Skip to content
އެސްފިޔަ

ޅލޯތްބަކީ 2

“އަހަރެންގެ ކުށަކީ ކޮބާތަ މަންމާ؟”
*****
“އޭނ. ކުށޭ. ކަލޭ ހާދަ ހަޔާތްކުޑައޭ ދޯ. މިހާރު މަށާއި ޖަދަލުކުރަންވެސް ފެށީއޭދޯ. ނަ**ޅު. މަގޭ ކުރިމަތިން ރައްކާވޭ. މިހާރު ކައިވެނި ހަމަޖެއްސީމަ އެކަން ނުކުރެވޭތޯއޭ ތިއުޅެނީ. ޙަމަ ކައިވެނި ކުރަންޖެހޭނީ” ނުލަފާ ހިނިތުންވުމެއްގައި ހުރެ ހަސީނާ އެތިވަރު ގޮވާލިއެވެ. ޝާޔާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ހަސީނާ ޝާޔާ އާއި ދިމާލަށް ވައްތަރެއް ޖައްސާލާފައި ދިޔައެވެ.
****
ލޯގަނޑު ކުރިމަތީހުރެ ފަރިބަލާލުމަށްފަހު ޝާޔާ ކޮޓަރިން ނުކުތެވެ. އޭރު ހަސީނާ ފެންނާކަށް ނެތެވެ. ފުރުސަތުގެ ބޭނުން ހިފަމުން އަވަހަށް ގޭގެ މައިދޮރުން ނިކުތެވެ. އެއަށްފަހު ޓެކްސީއަކަށް އަރައިގެން އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގެއަށް ދިޔައެވެ.
*****
“ޢޯހް ނޯ މައި ބެސްޓީ! ޝަމްރާއަށް ޝާޔާ ފެނުމުން ދެއީދު އެއްފަހަރާ ލައިގަތްފަދައެވެ. “މަރިޔަންދައްތަ ކޮބާތަ؟” ޝާޔާ އަހާލިއެވެ. އެހެނީ އޭނާއާއި އޯގާތެރިކޮށް ވާހަކަ ދައްކާލަނީ އެ ދެމައިން އެކަންޏެވެ. މަރިޔަމްވެސް ވަކި ޝަމްރާއަކާއި ޝާޔާ ތަފާތެއް ނުކުރެއެވެ. “ނޭނގެ. މާމަ ގެއަށް ކަންނޭނގެ.” ޝަމްރާ ހިނިތުންވުމަކާއިއެކު ވާހަކަ ދެއްކިއެވެ. “އޭއި. އެބައޮތޭ ވަރަށްބޮޑު ވާހަކައެއް ދައްކަންވެފައި” ޝާޔާ ބުންޏެވެ. “ކިޔާބަލަ އަވަހަށް!” ހިތްއަވަސްވެފައިވާ ޙާލު ޝަމްރާ އަހާލިއެވެ. ޝާޔާ ހުރިހާވާހަކައެއް އަކުރުން އަކުރަށް ކިޔައިދިނެވެ. އޭނާ ތަހައްމަލް ކުރަންޖެހޭ އަނިޔާގެ ވާހަކަވެސް އެނގޭނީ ޝަމްރާއަށް އެކަންޏެވެ. އެއީ ޝާޔާއަށް އިތުބާރު ކުރެވެނީ ހަމައެކަނި ޝާޔާއަށްވެފައި އެއީ އޭނާގެ ހުރި ހަމައެކަނި ރަހުމަތްތެރިޔާއަށް ވާތީއެވެ. “ހަމަ އަސްލުވެސްތަ؟ އަޅޭ ހަމަ ކައިވެނި ކުރާނަންތަ؟ ކިތައް އަހަރުތަ؟ ރީތިތަ އޭނަ؟” ޝަމްރާއަށް އެއްފަހަރާ އެތަށް ސުވާލެއް ކޮށްލެވުނެވެ. ޝާޔާ އަށް ކުޑަކޮށް ހެވުނެވެ. “އެނގެއްނު. ގަދަމަމުންވެސް މި ކައިވެނި ކުރުވާނެ. އެނީވޭސް އޭނައަށް 23 އަހަރު. ވަރަށް ރީތި އެކަމަކު އައި ޑޯންޓް ލައިކް ހިމް.” ޝާޔާ ބުންޏެވެ. އެތަކެއް ވާހަކަ ދެއްކުމަށްފަހު ދެމީހުން ވަކިވީ އިރުއޮއްސުނު ފަހުންނެވެ.
****
ގެއަށްގޮސް އެނދުގައި އޮއްތާލުމުން ޝާޔާއަށް އަނެއްކާވެސް ވިސްނި ހިތާމަ ކުރެވޭންފެށިއެވެ. އިސާހިތަކު ޚިޔާލުތަކުގެ ފުން ކަނޑަށް ގެނބި ޣަރަގު ވިއެވެ.

( ނުނިމޭ )

ކިޔުންތެރިންގެ ސަމާލުކަމަށް: ވާހަކަ ނުގެނެސްދެވި ލަސްވިކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ. އަދި މިބައި ކުރުކަންވެސް އެނގެއެވެ. އެކަމަށްޓަކައިވެސް މަޢާފަށް އެދެމެވެ. ސަބަބަކީ އަޅުގަނޑު މިދުވަސްކޮޅު ވަރަށް ބިޒީވީމައެވެ.

ެެ

Comments (3)

  1. Lilly

    It’s okay…Next part dhigukohlah chey..
    mi part varah varah salhi.maa sha allah waiting for the

  2. Yanaa

    It’s okay.Varah ???Varah ???reethi??? maa sha Allah???? Curiously ????waiting??? for?? the?? next??? part???

  3. Meekkomee

    It’s okk???Varah Reethi mi part ves ❤️❤️❤️????? curiously waiting for the next part ???

Comments are closed.