ކަފުން ވެވިފާ…13
އިވްޔާ ފެށީ ހޭށެވެ. އޭނައަނެއްކާވެސް ގޮނޑީގައި އިށީދެފައި ހަމަޖެހިލިއެވެ. ގޮނޑި ވީހާވެސް ބޮޑަށް މޭޒާއި ކައިރިކޮށްލާފައި ދެބުމަ ގޮށްޖަހައިލަމުން މިފްތާޙަށާއި ސަލާހަށް ބަލައިލީ ނަފުރަތުގެ ބެލުމަކުންނެވެ.
“ތެދަށް ބުނޭ… ނާބިހް މަރާލީ ކީއްވެ؟…” މޭޒުމަތީގައި ބާރަށް ޖަހައިލަމުން އިވްޔާ ސުވާލުކުރިއެވެ.
********
އިވްޔާގެ ސުވާލާއިއެކު މުޅި ތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ. ނަތާޝާއަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނީ އިވްޔާ ފުންމައިގެން ތެދުވި ގޮތުންނެވެ.
“ހަޤީގަތް މިއޮތީ އަހަރެމެން އެންމެން ކުރިމަތީ ހާމަވާން… ދެންވެސް އެންމެ ރަނގަޅުވާނީ ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނިއްޔާ…” ކުރިޔަށްވުރެ ބާރަށް މޭޒުގައި ޖަހައިލަމުން އިވްޔާ ވާހަކަ ދެއްކިއެވެ.
އިވްޔާގެ އަތުގައި ހިފައި ގޮނޑީގައި ބައިންދަން އުޅެއުޅެ، ނަތާޝާއަކަށް އެކަމެއް ނުކުރެވުނެވެ. އިވްޔާ ހީވަނީ ހަރު ހިލަގަނޑެއް ހެންނެވެ. ހުރިތަނުން ގުޑިވެސް ނުލައި ހުރިއިރު، ކުރިމަތީގައި ތިބި ދެމީހުންނާއި ދިމާއަށް ކަޅި އަޅާލައިގެން ހުރިގޮތުން ހީވަނީ ހަމަ ދެންމެ ދެންމެ ހަމަލާއެއް ދީފާނެ ހެންނެވެ. ކަންތައް ގޯސްވާން އުޅޭހެން ހީވެ، ޔުމާންވެސް ހާސްވެފައި އެދިމާއަށް ބަލައިލައިފިއެވެ
.ސަލާޙް އެއްވެސް އެއްޗެއް ނުބުނެ ދެލޯ ބޮޑުކޮށްލިގޮތަށް މިފްތާޙަށް ބަލަން އިނީއެވެ. އެ ނަޒަރުން ކޮންމެވެސް ވާހަކަތަކެއް ބުނެދޭ ކަހަލައެވެ. އިވްޔާ ކުއްލިއަކަށް ގޮސް ސަލާޙުގެ ޓީޝާޓުގައި ހިފައި ކޮޅަށް ނެގިއެވެ. އިވްޔާ ހުއްޓުވަން ނަތާޝާ މަސައްކަތް ކުރިއެވެ. އޭރު ތަނުގެ ތެރޭގައި ތިބި އެންމެންގެ ނަޒަރު ކަހަލަ ގޮތަކަށް އެ މީހުންނަށް ހުއްޓިއްޖެއެވެ.
“ބުނާނީތަ ނޫނީ ފުލުހުންނަށް ގުޅަންވީތަ؟…” އިވްޔާގެ ކެތްތެރިކަން ކޮޅުންލިއެވެ.
“އިވީ ޕްލީޒް… އިށީނދެބަލަ… އެންމެން އެބަ ބަލައޭ…” ނަތާޝާ ހުރީ ރޮވޭގޮތް ވެފައެވެ.
އިވްޔާ ކުޑަކޮށް ވިސްނައިލާފައި ސަލާހުގެ ގިރުވާނުން ދޫކޮށްލިއެވެ. އޭނަ ވަށައިގެން ބަލައިލިއިރު، މުޅި ތަން އޮތީ ހިމޭން ވެފައެވެ. އެންމެންގެ ކަހަލަ ގޮތަކަށް ނަޒަރު ވަނީ އެމީހުންނަށް ހުއްޓިފައެވެ. ބައެއް މީހުން ފޯނު ދިއްކޮށްގެން ފޮޓޯ އާއި ވީޑިއޯ ނަގަމުން ދިޔައެވެ. ސަލާހް އަށާއި މިފްތާޙްއަށް އިންޒާރުގެ ބެލުމަކުން ބަލާލާފައި އިވްޔާ ގޮސް ގޮނޑީގައި އިށީނެވެ.
“އެރޭ އެ ދެއްކީ ތެދު ވާހަކަ އެއް ދޯ؟…” ސަލާހްގެ އަޑުގައި ހައިރާންކަމާއި އެއްވަރަށް ކަންބޮޑުވުމުގެ އަސަރުވެސް ވިއެވެ. އޭނަ ވާހަކަ ދެއްކީ މިފްތާޙްގެ ކައިރީގައި ސިއްރުންނެވެ.
ސަލާހްގެ އަޑު އިވްޔާއަށް ކޮންމެވެސް ވަރަކަށް އިވުނެވެ. އޭނަ އިރުކޮޅަކު މަޑުކޮށްލައިގެން އިނީ ދެމީހުންގެ ހަރަކާތްތަކަށް ބަލާށެވެ. ސަލާހްގެ މޫނަށް ބަލަހައްޓައިގެން އިނދެފައި މިފްތާހް ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ.
“ކޮންމެހެން އަހަރެންގެ ބޮލުގައި މިކަން އަޅުވަން އުޅޭނެކަމެއް ނެތް…” މިފްތާޙް ވާހަކަ ދެއްކީ ރުޅި އައިސްފައެވެ. އޭނަ ތެދުވެގެން އެތަނުން ދިޔުމަށް ހިނގައިގަތެވެ.
“މިފްތާޙް ނުކުރާ ކަމެއްވިއްޔާ ތި ދަނީ ކީއްވެ؟… އެވާހަކަ ތެދުތެދަށް ކިޔައިދޭންވީނު…” މިފްތާޙްގެ އަތުގައި ހިފައި ހުއްޓުވަން މަސައްކަތް ކުރަމުން ސަލާހް ބުންޏެވެ.
“މި ބުނީނު އަހަރެން ކުރި ކަމެއް ނޫނޭ… ކޮން ހެއްކެއް އޮތީ؟… ދައްކަބަލަ އެއްވެސް ހެއްކެއް…” ސަލާހްގެ އަތް ފޮޅުވައިލަމުން މިފްތާޙް ހަޅޭއްލަވައިގަތެވެ.
“ހެއްކަކީ މި ފޮތް…” އިވްޔާ އޭނާގެ އަތުގައި އޮތް ފޮތް ދައްކައިލަމުން ބުންޏެވެ.
“ކިހިނެތް އެނގެނީ ތީގެން ގަނޑު ކެނޑީ ނާބިހް އަމިއްލައަށް ނޫން ކަމެއްވެސް؟… ނޫނީ އެ ވެދާނެ ދޯ ސަލާހަށްވެސް ނޫނީ މުނީރަށްވެސް…”
މިފްތާޙްގެ ވާހަތައް އަޑުއަހަން އިން އިވްޔާއަށް ހިންދިރުވައިލެވުނެވެ. އެ ދެލޯ ވިދައިގަތީ މިފްތާޙަށް ނޭނގި އެދުލުން ހަޤީގަތް ހާމަކުރުމުންނެވެ. އިވްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނުއިރު، އިސާހިތަކު ދެލޯ ކަރުނުން ފުރިގެން ދިޔައެވެ.
“އަހަންނަށް ބުނެވުނުތަ މި ފޮތުން ގަނޑު ކަނޑާފަ އޮތް ވާހަކަ؟…” އިވްޔާގެ ސުވާލާއިއެކު ހިނގަހިނގައި ހުރި މިފްތާޙްގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ ކުއްލިއަކަށް ފަސް އެނބުރިފައި އިވްޔާގެ އަތުގައި އޮތް ފޮތަށް ބަލައިލިއެވެ. އެ ދެލޮލުގައިވީ ސިހުމެވެ.
“އަހަރެން، އަހަރެން…” މިފްތާޙްއަށް ބުނާނޭ އެއްވެސް އެއްޗެއް ނޭނގުނެވެ. ގަބުވެފައި ހުއްޓައި ފެނުނީ ސަލާހް ގޮސް ކުރިމައްޗަށް އެރި ތަނެވެ. ސަލާހް އޭނާގެ އަތުގައި ހުރި ބާރެއްލާފައި މިފްތާޙްގެ ކޯތާފަތްމަތީގައި ޖެހިއެވެ. އެއަށްފަހު ގިރުވާނުގައި ހިފާފައި، އަނެއް އަތުގެ ޝަހާދަތް އިނގިލި އެ މޫނާއި ދިމާއަށް ދިއްކޮށްލިއެވެ.
“އިތުރަށް ކަށަވަރު ކުރާނެ ހަމަ އެއްވެސް ކަމެއް ނެތް… އަހަންނަށް މިހާރު ކަށަވަރުވެއްޖެ މީ ކަލޭ ކުރި ކަމެއްކަން… ބުނަން ވާހަކައެއް! ދޮގުހަދައި އޮޅުވާލަން ދެން އިތުރަށް ތި އަނގަ ހުޅުވައިވެސް ނުލާތި…” ސަލާހް ވާހަކަ ދެއްކީ ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުންނެވެ. އެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭރު ދެލޯ ހީވަނީ ރަތްކަމުން އަނގުރު އަލިފާންކޮޅެއް ހެންނެވެ.
“ކަލޭ ތީ ހާދަ ގޮތެއްފޮތެއް ނެތް މީހެކޭ… އަންހެނަކާއިހެދި ތި މަރާލީ އެންމެ ގާތް އެކުވެރިޔާ… ކަލެއަށް އެނގޭތަ، ކުޑަކޮށްވެސް ވިސްނާލިންތަ އޭނަ ކަލެއަށް ކޮށްދިންހާ ކަންކަމާއި ދޭތެރޭ؟ އޭނ…” ސަލާހުގެ އަޑު ކުރިއަށްވުރެ ގަދަވިއެވެ.
“އަހަންނަށް ޔަޤީން ނައިރާދެކެ ކަލޭ ލޯބިވާކަން އެނގުނުނަމަ ނާބިހް އޭނަ އާއި ކައިރިވެސް ނުވީސްކަން… ކަލޭ އެ ދުވަހު ނާބިހް އާއި ދިމާއަށް މަރާލާނަމޭ ބުނީމަވެސް އަހަރެން ހިއެއް ނުކުރަން އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް…” ސަލާޙްގެ އަޑު ތުރުތުރުއަޅަމުން ދިޔައިރު، ވާހަކަ ދައްކަމުން ދިޔަގޮތުން އެ ހިތުގައި އަޅަމުންދާ ވޭން އަޑުއަހަން ތިބި ކޮންމެ މީހަކަށްވެސް އިޚްސާސް ކުރެވޭހައި ވެއެވެ.
އެންމެން ދެލޯ ބޮޑުކޮށްގެން މިފްތާޙަށް ބަލަން ތިބިއިރު، ޔުމާން އިނީ ކަމެއް ދިމާވެދާނެ ކަމަށް، ފުރިހަމައަށް ތައްޔާރު ވެގެންނެވެ. ކުއްލިއަކަށް ފެނުނީ ސަލާޙުގެ އަތުގެ ތެރެއިން ނުކުމެގެން މިފްތާޙް ދުއްވައިގަތް ތަނެވެ. ދުވަމުން ގޮސް އެ ތަނުގެ ތެރެއިން ނުނުކުމެވެނީސް، ފަހަތުން ޔުމާން ގޮސް މިފްތާޙް ލައިގެން ހުރި ޓީޝާޓުގައި ހިފައި ދަމައިގަނެފައި މުށިތަކުގެ މައްޗަށް ވައްޓާލިއެވެ. އެއަށްފަހު ދެއަތް ފުރަގަހަށްލައި، ގުޑި ނުލެވޭނޭހެން ހައްޔަރުކޮށްލިއެވެ.
“ފުލުހުންނަށް ގުޅާ…” ޔުމާންގެ އަޑަށް މިފްތާޙް ތެޅިގަތެވެ.
“ނޫން ނޫން… ފުލުހުންނަށް ނުގުޅާ… އަހަރެން ސަލާމަތްކޮށްދީ…” މިފްތާޙް ރޯން ފެށިއެވެ.
“މިއިން އެއްވެސް ކަމަކީ އަހަރެން ކުރަން ބޭނުންވެގެން ކުރި ކަމެއް ނޫން… އަހަރެން ނާބިހްއަށް އިންޒާރުދިންއިރު، އެކަން ކުރަން ކުޑަކޮށްވެސް ހިތަކަށް ނާރާ… އަހަންނަށް މަޢާފުކުރޭ… މިކަން ކުރަން އަހަންނަށް މަޖުބޫރުކުރީ އެހެން މީހަކު…” މިފްތާޙް ގިސްލާފައި ރޮމުން ދިޔައެވެ.
“ކޮންމެހެން ސަލާމަތްވާން އުޅޭނެކަމެއް ނެތް… ކަލެއަށް އޮތީ ޖަލުގެ ތޭރިތަކުގެ އެތެރެ…” ޔުމާން ރުޅި އައިސްފައި ވާހަކަ ދެއްކިއެވެ.
“ރައިންގެ ފުރާނަ ސަލާމަތް ކުރަން ބޭނުމިއްޔާ އަހަރެން ދޫކޮށްލާ…” މިފްތާޙްގެ އަޑަށް އިވްޔާ ތެޅިގަތެވެ.
އޭނަ ކުއްލިއަކަށް އައިސް މިފްތާޙްގެ ކައިރީގައި އިށީނދެފައި ބޮލުގެ އިސްތަށިގަނޑުގައި ހިފާފައި މައްޗަށް ނެގިއެވެ.
“ރައިން ވީ ތަނެއް ބުނޭ…” އިވްޔާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެ މޫނުމަތިން ފެނުނީ ގޮތް ހުސްވެފައިވާ ތަނެވެ. ކާމިޔާބީ ލިބުނުފަދަ ގޮތަކަށް މިފްތާޙް ހޭން ފެށުމުން އިވްޔާގެ ކައިރިއަށް ރުޅި އަންނަ ގޮތްވިއެވެ.
“އަހަރެންގެ ފިރިމީހާ ކޮބާހޭ؟…” ކުރިޔަށްވުރެ ބާރަށް މިފްތާޙްގެ އިސްތަށިގަނޑުގައި ހިފައި ހިއްލައިލަމުން އިވްޔާ ސުވާލުކުރިއެވެ.
“އަހަރެން ދޫކޮށްލީމަ ބުނާނީ…” މިފްތާޙް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
އިވްޔާއަށް ގޮތް ހުސްވިއެވެ. ޔުމާންގެ ކައިރިން އޭނަ އެނދުނީ މިފްތާޙް ދޫކޮށްލުމަށެވެ. ދެ ފިކުރެއްގައި ހުރެފައިވެސް، މިފްތާހްގެ ގައިން ޔުމާން ދޫކޮށްލިއެވެ. ރައިން ވީ ތަން ބުނެފައި މިފްތާޙް ދުވެފައި ބޭރަށް ނުކުތްއިރު، ޕޮލިސް ޖިޕް އޮތީ ރެސްޓޯރެންޓްގެ ކުރިމަތީގައެވެ.
މިފްތާޙް ބުނި ތަނަށް ދިޔައިރު، އިވްޔާގެ ދެފައި ތުރުތުރުއަޅާވަރުން ބިމުގައި ހަރުވެސް ނުލައެވެ. ހިތްވެސް ހީވަނީ އޭގެ މަގާމުން ފުންމައިލަން އުޅޭހެންނެވެ. ބިރުން މުޅި ހަށިގަނޑަށް ޒާތެއްގެ ފިނިގަނޑެއް އަރަމުން ދިޔަ ކަމުގެ އިޚްސާސް އޭނައަށް ކުރެވެމުން ދިޔައެވެ.
އަލަށް ހަދާފައިވާ އިމާރާތުގެ ސިޑިން މައްޗަށް އަރަމުންދިޔަ ވަރަކަށް، އިވްޔާގެ ފިޔަވަޅުތައް އަވަސްވަމުން ދިޔައެވެ. ސިޑީގެ ހަރުފަތްތައް ގިރާކޮށް ނިމުނުއިރު، އޭނައަށް މާނޭވާ ލެވެއެވެ. އިވްޔާގެ އަތުގައި ހިފަހައްޓާލައިގެން ނަތާޝާ ހުއްޓެވެ. ކުރިމަތިން ފެންނަން ހުރި ދޮރުން އެންމެ ފުރަތަމަ އެތެރެއަށް ވަނީ ޔުމާންއެވެ. ޔުމާންގެ ފަހަތުން އިވްޔާ އާއި ނަތާޝާވެސް އެތެރެއަށް ވަނެވެ.
އެތެރެއަށް ވަނުމާއިއެކު ފެނުނު މަންޒަރުން އިވްޔާގެ ދެލޯ ބޮޑުވިއެވެ. ތަޅުންމަތީގައި އޮތީ ހަތަރެސްފައި ބަނދެފައިވާ ފިރެހެނެކެވެ. އެމީހަކު އޮތީ ފުރަގަހަށް ވާގޮތަށް ނަމަވެސް ލައިގެން އޮތް އަންނައުނު ފެނި އެއީ ރައިން ކަން އިވްޔާއަށް ކަށަވަރު ވިއެވެ. އިވްޔާއަށް ބާރަށް ރޮއެގަނެވުނެވެ. ދެފައިގައި ހުރި ބާރެއްލާފައި އެދިމާއަށް ދުއްވައިގަތެވެ.
ތުރުތުރުލަމުންދިޔަ އަތުން ރައިންގެ ކޮނޑުގައި ހިފައި އަނބުރައިލިއިރު، އިވްޔާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ރައިންގެ ބޯ ނަގައި އުނގުމައްޗަށް ލައިގެން އިވްޔާ އިނީ ގުޑިލަންވެސް ނުކެރިފައެވެ. ދެލޯ މަރާލައިގެން އޮވެފައި ރައިން އޭނާގެ ދެލޯ ހުޅުވައިލިތަން ފެނި އިވްޔާ ބާރަށް ރޯން ފެށިއެވެ. ރައިންގެ ގައިގައި ބާރަށް ބައްދައިލާފައި މުޅި މޫނުގައި އިވްޔާއަށް ބޮސްދެވުނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ރައިން އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީ ކަމުގައި ހީވެ، އޭނަ އިނީ މާޔޫސްވެފައެވެ. އެކަމަކު، މާތްﷲގެ އިރާދަފުޅާއިއެކު ރައިން ސަލާމަތްވީއެވެ. އޭނަ ކުރަމުން އައި ދުޢާ އިޖާބަ ކުރެއްވީއެވެ.
“އަލްހަމްދުﷲ އަލްހަމްދުﷲ…” އިވްޔާ ހުއްޓާނުލައި ކިޔަމުން ދިޔައެވެ.
********
މިފްތާޙް އިޢުތިރާފުވީ ހަމައެކަނި ނާބިހް މަރާލި ކަމަކަށް ނޫނެވެ. ނާބިހްގެ އިތުރުން މުނީރުވެސް މެއެވެ. އޭގެ އިތުރުން ރައިން ރަހީނު ކުރި ކަމަށްވެސް އިޢުތިރާފް ވިއެވެ. އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ އެހެން މީހަކު ކަން އެނގުނީ ފުލުހުން ކުރި ތަޙުޤީގުތަކަށް ފަހުގައެވެ. އެ މީހަކު އެނގުމާއިއެކު އެންމެންނަށްވެސް ލިބުނީ ވަރުގަދަ ޝޮކެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.





Varah❤❤❤ varah❤❤❤ reethi❤❤❤ maa sha Allah❤❤ curiously❤❤❤ waiting❤❤❤for the ❤❤❤next❤❤❤ part❤❤❤
Thank u so much Yanaa.. varah ufaavehje story kamudhiyaeema.. and dear first dho.. congratulations.. keep waiting for the next
?
Wowwww wowwww and wowwww ?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️? Vvvvv furihama. Huvaa vvvv salhi ingey.. ?????????????????????????Jumulathah liyefa hurileh ves hama vvv sadhaavefa vvv fashuvi basthah?????????????????????????????Hurihaa kameh ves hama vvv perfect.. Ivy ge gut kan mulhi vaahaka ah dhirun genesdhey.. ????????????????????????????????????? Eysh ge creative ideas thah hama obiness to the maxxx.. Vv fakkaa. ?????????????????????Sifakolla dhinun hama 100000000 vvv furihama.. ?????????????????????????????? Waiting for the next part.. ???????????????????.
Awwww so sweeet.. thank u so much dear.. varah varah ufaavey cmnt kiyaafa.. cmnt fenna irah engey sheen ge cmnt kan.. ehaa ves special.. varah ufaavey support dheythee.. lysm ? keep waiting for the next part..
Wow…. V v. V reethi ❤️?❤️❤️❤️?❤️?❤️❤️❤️?❤️…..kn irakun next part
Thank u sooo much Raanee.. varah ufaavehje story kamudhiyaeema.. next part In Sha Allaah soon.. wait kohlahchey ?
When next part vrh slahi ❤️
Thank u sooo much Dheenu.. varah ufaavehje story kamudhiyaeema.. next part In Sha Allaah soon.. wait kohlaane kamah unmeedhukruan ?
Salaam All
As promised, here is the 13th part of Kafun Vevifaa.. hope u will like it..
Midhuvaskolhu v gina kankamah concentrate kuran jeheythee story ah ehaa bodah concentrate nukurevi dhanee.. ehenve faharehga ginain mistakes hurun ekasheegenvey.. mistake eh faahaga kohlevijjehya bunelahchey.. it will be v helpful.. mihaaru bxy v ma upkohlan ves mi jehenee part thah kiyaaves nulaa..
Abadhuves kiyuntheringe faraathun thiya dhevvaa support ufalaa eku faahaga kuran.. vvvvv bodah thanks hurihaa kudhinnahves..
Love u all, good nyt my sweeet sweeet readers ??
Eysh ❤️❤️❤️… This part is soooooo nice ❤️❤️❤️???????????????????????????… V v v reethi ingey ❤️❤️❤️???… Comment nukuriyas regular koh mi story kiyan ???… V v v interesting ???❤️❤️❤️… Keep up the good work ❤️❤️❤️????????????… Curiously waiting for the next part… I wonder who is behind in all these things??? Lots of love ❤️❤️❤️???????????????????????????…
Aww pinky dear.. haadha dhuvaheh fahunney mi dhimaavee.. v ufaavehje pinky aa dhimaaveema.. missed u dear.. v ufaavejje cmnt kiyaalaafa.. v lahun dho eysh ah mi rply kohlevunee.. exam feshuneema ehves time eh nuvee cmnt thah kiyaalan.. last part mihaaru kiyaaleveyne.. Thank u so much dear pinky.. lots of love from me too..
vvv salhi mi part ves
anekkaa ey yumaan baa noonee nairaage bodubeybe baaa
Thank u so much ikoo.. v ufaavehje story kamudhiyaeema.. last part upkohlaafa innaanee mihaaru.. unmeedhukuran kamudhaane kamah..
Vvvvv reethi mi part vx…..hama habbu……neyvaa hifahahtaalaigen kiyaa kiyaa huhtaa e nimuny…..hehehe….hama vvvvvv reethi mi part vx……????????????????????????????????????????and whn nxt sis……waiting for the nxt part…..luv u eysh sis❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Awww a very sweeet cmnt frm u dear.. eysh v miss vi Kaira mathin mi dhiya dhuvaskolhuga. Exam feshuneema time nuvee cmnt kiyaalan.. Thank u so much Kai.. last part mihaaru kiyaaleveyne ingey.. love u dear..
Maasha Allah Mi part vx hama habeys…????????????… Can’t wait fr nxt part…..?????? LYSM dear eysh sissy.???????…….
Awww so sweeet.. eysh v miss vi Kylie mathin ves mi dhiya dhuvaskolhuga. Exam feshuneema time nuvee cmnt kiyaalan.. v ufaavehje cmnt indhaa fenuneema.. Thank u so much dear.. last part mihaaru kiyaaleveyne ingey.. love u too..