Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ނުވެވުނު ނަމަ -7-

💞Shaa💞 Level 3100 Comments100 Login10 Stories
November 18, 2019 3 Mins Read
6 Comments

މަލްޝާ ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަނުމުން މިއަދު ދިމާވި ހައިޒަލް އާ މެދު ވިސްނެން ފެށުނެވެ.ހައިޒަލްގެ އެ ހީލުމާއި ހައިޒަލް ހުންނަ ގޮތް މަލްޝާގެ ކުރިމަތިން ސިފަ ވާން ފެށިއެވެ. ސްކޫލް ޔުނީފޯރމްގައި ހުންނައިރު އެހާ ވެސް ފުރިހަމަ އެވެ. އޭނާގެ ފަން އިންސަތަށިގަނޑު ސްޓައިލް ކުރުމުން އިތުރަށް ފުރިހަމައެވެ. މި ހިޔާލުތައް މަލްޝާ އަށް އުނދަގޫ ކުރާތީ ގޭގައި އިންނަ ޓެރެހަށް ނިކުތީ ވާހަކަ ފޮތަކާއި ފޯން ހިފައިގެންނެވެ. ހިޔާ ކޮށްލެވިފައި އިންނަ ތަންކޮޅަށް އަރައި އެތާ ގޮނޑި އެއްގައި ޖައްސާލީ ވާހަކަ ފޮތް ހިފައިގެންނެވެ.
އެއީ ދިވެހި ވާހަކަ ފޮތެކެވެ.އެ ފޮތް ކިޔަން އިންދާ އަސްރު ނަމާދު ބަންގި ގޮވުމުން ނަމާދު ކޮށްލައިގެން ފެންވަރައި ރީތިވީ ޔޫން އާއެކު ހިނގާލަން ދާށެވެ.
“އޭ ޔޫން ހިނގާބަލަ މިަދު ބުރެއް ޖަހާލަން.”
މަލްޝަ ބުނެލިއެވެ.
“މަށަކަށް ނުދެވޭނެ.. ފައިގަ ރިއްސާތީ މަމި އުޅެނީ. އާއިޝް ކާރީ ބުނެބަލަ…”
ޔޫން ބުނެލިއެވެ.
“މަށަށް ކެރޭތަ އޭނަ ކާރީ ބުނަން… އޭނާ ހުންނާނީ ވަރުބަލި ވެފައޭ..”
މަލްޝަ ބުނެލިއެވެ.
“ކޮްންއިރަކު އޭނަޔާ މެދު ތިހާ ވަރަށް މަލް ވިސްނަން ފެށީ….؟”
ޔޫން ބުނެލިއެވެ.
“ހުވާ މި ކުރީ މި ޔޫން އާ ވާހަކަ ދައްކާ މީހަކު ކާފަރު ވިޔަސް ނޭނގޭނެ…ޕިސް ޕިސް ….”
މަލްޝާ ބުނެލިއެވެ.
“ހިންގާކަށް ނޫނޭ ދާންވީ ފޮތް ކިޔާބަލަ. ޓާރމް ޓެސްޓް ފެށެން ވެސް ގާ ވެއްޖެ”
ޔޫން ބުނެލިއެވެ.
“މާދަން ހުކުރު ދުވަސް. މިއަދު ކުޑަކޮން ފްރީ ކޮށްލަަން ބޭނުން ވީ މާދަމާ އަށް ފިލާވަޅުތައް ހަދަން މި ޔޫންގަނޑު ވަރަށް ލޭޒީ ވެއްޖޭ މިގެއަށް އާފަހުން”
މަލްޝާ ބުނެލީ ރުޅި އައިސް ހުރެއެވެ.
އެހެން ބުނުމަށްފަހު ކޮޓަރިއަށް ދިޔައީ ރުޅި އައިސް އިނދެ އެވެ. ޔޫން އެ އިން ގޮތަށް ޓީވީ ބަލަން އިނދެވެ.
“ޔޫން އާދޭ މަލްޝާ ގޮަވައިގެން ކާން…”
އާބިދާ އެހެން ބުނުމުން ޔޫން މަލްޝާ ގޮވައިގެން ކާން ދިޔައެވެ.
ސުފުރާ މަތީގައި ހުރީ ހެދިކާގެ ބާވަތް ތަކެވެ. މަލްޝަ ފާދަކަށް އިނދެ ދެތިން ހެދިކާ ތައްޓަށް ލުމަށް ފަހު ރުޅި މޫނާ އިނދެ ކާނ ފެށިއެވެ.
“މަލް ތި ނުބަ އީ ތަ.”
މަލްޝާ އިނ ގޮތުން އާލިމް އަހާލިއެވެ.
“ތެދޭ”
އާއިޝް ބުނެލިއެވެ.
“ނޭނގޭ… މަށަކަށް މީނދި ޔޫން މަގޭ ގައިގާ ތަޅާ އަނިޔާ ކުރީ”
ރުޅި އައިސް އިން ވަރުން ކިޔޭ ނުކިޔޭ ވެސް މަލްޝާ އަށް ނޭނގެއެވެ.
“ލާއި އިލާހަﷲ މުހައްމަދުއް ރަސޫލުﷲ މަގެ ބޮލުގަ ތި ވަރުގެ އިލްޒާމެއް އަޅުވަން ހެޔޮ ވާނެތަ؟”
ޔޫން ބުނެލިއެވެ.
“ދެން ބުނެބަލަ ޔޫން މަލްޝާ އަށް ވީ ގޮތެއް.”
އާބިދާ ބުނެލިއެވެ.
“މަލް ބުނީ މަގޭ ކައިރީ. އަންނާށޭ ހިނގާލަން ދާން. ދެން މަގޭ ބުނިން ނުދާނަމޭ. އާއިޝް ކާރީގަ ބުނާށޭ މަލްޝާ އާއެކު ދާށޭ..”
ޔޫން ބުނެލިއެވެ.
“ކިހާ ދެރަވެއްޖެ ކަމެއް ޔޫން. ކިތައް ފަހަރު ބުނާނީ އަދި މީހަކާ އިންނަ ވަރެއް ނުވެޔޭ”
އާބިދާ ނުރުހުން ވެފައި ބުނެލިއެވެ.
“މަންމާ މާފް ކުރޭ”
ފާޑަަކަށް ޔޫން ބުނެލިއެވެ.***
ރޭގަނޑުގެ ވަގުތެވެ. މަކްޝާ ޓެރަހުގައި ހުރި ގޮނޑި އެއްގެ އިށީނދެލައިގެން އިނދީ އުޑުގައި ހުރި ތަރިތަކަށް ނަޒަރު ހިނގާލައިގެންނެވެ. ކަޅު ކުލައިގެ އުޑުގައި ކުދި ކުދި ތަރިތައް ފިޔަޖަހަމުން ދިޔައިރު ވަރަށް ވެސް ފުރިހަމަ އެވެ. އޭގެ އިރުކޮޅެއް ފަހުން މަލްޝާގެ ފޯނު ނަގައި އެ ތަނުން ފޮޓޮއެއް ރައްކާ ކޮށްލިއެވެ.މާމަލުން ޖަރީވެފައި ވާ އެ ޓެރަހުގައި ހިފާލައިފާ ވަނީ މާމެލާމެލީގެ ވަސްތަކެވެ. އެތަށް ގަހެއް އެތަނުގައި ޕޮޓު ޕޮޓުގައި އިންދާފައި ހުރި އިރު ހީވަނީ ބޮޑު ބަގީޗާ އެއް ހެންނެވެ.
***
“ކަލޭ ޖެހޭނެ ހަނދާން ކޮށް މަށަށް މި ކަން ކޮށްދޭން ހަނދާން ކުރާތި މީ އެންމެ ކަމަކުން 5ލައްކަ ރުފިޔާ. ކަލޭގެ ދިރި އުޅުން ޕެރިސްގަ.” ކަނު އަނދިރި ތެރޭ ހުރި ނިޔާޒު ވާހަކަ ދައްކަމުން ދިޔައެވެ.”ކަޔެ ކާރީ މަ ބުނިން ހާސް ނުވާށެ….މަށަކަށް ތި ކަން ނުވެއްޖާ ލޫތެއް ނުކިޔާނެ… ”
ލޫތް ބުނެލިއެވެ.”އޭތް އެ ގޮލާ ސަޅިތަ.؟” ލޫތު ސުވާ ލެއް ކޮށްލިއެވެ.”ވަރަށްވެސް ސަޅި ވާނެ” ނިޔާޒު ބުނެލިއެވެ.
ދޭތެރެއަކުން އެ މީހުންގެ ހުނުމުގެ އަޑުން މުޅިތަން ގުގު މާލިއެވެ. “ހައިޒަލްގެ ބޮލަށް ރަނަގަޅަށް އެރިލާތި…” ނިޔާޒް ހުނުމުގެ ތެރެއިން ބުނެލިއެވެ.”އާން ތީ އެއްވެސް ކަމެއް ނޫނޭ..”ލޫތް ބުނެލިއެވެ. “އެކަމް އެހެން މީހަކަށް މި ކަން އެނގިއްޖާ އޯ.؟” ބިރުން ހުރެ ލޫތް ބުނެލިއެވެ.”ނޭނގޭނެ…އެކަކަށްވެސް. ޖަލަށް ލާކަށް ނުކެރޭނެ އަހަރުމެންނެއް..” ނިޔާޒު ބުނެލިއެވެ.
“ކޮބާ ޕްލޭން އަކީ.” ލޫތް ސުވާލު ކުރިއެވެ.”އާން ޕްލޭން އަކީ ފުރަތަމަ ހައިޒަލްގެ ބޮލަށް ރަނގަޅަށް ފުރަތަމަ އެރެން ވީ … ދެން އޭނާ ކައިރީ ބުނޭ. މިހެން މިހެން ހަދާށޭ.. *** އަށް ފުރަތަމަ ޕްރޮޕޯޒް ކުރަށޭ.އަސްލު މިހެން ވާން ޖެހުނީ *** އޭނަޔާ ހިތާ ވެގެން އުޅޭތީވެ.”
ނިޔާޒު ބުނެލިއެވެ.
***
“މަލް އާދޭ އައޮސް ކްރީމް ގަނޑަކަށް އަރަން” ހިޔާލުތަކަށް ގެއްލިފާ އިން މަލްޝާގެ ކޮނޑުގައި އަތް ބާއްވާލަމުން ޔޫން ބުނެލިއެވެ.”އެއީ ކީއްވެ މިރޭ އައިސް ކްރީމް ދެނީ.” މަލްޝާ ބުނެލިއެވެ.
“ކޮޒް އާއިޝަ ގެ އުފަންދުވަސް މާދަން ވީމަ. މާދަމާ ދަތުރު ދާން އެ މީހުން ކިޔަނީ… ސޯ ވަރަށް މަޖަށް ވާނެ ދޯ”ޔޫްނ ބުނެލިއެވެ.
”ކޮން އިރަކު ދަނީ” މަލްޝާ އަހާލިއެވެ.”މެންދުރު ފަހު” ޔޫން ބުނެލިއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

💞Shaa💞

Level 3100 Comments100 Login10 Stories

Writing and reading improve your skills❤ Proud to be a basic author?? Mail: [email protected] inster: _._.BLACKKKK._._

Other Articles

Previous

ާނަފްރަތުން އުފެދުނު ލޯބި… 1 ވަނަަ ބައި

Next

ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ

Next
November 18, 2019

ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ

Previews
November 18, 2019

ާނަފްރަތުން އުފެދުނު ލޯބި… 1 ވަނަަ ބައި

6 Comments!

  1. Meekkomee says:
    November 18, 2019 at 7:59 pm

    Woww varah reethi ingyy mi part ves ?❤️❤️❤️❤️?????? whn is next??? Curiously waiting for it ????? LYSM ❤️❤️❤️❤️??????

  2. Yanaa says:
    November 18, 2019 at 11:28 pm

    Varah??? varah??? reethi ??maa sha Allah??? waiting ???for?? the ???next ??part???

  3. Aisher❤️❤️❤️ says:
    November 19, 2019 at 12:10 am

    Varah rythi mi part ves. Whn next… waiting…

  4. Shaa says:
    November 19, 2019 at 2:57 pm

    Thank you kaiiii

  5. Maisha maii says:
    November 19, 2019 at 9:34 pm

    Varah reethi mi part vx?

  6. Shiba ?? says:
    November 20, 2019 at 2:10 pm

    Miadhu shaa ulheny vv busy kon i think she cant??

Comments are closed.

Next Episodeލޯބި ނުވެވުނު ނަމަ -8-←


All Right Reserved!