Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަފުން ވެވިފާ…12

eysh Level 510 Stories100 Comments100 Login500 Comments
November 17, 2019 6 Mins Read
32 Comments

ކުއްލިއަކަށް އިވުނީ ފޯނު ރިންގްވާން ފެށި އަޑެވެ. ރައިންގެ ހަށިގަނޑަށް ލުއިވިހެން ހީވިއެވެ. ކަރުގައި ޖައްސާފައިވާ ވަޅި ދުރުކޮށްލާފައި، އެމީހަކު އޭނަ އާއި ދުރަށްޖެހުނުކަން ރައިންއަށް އިޚްސާސްވިއެވެ. އެވަރުންވެސް ލޯ ހުޅުވައިލަން ނުކެރިފައި އޭނަ އިނީއެވެ. ކުޑަ އިރުކޮޅަކު އެހެން އިނދެފައި، ރައިން އޭނާގެ ދެލޯ ހުޅުވައިލިއެވެ. އޭރު ތަން އޮތީ ހިމޭންވެފައެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުނީރުގެ ފުރާނަ ނެތް ހަށިގަނޑުވެސް މެއެވެ.

********

އެނދުގެ އެއް އަރިމަތީގައި ނަޢީމު ހުރީ ނައިރާގެ ކަރުގައި ހިފައިގެންނެވެ. އަނެއް ފަރާތުގައި ނައިރާގެ އަނގަ އާއި ނޭފަތާއިއެކު އަތްއަޅައި ބާރުކޮށްލައިގެން ހުޒާމް ހުއްޓެވެ. އަފްރާޙް ދުވެފައި ގޮސް ނަޢީމު ދުރަށް ކޮށްޕައިލިއެވެ. ހުޒާމް ސިހިފައި، ދުރަށްޖެހުނުއިރު، އެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމުގެ ޢަޞަރެވެ. އޭރު ރަނގަޅަށް ނޭވާ ނުލެވިގެން ނައިރާ ތެޅިފޮޅެނީއެވެ.

ސުވޭދާގެ ދެފަޔަށް އާދަޔާ ޚިލާފު ބާރެއް ލިބުނުހެން ހީވިއެވެ. އޭނަ ބާރުބާރަށް ހިނގާފައި ގޮސް، ނަޢީމުގެ ގަމީހުގައި ހިފައި ދަމައިގަތެވެ. އެއަށްފަހު، އެ މޫނުމަތީގައި ޖެހީ އަތުގައި ހުރި ބާރެއް ލާފައެވެ.

“ނުބައި ނުލަފާ އިންސާނާ… އަހަރެމެން އެންމެންގެ ދިރިއުޅުން ބަރުބާދު ކޮށްލާފަ ތިހެނެއް ނުހުރެވޭނެ…” ސުވޭދާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

ނަޢީމުގެ ގައިގައި ތަޅަމުންދިޔައިރު ސުވޭދާ ހީވަނީ މޮޔަވެފައިވާ ހެންނެވެ. ނައިރާގެ ދިރިއުޅުން ފުންމިން ނޭނގޭ ވަޅުގަނޑަކަށް ވެއްޓުނީ އަމިއްލަ ކުށުން ކަމުގައި އޭނައަށް ޤަބޫލުކުރެވުނެވެ.  ސުވޭދާގެ ހިތް ފުނޑުފުނޑުވިއެވެ. ނައިރާ އާއިމެދު އޭނައަށް ކުރިން ހީކުރެވުނީ މުޅީން ގޯސްކޮށްކަން އެނގުނުއިރު، އަމިއްލަ ފިރިމީހާ އެވަނީ އެތައް ގޯހެއް ހަދާފައެވެ. އޭނައަށް ދުވަހަކު މީހަކާއި ހަތަރުކަޅި ހަމަކޮށް ވާހަކަ ދައްކާލަން ނުކެރޭވަރު ކޮށްފައެވެ. ނައިރާގެ މަޢާފު ކީއްކުރަން ހެއްޔެވެ؟ ނައިރާގެ މައިންބަފައިންގެ މަޢާފުވެސް ދެން އޭނައަކަށް ލިބުން ޙައްޤެއް ނޫނޭ ސުވޭދާގެ ހިތަށް އެރިއެވެ.

“ދަރިފުޅާ އަފްރާހް، ގުޅާ.. އަވަހަށް ގުޅާ ފުލުހުންނަށް…” ނަޢީމުގެ ގިރުވާނުގައި ހިފައިގަނެފައި ސުވޭދާ ހަޅޭއްލަވައިގަތެވެ.

ސުވޭދާގެ އަޑަށް ނަޢީމު ތެޅި ފޮޅިގަތެވެ. އޭނަ އާއި ހުޒާމް އެކަކު އަނެކެއްގެ މޫނަށް ބަލައިލީ ހާސްވެފައެވެ. ސުވޭދާގެ އަތުގެ ތެރެއިން ދެމިގަނެގެން ނަޢީމު އެތަނުން ނުކުތްއިރު، ހުޒާމްވެސް ދުވެ ފިލައިފިއެވެ. އެ ދެ މީހުންގެ ފަހަތުން އަފްރާހްވެސް ދުވެފައި ނުކުތެވެ. ފަސްއެނބުރި ބަލަމުން ކަހަލަ ގޮތަކަށް ނައިރާ ބާއްވާފައި އޮތް ކޮޓަރިއަށް ވަންނަން އައި ނަރުސް ކުއްޖާ ލައިގަތީ އަފްރާޙްގެ ގައިގައެވެ.

“ސޮރީ ސޮރީ…” މަޢާފަށް އެދެމުން އެ ކުއްޖާ އަފްރާޙް އާއި ދުރަށް ޖެހިލިއެވެ.

އަފްރާޙަށް ހަމަހޭވެރިކަންވީ އެ ކުއްޖާ ދެ ފަހަރަކު ކަރު ކެހިލި އަޑު އިވުމުންނެވެ. ހުރެވުނީ ދޮރުމަތީގައި ކަން އެނގުމުން އޭނައަށް ރަކި ގޮތަކަށް ހިނިތުންވެލެވުނެވެ. މަޢާފަށް އެދުމަށްފަހު، އަވަސްއަވަހަށް އެއްފަރާތަކަށް ޖެހިލުމާއިއެކު، އެ ކުއްޖާވެސް ރަކި ގޮތަކަށް ހިނިތުންވެލާފައި އެތެރެއަށް ވަދެއްޖެއެވެ.

“ނައިރާ ދަރިފުޅާ، މިއަދު ދަރިފުޅުގެ ކުރިމަތީގައި ލަދުން އިސްޖަހައިލަން، މި ބޮޑުމަންމައަށް މަޖުބޫރުވެއްޖެ… މީ ކުށްވެރިއެއް…ވަރަށް ބޮޑު ކުށްވެރިއެއް… ދަރިފުޅު ކީއްކުރަން، ދަރިފުޅުގެ މައިންބަފައިންގެ މަޢާފުވެސް މި މަންމައަށް ޙައްޤުވެގެން ނުވޭ…” ސުވޭދާ ހުރިތަނަށް ތިރިވިއެވެ.

ރޮމުން ގިސްލަމުންދިޔަ ސުވޭދާ ފެނި ނައިރާގެ ހިތް ފަޅައިގެން ދިޔައެވެ. އުނދަގޫ ގޮތަކަށް ތެދުވެ، އެނދުގެ ހެޑްބޯޑުގައި ލެނގިލިއިރު، އޭނައަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. ސުވޭދާ އާއިމެދު އޭނަގެ ހިތުގައި އުފެދުނު ހުރިހާ ޝަކުވާތަކެއް ފިލައިގޮސް ހިތް މަޑު ކަފަކޮޅަކަށް ވެގެންދިޔައީ ހީވެސް ނުކުރާހައި އަވަހަށެވެ. އޭނަ ސުވޭދާ ދެކެނީ އަމިއްލަ މަންމައެއްގެ ގޮތުގައެވެ. ވީއިރު، އެ މަންމައަށް މަޢާފު ނުކޮށް ހިތަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟

ޙާލަތުގެ ނާޒުކުކަން އިޚްސާސްވެ ނަރުސް ކުއްޖާ އަވަސްވެގަތީ އެތަނުން ނުކުތުމަށެވެ. އޭނައަށް ދޮރު ހުޅުވާލެވުނީ އެތެރެއަށް ވަނުމަށް އަފްރާޙްވެސް ދޮރު ހުޅުވައިލީ ތަނާއެވެ. އެ ކުއްޖާ އަނެއްކާވެސް ހިނިތުންވެލިއެވެ.

“ކުޑަކޮށް ކަންތައް ގޯސްވެގެން މިއުޅެނީ… ސޮރީ ފޯ ދެޓް…” އަފްރާޙް ވާހަކަ ދައްކަމުން ދޮރުމަތިން އެއްފަރާތަކަށް ޖެހިލިއެވެ.

“ނޯ ނޯ އިޓްސް އޯކޭ… ނައިރާގެ ހަޒްބެންޑް ދުވެފައި ދިޔަގޮތުންވެސް ސާނާއަށް ހީވިއޭ ކަމެއް ގޯސްވެގެން އުޅެނީއޭ…” އެއްޗެއް ހަނދާންކޮށްލާފަދަ ގޮތަކަށް ނަރުސްކުއްޖާ ބުންޏެވެ.

“އެއީ ނައިރާގެ ހަޒްބެންޑްއެއް ނޫން… ބޭބެ…” އަފްރާޙް އަވަސްއަވަހަށް ބުންޏެވެ.

“އޯހް… އެދުވަހު ހޮސްޕިޓަލަށް އައިސް އުޅުނު ގޮތުން ހީވީ ހަޒްބެންޑް ހެން… ސޮރީ ސާނާއަށް ނޭނގުނީ… ދެން ގޮސްލީއޭ…” ސާނާގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ. އޭނަ އަވަސްއަވަހަށް އެތަނުން ދިޔައީ، ޝައްކެއްގެ މަތީގައި ހުރެއެވެ.

ނައިރާ ހެޔޮހިތުން މަޢާފުކުރުމުންވެސް ސުވޭދާ އެތައް އިރަކު ރުޔެވެ. ދެމީހުން އެކަކު އަނެކެއްގެ ގައިގައި ބައްދާލައިގެން ތިބެ، ހިތުގެ ޝަކުވާތައް ބޭރުކުރަމުން ދިޔައެވެ. ނައިރާ ހޭދަކުރި ހިތްދަތި ދުވަސްތަކުގެ ބަދަލުގައި ލޯތްބާއި އަޅާލުން ދިނުމަށް ސުވޭދާ އޭނާގެ އަމިއްލަ ހިތަށް ވަޢުދު ވިއެވެ.

އަފްރާޙް އެތެރެއަށް ވަތްއިރު، ކޮޓަރިތެރެއިން އިވެމުންދިޔައީ ރުއިމުގެ އަޑެވެ. ވޭނުން ފުރިގެންވީ ގޮތަކަށް އިވެމުންދިޔަ ރުއިމުގެ އަޑުން އޭނަގެ ހިތް ތޮރުފާލި ކަހަލައެވެ. އަމިއްލަ ކުށް އިޙްޞާސް ވަމުންދިޔަލެއް ބޮޑުކަމުން އޭނަ ހުރީ ނައިރާ އާއި ދިމާއަށް ބަލައިލަންވެސް ނުކެރިފައެވެ. އިސްޖަހާލައިގެން ހުރިއިރު، ކުރެވުނު ކުށަށް ނައިރާގެ ކިބައިން މަޢާފަށް އެދެން ނުހަނު ބޭނުންވެފައެވެ. އަފްރާޙް ހީކުރީ ނައިރާ އޭނަދެކެ އިންތިހާއަށް ނަފުރަތު ކުރާނޭ ކަމަށެވެ. އެކަމަކު ސުވޭދާގެ ފަރާތުން ހަޤީގަތް އެނގުމާއިއެކު، ނައިރާ އޭނައަށް މަޢާފު ކުރީ ހެޔޮ ހިތުންނެވެ.

********

މާލޭގެ ހަލަބޮލި މަގުތަކުގައި ކާރު ދުއްވަމުން ދިޔައިރު، ޔުމާން އިނީ ނުތަނަވަސް ވެފައެވެ. ކާރަށް އެރީއްސުރެ އޭނައަށް އިވްޔާގެ މޫނު ނޫން ތަނަކަށް ނުބެލެއެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ޔަޤީންކަން ފެނި ހިތް ހަމަޔަކަށް އަޅުވަން އުޅުނަސް، ޔުމާންއަކަށް އެކަމެއް ނުވިއެވެ. ކާރު ދަތުރުކުރަމުންދިޔަ މިސްރާބު އެނގުމާއިއެކު ޔުމާންގެ ކެތްތެރިކަން ކޮޅުންލިއެވެ.

“އިވީ… ކޮންތާކަށްތަ މިދަނީ؟… އަހަރެން މިހާރު ހާސްވާން ފަށައިފި…”

“އިވީ…” އިވްޔާ އެއްވެސް ޖަވާބެއް ނުދިނުމުން ޔުމާން އަނެއްކާވެސް ގޮވާލިއެވެ.

އިވްޔާ ވަކި ޖަވާބެއް ނުދެއެވެ. އަތުގެ އިޝާރާތުން މަޑުކުރުމަށް އެދިފައި ފޯނު ނަގައި ނަންބަރަކަށް ގުޅިއެވެ.

“ކޮބާ އެމީހުން؟…” އިވްޔާ ވާހަކަ ދެއްކީ ފޯނުންނެވެ.

“އޯކޭ… ވަރަށް ކައިރީގައި މިއުޅެނީ… އިހަށް މަޑުކުރޭ…” އިވްޔާ ފޯނު ކަނޑާލާފައި ޔުމާން އާއި ދިމާއަށް ބަލައިލިއެވެ.

ކާރުގެ ޝީޓުގައި ބޯ އަޅާލައިގެން ޔުމާން އޮތެވެ. ދެލޯ މަރާލައިގެން އޮވެފައި، އިވްޔާ ފޯނު ބޭއްވިކަން ޔަޤީންވުމުން ބަލައިލިއެވެ. އިވްޔާ އޭނާގެ ލޮލުގެ އިޝާރާތުން އެދުނީ އަދި ކުޑަ ވަގުތުކޮޅަކު މަޑުކޮށްލަ ދިނުމަށެވެ. އެހެންވެ، ޔުމާން އަނެއްކާވެސް ލޯ މަރާލީއެވެ.

“މިތަނަށް މަޑުކޮށްލާ…” އިވްޔާ ވާހަކަ ދެއްކީ ޑްރައިވަރަށެވެ.

ކާރު މަޑުކޮށްލީ ހިމަ ގޯޅިއެއްގެ މެދަށެވެ. ކާރުން ފައިބާފައި މަގުގެ ދެފަރާތުގައި ހުރި ގެތަކަށް ޔުމާން ބަލަން ފެށީ ސުވާލު އުފެދިފައި ހުރެއެވެ.

“ޔުމާން… އަހަރެން މިދަނީ އެ ކޮޅުން އެ ފެންނަނީނު ފިހާރައެއް، އެދިމާއަށް…” ގޯޅީގެ ކަންމައްޗަށް ވާހެން ހުރި ފިހާރައެއް އަތުގެ އިޝާރާތުން ދައްކައިލަމުން އިވްޔާ ބުންޏެވެ.

“ފަހަރެއްގަ ކަންކަން ގޯސްވެސް ވެދާނެ… އެހެންވީމަ، ޔުމާން ހުރޭ ތަންކޮޅެއް ދުރުގަ ބަލަން…” ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެފައި އިވްޔާ ހިނގައިގަތެވެ. އޭގެ ކުރިން ޔުމާން އިވްޔާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

“ތިހާ ނުރައްކާތެރި ކަމެއް ކުރަން އިވީ އެކަނި ދޫކޮށްލާނީ ކިހިނެތް؟ އަހަރެންވެސް ދާނަން…” ޔުމާން ބުންޏެވެ.

“އޭރުން ކަމަކު ނުދާނެއޭ… އަހަރެން އެކަންޏެއް ނޫނޭ… ނަތާވެސް އެބަހުއްޓޭ އެތާ… ޔުމާން، އަހަރެން މިދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑު އަހައްޗޭ…” ޔުމާންގެ އަތް ނައްޓުވާލާފައި އިވްޔާ ބުންޏެވެ.

“ނަތާ ބުންޏެއްނު ނާބިހް އޭނަގެ ޑައިރީ ގެންގުޅެނީ ވަރަށް ފޮރުވައިގެންނޭ… އެއްވެސް މީހަކަށް ނޭނގޭނެއޭ އެ ބާއްވާފަ އޮންނަ ތަނެއް… އެއަށް ކަމެއް ވެދާނެތީ އުރައަކަށްވެސް ލައިގެންނޭ ގެންގުޅެނީ…” އެއްޗެއް ހަނދާންކޮށްދޭފަދަ ގޮތަކަށް އިވްޔާ ވާހަކަ ދެއްކިއެވެ.

އިވްޔާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން، ޔުމާން ބޯ ޖަހައިލިއެވެ. ވެގެން އުޅޭގޮތެއް ނޭނގޭތީ އޭނަ ހުރީ އިވްޔާ ދައްކާ ވާހަކަ ކަނުލައި އަޑު އަހާށެވެ. އިވްޔާ އޭނާގެ ކޮނޑުގައި އަޅުވާފައިވާ ދަބަހުގެ ތެރެއިން ނެގީ މަޑު ނޫކުލައިގެ ފޮތެކެވެ. ފޮތުގެ ބޭރުގަނޑުގައި ކަޅާއި ހުދުކުލައިން ލިޔެފައިވަނީ ނާބިހްގެ ނަމެވެ.

“މީ ނާބިހްގެ ޑައިރީ… ވަރަށް ރަނގަޅަށް މި ފޮތަށް ބަލާލަބަލަ… ނާބިހް އެހާ ލޯބިން ގެންގުޅޭ އެއްޗަކުން މިގޮތަށް ގަނޑު ނައްޓުވާނެހެން ހީވޭތަ؟…”

ފޮތް ހުޅުވައިލާފައި އިވްޔާ ދެއްކީ އޭގެން ވަކި ކޮށްލާފައިވާ ކަރުދާސްގަނޑުގެ ބައެކެވެ. އިވްޔާ ބުނިހެން ފޮތުން ދެ ގަނޑެއް ކަނޑާފައި އޮތެވެ. އެއް ގަނޑަކީ ނާބިހް މަރުވިއިރު ލިޔެފައިވާ ނޯޓެވެ. އަނެއް ކަރުދާސްގަނޑު ކަނޑާލާފައިވަނީ، ފޮތުގެ މެދު ތެރެއިންނެވެ. އެ ކަރުދާސްގަނޑުގައި ނާބިހް އެއްޗެއް ލިޔެފައިވާކަން އެނގެނީ ޑައިރީގެ މެދުތެރެއިން ލިޔެފައިވާ ލިޔުމުން ބައެއް މަދުވުމުންނެވެ.

“މިފޮތުން އެހާ މުހިއްމު ގަނޑެއް މަދުވާންވީ ކީއްވެ؟… އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހަކު މިފޮތް ހޯދައިގެން އެކަމެއް ކުރާނީ ހެކި ނައްތާލަން ނޫން ދެން އެހެން ކޮން ބޭނުމަކު؟… އަނެއްކާ މި ފޮތް އެމީހަކަށް އެހާ ފަސޭހައިން ފެނުނީ ކީއްވެ؟…” އިވްޔާގެ ސުވާލުތަކުން ޔުމާންއަށް ކޮންމެވެސް ވަރަކަށް ވެގެން އުޅޭގޮތް ރޭކައިލާން ފެށިއެވެ.

“މީ ނާބިހްގެ ވަރަށް ގާތް މީހަކު ކޮށްފައިވާ ކަމެއް…” އިވްޔާ ޔަޤީންކަމާއި އެކުގައި ބުންޏެވެ.

ޔުމާން އެ ފޮތް އަތުލައިގެން އެއްކޮޅުން އަނެއްކޮޅަށް ބެލިއެވެ. އިވްޔާ ބުނިހެން ފޮތުން މަދުވެފައިވަނީ މުހިއްމު ލިޔުންތަކެއް ލިޔެފައިވާ ގަނޑެއްކަން އެނގުނީ އޭގެ ކުރީ ސަފުހާ އާއި ފަހު ސަފުޙާގައި ދައްކާފައިވާ ވާހަކަތައް ގުޅުވައިލުމުންނެވެ.

“މިވަރުގެ ކަމެއް ކުރާނީ ކާކު؟… ހަމަ ގައިމުވެސް، ތި ޑައިރީއެއް އޮތްތަން ގޭގެ އެއްވެސް މީހަކަށް އެނގޭނެހެނެއް ހިއެއް ނުވޭ… ނާބިހްއަކީ އޭނަގެ އާއިލާއަށް އިތުބާރު ކުރާ މީހެއް ނޫން… އެއަށްވުރެ ބޮޑަށް އޭނަގެ އެކުވެރިންނަށްވެސް…” އެއްޗެއް ބުނަން އުޅެފައި ޔުމާން ކުއްލިއަކަށް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނަ އިވްޔާއަށް ބަލައިލިއެވެ. އިވްޔާ އޭނާގެ ބުމަ މައްޗަށް އަރުވާލާފައި، ބޯ ޖަހައިލީ، ޔުމާންއަށް އޭނަ ބުނަން އުޅުނު އެއްޗެއް އެނގުމުންނެވެ.

“ވަޓް؟… އެކަމަކު ކީއްވެ؟… ސަބަބަކީ ކޮބައިބާ؟…” ލިބުނު ޝޮކް ފިލައިގެން ނުދާތީ ޔުމާން ހުރީ ޚިޔާލަކަށް ގޮސް ގެއްލިފައެވެ.

“ޔުމާން… ތި ހުރިހާ ސުވާލަކަށްވެސް ޖަވާބު ހޯދޭތޯ މި މަސައްކަތް ކުރަނީ…” އިވްޔާ ބުންޏެވެ.

އިވްޔާގެ ފޯނު ރިންގްވާން ފެށުމާއިއެކު ފޯނު ނަގައި ކަންފަތުގައި ޖަހައިގެން ހުރެ، ފިހާރަ އާއި ދިމާއަށް ހިނގައިގަތެވެ. އިވްޔާގެ ފަސްފަހަތުން ޔުމާން ހިނގަމުންދިޔައިރު، ހިތް ތެޅެމުންދިޔައީ އޮބި ނޯންނަ ވަރަށެވެ. އިވްޔާ ގޮސް ފިހާރަ އާއި ހަމައަށް އެރިތަނައި، ފިހާރައިގެ ތެރެއިން ނުކުތީ ނަތާޝާއެވެ.

“ދެ މީހުން އައިއްސި… އަދި އަނެކަކުގެ ޚަބަރެއް ނުވޭ… އިވީ… އައިމް ސޯ ސްކެއަރޑް…” އިވްޔާގެ އަތުގައި ހިފައިލިއިރު، ނަތާޝާގެ ދެއަތްތިލަ ވަނީ ފިނިވެފައެވެ. އެ އަތުގައި މަޑު ތުރުތުރުލުމެއް ވިއެވެ.

“ހަމަޖެހިގެން ހުރޭ… އިންޝާﷲ މިއަދު މިކަން ކޮޅެއްގަ ޖައްސާނަން…” އިވްޔާ އޭނާގެ އަމިއްލަ ނަފުޞު ހަމައަކަށް އަޅުވަމުން ވާހަކަ ދެއްކިއެވެ.

ފިހާރަ އާއި ޖެހިގެން ހުރި ރެސްޓޯރަންޓާއި ދިމާއަށް އިވްޔާ އާއި ނަތާޝާ ހިނގައިގަތް މަންޒަރު ބަލަން ޔުމާން ހުއްޓެވެ. އޭނަ ގޮސް ރެސްޓޯރަންޓްގެ ތެރެއަށް ވަނީ އެ ދެމީހުން އެތެރެއަށްވަދެ ހަމަޖެހިލާހާއިރު ކޮށްފައެވެ. އޭނަ އެތެރެއަށް ވަތްއިރު، އިވްޔާ އާއި ނަތާޝާގެ އިތުރުން ނާބިހްގެ ދެ އެކުވެރިން ކަމުގައިވާ މިފްތާޙް އާއި ސަލާހް އެއް މޭޒެއްގެ ދަށުގައި ތިއްބެވެ. ދުރުދުރުން ހިނގަމުން ގޮސް ޔުމާން އިށީނީ މިފްތާޙް އާއި ސަލާޙްގެ ފުރަގަހަށް ވާގޮތަށް ބަހައްޓާފައިވާ މޭޒުގެ ކައިރީގައެވެ.

“ކީއްކުރަން އަހަރެމެން މިތަނަށް ތި ގެނައީ؟… މިކަމުގަ އަހަރެމެންގެ އެއްވެސް އަތެއް ނޯންނާނެ…” މިފްތާޙްގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ އަޞަރެވެ.

“ހާސްނުވޭ… އަހަރެން ނުބުނަމެއްނު ތިމީހުންގެ އަތެއް އޮވެގެނޭ މި ގެނައީ… އަހަރެން ކުރާ ދެތިން ސުވާލަކަށް ޖަވާބުދިނީމަ، ތި މީހުންގެ ބައި ނިމުނީ…” އިވްޔާ އިނީ ހަމަޖެހިފައެވެ.

“ހާސްނުވާށޭ ބުންޏަސް ހާސްނުވެ ތިބޭނީ ކިހިނެތް؟ ކަންތައް ގޮއްސަ މިއޮތީކީ މީހަކު ހާސްނުވާ ހިސާބަކަށް ނޫނޭ… އެންމެ ފުރަތަމަ ނާބިހް… މިހާރު މުނީރު… ދެން ނޭނގެ އަހަރެމެން ދެމީހުންގެ ތެރެއިން ކާކު ކަމެއް…” އެއް އަތް އަމިއްލަ މޭގައި ޖައްސައި، އަނެއް އަތް ސަލާހް އާއި ދިމާއަށް ދިއްކޮށްލާފައި މިފްތާޙް ބުންޏެވެ.

“މުނީރޭ ކޮބާ އޭނަ؟ އޭނައަށް ކިހިނެތްވީ؟… އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ ޚަބަރެއް ނުވެގެން…” ސަލާހް ހާސްވެފައި ވާހަކަ ދެއްކިއެވެ.

ސަލާހްގެ ސުވާލާއިއެކު މިފްތާޙް ދިޔައީ ސިއްސައިގެންނެވެ. އިސާހިތަކު ނިތްކުރިމަތިން ދާ ހިއްލާލިއެވެ. އޭރު އެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަޞަރެވެ. އޭނަ ހާސްވެފައި ބަލައިލީ އިވްޔާއަށެވެ. އިވްޔާ ބަލަހައްޓައިގެން އިންތަން ފެނިފައި އަވަސްއަވަހަށް ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ.

“އާނ އަހަރެންވެސް ގުޅާގުޅާ ޚަބަރެއް ނުވެގެން މިހެން މިބުނީ…” މިފްތާޙް އަވަސްއަވަހަށް ޖަވާބު ދިނެވެ.

މިފްތާޙް އާއި ސަލާޙުގެ ހަރަކާތްތަކަށް ބަލަން އިވްޔާ އިނީ ފަރުވާތެރިކަމާއި އެކުގައެވެ. ދެމީހުންގެ މޫނު މައްޗަށް ވެރިވި ކުލަތަކުން އޭނަގެ ޝައްކު ޔަޤީނާއި ގާތަށް ބަދަލުވިއެވެ. އެ ދެ މީހުންނަށްވެސް ކޮންމެވެސް ކަމެއް އެނގޭކަން އެނގުމާއިއެކު އޭނައަށް ލިބުނީ އިތުރު ހިތްވަރެކެވެ.

“މީ ކޯއްޗެއްކަން އެނގޭތަ؟…” ނާބިހްގެ ޑައިރީ ދައްކައިލަމުން އިވްޔާ ސުވާލުކުރިއެވެ.

މޭޒުގެ ދަށުން އިވްޔާގެ ފައިމަތީގައި ނަތާޝާ އޭނާގެ އަތް ބާއްވައިލިއެވެ. އޭރު ބިރުންގޮސް އެއަތް ތުރުތުރު އަޅަމުންދިޔައެވެ. ނަތާޝާއަށްވެސް އެ ދެ މީހުންނާއިމެދު ޝައްކުވީއެވެ. ނަތާޝާގެ އަތްމަތީގައި އިވްޔާ މަޑުމަޑުން ޖަހައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.

“ނާބިޙްގެ ޑައިރީ…” ސަލާހްއަށް ސިހުމެއް ލިބުނެވެ. އޭނަ ކަންބޮޑުވެފައި މިފްތާޙުގެ މޫނަށް ބަލައިލިއެވެ.

“ނަތާއަށް އެނގޭތަ ނާބިހްގެ ޑައިރީ ބާއްވާފަ އޮންނަ ތަން؟…” ނަތާޝާއަށް އެ ފޮތް ދައްކައިލަމުން އިވްޔާ ސުވާލުކުރިއެވެ.

ނަތާޝާ ދެފަރާތަށް ބޯ ހޫރާލުމުން އިވްޔާ އޭނާގެ ނަޒަރު ހުއްޓައިލީ ސަލާހަށެވެ. އެއަށްފަހު މިފްތާޙަށެވެ.

“އާނ، މީ ނާބިހްގެ ޑައިރީ… މި ޑައިރީ އޮތްތަން އޭނަގެ އާއިލާގެ އެއްވެސް މީހަކަށް ނޭނގޭނެ… ހޫމްމް… ދެން އޮތް ސުވާލަކީ ނާބިހް މަރުވި ދުވަހު، އޭނަ މަރުވުމުގެ ކުރިން ތި ދެމީހުންނާއި، މުނީރު އެގެއަށް ދިޔައީ ކީއްކުރަންހޭ؟…” އިވްޔާގެ ސުވާލާއިއެކު ސަލާޙް އާއި މިފްތާހް އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ.

“އަހަރެމެން ދިޔައީ ނާބިހް ބުނެގެން…” ސަލާހް ޖަވާބު ދިނެވެ.

“ދެން…” އިވްޔާ އިނީ އިތުރު ތަފްޞީލް ބޭނުން ވެފައެވެ.

“ނާބިހް ވަރަށް ރުއި… ބުނި އޭނަގެ އާއިލާގެ އެއްވެސް މީހަކު އޭނައަށް އިތުބާރު ނުކުރާ ވާހަކަ… ދިރިއުޅުން މަތިން ފޫހިވެއްޖެއޭ ބުނީ… އެކަކުވެސް ނާންނާށޭ ބުނީމަ އަހަރެމެން ނުކުމެގެން ދިޔައީ… އަހަރެން ހިއެއް ނުކުރަން ނާބިހް އަމިއްލައަށް މަރުވެދާނެ ކަމަކަށް…” ސަލާހްގެ އަޑުގައިވީ މާޔޫސްކަމެވެ.

އިވްޔާ އޭނާ އިން ގޮނޑިން ތެދުވިއެވެ. މޭޒުގެ މަތީގައި ދެއަތް ވިއްދައި ކުޑަކޮށް ގުދުވެލާފައި ސަލާހް އާއި މިފްތާޙްގެ ކައިރިއަށް ޖެހިލިއެވެ.

“އޭނަ އަމިއްލައަށް މަރުވީކީ ނޫނޭ… ބަޔަކު ގަސްތުގައި އޭނަ މަރާލީ…” އިވްޔާ ވާހަކަ ދެއްކީ ހަމައެކަނި އެ ދެމީހުންނަށް އަޑު އިވޭ ވަރަށެވެ.

“އޭނަ އަމިއްލައަށް މަރުވީއޭ… ނޯޓުވެސް ލިޔެފައެއްނު އޮތީ…” މިފްތާޙް ބުންޏެވެ.

އިވްޔާ ފެށީ ހޭށެވެ. އޭނަ އަނެއްކާވެސް ގޮނޑީގައި އިށީދެފައި ހަމަޖެހިލިއެވެ. ގޮނޑި ވީހާވެސް ބޮޑަށް މޭޒާއި ކައިރިކޮށްލާފައި ދެބުމަ ގޮށްޖަހައިލަމުން މިފްތާޙަށާއި ސަލާހަށް ބަލައިލީ ނަފުރަތުގެ ބެލުމަކުންނެވެ.

“ތެދަށް ބުނޭ… ނާބިހް މަރާލީ ކީއްވެ؟…” މޭޒުމަތީގައި ބާރަށް ޖަހައިލަމުން އިވްޔާ ސުވާލުކުރިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ތެދުވެރި ލޯބި- 5

Next

ލޯބި ލޯބި ދަރިފުޅު

Next
November 18, 2019

ލޯބި ލޯބި ދަރިފުޅު

Previews
November 17, 2019

ތެދުވެރި ލޯބި- 5

32 Comments!

  1. eysh says:
    November 17, 2019 at 11:49 pm

    Salaam
    Enme furathamaves hurihaa kiyuntheringe arihun ma’afah edhen mihaa lasveethee.. Eysh dheke v hinmanujehifa kanneyge mihaaru kudhin thibeynee.. exams ah ready vumaa ithurunves eki kankan dhimaavegen part thah upkureveyleh lasvaathee Eysh beynunvee story ehkoh liye nimmaalaafa upkuran fashan.. ehenve mihaaru story ehkoh liye nimmaalaafa upkuran mi feshee..
    Unmeedhukuran kiyuntherinnah understand vaane kamah..

    1. eysh says:
      November 17, 2019 at 11:51 pm

      Kaily and Kaira ge cmnt Eysh ah libunu ingey.. rply kohlaane time kolheh nulibuneema mi part upkohlaafa libunukamah bunelan beynunvee.. thank u dhekudhinge cmnt eh eysh ge e story in ves fenigen dhiyaeema varah ufaavi..

    2. magnumm says:
      November 18, 2019 at 7:30 am

      vrh vrh vrh reethi mi part vx❤❤❤adhi alah mi comment kohly???but abadhuvx eysh ge stryx kiyan???hehe..waiting for the next next ngeyyy????lysm???

    3. Kairaa says:
      November 18, 2019 at 11:32 am

      Your wlc sissy….. And Iraadha kurehviyaa Abadhuves sis ge story in kairaa cmnt fennaane inshaa Allah…….

    4. Kairaa says:
      November 18, 2019 at 11:36 am

      And thank you mi part up kohla dhinyma sis…. V vvvvvvv reethi mi part ves….. Hama bunedheyn neyngey haa furihama….ly eysh sis…..

    5. eysh says:
      November 18, 2019 at 3:34 pm

      Awww thank u so much Magnumm.. varah varah ufaavehje magnumm ge cmnt eh libuneema.. adhi vakin ufaa vehje eysh ge story thah kiyaalaakan enguneema.. so sweet.. keep waiting.. ly2 ?

    6. eysh says:
      November 18, 2019 at 3:37 pm

      Thank u so much Kairaa.. so sweet.. means a lot.. Eysh varah ufaavaane Kairaa ge cmnt libuneema..
      Thank u so much dear.. v v ufaavehje story kamudhiyaeema and cmnts kiyaalaafa.. ly2 Kai ?

  2. magnumm says:
    November 18, 2019 at 7:25 am

    alhey me first tha???..btw hi eysh sis???..This is my very first comment for ur stry???..comment nukuriyas baraabarah kiyan mi stry???..hehe..mi part vx v v furihama ngeyyy❤❤❤…Waiting for the next….Lysm eysh sissy???

    1. eysh says:
      November 18, 2019 at 3:39 pm

      Hi magnumm.. Yess yess magnumm dear first.. congratulations.. So sweeeet and colorful.. magnumm ge first cmnt eysh ah v special vehje v gina goiy gothun.. thank u so much dear.. ly2 ?

  3. magnumm says:
    November 18, 2019 at 7:26 am

    alhey me first tha???..btw hi eysh sis???..This is my very first comment for ur stry???..comment nukuriyas baraabarah kiyan mi stry???..hehe..mi part vx v v furihama ngeyyy❤❤❤…Waiting for the next….Lysm eysh sis

    1. eysh says:
      November 18, 2019 at 3:40 pm

      Hi magnumm.. Yess yess magnumm dear first.. congratulations.. So sweeeet and colorful.. magnumm ge first cmnt eysh ah v special vehje v gina goiy gothun.. thank u so much dear.. ly2 ?

  4. magnumm says:
    November 18, 2019 at 7:29 am

    vrh vrh vrh reethi mi part vx❤❤❤adhi alah mi comment kohly???but abadhuvx eysh ge stryx kiyan???hehe..waiting for the next next ngeyyy????lysm???

    1. magnumm says:
      November 18, 2019 at 9:49 am

      alhey sorryy mi varah repeat vefa inyma

    2. eysh says:
      November 18, 2019 at 3:41 pm

      No sorry bunan jehey varu kameh noon dear.. eysh ah hama v sweeet cmnt rpt vefa ineema ves.. first cmnt special v ma kanneyge ehen vefa eynee.. eysh hama v ufaa vehje.. ?

  5. fathun says:
    November 18, 2019 at 8:05 am

    ohh wow wow miothee upvefa. thank you. kiyaalaafa coment eh kohlaanan adi

    1. eysh says:
      November 18, 2019 at 3:45 pm

      Ok dear waiting ?

  6. Sheen says:
    November 18, 2019 at 9:09 am

    Masha allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️❤️ Keekey bunaanee.. SPEECHLESS ? ? ? ? ? ? ? ? ? ? ? ? ? ? Huvaa mibunee. Haadha haadha furihamaey.. Haadha reehchey. ???????????????????????? Liyuntherikamaa, sifakohdhinumaa, dialogue thakuge powerful kamaa, basthakuge fashuvikamaa, komme character ehge baiverivun muhimmukan angaidhinumaa, haadhisaathah genesdheefa hurileh molhukamaa. Paragraph thah gulhuvaalaafa huri gothaa hama hurihaa kamehves SUPERB. ???????????????????????????? Komme bahehves ehaa shauguveri kamaa eku kiyaalevunu. Nimunu iru nuves engunu. Adhi thankolheh dhigu namaey hithah eri. Ekamves mi part v dhigukan gaboolu kuran. Hama interest kamun. ????????????????????????????????Hama asluves eysh haadha haadha hunaruverieve. Maasha allaah. Thiya creative idea thakah hama hithuge emme fumminun thaureefu kureve eve. Thiyaee hama mi fannan marekeve. V habeys eve. ?????????????????????????? Kuriah oiy bayah mihaarun feshigen count down jassaifeemeve. ???????????????????????????????????????????

    1. eysh says:
      November 18, 2019 at 3:54 pm

      Awww eysh v v v v v ufaavehje cmnt kiyaalaafa.. v v sweet cmnt eh.. v ufaavey hurihaa cmnt ehves ehaa sweetvefa ehaa support ves libeythee. Means a lot.. hingaa dho stry ga dhn vaa gotheh balamaa.. thank you thank you so much dear.. abadhuves thigothah support libeyne kamah unmeedhukuran.. lysm ?❤

  7. Kylie says:
    November 18, 2019 at 11:06 am

    Awwwwnnnnn so sweet of you….. V reethi mi part vx…. Can’t wait fr nxt part….. LYSM dear sis…. N u r the best writer Kylie ah mihaathanah fenun.. Keep it up dear…

    1. eysh says:
      November 18, 2019 at 4:08 pm

      Thank u sooo much kylie.. v v v v ufaavehje story kamudhiyaeema nd cmnt kiyaalaafa.. v sweet.. means a lot.. keep waiting fr the next part.. Awwwwww so sweeeet.. best writer ey buneleema vvvv bodah ufaavehje… v special feel eh vanee.. thank u so much dear.. ly2 ?

  8. ލޫލީ says:
    November 18, 2019 at 11:36 am

    ބިރުން ސިހިސިހި އިނީ ހީކުރީ ދެންމެ ދެންމެ އެމީހުން ކަމެއް ކޮއްފާނެއޭ ވަރަށް ރީތި މިބައިވެސް އަނެއްބައި އަވަހަށް ގެނެސްދެއްޗޭ ވެއިޓިން

    1. eysh says:
      November 18, 2019 at 4:32 pm

      Awww so sweet.. thank u so much dear. Varah ufavehje story kamudhiyaeema.. In Sha Allaah laheh nukuraanan.. keep waiting ?

  9. friend says:
    November 18, 2019 at 11:39 am

    Vvvvvv reethi mi part ves
    Dhen mihaaru vaahaka ekoh liyevifa ineema komme dhuvahaku part eh kiyaalan libeyne dho
    or komme dhuvahaku dhe part ves libeyne dho hama
    hehe
    V kiyaahithun miinii
    next part konirakun

    1. eysh says:
      November 18, 2019 at 4:41 pm

      Thank u so much friend.. varah ufaavehje story kamudhiyaeema.. hehe.. eysh ves beynun komme dhuvahaku part eh genesdheyn.. ekam kuriyah othee v bxy dhuvaskolhakah vaanethee aa adhi ithuru story ehves fenvaru .com ga genesdhemun dhaathee aa ekee konme dhuvahaku upkohlan thankolheh dhathivaane.. ekm In Sha Allaah maadhamaa new part eh upkohladheynan ingey dear.. understand vaane kamah unmeedhukuran..keep waiting.. ?

  10. fathun says:
    November 18, 2019 at 2:00 pm

    story habbu. nuengey bunaanee keekey kanvx. ehaa vx furihama ah sifakohdheefa ebahuri. heevanee manxaru fennahen. v real koh huriha kameh vx huree. aneh bayah inthixaaru kuramun vakivelaanan. u r the best
    =lots of love from faathun=

    1. eysh says:
      November 18, 2019 at 4:33 pm

      Awww so sweet.. thank u so much dear. Varah ufavehje story kamudhiyaeema.. nd cmnt kiyaalaafa.. means a lot.. keep waiting for the next part..
      Lots of love frm me too ?

    2. fathun says:
      November 19, 2019 at 8:04 am

      Thank u Eysh

    3. fathun says:
      November 19, 2019 at 9:13 am

      konme part akah comment nukurevunas abadhu vx hurihaa story eh gavaidhun baraabarah kiyan. Masha Allah huriha story vx vrh reethi.

    4. eysh says:
      November 19, 2019 at 9:22 am

      Thank u sooo much dear.. means a lot ?

  11. Yanaa says:
    November 18, 2019 at 11:07 pm

    Varah???varah???reethi ???????????maa sha???????Allah????curiously?waiting???for???the??? next ?part

    1. eysh says:
      November 19, 2019 at 9:24 am

      Thank u soooooo much Yanaa.. varah ufaavehje story kamudhiyaeema.. means a lot.. keep waiting for the next part.. ?

  12. rainstorm says:
    November 19, 2019 at 7:31 pm

    ivya ah adhi vx rain neiy kan neyngey? ?? ekamu dhan varu vx rain geah nais hurefa hendhunu heyli iru vx rain nethyma ingen jeheyne dhw… reyga haas vegen ulhenikoh dhw e nathaa eh aiii… fahun rain mathin handhaan vx neiy… ??? mii kn kahala loabeh baa???

Comments are closed.

Next Episodeކަފުން ވެވިފާ…13←


All Right Reserved!