއެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބުނު މަލާކް ދޭންވީ ޖަވާބަކާމެދު ވިސްނާލިއެވެ.

 

“ނޭނގެ އަޔާޒް މިހެން ބުނީމޭ ކީކޭ ކަމެއް ހިތަށްއަރާނީ. އެކަމަކު އަޔާޒް އެހީމަ މަލާކް ދެކޭ ގޮތް މަލާކް ތެދުތެދަށް ކިޔައިދޭނަން. މަލާކަށް ހިއެއްނުވޭ މައުވާ އަޔާޒްއާމެދު އަޅާލާހެނެއް. އަޅާލާނަމަ އަޔާޒް ކޮންމެ ރެއަކު މައުވާ ނުގުޅައިގެން ހުންނަން ނުޖެހުނީސް. މައުވާއާއެކީ ހޭދަކުރާ ވަގުތުތަކުގެ އެހާ ގިނައިން މަޢާފަށް އެދެން ނުޖެހުނީސް. ގުޅުމެއްގަ މަޢާފަށް އެދުމަކީ ވެސް އޮތްކަމެއް. އަމިއްލަ ކުށް ޤަބޫލުކުރުމަކީ ވެސް އޮތްކަމެއް. އެކަމަކު އަބަދު އެކަކު އަނެއްމީހާ ކުށްވެރިކުރުމަކީ ޤަބޫލުކޮށްގެންވާނެ ކަމެއްނޫން އަޔާޒް. އަޔާޒް ދުވަހަކުވެސް އަޑުއެހިންތަ މައުވާ އަމިއްލަ ކުށް ޤަބޫލުކޮށް އަޔާޒަށް މަޢާފަށް އެދުނު އަޑު؟ ދުވަހަކުވެސް އަޑުއެހިންތަ އަޔާޒް ކަންބޮޑުވުމެއްގަ އުޅޭއިރު ކިހިނެއްވީތޯ އަހާލި އަޑު؟ ކުޑަމިނުން މައުވާ އަޔާޒްގާތު ލޯބިވާ ވާހަކަ ބުނެލީ އެންމެ ފަހުން ކޮން ދުވަހަކު؟ އަޔާޒް މައުވާއަށްޓަކައި މި ހުރިހާ ކަމެއް ކޮށްދޭއިރު ކުޑަމިނުން ޝުކުރުވެސް އަދާކޮށްލިތަ؟” މަލާކް ޖެހިޖެހިގެން އެތައް ސުވާލެއް އެއްފަހަރާ ކުރިއެވެ. އޭނައަށް ވާހަކަ ދެކެވުނު ގޮތުން ޚުދު އޭނަ ވެސް އަޖާއިބުވިއެވެ. އޭނައަކީ އެއްވެސް ޒަމާނެއްގައި ގުޅުންތަކާމެދު މާ ބޮޑަށް އެނގިގެން އުޅުނު މީހެއްނޫނެވެ. ވީއިރު މިއަދު އޭނައަށް މި ދެކެވެނީ ކޮންހާ ވާހަކައެއް ހެއްޔެވެ؟ އޭނައަށް ނޭނގުނު ކަމަކީ އޭނައަށް އެ ކިޔައިދެވުނީ އޭނަގެ އިޙްސާސްތައްކަމެވެ. މައުވާ އަޔާޒްއާއެކީ ހުންނައިރު އޭނަ އެފަދަ މަޤާމެއްގައި ހުރެ އަޔާޒަށްޓަކައި ކޮށްދޭން ބޭނުން ކަންތައް މައުވާ ކޮށްނުދީ ހުރުމުން ހިތުގައި އުފެދުނު ޝަކުވާތަކެއްކަމެވެ.

 

މަލާކްގެ ވާހަކައިގެ ކުރީކޮޅު އަޔާޒްގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާނެއް ރޯވިއެވެ. އޭނަގެ ދުވަސްވީ ލޯބިވެރިޔާ އޭނަދެކެ ލޯބިނުވާކަމަށް މަލާކް ހީކުރާކަން އެނގުންވުމުންނެވެ. އެހެނަސް އެ ވާހަކައިގެ ފަހުކޮޅުން މަލާކް ކޮށްލި ސުވާލުތަކާމެދު އަޔާޒަށް ވިސްނާލެވުނެވެ. އޭނަ މި ހުރިހާ ދުވަހު ހީކޮށްގެން ހުރީ މައުވާގެ ފަރާތުން އޭނައަށް ކުރިން ލިބުނު އަޅާލުމާއި ލޯބި އޭނައަށް މިހާރު ނުލިބެނީ އެމީހުންގެ ގުޅުމަށް ދުވަސްވެފައިވާތީވެކަމެވެ. އެހެނަސް މިހާ ދުވަސްވީއިރު އޭނަ އެ ގުޅުން ދަމަހައްޓަން އެހާ މަސައްކަތް ކުރާއިރު މައުވާއަށް އެކަން ނުފެންނަނީ ކީއްވެތޯ ފުރަތަމަ ފަހަރަށް ހިތަށްއެރިއެވެ.

 

އަޔާޒް ސީރިއަސް ނަޒަރެއްގައި އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިންނަން ފެށުމުން މަލާކް ޖެހިލުންވިއެވެ. އޭނައަށް އަޔާޒް ނުރުހުން ކޮށްލެވުނީތޯ ހިތް ސުވާލުކުރި ހިނދު އެ ހިތް މާޔޫސްވިއެވެ. އެ މާޔޫސްކަމާއެކީ އޭނައަށް ވާހަކަ ދެކެވުނީ އެދެމީހުންގެ ގުޅުމަށް ކުޑަވެސް ހީނަރުކަމެއް ގެންނަން ބޭނުމެއް ނުވުމުންނެވެ.

 

“އައިމް ސޮރީ އަޔާޒް. ވެދާނެ މަލާކަށް މާ ނުބައިކޮށް ވިސްނެނީ ކަމަށްވެސް. އެހެންނޫނަސް މަލާކަށް ކޯޗެއްދޯ އެނގޭނީ ގުޅުންތަކާ ބެހޭގޮތުން؟ ހެހެ…..” ދެރަވެފައިވާ ހިތަކާއެކީ ވެސް މަލާކް ހީލީ އަޔާޒް ހިތްހަމަޖައްސައިދޭން ބޭނުންވި މިންވަރުންނެވެ. މަލާކް ދެއްކި ވާހަކަ އިވިފައި އަޔާޒް އޭނައަށް ބަލާލިއެވެ.

 

“ނޫނޭ މަލާކް. ވެދާނެ އަހަންނަށް ހަމަ އަމިއްލަ ނަފްސު މޮޔަ ހެއްދެނީ ކަމަށްވެސް. ބޮޑުމަންމައާއި ދޮންބެވެސް ވަރަށް ގިނައިން އެހެން ބުނެއުޅޭ. މި ހުރިހާ ދުވަހު އަހަރެން އެ ވާހަކައަށް ބީރު ކަންފަތެއްދިނީ. މިއަދު އަހަރެންގެ ގާތް އެކުވެރިޔަކު ތިހެން ބުނީމަ ތިކަމާމެދު ވިސްނަން މަޖުބޫރުވެއްޖެ….ތެދުތެދަށް ބުނަންޏާ އަހަންނަށް ވެސް އަސްލު އެނގޭ ބައެއްފަހަރު މައުވާ އަހަރެންގެ ބޭނުން ނާޖާއިޒު ގޮތުގަ ހިފާކަން. އެކަމަކު އަހަރެން މައުވާ ދޫކޮށްލަން ޖެހިލުންވޭ. އެހާ ގިނަ ދުވަސްވަންދެން އަހަރެން އެއްވެސް ކުއްޖަކާ ރައްޓެހިވެގެން އުޅެފައި ނުވާތީ ހީވަނީ ދެން މައުވާ ކަހަލަ ކުއްޖަކު ނުލިބިދާނެހެން. މައުވާ އަހަންނަށް ގެއްލިއްޖެއްޔާ އަހަރެން މުޅި ޢުމުރު ދުވަހު އެކަނިވެރިވެދާނެހެން ހީވާތީ ހައްތަހާވެސް….” އަޔާޒް ފުރަތަމަ ފަހަރަށް އޭނަގެ ހިތުގެ އެންމެ އަޑީގައިވި އިޙްސާސްތައް މީހަކަށް ކިޔައިދިނެވެ. އެ ކިޔައިދެވުނު ވަގުތު އޭނަގެ ހިތް ނުތަނަވަސްވެސްވިއެވެ. އޭނަގެ ހިތާއިމެދު އެމީހަކު ކޮށްފާނެ ކަމަކާއި މެދުގައެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެމީހަކީ މަލާކްކަން އެނގުމުން އެ ހިތަށް ފިނިކަމެއް ލިބުނެވެ.

 

އަޔާޒްގެ ވާހަކަ އިވިފައި މިފަހަރުވެސް މަލާކް އެތައް ވާހަކައެއް އެއްފަހަރާ ދައްކަން ބޭނުންވިއެވެ. އޭނަ ހުއްޓާ އަޔާޒް އެކަނިވެރިވާނީ ކިހިނެއްތޯ އަހަން ބޭނުންވިއެވެ. އެހެނަސް އެ ސުވާލު އެއްފަރާތް ކުރުމަށްފަހު މަލާކް ދެންވެސް އަޔާޒްގެ ހިތްހަމަޖައްސައި ދެވޭތޯ މަސައްކަތް ކުރިއެވެ.

 

“އައި ސީ…..އެހެންވީމަ މައުވާ ދޫކޮށްލުމަކީ ރަނގަޅު ނިންމުމެއްކަމާމެދު ޔަޤީން ނުވަނީދޯ؟ އެހެންވީމަ އިސްތިޚާރާ ނަމާދު ކުރަންވީއެއްނު؟” މަލާކް ހެވިފައިހުރެ ނަމާދުގެ ވާހަކަ ބުނެލީ އެ ނަމާދުގެ މުހިއްމުކަން ކިޔައިދިނުމަށްވުރެ ބޮޑަށް މަޢުޟޫ ބަދަލުކޮށްގެން އަޔާޒްގެ މޫޑު ބަދަލުކުރެވޭތޯ ބެލުމަށެވެ.

 

“އިޝްތިހާރޭ؟!” އޮޅުން އަރައިގެން ދިޔަ އަޔާޒް މަލާކަށް ބަލާލި ހިނދު އޭނަގެ ނިތަށް ރޫގިނަވެފައިވިއެވެ. އެއާއެކު ހިނިތުންވުން ފިލައިދިޔަ މަލާކް ތުންފިއްތާލަމުން ނިތުގައި އެއްއަތުން ޖަހާލިއެވެ.

 

“އިޝްތިހާރެއްނޫން….އިސްތިޚާރާ…އެއީ ކަމެއް ނިންމާއިރު އެއީ ރަނގަޅު ނިންމުމެއްތޯ ބަލަން ކުރާ ނަމާދެއް. މަލާކް ވެސް އަނެއްހެން އެހާ ގިނައިން ކުރާ ނަމާދެއްނޫން. ތެދުތެދަށް ބުނަންޏާ މަލާކް އެ ނަމާދުކުރީ އަޔާޒްއާ މެރީކުރަންވެގެން މަންމަ ކިޔުނު ވަރުން. މަންމަ ވަރަށް ބުނި އިސްތިޚާރާ ކުރީމަ މި ނިންމުމަކީ ރަނގަޅު ނިންމުމަކަށްވާނަމަ މި ކައިވެނި ފަސޭހައިން ކުރެވިގެންދާނެއޭ. އަދި މި ކައިވެނިން މަލާކަށް އުފާވެރިކަން ލިބޭނެއޭ….” މަލާކް އޭނަގެ މަންމަގެ ބަސްތައް ހަނދާންކުރަމުން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ކިޔައިދިނެވެ.

 

“އެކަމަކު މަލާކް އުފަލެއް ނުވިއެއްނު؟ އަސްލުކޮށް ލޯބިވާ ކުއްޖާ ދޫކޮށްލާފައެއްނު އަހަންނާ އިންނަން ތި ޖެހުނީ؟ އެއިން ކޮންކަހަލަ އުފާވެރިކަމެއް ލިބޭނީ؟” އަޔާޒް ސުވާލުކުރިއެވެ. އެއާއެކު މަލާކަށް އެ ސުވާލުތަކާމެދު ވިސްނާލެވުނެވެ. ވިސްނާލެވުނު ހިނދު އޭނަ ހުއްޓުންއަރާ ގޮތްވެސްވިއެވެ. އަޔާޒަށް ނޭނގުނަސް އޭނައަށް މި ކައިވެނިން ހާދަ ގިނަ އުފާތައް އެބަ ލިބެއެވެ. ފުރަތަމަ ފަހަރަށް އޭނަގެ ހިތުތެރޭގައި ލޯތްބެއްގެ އިޙްސާސް އުފަންވެގެން ދިޔައީ މި ކައިވެނީގެ ތެރެއިންނެވެ. އެހެން މީހަކާމެދު އޭނައަށް މިހާ ބޮޑަށް އަޅާލެވިދާނެކަމުގެ އިޙްސާސް އޭނައަށް ކުރެވުނީ މި ގުޅުމުގެ ތެރެއިންނެވެ. އޭނަގެ ޙަޔާތުގެ ބައިވެރިއަކަށް މިއަދު ވެފައި އެވަނީ އޭނައާއި މެދު އަޅާލައި އަދި އޭނަ ރަނގަޅަށް ބެލެހެއްޓޭނެ ހަރުދަނާ ފިރިއެކެވެ. އަދި އަމުދުން އެ ފިރިމީހާ އޭނައާއި ދުރުކުރުވަމުން ދިޔަ ސަބަބު ކަމުގައިވާ އެ ފިރިމީހާގެ ލޯބިވެރިޔާ ވެސް އެ ދަނީ މަޑުމަޑުން ދުރުވަމުންނެވެ. މިއީ ހަމަ އިސްތިޚާރާގެ ބާރުތޯ ހިތަށްއެރި ވަގުތު އޭނަގެ ހިތުގައި އާދަޔާ ޚިލާފު ޖަޒުބާތުތަކެއް ހިނގާލިއެވެ.

 

“ބޮޑުމަންމަވެސް އަހަރެން ކައިރީގަ ބުނި ތި ނަމާދެއް ކުރާށޭ މަލާކްއާ އިންނަން. އެކަމަކު އަހަރެން ނުކުރަން. އަހަރެން ދެކޭ ގޮތުގަ އަހަރެން ނިންމާނީ އަހަންނަށް އެންމެ ރަނގަޅު ގޮތްތައް.” އަޔާޒް ޤަބޫލުކުރަން ބޭނުމެއްނުވެފައި އިނދެ ބުނެލިއެވެ. އަޔާޒްގެ ނުރުހުންވެފައިވި މޫނުގެ އެއްފަރާތް ފެނިފައި މަލާކަށް ވާހަކަ ދެކެވުނެވެ.

 

“އެހެންނެއް ނޭނގޭނެއެއްނު އަޔާޒް؟ އަޔާޒް މައުވާއާ ރައްޓެހިވީއިރު ދުވަހަކުވެސް ހީކުރިންތަ މައުވާއާއި ބެހޭ މިކަހަލަ ވާހަކައެއް އިވިދާނެއޭ ވެސް؟ ދުވަހަކުވެސް މައުވާ އަޔާޒް ހިތްހަމަނުޖެހޭ ފަދަ ކަމެއް ކުރާނެ ކަމަށް ހީކުރިންތަ؟ އެކަމަކު މިއަދު މިވަނީ އަޔާޒް އުއްމީދު ވެސް ނުކުރާ ފަދަ ކަންތައް ވާންފަށާފައެއްނު؟ މަލާކަކީ ވެސް އެހާ ދީންވެރި މީހެއްނޫން. އެކަމަކު މަލާކް ޤަބޫލުކުރަން ﷲ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާކަން. މި ހުރިހާ ދުވަހު އަޔާޒް ޓްރައިއެއްވެސް ނުކުރަމެއްނު އިސްތިޚާރާ ނަމާދުކޮށްގެން ކަމެއް ނިންމަން؟ އަޅެ ޓްރައި ކޮށްލަބަލަ މިފަހަރު ވާ ގޮތެއް ބަލަން. ކުރުމަކުން ލިބޭނެ ގެއްލުމެއް ނެތެއްނު؟” މަލާކް ނުހަނު އާދައިގެ ގޮތަކަށް ބުނެލިއެވެ. މަލާކްގެ އެ ވާހަކަ އިވިފައި އަޔާޒް މަލާކަށް ބަލާލިއެވެ. އަޔާޒް އެވަގުތުވެސް މައުވާގެ ކަންތަކާހެދި ހިސާބަކަށް ނުރުހުންވެފައިވުމުން އޭނައާއި ދެންމެ އެއްބަސްނުވި މަލާކަށް ވެސް ރަނގަޅު ޖަވާބެއް ދޭން ބޭނުންވިއެވެ. އޭނަ ބުނިގޮތަކީ ރަނގަޅުގޮތްކަން ސާބިތު ކުރަން ބޭނުންވެފައިވި މިންވަރުން ޓްރައި ކޮށްލަމާދޯއޭ އަޔާޒް ބުނެލިއެވެ.

 

މަލާކް އިސްތިޚާރާ ނަމާދުގެ ދުޢާ އަޔާޒާއި ޙިއްސާ ކުރިއެވެ. އަޔާޒް އެ ނަމާދުކޮށް އެ ދުޢާކޮށްލި ހިނދު ވެސް އޭނަގެ ހިތުގައި އެ ނަމާދަށްޓަކައި މަލާމާތެއްވިއެވެ. މިހާ ގިނަ ‘ހީކުރުންތަކަށް’ ބިނާވާ ކަންތައް އިސްލާމްދީނުގައި ވެސް ވަނީތާއޭ އޭނަގެ ހިތަށްއެރިއެވެ. އޭނަ އެ ނަމާދުކުރީ ހަމައެކަނި އޭނަގެ ބަހުގައި ހިފުމަށެވެ. ނަމާދު ކުރުމަށްފަހު އޭނަ ކުރި ދުޢާގެ ޖަވާބު އެކި ގޮތްގޮތަށް އައިސްފާނެކަމަށް މަލާކް ބުންޏެވެ. މިގޮތުން ދެން މައުވާއާއެކީ އޮތް ގުޅުން ދަމަހައްޓަން އޭނައަށް އުދަގޫވުމާއި އޭނަގެ އިޙްސާސްތަކަށް ވެސް ބަދަލު އައުން ހިމެނޭކަމަށް މަލާކް ބުންޏެވެ. ބޭރުފުށުން އަޔާޒް އެ ވާހަކަތަކަށް ބޯޖެހިއެއްކަމަކު ހިތާހިތުން މަލާމާތުގެ ހުނުމަކުން ހެވެމުން ދިޔައެވެ. ކުރާ ނަމާދެއްގެ ސަބަބުން އޭނަގެ އިޙްސާސްތަކަށް ބަދަލެއް އަންނާނީ ކިހިނެއްތޯ ހިތަށްއަރަމުން ދިޔައެވެ.

 

އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެ އިސްތިޚާރާ ނަމާދަށްފަހު އޭނައާއި މައުވާގެ ގުޅުން ހީނަރުވިކަމުގެ އިޙްސާސް އޭނައަށް ކުރެވުނެވެ. މައުވާގެ މެސެޖަކަށް އަޔާޒް ދެދުވަހެއްހާ ވަންދެން އިންތިޒާރު ކުރިއިރު އޭނަ އަމިއްލައަށް މައުވާއަށް ގުޅަން ހިތަށްވެސް ނާރައެވެ. އެކަން އެނގުންވުމުން އެއީ މި ނަމާދުގެ އަސަރެކޭ ހިތައި އޭނަ ވައިބާރއިން މައުވާއަށް މެސެޖެއް ކުރަން އުޅުނެވެ. އެހެނަސް އެދުވަހުގެ އެ ވަގުތު ހޮޓެލްގެ ވައިފައިގައި މައްސަލައެއް ޖެހިފައިވުމުން އެ މެސެޖު ނުފޮނުވުނެވެ. އޭގެ ބަދަލުގައި އަޔާޒް ޓެކްސްޓް މެސެޖެއްކުރުމުން އެތައް ގަޑިއިރެއްވީއިރު ވެސް މައުވާގެ ޖަވާބެއް ނުލިބުނެވެ. އެއިން ވެސް އަޔާޒްގެ ހިތުގައި މައުވާއަށްޓަކައި އޮތް ނުރުހުންތެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އެހާ ބޮޑުކަމެއް ކޮށްފައި މައުވާ އުޅެނީ ހަމަ އޭނައަށް ފިލައިގެންތޯ ހިތަށްއެރިއެވެ. އަޔާޒް މައުވާއާއިމެދު ކިތަންމެ ރަނގަޅަށް ވިސްނަން މަސައްކަތް ކުރިއެއްކަމަކު އެކަންވީ ދަތިކަމަކަށެވެ.

 

މި ހައިޖާނުގެ ތެރޭގައި އަޔާޒް ވަނިކޮށް ހަފްތާއެއްހާ ދުވަސްފަހުން އެންމެ ފަހުން އަޔާޒަށް މައުވާގެ މެސެޖެއް ލިބުނެވެ. ހެނދުނު ސައިބޮމުން ދިޔަ ވަގުތު އިންބޮކްސްއަށް ލިބިފައިވި މެސެޖު ފެނިފައި އަޔާޒަށް އޭތި ހުޅުވާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އޭގައި މައުވާ އޮތީ އޭނައާއި އެރޭ ބައްދަލުކުރަން ބޭނުންވާ ވާހަކަ ލިޔެފައެވެ. އެމީހުން އެކަކު އަނެކަކާއި ބައްދަލުވީ އެދުވަހުގެ ތާރީޚުގައި ކޮންމެވެސް ބްރިޖެއްގެ މަތިން ކަމަށްވެފައި އެރޭ އެ ބްރިޖްގައި ހަވާ އެރުވުންވެސް އޮތީތީވެއެވެ.

 

 

“މައުވާ ވޯންޓްސް ޓު މީޓް މީ! ކޭން ޔޫ ބިލީވް އިޓް؟!” ހިތަށް ވެރިވި ޖޯޝާއެކީ އަޔާޒަށް އޭނަގެ ފޯނު ނަގައި އެ މެސެޖަށް ރިޕްލައިއެއް ލިޔަން ފަށަމުން އެ ވާހަކަ ބުނެލީ އޭނަގެ ކުރިމައްޗަށްވާ ގޮތަށް ގޮނޑީގައި އިން މަލާކް ގާތުގައެވެ. އެހާ ދުވަސްވީއިރު މަލާކްގެ ތުރުތުރު އެޅުމާއި ފައިގެ ރިހުން ބޮޑުތަން ރަނގަޅު ވެފައިވުމުން އޭނަ އަނެއްކާވެސް އަމިއްލައަށް އުޅެން ފަށާފައިވެއެވެ.

 

“ވެއިޓް ވެއިޓް…..މައުވާ ރިޕްލައި ކުރިތަ އަޔާޒް ކުރިން ކުރި މެސެޖަށް؟” މަލާކް އަވަސްއަވަހަށް ސުވާލުކުރިއެވެ. އަނެއްކާވެސް އަޔާޒް އަވާމެންދުރަކަށް ހެއްލިގެން ހިނގައިދާނެކަމުގެ ބިރު ހީވުމުންނެވެ.

 

“ކޮން މެސެޖަކަށް؟ އަހަރެން ހަމައެކަނި މެސެޖުކުރީ ހާއިއެއް. ދެން އެއަށް ކޮން އިތުރު ޖަވާބެއްދޭނީ؟ އެހެންނޫނަސް މިއަދު އަހަރުމެންގެ އެނިވާރސަރީ….ޝީ ރިމެމްބާރސް….” އަޔާޒް ފޯނަށް ބަލަން އިނދެ ހުވަފެނީ ގޮތަކަށް ބުނެލިއެވެ.

 

“ރިއަލީ؟ ދެން މައުވާ މަޢާފަށް ވެސް ނޭދެނީތަ އެހާ ގިނަ ދުވަސްވަންދެން އަޔާޒްގެ މެސެޖަކަށް ރިޕްލައި ނުކޮށް ހުރެވުނީތީ؟ އަޔާޒް ޖަވާބެއް ނުލިބުނީމަ ދެރަވާނެކަން  އޭނައަށް އިޙްސާސް ކުރެވުނުތަ؟ ލެޓް މީ ގެސް….ނޯ!” މަލާކް ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ބުނެލިއެވެ. އެއާއެކު އަޔާޒްވެސް ނުރުހުންވިއެވެ.

 

“ޔޫ އާރ ގޮއިންގް ޓޫ ފާރ މަލާކް! ތިއީ ހަމަ މައުއާ އަހަރެން ދުރުކުރުވަން ދައްކާ ވާހަކަ. ނޫނީ އެ ނަމާދެއްގެ އެފެކްޓިވްނެސް ދައްކަންވެގެން ކުރާހާ ކަންތައް…” އަޔާޒް ރުޅިންވެރިކަމާއެކީ ބުނެލިއެވެ. އެހާ ހިސާބުން ވެސް މަލާކް ފަހަތަކަށް ނުޖެހުނެވެ.

 

“ހާދަ ބޮޑު ކުށްހީއެއްގައޭ ތިއުޅެނީ! މަލާކަށް ކޮންކަމެއް ތިދެމީހުން ގުޅުނިއްޔާ ނުގުޅުނިއްޔާ؟ މަލާކް މާދަމާ ވެސް މައްޗަށް ކިޔަވައިގެން ވަޒީފާ ހޯދައިގެން އަޔާޒް ދޫކޮށްލާފަ ދާން ނިންމައިގެން މިހިރީ…..އެންޑް ޕްލަސް އިސްތިޚާރާ ނަމާދުގެ އަސަރެއް ބަދަލުނުކުރެވޭނެ އިންސާނަކަށް. ﷲ ގެ ޙަޟްރަތުން ހެވައް އެދޭ އަޅާއަށް އެންމެ ރަނގަޅު ގޮތް މެދުވެރިކުރައްވާނީ ހަމައެކަނި އެކަލާނގެ. އެ ގޮތް މެދުވެރިވާން އުޅުމުން ވެސް އެއަށް ފަސްދީފައި ފަހުގެ ނިންމުން ނިންމަން އިންސާނާއަށް އިޚްތިޔާރު ދެއްވާފަވަނީ…..މި ހުރިހާ ދުވަހު އަޔާޒަށް މައުވާއާމެދު ވިސްނުނު ގޮތްތައް އެންމެ ރަނގަޅަށް އެނގޭނީ ހަމައެކަނި އަޔާޒަށް. އެ ހުރިހާ ކަމަކަށް ފަހުވެސް އަޔާޒްގެ އަމިއްލަ ހިތަށް އުދަގޫވާނެ ފަދަ ނިންމުމެއް ނިންމަން އަޔާޒް ހިތު އަޅައިފިއްޔާ މަލާކް ވަކި އެކަމާ ދެކޮޅު ހަދާކަށް ނެތިން….އިޓްސް ޔުއާރ ލައިފް!” މަލާކް ބުނެލިއެވެ. އޭނަ އެ ވާހަކަ ނިންމާލި ހިނދު އަޔާޒަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެން ވިސްނުމެއްގައެވެ. މަލާކް އަޔާޒަށް ބަލަން އިނދެފައި އޭނަގެ ނާސްތާވެސް ފުރިހަމަ ނުކޮށް އޭނަގެ ގޮނޑި މޭޒާއި ދުރުކުރިއެވެ. އަދި ގޮނޑި އަނބުރާލަމުން އަޔާޒަށް ފަސްދީފައި ދާން މިޞްރާބުޖެހިއެވެ. އެހެނަސް އަޔާޒަށް ފަސްދެވުނު ވަގުތު އެހެން ވާހަކައެއް ހަނދާންވުމުން މަޑުކޮށްލިއެވެ.

 

“ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަޔާޒްގެ އިޙްސާސްތަކާމެދު އަޅާނުލާ މީހަކާއެކީ ނުއުޅޭތި އަޔާޒް. އަޔާޒްގެ ހިތް ހުޅުވާލީމަ އެ ހިތަށް ތަދުކުރުވާ މީހަކާއެކީ ނުއުޅޭތި. އަޔާޒްގެ ގާތް އެކުވެރިއެއްގެ ގޮތުން މިހެން މި ބުނެލީ.” މަލާކް އިންގޮތަށް އިނދެ އަޔާޒަށް ބަލާލުމެއްވެސް ނެތި ބުނެލިއެވެ. އެއަށްފަހު ހިތާމަވެރި މޫނަކާއެކީ އޭނަގެ ގޮނޑި ދުއްވާލީ ކޮޓަރިއާއި ދިމާލަށެވެ. އެ ހިނދު ކާމޭޒުދޮށުގައި އިން އަޔާޒްގެ ހިތުތެރޭގައި ހިނގާލި ޖަޒުބާތުތަކުގެ ސަބަބުން އޭނައަށް އެދިމާލަށް ބަލާލެވުނެވެ. އެހެނަސް ހަމަ އެވަގުތު މަލާކް ގޮސް ކޮޓަރީގެ ދޮރާއި އަރާ ހަމަވަނީއެވެ. މަލާކް ކޮޓަރިއަށްވަދެ ލޯމައްޗަށް ގެއްލެންދެން އަޔާޒަށް އެދިމާލަށް ބަލަން އިނދެވުނެވެ. މަލާކް ދެއްކި ވާހަކަތަކުގެ އިތުރުން މަލާކާއިމެދު ވެސް ވިސްނެން ފެށި ގޮތުން އަޔާޒް މައުވާއަށް ޖަވާބެއް ދޭން ހުޅުވައިގެން ހުރި ފޯނުވެސް ލޮކްކޮށްލެވުނެވެ.

 

އެވަގުތުކޮޅުގެ ފަހުން އަޔާޒާއި މަލާކްއާ ދެމެދު ނުތަނަވަސްކަމެއްވިއެވެ. މެންދުރުގެ ކެއުމުގައި ވެސް ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވި ހިމޭންކަން ވެރިވެފައިވި ގޮތުން ދެމީހުންނަށް ވެސް އެއްވަރަކަށް އުދަގޫވަމުން ދިޔައެވެ. ހަމަ އެއާއެކު ދެމީހުންނަށް ވެސް ކުށްވެރިކުރެވެމުން ދިޔައީ އަމިއްލަ ނަފްސުތަކެވެ. އޭނައަށް މަލާކާއި ވާހަކަ ދެކެވުނީ މާ ރުޅިގަދަކޮށް ކަމަށް އަޔާޒްގެ ހިތް ބުނަމުން ދިޔައިރު މަލާކަށް އަޔާޒާއި މުޚާތަބު ކުރެވުނީ އަޔާޒް ހާދަ ދެރަވާނެ ކަހަލަ ގޮތަކަށޭ މަލާކްގެ ހިތް ބުނަމުން ދިޔައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް މަޢާފަށް އެދެން ބޭނުންވީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ދެމީހުންގެ ދެމެދުގައިވި ދެބަސްވުމަށްވުރެ ބޮޑަށް އެދެމީހުންގެ ގުޅުން ދެމީހުންނަށް ވެސް މުހިއްމުވުމުންނެވެ. ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވެން ދެމީހުންވެސް އެއްވަރަކަށް ބޭނުންވުމުންނެވެ. އެ އެދުން ބޮޑުވެގެން ދިޔުމުން އެދުވަހު ހަވީރު އަޔާޒަށް އެންމެ ފަހުން އޭނައާއި މަލާކް ޙިއްސާކުރާ ކޮޓަރީގެ ކިޔަވާ މޭޒުމަތީގައި އޮތް ޕޯސްޓް އިޓް ނޯޓެއްގައި ‘ސޮރީ’ އޭ ލިޔެ މަލާކް ކިޔަމުންދާ ފޮތެއްގެ މަތީގައި ތަތްކޮށްލެވުނެވެ. އެ ނޯޓުކޮޅު މަލާކަށް ފެނުމުގެ ކުރިން މަލާކަށް ވެސް އެތައް ވިސްނުމަކަށްފަހު ސިޓިންގް ރޫމުގައި އިނދެ އަޔާޒަށް މަޢާފަށް އެދި މެސެޖެއް ކޮށްލިއެވެ. ކޮޓަރީގައި ހުރި އަޔާޒަށް އެ މެސެޖު ފެނުމުން އޭނައަށް ހިނިތުންވެލެވުނު ހިނދު ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އޭނަ އުޅުނީ އޭނައަށް އެ މެސެޖު ނުފެންނަ ކަމަށް ހަދައި ކޮޓަރިން ނިކުމެގެންދާށެވެ. އެހެނަސް ކެތްނުވެގެން އޭނައަށް ކޮޓަރިން ނިކުމެވުނުތަނާހެން މަލާކަށް ގޮވާލެވުނެވެ. މަލާކް ބަލާލުމުން އަޔާޒް އާދަޔާ ޚިލާފު ގޮތަކަށް ނުތަނަވަސްވިއެވެ.

 

“ކް….ކޮންމެވެސް މީހެއްގެ ސިޓީއެއް އެބައޮތް މަލާކް މޭޒުމަތީގަ. ބަލާލައްޗޭ! އެއްކަލަ މާރކެޓިންގް ފޮތުގެ ބޭރުގަ އިނގޭ….” އަޔާޒަށް ބުނެލެވުނެވެ. އޭނައަށް ވާހަކަ ދެކެވުނު ގޮތުން މިފަހަރު ޙައިރާންވި ވަރަށްވުރެ ބޮޑަށް އޭނައަށް އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. އޭނަ ދުވަހަކުވެސް އަންހެން ކުއްޖަކާ ވާހަކަ ދެއްކިއިރު މިހާ ބޮޑަށް ނުތަނަވަސްވެފައެއް ނުވެއެވެ. ހަމައަކަށް އެޅެން މަސައްކަތް ކުރަމުން އަޔާޒް ހިނިތުންވުމެއް ދައްކާލި ހިނދު މަލާކްވީ އޮޅުމެއްގެ ތެރޭގައެވެ. މަލާކް ކޮޓަރިއަށް ވަންނަން ދިޔުމުން އަޔާޒް ސިޓިންގް ރޫމަށް ދިޔައެވެ. ކޮޓަރިއަށް ގޮސް މަލާކަށް އަޔާޒްގެ ނޯޓްކޮޅު ފެނިފައި ހިނިތުންވެލެވުނެވެ. ދެންމެ އަޔާޒް އޭނައަށް އޭތި ފެންނާނެކަން ޔަޤީންކުރަން ކަންތައް ކުރިގޮތް ހަނދާންވުމުން މޫނުވެސް ރަތްވިއެވެ. އޭނައާއި އަޔާޒާއި ދެމެދު އޮތް ނުތަނަވަސްކަމަށް ނިމުމެއް އައިސްފިކަން އެނގުންވުމާއެކު މަލާކް ވަގުތުން ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނަ ނިކުތް ވަގުތު ދޮރު ކައިރީގައި ހުރި އަޔާޒް އޭނަ ސިއްސައިގެން ދާނެ ފަދަ އަޑެއް ލައްވާލި ގޮތުން ހިތަށް ވެރިވި ބިރުވެރިކަމާއެކީ މަލާކް ގޮނޑިން ވެސް ހެލުނެވެ. އެހެނަސް ހަމަ އެވަގުތު އަޔާޒްވެސް ދެލޯ ބޮޑުކޮށްފައި ސިއްސައިގެންދާކަމަށް ހެދިކަން އެނގުންވި ހިނދު މަލާކަށް ހީލެވުނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ދެމީހުންގެ ހުނުމުގެ އަޑު އެގޭތެރޭގައި ގުގުމާލިއެވެ.

 

އެހެނަސް އަޔާޒް ދެންވެސް ހުރީ މައުވާ އެރޭ އޭނައަށް ދިން ދަޢުވަތަށް ދާން ނިންމައިގެންނެވެ. މަލާކަށް ނުރުހުންވެގެން ހުރި ވަގުތެއްގައި އޭނަ ދާނެ ވާހަކަ އޭނައަށް މައުވާގާތު މެސެޖަކުން ބުނެވިފައިވާތީވެއެވެ. އެރޭ އެތަނަށް ދާން ތައްޔާރުވަމުން ދިޔައިރު އޭނަ އެތަނަށް ނުދާންވެސް އެތައް ފަހަރު މަތިން ހިތަށްއަރަމުން ދިޔައެވެ. އޭގެ ބަދަލުގައި މަލާކާއެކީ ވަގުތުކޮޅެއް ހޭދަކުރިޔަސް މާ ރަނގަޅުވާނެކަމަށް ހިތް ބުނަމުން ދިޔައެވެ. އޭނަ ކިރިޔާވެސް އެތަނަށް ދާން ބޭނުންވަމުން ދިޔައީ މަލާކް ގޮވައިގެން ދާން ނިންމި ފަހުންނެވެ. އަޔާޒަށް މަލާކް ގާތު އެކަމަށް އެދެވުނީ މަލާކް އެކަނި ބަހައްޓާފައި މައުވާ ކައިރިއަށް ދިޔުމުގެ ޚިޔާލުން ވެސް އަޔާޒްގެ ހިތަށް ދަތިވުމުންނެވެ.

 

“އެކަމަކު މަލާކް ދިޔުން ރަނގަޅެއް ނުވާނެއެއްނު އަޔާޒް؟ ތިއީ އަޔާޒްއާ އަޔާޒްގެ ގާލްފްރެންޑްގެ ބައްދަލުވުމެއް. އެނިވާރސަރީ ފާހަގަކުރަން. އެތަނަށް މަލާކް ދިޔައިމަ މައްސަލަވެސް ޖެހިދާނެ. އަޔާޒް މައުވާއާއެކީ ހުންނަން ބޭނުންވަންޏާ މަލާކް ބޭނުމެއްނޫން ތި ދެމެދުގައިވާ ފާރަކަށް ވާކަށް…” މަލާކް ތެދުތެދަށް އޭނަގެ ޝުޢޫރުތައް ކިޔައިދިނެވެ. އޭނަ ބޭނުންވީ ކޮންމެ ގޮތެއްވިޔަސް އަޔާޒް އުފަލުގައި ބަހައްޓާށެވެ. އެހެނަސް އަޔާޒް ވެސް ދުލެއް ނުކުރިއެވެ. ދެންވެސް އޭނައާއެކީ އައުމަށް މަލާކްގާތު އެދުނެވެ. ހަވާ އަރުވާތަން ބަލަން ބޭނުމެއްނުވޭތޯ އަހަމުންނެވެ. މަލާކް އެންމެ ފަހުން އެއްބަސްވީ މަލާކް އެތަނަށް ދިޔަޔަސް މަލާކް ހުންނާނީ ހޮޓެލްގެ ސްޓާފްއަކާއެކީ ކަމަށް ބުނުމުންނެވެ. އެގޮތަށް ކަންތައް ކުރުމުން އޭނައާއި އަޔާޒްގެ ދުރުކަން މައުވާއަށް ދެއްކޭނެ ކަމަށް މަލާކަށް ހީކުރެވުނެވެ. އެހެނަސް ކަންތައްވެގެން ދިޔައީ އޭނަ އުއްމީދުވެސް ނުކުރާ ފަދަ ގޮތަކަށެވެ.

 

އަޔާޒް މަލާކްއާއެކީ އެ ބްރިޖަށް ދާން ދަތުރު ފެށީ އެރޭ 9 ޖެހިހިކަށްހާއިރެވެ. މައުވާ އޭނައާއި ބައްދަލުކުރަން އަންނާނީ 9:30 ހިކަށްހާއިރޭ ބުނެފައިވިއެއްކަމަކު ކުއްޔަށް ހިފާފައިވާ ކާރުގައި އަޔާޒް އެ ކުރު ދަތުރު ފެށީ މާ އަވަހަށެވެ. އޭނަ ބޭނުންވީ މަލާކްއާއެކީ ބޭރު ތަނެއްގައި ވަގުތުކޮޅެއް ހޭދަކުރާށެވެ. އެކަމާމެދު ޙައިރާންވާވަރަށްވުރެ އެ ޚިޔާލުން އޭނަގެ ހިތުތެރޭގައިވި އުފާވެރިކަން ބޮޑުވެފައިވިއެވެ. 9:16 ވީ ވަގުތު އެ ބްރިޖާއި ކައިރި ހިސާބެއްގައި އަޔާޒް ކާރު ޕާކް ކުރިއެވެ. އެއަށްފަހު މަލާކް ހޮޓެލްގެ މުވައްޒަފަށް ދޫކުރުމެއްނެތި އަމިއްލަ މަލާކް ގޮނޑިއަށް ލައިދިނެވެ. އަދި އަމިއްލައަށް މަލާކްގެ ގޮނޑި ދުއްވައިދޭން ފެށީ، އަދި މަލާކް ބަލި ރަނގަޅުވިތާ މާ ގިނަ ދުވަހެއްވެފައި ނުވާތީ އަމިއްލައަށް ދުއްވުން ރަނގަޅުނުވާނެކަމަށް ބުނަމުންނެވެ. އަޔާޒް ގޮނޑި ދުއްވަމުން ގޮސް މަޑުކޮށްލީ ފަނޑު އަލީގެ ބޮކިތަކުން ދިއްލާލެވިފައިވި ބްރިޖްގެ މެދާއި ހިސާބުގައެވެ. ރެއަކީ އެ ބްރިޖާއި ކައިރި ޞަރަޙައްދަކުން ހަވާ އަރުވާ ރެއަކަށްވުމުން އޭގެ ރީތި މަންޒަރުތައް ދެކިލުމަށްޓަކައި ގިނަ ބަޔަކު ބްރިޖަށް އެއްވެފައި ތިއްބެވެ. އަޔާޒް މަލާކް ގޮވައިގެން ގޮސް މީހުން މަދު ހިސާބަކަށް މަޑުކޮށްލީ ރެއިންލިންގްއާއި ދިމާލަށް ދެމީހުންވެސް މޫނުވާ ގޮތަށެވެ. އެތާ ހުއްޓިލަމުން އަޔާޒް އޭނަގެ ޖީބު ތެރެއިން ކުދި ދެ ޗޮކްލެޓް ނެގިއެވެ. އަދި އޭގެ ތެރެއިން އެކަތި މަލާކަށް ދިއްކޮށްލިއެވެ. އެއީ މަލާކް މީރުވެގެން އަމިއްލަ އިޝްތިހާރެއް ހަދާލި ޗޮކްލެޓްކަން އެނގުންވުމުން މަލާކަށް ހީލެވުނެވެ. މަލާކް ހީލުމުން އަޔާޒަށް ވެސް ހީލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ޗޮކްލެޓް ކެއުމަށްފަހު މަލާކް ސާދަވިލޭރޭގެ ހަނދަށް ނަޒަރު ހުއްޓައިގެން ގެއްލިފައި އިންއިރު ބްރިޖްގެ ރެއިލިންގްގައި އަތް އަޅުވައިގެން ހުރި އަޔާޒް އޭނަގެ ފޯނުން ފޭސްބުކަށްވަދެ ސްކްރޯލް ކުރަމުން ދިޔައެވެ. ސްކްރޯލް ކުރަމުން ދިޔައިރު ވެސް ދޭތެރެދޭތެރެއިން އޭނައަށް ލޮލުގެ ކޮޅުން މަލާކާއި ދިމާލަށް ބެލެމުން ދިޔައެވެ. އޭނައަށް މަލާކް އެރޭ އިތުރަށް ރީތިވީ ކީއްވެކަމެއް ނޭނގެއެވެ. ބޮޑުކޮށް އަޅައިގެން ހުރި ކަޅުކުލައިގެ ޝޯލްއާއި ގަދަ އަޅިކުލައެއް ހުރި މައްޗަކާއެކީ މަލުގެ ކުރެހުންތަކާއެކީ ކުދި ރޫތައް ނެގިފައިވި ކަޅުކުލައިގެ ތިރީގައި މަލާކް އިންގޮތުން އެސްފިޔަ ޖަހާލުމެއްނެތި އެދިމާލަށް ބަލަން އަޔާޒް ބޭނުންވިއެވެ. އެހެނަސް ހަމައަކަށް އެޅެން މަސައްކަތް ކުރަމުން އަޔާޒް އޭނަގެ ފޯނުގެ ސްކްރީނަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. ހަމަ އެވަގުތު ފެނުނު އާރޓިކަލްއަކުން އަޔާޒް ހުއްޓުން އަރާ ގޮތްވިއެވެ. އެއަށް ބަލަން ހުރެފައި އަޔާޒް އޭތި ހުޅުވާލަމުން ކިޔަން ފެށީ ދެބުމަ ކައިރިކޮށްގެން ހުރެއެވެ. އޭތި ކިޔަން ހުރެ އަޔާޒަށް މަލާކްގެ ނަމުން ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ. މަލާކް ޖަވާބު ދިނުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“މަލާކް މީގެ ކުރިން ދުވަހަކުވެސް ހަވާ އެރުވި މަންޒަރު ބެލިންތަ؟” އަޔާޒް ވިސްނުމެއްގައި ހުރެ ސުވާލުކުރިއެވެ.

 

“އާނ….ޓީވީއިން ދުށީ. ވަރަށް ވަރަށް ރީތި މަލާކަށް ޓީވީއިން ފެންނައިރުވެސް. އަސްލުކޮށް ފެންނަން މިއުޅެނީ ފުރަތަމަ ފަހަރަށް!” މަލާކް އުޖާލާވި ހިނިތުންވުމަކާއެކީ ބުނެލިއެވެ. އަޔާޒް އެ ހިނިތުންވުން ފެނިފައި ހިނިތުންވާން އުޅެފައި އަނެއްކާވެސް ފޯނަށް ބަލާލިއެވެ.

 

“އަހަންނަށް ހީވަނީ މިތާ މަލާކް ހުރުން ރަނގަޅެއްނޫންހެން…” އަޔާޒް ބުނެލިއެވެ.

 

“އެއީ ކީއްވެ؟” މަލާކަށް އަހާލެވުނެވެ. އަޔާޒް އެއަށް ޖަވާބެއްދޭން އުޅުނު ވަގުތަކީ އޭނަގެ ފޯނު ރިންގުވާން ފެށި ވަގުތެވެ. ފޯނުގެ ސްކްރީނުން މައުވާގެ ނަން ފެނިފައި ނަގަން ބޭނުންނުވެ ހުރެ އޭނަ އެ ފޯނަށް ޖަވާބުދިނީ އާދައިގެ ހެލޯ އަކުންނެވެ.

 

“ހެލޯ އަޔާޒް! އަހަރެން މިހިރީ މިތާ ބްރިޖްގެ ކޮޅުގަ. މިތާ މީހުންވެސް މަދު. އަންނަންވީއެއްނު؟” މައުވާ ވާހަކަ ދެއްކި ރާގުން އެހެންޏާ ހިތް ފުރިގެންދާ އަޔާޒް އެވަގުތު މޭނުބައި ކުރާ ގޮތްވިއެވެ. އޭނަ މިއަންނަނީއޭ ބުނެ ފޯނު ކަނޑާލީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީ ކުރާ ކަމެއްހެން ހީވާ ފަދައަކުންނެވެ. އޭނަ ފޯނު ކަނޑާލަމުން ދެންވެސް މަލާކަށް ބަލާލިއެވެ.

 

“މަލާކް….އަހަރެން މި ދަނީ ކުޑަކޮށް އެކޮޅަށް ގޮސްލާފަ އަންނަން. އެއްވެސް ގޮތެއްވަންޏާ ވަގުތުން މިތަނުން ދާން އަވަސްވާތި….އިފް ސަމްތިންގް ގޯޒް ރޯންގް ޕްލީޒް ލެޓް މީ ނޯ…” އަޔާޒް ހިސާބެއްގެ ހާސްކަމާއެކީ މަލާކްއާ ވާހަކަ ދެއްކުމަށްފަހު މަލާކް ކައިރި ހުރި ހޮޓެލްގެ މުވައްޒަފުގާތު ވެސް ބުނެލިއެވެ. އެމީހާ ބޯޖަހާލުމުން އަޔާޒް މައުވާ ބުނި ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި ދިޔައީ މައުވާއާއި ބައްދަލުކުރުމަށްވުރެ ބޮޑަށް ވީހާވެސް އަވަހަށް މަލާކް ކައިރިއަށް އަނބުރާ އަންނަން ހިތް ބޭނުންވި ވަރުންނެވެ.

 

މިނެޓްތަކެއްގެ ތެރޭގައި ދުރު ހިސާބަކުން ހިނިތުންވެގެން ހުރި މައުވާ އޭނައަށް ހަނާއަޅާލި މަންޒަރު އޭނައަށް ފެނުނެވެ. އަޔާޒް ގޮސް މައުވާއާއި ހަމަކުރިއިރު ވެސް އޭނައަށް ހިނިތުންވެނުލެވުނެވެ. އެއީ އޭނަ މަލާކާއިމެދު ކަންބޮޑުވެފައިވާތީވެކަމެއް ނޫނީ މައުވާދެކެ ފޫހިވާތީކަމެއް އޭނައަށް ނަގައިނުގަނެވުނެވެ. މައުވާ އައިސް އޭނަ ގައިގައި ބައްދާލުމުންވެސް ބަދަލުގައި އަޔާޒަށް މައުވާގެ ގައިގައި ބައްދާނުލެވުނެވެ. އެއަށްވުރެ ބޮޑަށް އޭނަހުރީ މަލާކާއިމެދު ފިކުރު ބޮޑުވެފައެވެ.

 

“ކިހިނެއްވީ ލޯބީ؟ ރުޅީތަ؟” އަޔާޒްގެ ފަރާތުން ތަފާތެއް ފާހަގަވުމުން މައުވާ އަޔާޒާއި ދުރުވެލަމުން ސުވާލުކުރިއެވެ. އަޔާޒަށް މައުވާއާއި ދިމާލަމުން ފުން ނޭވައެއް ދޫކޮށްލެވުނީ މައުވާއާއިމެދު ހިތުގައި އޮތް ނުރުހުންތެރިކަމުގެ މަތިން ހަނދާންވުމުންނެވެ.

 

**

 

ބްރިޖްގެ ރެއިލިންގް ކައިރީގައި އޭރުވެސް އެ އިންގޮތަށް އިން މަލާކަށް ކޮންމެ ދެ ސިކުންތެއްގައި އަޔާޒް ދިޔަ ދިމާލަށް ބެލެމުން ދިޔައެވެ. އޭނަ އެތާނގައި ހުރުން ރަނގަޅު ނޫންކަމަށް އަޔާޒް ބުނީ ކީއްވެތޯ މަލާކްގެ ހިތް ސުވާލުކުރިއެވެ. އަދި އަމުދުން އަޔާޒް ދިޔައީ ކޮންތަނަކަށްތޯ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. އޭނަ އެ ދިޔައީ މައުވާ ގުޅުމުން ކަމަށް ހިތް ބުނަމުން ދިޔަ ގޮތުން މަލާކް ދެރަވެސްވަމުން ދިޔައެވެ.

 

މަލާކަށް ނޭނގުނު ކަމަކީ އޭނަ އެހެން އިންއިރު ތަންކޮޅެއް ދުރު ހިސާބެއްގައި ހުރި ފިރިހެނަކު ކެމެރާއަކުން މަލާކްގެ ފޮޓޯތައް ނަގަމުން ދިޔަކަމެވެ. ފޮޓޯތައް ނަގަނަގާފައި އެމީހަކު ކެމެރާ ދުރުކޮށްލި ވަގުތު މަލާކްގެ މާޔޫސީ މޫނު ކެމެރާގެ ސްކްރީނުން ފެންނަމުން ދިޔައެވެ.

 

**

 

“ޔޫ ނޯ ވަޓް މައުވާ….އަހަރެން ދޮގެއް ނަހަދާނަން މިރޭ. އާނ އަހަރެން ރުޅި އައި. ރުޅި އައި މައުވާ ރިޕްލައި ނުކުރީމަ. ވަރަށް ދެރަވި ޙަޤީޤަތުގަ. އަދި ވަކިން ޚާއްޞަކޮށް އެހާ ބޮޑުކަމަކަށްފަހު މައުވާ އަހަންނާ ކުރިމަތިލާން ވެސް ނޫޅުނީމަ ބޮޑަށް ދެރަވީ.” އަޔާޒް ފުރަތަމަ ފަހަރަށް މައުވާގެ ކުރިމަތީގައި އޭނަގެ ނުރުހުންތެރިކަން ފާޅުކުރިއެވެ.

 

“ބޮޑުކަމެކޭ؟ ކޮން ބޮޑުކަމެއް؟” މައުވާ ނޭނގޭ ކަމަށް ހެދުނެވެ. އެއާއެކު އަޔާޒަށް ޤަބޫލުކުރަންވެސް ނޭނގިފައި އިރުކޮޅެއްވަންދެން ހުރެފައި މަލާމާތުގެ ޒާތަކަށް ހީލެވުނެވެ.

 

“އޮފްކޯސް ޔޫ ޑޯންޓް ނޯ! ސާޝާ ލައްވާ ކުރުވި ކަންތައް!” އަޔާޒް ރުޅިވެރިކަން ވެރިވެގެން ދިޔަ މޫނަކާއެކީ ބުނެލިއެވެ.

 

“ސާޝާއޭ؟ ޔޫ މީން ޔުއާރ ފްރެންޑް؟ އަހަރެން ހަނދާނެއްވެސް ނެތް ސާޝާ މަތިން.” މައުވާ ދެންވެސް އޭނަގެ ޑްރާމާ ކުރިއަށް ގެންދިޔައެވެ. މިފަހަރު އަޔާޒަށް އެ މަންޒަރު ފެނިފައި ދެދަތްޕިލަ ޖައްސާލެވުނެވެ.

 

“އެނގިއްޖެ….އެނގިއްޖެ މިހާރު މި ހުރިހާ ދުވަހު އަހަންނާ ވާހަކަ ނުދައްކާ ހުރީ ކީއްވެކަން. އަހަރެން އެ މައްސަލަ މަތިން ހަނދާން ނައްތާލާނެކަމަށްދޯ ހީކުރީ؟ ގިނަ ދުވަސްވަންދެން ލޯބިވެރިޔާގެ ޚަބަރެއް ނުލިބި ހުރެ ކުއްލިއަކަށް މެސެޖެއް ލިބުނީމަ ވާ އުފަލުގަ ސުވާލު ނުކުރާނެކަމަށްދޯ ހީކުރީ؟ އެކަމަކު ނޫން…..އަހަރެންގެ ލޯ މިހާރު ހުޅުވިއްޖެ. ދެން ދުވަހެއްގެ ކޮޅުން ވެސް ތި ދުލުން ބުނާ ދޮގަކަށް ނުހެއްލޭނަން!” އަޔާޒް ދަތްކުނޑި ވިކަމުން ހަރުވަމުން ދިޔަ އަޑަކުން ބުނެލިއެވެ. އަޔާޒަށް ވީ ގޮތުން ކުއްލިއަކަށް މައުވާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ ދެލޯ ބޮޑުވެ އެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. އިރުކޮޅަކު ހުރެފައި މައުވާ ދެންވެސް ޙާލަތު ބަދަލުކުރެވޭތޯ ބެލިއެވެ.

 

“އަޔާޒް….” މައުވާ އޭނައާއި ގާތްވާން އުޅުމުން އަޔާޒް ފަހަތަށް ފިޔަވަޅެއް އަޅައި އެއްއަތް ދެއްކިއެވެ.

 

“އަހަރެން ބޭނުމެއްނޫން އެއްވެސް ވާހަކައެއް އަޑުއަހާކަށް!” އަޔާޒް އަންގާލިއެވެ.

 

“އަޔާޒް އެކަމަކު އަޑުއަހާބަލަ. ނޭނގެ ކާކު ދައްކައިގެން އުޅޭ ވާހަކައަކަށް ހެއްލިގެން ކަމެއް ތި އުޅެނީ…ސާޝާ ކީއްކުރީ؟ އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގޭ!” މައުވާ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ބުނެލިއެވެ.

 

“ކިތަންމެ ގިނައިން ތިހެން ބުންޏަސް އަހަރެން ޤަބޫލެއް ނުކުރާނަން. ހޮޓެލްގެ ބޭރުގައި ހުރި ސީސީޓީވީއިން ސާޝާ ގޮސް މައުވާގެ ކާރަށް އެރި މަންޒަރު އަހަރެން މި ލޮލުން ދުށިން! އެ ވާނީ އެހެން މީހެއްގެ ކާރަކަށޭ ބުނޭ! އެ ކާރުގެ ނަންބަރު މައުވާގެ ކާރުގެ ނަންބަރާ އެއްގޮތްވިޔަސް!” އަޔާޒް ރުޅިވެރިކަމާއެކީ ބުނެލިއެވެ. އެއާއެކު މައުވާއަށް ލިބިގެން ދިޔަ އަނެއް ޝޮކުން އޭނަ ގަނޑުވާ ގޮތްވިއެވެ. އެހެނަސް އޭނަ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އެއީ އަހަރެންގެ ކާރު. އެކަމަކު ބޭބް އެރޭ އޭތި ދުއްވަން އިނީ އެހެން މީހެކޭ….” މައުވާ ދެރަވާ ކަމަށްހެދި ދަމަމުން ބުނެލި ވާހަކައިން އަޔާޒްގެ އަނގަވެސް ހުޅުވުނެވެ. މީހަކު އޮޅުވާލަން މީހަކަށް ވެއްޓޭނީ މި ދަރަޖައަށޭ ހިތަށްއެރި ވަގުތު އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“ޔޫ ނޯ ވަޓް އައި ގިވް އަޕް! އައި ބްރޭކް އަޕް ވިތް ޔޫ! މައުވާގެ ތި ދޮގުތައް އަޑުއަހާނެ އެހެން މީހަކު ހޯދާ!” އަޔާޒް ލޯއަޅާލަމުން އެހެން ބުނެ މައުވާއަށް ފަސްދީފައި ދާންއުޅުނެވެ. ވަމުން ދިޔަގޮތް ޤަބޫލުކުރަން ވެސް ނޭނގިފައި ހުރި މައުވާއަށް ހަދާނެ ގޮތެއް ނޭނގިފައި ހުރެވުނެވެ. އެހެނަސް އަޔާޒް އޭނަ އަތުން ބީވެއްޖެނަމަ ވާނެގޮތް ހަނދާންވުމުން މައުވާ ވަގުތުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާކުރިއެވެ.

 

“އަޔާޒް…..އައި ޑޯންޓް އަންޑަސްޓޭންޑް! އައި ސީރިއަސްލީ ޑޯންޓް! އަހަންނަށް ކޮން ކުށެއް ކުރެވުނީ؟ އަހަރެން އަޔާޒްދެކެ ވަރަށް ލޯބިވޭ އަޔާޒް ޕްލީޒް….އަހަންނަށް އެނގޭ އަޔާޒްވެސް މިވަގުތު ރުޅިއައިސްގެން ދިޔަޔަސް އަޔާޒް އަހަރެން މަތިން ހަނދާންވެގެން ރޮވޭނެކަން. އަހަންނަށް އެނގޭ އަޔާޒަށް އުފަލެއް ނުލިބޭނެކަން އަހަންނާ ނުލާ…” މައުވާ ރޮވިފައިވާ އަޑަކުން ވާހަކަ ދައްކަން ފެށުމުން އަޔާޒް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. އެހެނަސް މައުވާ ދެއްކި އެއްވެސް ވާހަކައަކުން އޭނަގެ ހިތަށް އަސަރެއް ނުކުރިއެވެ. އޭގެ ބަދަލުގައި މައުވާ ބުނި ވާހަކައަށް ރައްދެއް ދިނުމަށްޓަކައި ފަސްއެނބުރި އޭނައަށް ބަލާލިއެވެ.

 

“ރޯންގް! އަހަރެން އުޅޭނީ ވަރަށް އުފަލުގަ. ބަލާތި!” އަޔާޒް އެހެން ބުނެލީ ހިތުން ހަމައެކަނި މައުވާއަށް ދައްކަން ކަމަށްވިޔަސް އެއީ ކިހާ ބޮޑު ތެދެއްކަމަށް އޭނަގެ އުފާވެގެން ދިޔަ ހިތް އެވަގުތު ހެކިދިނެވެ. މައުވާ އަނެއްކާވެސް ބަސްހުއްޓިގެން ދިޔަ ވަގުތަކީ ހަވާ އެރުވުން ފެށުމަށްޓަކައި ކުދި ކުދި ހަވާތައް އުޑުމަތިން ފެންނަން ފެށި ވަގުތެވެ. ވަށައިގެން ތިބި އެންމެން އެއުޅެނީ ފެށޭށޭ ބުނަން ފެށުމުން މަލާކްމަތިން ހަނދާންވެގެން ދިޔަ އަޔާޒަށް އޭނަ ދަމުން ދިޔަ ދިމާލަށް ދިގު ފިޔަވަޅުތަކެއްގައި ދެވުނެވެ. އަޔާޒް ދާންފެށުމުން ރުޅިން ރަތްވެފައި ހުރި މައުވާ އޭނަގެ ފަހަތުން ދާން ފެށިއެވެ.

 

އުޑުމައްޗަށް ކުދިކުދި އަލި ކޮޅުތައް އަރަމުން ގޮސް މާ ބޮޑު އަޑެއްނެތި ގެއްލެމުން ދިޔަ ގޮތުން މަލާކަށް ޙައިރާންކަމެއް ލިބުނެވެ. ރަޝިޔާގައި ހަވާ އަރުވަނީ މިގޮތަށްތޯ އޭނަ ކައިރީގައި ހުރި މުވައްޒަފު ކައިރިން އަހާލެވުނެވެ. އޭނަ ޢާއްމު ގޮތެއްގައި ހަވާ އަރުވާތަން ބަލާއިރު އެކި ބައްޓަމަށް އަންނަ މަންޒަރު ފެންނަ ވާހަކަ ބުނަމުންނެވެ. އެއުޅެނީ އަދި ކިރިޔާ ފެށެން ކަމަށް މުވައްޒަފު ބުނެލި ގޮތުން އެހެންތޯ މަލާކް ބުނެލި ވަގުތު އޭނަގެ ލޮލުގައި ވިދުމެއްވިއެވެ. އަސްލު ހަވާ އެރުވުން ފެންނަ ހިނދު އޭނައަށް ވާނެގޮތް ރޭކާލުމެއްވެސް ނެތި އިންދާ ކުއްލިއަކަށް އަރައިގެން ދިޔަ ހުދުކުލައިގެ އަލި ކޮޅު މައްޗަށް ގޮސް ފަޅައިގެން ދިޔަ ބާރު އަޑާއެކީ ފެނިގެން ދިޔަ އަލިން މަލާކްގެ ލޯ އަނދިރިވާނެހެން އޭނައަށް ހީވި ވަގުތު އޭނަގެ ހިތްވެސް ހުއްޓުމަކަށް އައިހެން މަލާކަށް ހީވިއެވެ. ކަންފަތް ބައްވެ ވާނުވާ ނޭނގެން ފެށި ހިނދު މަލާކްގެ ނޭވާވެސް ކުރުވާން ފެށިއެވެ. އޭނަ ދެލޯ މަރައި ތަގުޅި ކުރަން ވެސް ނޭނގިފައިވަނިކޮށް ދެވަނަ ފަހަރަށް އެފަދަ އަޑުފަތްގަނޑެއް އިވުނު ވަގުތަކީ ބާރުގަދަ ދެއަތަކުން އޭނަ ގައިގައި ވަށާލަމުން ތަނަވަސް މޭމައްޗެއްގައި އޭނަގެ ބޯ އެޅުނު ވަގުތެވެ.

 

“އިޓްސް އޯކޭ މަލާކް….އަހަރެން މިހިރީ…” ނުހަނު ގާތުން އިވުނު އެ އޯގާތެރި އަޑުން މަލާކްގެ މުޅި ގައިން ހީބިހި ނެގިއެވެ. ދެންވެސް ތަކުރާރުކޮށް ހަވާ އަރުވާއަޑު އިވެމުން ދިޔައެއްކަމަކު އެ ފުޅާ ދެއަތުން އޭނަގެ ދެކަންފަތް ވެސް ފޮރުވިފައިވުމުން އެއީ އޭނައަށް ތަޙައްމަލުނުކުރެވޭނެ ފަދަ އަޑަކަށް ނުވިއެވެ. އޭނައަށް ދެންމެ މަރުފަދަހެން ހީވި ވަގުތުކޮޅެއް ކުއްލިއަކަށް އޭނަ ދިގުދެމިގެންދާން އޭނަގެ ހިތް އެދެން ފެށިއެވެ.

 

އެވަގުތުކޮޅަށް ގެއްލިގެން ދިޔަ ދެމީހުންނަށް ވެސް ނޭނގުނު ކަމަކީ ކުރީ ދުވަހެކޭ އެއްގޮތަށް އަނެއްކާވެސް އަޔާޒްގެ ފަހަތުން އައި މައުވާއަށް އެ މަންޒަރު ފެނުނު ކަމެވެ. މިފަހަރު މައުވާ ދާން ހިނގައިގަތީ އެދެމީހުންނަށްވެސް ހުތުރު ބަސްތައް ކިޔަމުން ލޯ އަޅަމުންނެވެ. މައުވާ ދިޔަ ފަހުންވެސް އެއްކަލަ މަލާކްގެ ފޮޓޯ ނެގި މީހާ އެ ހުރި ގޮތަށް ހުއްޓެވެ. ހުޑީއަކާއެކީ ހުރި ކަޅު ޖެކެޓަކާއި ފަޓުލޫނެއްގައި ހުރިގޮތުން އެއީ ކާކުކަން ނަގައިގަންނާކަށް ނޭނގެއެވެ. އޭނަ އަޔާޒްމެންނަށް ބަލަން ހުރެފައި އެދެމީހުން ބައްދައިގެން ތިބި މަންޒަރުވެސް އޭނަގެ ކެމެރާގައި ރައްކާކުރިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ޒެރާޝް 7

Next

ރާސްތާ2 ބާރަވަނަބައި

Next
November 8, 2019

ރާސްތާ2 ބާރަވަނަބައި

Previews
November 6, 2019

ޒެރާޝް 7

29 Comments!

  1. Saaji says:
    November 6, 2019 at 7:54 pm

    Yayyy me first dhw.. masha allah mi part varah salhi…. alhey dhen mauvaa dhaan vejje ennu… jana sis you are the best..❤❤

    1. Jana says:
      November 7, 2019 at 5:00 pm

      labba Saaji first 😀 hehe….mauva e dhiyaee ehnu? dhiyaee hen adhives Saaji ah heenuvanytha? *curious* hehe….Alhamdhulillah! (All praise and thanks belong to Allah) ^_^

  2. Naafy says:
    November 6, 2019 at 8:06 pm

    V v reethi … When next part??:)
    Aam waiting…..Ingey plus me first dhw…?

    1. Jana says:
      November 7, 2019 at 5:01 pm

      nooney Naafy second mifaharu. Next part next wednesday ga In Sha Allah. Alhamdhulillah! 🙂

  3. Yanaa says:
    November 6, 2019 at 8:29 pm

    Varah?varah?varah?varah?Reethi???Maa sha Allah?????waiting for the next part???LYSM

    1. Jana says:
      November 7, 2019 at 5:02 pm

      Alhamdhulillah! 😀 <3 <3 <3 Love you too sis :* Next part wednesday ga In Sha Allah 🙂

  4. Snow says:
    November 6, 2019 at 10:20 pm

    Who z that ?

    1. Jana says:
      November 7, 2019 at 5:02 pm

      Who z who? The flight man or the camera guy? *curious*

  5. ?Shifna? says:
    November 7, 2019 at 6:51 am

    ASSALAAMALAIKUM.Alhey masha allah. Vrh vrh vrh reethi.A❤❤❤❤ Alhey dhn e mauvaa fonuvaalan vejje ennu. Vrh foohivey Mauva dheke. Ehn ulheytheeve. Kaaku baa e photo nagan huree. Tharahgee nuvaa rashah e dhiyaee malaak ge aslu bappa dhw. Ehn vahtharee. Mee guess eh ingey.. varah gina dhuvahah fahu dhw comment eh mikohlevunee. School ga busy v ma comment nukoh hurefa dhn mihaaru test nimuneema vrh free. When next?? Waiting 4 next part……LYSM JANA SIS. MAY ALLAH BLESS YOU!!

    1. Jana says:
      November 7, 2019 at 5:04 pm

      Wa’alaikumussalaam! Aacha ethah dhuvaheh fahun Shifna sis ge comment eh mifenuny 😀 jana varah jealous ingey. jana adhi thihaa free nuvaathy. hehe….haadha salhi guess thakey sis. ey malaak ge bappa tha hama…hehe…Alhamdhulillah! Love you too sis <3 May Allah bless you more. Ameen! <3 :*

  6. Xaaan says:
    November 7, 2019 at 9:00 am

    Masha Allah mi partvess vvvvvvv reethi waitin next part

    1. Jana says:
      November 7, 2019 at 5:05 pm

      Alhamdhulillah! Next part next wednesday ga In Sha Allah 🙂

  7. Jana says:
    November 7, 2019 at 4:53 pm

    Blog post:

    I can’t begin to explain how I love the dua of istikhaara and how accurately I have seen these very words coming true right before my eyes. As many of you might have read in a previous post I shared with my last story, I was skeptical about istikhaara, the first time I had heard about it. Though I was turning towards deen, I still doubted that a simple two rakat prayer could turn my whole life around. But it did, in a way I could have never even imagined. And I still see the benefits of that istikhaara I prayed 3 years ago, to this day.

    In this post, I’d like to share a new reflection that I had just this year as I contemplated on the dua of istikhaara. A lot of times, we hesitate to pray this incredible prayer in fear that the istikhaara might be against what we desire. That the istikhaara will make you distant from what you love. So many of us would say, ‘But I don’t want to marry anyone else other than him/her.’ or ‘I don’t want to change plans to go to this college.’ or ‘I don’t want to work anywhere else’. We say so, dreading the fact that the istikhaara will make the decision difficult. And some of us might even go through the difficulty after praying istikhaara just to stick to what we love. Thinking that if we lose that, we aren’t going to get anything better.

    I thought the same, until I noticed the last part of the dua with the last istikhaara I had prayed. The dua doesn’t just make us ask Allah to make the decision easy for us if its good and take us away from it if its bad for us. At the end of all of it, we say, وَقْدُر لِيَ الْخَيْر حَيْثُ كَانَ ثُمَّ أَرْضِنِي بِهِ (and decree for me what is good wherever it may be and help me to be content with it)

    When I thought about these words, I felt as though I was introduced to this prayer anew. ‘And decree for me what is good wherever it may be’ kept ringing in my head the whole day. And as I looked back to the answer to the first istikhaara I prayed, that’s exactly what had happened. I was in a situation I didn’t want to let go off. I kept seen signs that I should leave immediately yet I was just too stubborn to let go. And then one day, I was literally dragged out from it. Of course I was sad when I was separated from something I wanted so badly. But then just in a matter of time, out of nowhere, from where I had never even expected, I found a replacement for that very thing. And when I did, I got so much more from it than I could have ever imagined.

    So my dear brothers and sisters, whenever you are faced with a difficult decision, pray istikhaara without any hesitation. Be sure that you are not going to face any loss, while you are asking the One Who Loves you and knows you the best. He is the One Who is going to make ease. He is the One Who is going to save you. And know that He is the Only One Who could make your life truly beautiful.

    May Allah make us of those who put our trust in Him. Ameen!

  8. Jana says:
    November 7, 2019 at 4:59 pm

    Assalaam’alaikum. Next part jana ah up kureven othy next wednesday ga kan varah hithaama aa eky bunelan. Varah bodu workload eh jana boa matheega othyma ekan nimmaalaafa dhen vaahaka liyan beynunvany. mee dhigu weekend akah viyas weekend ga ves jana ehaa free eh nuvaane. ehenveema jana beynun vaa varakah vaahaka nuves liyeveyne. eggothakahves vaahaka ah faruvaa kuda kurany eh noon. ekamaku jana kuran jehifa hury varah vaguthu beynunvaane kanthakah veema emme rangalha vaahaka liye sunday ah up nukureveynehen heevaathy mi vaahaka mi angaaly. kiyuntherin understand vaane kamah ummeedhu kuran.

    In Sha Allah mi post ge dhivehi bai mireyge vaguthegga genesdheynan. kuree post ge dhivehi baives nugenesdhevi mi dhuvaskolhuves post thah madhuvaathy jana dheraves ebavey. aslu busy veema post thah nuliyevi hunnany. ehenya marriage aa gulhey varah gina msg thah mihaaruves vaahakain fennamun e dhany. *sigh* hithah arany free veema adhi e post thah ves liyaany ey In Sha Allah. hurihaa kiyuntherin jana attakai dua kohdhehchey.

    Maai Allah alhamennaky alhamenge vaguthuge beynun emme heyo gothugai kuraa bayaku kamugai lavvaashi. Ameen!

  9. Jana says:
    November 7, 2019 at 8:26 pm

    Blog post: (Dhivehi)

    އަޅުގަނޑު އިސްތިޚާރާގެ ދުޢާދެކެ ލޯބިވާ މިންވަރާއި އެ ދުޢާގައިވި ބަސްތައް އަޅުގަނޑުގެ ލޯ ކުރިމަތިން ޙަޤީޤަތެއްގެ ސިފައިގައި ފެނިގެން ދިޔަގޮތް ކިޔައިދޭންވެސް އަޅުގަނޑަށް ދައްޗެވެ. ތަންކޮޅެއް ކުރިން އަޅުގަނޑު ޙިއްޞާކުރި ޕޯސްޓެއްގައި އަޅުގަނޑު އިސްތިޚާރާއާއިމެދު އެންމެ ފުރަތަމަ ގެންގުޅުނު ނަޒަރިއްޔާތު އަޅުގަނޑު ޙިއްސާކޮށްފައިވާނެއެވެ. އެންމެ ދެ ރަކުޢަތުގެ ނަމާދެއްގެ ސަބަބުން އަޅުގަނޑުގެ މުޅި ޙަޔާތް ބަދަލުވެގެން ހިނގައިދާނެކަމާއިމެދު ޝައްކު ކުރެވުނެވެ. އެހެނަސް އަޅުގަނޑު ފުރަތަމައަށް ކުރި އެ އިސްތިޚާރާ ނަމާދުން އަޅުގަނޑުގެ ޙަޔާތް ބަދަލުވިއެވެ. އަޅުގަނޑު ޚިޔާލުވެސް ނުކުރާ ފަދަ ގޮތަކަށެވެ. 3 އަހަރު ކުރިން އެ ކުރި އިސްތިޚާރާ ނަމާދުގެ ފައިދާތައް އަޅުގަނޑަށް މިއަދާއި ހަމައަށް ވެސް ފެންނަމުން ދެއެވެ.

    އިސްތިޚާރާ ނަމާދުގެ ދުޢާއާއިމެދު އިތުރަށް ވިސްނާލުމުން އަޅުގަނޑަށް މިއަހަރު ލިބުނު ޢިބްރަތެއް ޙިއްސާކޮށްލާނަމެވެ. ވަރަށް ގިނަ ފަހަރު އަޅުގަނޑުމެން އިސްތިޚާރާ ނަމާދުކުރަން ޖެހިލުންވާތަން އާދެއެވެ. އަޅުގަނޑުމެން ހިތް އެދޭ ގޮތާއި ދެކޮޅަށް ކަންތައްވާން ފަށާފާނެކަމަށްޓަކައެވެ. އިސްތިޚާރާގެ ސަބަބުން ތިބާ ލޯބިވާ ކަމަކުން ތިބާ ދުރުވެދާނެތީވެއެވެ. ނިންމުމަކާމެދު އިސްތިޚާރާ ކުރަންވުމުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ އަޚުންނާއި އުޚްތުންނަށް މިފަދަ ބަސްތައް ބުނެވޭތަން އާދެއެވެ.

    ‘އެކަމަކު އަހަރެން އޭނަ ނޫން މީހަކާއި އިންނަން ބޭނުމެއްނުވެއެވެ.’

    ‘އަހަރެން އިތުރަށް ކިޔަވަން އެތަނަށްދާން ރޭވި ރޭވުން ބަދަލުކުރަން ބޭނުމެއްނުވެއެވެ.’

    ‘އެތަން ނޫން އެހެން ތަނެއްގައި އަހަރެން ވަޒީފާ އަދާކުރަން ބޭނުމެއްނުވެއެވެ.’

    މި ބަސްތައް އަޅުގަނޑުމެންނަށް ބުނެވެނީ އިސްތިޚާރާގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތައް އެދޭ އެ އެދުންތައް ފުރިހަމަކުރަން ދަތިވުމުގެ ފުރުޞަތު އެބައޮތްކަން ދަނެގެންނެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ އިސްތިޚާރާއަށްފަހު ވެސް އެ ދަތިތައް ކުރިމަތިންވުމުން ވެސް އެ ނިންމުމާއިގެން ކުރިއަށްދާ މީހުންނެވެ. އެ ލޯބިވާ ނިންމުމެއްގައި ދެމިހުރުމަށެވެ. އެކަމެއް ގެއްލުމުން އެއަށްވުރެ ރަނގަޅު ގޮތެއް ދެން ނުފެންނާނެހެން ހީވާ ވަރުންނެވެ.

    ޚުދު އަޅުގަނޑަށް ވެސް ވިސްނެމުން ދިޔައީ އެފަދައިންނެވެ. އެއީ އިސްތިޚާރާގެ ދުޢާގެ ފަހުކޮޅުގައިވި ބަސްތައް އަޅުގަނޑު އެންމެ ފަހުން ކުރި އިސްތިޚާރާގައި އަޅުގަނޑަށް ފާހަގަކުރެވުމުގެ ކުރިންނެވެ. އެ ދުޢާގައި އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުގައި ހަމައެކަނި އެދެނީ އެނިންމުމެއް ރަނގަޅު ވިއްޔާ އެކަމެއް ފަސޭހަކޮށްދީ އެ ނިންމުން ގޯސްނަމަ އެއިން ދުރުކޮށް ދިނުމަށް ނޫނެވެ. އެ ހުރިހާ ބަސްތަކަށްފަހު އަޅުގަނޑުމެން ދުޢާގައި ކިޔަނީ މިހެންނެވެ. وَقْدُر لِيَ الْخَيْر حَيْثُ كَانَ ثُمَّ أَرْضِنِي بِهِ (އަދި ރަނގަޅުގޮތް ކޮންމެ ހިސާބެއްގައި ވިޔަސް އެގޮތް މިއަޅާއަށް މެދުވެރިކުރައްވާށެވެ. އަދި އެއާއިމެދު ހިތުގައި ހަމަޖެހުން ބާއްވަން މިއަޅާއަށް އެހީވެދެއްވާށެވެ.)

    މި ބަސްތަކާމެދު ވިސްނާލެވުމުން އަޅުގަނޑު އަލަށް އިސްތިޚާރާއަށް ތަޢާރަފުވެގެން ދިޔަ ކަހަލަ އިޚްސާސެއް އަޅުގަނޑަށް ކުރެވުނެވެ. ‘އަދި ރަނގަޅުގޮތް ކޮންމެ ހިސާބެއްގައި ވިޔަސް އެގޮތް މިއަޅާއަށް މެދުވެރިކުރައްވާށެވެ’ މި ބަސްތައް އެދުވަހު އަޅުގަނޑުގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އަދި އަޅުގަނޑު ޙަޔާތުގައި ކުރި އެންމެ ފުރަތަމަ އިސްތިޚާރާގެ ޖަވާބު އައި ގޮތާއިމެދު ވިސްނާލުމުން ކަންތައްވެގެން ދިޔައީ ހަމަ އެ ބަސްތަކާއި އެއްގޮތަކަށްކަން އަޅުގަނޑަށް އެނގުންވިއެވެ. އަޅުގަނޑު އޭރުވީ އަޅުގަނޑު ދޫކޮށްލަން އެއްގޮތަކަށް ވެސް ބޭނުމެއްނުވާފަދަ ޙާލަތެއްގައެވެ. އިސްތިޚާރާއަށްފަހު އެ ޙާލަތުން އަޅުގަނޑު ދުރުވާންޖެހޭ ކަމުގެ އެތައް ޢަލާމާތެއް ފެނުނެއްކަމަކު އަޅުގަނޑު ގޮތް ދޫނުކުރީމެވެ. އެންމެ ފަހުން އެއްދުވަހު އަޅުގަނޑު ގަދަކަމުން އެ ޙާލަތުން ނެރެވުނެވެ. އެހާ ބޭނުންވެގެން ހުރި ކަމަކުން ދުރުވުމުން އަޅުގަނޑު ވަރަށް ވެސް ދެރަވިއެވެ. އެހެނަސް ދުވަސްކޮޅެއް ފަހުން އަޅުގަނޑު ހީވެސް ނުކުރާފަދަ ދިމާލަކުން އެ ނިޢުމަތާއި އެއްކަހަލަ ނިޢުމަތެއް ލިބުނެވެ. އެހެނަސް މިފަހަރު އެ ލިބުނު ނިޢުމަތުން އަޅުގަނޑު ހީވެސް ނުކުރާ ފަދަ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ކުރިއެރުންތައް ލިބިގެން ދިޔައެވެ.

    އެހެންކަމުން ދެން ތިބާ އެއްވެސް އުދަގޫ ނިންމުމެއް ނިންމަން ޖެހޭ ވަގުތު ޖެހިލުންވުމެއްނެތި އިސްތިޚާރާ ނަމާދުކުރާށެވެ. އަދި އޭގެ ސަބަބުން ތިބާއަށް އެއްވެސް ޙަޤީޤީ ގެއްލުމެއް ނުލިބޭނެކަމާމެދު ޔަޤީންކުރާށެވެ. އެހެނީ ތިބާ އިސްތިޚާރާއަށްފަހު ތި އެދެނީ ތިބާދެކެ އެންމެ ލޯބިވާ އަދި ތިބާ އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުންނެވެ. ތިބާގެ ޙަޔާތަށް ފަސޭހަކަން ގެންނަވާނީ އެކަލާނގެއެވެ. ތިބާ ސަލާމަތުގެ އައްސޭރިއަށް ގެންނަވާނީ އެކަލާނގެއެވެ. އަދި ތިބާގެ ޙަޔާތް އަސްލުގޮތެއްގައި ރީތި ކުރައްވާނެ ފަރާތަކީ ވެސް ހަމަ އެކަލާނގެއެވެ.

    މާތް ﷲ އަޅަމެންނަކީ އެކަލާނގެއަށް ފުރިހަމައަށް އިތުބާރުކުރާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

    1. Naafy says:
      November 7, 2019 at 8:58 pm

      Jana sis may Allah bless yuh and I wanna ask something kihineh Tha e namaadhu kuranyy…,?maybe adhi alhugandu kuda v ma neyngeny kamah vx vedhaane hehe…plx don’t mind Hama ahaaly alhugaa ummeedhu kuran sis reply kuraane kamah…much love❤️❤️❤️

    2. Jana says:
      November 7, 2019 at 9:20 pm

      hehe…kudaviyas boduviyas kameh neyngi hingaidhaane dho Naafy? All of us need to keep learning about deen and there is always more things to learn about. Plus mee hama ekani bodu meehun bodu nimmunthakah kuraa namaadheh noon ingey? in case you assumed that 🙂 jana dhekey gothuga furaavaruga nimma nimmunthah zimmaadhaaru kuruvaane kameh istikhaara namaadhaky. kuran varah simple namaadheh ey ingey naafy. hama istikhaara kuran niyaiy gane dhe rakatuge namaadheh kuraany. eyahffahu istikhaaraage dua kiyaany

      http://www.radioislam.org.za/a/index.php/library/160-salaah/10727-salaah-al-istikhara.html

      dua ga underline koffa eothy ehnu ‘haazal amr’ dho? haazal amr kiyaafa e nimma nimmun kiyaalan vaane. dhivehin ves ebai kiyaalevidhaane dua ge therein. misaalakah haazal amr, miveni thanakah dhiyun. dhen hama dua kuriah gengos dua kiyai nimmaany.

      Istikhaara ahfahu kanthah vaagoiy mi episode innaai mi post in ves saafuvejje kamah ummeedhukuran In Sha Allah. 🙂 May Allah bless you more sis. May Allah increase you in guidance and make you of those young people who hold on to their iman no matter what comes their way. May Allah keep all of our hearts firm on His deen. Ameen!

    3. Aminath says:
      November 8, 2019 at 4:37 pm

      Salam sister. Alhugandu ge varah bodu edhumeh vaahakaige therein e namaadhukuraa goii genesdhinumaky. Misaalakah ayaaz noony malaak namaadhu kuraairuga kuraa gothaa eky genesdhinun. Eyrah kudhinnah getu vaan faseyhaavaane hen hyvany. Eii alhugandah adhives olhun araathyve hama mi bunely

    4. Jana says:
      November 8, 2019 at 4:54 pm

      Wa’alaikumussalaam Aminath. jana aslu ebai bai vaahakaige therein ehaa tafseel nukurany kiyuntheringe shauquverikan gelleynethy. vaahakaiga veehaaves avahah kanthah hingeema dho kiyuntheringe shauquverikan dhemehetteyny. kuree zamaanuga hunna ‘rivaayathu nouman wa mariyam’ kahala vaahaka thah mi zamaanuge kudhinnah kamunudhaane eh sababaky ves ey. ehenve aslu haqeeqathuga vaahakaige msg thakah vakin post thah liyan emme furathama dhuvahussure jana nimmyves.

      Aminath kon thankolheh olhun arany? kiyaidheefiyya jana bunedheynan In Sha Allah ^_^

  10. ?Hya says:
    November 8, 2019 at 1:14 pm

    Jana…..i love ur stories from the very first one???….Hijra was a strength for me and Noor was my favourite??…..Now vaudhu stole my heart???…..hadhiyaa ves ehaa reethi…..i love ur ideas….may Allah bless u for creating such inspiring stories??…..duaa kuran ali magakah….konmeves dhuvahakun alhugandu ves dheeni vaahaka eh liyaanan????…..i hope jana dhatha ah reethi vaanekamah☺️☺️☺️…..I am a big fan of u????…..

    1. Jana says:
      November 8, 2019 at 5:00 pm

      Ma Sha Allah this made my day Hya 😀 <3 mikahala comment thah fenifa jana muskulhivaakan handhaaviyas hama thikahala zuvaan kudhinna medhu varah fakhuruverives vevey Ma Sha Allah. Emme furathama Hijra liyan feshy ves hama thifadha kudhinnah hiyvvareh hoadhaidhinumuge niyathuga adhi veehaves gina zuvaan kudhin dheenaai medhu dhekey goiy badhalukurumuge niyathuga. ehenveema mifadha comment thakun ehaa bodu hiyvvareh libigen dhany. hama yageenunves aharumen kuraa komme heyo kameggai barakaaiy lavvany hama ekani Maai Allah. May Allah bless you more, increase you in guidance and grant you success in this life and the next in all the endeavours you embark on. Ameen! Much love sis <3 <3 <3 :*

  11. jiji says:
    November 8, 2019 at 6:03 pm

    Isthihara namaadhaa behey gothun ingejje kohme vx varakah?..ehenas suvaaleh ebeh ngey sis…um isthikhara namaadhu kuran vaki vagutheh ovey thr…beynumiyyaa kohme iraku vx kureveyne tha…n btw mi part vx v v v furihama masha allah?…poor ayaaz ey bunyma kahneyge haadha gadha vehjey dhw mihaar..hehe…alhey kaakubaa hoody lain hure malaak men photo negy…yageenah viyya mauva fonuvi meehakah vaany..piss pisss…hehe..waiting for the next ngey jana?…may allah bless u with full of happiness…aameen…lysmmmm <3 <3 <3

    1. Jana says:
      November 10, 2019 at 7:32 pm

      Salaam jiji. sorry for late reply. istikhaara namaadhu kuran vaki vagutheh noavey ingey jiji 🙂 komme irakuves kurevidhaane…hehe….aan dho mihaaru Ayaaz varah gadha vejje. istikhaara kureema hadhanvy gothaai ihsaas kuranvy goiy yageen veema gadha vaane ehnu dho? hmm….ey mauva fonuvi meeheh hentha jiji ah heevany? balamaa dho dhen oiy bain. emeehaage vaahaka dhen oiy baiga jana mihaaruves liyefin. hehe….ekamaku adhi ehaa bodah nuliyeveythy hama wednesday ga up kuraany In Sha Allah. May Allah bless you more. Ameen! Love you too <3 <3 <3 <3 :*

  12. Mary says:
    November 10, 2019 at 10:21 am

    Mihaaru keehvetha ehaalahun up kuranee?

    1. Jana says:
      November 10, 2019 at 7:23 pm

      Mary dhoonya jana varah dheravejje jana ge comment thah mary nukiyaakan engunyma. up kuri dhuvahu kuri comment thakuga jana liyefa onnaane wednesday gaey dhen oiy bai up vaany. hehe…mi hafthaaga jana kuda kamaku ulheythy ingey? next week in anekkaves sunday aa wednesday ga up vaane In Sha Allah 🙂

  13. Mai says:
    November 10, 2019 at 6:40 pm

    Haadha lahey up vaaleh…

    1. Jana says:
      November 10, 2019 at 7:24 pm

      wednesday gaey up vany Mai. Jana varah nuhunnaanan up vaan onna dhuvahu ehaa lasvandhen up nukoh. egothah shakkeh vanya dhenves mathyga hunna comment thah kiyaalahchey ingey 🙂

  14. Muslim says:
    November 10, 2019 at 7:28 pm

    Ma Sha Allah….mi part vx v v v v reethi…. Adhi kriyaa mi cmment kohlam vuguthu lubuny. Testuthah nimunyma.. May Allah bless you and lysm

  15. Koyuki says:
    November 11, 2019 at 4:14 pm

    Finaly ayaazge loa hulhuvijje dhw, haadhareehchey Masha Allah mi part ves…I love it!!!❤️❤️❤️
    Sis how can I get ur number?? Vrh beynun talk kollan sis aa….

Comments are closed.

Next Episodeވަޢުދު (ހަތާވީސްވަނަ ބައި)←


All Right Reserved!