Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގިހުރެ ވެވުނު ލޯބި (9ވަނަބައި)

YoonnaL Level 110 Stories
November 18, 2019 5 Mins Read
11 Comments

” އިނގޭތަ! ސާއިލާބަލަން އައި ޑަކްޓަރ ހީކުރީ އަހަރެން މީ ސާއިލާގެ ހަޒްބެންޑްކަމަށް. އެހެންވެ ޕްރެގްނެންސީ ޓެސްޓް ހަދަންވެސް ލޭނެގި. އަހަރެން ބޭސްނަގަން ގޮސް އައިތަނާ އައިވީގެ ޑްރޮޕްލެޓްސް އެޑްޖަސްޓް ކުރަންހުރި ނަރުސްކުއްޖަ އެހެން ބުނެފަ ދިޔައީ. ބުނީ ޓޭކް ކެއަރ އޮފް ޔުއަރ ވައިފް އޭ ހަހަހަ.” އިކާން އެވާހަކަ ދައްކާ ނިންމާލުމުން ސާއިލާއަށް ހެވިއްޖެއެވެ.

އެވަގުތު އެތަނަށް ޑަކްޓަރަކާ ނަރުހެއް އައުމުން ދެމިހުންގެ ނަޒަރުވެސް އެދިމާއަށް ހުއްޓިގެން ދިޔައެވެ. ދެމިހުންގެ މޫނަށް ބަލާލަމުން ހިނިތުން ވެލާފައި އެތަނަށް އައި މެދު އުމުރުގެ ޑަކްޓަރ ބުނެލި އެއްޗަކުން ސާއިލާގެ ދެލޯ ބޮޑުވެގެން ދިޔައިރު އިކާންއަށްވެސް އިނދެވުނީ ބަސް ހުއްޓިފައި ސާއިލާއާއި ދިމާއަށް ބަލާށެވެ.

ސާއިލާއާއި އިކާން އަށް ވެފައި ތިބިގޮތް ފެނިފާ ޑަކްޓަރ އަނެއްކާވެސް އަތުގައި އޮތް ރިޕޯރޓް އިކާންއަށް ދައްކާލަމުން ” ކޮންގްރެޖުލޭޝަންސް ޔުއާ ވައިފް އިޒް ޕްރެގްނެންޓް” އޭބުނެލިއެވެ. އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ދެމީހުންކުރެ އެކެއްގެ މޫނުމަތިންވެސް ފެންނަން ނެތުމުން ޑަކްޓަރ ދެމީހުން ވާހަކަ ދައްކާލަން ވަގުތު ކޮޅެއްދެމުުން ސާއިލާ ބާއްވާފައި އޮތް ކޮޓަރިން ނުކުމެގެން ދިޔައީ އައިވީ ހުސްވުމުން ގެއަށް ދިޔަސް އެންމެ ރަނގަޅުކަމަށް ބުނެފައެވެ.

ސާއިލާއެއްޗެކޭ ބުނޭތޯ މަޑުމަޑުން އިނުމަށްފަހު އިކާން ސާއިލާއަށް ގޮވާލީ ސާއިލާމަޑުމަޑުން އިނުމުންނެވެ. ސާއިލާގެ ލޮލުގެ އެތެރެއަށް ގިނަވަމުން ދިޔަ ކަރުނަތަށް ފެނުމުންއިކާން ދެންއިނީ އެއްވެސް އެއްޗެއް ބުނަންވެސް ނުކެރިފައެވެ. ކޯތާފަތްމައްޗަށް ބަންޑުން ވަމުން ދިޔަ ކަރުނަތަށްފުހެލުމަށް ފަހު ސާއިލާ އިކާންގެ އަތުގައި އޮތް ޕްރެގްނަންސީގެ ރިޕޯރޓް އޭނާގެ އަތަށް ދިނުމަށް ބުންޏެވެ. އިކާން އޭނާގެ އަތުގައި އޮތް ޕްރެގްރަންސީ ރިޕޯރޓް ސާއިލާގެ އަތުތެތެރެއަށް ލައިދިނުމުން ސާއިލާ ރިޕޯރޓްއަށް ބަލައިލިއެވެ. ދެމަހާއި ދެހަފްތާވާން ގާތް ވެފާ އިންތަން ރިޕޯރޓްއިން ފެނުމުން ސާއިލާއަށް ވިސްނާލެވުނެވެ. ސާއިލާ ޕީރިއަޑް ނުވާތާވެސް ދެމަސް ވެއްޖެކަން އެނގުމުން އޭނާއަށް އެއީ އެހެންވެގެންކަން އިނގުނެވެ. ފުރަތަމަ ސާއިލާ ހީކުރީ އޭނާގެ ޕީރިއަޑްވުން ލަސް އެވީ ސާއިލާއަށް ދިމާވި ބޮޑު އެކްސިޑެންގެ ސަބަބުން ކަމަށެވެ. ފަހަރެއްގައިވެސް ޕީރިއަޑްވުން ލަސްވުމުން ސާއިލާ އެއްގޮތަކަށްވެސް އޭނާ ބަނޑު ބޮޑުވެދާނެއެކޭ ހިތަކަށް ނާރައެވެ.

ސާއިލާއަށް އޭނާގެ ބަނޑުގައި އައިޒަންގެ ވިންދެއް އުފެދެމުންދާކަން އެނގުމުން ސާއިލާގެ ހަނދާނަށް އައިޒަން އޭނާއާއި އެކު އެވިއްސާރަ ރޭގައި ވިކަންތަކުގެ ހަނދާންތައް އާވެގެން ދިޔައެވެ. އައިޒަން އާއި މެދު އޭނާގެ ހިތުގައި ނޭނގިހުރެ އިހުސާސް ތަކެއް އުފެދިގެން ދިޔަނަމަވެސް ސާއިލާއަށް އައިޒަންއާއި މެދު ކުރެވިފައިވީ ކުށްހީގެ ސަބަބުން އަނބުރާ އައިޒަންގެ ގާތަށް ސާއިލާ ހުރީ ދާން ބޭނުން ނުވެފައެވެ. ދެންދުވަހަކުވެސް އައިޒަންއާއި ކުރިމަތި ނުލާން ސާއިލާ ހިތަށް އަރުވައިގެން ހުރިނަމަވެސް ސާއިލާގެ ބަނޑުގައި އޮތީ އައިޒަންގެ ހަލާލު ދަރިފުޅެވެ. އެދަރިފުޅު ބައްފައެއްގެ ލޯބިން މަހުރޫމު ކުރާކަށް ހަމަގައިމުންވެސް ސާއިލާއެއް ބޭނުމެއްނޫނެވެ. އައިޒަން އާއި މެދު ސާއިލާގެ ހިތުގައި އޮތް ކިލަނބުވެރިކަން އޭނާގެ ނުއުފަން ދަރިފުޅަށްޓަކައިވެސް އެއްފަރާތްކޮށްލަން މަޖުބޫރުވެއްޖެއެވެ. އައިޒަންގެ ހަނދާނުގައި ސާއިލާ ނެތްކަން ސާއިލާއަށް ނޭގޭއިރު އައިޒަން ގަސްދުގައި ސާއިލާ ނުހޯދީކަމަށް ނިންމާއައިޒަންގެ ކައިރިޔަށް ދެންދުވަހަކުވެސް ނުދާންހުރި ސާއިލާގެ ނިންމުން އޭނާގެ ބަނޑުގައި އުފެދެމުން އެއަންނަ ތުއްތު ފުރާނަ އަށްޓަކައި ބަދަލުކުރަން ސާއިލާއަށް ޖެހިއްޖެއެވެ.

ފުންވިސްނުމެއްގައި އޮތް ސާއިލާއާއި ދިމާއަށް ބަލަހައްޓައިގެން އިން އިކާން އިނީ އެއްވެސް އެއްޗެކޭ ބުނަން ނުކެރިފައެވެ. މިވީ ދެމަސް ދުވަހު އިކާންއާއި އެކު އެއްގެޔެއްގައި ސާއިލާ އުޅުން ނަމަވެސް އިކާންއަށް ސާއިލާއާއި މެދު ކޮއްކޮއެއްގެ ނަޒަރުންނޫނީ ނުދެކެވެއެވެ. އިކާންއަށް ސާއިލާ ހާއްސަ ވެފައި ވީ އެހެން ވުމުންނެވެ. އިކާންގެ ހިތުގައި އޭނާގެ ގެއްލިފައިވާ ކޮއްކޮގެ ހަނދާންތައް ފަނޑު ނުވެ ހުރިއިރު ސާއިލާ އިކާންގެ ދިރިއުޅުމަށް އައުމުންވީ އިކާންގެ ދިރިއުޅުމަށް އޭނާގެ ކޮއްކޮ އައުން ފަދަ ކަމަކަށެވެ. ވުމާއި އެކު އިކާންގެ ހިތުން ސާއިލާއަށް ވަނީ އިކާންގެ ކޮއްކޮއަށް ދެވިފައިވި ދަރަޖަ ދެވިފައެވެ.

އައިވީ ހުސްވުމުން ކެނިއުލާ ނައްޓާލަދޭން އައި ނަރުސް ކުއްޖާ ހިނިތުންވެލަމުން ކެނިއުލާ ނައްޓާލަ ދިނުމަށްފަހު ޑަކްޓަރު ސާއިލާއާއި އިކާންއާއި ބައްދަލުކޮށްލަން އެދޭވާހަކަ ބުންޏެވެ. ނަރުސްކުއްޖާ ދިއުމުން ސާއިލާ އެނދުން ފޭބުމާއެކު އަރިއަޅާލަން ދިޔައީ ބޮލަށް އަދިވެސް ބަރުވެފައި ހުރުމުންނެވެ. ސާއިލާ ވެއްޓުނަނުދީ ހިފަހައްޓާާލުމަށްފަހު ތެދުވެ އިކާން އޭނާގެ ގަޔާއި ސާާއިލާ ކައިރި ކޮށްލައިގެން ޑަކްޓަރުގެ ކެބިންއަށް ގޮސްވަނެވެ.

އިކާންއާއި ސާއިލާވަތްތަން ފެނުމުން ހިނިތުންވެލާފާއި ޑަކްޓަރު އަވަހަށް އިށީންނަން އައުމަށް އެދުނެވެ. ދެން ޑަކްޓަރު މުޅިންވެސް ދެއްކީ ސަމާލުވުމަށް އެދިފައި ސަމާލުވާންޖެހޭ ކަންތައް ތަކުގެ ވަހަކައެވެ. ސާއިލާ އެކްސިޑެންޓް ވިއިރުވެސް ބަނޑުގައި ދަރިފުޅު އުފެދެމުން ދާނެކަމަަށް ޑަކްޓަރު ބުނި އިރު ކޯމާއަށް ފަހުވެސް ސާއިލާގެ ބަނޑުގައި ބޭބީ އުފެދެމުން އައީ ވަރަށް ފުރިހަމައަށް ކަމުގައިބުންޏެވެ. އަދިހަމައެހެންމެ މިހުރިހާކަމެއްގެ ސަބަބުން ބޭބީ ވަރަށް ވީކް ކަމަށްވެސް ބުނި އިރު ބޭބީ ވިހަަންދެން އެއްވެސް ތާކަށް ދަތުރު ކުރުމަށްްވުރެ ނުކުރުން ރަނގަޅުކަމަށް ޑަކްޓަރު ބުންޏެވެ. އެހުރިހާ ވާހަކައެއް ދެއްކުމަށްފަހު ޑަކްޓަރު ދެން ގެއަށް ދިއަސް އެންމެ ރަނގަޅުކަމަށް ބުނިއިރު ސާއިލާގެ މޫނުމަތީގައި ނުތަނަވަސް ފަނޑު ހިނިތުންވުމެއް ވިއެވެ.ޑަކްޓަރުގެ ކެބިންއިން ނުކުތުމަށް ސާއިލާމަޑު މަޑުން ގޮނޑިން ތެދުވުމުން އިކާން އަވަސް ހަރަކާތާއެކު ސާއިލާ އިކާންގެ ގަޔާއިކައިރި ކޮށްލުމަށްފަހު އަތުލަފި ކޮށްލިއެވެ. ސާއިލާއާއި އިކާންގެ ހަރަކާތްތަކަށް ބަލަން ޑަކްޓަރު ހެވިފައި އިނީ އޭނާގެ މާޒީގެ ހަނދާންތަށް ހަނދާންކުރަންކަން ކަށަވަރެވެ.

****

އާދުވަހެކެވެ. ފަތިހުގެ އަރާމު ވަގުތު މިސްކިތުން ފައިބައިގެން އައިޒަން ގެއަށް އައިސް ނިދާލަން އޮށޯތީ އަދި އޮފީހަށް ދާން ބާކީ ދެތިން ގަޑިއިރު އޮތް ކަން އެނގޭތީވެއެވެ. ފަތިސް ނަމާދަށްފަހު ކުޑަ އިރުކޮޅެއްވަންދެން ނިދާލުމަށްފަހު އައިޒަން ތެދުވެގެން ގޮސް ފާހަނައަށް ވަދެ ފެންވަރާލައިގެން ނުކުމެ އޮފީހަށް ދާ ރަސްމީ ހެދުމުގައި ކޮޓަރިންނުކުތް އިރު މުޅި ސިޓިންގް ރޫމަށް އައިޒަން ބޭނުން ކޮށްފައިހުރި ފިރިހެން ސެންޓުވަސް ގަނޑުފެތުރިގެން ދިޔައެވެ. ހެނދުނުގެ އެ ވަގުތު އައިޒަނގެ ރީތި މޫނުމަތިން ތާޒާކަންް ފެންނަމުން ދިޔައިރު އެ ތުންފަތުގައި ވީ ރީތި ހިނިތުންވުމެކެވެ. ހެނދުނުގެ ނާސްތާއަށް އައިޒަން އައިސް ކާގެއަށް ވަންއިރު އަނުމް އާއި ފަތުހީ ތިބީ އެމީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަންނަންދެން ނާސްތާ ކުރަން ނުފަށައެވެ. އައިޒަން އައުމުން ދެމަފިރިން އެމިހުންގެ ހުރި ހަމައެކަނި ދަރިފުޅަށް ލޯބިން ބަލާލުމަށްފަހު ކާންފެށިއެވެ. އައިޒަންގެ ހަޔާތުގައި ސާއިލާ ހުރިނަމައޭ އަނުމް އާއި ފަތުހީގެ ހިތަށްއަރަމުން ދިޔަނަމަވެސް ދެމިހުން ކުރެ އެކަކުވެސް ދުލުން އެކަން ބޭރެއް ނުކުރެއެވެ.

އާދައިގެ މަތިން މިއަދުވެސް ހެނދުނުގެ ނާސްތާއަށް ފަހު އައިޒަން ދިޔައީ އޭނާގެ އޮފީހަށް މަސައްކަތް ކުރާށެވެ. އެހެންދުވަސްތަކާއި ހިލާފަށް މިއަދު އައިޒަން އޮފީހަށް ގޮސް ވަތް އިރު ރޫބީ އޭނާއަށް ހާއްސަ ކުރެވިފައިވާ މޭޒުދޮށުގައި އިނެވެ. ކޮންމެވެސް ވަރަކަށް ހައިރާންވެފައި ހުރެ އެއްވެސް އެއްޗެއް ނުބުނެ އައިޒަންވެސް އޭނާގެ ގޮނޑީގައި އިށީނުމަށްފަހު ކުރަން ހުރި މަސައްކަތްތައް ކުރަންފެށިއެވެ.

މިއަދުގެ މީޓީންގައި ހުށަހަޅަން އޮތް ޕްރެޒެންޓޭޝަން ހެދުމަށް އައިޒަން ރޫބީއާއި ހަވާލު ކޮށްލުމަށްފަހު އައިޒަންގެ ކެބިންއިން ބޭރަށްނުކުތީ ބަޔަކު އޭނާއާއި ބައްދަލުކޮށްލަން އައިސްފައި ތިބި ވާހަކަ ބުނުމުންނެވެ. ކޮންމެއަކަސް އައިޒަންއާއި ބައްދަލުކޮށްލަން އައި އައިޒަންގެ ކުންފުނީގެ ހިއްސާދާރު މީހުންނާ އެތަކެއް ވާހަކަތަކެއް ދެއްކުމަށްފަހު އައިޒަން އޭނާގެ ކެބިންއަށް އަނބުރާ ދިޔައިރު ރޫބީ އާއި ހަވާލުކުރި މަސައްކަތް އޭނާވީ ވަރަށް ފުރިހަމައަށް އައިޒަންއަށް ދެވަނަ ފަހަރަށް އެރަނގަޅު ކުރަންޖެހޭވަރަށްވުރެވެސް ފުރިހަމައަށް ނިންމާފައިކަމުން ރޫބީއަށް ތައުރީފު ކޮށްލަމުން އަވަހަށް މީޓިންގެރޫމްއަށް އައިޒަންއާއި އެކު އަންނަން ބުނެލިއެވެ.

ދެމިހުން ގޮސް ލިފްޓަށް އެރިއިރު ރޫބީހުރީ އައިޒަންގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ވާހެން ކަމުން އައިޒަންއަށް މިއަދު ރޫބީ ލައިން ހުރީ އެހެންޏާ ލާވަރަށް ވުރެ މާ ބޮޑަށްވެސް ނިވާވާކަހަލަ ހެދުމެއްކަން އައިޒަންއަށް ފާހަގަ ވިއެވެ. މިއަދު ރޫބީ ކަޅުކުލައިގެ އޮފިޝަލް ބެލްސެއް ދަށަށް ހުދު ގަމީސްޖަހާފައި ހުރިއިރު އެގަމީހުގައި ގިރުވާންއަޅާފައި އިނުމުން އެގަމީހުގެ ކަރު ވަރަށް ކުޑައެވެ. އައިޒަންއަށް ރޫބީ ހަދައިދިން ޕްރެޒެންޓޭޝަންގެ ފުރިހަމަ ކަމުން އެއްވެސް މައްސަލައެއްނުޖެހި މިއަދު މީޓިންގ ހީކުރި ވަރަށްވުރެ އަވަހަށް ނިންމާލެވުމުން އައިޒަންހުރީ ވަރަށް ބޮޑަށްވެސް ހިތްހަމަ ޖެހިފައެވެ. މީހެއް ހުންނަ ގޮތަކުން މީހެއްގެ މޮޅުކަމެއް ނޭނގޭނެއޭ ބުނަނީ މިހެންވެތާއޭ އައިޒަންގެ ހިތަށް އެރުމުން އައިޒަންގެ ގާތަށް ހިނިއަންނަ ގޮތް ވިއެވެ.

މީޓިންގް ނިންމާލުމަށްފަހު ކެބިންއަށް އެނބުރި ދިއުމަށްފަހު ރޫބީ ކުރަންހުރި މަސައްކަތްތައް ނިންމާލުމަށްފަހު އައިޒަންއާއި އާދައިގެ މަތިން ފްލާރޓް ކުރަން ފެށިއިރު މިއަދު އައިޒަންއަށް އެކަންވީ މަޖާ ކަމަކަށެވެ. ކުރިއާ ހިލާފަށް މިހާރު ރޫބީ އައިޒަންއާއި ގައިގޯޅިވާން އުޅޭ މިންވަރު މަދުވުމުން އައިޒަން ހުންނަނީ ހިތްހަމަ ޖެހިފައެވެ. އައިޒަންއަށްވެސް ރޫބީ ރީތިކަން އެނގެއެވެ. ނަމަވެސް ޙުދު އައިޒަންވެސް އަޖައިބުވާ ތަންކޮޅަކީ އައިޒަންގެ ހިތުގައި ރޫބީއާއި މެދު ހާއްސަ އެއްވެސް މަޤާމެއް ނުއުފެދޭތީވެއެވެ. ނިދާފަ އޮންނަ އިރުވެސް ހުވަފެނުންވެސް އައިޒަންއަށް ފެންނަނީ އައިޒަން ނުދަންނަ ރީތި އަންހެން ކުއްޖެކެވެ. އަބަދާއި އަބަދު ކޮންމެ ރެއަކުވެސް އެކުއްޖާ އައިޒަންއާއި އެކު އުޅޭތީ ފެންނަމުން ދިޔައިރު އައިޒަންއަށް ހަމަ ހީވަނީ ކޮންމެވެސް ތާކުން އެކުއްޖާ އައިޒަންއަށް ފެނިފައި ވީހެންނެވެ. ހަޤީޤަތުގައި އައިޒަންއަށް ހުވަފެނުން ފެންނަމުން ދަނީ ސާއިލާއެވެ.ސާއިލާއާއި އެކު ހޭދަ ކުރެވުނު މަދު ދުވަސްތައް ކުލަ ތަސްވީރު ތަކެއް ފަދައިން އައިޒަންގެ ހުވަފެނުގައި ފެންނަމުން ދާއިރު ނޭނގިހުރެ އައިޒަންގެ ހިތުން އެކުއްޖާއަށްވީ ގޮތްނޭނގޭ މަޤާމެއް ދެވިފައެވެ.

އޮފީހުގައި އައިޒަން ކުރަންހުރި މަސައްކަތްތައް ނިމުމުން އިތުރަށް އޮފީހުގައި މަޑުކުރަން ނުހަދާ އަވަހަށް އޭނާގެ ގޮނޑިން ތެދުވެގެން ގޮސް އޭނާގެ ކެބިންއިން ނުކުތުމުން ރޫބީވެސް މަޑުކުރަންނުހަދާ އައިޒަންގެ ފަހަތުން ނުކުންނަން ދިޔައެވެ. ރޫބީ އޭނާއާއި މިއަދު ހަވާލު ކުރެވުނު މަސައްކަތްތައް ނިމުމުންވެސް އިހަށް ގެއަށް ނުގޮސް މަޑުކޮށްގެން އިނީ އައިޒަންއާއި އެކު ދިއުމުގެ ނިޔަތުގައެވެ. ލިފްޓް އަންނަންދެން ލިފްޓް ކައިރީގައި އައިޒަން ކޮޅަށް ހުރިއިރު އެ ފަށްބޯ އިސްތަށިގަނޑު ވީ ހޭވިފައެވެ. އައިޒަންގެ އިސްތަށިގަނޑު ހޭވިފައިވީތަން ފެނުމުން އިސްތަށިގަނޑު ރީތި ކޮށްލަން ރޫބީ އަތް ހިއްލާލި ވަގުތު ލިފްޓް އައުމުން އައިޒަން އަވަހަށް ގޮސް ލިފްޓަށް އެރިތަން ފެނުމުން ރޫބީވެސްއޭނާގެ އަތް ތިރި ކޮށްލުމަށްފަހު އައިޒަންގެ ފަހަތުންގޮސް ލިފްޓަށް އެރިއެވެ.

****

ވޭތުވެގެން ދިޔަ ހަފްތާގެ ތެރޭގައި އިކާން ސާއިލާއަށް އަޅާލާ މިންވަރު ދެގުނަ ވެފައިވާކަން ސާއިލާއަށް ފާހަގަވިއެވެ. އިކާން ސާއިލާއާއި މެދު ބަހައްޓާ ގާތް ކަމުގެ ސަބަބުން އޭނާ ސާރާ މަތިން ހަނދާންވާގޮތް ވާއިރު ސާއިލާގެ ބޭބެއެއް ހުރިނަމަވެސް ސާއިލާއާއި މެދު ކަންތައްކުރާނީ އެހެންކަން ޙުދު ސާއިލާވެސް ގަބޫލު ކުރެއެވެ. ވޭތުވެގެންދިޔަ ހަފްތާގައި ކޮންމެ ދުވަހަކުހެންވެސް އިކާން ޑިއުޓީ ނިންމާލާފައި އަންނަމުން ސާއިލާއަށް ކަމުދާނެހެން ހީވާފަދަ އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީއާއި މިނޫންވެސް މީރުވާނެހެން ހީވާފަދަ ޗޮކްލެޓް ފަދަ އެއްޗިހި ގެނެސްދޭއިރު އިކާން ސާއިލާއަށް ކޮށްދޭ ކަންތައްތައް ސާއިލާ ބަލައިގަންނަނީ ހިތުގެ އަޑިންނެވެ.

ސާއިލާ އިކާން އާއި އިކާންއަށް ކަމުދާ ފަދަ އަންހެން ކުއްޖަކާ ދިމާވިތޯ ސުވާލުކުރުމުން އިކާން ކޮންމެފަހަރުކުވެސް އަދި އިކާންގެ ހަޔާތަށް އެފަދަ ކުއްޖެއް ނާންނަ ކަމަށް ބުނާތީވެ އިކާންގެ ހަޔާތަށް ރަނގަޅު އަންހެންކުއްޖެއް އައުމަށް އެދި ސާއިލާ އަބަދާއި އަބަދު ކޮންމެ ނަމާދަކަށްފަހު ކުރާ ދުޢާގައި ހިމެނޭއިރު އައިޒަންއާއި އަވަސް ގޮތަކަށް ބައްދަލުވުމަށް އެދިވެސް ދުޢާ ކުރެއެވެ. ސާއިލާ އަށް އޭނާގެ ބަނޑުަގއި އައިޒަންގެ ނިޝާނެއް އުފެދެމުންދާކަން އެނގިގެން ދިޔަ ހިނދުކޮޅު އައިޒަންއާއި ވަގުތުން ބައްދަލުކުރަން ސާއިލާ ބޭނުންވިނަމަވެސް އޭނާގެ ބަނޑުގައި ވި ދަރިފުޅަށް ގެއްލުމެއް ވެދާނެތިން ދަރިފުޅު ދުނިޔެއަށް އަންނަންދެން އައިޒަންއާއި ބައްދަލުކުރަން އެނބުރި ރާއްޖެ ދެވޭކަށް ނެތެވެ. އަނުމްއާއި ފަތުހީ މަތިންވެސް ސާއިލާ ވަރަށް ހަނދާން ވެއެވެ. ސާއިލާއަށް އެނގެނީ ހަމައެކަނި އައިޒަންގެ ނަމްބަރު ކަމުން އައިޒަންއަށް ގުޅަންއުޅުން ނަމަވެސް އައިޒަންގެ އެނަމްބަރަކީ މިހާރު ބޭނުންނުކުރާ ނަމްބަރަކަށް ވުމުން އެކަންކުރުންވެސް ސާއިލާއަށް ވީ ނުކުޅެދިފައެވެ. އެހެންނަމަވެސް ސާއިލާގެ އުންމީދަކީ އަވަސް މުސްތަޤްބަލެއްގައި އައިޒަންއާއި ބައްދަލުވުމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

YoonnaL

Level 110 Stories

like to read all genres including dhivehi and english stories Yoonal is just a username.

Other Articles

Previous

އެހެނަސް 3

Next

ާނަފްރަތުން އުފެދުނު ލޯބި… 1 ވަނަަ ބައި

Next
November 18, 2019

ާނަފްރަތުން އުފެދުނު ލޯބި… 1 ވަނަަ ބައި

Previews
November 18, 2019

އެހެނަސް 3

11 Comments!

  1. Quiiin says:
    November 18, 2019 at 2:29 pm

    Wooow

    1. YoonnaL says:
      November 19, 2019 at 7:53 am

      Thankyou ?✨

  2. YoonnaL says:
    November 18, 2019 at 4:23 pm

    Okay guys here is the 9th part of neyngi hure vevunu loabi. I will try to upload 10th part by Thursday insha’Allah. Kurin part ah vure Kuda thankolheh dhiguves vaane mi part. Unmeedhu kuran hurihaa readers ah ves mipart Kamu dhaane kamah?❣️?

  3. Maisha maii says:
    November 18, 2019 at 6:47 pm

    Me first dhw?☺?… Mi part vx v v v v v v v v v v reeeeethi????… Maasha Allah❤❤❤❤❤❤❤. I really love this story????… Varah curious vefa hutta nimunee???… Waiting for next???… Luv yuh

    1. YoonnaL says:
      November 19, 2019 at 7:54 am

      Alhey thankyou so much mai ♥️♥️? I also love you very much Mai.

  4. Yanaa says:
    November 18, 2019 at 11:18 pm

    Varah?? reethi??.maa sha Allah?? curiously ???waiting?? for?? the ??next ??part.??

    1. YoonnaL says:
      November 19, 2019 at 7:54 am

      Alhey. Thankyou so much dear?♥️

  5. Kylie says:
    November 19, 2019 at 10:56 am

    V reethi mi part vx…. Waiting fr nxt part….

    1. YoonnaL says:
      November 19, 2019 at 7:57 pm

      Thankyou dear✨♥️

  6. min yoongi says:
    November 19, 2019 at 8:16 pm

    MI part varah varah reethi…masha Allah…….I’m curious to read the next part……

    1. YoonnaL says:
      November 20, 2019 at 8:18 am

      Thankyou dear. I already submitted 10th part.

Comments are closed.

Next Episodeނޭނގިހުރެ ވެވުނު ލޯބި (10 ވަނަބައި)←


All Right Reserved!