ފަތިހުގެ އިރު އަރަމުންއައި ވަގުތެވެ. ޔުމްނު އިނީ އެރީތި ދޮންވެލިގަނޑު މަތީގައި އެއްވެސް ހިޔާލެއް ފިކުރެއްނެތި އެ ޖާދުވީ ރީތި އިރު އަރަމުންދާ މަންޒަރު ބަލާށެވެ. ފަތިހުގެ އެ ހިތްގައިމު ވަގުތު އެ ރީތި ދޮންވެލިގަނޑު މައްޗަށް ރާޅުތަށް ބީއްސާލާ އަޑު އަހާލުމަކީ މިހާރު ޔުމްނުގެ އާދައެވެ. ޔުމްނުއަކީ ހަންގަނޑުގެ ކުލަ އަލި، އިސްކޮޅުން ކުރު، މަޑު ފިޔާތޮށި ތުންފަތަކާއި މަޑު މުށި ކުލައިގެ ކަޅިއެއް ލިބިފައިވާ މަޑުމައިތިރި، މީހުންނަށް އިހުތިރާމްކުރާ، ހީވާގި، ތެދުވެރި، ދީންވެރި މީހެކެވެ. ޔުމްނުގެ ތުންފަތުގައި މިހާރު އަބަދުވެސް ނުފިލާ ހިނިތުންވުމެއް ވެއެވެ. އެއީ މިހާރު ޔުމްނުގެ ދިރިއުޅުންވަނީ ޔުމްނު ހުވަފެނުންވެސް ނުދެކޭހާ އުޖާލާ ދިރިއުޅުމަކަށް ވެފައެވެ. ޔުމްނުއަށް އެ ގުދުރަތުގެ ރީތި މަންޒަރަށް ބަލަން އިނދެވުނީ ގަޑިން ވީވަރުވެސް ބަލާ ނުލައެވެ. ކުއްލިއަކަށް ޔުމްނު ސިއްސައިގެން ދިޔައީ ފޯން ރިންގްވާން ފެށުމުންނެވެ. ޔުމްނުއަށް ގަޑިން ވީވަރު ފެނުމުން އަނގަ ހާވިއެވެ. އަދި ފޯން ނުނަގައި އަވަހަށް ގެއަށް ދިއުމަށް ދުއްވައިގަތެވެ. ދުވަމުން ދަނިކޮށް އަނެއްކާވެސް ފޯން ރިންގްވާން ފެށިއެވެ. ޔުމްނު ދުވުން މަޑުކޮއްލުމަށްފަހުފޯން ނެގި ގޮތަށް އެކޮޅުން އެއްޗެއް ބުނުމުގެ ކުރިން “މިހާރު މިދަނީ ގެއަށް” މިހެން ބުނުމަށްފަހު ފޯން ކަނޑާލިއެވެ. ޔުމްނު ގެއަށް ދިޔައިރު ޔުމްނުގެ ފިރިމީހާ (އިރުމް)ޔުމްނުގެ އިންތިޒާރުގައި ހުއްޓެވެ. ނަމަވެސް ފިރިމީހާގެ މޫނުމަތިން މިއަދު ޔުމްނުއަށް ފެނިގެން ދިޔައީ ވަރަށް ހާސްވެފައި ހުރި މަންޒަރެވެ. ޔުމްނު ހީކުރީ ޔުމްނު ގެއަށް ނައިސް ލަސްވުމުން ހާސްވެފައި ހުރީ ކަމަށެވެ. މިހެން ހީކޮއްގެން ޔުމްނު އިރުމް ކައިރިއަށް ގޮސް އިރުމް ގައިގައި ބައްދާލުމަށްފަހު ސޮރީ ބުންޔެވެ. އިރުމް ބުންޔެވެ “ކީއްވެ ފުރަތަމަ ގުޅިއިރު ފޯން ނުނެގީ، އިނގޭތަ މިރަށުގައި މިއަދު ވަރަށް ބޮޑު ކަމެއް ހިނގައިފި”. ޔުމްނު އިރުމްއާއި ކުޑަކޮއް ދުރުވެލުމަށްފަހު އެއީ ކޮންކަމެއްހޭ އެހީ އިޝާރާތުންކުޑަކޮއް ބުމައަރުވާލުމަށް ފަހުއެވެ. އިރުމް ޔުމްނު އެއްކޮއް އެތާ ކައިރީ ހުރި ޖޯލީގައި އިށީނުމަށްފަހު މިއަދު ރަށުތެރޭގައި ވެގެން އުޅޭ ކަންތައް ކިޔައިދިނެވެ. ޔުމްނު އިނީބުނާނެ އެއްޗެއް ނޭނގި އަނގަ ހާވެފައެވެ. އަދި އިރުކޮޅެއްފަހުން ހަމައަކަށް އެޅުމަށްފަހު “އެކަހަލަ މީހުންނަކީ ހަމަ ޖަނަވާރުން، ހަމަ މަރަންވީ، އަމިއްލަ އެއްބަނޑު މީހެއްގެ ދަރިއާއި ބެހެން ކެރޭނީ ހާދަ ޖަނަވާރު ވީމައޭ” ޔުމްނުއަށް މިހެން ބުނެ ނިމުން އިރު ރަނގަޅަށްވެސް ރޮވިއްޖެއެވެ. އިރުމް ޔުމްނު ގައިގައި ވަރަށް ލޯބިން ބައްދާލާ ދެން އެކަމާ ނުވިސްނާން ބުންޔެވެ. ޔުމްނު އެ އަންހެން ކުއްޖާއަށް ހިތްވަރު ދިނުމަށާއި އިންސާފް ހޯދައި ދިނުމަށް ހިތާހިތުން ދުޢާކުރިއެވެ. ފޯން އެލާމް ވާންފެށުމުން ޔުމްނުއަށް ހޭލެވުނެވެ. އަދި އަވަސް އަވަހަށް ފިރިމީހާއަށް ނަމާދަށް ދާން ގޮވުމަށްފަހު އަވަހަށް ފާހާނާޔަށް ވަދެ ވުޞޫ ކޮއްލައިގެން ނިކުމެ ފަތިސް ނަމާދުން ދުވަސް ފެށިއެވެ. މިއަދަކީ ޔުމްނުއަށް ވެސް އަދި އިރުމް އަށްވެސް ވަރަށް ހާއްސަ ދުވަހެކެވެ. މިއަދަކީ މި ދެމަފިރިންގެ ކައިވެންޔަށް2 އަހަރު ފުރުނު ދުވަހެވެ. މިއަދު ހުރިހާ ވަގުތެއްގައިވެސް ފިރިމީހާޔަށް އެންމެ މީރު ކާނާ ތައްޔާރުކުރަން ޔުމްނު ހުރީ ހިތު ލައިގެންނެވެ. އެގޮތުން ހެނދުނުގެ ސަޔަށް ޔުމްނު ތައްޔާރުކުރީ އިރުމް އަށް އެންމެ މީރު ފަރުމަހު ކިރުގަރުދިޔައާއި ރޮއްޓެވެ. މިއަދު ޔުމްނުއާއި އިރުމް ތިބީ ދެމީހުން އެކަކު އަނެކަކަށް ސަޕްރައިޒް ދޭން ހިޔާލުކޮއްގެންނެވެ . ދެމީހުން ހެނދުނުގެ ސައިބޮއެ ނިންމާލުމަށްފަހު އިރުމްގެ މަންމަ ކައިރިއަށް ދާން ނިކުތެވެ. އެ ގެއަށް ދާން ދިޔަ މަގުމަތީގައި ރަށުތެރޭގެ 5 ވަރަކަށް ބޮޑެތި މީހުން ގްރޫޕް ހަދާފައި މާ ވަރުގަދަ ވާހަކައެއް ދައްކާހެން ހީވެގެން އެތަނަށް ޔުމްނު އާއި އިރުމް ވެސް ގާތްވެލިއެވެ. އަދި މާފޯރީގައިކީކޭހޭ ތިކިޔަނީ އެހުމުން، އެތަނުން އެކަކު “މިކިޔަނީމިހާރު މިރަށުގައި ސިހުރުހަދާ މީހާ މިރަށުގެ ހުރިހާ ގެއަކަށް ސިހުރު ހަދައޭ. އޭނާ ވީހާވެސް އަވަހަކަށްޕޮލިހަށް ހަވާލުކުރަން ރަށު އެންމެން ވެގެން ނިކުންނަންވީ. އެހެންނޫނީ އަހަރެމެންނާ އަހަރެމެންގެ ދަރިންތައް ހަލާކުވެގެން ހިނގައިދާނެ.” މިހެން ބުނިވަގުތު އެތަނަށްއައި އެހެން މީހަކު “ކަލޭމެން މިހާރު ތިހެން ކިޔާނެކަމެއްނެތް، ކަލޭމެން ކައިރީ ތިހިރަ ޔުމްނު ތިޔައީ އޭނާގެ ސިހުރުން އެކުއްޖާގެ މުޅި ދިރިއުޅުން ހަލާކު ކުރަން އުޅެފައި ހުރި މީހެއް. އޭރު ރަށުތެރޭގައި އެ ނުބައި ސިހުރުވެރިޔާގެ ވާހަކަ ދެއްކީމައި އެކަކަށްވެސް ނުކެރުން އޭނަޔާ ދެކޮޅަށް އަޑު އުފުލާކަށް. އެންމެން ވެސް ޔުމްނުއާއި ޔުމްނުގެ އާއިލާ އެކަނިވެރިކޮއް ބާކީ ކޮއްލީ. އެންމެންވެސް އެ މޮޅު ސިހުރުވެރިޔާ ދެކެ ބިރުން އަނގައިން ބަހެއް ބުނަން ވެސް ނުކެރިފަ ތިބީ. ދެން މިހާރު ކަލޭމެންގެ ގޭގެއަށް ސިހުރު ހަދަން ފެށީމަ ވަކިކޮން އަނގައެއް ތި ތަޅަނީ”. ޔުމްނުއަށްއެވަގުތު އެތާ ހުންނަން ވަރަށް އުނދަގޫވިއެވެ. މިކަން އިރުމް އަށް އެނގުމުން ވަގުތުން ޔުމްނު ގޮވައިން އެތަނުން ދިޔައެވެ.ޔުމްނު އަށް ވަރަށް ފުން އަސަރެއް ކޮއްފިކަން އެނގުމުން އިރުމް ޔުމްނު ގޮވައިގެން މަންމަ ގެއަށް ނުގޮސް އަނބުރާ ގެއަށް ދިޔައެވެ. ޔުމްނުއަށް ގެއަށް ރަނގަޅަށް ނުވަދެވެނިސް އަޑުން އަޑުނަގާފައި ރޯން ފެށުނެވެ. އިރުމް ޔުމްނު ގޮވައިން ގެއަށް ވަދުމަށްފަހު ޔުމްނު ގައިގައި ވަރަށް ލޯބިން ބައްދާލާ ބޮލުގައި ފިރުމަންފެށިއެވެ. އަދި ނުރޮއެ ހުއްޓާލުމަށް އެދި އާދޭސް ކުރިއެވެ. ޔުމްނު ރޯ އަޑު އިވުމަކީ އިރުމްގެ ހިތަށް ވަރަށް ތަދުވާ ކަމެކެވެ. ނަމަވެސް ޔުމްނުގެ ރުއިމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މިއަދު ޔުމްނު އެވަނީ ވަރަށް ބޮޑަށްވެސް ހިތުގައި ޖެހިފައެވެ. އެއީ ޔުމްނުއަށް ޔުމްނުގެ މާޒީ ހަނދާން ވުމުންނެވެ. މީގެ 9 އަހަރު ކުރި އިންތިޒާރް ކޮއްލައްވާ………………
“މާޒީހަނދާންކޮށް ކުރާ އިންތިޒާރެއްގެ ނިމުމެއް ނާންނާނެ…ދިގުލައިގެންދާ އިންތިޒާރު ވޭން ނޫން އެހެން އެއްޗެއް ނުދޭނެ” ކުރިމަތިން އިވުނު އަންހެންވަންތަ އަޑު އައި ދިމާލަށް ބަލާލުމަށް އިވާން އިސް ހިއްލާލީ ޝައުގުވެރިކަމާއި އެކީގައެވެ. އެ އަންހެން ކުއްޖަކު އެ ބުނި ބަސްތަކުގެ މާނަ ފުންވެ އޭނާގެ ހާލަތާއި ގުޅޭތީ އެވެ. ލައިގެން ހުރި އަތް ދިގު ކަކުލަށް ވުރެން ތަންކޮޅެއް މައްޗަށް ދާ ގަދަ މެރޫން ކުލައިގެ ހެދުން އެ އަންހެންވަންތަ ލޫޅާފަތި ހަށިގަނޑުގައި ހިފާލާފައި ހުރި އިރު، […]
” ދޮގު ނަހަދަ ބުނޭ، އަހަރެންގެ ބައްޕައަށް ކީއްކުރީ” އަހަރެންނަށް ރޮވެމުން ބުނެވުނެވެ. “އަހަ، މީހަކު ރޮއެވަރުގެ ކަމެއް އަދި ނުވޭ، ހަމަ އެކަނި އެންމެ ހަތަރު ގުޅަ ނިދާ ބޭސް ދިނީ” ދޮންމަންމަގެ ޖުމްލައިން އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އަތަށް ބާރުލާ ދޮންމަންމަގެ ކޯތާފަތްމަތީ ޖަހަން ހިތަށް އެރި ނަމަވެސް ކެތްކޮއްލީ ބައްޕަ ދެއްކި ވާހަކަ ހަނދާން ވުމުުންނެވެ.އަދި ރީތިކޮށް ދޮންމަންމައާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ. ” އެކަމް، ކީއްވެ ބައްޕައަށް […]
މެލޭޝިޔާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާރޕޯޓުގެ އެރައިވަލް ގޭޓުން ނުކުމުގެންއައި ދެ ޒުވާނުންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެމީހުންގެ މަންޒިލަށް ވާސިލްވުމުންނެވެ.މި ދެޒުވާނުންގެ ތެރެއިން އެކަކީ 18 އަހަރުގެ އައިޒަން އެވެ.އިސްކޮޅުންދިގުވެފައި، ބައިމަތި ފުޅާކޮށް ހުރިއިރު ބަލާލަން ފިރިހެންވަންތައެވެ.ބައްޕަގެ ފަރާތުން ލިބިފައިވާ މުށިއިސްތަށިގަނޑާއި ފެހިދެލޮލަކީ ދިވެހިކުދިންނާ ތަފާތުކުރުވާ ދެސިފައެވެ.ކަޅު ޓީޝާޓާއި އައިސްބްލޫ ޖިންސެއްގައި ހުރިއިރު އައިޒަން ވަރަށް ސްމާޓެވެ. ދެން ހުރީ ނައިނާ އެވެ. އައިޒަން އެކޭ އެއްފަދައިން ނައިނާ އަށް ވެސް ލިބިފައިވަނީ ދޮންހަމަކާއި ހަމަކާއި މުށިއިސްތަށިގަނޑެކެވެ. އާދައިގެ އިސްކޮޅެއް ހުރިއިރު، ރީތި ބުމައަކާ ދިގުއެސްފިޔަތަކުގެ ހިޔާއެޅިފައިވާ ނޫ ދެލޮލަކީ މީހުން އެންމެ އަޅައިގަންނަ ސިފައެވެ. ރަތް ކުލައިގެ ޓޮޕަކާއެކު ކަޅު ސްކިނީގަ ހުރިއިރު އަރާފައި ހުރީ މީޑިއަމްހީލް އަކަށެވެ.މޭކަޕެއްނެތް މޫނުގައި ވަނީ ރީތި ހިނިތުންވުމެކެވެެ.ނައިނާ އަށް ވީ އަދި 17 އަހަރެވެ. އެއާޕޯޓުގެ ހަލަބޮލި މާހައުލުން ނުކުމެ އައިޒަން ވަށައިގެން ނަޒަރު […]
އާދުވަހަކަށް އިރުއަރައިގެން އައީ ދިއްލީގޭގައި އަޑުގަދަ ކޮށް ލަމުން ނެވެ. ގޭތެރޭން އިވުމުން ދިޔައީ ޒުވާބު ކުރާ އަޑެވެ. ދޭތެރޭ ދޭތެރެއިން ހިނިގަނޑުގަނޑު ޖަހާލާ އަޑު ވެސް ގުގުމާލައެވެ. އެއާ ވިއްދައިގެން އަނެކާ އެއްޗެކޭ ގޮވާލައެވެ. އެކަކު ވެސް އަނެކަކަށް ދޫކުރާ ހެނެއް ހިޔެއް ނުވެއެވެ. ހަމަ ޔަޤީންނުން ވެސް ތާރާގެ ކަމަކަށް ނުވެ ނުދާނެއެވެ. އެކުއްޖާ އަކީ ލާނެތް ކަމުގެ އިންތިހާއެވެ. “ތާރާ! ހަމަ މިހާރު މިކޮޅަށް އާދޭ!” އީކަން ކޮޓަރިން ތެރެއިން ދުވެފައި އައެވެ. […]
މިފަހަރު އިތުރު ބަހަނާއެއް ނުދައްކާ ހަނާ ސައިބޯން ދިޔައެވެ. ހަނާ އެތައް ފަހަރަކު ދީނާ ދެއްކިވާހަކަތަކާ މެދު ވިސްނިއެވެ. ދީނާ ދެއްކި އެއްވެސް ވާހަކައެއް ދޮގު ކުރެވޭކަށް ނެތެވެ. އޭނައާ އެކީ އެހެން އުޅުނު ކިތަންމެ އަންހެން ކުއްޖެއްވެސް މިހާރު ދިރިއުޅުމެއް ފައްޓައިގެން އުފާވެރި ކަމާއެކު އެބަ އުޅެއެވެ. ” ދެން މިއަދު ޑިއުޓީއަށް ނުދަންތަ؟.” ދީނާ އަހާލިއެވެ. ” އާނ! މިކޮޅަށް އައި މަގުމަތީ ސަލާން ބުނެފިން..” ހަނާ ބުންޏެވެ. ސައިބޮއިގެންވެސް ހަނާ ގެއަށް ދާކަށް […]
”ދެން ނޫރް ކީތްކުރަން ތިއުޅެނީ” އެ މީހާ އަހާލިއެވެ. “އެ އަލިފާންގަނޑު ބޮޑު ކުރަން….ބޮޑު ކޮށް ހުޅުގަނޑަކަށް ބަދަލު ކުރަން….އޭރުން އޭގެ ތެރޭގަ ތިބި މީހުން އަނދައިގެން ހިނގައިދާނެ…” އަނެއްކާވެސް ފޮޓޯ ފްރޭމްއާއި ދިމާލަށް ނޫރް އެނބުރި ލިއެވެ. “ނޫރް އާ ހިސާބަށް މީހަކަށް އާދެވޭނީ ނޫރްގެ ހުއްދަޔާ އެކު…” ވަޅި އަތަށް ހެޔޮވަރު ކޮއްލަމުން ފޮޓޯ ފްރޭމްއާއި ގާތަށް ނޫރް ޖެހިލިއެވެ. “ސައި ކިޔަން ބޮނދާ ގާތްވެވޭނީ ފުރަތަމަ ރިޔަލާ އަހުގެ ދުވަސް ދުއްވާލައިގެން…” އެ […]
* “އޯ ޝޫޓް..” ޒައިލީންއަށް އަނގަމަތީގައި އަތް އެޅުނުއިރު މާ ލަސް ވެއްޖެއެވެ. ރަވިކާން ލަތްކެއް ޖަހާ ޒައިލީން އޭނާގެ ފަހަތަށް ދަމައިގަތެވެ. އަމިއްލަ މީހާގެ ފުރާނައަށް ނުރައްކާ ވިޔަސް ޒައިލީންގެ ގައިގައި ކޫރުމެއް އެޅޭކަށްވެސް ރަވިކާންއެއް ނޭދެއެވެ. އޭރު ރަވިކާންގެ ދެބުމަ ކައިރިވެފައި ހުރި ވަރުން ރުޅިއައިސްފައި ހުރިވަރު އަންގައިދެއެވެ. * އެއަނދިރި ގޯޅިގަނޑުން މިހާރު ފެންނަމުން ދިޔައީ ނޫކުލައިގެ ދެ އަލިކޮޅެކެވެ. ”އައުލްކީން..؟ ނޫން ނޫން.. އެއީ ބާރީ ބާ..؟” ޒައިލީންއަށް ވައިއަޑަކުން އެހެން […]
ޒޯޔާ އެނބުރި ޒަފަރްގެ ގެޔަށް އައީ ދެދުވަސް ފަހުންނެވެ. އޭނާގެ މަންމަ މުޅިން ހަމަޔަކަށް އެޅުނީމައެވެ. މަންމަ ކަައިރީގައި ދިރިއުޅެން ކިތަންމެ ބޭނުންވީނަމަވެސް އެކަމަކަށް ހާލަތު އޭނާއަކަށް ތަނެއް ނުދެއެވެ. މީހެއްގެ ފަރާތުންވެސް އޭނާ ގެޔަށް ނާންނަ ޚަބަރު ލިބިއްޖެނަމަ ޒަފަރް އޭގެ ބަދަލު އޭނާއަށް ދޭނެކަން ޒޯޔާއަށް އިނގެއެވެ. ގެޔަށް އާދެވުމާއެކު ޒޯޔާ ބެލީ ގެފޮޅާ ސާފުކުރެވޭތޯއެވެ. ގޭގެ ދޮރުމަތި ކުނިކަހާ ގަސްތަކަށް ފެންދީ ނިންމާލެވުނު އިރު އޭނާ ހުރީ ވަރުބަލިވެފައެވެެ. މާބަނޑު ދުވަސްވަރު ކަމުން […]