އައިނާއިނީ އޭނާގެ އެންމެގާތް އެކުވެރިޔާކައިރީގައެވެ. ނިޝާގެ ކޮޓަރީގައެވެ. ބޮޑުއެނދަކާއި އަލަމާރިއެއްގެ އިތުރުން ނިޝާގެ ފޮތްތަކުން ކޮޓަރި ހުރީ ފުރިފައެވެ. އެނދުމަތީގައި ދެމީހުންތިބިއިރު ކައިރީގައި ޓިޝޫބޮކްސް އެއްހުށްޓެވެ. ވޭތުވެދިޔަ ދުވަސްތަކު އައިނާއަށް ކުރިމަތިވި ކަންތަށް ނިޝާއަށް ކިޔައިދެމުންދިޔައިރު އައިނާގެ ލޮލުން ކަރުނަނުހިކެއެވެ. ލައިގެން އިން ހުދުކުލައިގެ ޓޮޕްކޮޅުގެ އަތްއޮޅާލަމުން ޓޝޫއެއް ނަގައިގެން މޫނުފޮހެލިއެވެ. ނިޝާ އައިނާގެ ކޮނޑުގައި ހިފަހަށްޓާލައިގެން އިނީ ހަދާނެއެހެންގޮތެއް ނެތުމުންނެވެ.އައިނާހިތްދަތި ވެފައިހުރިވަރުން ނިޝާއިނީ ބަސްހުއްޓިފައެވެ. “އައި.. އައި ތިންކް ޔޫސުޑް ޓޯކް ޒަޔާން.. ހީ ހޭވް […]
މިދުވަސްވަރު އަޅުގަނޑުގެ ޔުނިޓް ޓެސްޓްތަށް އޮތުމާއިއެކު އަދި ގެ ބަދަލުވާތީވެ، ވާހަކަ އަޕް ކުރުން ލަސްވެދާނެ ކަމަށް ކިޔުންތެރިންނަށް ދަންނަވާލަން. އެހެންކަމުން އަޅުގަނޑު އެދެނީ ތިބޭފުޅުން އިންތިޒާރު ކުރަމުން ދާވަގުތު އަޅުގަނޑާއި ބައެއް ލިޔުން ތެރިން ލިޔަމުން ދާ ‘ބީޓީއެސް އެންޑް ބެންގްޓަން ގަރލްސް’ މި ވާހަކަ އަޕް ކުރަން ފެށުމުން ކިޔުމަށެވެ. އަދި ހިތުގެ ވެރިޔާ މި ވާހަކައިގެ 3 ވަނަ ބައި ވެސް ވީހައިވެސް އަވަހަކަށް ގެނެސް ދެވޭނެ ވާހަކަ ދަންނަވަން.. އަޅުގަނޑުގެ ޓެސްޓްސް ނިމުނީމަ ޝެޑިއުލް އަކާއި އެއްގޮތަށް ވާހަކަ އަޕް ކުރެވޭނެ އެވެ. ޝުކުރިއްޔާ!
މި ވާހަކައިގެ ޓްރެއިލަރ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް އަޕް ކޮއްލާނަން… އިންތިޒާރު ކޮށްލައްވާ..!
“ދެން ބޭނުމީ މުސާރައަށް ލިބޭ ލާރި ސަލާމަތްކޮށްގެން ބޮޑު ގެއެއް ގަނެފަ މަންމަ އާއި ކޮއްކޮމެން މިކޮޅަށް ގެންނަން” މަންމަ ފޯނު ބޭއްވުމުން އެރިކް އޭނާ ބޭނުންވާ ގޮތް ކޮއްކޮއާ ޙިއްސާ ކުރިއެވެ. “އެއީ ވަރަށް ރަނގަޅު ގޮތެއް. އާނ އަދި ހަނދާން ނެތިފައޭ މި ހުންނަނީ. ކޮންމެސް އެލެކްއެއް އައި. ރިކް ނިދާފަ އޮތީމަ ދިޔައީ. ބުނީ ރިކް ގާތު ބުނައްޗޯ ގުޅާލާށޭ” ކުއްލިއަކަށް ހަނދާން ވުމުން މިއާ ބުންޏެވެ. އެލެކްއާ އެއްކޮށް ދެން ހުރި […]
“ވާހަކައެއް އަހާލަންތަ؟ ކުރިން މިގެޔަށް އައިއިރު ފެންނަން ހުރިގޮތަކަށް ނޫން މިހާރު މިތާ ގޭތެރެ ފެންނަން ހުރީ.. ކާކު އެތާ ނިދާފައޮތީ؟” ލަތީފު ކޮށްލި ސުވާލުން ލަހުމާ ކޮންމެސް ވަރަކަށް ހާސްވިއެވެ. އެއްވެސް މީހެއްގެ ކުރިމަތީ ކުރިން މިއީ ލަހުމާއަށް ވާގޮތެއް ނޫންކަން އަމިއްލައަށްވެސް އޭނާ ގަބޫލުކުރެވެއެވެ. އެހެން ނަމަވެސް ލަތީފްއާ ބައްދަލުވާ ވަގުތު ތަކުގައި މިހެން ވަނީ ކީއްވެބާއޭ ލަހުމާ ހިތަށް އަރައެވެ. “އެ.. އެއީ.. އެއީ ދުރުތާ ތިމައިގެ މީހެއް. ލަތީފަށް ކޮޓަރި ދޭންވެގެން […]
ބިންތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމުގައި ތިބުމަށްފަހު އެ މަޝްވަރާ ކުރު ކޮއްލަން ޖެހުނީ މީޓިން ފެށޭގަޑި ޖެހުމުންނެވެ. ކުންފުނީގެ މިހާރުގެ ވެރިޔާގެ ހައިސިއްޔަތުން ދައްކަންޖެހޭ އަދި އޮޅުން ފިލުވައިދޭންޖެހޭ ކަންތައްތައް ބޯރޑް އޮފް ޑައިރެކްޓަރުން، ނުވަތަ ކުންފުނީގެ ހިއްސާދާރުންނަށް އޮޅުފިލުވައިދީ މީޓިންގް ނިމުނު އިރު މެންދުރުގެ ކެއުމުގެ ގަޑިޖެހޭކަށް އެހައި ގިނަ ވަގުތެއް ނެތެވެ. މީޓިންގް ރޫމް އިން ނިކުމެގެން ގޮސް އަމިއްލަ ކެބިންއަށް ވައިން އިވާންގެ މޫނުމަތި އުޖާލާ ވެގެން ދިއައީ ކެބިން ތެރޭގައި ހުއްޓި […]
ރޭ ހުޝާންއާ އެއްކޮށް ބޭރަށް ދިޔަފަހުން ހުޝާންގެ ޚަބަރެއް ނުވެއެވެ. އެތައް ފަހަރަކު ގުޅާވެސް ލެވިއްޖެއެވެ. މެސެޖުވެސް ކޮށް ހެދިއްޖެއެވެ. އެންމެ ފަހުން ނައިލާ އެފްބީއިން ހުޝާން އޮންލައިންގައި ހުރިތޯ ބަލައިލިއެވެ. ހުޝާން އޮންލައިންގައި ހުރިތަން ފެނުމުން ނާއިލާ މެސެޖު ކުރިއެވެ. ނަމަވެސް ހުޝާން އެމެސެޖުތައް ބަލައިވެސް ނުލިއެވެ. ނާއިލާގެ ހިތައް ވަރަށް ބޮޑަށް ތަދުވަމުން ދިޔައެވެ. ހުޝާން ކަމަކާ ހިތްހަމަ ނުޖެހުނަސް ނުބުނާނަމަ އޭނާއަކަށް ނޭގޭނެ ނޫން ހެއްޔެވެ. ރޭގަ އޭނަ ގެއަށް ލާދޭން އައިރުވެސް […]
ޒަޔާއަށް ކުޑަކޮށް ނިދުމަށްފަހު ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ޒަޔާންގެ ބޯވަނީ ހޭވިފައެވެ. ކުޑަވަގުތުކޮޅަކު ނިދުމުގެ ސަބަބުން ލޯވެސްވަނީ ރަތްވެފައެވެ. ލައިގެންހުރި ގަމީހުގައި ބައިވަރު ރޫހުއްޓެވެ. ސޯފާގައި އޮވެނިދީމަކަންނޭގެއެވެ. ސޯފާއިންތެދުވެލަމުން ކޮޓަރިއާހަމައަށް ދިޔައީ ދުވެފަކަހަލަ ގޮތަކަށެވެ. އޭރު އައިނާ ކޮޓަރީގެ ދޮރުހުޅުވާފަ ނިކުންނަނީއެވެ. އައިނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ގިނައިރު ރުއިމުގެ ސަބަބުން ދެލޯކައިރި ހުރީކަޅުވެ ރަތްވެފައެވެ. ފަރުވާކުޑަ ގޮތަކަށް ޒަޔާންއާދިމާއަށް ބަލައިލަމުން ނިކުންނަން ދިޔައެވެ. އެކަމަށް ހުށިޔާރުވެހުރި ޒަޔާން އައިނާގެ އަތުގައި ހިފާލިއެވެ. “ވަޓްސް […]
ޢިސްހާޤު ވަނުމާ އެކު އަންޖަލް އަށް ތެޅިގަނެފައި ޖައިޝްއާ ދުރުވެވުނެވެ. އަދި ގަތް ލަދުން އަވަހަށް އެތަނުން ނިކުންނަން ހިގައިގަތެވެ. އިސްހަޤު ނުލަފާ ވައްތަރަކަށް ހިނި އައިސްފައި ހުރުމުން އަންޖަލް ލަދުގަތްލެއް އިތުރު ވެގެން ދިޔައެވެ. ” ކޮބާ ބެލީތަ؟” އަންޖަލް ނިކުމެގެން ދިއުމުން އިސްހާޤު އަހާލިއެވެ. ޖައިޝް އޭނާގެ ފޯނު ނަގާ ޔުމްނާގެ ރިކޯޑިންގް ޖައްސާލިއެވެ. އިސްހާޤުގެ ރުޅިގަޑު ގަދަވެގެން ދިޔައެވެ. އޭނާ އެނމެ އިތުބާރު ކުރި އެކަކު މިފަދަ އަމަލެއް އެއްވެސް މަޝްވަރާއަކާ ނުލާ […]