ހުރިހާ ވާހަކަ އެއް ކިޔައިދީ ނިމުން އިރު ޔާޝާގެ ލޮލުން ހޯސްލައިފަ ކަރުނަ އާދެއެވެ. މިތަން ބަލަން އިން އަފްރީން ޔާޝާ އަށް ހިތްވަރު ދެވޭތޯ ބެލިއެވެ.
***
ކިންގް ސައިޒް ބޮޑު އެނދުގައި ވިސްނުމެއް ތެރޭގައި އައިޝަން އޮތެވެ. އައިޝަންގެ ލޮލައް މިހާރު ހަމަ ނިދި ލިބެނީކީ ވެސް ނޫނެވެ. ކޮންމެ ރެއަކު ނިދެނީ މެންދަމު 2 ޖަހާ ބޮޑުވާ ފަހުންނެވެ. އަބަދު ޔާޝާ އާ ދޭތެރޭގައި ވިސްނެނީއެވެ. އެކަމް އެއީ ކުށެއްހެވެ؟ އައިޝަން ހިތުގައި ޔާޝާ އަށް ޚާއްސަ މަޤާމެއް ދެވެނީ ކީއްވެހެވެ؟ އެ ވިސްނުމުގެ ތެރޭގާ އޮއްވާ އައިޝަން އަށް ނިދި ސަވާރުވީ މެންދަމު ދެގަޑި ބައި ވަނި ކޮށެވެ.
***
ހެނދުނު ޔާޝާ އޮފީހައް ދިޔައިރު އެއްވެސް މީހަކު ނެތެވެ. އޮފީސް ތަޅުލާފަ ހުރުމުން ޔާޝާ މަޑު ކޮށްލައިން ހުރީ މަގުމަތީގައެވެ. މާ ލަސް ތަކެއް ނުވެ، އައިޝަން އައިސް އޮފީސް ހުޅުވިއެވެ.
”މިއަދު އަހަރެންނަށް މާ ލަހުން ދޯ މިއާދެވުނީ” އައިޝަން އޮފީސް ތެރެއަށް ވަދެ ޔާޝާ އަށް ލޯ އަޅާލަމުން ބުނެލިއެވެ.
”ނޫން ލަހެއް ނޫނޭނޫންތޯ… އަޅުގަނޑަށް މާ އަވަހައް މި އާދެވުނީ” ޔާޝާ ބުނެލިއެވެ.
”ޔާޝާ… އަހަންނާ އެހާ މާތް ބަހުން ވާހަކަ ނުދައްކާތި މީގެ ފަހުން. އަދި ސަރ ނުކިޔަ އަހަރެންގެ ނަމުން ކިޔާ” އައިޝަން އަށް ބުނެވުނީ ބޭ އިހްތިޔާރު ގައެވެ. އައިޝަން އަށް އެވާ ގޮތަކުން އައިޝަން ވެސް ބައެއްފަހަރު ލަދު ގަނެއެވެ.
”އެ ކީއްވެ… މީގެ ކުރިންވެސް އަޅުގަނޑު ވާހަކަ ދައްކަނީ މިހެނޭނުންތޯ. އަޅުގަނޑަށް ވަރަށް އުނދަގު ވާނެ ސަރ ނުކިޔަ އައިޝަން ކިޔަން” ޔާޝާ ބުނެލީ ވަރަށް ސީރިއަސް ކަންމަތީއެވެ.
”އެކަމް ހެޔޮ… އެހާ މާތް ބަހުން ވާހަކަ ނުދައްކާ” އައިޝަން އަނެއްކާވެސް ބުނެލިއެވެ.
***
ކޮޓަރީގަ ޓަކި ޖަހާ އަޑަށް ޔަނާލް ދޮރު ހުޅުވާލި އިރު ހުރީ އަފްރީން އެވެ. ޔަނާލް އާއި އަފްރީން ވެސް މިހާރު ރަހްމަތް ތެރި ކަމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހި ވެއްޖެއެވެ. ހަމަ އެފަދައިން އާނިޝް އާއި ޔަނާލް އަކީ ވެސް މިހާރު ރަހްމަތްތެރިންއެވެ. ޔާޝާ ގޭގަ ނޫޅޭ ގިނަ ވަގުތުތައް ޔަނާލް ހޭދަ ކުރަނީ އަފްރީން މެން ގޭގައެވެ.
”ނާލް… ނުވެސް ގޮސް ލަމޭނުން އަހަރެން ގެއަކަށް. ނާލް ނައިމަ ނާލް ކޮބާތޯ ބަލާލަން މިއައީ. ހިނގާ ދާން އަހަންނާއެކު” ޔަނާލް ދޮރު ހުޅުވާލުމާއެކު އަފްރީން ބުނެލިއެވެ.
”ނޫން… ކައްކާފަ ދާން ވެގެން. އެހެންނޫނީ ދޮންތަ ކާން އަންނަ އިރު ހުންނާނީ ނުވެސް ކައްކަ. ތި ގެއަށް ދާން ރެޑީ ވަނިކޮށް ތިއައީ” ކޮޓަރި އަށް ވަންނަން ތަން ދައްކަމުން ޔަނާލް ބުނެލިއެވެ.
”އޯހްވް… އެހެންތަ” އެނދުގައި އެއްފަރާތުގައި އިށީންނަމުން އަފްރީން ބުނެލިއެވެ.
ޔަނާލް ތައްޔާރުވެ ނިމުމުން ޔަނާލް އާ ޔާޝާ އެކުއެކީ ހިނގާފައި އަފްރީން މެން ގެއަށް މިސްރާބު ޖެހިއެވެ. އަފްރީން ގެއާ، ޔަނާލް މެން ގެއާ މާކަށް ދުރެއް ނޫނެވެ. އެހެންކަމުން މާގިނަ އިރު ތަކެއް ނުނަގަ އެގެއަށް ދެވުނެވެ.
***
”ކީއްވެތަ އައިޝަން ސަރ އެހެން އެ ހަދަނީ؟ ކީއްވެތަ މިހާރަކަށް އައިސް އަހަންނާ ދޭތެރޭ އެހެންމީހުންނާ ތަފާތު ނަޒަރަކުން އެދެކެނީ؟” އެކި އެކި ސުވާލު ތަށް ޔާޝާ ހިތާ އަމިއްލަ އަށް ސުވާލު ކުރަމުންދެއެވެ. ޔާޝާ އިނީ ހަދާނި ގޮތް ހުސްވެފައެވެ. ޔާޝާގެ މަޑު ދެއަތް ތިލައިން ޔާޝާގެ ބޮލުގައި ހިފައިން އިންއިރު, ކަމަކާ ވަރަށް ފުންކޮން ވިސްނަނީ ކަން ބަލާލާ ކޮންމެ މީހަކައް އިނގޭނެވެ.
”ޔާޝާ… އައިޝަން ސަރ އެބަ ގޮވާ، ބުނީ ސަރގެ ކެބިން އަށް އައިސް ބަލާށޯ” ޔާޝާ އިން މޭޒު ކައިރިއަށް ހުއްޓިލަމުން އީމާ ބުނެލިއެވެ. އަދި މިދަނީއޭ ބުނެ, ފުން ނޭވަ އެއް ދޫކޮއްލުމަށްފަހު ޔާޝާ ގޮނޑިން ތެދުވެ މަޑު ފިޔަވަޅެއްގެ ހިނގައިގަތެވެ. ޔާޝާގެ ހިތް ދަނީ ބާރަށް ތެޅެމުންނެވެ. އައިޝަން އެގޮވީ ކީއްކުރަން ކަމެއް ވެސް ޔާޝާ އަކަށް ނޭނގެއެވެ.
ކެބިން އަށް ވަތް ޔާޝާ ފެނިފަ އައިޝަން ގޮނޑިއަށް އިޝާރާތް ކޮށްލަމުން އިޝީންނާށޭ ބުންޏެވެ.
”ޔާޝާ ކިހިނެއްތަ؟” އައިޝަން ކޮއްލީ އެހެންޏާ ނުކުރާ ކަހަލަ ސުވާލެކެވެ.
”ރަނގަޅު, ކީއްވެތޯ އަޅުގަނޑު ކައިރި އަންނާށޭ ބުނީ؟… އޫޕްސް ސޮރީ އަހަރެން” މާތް ބަހުން ވާހަކަ ދެއްކީމަ, އައިޝަން ހިތްހަމަ ނުޖެހިފަ އިންތަން ފެނުމުން ޔާޝާ މަޑު މަޑުން ސޮރީ ބުނެލިއެވެ.
ޔާޝާއާ އައިޝަން ކުރަނީ ޔާޝާ ހީކުރި ކަހަލަ ސުވާލު ތަކެއް ނޫނެވެ. އައިޝަން މިއަދު ކުރަނީ ޔާޝާގެ އަމިއްލަ ދިރިއުޅުމާ ބެހޭ ސުވާލެވެ. އެހެންކަމުން ޔާޝާ އިނީ ހިތްހަމަ ނުޖެހިފައެވެ، އަދި ޔާޝާ މޫނު މައްޗައް ވެރިވީ ހިތްހަމަ ނުޖެހިފަ ހުރި ކުލަަވަރެކެވެ.
ޔާޝާ އަކީ ވަރަށް މަޑު މައިތިރި, ލަދުރަކި, ބަސްމަދު, މަޑުމޮޅި ޒުވާން އުމުރުގެ ކުއްޖެކެވެ. ނަމަވެސް ޔާޝާގެ ގާތް ރަހްމަތް ތެރިއެއް ކައިރިގަ ޔާޝާހާ އަނގަ ގަދަ މީހެއް ނުހުންނާނެވެ.
”ޔާޝާ ކައިރީގަ އަހަރެން އެބަ އޮތް ވަރަށް މުހިއްމު ވާހަކަ އެއް ދައްކަން ވެފަ. އެހެންވީމަ މިރޭ އަހަންނާ އެކީ ކެއުމަކަށް ދާން ވާނެ އައްގަޑި ބައިގަ. ޕްލީސް ނޫނެކޭ ނުބުނައްޗޭ” އައިޝަން އާދޭހުގެ ރާގަކަށް ބުނެލިއެވެ.
ޔާޝާ އަކަށް އެކަމަށް އިންކާރު ކުރާކައް ނުކެރުނެވެ. އާއެނކޭ ބުނެ, ޔާޝާ އެކެބިން އިން ނިކުތެވެ.
***
ހަވީރުގެ ވަގުތެވެ. އިރުގެ ދިލަ އަވި ނެތެމުން ނެތެމުން ގޮސް އަލްވަދާއުކީ ވަގުތެވެ. ޔާޝާ އާއި ޔަނާލް އަދި އޭގެ އިތުރުން އަފްރީން އާ ތިންމީހުން ތިބީ މޫދު ކައިރި ވެލިގަނޑު މަތީގައި ހުރި ހަޓެއްގައި އިށީންދެގެން އޮލަ ވާހަކަ އެއްގެ ތެރޭގައެވެ.
”ކޮބާ އަފޫ ބިޓެއް ނަގާކައް ނޫޅެންތަ” ޔާޝާ ސަމާސާ ރާގެއްގަ އަފްރީން އާ ދިމާކޮށްލިއެވެ.
”ތެދެއް… އަފޫ އަނެއްކާ އަހަރެމެންނަށް ވެސް އަންގާލައިގެން ކަމެއް ކުރަންޏާ ކުރާތި” ޔާޝާ ގެ ސަމާސާގަ ބައިވެރި ވެލަމުން ޔަނާލް ހިނިގަނޑެއް ޖަހާލިއެވެ.
”ޕިސް ޕިސް…. ތި މީހުން ބިޓެއް ނަގާނީ” ރަކިވެފަ އިން އަފްރީން ބުނެލީ ރަކި ހިނިތުންވުމެއް ތުންފަތަށް ވެރި ކުރަމުންނެވެ.
ތިން މީހުން ވެސް ގެއަށް ދާން ހިނގައިގަތީ އިރު އޮއްސި އަނދިރި ވުމުންނެވެ.
***
ލޯގަނޑު ކައިރި އަށް ހުއްޓިލައިގެން ހުރެ ޔާޝާ އަމިއްލަ ސޫރަ އަށް ބަލަބަލާ ހުއްޓެވެ.
”ދޮންތާ… ކޮންތާކައް ދާން މާ ވަރަކަށް ތިރެޑީ ވަނީ؟” ޔާޝާ މާ ރީތި ވެލައިން ހުރިތަން ފެނުމުން ފޯން ސްކްރީން ނިއްވާލަމުން ޔަނާލް އަހާލިއެވެ.
”ދޮންތަ އަކަށް ނުބުނެވޭތަ ނާލް ކައިރިއަކު؟ މިދަނީ އައިޝަން ބުނެގެން ކެއުމަކަށް. ނާލް އައްވެސް ދޮންތަ ގެނެސްދޭނަން އެއްޗެއް. ނާލް އެކަނި ވަންޏާ އަފޫ ކައިރި ގުޅާލާފަ ބުނޭ އަންނާށޭ. ދެން ދަނީ އިނގޭ” ޔާޝާ ލޯބިވާ ކޮއްކޮ ކޮލުގައި ހިފާލާފައި ބުނެލިއެވެ.
އައިޝަން ބުނި ގަޑި ޖެހޭތީ ޔާޝާ ބާރު ހިނގުމެއްގައި މަގުމަތީގައި ހިނގާފަ ދަނިކޮށް ފިހާރައަކުން ނިކުތް ޒުވާނަކު ގައިގަ ޖެހި ޔާޝާ ވެއްޓެމުން ދަނިކޮށް އެޒުވާނާ ގެ ދެއަތުން ޔާޝާ ވެއްޓުނަ ނުދީ ހިފަހައްޓާލިއެވެ. ޔާޝާ ލޯ ހުޅުވާލި ވަގުތު އެ ޒުވާނާޔާ ހަތަރު ކަޅި ހަމަވިއެވެ. ދެމީހުންނަށް ވެސް ތިބެވުނީ އެކަކު އަނެކަކު މޫނަށް ގެއްލި ހުސްވެފައެވެ. ޔާޝާ އަށް ހަމަ ހޭވެރިކަން ވި ވަގުތު ޔާޝާ ދުރަށް ޖެހިލަމުން ސޮރީއޭ ބުނެ ނުބަލާލަ އައިމަ ވީ ގޮތެކޭ ބުނެލިއެވެ. އެޒުވާނާ ވެސް ސޮރީ އޭ ބުނެލިއެވެ.
-*ނުނިމޭ*-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.




Miothy thedhuveri loabeege part 5 vx up kohla dheefa☺☺☺… Ummeedhu kuran hurihaa kudhinnah vx kamudhaane kamah❤❤❤… Kiyaalaafa comment eh kohlahchey????… Next part vx varah avahah up kohdheynan???. And mai ah thidhey support ah varah bodah shukuriyyaa???. Gud night all????… Sweat dreams??
Vv reethi maii… story…
Thanks shaa??
V v reethi….keep the gud work…. ♥️♥️♥️???❤️❤️
☺❤❤❤❤❤Thankyou so much raanee.
Varah???? Varah ????varah ????reethi???.maa sha Allah???? curiously???? waiting???? for??? the?? next?? part?????Lysm mai sis
Awwwn???????… Thank you sooooo much beautiful colourful comment❤❤❤❤… Keep waiting☺☺.. Ly2
V rythi mi part ves… Whn next.. Waiting for a next part ❤️❤️❤️
Thanks so much aish???.. Next part Tuesday ga noony Wednesday?.. Keep waiting??
Varah reethi mi part ves ???????❤️❤️❤️❤️❤️ curiously waiting for the next part ?????.???? One of the best ?????luv u so much?????❤️❤️❤️❤️❤️miss yeahhhh ❤️????❤️❤️❤️
Awwwn????… Thank you sooooo much beautiful colourful comment???.. Keep waiting dear???.